Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

އާ ދިރިއުޅުމެއްގެ ފެށުން -4

Tuliplover
Tuliplover Level 1
January 7, 2025 3 Mins Read
5 Comments

އަހަރެން އެހެން ބުނެލުމާއެކު ޒެއިން ސޯފާއިން ތެދުވެ ކޮޓަރިއަށް ވަނެވެ. އަގައިން އެއްޗެކޭ ނުބުނިތާ ބަލައިވެސް ނުލައެވެ. މި ދެމީހުންގެ ހަގީގަތް އެގެން ބޭނުންވެފައި ހުރި ނަމަވެސް، އެވަގުތުގެ ގޮތުން އަހަރެން ވެސް ކޮޓަރިއަށް ވަނީމެވެ.
ފަތިސް ނަމާދުގެ ބަންގި ވައިތެރެ ކަފަމުން އައިސް ކަންފަތު ޖެހުމާއެކު އަހަންނަށް ހޭލެވުނެވެ. އަދި އިރުކޮޅަކަށް ނަމަވެސް ބްލޭންކެޓް ދަށުގައި އޮންނަން ބޭނުނެވިއެވެ. ނަމަވެސް މިއަދަކީ ބޮޑު ދުވަހެކެވެ. އެ ހޮސްޕިޓަލް ގައި ކުރެވޭ ފުރަތަމަ ސާރޖަރީއެވެ.އަހަރެންގެ ފުރަތަމަ ސާރޖަރީ ވެސްމެވެ. އަދި ކިޔަން ޖެހޭލިޔުންތަށް އެބަހުއްޓެވެ.އަވަހަށް ހޮސްޕިޓަލް އަށްވެސް ދާންޖެހެއެވެ. ޒިޔާން އަށް ސަމަރައިޒް ކޮށްދޭން އެބަޖެހެއެވެ. ހައްތަހާވެސް މަސައްކަތެވެ.
އަހަރެން އެދުން ތެދުވީމެވެ. ދަތްއުގުޅައި ނަމާދުކުރުމަށް ތައްޔާރުވެލީމެވެ. އޭރު ކޮވެލީގެ އަޑު މުޅި ފަޒާގައި ގުގުމާފައިވެއެވެ. ނަމާދު ކޮށް ނިންމާލުމަށްފަހު، މިއަދުގެ ސާރޖަރީ ކާމިޔާބު ކޮށް ދެއްވާތޯ އަދި އެ ކުއްޖާއަށް ކެއްތެރިކަން ދެއްވާތޯ މާތް ﷲ ހަޒުރަތުން ދުއާދެންނެވީމެވެ.
ސިޓިން ރޫމަށް ނުކުތުމަށް އަހަރެން ފަލަ ހަރުވާޅަކާއި ދޫ ޓީޝާޓެއް ލީމެވެ. އަދި ފަން އިސްތަށި ގަނޑު ފަހަތަށް އައްސާލުމަށްފަހު ތަޅުދަޑި ފައްޗެއްނަގައި ޖީބައްލައި ކޮޓަރިން ނުކުތީމެވެ. ކޮފީ މަގަކަށް އެޅުމަށްފަހު އަހަރެން ލިފްޓަށް އެރީ ގުރައުންޑް ފުލޯ އަށް ދިއުމަށެވެ.
ރަށަށް އައިފަހުން އަދި މިއުޅެނީ ރަގަޅަށް ގޭތެރެއަށް ނަޒަރެއްވެސް ނުދެވިގެންނެވެ. ގުރައުންޑް ފުލޯ އަށް ދެވުމާއެކު ވަށާ ލޯ ހިންގާލީމެވެ.ކޮންމެ ދިމާ އަކަށް ބަލައިލި ކަމުގައިވިއަސް ހަދާން ވަނީ މަންމަމެން މަތިންނެވެ. އަހަރެން މަންމަމެންގެ ކޮޓަރި ކައިރިއަށް ދިޔައީމެވެ. ތަޅު ދަޑި ފަތިން ދޮރު ހުޅުވައިލީމެވެ.
ކޮޓަރީގެ ފަރނީޗަރަށް އެއވެސް ބަދަލެށް ނަދެއެވެ. އަހަރެން މަޑު މަޑުން ގޮސް އަލަމާރި ހުޅުވާލީމެވެ. ބައްޕަ އަހަރެމެން ކުޑައިރު ފޮރުވައިގެން ގެންގުޅުނު ފޮޓޯ އަލްބަމް ބަލައިލާ ހިތްވެފައިވުމުންނެވެ.އަލަމާރިގެ ދޮރު ނުހުޅުވައި ގިނަ ދުވަސްވެފައި ހުރުމުން ހުޅުވަން ވަރަށް އުދަގޫވިއެވެ. ދޮރު ހުޅުވާލެވުމާއެކު މަންމަގެ ހެދުންތަކާ އެއްޗެއްހި ފެނުމުން އަހަންނަށް ހުރެވުނީ ފެންކަޅިވެފައެވެ. ބައްޕަގެ އަލްބަމް ވަކަރު ފޮށިތެރެއިން ފެނިއްޖެވެ. އަލްބަމްގެ ކޮންމެ ސަފްއާއަކުންވެސް ފެންނަނީ ބޭބެއާއި އަހަރެން ދެމީހުންގެ ކުޑައިރު ފޮޓޯތަކެވެ. ބޭބެ މިއަދު ހުރިނަމައެވެ. އަހަންނަށް ހާދަ ދިމާ ކުރާނެވެ.
އަލްބަމް ފަހު ގަޑުގައި ހުރީ ނުދަންނަ އާއިލާއަކާއި އެކު ބައްޕަ އަދި އަހަރެން އަދި ބޭބެ ގެ ފޮޓޯ އެއް ނަގާފައެވެ. އަހަރެން ވިސްނާ ވިސްނާ އެއީ ކޮންބައެއްކަމެއް ހަދާނެއް ނައެވެ.
ސިއްސައިން ދިޔައީ ނުދަންނަ ނަންބަރަކުން އަހަންނަގުޅާލުމުންނެވެ. އަލްބަމްވެސް ބިންމައްޗަށް ވެއްޓިއްޖެވެ. އަލްބަމް ނަގަމުން އަހަރެން ކޯލް ނަގައި ކަންފަތުގައި ޖަހާލީމެވެ.
“އަޒް.. ހޭލާތަ؟” ޒިޔާން އަށް އަހަރެން ނަންބަރ ލިބުނީ އަޅެ ކިހިންކުން ހެއްޔެވެ. އަނެއްކާ ޒިޔާންބާއެވެ. ހިތުގައި ސުވާލުތަކުގެ އުދާހެއް ކެކިގެން ދިއައެވެ.
“ޒިޔާތަ؟” ޔަގީން ކުރަން ބޭނުނވެފައިވާތީ އަހަރެން އަހާލީމެވެ.އަހަންނަސް ހީވީ ހަމަ ރަގަޅަށެވެ.އެއީ ޒިޔާން އެވެ.”ކޮބާ..މޯނިން ހަނީބަނީ..އަވަހަށް ހޭލާ ޓުޑޭ އިޒް ބިގް ޑޭ އަވަހަށް އަންނާތި ހޮސްޕިޓަލް ކެންޓީނަށް އައިވިލްބީ ވެއިޓިން ފޯޔޫ ލާވް..” ޒިޔާން ހާދަ ފުލާޓީއެވެ.އަހަރެން އާއެކޭ ބުނނުމަށްފަހު ފޯން ބޭއްވީމެވެ. އަދި ނަންބަރު ސޭވްކޮށްލމެވެ. އަލްބަމްގައި އިން އެންމެ ފަހު ފޮޓޯ އަހަރެން ގެ ފޯން އިން ކެޕްޗާކޮށްލމެވެ . އަދި މެލޭޝިޔާގެ ރައްޓެއހި އަނހެންކުދިންނަށް ފޮނުވާލީމެވެ. އަވަހަށް އެއްޗެހި އަބުރައި އަލަމަރިއަށް ލުމަށްފަހު ކޮޓަރިން އަހަރެން ނުކުތީމެވެ. ކޮޓަރީގައި ތަޅު ލުމަށްފަހު އަހަރެން ލިފްޓަށް އެރީ އަވަހަށް ރެޑީވެލައިގެން ނޯޓްސް ކިޔާލުމަށް ދިއުމަށެވެ.
” އަހާ..ހާދަ ހެދުނަކާ އަޒް ؟ މޯނިން ވޯކް ގޮއްސަތަ؟” ލިފްޓް ދޮރު ހުޅުވުމާއެކު ޒެއިން ސިޓިން ރޫމް އިދެފަ ގޮވާލިއެވެ. “ނޯ.. އައިވޯސް ޖަސްޓް ރޯމިން އެރައުންޑް ގުރައުންޑް ފުލޯ..” އަހަރެން ޖަވާބު ދިނުމަށް ފަހު ބަދިގެޔަށް ވަދެލީ ތަށި ދޮވެލުމަށެވެ.
“އަޒް އަޅެ ނެކްސްޓް މޯނން ގޮވާދެއްޗޭ ފަތިސް ނަމާދަށް މިރޭވެސް ކިރިޔާ ހޭލެވުނީ ފަތިހަށް” އެހެން ބުނުމަށްފަހު ޒެއިން ވަނީ ކޮޓަރިއަށެވެ.
އަހަރެންވެސް އަވަހަށް ކޮޓަރިއަށް ވަދެ ރެޑީވެލީމެވެ. އަދި ނޯޓްސް ކިޔާލުމަށްފަހު ދޮންބެ ސައިކަލު ގެނެސް ހުރުމުން ސައިކަލް އިން ހޮސަޕިޓަލަށް ދިޔައީމެވެ.
ޕްލޭންއާއި އެއްގޮތަށް އޮޕަރޭޝަންގެ ހުރިހަކަމެއް ހަމަޖެހިގެން ދިޔައެވެ. ތިންގަޑިއިރުގެ އޮޕަރޭޝަންއަކަށްފަހު އަހަރެން އޮޕަރޭޝަން ތިއޭޓާއިން ނުކުތީ އާއިލާ އަށް މަރުހަބާ ކިޔުމަށެވެ.
އާއެކެވެ. އޮޕަރޭޝަން ކާމިޔާބުވީއެވެ.
އަހަރެން ޑޮކްޓަރުންގެ ރޫމްއަށް ވަނުމާއެކު އެންމެން އަތްޖަހަންފެށިއެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ކުއްލިއަކަށް ޒޔާން އައިސް އަހަރެން ގައިގައި ބައްދައގަތެވެ.
“އަޒް ވީ ޑިޑްއިޓް..” އަހަރެން ޒިޔާން ދުރުކޮށްލައި ޝުކުރު އަދަކުރމެވެ.
ގަޑި އޭގެ ވާޖިބު އަދާކުރަމުންގޮސް ޑިއުޓީ ނިމޭ ގަޑިވެސް ޖެހިއްޖެވެ.އަހަރެން ކެބިންގައި މަޑުކޮށްލީ ސަމަރީތަށް ނިންމަން ވެފައި ވުމުންނެވެ. ޑިއުޓީ ބަދަލުވާ ގަޑިއަށް ވުމާއެކު ހޮސްޕިޓަލްގެ އޮފީސް ބައިގައި އަހަރެން ނޫން އެއްވެސް އެހެން މުވައްޒަފެއް ނޫޅެއެވެ.އެހެންކަމުން ހިންހަމަޖެހިލައިން އިދެ ސަމަރީ ލިޔަމުން އަހަރެން ދިޔައީމެވެ.
ޒިޔާން އަށް ވަސްދުވީކަންނޭގެއެވެ. އައިނައިގޮތެށް ނޭގި ކެބިންއަށްވައްޓާލައިފިއެވެ. އެ ފެށުނީއެވެ. ސަކަރާތްޖަހައި، އުދަގޫކުރަންފެށިއެވެ .އަހަރެން އިނީ ޒިޔާން އުޅޭގޮތުން މަޖާވެފައެވެ. ކުޑަކުއްޖަކަށްވުރެ ކަންތަށްބޮޑެވެ. ސަމަރީ ނިންމާލެވުނީ ކިރިޔާއެވެ. ނިންމާލުމާއެކު އަހަރެން ދިޔާއީ ޒިޔާން އާއި ޝާޔާ އެކީ ކެންޓީނަޝެވެ. ހަވީރު ސައި ބޮއެނިމާލައިފައި އަހަރެން އަވަސްކޮށްލައިން ސައިން އައުޓްޖެހުމަށްފަހު ސައިކަލުން ޝާޔާއަށް ޑްރޮޕްއެއް ދިނީމެވެ. އަހަންނަށް ގެޔަށް އާދެވުނީ ހަމަ ކިރިޔާއެވެ. ވާރޭ ބޯކޮށް އޮއްސާލައިފިއެވެ.
ދުވަސްތަށް މާޒީ އަށް ވަމުންދިޔައީ ހަލުވި ކަން މަތީގައެވެ.
01 އަހަރުވެއްޖެވެ. އޭރު އަހަންނާއި ޒެއިން އަކީ ދެ ލޯބިވެރިންނެވެ. މީ އެއްވެސްމީހަކަށް ނޭގޭ ބޮޑު ސިއްރެކެވެ.
“އަޒް ތެދުވެބަ..” އަހަރެން ހޭލެވުނީ ޒެއިން އައިސް ގޮވާލުމުންނެވެ.”ކިހިނެއްވީ ތަނެއްގަ ރޯވީތަ؟” އަހަރެން މަޖާވެފައި ޖަވާބުދިނީމެވެ.
“އަޒް އައް އެގޭނެ މިގަޑީ މިގޮވަނީ ފަތިސް ނަމާދަށް ކަންވެސް އެންޑް ރޫމްގެ ޑޯ ލޮކް ނުކޮށް ނުބަހަށްޓަން ބުނިން ދޯ؟” ޒެއިން އެއް ފަންޗަކަށް އަމުނާލިއެވެ. އަހަރެން ސޮރީ ބުނުމުންޒެއިން ކޮޓަރިން ނުކުމެގެން މިސްކިތަށް ދާކަމަށް ބުނެ ހިގައްޖެވެ.
ޗުއްޓީ ދުވަސްކޮޅުކަމުން މެލޭޝިޔާއަށް ފުރުމުގެ ކުރިން ޒިޔާން އާއި ޝާޔާ އާއި ދިމާކޮށްލުމށް އަހަރެން ހުރީ ބޭނުން ވެފައެވެ.
މެންދުރު ދޭއް ޖަހަނީއެވެ. ދޮންބެ ދައްތަމެން ބުނެގެން މިރޭއޮތް ބާބަކިއު އަށް އަހަރެން ދިއައީ މރުސް ގަޑު ތައްޔާރުކުރަމުނެވެ.”ލޯބި ލޯބި އަޒް ކޯއްޗެއް ކައްކަނީ؟”ޒެއިން ލިފްޓްއިން އެޕާޓްމެންޓަށް ވަންނަމުން އަހައިލިއެވެ. އަހަރެން ޒެއިން ދިމާލަށް އެބުރުނުއިރު މާ ބޮޑިއެއް ހިފައިން ޒެއިން ހުއްޓެވެ. އަހަރެން ވީ އުފަލަކު މިރުސް ތަށްޓަށް މިރުސްތަށިކަމަށް ދޫކޮށް ޒެއިން ގައިގައި ބއްދައިލީމެވެ.
“އަޒް ދުރުވޭ… މިއޮތް ޓީޝާޓް ހަރާބް ވަނީމީ..”ޒެއިން ގައިގައި މިރުސް ކޭއްތޭތީވެ ގޮވަންފެށިއެވެ. “ޒެއިން.. އަޅުގަނޑު ބޭނުން ޒިޔާ އެންޑް ޝާ ގެންނަނ މިރޭ ވީކޭން އެންޖޯއިދޯ..”
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Tuliplover
Follow Me Written By

Tuliplover

Level 1

Other Articles

Previous

އިންސާފު ލިބޭނެބާ – 11

Next

ފުުރަތަމަ ނަޒަރުން (6)

Next
January 7, 2025

ފުުރަތަމަ ނަޒަރުން (6)

Previews
January 7, 2025

އިންސާފު ލިބޭނެބާ – 11

5 Comments!

  1. Your fav bab says:
    January 7, 2025 at 1:08 pm

    Very nice!!!!!
    Hama habeyss!!!!!

    1. Tuliplover Tuliplover says:
      January 8, 2025 at 2:18 am

      Thanks ❤️🫶🏼

  2. cutie girl says:
    January 7, 2025 at 1:30 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    zein and az guluvachey
    they both are made for each other

    1. Tuliplover Tuliplover says:
      January 8, 2025 at 2:19 am

      Awwwn thankyu ❤️🫶🏼

  3. zozo says:
    January 8, 2025 at 4:41 pm

    i am kinda olhifa
    varah complicated
    ekamu ves v cute
    keep it up

Comments are closed.

Next Episodeއާ ދިރިއުޅުމެއްގެ ފެށުން -5←


All Right Reserved!