Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 11

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
January 7, 2025 5 Mins Read
26 Comments

 

” ޝޫޝް.. ރިލޭކްސް.. އަހަރެން މިޔާއަކަށް ކަމެއް ނުކުރާނަން.. މިޔާ ނުރުހެންޏާ ގައިގަވެސް ނާތްލާނަން. އެކަމް ޕްލީޒް ރުއިން ހުއްޓާލާ.. އަހަރެން މިޔާއަށް ވައުދުވަން މިޔާ މިތަނުން ސަލާމަތް ކޮށްދޭނަންކަމަށް.. ” ދާރިއަން އަމާންދޭ ފަދައަކުން ދެއަތް މައްޗަށް ނަގަމުން އާދޭހާއިއެކު ބުންޏެވެ. މިޔާގެ ރުއިމުގެ އަޑު އިވުމުން އޭނާގެ ހިތުގައި ވަކިއެޅޭ ފަދަ އިހްސާސެއްވަމުން ދިޔައެވެ.

*** ޕާޓް 11***

ދާރިއަން ލޮލުގެ އެއްކޮޅުން ފައިބަން ތައްޔާރުވެފައިވާ ކަރުނަ ތިކި ސިއްރުން ފޮހެލިއެވެ. މިޔާ ހަމައަކަށް އެޅެން ދެން ދާރިއަން މަޑުމަޑުން މިޔާއަށް ބަލަން އިނެވެ. އޭރު އޭނާގެ ސިކުނޑީގައި ތޫފާނެއް އުޅޭހެން ހީވިއެވެ. އޭނަ މިޔާ ސަލާމަތް ކުރަން އެވަގުތުން ވަގުތަށްވެސް ބޭނުންވިއެވެ. ނަމަވެސް އެހެން ހަދައިފި ނަމަ އެ ގޭންގް މީހުން އޭނައަށް ޝައްކުކޮށްފާނެއެވެ. އެހެން ހިތާ ދާރިއަން ވިސްނާލިއެވެ. މިޔާ ސަލާމަތް ކުރަންޏާ މާވިންއަށް ގުޅިގެން އޭނައަށް އެކަންތައް ކުރެވިދާނެއެވެ. މިޔާގެ ހަގީގަތް އެނގުމުން މާވިން އޭނައަށް އެހީވެދޭނެއެވެ. ހިޔާލުތަކުގައި އިނދެ ދާރިއަންއަށް އެއްލި ކަޅިއަކުން ފެނުނީ މޭޒުމަތީ ބަހައްޓާފައިހުރި ކޮންޕިޔުޓަރާއި އިލެކްޓްރޯނިކް ސާމާނެވެ.

” މިޔާ.. މިޔާ ބުނީމެއްނުން ވަދީހު މިޔާ ގާތު އަހަރެންގެ މައުލޫމާތު ހޯދަން ބުންޏޭ؟ އެ ކޮމްޕުތައް ވޯކް ކުރަންޏާ ކީއްވެ މިޔާ އޭގެ ބޭނުން ނުކުރީ.. މިޔާއަށް ފުލުހުންނަށް އެންގުނިސް އެއްނުން؟. ” ދާރިއަން މިޔާ ގާތު އަހައިލިއެވެ. މިޔާ މަޑުމަޑުން ލޯފޮހެލަމުން ކޮމްޕިޔުޓަރުތަކާއި ދިމާލަށް ބަލައިލިއެވެ. ” އަހަރެން ތިހެން ހެދިން.. އެއީ މިތަނަށް އައި ފުރަތަމަ ދުވަސްކޮޅު.. އެކަމަކު.. އެމީހުންގެ ތެރޭގައި އުޅޭ ފުލުހަކަށް އަހަރެންގެ މެސެޖް ފެނުނީ.. އަހަރެނަށް ވަރަށް އަނިޔާ ކުރި އޭގެ ފަހުން.. މަންމަމެން މަރާލާނެކަމުގެ އިންޒާރު ދޭން ފެށީ އެހެންވެ އަހަރެން ފަހުން އެކަހަލަ ކަމެއް ނުކުރަން. ” މިޔާ އެދުވަހުގެ ހިތި ހަދާން އައު ކޮށްލަމުން ބުންޏެވެ.

” މާވިންއަށް އެނގޭތަ؟ ” ދާރިއަން އަހައިލިއެވެ. މިޔާ ބޯހޫރައިލިއެވެ. ” އެމީހުން ދޮންބެއަށް ދޮގުހެދީ.. ދޮންބެ ކައިރީ ބުނީ އިދިކޮޅު ގޭންގް ބަޔަކު އަހަރެން ކިޑްނެޕްކޮށްގެން ސެކްސް ސްލޭވްއަކަށް އިންޑިއާގައި ވިއްކާލާފައި ހުރިކަމަށް.. އެމީހުން ބުނީ ދޮންބެ އެމީހުންނަށް ވޯކްކޮށްގެން ފައިސާ ނުހޯދާދޭނަމަ އަހަރެން ސަލާމަތް ނުވާނެކަމަށް.. ވަދީހު ދޮންބެގެ ބޮލަށް މިހާރުވެސް އެރެނީ.. ވަދީހު ދޮންބެގެ ގާތުން ބުނާގޮތުންނަމަ ވަދީހު ދޮންބެއަށް އެހީވެދެނީ އަހަރެން ސަލާމަތް ކުރަން.. ” ދާރިއަން އިނީ މިޔާގެ ވާހަކަތަކުން ހައިރާންވެފައެވެ. އެކަހަލަ ނުބައި މީހުން ދުނިޔޭގައި އުޅޭބާއޭ ހިތަށް އަރާފައެވެ.

” މިޔާ މިތާ ކެމެރާ ނޫނީ ރިކޯޑިން ޑިވައިސްއެއް ހުރެ ދާނެތަ؟ ” ކުއްލިއަކަށް އެއްޗެއް ހަދާންވި ފަދައަކުން ހާސްވެފައިހުރެ ދާރިއަން ސުވާލުކުރިއެވެ. މިޔާ މޫނު މަތިން އެއްވެސް އަސަރެއް ދެއްކުމެއް ނެތި ކޮޑު އަރުވައިލިއެވެ. އެއާއެކު ދާރިއަންގެ ދެލޯ ބޮޑުވިއެވެ. އޭނަ އަވަސްއަވަހަށް ތަންތަން ބަލަން ފެށީ ކެމެރާއެއްފަދަ އެއްޗެއް ފެނޭތޯއެވެ. ” ރިލޭކްސް ފްލިން ރައިޑާ އަހަރެން މިތަނުގައި ހުރި ކެމެރާތަކާއި ރިކޯޑިން ޑިވައިސްތައް ހަލާކުކޮށްލާފައި ހުންނާނީ.. ފުރަތަމަ އަހަރެން މިތަނަށްލީމަ ކުރިކަންތައް އެއީ.. އާފްޓަރ އޯލް އައި އޭމް ގުޑް ވިތް ކޯޑިން އެންޑް ހެކިން.. ” އެއްމިޔަކަނުން ހީލަމުން މިޔާ ބުންޏެވެ. އޭނަ ހުރީ ދާރިއަން ތަޅުވައިލެވުމުން ހިނިއައިސްފައެވެ. ދާރިއަން މިޔާއަށް ބަލައިލަމުން ހިނިތުންވެފައި ބޯހޫރައިލިއެވެ. މިޔާގެ ހިނިތުންވުން ފެނި އޭނާގެ ހިތަށް ފިނިކަމެއް ލިބުނެވެ.

ކުއްލިއަކަށް ދޮރާއި ދިމާލަށް ފިޔަވަޅުތަކެއް އަންނަ އަޑުއިވުމުން މިޔާ ތެޅިގަތެވެ. ” ކާމް ޑައުން ރެޕަންޒިލް.. އަހަރެންގެ ޕްލޭން އާއި އެއްގޮތަށް ހަދާބަ.. ދޭ އެހެން އެއްޗެއް ލައިގެން އަންނަން.. އަހަރެމެން އެމީހުން ދެކެން ބޭނުންވާ މަންޒަރު ދައްކާނީ އޭރުން ރެޕަންޒިލްއަކަށްވެސް އަނިޔާއެއް ނުވާނެ.. ” ދާރިއަން ވިސްނުންތެރިކަމާއި އެކު ބުންޏެވެ. ” މޮޔަ މީހާ.. އަހަރެން ނޫޅެން ކަލެޔާއެކު ނިދާކަށް.. ” ދާރިއަންގެ ވާހަކައިން މިޔާ ހުރީ ރުޅިގަދަ ވެފައެވެ. އޭނާގެ ކޯތާފަތަށް ލަދުވެތިކަމުގެ ފިޔާތޮށިކުލަ ވަނީ ވެރިވެފައެވެ. ” މިޔާ ބޭނުންވަނީ އަނިޔާ ލިބެންތަ؟ އަހަރެން ބުނާ ގޮތަށް ހަދާބަ.. އޭރުން އަހަރެން ޔަގީންކަންދެން އަހަރެން ނޫން އެހެންމީހަކު މިތަނަށް އެމީހުން ނުވައްދާ ގޮތަށް ހަދާނެ ކަމާއިމެދު.. ” ދާރިއަން ފިޔަވަޅުގެ އަޑު ކައިރިވާން ފެށުމުން ބުންޏެވެ.

މިޔާ މަޑުމަޑުން ދާރިއަންއަށް ބަލަންހުރެފައި އައު ޓީޝާޓްއެއް ހިފައިގެން ފާހަނައަށްވަނެވެ. އެ ޓީޝާޓް ބަދަލު ކޮށްގެން އައިއިރު ދާރިއަން ހުރީ އޭނަ ލައިގެން ހުރި ޓީޝާޓް ބާލައިގެންނެވެ. މިޔާގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ. ދާރިއަން އަތްމައްޗަށް ނަގައިލީ އޭނާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދޭށެވެ. ދާރިއަން މިޔާއަށް އެއްޗެއް ދިއްކޮށްލިއެވެ. ” އަހަރެން ރެޕަންޒިލްއަށް އިތުބާރުކުރަން މީގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް.. މިތަނުން މީހަކު ރެޕަންޒިލްއަށް އަނިޔާއެއްދޭން ނޫނީ ނުނިޔަތަކު ރެޕަންޒިލްގެ ހަށިގަނޑުގައި އަތްލިޔަސް މި ޕެޕާރ ސްޕްރޭ އެމީހާގެ މޫނަށް ޖަހައި.. ދިސް ވިލް އިމޯބަލައިޒް ހިމް ސޯ ޔޫ ކޭން ގެޓް ޓު ސޭފްޓީ.. އަދި މިގަޑީގައިވެސް މިޔާ އަހަރެންދެކެ ބިރުގަންނަންޏާ ނޫނީ އަހަރެންނަށް ފުލީ އިތުބާރު ނުކުރެވެންޏާ ޔޫސް ދިސް.. އައި ވޯންޓް ޔޫ ޓު ފީލް ސޭފް.. ” ދާރިއަން މިޔާގެ އަތަށް ޕެޕާސްޕްރޭ ފުޅިލައިދެމުން ބުންޏެވެ.

މިޔާ ހައިރާންވެ ހުރެ އެ ފުޅިއަށް ބަލައިލިއެވެ. އޭނައަށް ދުވަހަކުވެސް ދާރިއަން ފަދަ ފިރެހެނެއް ފެނިފައި ނުވެއެވެ. މިތަނަށް ވައްދާ ގިނަ ފިރެހެންނުންނަކީ އަބަދުވެސް އޭނާގެ ހަށިގަނޑަށް ދަހިވެހިވެފައިވާ ސިންގާތަކެއް ފަދަ ބަޔެކެވެ. ނަމަވެސް ދާރިއަންއަކީ މަޑުމައިތިރި އިންސާފަށް ލޯބިކުރާ މީހެއްކަން މި ކުޑަ ވަގުތުކޮޅު ތެރޭވެސް އޭނައަށް އެނގިގެން ހިނގަށްޖެއެވެ. ދާރިއަން ހުރީ އޭނަ ތިރިން ލައިގެންހުރި ފަޓުލޫނުގައެވެ. އެނދަށް އަރައި މަޑުމަޑުން އެނދުގައި ބަނޑުވަތަށް އޭނަ އޮށޯވެ މިޔާއަށް އެފަދައިން ކަންތައް ކުރުމަށް އިޝާރާތްކޮށްލިއެވެ. މިޔާ މަޑުމަޑުން އަތުގައި އޮތް ޕެޕާސްޕްރޭ ފުޅިއަށް ބަލައިލިއެވެ. އޭތި އޮތީ ދިގުކޮށް ހިމަކޮށެވެ. ހީވަނީ ކުޑަކުޑަ ސެންޓްފުޅިއެއް ހެންނެވެ. އޭތި އަތުތެރެއަށްލައި ފޮރުވައިލަމުން މިޔާ ދާރިއަން ގާތު ދުރުމިނެއް ބަހައްޓަމުން އޮށޯވެ މުޅި ހަށިގަނޑު ބްލެންކެޓްއިން ފޮރުވައިލިއެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.

ދާރިއަންގެ އިޝާރާތަށް މިޔާ ލޯމަރައިލިއެވެ. މިޔާ އޮތީ އޭނާގެ ހަމުގެ ކުލަފަދައިން ހުރި ކްރީމް ކުލައިގެ އަތްދިގު ޓީޝާޓްއަކާއި ޖިންސެއް ލައިގެންނެވެ. ފިޔަވަޅުތައް ކައިރިވަމުން އައިސް މީހަކު ދޮރުގައި ޓަކި ޖަހައިލިއެވެ. އެ މީހާ ދޮރުހުޅުވަން އުޅުމުން ދާރިއަން އޭނާގެ ހަށިގަނޑު ނިވާ ކުރާކަމަށް ހެދުނެވެ. މިޔާ ވެސް ދާރިއަންއެކޭ އެއްފަދައިން އަމަލު ކުރިއެވެ. ކޮޓަރިއަށް ވަންނަން ފިޔަވަޅުއަޅައަޅައި ހުރި ވަދީހުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އެރިއެވެ. އޭނަ ދާރިއަންމެނަށް ބަލައިލުމަށްފަހު އަވަސް އަވަހަށް ދޮރުލެއްޕިއެވެ. ދާރިއަން އޭނާގެ ރޭވުން ކާމިޔާބުވުމުން ކާމިޔާބީގެ ހިނިތުންވުމެއް މިޔާއަށް ދިނެވެ. ” އަހަރެން މިވަގުތު މިދަނީ.. އަހަރެންގެ ޓީމް ގާތަށް ގޮސް މިޔާގެ ދޮންބެ އާއި އެއްބައިވެގެން މިޔާ ސަލާމަތް ކުރާނަން.. ” ދާރިއަން ޔަގީން ކަމާއިއެކު މިޔާގާތު ބުންޏެވެ. މިޔާ ބޯޖަހައިލުމުން ދާރިއަން ދިޔައެވެ. އޭނަ ދޮރުން ނިކުތް އިރު ވަދީހު ފިކުރެއްގައި ހުއްޓެވެ.

” ކަލޭ ކިހިނެއް އެމަންޖެއަށް ހަދައިގެން އޭނަ ކަލެޔާއިއެކު ރޭކުރީ؟ ” ދާރިއަންއާއި ދިމާލަށް ތޫނު ނަޒަރަކުން ބަލަން ހުރެ ވަދީހު އަހައިލިއެވެ. ” މަ.. މަ ކީއްކުރީ.. މަގޭ މޫނު ފެނިފަ އޭނަ އެއްބަސްވީ.. ” ސަމާސާ ރާގަކަށް ދާރިއަން ބުންޏެވެ. އެއާއިއެކު ވަދީހު ދާރިއަންއާއި ދިމާލަށް ލޯއަޅައިލިއެވެ. ” އަހަރެން ކަލެޔަށް ދޭނަން ދިހަ ހާސް ރުފިޔާ މިމަހު އެއްކޮށް އަހަރެން ނޫން މީހެއް އެކޮޓަރިއަށް ވައްދައިގެން ނުވާނެ.. ” ދާރިއަން ވަދީހުއާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. ވަދީހު ހައިރާންވެހުރެ ދާރިއަންއަށް ބަލައިލިއެވެ. ” ކަލެޔަށް އެކަނި މަހަކަށް؟؟ ” ވަދީހު ދާރިއަން ކުރެ އަހާލިއެވެ. ” ފައިސާ ލިބޭނުން އެބަ.. ” ދާރިއަން މާބޮޑު ކަމަކަށް ނުހަދާ ބުންޏެވެ. ” އާނ.. މައްސަލައެއް ނެތް.. އެކަމަކު ކަލޭ ކިހިނެތް އެވަރަށް ފައިސާ ހޯދަނީ.. ” ވަދީހު އަހައިލިއެވެ. ” މަގޭ އަތުގައި އެބައޮތް ކުރިން ފަޅާލި ފިހާރަތަކުގެ ފައިސާއާއި އެއްޗެހިވެސް.. ” ދާރިއަން ދޮގުހަދައިގެން ބުންޏެވެ. ވަދީހު ބޯޖަހައިލިއެވެ.

” މިއަދަށް ނިމުނީ ދޯ؟ މަ ތާކަށް ޖައްސާލިޔަސް ހެޔޮތަ؟ ” ދާރިއަން ވަދީހު ގާތު އެއްސެވެ. ” މަމީ ކަލޭ ބައްޕައެއް ނޫން ދާނެ ތާކަށް ދާން ވީ.. އާނ މިއަދު ކަލެޔާ ހަވާލު ކުރި ކަންތަށް ނިމިއްޖެ.. ކަމެއް ޖެހުނިއްޔާ ގުޅާނަން.. ” ވަދީހު އެހެން ބުނުމަށްފަހު ހިނގައިގަތެވެ. ދާރިއަންވެސް އެތަނުން ދާން ހިގައިގަތެވެ. އެއްވެސް މީހަކު ފާރަލާތޯ ބަލަމުން ގޮސް އޭނަ ޓީމް މީޓިން ބާއްވާތަނަށް ވަދުނެވެ. ކުރިންވެސް ވަދުނު ފަޅު ގެޔަށް ވަނުމަށްފަހު ވަޅުން ފުންމައިލައި ކޯޑު ޖަހައިގެން އެ ކުޑަކޮޓަރިއަށް ވަނެވެ. އޭރު އޭނަގެ ޓީމް މީހުން އެތާގައި ތިއްބެވެ.

އުކައިލް ދާރިއަން އާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ދާރިއަން އުކައިލްއަށް ބޯޖަހައިލަމުން ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެންނަށް މިޔާ ފެނިއްޖެ.. ” ދާރިއަން އިއްވައިލިއެވެ. އެޔާއިއެކު އެންމެންގެ ނަޒަރު އޭނައާއި ދިމާލަށް ހުއްޓުނެވެ. ” މިޔާ ކޮބާ؟ ” ދާލިޔާ އަވަސް އަވަހަށް އަހައިލިއެވެ. ” އެމީހުން އެތާގައި ހިލިހިލާ ޖަހާފައި ހުރީ.. އޭނަގެ ބައްޕަ އޭނަ އެމީހުނަށް ވިއްކާލީ.. ” ދާރިއަން ބުންޏެވެ. ” ވަޓް؟؟ ހިޔުމަން ޓްރެފިކިންވެސް ތި ގޭންގްގައި އޮންނަނީ ތިހެންވީމަ.. ކިތަށް މީހުން އެގޮތަށް އެމީހުން ގެންގުޅޭނެ.. ” ޒާލިކް ހައިރާންވެ ހުރެ ބުންޏެވެ. ” އެ މީހުން މިޔާއަށް އަނިޔާ ކުރޭތަ؟ ” އުކައިލް އަހައިލިއެވެ. ދާރިއަން ބޯޖަހައިލިއެވެ. ” އަހަރެން ވައުދުވީން މިޔާ ސަލާމަތް ކޮށްދޭނެކަމަށް.. މިޔާގެ ދޮންބެ މާވިންއާއި ގުޅިގެން މިޔާ ސަލާމަތް ކުރެވިދާނެއެއްނުން؟.. ” ދާރިއަން ބުންޏެވެ.

” ދެޓްސް ޓޫ ޓްރިކީ.. މާވިން އެއީ އެމީހުންގެ މީހެއް، ކިހިނެތް އެނގެނީ އަހަރުމެންނަށް މާވިން އަހަރުންނަށް ބިޓްރޭ ނުކުރާނެކަމެއް.. ” އިޔާދު ބުންޏެވެ. ” އެއީ މިޔާގެ ބޭބެއޭ އޭނަ ބޭނުންވޭ މިޔާ ސަލާމަތް ކުރަން.. ” ދާރިއަން އަޑަށް ބާރުލަމުން ބުންޏެވެ. ” ދާރިއަން ޕްލީޒް މިކަހަލަ ކަންކަން އިމޯޝަނަލް ވެގެނެއް ހައްލެއް ނުވާނެ.. ” އިޔާދު ބުންޏެވެ. ދާރިއަންގެ ދެބުމަ ގޮށްޖެހުނެވެ. ” އާރ ޔޫ ސީރިއަސް- ” ދާރިއަންގެ ވާހަކަ އުކައިލް މެދުކަނޑައިލިއެވެ. ” އިނަފް.. ޒުވާބުކޮށްގެންވެސް މިކަހަލަ ކަންކަމެއް ހައްލެއް ނުވާނެ.. ” އުކައިލް ބުންޏެވެ. ” އަހަރެންނަށްވަނީ އިޔާދު ސާރ މިވަގުތު މިތަނުން ދާން.. ” ދާރިއަން ދެބުމަގޮށްޖަހައިލައިގެން ހުރެ ބުންޏެވެ. އިޔާދު އެއްޗެކޭ ނުބުނެ ހިތްހަމަ ނުޖެހި ހުރެ އެތަނުން ނިކުތެވެ. އިޔާދު ދިޔަތާ އިރުކޮޅެއް ނުވެ ދާރިއަން ނިކުތެވެ. ދާރިއަން ފަޅުގެއިން ނިކުތްއިރު އޭނާގެ ފިޔަވަޅުތަށް ހުއްޓުނީ ކުރިމަތީ ހުރި މީހަ ފެނިފައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 45

Next

އާ ދިރިއުޅުމެއްގެ ފެށުން -4

Next
January 7, 2025

އާ ދިރިއުޅުމެއްގެ ފެށުން -4

Previews
January 7, 2025

ޙަޤީޤަތް ހޯދުމޭ 45

26 Comments!

  1. Repunzil says:
    January 7, 2025 at 10:44 am

    Vvv reethi mi part ves
    When is next part ??
    Plssssssss avas….🥺🥺🥺
    Keep the spirit
    Love you sis❤️

    1. Anoo💗 says:
      January 7, 2025 at 11:06 am

      When is the next part.
      We would love to see the next part❤️.
      Love you💕

    2. Maash Butterflyyyyy says:
      January 7, 2025 at 11:51 am

      Thank you Rapunzel.. I’m glad u like it..
      Next part insha allah Saturday ga.
      Thank you for your support..
      Love you more darling 💜🦋

  2. Anonymous says:
    January 7, 2025 at 11:04 am

    When is the next part.
    We would love to see the next part❤️.
    Love you💕

  3. Anoo💗 says:
    January 7, 2025 at 11:05 am

    When is the next part.
    We would love to see the next part❤️.
    Love you💕

    1. Maash Butterflyyyyy says:
      January 7, 2025 at 11:53 am

      Next part insha allah Saturday ga.
      Thank you for your support..
      Love you more darling 💜🦋

  4. Nawar says:
    January 7, 2025 at 12:56 pm

    Awwwn…. kaaku thr eii??
    Haadha curious kohlaafa thi nimaaly….
    Dhaarian and mia gulhuvahcheyy…
    Mi part vx varah varah reethi…

    1. Maash Butterflyyyyy says:
      January 7, 2025 at 7:02 pm

      Next part ga kaakukan engeyne hehe..
      lets see dhaarian and mia gulheythw..
      Thank you darling.. I’m glad u like it💜🦋

  5. Your fav bab says:
    January 7, 2025 at 1:04 pm

    Oh my god
    Don’t let him be busted to that gang
    So interesting
    Lyssssm💗💗
    It’s Saturday right??
    I’ll wait the impatiently
    Hehehehheehehe….

    1. Maash Butterflyyyyy says:
      January 7, 2025 at 7:03 pm

      Hehe lets see vaagoi dhww..
      Thank youu.. I’m glad you like it..
      yes next part at Saturday..
      Love you moree💜🦋

  6. cutie girl says:
    January 7, 2025 at 1:43 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    kaakubaa fenunee
    dhaarian and miyaa gulhuvachey
    ukail and daaliya ves gulhuvachey
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. Maash Butterflyyyyy says:
      January 7, 2025 at 7:08 pm

      Thank you cutie girl.. I’m glad u like it..
      Next part insha allah saturdayga..
      Thankyou for you support..
      haha lets see it they end up together.
      I appreciate your support..
      Love you more darlingg💜🦋

  7. Zozo! says:
    January 7, 2025 at 6:10 pm

    Dhaarian vaahaka gang meehunnah falhaa naaruvah chey!
    Mia and dhaarian gulhuvah chey!
    V loabi!
    Can’t wait!

    1. Maash Butterflyyyyy says:
      January 9, 2025 at 11:53 am

      Lets see dhww vaa goi hehe..
      Thank you Zozo..
      next part insha allah saturdayga💜🦋

  8. Yala says:
    January 7, 2025 at 7:40 pm

    Vara Vara curious Vefa mihureee
    Dhaarian kurimahchah eri kaakubaa?
    Ohhh I’m getting sooo curious
    Vara reethi…… I really love Ur story
    Keep it up 💖💖💖

    1. Maash Butterflyyyyy says:
      January 7, 2025 at 8:37 pm

      Next part insha allah saturdayga
      Dhaarian kurimahchah eri meeha engeyne next part ga..
      Thank you.. I’m happy u like my story..
      Appreciate you support..
      Lysm💜🦋

  9. Neem says:
    January 7, 2025 at 10:47 pm

    Woww Masha Allah mi part vess varah varah
    reethi
    Alhe no wayyy dhaarian ge kurimahchah gang ge meeheh aisfiyyaa varah sakaraaiy vaane dhw
    Kaaku tho ingilaa hithun mihaaru mi inee varah kehmadhu vefa
    Varah curious koh thi nimmaalee mi part next part vess varah avahah libeyne kamah ummeedhu kuran
    I reallyy like this storyy frr
    Can’t wait for the next part
    Lysmm butterflyyyyy 😻

    1. Maash Butterflyyyyy says:
      January 8, 2025 at 8:09 am

      Thank you, I’m glad u like it darling
      hehe yeah gang meeheh araafiyya vrh sakaraai vaane dhw..
      kaaku thw engeyne next part in
      Insha allah next part saturdayga kiyaalan libeyne..
      awwnn thankyou I’m happy u like it..
      Love you moree Neem💜🦋

  10. Anonymous says:
    January 8, 2025 at 1:03 pm

    އިޔާދު އަކީ ކަންނޭނގެ ޕޮލިހުންގެ ތެރޭގައި އުޅޭ ގޭންގް ގެ މީހާއަކީ. މި ޕާރޓް ވެސް ވަރަށް ރީތި.😁

    1. Maash Butterflyyyyy says:
      January 8, 2025 at 4:27 pm

      ކިހިނެތް އެނގެނީ ޕޮލިހުންގެ ތެރޭގައި ގޭންގް ބަޔެއް އުޅޭކަމެއްވެސް؟👀 ޝުކުރިއްޔާ އެނޮނިމަސް💜🦋

  11. ^-^ says:
    January 11, 2025 at 1:26 pm

    Hoping to get the next part today🥹

    1. Maash Butterflyyyyy says:
      January 11, 2025 at 8:24 pm

      12th part was submitted in Thursday.. Admin approve kohleema kiyaalan libeyne. 💜🦋

  12. Your fav bab says:
    January 11, 2025 at 8:00 pm

    Dude!!!!
    I’m impatiently waiting

    1. Maash Butterflyyyyy says:
      January 11, 2025 at 8:24 pm

      12th part was submitted in Thursday.. Admin approve kohleema kiyaalan libeyne. 💜🦋

  13. Nawar says:
    January 12, 2025 at 5:59 am

    Thure ga ey 😲😲🙄🙄
    Ekm haadha lahey….l
    Abadhu vx vrh ginain admin gandu hadhaane ehn. .. vrh foohi vey 🙄🙄🙄🤬🤬🤬😞😞😔😔

    1. Maash Butterflyyyyy says:
      January 12, 2025 at 11:56 am

      Hehe admin vx busy vaanetha then he is also a human darling.. Miadhu up kohdheefa eyny 😁

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 12←


All Right Reserved!