Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާ ދިރިއުޅުމެއްގެ ފެށުން -5

Tuliplover
Tuliplover Level 1
January 9, 2025 3 Mins Read
11 Comments

ޒެއިން އިރުކޮޅަކަށް އެއްޗެއް ނުބުނެ ހުރުމަށްފަހު އެއްބަސްވާން ބޯޖަހައިލިއެވެ. އަހަރެން ވީ އުފަލަކުން ޒެއިން ގައިގައި ބާރަށް ބައްދައިލީމެވެ.
އެކި ކަންކަމުގައި ބުރަކޮށް އުޅެނިކޮށް ގަޑިން އަށެއްޖަހައިފިއެވެ. ދޮންބެ މެންގޭގައި ބާއްވަން މިރޭ ހަމަޖެހިފައިވާ ބާބަކިއު އަށް ދިއުމަށް އަހަރެން ދިޔައީ ތައްޔާރުވަމުން ނެވެ.
ތައްޔާރުވެނިމިގެން އަހަންނަށް ބޭރަށް ނުކުމެވުން އިރު ތިރީސް ވެއްޖެވެ
.”އަޒް.. މިރޭ…” ޒެއިން އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ. ކީއްވެގެންކަމެއް ހުދު އަހަންނަކަށް ވެސް ނޭގެއެވެ.
“ޒޭން ކިހިނެއްވީ..މިރޭ..ކޯއްޗެއް؟” އަހަރެން ސުވާލު ފުލު ފުލުން ކުރަން ފެށީމެވެ. ޒެއިން އަކަށް މާގިނައިރަކު ނުބުނެނުހުރެވުނެވެ.
“އައި ވޯސް ޕްލޭނިން ޓު ޕްރޮޕޯސް ޔޫ މެރީކުރަން..އާއިލާ އެންމެން ކުރިމަތީގަ ބަޓް..” އެހެން ބުނުމަށްފަހު ޒެއިން އަތްދިއްކޮށްލިއެވެ.
އަހަންނަށް ހުރެވުނީ އުފަލުން ފޮޅިފައެވެ.ވަގުތުން ޔެސްބުނެލީމެވެ. ޒެއިން އަހަރެން އަތުގައި އަގޮޓިއެއް އަޅުވައިލިއެވެ.”އަޒް އައިވިލް އެނައުންސް އާއިލާ މީޙުނަށް ދެމީހުން މެރީ ކުރަން ބޭނުން ވާކަމަށް މިރޭ”
އެހާހިސާބަށް ވާހަކަ ދިޔަތަނާހެން ވާހަކަ މެދުކަޑާލަންޖެހުނީ އަހަރެންގެ ފޯން މޭޒުމަތީ އޮވެ ރިންގްވާން ފެށުމުންނެވެ.ޒިޔާންމެން ލަސްވެގެން ގުޅަން ފެށީއެވެ.
އަހަންނާއި ޒއިން ދޮންބެމެންގެއަށް ދިޔައީ ދޮންބެގެ ކާރުންނެވެ. އާއިލާ ގިނަބަޔަކު ދޮންބެ މެންގޭގައި ތިއްބެވެ.
ޒެއިން ވަނުމާއެކު ދޮންބެ ޒެއިން އަތު އަޅުވައިލައިގެން އަލިފާން ރޯކުރާތަނަށް ގެންދިއައެވެ. ޒިޔާން އަދި ޝާޔާ އަންނަންދެން އަހަރެން ދޮރާށިކައިރީ މަޑުކޮށްލީމެވެ.
ސިއްރު ސިއްރުން އަހަރެން ޒެއިން އުޅޭދިމާލަށް ބަލައިލީމެވެ. ދޮންބެއާއި ޒެއިން އުޅެނީ ވަރަށް އެއްކޮށެވެ.ދެމީޙުން ހީހީފައި ސަކަރާތް ޖަހަމުން ދިޔައެވެ.ދޮންބެ ޒެއިން އާއި އެހާ ގާތްކޮށް އުޅޭތީ އަހަރެން ހުރީ ވަރަށް އުފާވެފައެވެ.
“އޭ ކަމަނާފާނު މިއަދު ހާދަ ރީތިވެލައިން” ޒިޔާން އަހަރެން ކަންފަތްކައިރި ހުރެ އެހެން ބުނެލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.އަހަރެން ވަގުތުން ޒިޔާން ގައިގައި ބޮޑިއެއް އަޅުވައިލީމެވެ.
“ޝާ އައި މިސްޔޫ ސޯމަޗް” ޗުއްޓީ ފެށިފަހުން ނުފެނ ހުރެފައި ޝާޔާ އެފެނުނީއެވެ.
އަހަރެން ޝާޔާ އާއި ޒިޔާން ގޮވައިން ގޯޗަށް ވަނީމެވެ. އާއިލާ މީޙުނާއި ޒިޔާން އަދި ޝާޔާ ތާރަފް ކުރަމުން ދިޔައީމެވެ.
“އެހުރީ އަޅުގަނޑުގެ ދޮންބެ ދެން އެހުރީ އަޅުގަނޑު ބުނި ޒެއިން” އަހަރެން ދޮންބެ މެން ދިމާލަށް އިނގިލި ދިއްކޮށްލީމެވެ.
ޝާޔާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ޒިޔާންއަށްވެސް ހުރެވުނީ ހަމައެހެން ވެފައެވެ.”އަޒޫ މިދެމީހުން ހާދަ ވައްތަރޭ..” ޝާޔާއަށް ބުނެވުނީ ހަމައެހާ ހިސާބަށެވެ. އެއްކަލަ ލާނެތް ޒިޔާން ކަންތަށްގަޑު ފެށުނެވެ.
“ދޮންބޭ”ޒިޔާން ބާރަށް ދޮންބެއަށް ގޮވައިލިއެވެ.އެއަޑަށް ދޮންބެއާއި ޒެއިން ބަލައިލީ އަހަރެމެން ތިބި ދިމާލަށް އެއްފަހަރާއެވެ.
ޒެއިން އަށް ހުރެވުނީ އަގަ ހުޅުވިފައެވެ. ދޮންބެ ގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތަށް އަހަންނަށް ރީޗަށް ފެންނަމުންދިޔައެވެ. ދޮންބެ ނުތަނަވަސް މޫނެވެ.ގަބުވެފައި ބަލަން ހުރި ގޮތެވެ. ހީވަނީ ކުރިަމަތިން ބޮމެއްގޮއްވާލެވިގެން އުޅޭހެންނެވެ.ދޮންބެ ހުރީ ނުލާހިކު ސީރިއަސްކޮށެވެ.
“ދޮންބޭ” އަހަރެން ދޮންބެއަށް ގޮވައިލުމާއެކު ދޮންބެ ދިޔައީ ސިއްސައިގެންނެވެ. ތެޅިލާފައި އެއްޗެއް ބަލާ ދާކަމަށް ބުނުމަށްފަހު ބަދިގެޔާ ދިމާލަށް ދޮންބެ ދިޔައެވެ.
ކަމެއް ދޮންބެ ސިއްރުކުރާހެން އަހަންނަށް ހީވިއެވެ.
“ކަބުލޮމެން އާދޭ އަލުވިކޮޅު ދޮވެލަދޭން” ބޮޑު ދައިތަ އެހެން ބުނުމާއެކު އަހަރެން ޝާޔާއެކީ ބޮޑުދައިތަ ކައިރިއަށްދިޔައީމެވެ.
ޒިޔާން އާއި ޒެއިން އުޅުނީ ވަރަށް އެއްކޮށެވެ.
ކުކުޅުފިހެ ނިމި ކައިވެސް ނިމިއްޖެވެ.
އަހަރެން ވަރުބަލި ފިލުވާލުމަށް މަގުމަތީގައި ހުރި ޖޯލީގައި ޖައްސާލީމެވެ. މިރޭގެ ބާބަކިއު ޕާޓީގެ ފޮޓޯތަށްއަހަރެން ދިޔައީ މެލޭ ރައްޓެހިންނަށް ހިއްސާކުރަމުންނެވެ.ޒިޔާން އާއި ޒެއިންގެ ފޮޓޯވެސް ގުރޫޕްއަށްލީމެވެ. ޒެއިން އާއި ޒިޔާން ވަރަށް ވައްތަރުކަމަށް ގުރޫޕް ކުދިންވެސް ދިއައީކިޔަމުން ނެވެ.
“އަޒޫ ހާދައެކަނި ..ހާދަ ލޯބި ހިނިތުން ވުމެއް” ޒިޔާން އެތަނަށް އައިކަން އަހަންނަށް ރޭކާލީދެނެވެ. ވާނީވެސް އެހެންނެވެ.
ޒިޔާން އައިސް އަހަރެންއާއި ޖެހިގެން ހުރި ޖޯލީގައި ޖައްސާލީއެވެ.
“ޒިޔާން ކީއްތަ ވީ ފާޑަކަށް ތިބަލަނީ އަވަލީތަ؟” ޒިޔާން ބަލާ ވަރުން އަހަރެންނަށް އުދަގޫވެގެން މަޖަލަކަށް ބުނެލީމެވެ.
“އާ..އަޒޫ އަށް އަވަލައިން މިއުޅެނީ..ހާދަ ލޮއިބޭ އަޒް..” ޒިޔާން ގެ މޫނު މަތިން އެހެންޔާ ނުފެންނަ ސީރިއަސްކަމެއް އަހަންނަށް ފެނުނެއެވެ. އެކަމަކު އަހަންނަށް ނުހީއެނުހުރެވުނެވެ.”ވަޓްސްރޯންގް ވިތް ޔޫ މޭން” އަހަރެން ހިނިގަޑު މަތަކުރަމުން ސުވާލުކުރީމެވެ.
“އަޒޫ..ބިލީވް އެއްނުކުރާނެ..ބަޓް އައި ފޯލް އިން ލަވް ވިތްޔޫ ސިންސް ފަސްޓް ޑޭ” އަހަންނަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އެހެންވެސް ވާނެތާއެވެ. އަހަރެންއާއި އެކު އެންމެ ގާތްކޮށް އުޅުން ރަހުމަތްތެރިޔާ އަހަންނަށް އެއޮށް ލޯބި އެހުށަހެޅީއެވެ.
ޒިޔާން ގެ މޫނުން ދުވަހަކުވެސް ނުފެންނަށްހާ ސީރިއަސް ކަން ފެނުމުން އޭނަ އެކުރަނީ ސަމާސާއެއްނޫން ކަން އަހަންނަށް އެގުނެވެ.މިހުށަހެޅުމަށް އޮތީ ހަމަ އެންމެ ޖަވާބެކެވެ.
އަހަރެން ބޯ ދެކޮޅަށް ހޫރާލީމެވެ. ޒިޔާންގެ ލޮލަށް އެމަންޒަރު ކެތްނުވިކަހަލައެވެ. ލޮލުން ކޯރަކަށް ކަރުނަ ފައިބައިގަތީ ހިފެހެއްޓުމުގެ އެއްވެސް ބާރެއް ނެތްކަހަލަ ގޮތަކަށެވެ.”ޒިޔާ އައިއޭމް ސޮރީ” އަހަންނަށް ބުނެވުނީ އެހާ ހިސާބަށެވެ. ޒިޔާން ވަރަށް ބާރަށް ޖޯލިން ތެދުވިއެވެ.އަދި ތުރުތުރު ލައިފައިޥާ އަޑަކުން ދަނީކަމަށް ބުނުމަށްފަހު ސައިކަލަށް އަރައި ނައްޓާލިއެވެ.
“އަޒޫ ކިހިނެއްތަވީ..؟ޝާޔާވެސް ގެއައްގޮއްސި. ޒިޔާން އެދިޔައީ ކޮންތާކަށް؟ އަޅުގަޑު މިއައީ ތިދެމީހުން ހޯދަހޯދާފައޭ .. ” ޒެއިން އަށް އެހާހިސާބަށް ވާހަކަދެވުނު ތަނާ އަހަންއަށް ރޮވެން ފެށުނެވެ.
“ހޭއި ހޭއި ބޭބީ ވަޓް ހެޕެން؟” ޒެއިން ކަންބޮޑުވިއެވެ.”ޒެއިން ހިގާގެއައް ދާން..” އަހަރެން ހުރީ ގެއައްދާން ބޭނުންވެފައެވެ. “ޔެސް ޔެސް ޕާޓީވެސް ނިމިއްޖެ .. އަޒޫ ދެން ނޮރޮއެބަލަ” ޒެއިން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އަރައި ސްޓާޓް ކޮށްލިއެވެ. އަހަރެން ވެސް ކާރަށް އެރީމެވެ.
ގެއަށް އާދެވުމާއެކު ޒެއިން ކާރު ޕާކް ކޮށް އަހަންނަށް ދޮރު ހުޅުވައިދިނެވެ.އެފަކީރު ހުރީ ވާނުވާ އެގޭހިތުން ކެތްމަދުވެފައިއެވެ.
ލިފްޓް ތެރޭ ދެމީހުން ދޭތެރޭ އެއްވެސް ވާހަކައެއް ނުދެކެވެ. އެޕާޓްމެންޓަށް ވަނުމާއެކު ޒެއިން އަހަރެން އަތުގައި ހިފައި މަގަތަށް ގެންއެވެ. “އަޅެ ކީއްވެތަ ތިރޮނީ އަޒޫ ޕްލީޒް ޓެލް” ޒެއިން ހުރީ ރަގަޅަށްވެސް ފެންކަޅިވެފައެވެ.
“އަޅެ.. ޒިޔާ..ޑިޑް ޕްރޮޕޯޒްމީ.. އައި އަކަށް ނޭގެ ހީ އައި އާ ހެދި އުޅޭކަމެއްވެސް އެންޑް..އެންޑް.. އައި ޑިޑް ރިޖެކްޓެޑް..” އަހަރެން އެހެން ބުނުމާއެކު ޒެއިން އަހަރެން ގައިގައި ބައްދައިގަތެވެ.އެ ފަކީރު ހުރީ ބިރުން ހަލާކުވެފައެވެ.
“އިޓްސް އޯކޭ.. ސޯ ހީ ދެރަކުރެވުނީމަ ދޯ ތި ރޮނީ..” އަހަރެން ބޮލުގައި ފިރުމަމުން ޒެއިން ބުނެލިއެވެ.ޒެއިން އަހަރެން ނިތްކުރިއަށް ދޮނެއްދިނެވެ.
“އަވަހަށް ދޭ އަޒޫގެ ރޫމް އަށް އެންޑް ހަދާން ނުނައްތާތި..ބޭސްކާން އެންޑް ސްލީޕް ވެލް..ލޮކް ދަ ޑޯ އޯކޭ ގުޑް ނައިޓް ” ޒެއިން ހާދަ ރަގަޅެވެ. އަހަރެން ހިތާހިތުން ޝުކުރު ކުރަމުން ކޮޓަރިއަށް ވަނީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Tuliplover
Follow Me Written By

Tuliplover

Level 1

Other Articles

Previous

ސަލާންޖެހި ޒުވާނާ

Next

ބޭވަފާތެރިޔަކީމޭ 29

Next
January 9, 2025

ބޭވަފާތެރިޔަކީމޭ 29

Previews
January 9, 2025

ސަލާންޖެހި ޒުވާނާ

11 Comments!

  1. Zulaikha Kareem says:
    January 9, 2025 at 12:16 pm

    Dhivehi bahun liyefa oiy vaahakaehtho ingireysibahun liyefaoiyvaahakehtho

  2. Cutie girl says:
    January 9, 2025 at 1:22 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Azoo and zein gulhuvachey
    They both are made for each other

    1. Tuliplover Tuliplover says:
      January 10, 2025 at 4:54 am

      Awnnn thanku 🌷❤️

  3. Your fav bab says:
    January 9, 2025 at 3:14 pm

    Wow!!!
    So interesting
    Ziyaan fakeeru dhw!!!
    ZEIN and AZOO gulhuvacheyy!!!!
    Hehhehehehhehe….
    When next??

    1. Tuliplover Tuliplover says:
      January 10, 2025 at 4:54 am

      ❤️ thanks

  4. Ellie says:
    January 9, 2025 at 10:05 pm

    Very complicated ekamu varah best!
    Like emme furathama fesheeru present GA heevanee ehurihaaemmen dhemedhu kameh nuvaahen ekamu mazee, omy god!
    Keep it up!

    1. Tuliplover Tuliplover says:
      January 10, 2025 at 4:55 am

      Yu should read from 01 ❤️💗🌸
      Thnku for the support ❤️

  5. gurrrrl says:
    January 10, 2025 at 5:15 pm

    Vrh reethi when next

    1. Tuliplover Tuliplover says:
      January 13, 2025 at 6:39 pm

      Its posted

  6. u will know me says:
    January 11, 2025 at 12:41 pm

    wooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooWWWWWWWWWWWWW
    WHN NEXT ????????????????????

    1. Tuliplover Tuliplover says:
      January 13, 2025 at 6:40 pm

      Posted

Comments are closed.

Next Episodeއާ ދިރިއުޅުމެއްގެ ފެށުން – 6←


All Right Reserved!