އާ ދިރިއުޅުމެއްގެ ފެށުން -3
“ބެސްޓް އޮފްލަކް. އަޒޫ” އަހަރެން ކާރުން ފޭބުމަށްފަހު ހޮސްޕިޓަލް ތެރެއަށް ވަނީމެވެ.
ހުސް ނުދަންނަ މޫނުތަކެވެ. ރިސިޕްޝަންއިން އަހަރެންނައި މަރުހަބާކީ ހިނިތުން ވުމަކުންނެވެ. އަހަރެން ދާންވީ މިސްރާބް އެތާއިން އަންހެން ކުއްޖާ ކިޔައި ދިނެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު އަހަރެން އޮފީހަށް ވަނީމެވެ. އެތާ އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ހިނިތުން ވުމެވެ.އަހަރެން ރިޕޯޓް ކުރުމަށް ލެޓާރ ގައިލިޔެފައިވާ މީހާއަށް ރިޕޯޓްކުރީމެވެ. އެމީހާގެ އިރުޝާދާ އެކު އަހަރެން މީޓިން ރޫމް އަށް ދިޔައީމެވެ.
ހުރިހާ ޑޮކްޓަރ އިން މީޓިން ރޫމްއަށް އާދެވުމާއެކު، ލަސްފަހެ ނުވެ ޑެއިލީ ބްރީފިން ފެށުނެވެ.”ވެލް..އެވެރީވަން..ދިސްއިޒް ދަ ޔަންގެސްޓް..ޑޮކްޓާރ އެވާ ޖޮއިންޑް ޓު އަވާރ ހޮސްޕިޓަލް..ޑޮކްޓާރ އަޒުކާ..ދަ ނިއު..ސާރޖިއޯން” ސީނިއާރއަށް ހުރި ޑޮކްޓާޜ ހުރިހާ ޑޮކްޓަރުންއަށް އަހަރެން ތާރަފްކޮށްދިނެވެ.
“ވެލް ކަމް.” އަހަރެން ސިއްސައިންގޮސް ފަހަތް ބަލައިލެވުނެވެ. އަހަރެންނަށް ދެލޯ ބޮޑުކުރެވުނެވެ. އެތާހުރީ ޒެއިން ގެ ކޮޕީ ޕޭސްޓްއެކެވެ. ތަފާތަކީ އޭނަމޫނުގައި ހުރި ލަކުނެވެ.
“އަނެއްކާ..އާރ..ދޭޓްވިންސް” އަހަރެން އަމިއްލަށް އަމިއްލަ އަށް ސުވާލުކުރެވުނެވެ.
” އަޒުކާ..ޑރ.މުއައްމަރު..އެބަގޮވާ” އަހަރެން އޭނާ އާއި ދިމާލަށް ބަލަހައްޓައިން ގެއްލިފައި ހުރިކަން ރޭކާލީ ދެނެވެ. އަހަރެން އަވަސް އަވަހަށް މޫނު އަނެއްކޮޅަށް އަބުރައި ޖަވާބުދިނީމެވެ.
ފުރަތަމަ ދުވަސްކަމުން އެއްވެސް ސާރޖަރީއެއް އަހަރެންކުރަން ނެތްކަމަށް ޑޮކްޓާރ އެންގިއެވެ. އަދި މާދަމާ އޮތް އޮޕަރޭޝަން އަށް ރެޑީވުމަށް އެންގުމަށްފަހު ޒެއިންގެ ޑުބުލިކޭޓް މީހާއާއި އެކު އަހަރެން ގުރޫޕް ކުރެވުނެވެ.
“ހާއި..” ބްރީފިން ނިމުމާއެކު އަހަރެން އޭނާ އާއި ކުރަން ބޭނުންވެފައިވާ ސުވާލް ކުރުމަށް އަވަސް ވެގަތީމެވެ.
“އަޅުގަނޑަށް ކިޔަނީ ޒިޔާން ކުރުކޮށް ފޮނިކޮށް ޔޫކޭން ކޯލް މީ ޒިޔާ.. އެންޑް.. ޔޫ ގޮނާރ ވޯކް ވިތްމީ .. ” ޒިޔާންގެ މީޒާޖާ ޒެއިންއާއި ދާދި އެއްގޮތެކެވެ.އެ ދެމީހުން އެއީ ޓްވިންސް ހޭ ވެސް އަހާ ހިތްވިއެވެ. ނަމަވެސް މާ ޕާރސަނަލް ސުވާލަކަށް ވެދާނެތީ އަހަރެން އަޅާނުލީމެވެ.
މާދަމާ އޮތް ސާރޖަރީ އަށް އަހަރެން ރެޑީވަމުން ދިޔައީމެވެ.ލިބިފައިވާ ވަގުތު ކުޑަ ކަމުންނާއި އެކު ހޯދަން ޖެހިފައިވާ މައުލޫމާތު ގިނަކަމުން އަހަރެން ހުރީ އެންމެ ސިކުންތު ކޮޅެއްވެސް ބޭކާރު ނުކޮށްލުމަށް އަޒުމް ކަޑައަޅައިންނެވެ.ޒިޔާން ވެސް އޭނާ ވެވުނު ހުރިހާ އެހީ އެއްވަމުން ތިޔައެވެ.
“ޑޮކްޓާރސް…އިޓްސް ޓައިމްޓު ސައިން އައުޓް..” ރިސިޕްޝަނުން މިއަދު ދިމާވި އަންހެން ކުއްޖާ އައިސް ގޮވައިލުމުން އަހަންނާއި ޒިޔާން އަށް ގަޑި ބަލައިލެވުނީ އެއްފަހަރާއެވެ. ދެމީހުން އެއްފަހަރާ ގަޑިއަށް ބަލައިލި ގޮތުން އެއަންހެންކުއްޖާ ބަޑި ފަޅައިން ދިޔައެވެ.
އަހަރެން އާއި ޒިޔާން ސައިން އައުޓް ކޮށްލުމަށްފަހު ކެންޓީނަށް ދިއައީމެވެ. އޭރު އަނެއް ޝިފްޓް ޑޮކްޓަރުން އާއި ނަރުހުން ކެންޓީނުގައި ހޭލަމޭލައަށް އުޅެމުން ދިޔައެވެ.
“ޒިޔާ … ޔޫ ގޮޓް ނިއު..” ނަރސް ޔުނީފޯމްގައި އަހަރެމެން ދެމީހުން ކުރިމައްޗަށް އެރި އަނހެންކުއްޖާ ވާހަކަ މެދު ކަޑާ ލަން ޖެހުނީ ޒިޔާން އޭނާކުރިމަތިން ބާރު ބާރަށް ދުރަށް ދިއުމުންނެވެ.
“ވެލް.. ޒިޔާން..” އަހަރެން ޒިޔާން އާއި އެއްވަރު ކޮށްލުމާއެކު ވާހަކަހުއްޓާލަން ޖެހުނީ ދޮންބެ ގުޅަންފެށުމުން އެވެ.
ނުކުންނަމުން ގުޅާކަމަށް ބުނެ އަހަރެން ފޯން ކަޑައިލީމެވެ.
“އަޒް..އެ އަންހެން ކުއްޖާ އުޅެނީ އަހަރެން ނާއި ހެދި މޮޔާވެފައި އައިޑޯންނޯ ވައި..އެވާހަކަ ބަހައްޓާ..އަޒޫ ތީ މިރަށުކުއްޖެއްދޯ؟”ކެންޓީނުގައި މީރު އެއްޗެއް ނެތުމުން ދެމީހުން ބޭރަށް ދަމުން ޒިޔާން ވާހަކަ ދެއްކިއެވެ.
“ލައްބަ..އަޅުގަނޑު މީ މިރަށުކުއްޖެ..ވަޓް އެބައުޓް ޔޫ؟”އަހަރެން ޒިޔާން އާއި ސުވާލް ކުރީމެވެ.
“އައި އޭމް ފުރޮމް ހާފް..މޯލްޑިވިއަން.. ހާފް އެމެރިކާ..ވިއާޑްދޯ” ޒިޔާންހީލުމާއެކު ކޯތާފަތަށް އެރި ޑިމްޕަލްއިން އޭނަގެ ރީތިކަން ދެ ގުނަކޮށްލިއެވެ. ތުނިކޮށް ކޮށާފައިވާ ފަން އިސްތަށިގަޑުން އޭނަގެ ފިރިހެން ވަންތަކަން ތައްކުވައެވެ.”ހޭއި ޔޫފޮގޮޓް ދަ ބޭގް ޕެކް” ރިސިޕްޝަނުން ދިމާވި އެއްކަލަ އަނހެންކުއްޖާ އަހަރެން ދަބަސް ހިފައިން އައެވެ.
އަހަރެން ދަބަސް މަތިން ހަދާނެއްވެސްތެވެ. “ވަޓްސް ޔުއާރ ނޭމް” އެއަންހެންކުއްޖާ ދަބަސް ދިނުމަށްފަހު ދާން ހަދައިލުމުން އަހަރެން ގޮވައިލީމެވެ.
“ޝާޔާ..؛” ނަންބުނުމަށްފަހު ޝާޔާ ބަސް މަޑުކުރާތަނަށް ދިޔައެވެ. އަހަރެން ދޮންބެ އަށް ގުޅާލީމެވެ.
މާގިނައިރުތަކެށް ނުވެ ދޮންބެ ބަލައި އައެވެ. އަހަރެން ދަނީކަމަށް ބުނެ ކާރަށް އެރީމެވެ.
ކާރު ތެރޭގައި ދެކެވިގެންދިޔައީ ހޮސްޕިޓަލްގެ ވާހަކައެވެ. ދޮންބެ އިނީ ވަރަށް އުފާވެފައެވެ.ދޮންބެ އުފާވެފައި އިނުމުން އަހަންނަށް ހިންހަމަޖެހުން ލިބުނެވެ.
އީސާހިތަކު ގެޔާހަމަޔާށް އާދެވިއްޖެވެ. މިރޭ ދޮންބެ މެންގެޔަށް ނާދެވޭނެވާހަކަ އަދި މާދަން ސާރޖަރީއެއް އޮތުމުން އަވަހަށް ނިދާންބެނުންވާ ވާހަކަ އަހަރެން ދޮންބެ ކައިރީ ބުނެލީމެވެ.
“އޯކޭ..ދޫނީ ބަލައިން އުޅޭތިއިންގޭ.. އެންޑް.. ގުރައުޑްފުލޯ ރިނޮވޭޝަން ނިމުނުހާ އަވަހަކަށް ޒެއިން ތިރިއަށް ބަދަލުކުރާނަން އިނގޭ” ދޮންބެ އަހަރެންނާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.
“ދޮންބެ .. އަޅުގަޑަށް އޯކޭ ޒެއިން މަތީގަ އުޅުނަސް…. އައި މޯސްޓްލީ ސްޓޭ..އެޓް މައިރޫމް… އިފް އައި ނީޑްޔޫ އަޅުގަޑު ގުޅާނަން..” އަހަރެން ދޮންބެ ކައިރީ ބުނެލީމެވެ. ކާރު ސްޓާޓް ކޮށްލުމުން އަހަރެން ގެޔަށް ވަނީމެވެ.
އަހަރެން ވަރުބަލި ހިގުމެއްގައި ގޮސް ލިފްޓްއަށް އެރީމެވެ.ދެވަނަ ފުލޯ އަށް ދެވުމާއިއެކު އަހަރެން ދަބަސް ސޯފާއަށް ޖަހައި ސޯފާއަށް ވެއްޓި ގަތީމެވެ.
ވަރުބަލިވެފައިވާލެއް ބޮޑުކަމުން ނިދި އަހަރެންގެ ދެލޮލާއި ހަގުރާމަ ކުރަންފެށިއެވެ. ނިދި ކާމިޔާބު ހޯދައި ސަވާރު ވާން މާއިރެއް ނުނެގިއެވެ.ދެލޯ މެރުނު ގޮތަށް ހުޅުވެން ކަންނެތްވިއެވެ.
އަހަންނަށް ހޭލެވުނީ ދޮރުހުޅުވުނު އަޑަށެވެ.ދެވަނަ ސިކުންތުގައި އަހަރެންހުރީ ކޮޅަށެވެ ފުންމައިން ތެދުވެވުނު ގޮތެއްވެސް އަހަންނަކަށް ނޭގުނެވެ.
“އަޒޫ ކާރމް ޑައުން އިޓްސްމީ.. ޒެއިން ވައި ސޯސްކެއާޑް؟” އަހަންނަށް ވި ގޮތްފެނިފައި ޒެއިން ކަންބޮޑުވިއެވެ.
“ޒެއިން” އަހަރެން ހަމަނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ސޯފާ އަށް ވެއްޓިގަތީމެވެ. “އަޒޫ..އޯކޭތަ؟.”ޒެއިން އަތުގައި ހުރި ޝޮޕިން ބޭގްތަށް މޭޒުމަތީ ބެހެއްޓުމަށްފަހު އަހަރެން ކައިރިއަށް އައިސް އިށީނެވެ.
“ޒެއިން އައި އޭމް އޯކޭ..ޒެއިން އަށް އެގޭތަ..ޒިޔާން؟”..(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

I think they are twinseeeeeeez!!!!!
TELL ME
R U SUMA?????
Yes what happen maahaa
TULEEEEEEeeeeeeeeeeeePppppppp……….