އިންސާފު ލިބޭނެބާ – 12
” އިނަފް.. ޒުވާބު ކޮށްގެން މިކަހަލަ ކަންކަމެއް ހައްލެއް ނުވާނެ.. ” އުކައިލް ބުންޏެވެ. ” އަހަރެންނަށްވަނީ އިޔާދު ސާރ މިވަގުތު މިތަނުން ދާން.. ” ދާރިއަން ދެބުމަގޮށްޖަހައިލގެން ހުރެ ބުންޏެވެ. އިޔާދު އެއްޗެކޭ ނުބުނެ ހިތްހަމަ ނުޖެހި ހުރެ އެތަނުން ނިކުތެވެ. އިޔާދު ދިޔަތާ އިރުކޅެއް ނުވެ ދާރިއަން ނިކުތެވެ. ދާރިއަންގެ ފަޅުގެއިން ނިކުތްއިރު އޭނާގެ ފިޔަވަޅުތަށް ހުއްޓުނީ ކުރިމަތީ ހުރި މީހަ ފެނިފައެވެ.
***ޕާޓް 12***
ދާރިއަން ހާސްވެހުރެ ކުރިމަތީގައި ހުރި މީހައަށް ބަލައިލިއެވެ. ” މާވިން؟ ” ދާރިއަން މާވިންއާއި ދިމާލަށް ބަލައިލަމުން ގޮވައިލިއެވެ. މާވިން ދެއަތް ހަށަންބަނދެލައިގެން ދާރިއަންއަށް ބަލަން ހުއްޓެވެ. ” އާނ އަހަރެން.. ދަޔާން މިތާ ކީއްކުރަނީ؟ ” މާވިން މޫނު މަތިން އެއްވެސް އަސަރެއް ދެއްކުމެއް ނެތި އަހައިލިއެވެ. ދާރިއަންއަށް މަޑުމަޑުން ހިންދިރުވައިލެވުނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓައި އަނެއްކާވެސް މާވިން ވާހަކަ ދައްކަންފެށިއެވެ. ” ތިއީ ކޮޕެއް ދޯ؟ ” މާވިން ދާރިއަންއާއި ސުވާލުކޮށްލިއެވެ.
ދާރިއަން ގަދަކަމުން ހޭންފެށިއެވެ. އޭނަ މާވިންއަށް އޮޅުވައިލަން އެކްޓް ޖައްސަން ފެށިއެވެ. ” ޕިސްޕިސް ކަލޭ ދައްކާ ވާހަކަދޯ.. މިތަނުން ކޮޕެއް ދިޔައީތީ މިހާރު މަ ކޮޕަކަށް ހަދައިލީ ތި.. ޕިސްޕިސް އެކަމަކުވާ.. ހަހަހަ އޭނަ އެދިޔައީ މަގޭ އަތުން ސްޓަފް ކޮޅެއް ގަނެގެން.. ” ގަދަކަމުން ހެމުން ދާރިއަން ބުންޏެވެ. މާވިން ދާރިއަންއަށް ތޫނު ނަޒަރަކުން ބަލަން ހުއްޓެވެ. ” މައްސަލައެއްނެތް.. ގެއަކަށް ނުދަންތަ؟ ” މާވިން ހަމަޖެހިލަމުން އަހައިލިއެވެ. ” ކަލޭ މިހާރު މަގޭ މަތިން މިސްވެސްވަނީތަ މަގޭ އަންހެނުންހެން ތިއުޅެނީ.. ” ހިނިގަނޑެއް ޖަހާލަމުން ދާރިއަން ދިމާކޮށްލިއެވެ.
” ހޫން ކަލޭ ދުވަހަކުވެސް ސީރިއަސް ނުވާތި.. ރައިޑެއް ދޭންށޭ މިހެން މިބުނީ.. ބޭނުމިއްޔާ އާދޭ ހިނގާފަ ދެން.. ” މާވިން އެހެން ބުނުމަށްފަހު ބޯހޫރުވާލަމުން ހިނގައިގަތެވެ. ” އޭ މަޑުކުރޭ މަ ގޮވައިގެންދާން.. ” އަނެއްކައި މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާފައިދާން އުނދަގޫވާނެނެތީ ދާރިއަން އަވަހަށް މާވިންގެ ގާތަށް ދިޔައެވެ. ދާރިއަންގޮސް ކާރަށް އެރުމުން މާވިން ކާރުދުއްވައިލިއެވެ. އެމީހުން ދާންދެން ފަޅުގޭގައި އުކައިލްމެން މަޑުކޮށްގެން ތިއްބެވެ.
” އައި ފީލް ސޯ ޔޫސްލެސް.. ދޮންބެ އެތާ އެމީހުން ކައިރީ އުޅެމުން ލައިފް ރިސްކްކުރާ އިރު އަހަރެމެންނަށް މިކުރެވެނީ ކީއް؟.. ” ދާލިޔާ ޒާލިކްއަށް ބަލައިލަމުން އަހައިލިއެވެ. ” އަހަރެމެން ދާރިއަންއަށް އެހީ ވަނީ މި.. ދެން އެންމެ ބޮޑަށް އަހަރެމެންނަށް ދާރިއަންއަށް އެހީވެދެވޭނީ ދާލިޔާ، މިޔާގެ ބައްޕަގެ ބެކްގްރައުންޑް ޗެކްއެއް ރަނގަޅަށް ހަދާ އޭނައާއި ދެކޮޅަށް ދާރިއަން ގެންނަ ހެކިތަށް ބެލެހެއްޓީމަ.. ” އުކައިލް ދާލިޔާއަށް ބުންޏެވެ. ދާލިޔާ ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހައިލިއެވެ.
” ޒާލިކް، އިތުރަށް ދާރިއަންއަށް ބޭނުންވާނެފަދަ ތަކެތި.. މަސްތުވާތަކެތީގެ ނޫނީ އެކި ކަހަލަ ޑްރަގްގެ އިފެކްޓް ކަޑުވާ ވައްތަރުގެ ތަކެތި ލެބްގައި އުޅޭ މީހުންނާއި އެކީ ހަދާ.. އަހަރެން ބަލާލާނަން މާވިންގެ ބެކްގްރައުންޑް.. ” އުކައިލް ބުންޏެވެ. ޒާލިކް ބޯޖަހައިލަމުން ދާޅލިޔާއަށް ބަލައިލިއެވެ. ” ސްޓޭޝަންއަށް ދަމާ.. ” ޒާލިކް އޭނަގެ ސައިކަލުގައި ދާލިޔާ ގާތަށް އައިސް ހުއްޓެމުން ބުންޏެވެ. ދާލިޔާ ބޯޖަހައިލުމަށްފަހު އަރަން އުޅުމުން އުކައިލް އޭނަ ކައިރިއަށް އައިސް އަވަސްއަވަހަށް ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެން ދާލިޔާ ބޭނުންވޭ އެބަ ކޯޑިންގެ ކަމަކު.. ކާރުގައި ލާދޭނަން ސްޓޭޝަންއަށް.. ”
އުކައިލްގެ ވާހަކައިން ދާލިޔާ އުކައިލްއަށް ބަލައިލިއެވެ. އަދި ނުފެންނަ ފަދައިން ކަޅިއަބުރައިލަމުން އުކައިގެ ކާރަށް އޭނައާއިއެކު އަރަން ދިޔައެވެ. މިތަން ބަލަން ހުރި ޒާލިކްއަށް އުދަނގޫ ކަމެއް އިހްސާސްވިއެވެ. ދާލިޔާ ކާރަށް އެރުމުން އުކައިލް ކާރު ދުއްވައިލިއެވެ. ކާރަށް ވަނީ ހަމަހިމޭން ކަމެއް ވެރިވެފައެވެ. އެ ހަމަހިމޭންކަން ފިލުވައިލަމުން އުކައިލް ވާހަކަ ދައްކަން ފެށިއެވެ. ” ޒާލިކް އާއި ދާލިޔާގެ ދެމެދު އެއްވެސް ގުޅުމެއް އެބައޮތްތަ؟ ” އުކައިލް ސުވާލުކޮށްލިއެވެ. ދާލިޔާ އުކައިލްގެ ސުވާލުން ހައިރާންވެ ހުރެ އުކައިލްއާއި ދިމާލަށް ބަލައިލިއެވެ. ” އަޅުގަނޑުގެ ޕާސަނަލްކަންކަމުގެ ވާހަކަ ސާރ ގާތުގައި ދައްކާކަށް ނެތިން.. ” ދުރުބަލައިލަމުން ދާލިޔާ ބުންޏެވެ.
ދާލިޔާގެ ޖަވާބު އިވި ބޭއިހްތިޔާރުގައި އުކައިލްއަށް ކާރުގެ ހުންގާނަށް ބާރުކޮށްލެވުނެވެ. އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށްޓަކައި ދެތިން ނޭވާ ދޫކޮށްލިއެވެ. ” އެއްކޮށް ވޯކް ކުރާއިރު ރިލޭޝަންޝިޕްސްއާއެކީ ވޯކް ކުރަންޏާ ވަރަށް ކޮމްޕްލިކޭޓް ވާނެ.. ކުރިއްސުރެ އަހަރެންނަށް ދާލިޔާ އެނގޭތީ މިބުނީ.. ” އުކައިލް މަޑުމަޑުން ބުންޏެވެ. ” އެއީ އަހަރެންގެ ކަމެއް.. އަހަރެންނަށް އެނގޭ ވޯކް ލައިފް އާއި ޕާރސަނަލް ލައިފް ވަކި ކުރަން.. އެންޑް ފޯރ ޔުއާރ އިންފޮމޭޝަން، އަހަރެންނާ ޒާލިކް މީ ކުރިން ފަށައިގެން ގާތް އެކުވެރިން އެނޫން ރިލޭޝަންއެއް އަހަރެމެންގެ ދެމެދުގައެއް ނޯންނާނެ.. ” ދާލިޔާ ކާރުގެ ކުޑަދޮރުން ބޭރު ބަލައިލަމުން ބުންޏެވެ. އުކައިލްއަށް އޭނަ ހިފައްޓާގެން ހުރިކަން ނޭނގި ހުރި ނޭވާއެއް ދޫކޮށްލެވުނެވެ. ޒާލިކް އާއި ދާލިޔާއާއި ދެމެދު އޭނަ ހީކުރި ފަދަ ގުޅުމެއް ނެތްކަން އެނގުމުން އޭނާގެ ހިތަށް ފިނިކަމެއް ލިބުން ފަދަ އިހްސާސެއްވިއެވެ.
ސްޓޭޝަންއަށް ދެވުމާއިއެކު ދާލިޔާ އޭނަގެ މަސައްކަތް ފެށިއެވެ. އުކައިލްވެސް އޭނަ ހަވާލުވި މަސައްކަތް ފެއްޓިއެވެ. ދާލިޔާއަށް އައު މައުލޫމާތުތަކެއް ފެނުމުން އުކައިލްއަށް ފޮނުވައިލިއެވެ. އޭރު އިޔާދުވެސް އޮފީހުގައި އުޅެއެވެ. ” އަހަރެންނަށް ހޯދުނު މައުލޫމާތުން އެނގޭ ގޮތުގައިވާނަމަ މިހާރު އިމްރާން ހުރީ ބެންކޮކްގަ.. އޭނަގެ އަންހެނުންވެސް އެތާ އޭނައާއިއެކީ.. ” ދާލިޔާ ބުންޏެވެ. ” އަމިއްލަ ދަރި ވިއްކާލާފައި ލިބުން ފައިސާއަށް ވެކޭޝަން ހަދަނީ؟ ދާލިޔާ ބަލާބަ މިޔާގެ މަންމަގެ އަތެއް އެއްގޮތަކަށްވެސް މިޔާ ވިއްކާލުމުގެ ފަހަތުގައިވިޔަސް ވޭތޯ.. ” އުކައިލް ބުންޏެވެ.
” އަހަރެންނަށް ހީވި ދާރިއަން ބުނިހެން އޭނަގެ ބައްޕައޭ ކުރިކަމެއް ކުރީ.. ” އިޔާދު އުކައިލްއަށް ބަލައިލަމުން ބުންޏެވެ. ” އޭނަ މަންމަވެސް އަމިއްލަ ދަރިފުޅު ހޯދުމުގެ ބަދަލުގައި އެހެންކަންކަން ކުރަނީ އެ.. އަހަރެންނަށް ޝައްކު އޭނަ މަންމަ އެކަމުގައި ބައިވެރި ނުވާކަމާއިމެދު.. ” އުކައިލް ބުންޏެވެ. ” އަހަރެން ނެތިން އެއްޗެކޭ ބުނާކަށް.. އަހަރެން ކުރިން ހިޔެއްނުކުރަން އަމިއްލަ ދަރިއެއް ވިއްކާލާފައި ހާޓްއެޓޭކާއި އެހެން އެޓޭކްތައްޖެހޭ ކަމަށް އެކްޓްކޮށް އުޅޭ ބައްޕައިން އުޅޭކަމަށް.. އެކަމަކު އެ އުޅެނީތާ.. ” ދާލިޔާ ނިތްކުރީގައި އަތްއަޅައިލަމުން ބުންޏެވެ.
އުކައިލް ދާލިޔާގެ ވާހަކައަށް ބޯޖަހައިލިއެވެ. ” މަޑުކޮށްބަލަ… އޭނައަށް ހާޓްއެޓޭކެއް ޖެހުނޭ؟ އަމިއްލައަށް ކުރިކަމަކުން މީހުނަށް ހާޓްއެޓޭކްޖެހޭތަ؟ އޭނަ ހޮސްޕިޓަލަށް ގެންދިޔަ ރިކޯޑްސްތަށް އިޔާދު ހޯދަބަލަ.. އޭނައަށް ޓްރީޓް ކުރި ޑޮކްވެސް.. ” އުކައިލް އިޔާދުއާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. އިޔާދު އުކައިލް ބުނި ކަންތަކާ އުޅެންފެށިއެވެ.
މާވިން އާއި ދާރިއަން އެއްކޮށް ގެއަށް ވަދެގެން އައެވެ. މާވިން ހުރީ ދާރިއަންއާއި ދޭތެރޭ ޝައްކުވެފައެވެ. ދާރިއަންއަށް އޭނަގެ ބެލުން ހުރި ގޮތުން އެކަން ދޭހަވިއެވެ. ” މިރޭ ހިނގާބަލަ ކުޑަކޮށް ޕާޓީކޮށްލަން.. އެބައޮތް ކަލޭގެ ދެ ޓެސްޓްއިން ފާސްވީމަ ޕާޓީއެއް މިތާ ކައިރީ އޮތް ރިސޯޓްގަ.. ” މާވިން ބުންޏެވެ. ” މަގޭ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މިއުޅެނީ.. ކަލޭ ގޮސްލާ.. ” ދާރިއަން ބޮލުގައި އަތް އަޅަމުން ބުންޏެވެ. ” ޕިސް ތި ބޮލުގައި ރިއްސުން ހިނގައި ދާނޭ ޕާޓީކޮށްލަނިކޮށް.. އެހެންނޫނަސް ކަލެޔަށް ބާއްވާ ޕާޓީއަކަށް ކަލޭ ނުދިޔާމައޯ؟ އަހަރުން ގޭންގް ބައިވަރު މީހުން އުޅޭނެއޭ.. ” މާވިން އާދޭސް ކުރާ ރާގަކަށް ކިޔަން ފެށިއެވެ.
ދާރިއަން އެންމެ ފަހުން އެއްބަސްވިއެވެ. ދާރިއަން ކާރަށް އެރުމުން މާވިން ކާރު ދުއްވާލީ ބަނދަރަށް ދިޔުމަށްށެވެ. ކާރު ބަނދަރާއި ކައިރިކުރުމުން ކުޑަވަރެއްގެ ލާންޗެއް ކައިރިއަށް މާވިން ހިނގައިގަތެވެ. ދާރިއަންވެސް މާވިންގެ ފަހަތުން ހިނގައިގަތެވެ. ލާންޗަށް އެރުމުން ލާންޗް ދަތުރުފެށިއެވެ. ލާންޗުގައި އިންއިރު މާވިން އިނީ ވަރަށް މަޑުންނެވެ. އޭނަ ދުލުން ބަހެއް ބޭރުނުކުރާތާގައި ދާރިއަންއާއި ދިމާލަށް ބަލައިވެސް ނުލައެވެ. ލާންޗް ދުއްވަން އިނީ ބިޔަކޮށް ހުރި ވައްތަރަކަށް ހުރި މީހެކެވެ. ދާރިއަންއަށް ފެންނަމުން ދިޔައީ އެމީހާގެ ފުރަގަހެވެ. މާވިންގެ މަޑުމައިތިރި ކަމުގެ ސަބަބުން ދާރިއަންއަށް އުނދަގޫކަމެއް އިހްސާސްވިއެވެ.
ދާރިއަން ކަރުކެހިލުމަށްފަހު މާވިން ގާތު އެމީހުން ދަނީ ކޮން ރިސޯޓަކަށްތޯ ސުވާލުކޮށްލިއެވެ. މާވިން އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާގެ ނަޒަރު ހުރީ ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ ގަދަ ކަނޑުކުލައިގެ ކަނޑަށް ހުއްޓިފައެވެ. ހަނދުނެތް ރެއެއްކަމުން މުޅިތަން ހީވަނީ އަނދިރިކަމުގެ ތެރެއަށް ގެބިފައިވާހެންނެވެ. އެމީހުންގެ ހަށިގަނޑުގައި ވައި އަޅުވަމުން ލާންޗް އޭގެ ބާރު ސްޕީޑްގައި ދެއެވެ. އެއްވެސް ރަށެއް ނޫނީ ރިސޯޓެއްވެސް ލޮލުކޮޅަށް ފެންނަ ހިސާބަކުނެތެވެ.
ދާރިއަން މާވިންއަށް ގޮވައިލިއެވެ. އެހެންނަމަވެސް އޭނައަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. މާވިންވެސް ލާންޗް ދުއްވަން ހުރި މީހާވެސް ދާރިއަންއަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާގެ ސިކުނޑީގައި ނުރައްކަލުގެ ރަނގަބީލު އަޅަން ފެށިއެވެ. އެމީހުންނަށް ނުފެންނާނެ ފަދައިން ދާރިއަން ފޯނު ނެގިއެވެ. އޭނާގެ ލޮކޭޝަން ޖައްސައިލަން ފޯނުގެ ސްކްރީންގައި އިނގިލި ޖައްސައިލައި ދާލިޔާއަށް ފޮނުވައިލިއެވެ. އިތުރުކަމެއް ކުރުމުގެ ކުރިން މާވިން ދާރިއަން އަތުން ފޯނުޖަހައިގަނެ ފޯނު ނިއްވައިވައިލިއެވެ. ” މާވިން ތީ ކޮންކަމެއް؟ މަގޭ ފޯނު ދީ.. ” ދާރިއަން ފޯނު އަތުލަން މަސައްކަތް ކުރަމުން ބުންޏެވެ.
މާވިން އެއްޗެކޭ ބުނުމެއްނެތި ފޯނު އޭނަގެ ޖީބަށްލިއެވެ. އަދި ސިރިންޖެއް ފަދަ އެއްޗެއް ނެގިއެވެ. ދާރިއަންއަށް އެ މަންޒަރު ފެނުމުން ދުރަށް ޖެހިލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަނެއްކައި މާވިންއަށް އޭނަ ހެދި ދޮގު ފަޅާއެރީބާއޭ އޭނަގެ ހިތަށްއެރިއެވެ. އޭނަ ވަށައިގެން މިވަނީ މާސިންގާ ކަނޑެވެ. މިމީހުން އޭނަ ކޮށާ ކުދިކޮށްފައި މިޔަރަށް ކާންދިނަސް އެނގޭނެ މީހަކު ނުހުންނާނެއެވެ. އޭނަގެ ސިކުނޑިއަށް ދެން ވެރިވީ ގޭންގްއަށް ވަންނަ އެއްބަސްވުމުގައި އޮތް ކަންތައްތަކެވެ. ގޭންގަށް ދޯކާދީފިނަމަ އޮންނަ އަދަބަކީ މަރެވެ. މާވިން ސިރިންޖް ހިފައިގެން ކުރިއަށް ޖެހިލުމުން ދާރިއަން ފަހަތަށް ޖެހިލިއެވެ. ކުއްލިއަކަށް ފަހަތުން ވަރުގަދަ ދެއަތުން އޭނާގެ ދެއަތުގައި ހިފެއްޓިއެވެ. ދާރިއަން އޭނައަށް ދީފައިވާ ޕޮލިސް ޓްރޭނިންގެ ބޭނުން ކުރަން ފެށިއެވެ.
ފަހަތުގައި ހުރި ދެމީހުނާއި އޭނަ ތަޅަން ފެށިއެވެ. އެމީހުން ބަލިކުރަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ކަރަށް ތޫނު އިހްސާސެއް ވެގެން ދިޔައެވެ. މާވިން އޭނަގެ އަތުގައިވާ ސިރިންޖް ދާރިއަންގެ ކަނދުރާއަށް ހަރައިލިއެވެ. ދާރިއަންގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. މިއީ އޭނާގެ ނިމުން އަންނަ ގޮތް ހެއްޔެވެ؟ އޭނައަށް ދެން އޭނަގެ އާއިލާ ނުފެންނާނެބާއެވެ؟ އޭނަ ނިމުން މިއަންނަނީ މި މީހުންގެ އަތްދަށުން ހެއްޔެވެ؟ ދާރިއަންގެ ހަށިގަނޑުން ވަރުދޫވެގެން ވެއްޓުނެވެ. އޭނާގެ ސިކުނޑީގައިވަނީ ހުސް ސުވާލެވެ. މަޑުމަޑުން އޭނަގެ ލޯމެރެން ފެށުނެވެ. އެ ސިރިންޖްގެ ސަބަބުން ދާރިއަންގެ ހޭވެރިކަން އޭނަ ދޫކޮށްފައި ދިޔައެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Oh my god
Save dhaarian!!!!!
So curious
I’m so sure maavin fulhah shahku vee kan!!
No no no…
Somebody should go save him!!!!
When next??
Lysssm💗💗💗💗
Lets see dhw dhaarian ah vaagoi..
hehe vrh curious kohlaafa dhw mi part nimmaaleuny mi..
vedhaane maavin ah shahkku v kamahvx..
next part insha allah Tuesdayga.
Love you moree Your fav bab💜🦋
Omg 😱
Dhaarian ah gotheh nuhadhahcheyy
N iyaaadhu ulhey gothun very sus
Ukail is fallin for dhaalia n zaalik vx 😭😭
Anywaysss vhk hama very best
Lots of love from me maash sis 💗💜
Lets see dhw dhaarian ah vaagoi..
hehe Iyaadhu kudakoh sus dhw😭
yeshhh love trangle eh eba ulhey mihaaru hehe
Awwnnn thankyou darling happy to hear that💜
Love you moree Its herrr💜🦋
mi part ves v reethi masha allah
curiously waiting for next part
keep it up
dhaarian ah gotheh nuhadhachey
dhaarian and miyaa gulhuvachey
ukail and dhaaliya ves
they all are made for each other
v intresting story eh
v kiyaala hithun kiyani
i appreciate your hard work
your my fav author
love you maash
Thankyou darling happy to hear that.
hehe vrh curious kohlaafa dhw mi nimmaalevuny..
thankyou for ur support darling
dhaarian ah vaa goi next part ga ingeyne.
I’m glad u like the story..
Appreciate Your support..
Aww thankyou💜💜
Love you moree darlingg💜🦋
Omg!
Varah biruganehje!
My ge dhaarian baby ah gotheh nahadhahchey please!
Btw I love u’re story!
Hehe..
Lets see dhw Dhaarian ah vaa goii..
Thank you I’m glad u like it Ellie..
Lysm💜🦋
Nooooooo 😭😭
Alhey Dhaarian ah Kameh nukrahchey
I’m scared for him…
But Vara reethi 💖💖💖
When is next part?
Hehe.. Lets see dhw Dhaarian ah vaa goii dhww
I’m scared fir him too😂
Thank you darling I’m glad u like it..
Next part tomorrow insha allah.. I’ll upload it today..
Lysm💜🦋
OMG 😮
dhaarian maraa nulaathi!!!
Ukail haadha jealousy ey…..
Whn next
Hehe.. Lets see dhw Dhaarian ah vaa goii dhww
Ukail jealous vaane ehnun dhen
Next part tomorrow insha allah.. I’ll upload it today..
Lysm💜🦋
omggg what the hell happen to dhaariannnn
save him from them ingey
waiting for nexttt….
Dhaarian ah veegoi engeyne vrh avahah..
Lets see dhw vaa goi..
Next part is uploaded💜🦋
When next
It was supposed to be today.. But it’s still in pending.. Admin approve kohleema kiyaalan libeyne
The dude what the now???
Today is Tuesday
Pending ga innatha dhuvas vejje tha ?????
Yeah sorry darling.. I uploaded it Monday morning haairu but it’s still in pending.. Admin approve kohleema kiyaalan libeyne
Sorry guys. was out of country. Now im back. dhen laheh nuvaane Insha Allah. sorry again.
Its ok we understand.. Thank you for uploading😊