Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 11

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 3, 2015 7 Mins Read
14 Comments

”އެންޑް ސްޓިލް؟…” ދީމް ހައިރާން ކަމާއެކު އެހިއެވެ.

”ދީމް ދެން އެވާހަކަ ނުދައްކަމާ، ކާން ހިނގާ…” ޖުވޭރިޔާ ދެން އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކާކަން ބޭނުމެއް ނުވިއެވެ. އިޒްކާންގެ މަޖުބޫރީ އޭނައަށް އެނގޭ ކަހަލައެވެ.

”ކައިގެން މިހިރީ…” ދީމް ބުންޏެވެ. އޭނަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މަންމައަށް ނުވިސްނޭތީއެވެ.

****

ގަޑިން މެންދަމުން ދޭއް ޖަހައި ބޮޑުވެއްޖެއެވެ. ބޮޑުކޮޓަރީގައި އިން ބަލްޤީޝް އިޒްތިޒާރު ކުރަމުން އެދަނީ އިޒްކާން ގެއަށް އަންނާނެ އިރަކަށެވެ. އިޒްކާން ދިޔައީއްސުރެ އޭނަގެ ހާސްކަމަށް ބަދަލެއް ނާދައެވެ. އެހެން އިންދާ ރަސަލް އައުމުން އޭނަ ރަސަލްއަށް ބަލާލީ ނާ އުއްމީދުން ފުރިގެންވި ނަޒަރަކުންނެވެ. ރަސަލް އަވަސްވެގަތީ ބަލްޤީޝްގެ ހިތްހަމަޖައްސާލަ ދިނުމަށެވެ.

”ރަސަލް، އިޒްކާންއަށް ގުޅާބަލަ، އެއޮތް ޖަހަނީ ތިނެއް…” ސޯފާގައި އިށީންނަމުން ބަލްޤީޝް ބުންޏެވެ. އިޒްކާންއަށް ގުޅުނު އަދަދެއް ނޭގެއެވެ. ފޯނެއް ނުނަގައެވެ. މިހާރު އޭނަ ބިރުގަންނަ ހިސާބަށް ކަންތައް ހިނގައްޖެއެވެ.

ރަސަލް ފޯނު ނެގިތަނާ މައިދޮރު ހުޅުވުނު އަޑު އިވުނެވެ. އެތެރެއަށް ވަން އިޒްކާންއަށް މަންމައާއި ބައްޕަ ފެނި ކުޑަކޮށް ސިހުނެވެ. އޭނަ ދެފަރާތަށް ބޯހޫރާލަމުން ފިޔަވަޅުތައް ބާރުކޮށްލިއެވެ. އަމާޒަކަށްވީ މަންމަގެ ސުވާލުތަކުން މިންޖުވުމެވެ. ސިޑީގެ ހަރުފަތަށް ގިރާކުރަމުން ދަނިކޮށް މަންމަ ހުއްޓުމެއް ނެތި ގޮވި އަޑު އިވުނެވެ. ހިތްހަމަނުޖެހިފައިވާލެއް ބޮޑުކަމުން އިޒްކާން ފަސްއެނބުރި ބަލާލަން ވެސް މުހިންމު ކަމަކަށް ނުހެދިއެވެ.

ބަލްޤީޝް އިޒްކާންގެ ފަހަތުން ދިޔައެވެ. އޭނައަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނީ ފައިކައްސާލުމުންނެވެ. އިޒްކާންއަށް ސިހިފައި ބަލާލެވުނެވެ. ފެނުނު މަންޒަރަކުން މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. އޭނައަށް ދުއްވައިގަނެވުނީ ތިރިއަށެވެ. ރަސަލް ވެސް އޭރު ދުވެލާފައި ގޮސް ވެއްޓެން ދިޔަ ބަލްޤީޝްގެ މެދުހަށީގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. އޭރު އޭނަގެ މޭގަނޑު އަނގަޔަށް އަންނަވަރު ވެއްޖެއެވެ.

”މަންމާ…” އިޒްކާން ދެރަވިއެވެ. އޭނަ ބަލްޤީޝް ގާތަށް ޖެހިލުމުން ބައްޕަ އަތްހުރަސްކޮށް ދުރުގައި ހުރުމަށް އަމުރުކޮށްލިއެވެ. ވެދިޔަ ކަންތަކުގެ އިލްޒާމު އޭނަގެ ބޮލުގައި އެޅުވި ކަހަލައެވެ. އިޒްކާން އިސްދަށަށް ޖަހާލި އެވެ.

ޔޫޝައު ވެސް ކޮޓަރީގައި ހުރެފައި ތިރިއަށް ފޭބީ މަންމަގެ ހަޅޭކުގެ އަޑަށެވެ. ނުނިދިފައި އޮތް ޔަޝްމް ވެސް ބުރުގާ ބޮލަށް މަހާލައިގެން ބޭރަށް ނިކުތެވެ.

”އިޒްކާން…” ބާރުވެގެން ދިޔަ ހިތުގެ ތެޅުން ހަމައަކަށް އަޅުވާލަމުން ބަލްޤީޝް ކުލުނުން ފުރިގެންވާ ރާގަކަށް ގޮވާލިއެވެ. އެތާނގައި އިތުރު ބަޔަކު ތިބިކަން ވެސް އޭނަ ހަނދާނެއް ނެތެވެ. ފެންނަނީ އޭނަގެ ދެލޮލުގެ ނޫރެވެ. ހިތުގެ ވިންދެވެ.

”މަމް އާރ ޔޫ އޯކޭ؟…” ޔޫޝައުއަށް އަހާލެވުނެވެ. ބަލްޤީޝް އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނަ ދެން އަވަސްވެގަތީ އިޒްކާން ގާތަށް ދިއުމަށެވެ.

”ދަރިފުޅު ކޮންތާކުންތަ ތިއައީ؟، މަންމަ ހާސްވާނެ ވަރު ނޭގެނީތަ؟، ކީއްވެތަ ގުޅީމަ ފޯނު ނުނެގީ…” އިޒްކާން ގެނެސް މޭގައި ޖައްސާލަމުން ބަލްޤީޝް ފަށްޗަކަށް ސުވާލު އަމުނާލިއެވެ. އޭނަ އިޒްކާންގެ ނިތަށް ބޮސްދިނެވެ. ބޮލުގައި ފިރުމާލިއެވެ. ހީވަނީ އެފަދަ ފުރުސަތެއް ނުލިބޭތާ ލައްކަ ގިނަ ދުވަސް ވެއްޖެ ހެންނެވެ. އޭނަ އެފަދަ ފުރުސަތަކަށް ބޭނުންވެފައި ހުންނަނަތާ ހާދަ ގިނަ ދުވަސް ވެއްޖެއެވެ. އުތުރިއަރަން ފެށި މައިވަންތަކަމުގެ ލޯބި އޭނަ އިޒްކާންއަށް ހަދިޔާ ކުރިއެވެ. ދެންމެ ދިމާވި އެކްސިޑެންޓަށް އޭނަ ޝުކުރުވެރި ވިއެވެ.

އިޒްކާން ހުރި ފިޔަވަޅު މަތީ ހުއްޓެވެ. ހަރަކާތެއް ވެސް ކޮށްނުލައެވެ. ބަލްޤީޝްގެ ސުވާލަށް ޖަވަބެއް ދިނުން އޭނައަށް މުހިއްމެއް ނުވިއެވެ.

”ކައިގެންތަ ތިހިރީ…” ބަލްޤީޝް ސުވާލުކުރިއެވެ. ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު އިޒްކާން ރަގަޅަށް ނުކާކަން އޭނައަށް އެނގެއެވެ. ނުވީތާކަށް އެހާގިނަ އިރު ބޭރުގައި ހުރެފައި ހުންނައިރު ހުންނާނީ ހާންތި ވެފައެވެ.

ކުއްލިޔަކަށް އިޒްކާންއަށް ހައިކަމުގެ އިހްސާސްތައް ކުރެވުނެވެ. ބަލްޤީޝްއަށް އެކަން ނަގައިގަނެވުނެވެ.

”މަންމައާއެކު އާދެބަލަ…” ލިބުނު ރަނުގެ ފުރުސަތު ގެއްލުވާލާކަށް ބަލްޤީޝް ބޭނުމެއް ނުވިއެވެ. އޭނަ އިޒްކާންގެ އަތުގައި ހިފަހައްޓާލިއެވެ. އިޒްކާން ކުދި ފިޔަވަޅުތަކާއެކު މަންމައާއެކު ހިނގައިގަތެވެ. މަންމަ އެހާވަރަށް އުފާވެފައި ހުއްޓާ ހިތުގައި ޖައްސާކަށް ނުކެރުނެވެ.

ބަލްޤީޝްގެ މޫނު ވަނީ މިއިން ދުވަހަކު އުޖާލާ ނުވާވަރަށް އުޖާލާވެފައެވެ. ސާދަ ވިލޭރޭގެ ހަނދު ފަލަކުން ނައްޓާލާފައިވާ ކަހަލައެވެ. އެހެން އެއްވެސް ކަމެއް މަތިން ބަލްޤީޝް ހަނދާނެއް ނެތެވެ.

”މަމް އިޒް ކްރޭޒިލީ އިން ލަވް ވިތް ބްރޯ… ބައްޕައަށް ވުރެ ބޮޑަށް ލޯބިވާނެ ބޭބެ ދެކެ….” ޔޫޝައު ކޮޓަރިއަށް ދާން އެނބުރިލި ވަގުތު ޔަޝްމް ފެނި އޭނަގެ ޝަހާދަތް އިނގިލި ގެނެސް ބޮލާ ކައިރިކޮށްލަމުން އަނބުރާލިއެވެ.

މަންމަގެ އުފާވެރިކަން ފެނި ޔޫޝައުގެ ހިތާމަތަކަށް ވަގުތީ ފަރުވާއެއް ލިބިއްޖެއެވެ.

****

ނުނިދިގެން އުޅުނު ޔަޝްމްގެ ސަމާލުކަން އަތުލީ ރިންގްވާން ފެށި ފޯނެވެ. ކުރު އަތްމައްޗަށް ތެދުވަމުން އޭނަ ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. ”އަމަލް، އޯހ ނޯ، ހަނދާނެއް ވެސް ނެތޭ އަމަލްއަށް ގުޅަން، ޔަޤީން ރުޅިއައިސްފަ ހުންނާނީ، އެކަމަކު މިގަޑީގަ ގުޅަނީ ކީއްވެތަ؟…” ޔަޝްމްއަށް ބުނެވުނެވެ.

”ޔޫ ނޯ ވަޓް؟…” ޔަޝްމް ފޯނު ނަގާއިރަށް އަމަލްގެ އަޑު އިވިގެން ދިޔައެވެ. އަމަލްގެ އަޑުގައި ވި އުފާވެރިކަން ޔަޝްމްގެ ޝައުޤުވެރިކަން އަތުލައިފިއެވެ.

”ބުނެބަލަ….” ޔަޝްމް އެނދުން ތެދުވެލިއެވެ. އޭނަ ދެން މިސްރާބު ޖެހީ ބެލްކަންޏަށެވެ.

”ގެސްކޮށްބަލަ…” ޔަޝްމް ތަޅުވާލަން އަމަލް ބުންޏެވެ.

”އަޅެ ދެން ބުނެބަލަ، ވަރަށް ކިއުރިއަސް ވެއްޖެ…” ޔަޝްމް ބުންޏެވެ. އަމަލް ބުނަން އުޅޭ އެއްޗަކަށް އޭނަގެ ކެތްތެރިކަން ކުޑަ ވެއްޖެ އެވެ.

”އަހަންނަށް ކޯސް ލިބިއްޖެ، ދެންމެ މެއިލް ލިބުނީ، އައިމް ގޮއިންގް ޓު ޑުބާއީ…” އަމަލް ކުޑަ ހަޅޭކެއްގެ އަޑާއެކު ބުންޏެވެ. ޔަޝްމް ވެސް ކުޑަކޮށް ހަޅޭއްލަވައިގަތެވެ. އަދި ފުރަތަމަ އެޚަބަރު ދޭން ބޭނުންވީ ޔަޝްމްއަށް ކަމުގައި ވެސް ބުންޏެވެ. އަމަލްގެ ނަސީބުގެ ތެރި މެދު އުޑުގައި ބަބުޅަނީ އެވެ.

”އަސްލުވެސް؟، މަރުޚަބާ، ކޮންދުވަހަކުތަ ފުރަނީ؟…” ޔަޝްމްއަށް އަހާލެވުނެވެ. އެކުވެރިޔާގެ އުފަލުގައި އޭނަ ބައިވެރި ވެލިއެވެ. އޭނަގެ ތުންފަތުގައި ކުޅެލަމުން ދިޔައީ ފުޅާ ހިނިތުންވުމެކެވެ.

”އަންނަ މަހުގަ، ޔުމް އާއެކު ވީކެއް ވަރު ތިކޮޅުގަ މަޑުކޮށްލާފަ ފުރާނީ… ކޮބާ ތިކޮޅުގެ ކަންތައް ކިހިނެއް؟ އަންގާ ވެސް ނުލާ ފުރައިގެން ދިޔައީ، ހެނދުނު ގުޅާނަމޭ ބުނި މީހާގެ ޚަބަރެއް ނުވެގެން ގުޅިއިރު ފޯނު އޮތީ ނިއްވާލާފަ، ދައްތައަށް ގުޅީމަ އެނގުނީ ފުރަން ދިޔަކަން ވެސް…. އެހާ އަވަހަށް އަހަރެން ދުރުކޮށްލީތަ؟… ރުޅިއައިއްސައޭ މިހިރީ….” އަމަލް ޝަކުވާކޮށްލިއެވެ.

”ސޮރީ… އަސްލު ވީ ގޮތަކީ އިޒްކާން ކުއްލިގޮތަކަށް މީޓިންގްއަކަށް ދާންޖެހިގެން ފުރަން ޖެހުނީ… ދެން މާލެ އާދެވުނު އިރު ވަރަށް ބޮޑަށް ވަރުބަލިވެފަ ހުރީ، ދެން ނިދުނީ، ހޭލެވުނީ ރޭގަނޑު….” ޔަޝްމް ބުނެލިއެވެ.

”ހޫމްމްމް ބަހަނާ ނުދެއްކިޔަސް ހެވޭ، ހައު އިޒް އެވްރީތިންގް؟….” އަމަލް ސުވާލުކޮށްލިއެވެ.

”ރަގަޅު، އިޒްކާންމެންގެ ގެ ވަރަށް ބޮޑު…” މިއަދު ހިނގި ބޮޑު ހާދިސާ ސިއްރުކުރަމުން ޔަޝްމް ”ނައިޓިންގޭލް” ގެ ރީތި ވާހަކަ ކިޔައި ދިނެވެ.

”ލައިބްރަރީއެއް ވެސް ހުރެޔޭ… އެތަން ފެނުނީމަ ހަނދާން ވީ ބުކްވޯރމް މަތިން….” ޔަޝްމް ދިމާކޮށްލިއެވެ.

”ތިގެއަށް ގޮސް ދާއިރު ދާނީ ހުރިހާ ފޮތެއް ހިފައިގެން…” ހެމުން ހެމުން އަމަލް ބުންޏެވެ. ”ޖޫން އިންޓޭކަށް ޔުމް ކުރިމަތި ނުލަނީތަ؟” އޭނަ ޔަޝްމް މާލެ ދިޔަ ބޭނުން ހަނދާންކޮށްލަދިނެވެ.

”ތޭންކިއު ހަނދާންކޮށްދިނީމަ؟ މާދަން ތިކަމާ އުޅޭނީ…” ޔަޝްމް ބުނެލިއެވެ.

****

ޔަޝްމް އެކުވެރިޔާއާ ވާހަކަ ދައްކާލަމުން އެތެރެއަށް ވަން އިރު އިޒްކާން އޭނަގެ އިންތިޒާރުގައި ހުރިތަން ފެނި ކުޑަކޮށް ހަޅޭއް ވެސް ލަވައިގަނެވުނެވެ. އިޒްކާން އެތާނގައި ހުންނަތާ ކިހާ އިރު ވެދާނެ ހެއްޔެވެ؟ އިޒްކާންގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

”މަންމަ ބުނި ޔަޝްމްގެ ނިއްކުރި ފަޅައިގެން ގޮސް އަތަށް ވެސް ތަދެއް އަރައިގެން އުޅޭ ވާހަކަ….” އިޒްކާން އޭނަގެ އަތުގައި އޮތް ފަސްޑް އެއިޑް ބޮކްސް ޔަޝްމްއަށް ދިއްކޮށްލިއެވެ. ޔަޝްމްގެ ހަނދާނަށް އައީ އިޒްކާންގެ އަތަށް ކޮފީ ވެރިގެން ދިޔަ ރެޔެވެ. އެރޭ އިޒްކާންގެ ފަރާތުން ފެނިގެން ދިޔަ ރުންކުރުކަން ދެކެ އޭނަ ހާދަ ފޫހިވިއެވެ. އޭނަ މާފަށް އެދުމުން ވެސް ގޮތް ދައްކާލީއެވެ. ވަރެއްގެ ފިރިހެނެކެވެ.

ޔަޝްމް އޭގައި ހިފިއެވެ. އިޒްކާން މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ.

”އައިމް ސޮރީ ޔޫ ހެޑް ޓު ވިޓްނެސް ސޯ މަޗް… މިރޭ ހިނގި ހުރިހާކަމެއް މަތިން ހަނދާން ނައްތާލިއްޔާ ރަގަޅުވާނީ…” އިޒްކާން ކޮޓަރީގެ ދޮރާ އަރާހަމަވުމުން ބުންޏެވެ.

”އިޒްކާން…” ސިކުނޑީގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބު ބޭނުންވެފައި ހުރި ޔަޝްމް އިޒްކާންއަށް ގޮވާލެވުނެވެ. އޭރު އޭނަ ހުރީ ދެފިކުރެއްގެ މަތީގައެވެ. ސުވާލުކުރަން ވީ ހެއްޔެވެ؟ އިޒްކާން ރުޅި އައިސްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ޔޫޝައު ފަދައިން އޭނަގެ ގަޔަށް އަތް އިސްކޮށްފާނެ ހެއްޔެވެ؟ އިޒްކާންގެ ކުރީގެ އަނބިމީހާ އިޒްކާން ދޫކޮށްދިޔައީ އަނިޔާވެރި ވީމަ ހެއްޔެވެ؟ އޭނައަށް ސިއްރުކުރެވެނީ އެސިފަ ހެއްޔެވެ؟

އިޒްކާން ފަސްއެނބުރި ބަލާލިއެވެ. ޔަޝްމް ހިތްވަރުކޮށްލަމުން ވާހަކަދައްކަން ފެއްޓިއެވެ. އޭރު އޭނަގެ މޭގަނޑު ނެގިފައި ޖެހެއެވެ. ކުރެވެން މިއުޅެނީ ރަގަޅު ކަމެއް ބާވައެވެ.

”އިޒްކާންގެ ކުރީގެ ވައިފްއާ ޑިވޯސްވީ ކީއްވެގެންތަ؟… އޭނަ މިހާރު ކޮބާތަ؟…” ޔަޝްމްއަށް ހިންދިރުވާލެވުނީ އިޒްކާގެ ބުމަގޮށްޖެހިގެން ދިޔަތަން ފެނިފައެވެ. ބިރުން ގޮސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭސީގެ ފިނިކަމުގެ ތެރޭން އޭނަ ދާހިތްލަން ފެއްޓިއެވެ. ކުރެވުނީ ގޯސް ސުވާލެއްކަން އޭނައަށް އެނގުނީ ވަގުތު ފާއިތުވީ ފަހުންނެވެ.

”ވަޓް؟…” އިޒްކާން ބުންޏެވެ. ކިތަންމެ މަޑުން އެޖުމްލަ ބުނިކަމުގައި ވިޔަސް އޭގައި އެކުލެވިގެންވާ ރުޅިވެރިކަން ޔަޝްމްއަށް ދޭހަވިއެވެ. އޭނަ ހުރީ އެތެރެއަށް ދަމާލި ނޭވާ ހިފަހައްޓާލައިގެންނެވެ.

”ރަގަޅު ވާނީ އަހަރެންގެ ޒާތީ ކަންކަމުގެ ތެރެއަށް ޔަޝްމް ނުވަނިއްޔާ…” އިޒްކާންގެ އަޑުގައި ވިސްނައިދުނުމަށްވުރެ ބޮޑަށް އެކުލެވިގެންވަނީ އިންޒާރެކެވެ. ޔަޝްމް ހުރީ ޖެހިބުދެއް ހެންނެވެ. ”އަހަރެން ކުރިން ވެސް ބުނިން ޔަޝްމް އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރާށޭ…” އިޒްކާން ތަކުރާރުކޮށްލިއެވެ.

”ހައު ރޫޑް!… އަހަންނަށް އެނގެންޖެހޭ އެއްޗެހި އެއީ…” ޔަޝްމް ފޫހިކަމާއެކު ތުން އަނބުރާލިއެވެ. އެޖުމްލަ ވީ ހިތު ތެރޭގައެވެ.

ޔަޝްމް ދެންވެސް ހުއްޓާލާކަށް ނޫޅުނެވެ. ހިތުގައި އުފަންވި ފޫހިކަމާއެކު ޖެހިލުންވުން ކުޑަ ވެއްޖެއެވެ.

”ކީއްވެގެންތަ އިޒްކާން ދެކެ ދީމް ރުޅިއަންނަނީ؟…” ޔަޝްމް ތުންފަތުގައި ދަތްއަޅާލިއެވެ.

”އަޑެއް ނީވޭތަ؟ އަހަރެންގެ ޒާތީ ކަންކަމާ ނުބެހޭށޭ! އަހަރެން ވެސް ޔަޝްމްގެ ކަންކަމާ ނުބެހެމެއްނު!…” އިޒްކާންގެ ދެލޮލުން އަލިފާންކަނި ބުރާލިއެވެ. ޔަޝްމްގެ ދުލުގައި ތަޅެއް ލެވުނެވެ. އޭނަ ސިއްސައިގެން ދިޔައީ އިޒްކާން ފާރަށް ބާރު އެތިފަހަރެއް ވީއްލާލުމުންނެވެ. ދެލޯބޮޑުކޮށްލައިގެން އޭނަ އިޒްކާންއަށް ބަލަން ހުއްޓެވެ. އިޒްކާން އޭރު ހުރީ ޔަޝްމްއަށް ފުރަގަސް ދީގެންނެވެ. އޭގެ ސަބަބުން އިޒްކާންގެ މޫނުމަތީގެ ކުލަވަރުތައް ޔަޝްމްއަކަށް ނުފެނުނެވެ.

އިޒްކާން ނިކުމެގެން ދިޔައީއެވެ. ޔަޝްމް ހުރީ ގަބުވެފައެވެ. އޭނަގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅުނެވެ. އިޒްކާންގެ މިހާ ރުޅިގަދަ ވެދާނެ ކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ. ދެން އިޒްކާންއާއި ކުރިމަތި ލާކަށް އޭނައަށް ލާހިކެއް ނޫނެވެ.

”އަނގަގަދަ ވީމާ ވާނީ މިހެން…” ޔަޝްމް ބެލްކަނިއަށް ނިކުމެވެން ހުރި ދޮރުގެ ތަންޑު އަޅުވާލިއެވެ. ”އިޒްކާން އެގޮތަށް ރިއެކްޓް ކުރާނީ ބޮޑުކަމެއް ދިމާވީމަ، ހީ ވޯންޓް ޓު ހައިޑް ސަމްތިންގް، އެކަމަކު ކޯޗެއް ބާ؟…” ޔަޝްމްގެ ޒަމީރު އޭނައަށް ކަމެއް ވިސްނައިދޭން އުޅުނެވެ. ހަމަހިލާ އިޒްކާންއާ ދެވަނަ ފަހަރަށް ސުވާލުކުރަން އޭނައަށް ނުކެރޭނެއެވެ. ދެންމެވެސް ކަންތައް ވެގެން ދިޔަ ގޮތް ނިކަން ދެކި ބަލާށެވެ. ދެންފަހަރަކުން އޭނަގެ ފުރާނަ ރޮއިގަންނަވަރު ކޮށްލާނީ ކަމެއް ވެސް ނޭގެއެވެ. އިޒްކާންގެ އެ ނުރައްކާތެރި ސިނގުރުޅިގަނޑާ ހަނގުރާމަކުރަން އޭނައަށް ލާހިކެއް ނޫނެވެ.

”އިޑިޔަޓް…” ޔަޝްމް އިޒްކާންއާ ދިމާއަށް އެތިވަރު ގޮވާލާފައި ކިޓް ސޯފާ މައްޗަށް ހޫރާލިއެވެ. އިޒްކާން ގެނެސްދިން އެއްޗަކަށް ވާތީ އެއިން އެއްވެސް އެއްޗެއް ބޭނުންކުރަން އޭނަ ބޭނުމެއް ނުވިއެވެ. ”ހޭޓް ދެޓް ފްރީކް….” އެތިވަރު ގޮވާލާފައި އެނބުރިލުމުން މޭގަނޑަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. އިޒްކާން އެހެރީ ކުރިމަތީގައެވެ. ހިތުގެ ތެޅުން ބާރުގެ ހިތްހުއްޓިދާނެހެން ވެސް ހީވިއެވެ.

އިޒްކާން އޭނަގެ ލެޕްޓޮޕް ނަގައިގެން ދިޔައީއެވެ.

”ނަސީބެއް ދިޔަކަން…” ޔަޝްމްއަށް ބުނެވުނެވެ.

****

އާދުވަހަކަށް ފެނުން ތޮޅެލި އިރުން ޖައްވު މަޑު އޮރެންޖް ކުލައަކުން ފަވާލައިފިއެވެ. އިރުގެ ދަޅަތައް އަރާފައިވާ ވިލާކޮޅުތައް ވެސް މިނިވަންކަމާއެކު އޭގެ މަންޒިލާހަމައަށް ދަތުރުކުރަމުން ދެއެވެ. ފާއިތުވެގެން ދިޔަ ކޮންމެ މިނެޓެކާއެކު މަގު ތަކުގެ ހިމޭންކަމަށް ނިމުން ގެންނަމުން އައިސް އިސާހިތަކު މަގުތައް ހަލަބޮލި ކޮށްލައިފިއެވެ.

ދުވަން ދާން ތައްޔާރުވެލައިގެން ޔޫޝައު ބޭރަށް ނިކުތް ތަނާ އަންހެން ކުއްޖަކު އޭނައަށް ގޮވާލިއެވެ. ހެވި ދިއްލިފައި ހުރެ ޔޫޝައު ގާތަށް ފަލަކް އައެވެ. އޭނަ ވެސް ހުރީ ދުވަން ދާން ތައްޔާރުވެލައިގެންނެވެ. ލައިގެން ހުރި ރީނދޫކުލައިގެ ޓޮޕްކޮޅާއި ހަމަ އެކުލައިގެ ޔޯގާ ޓައިޓްގައި އޭނަގެ އަންހެންވަންތަ ހަށިގަނޑުގެ ފުރިހަމަ ވަނާތައް ވަނީ ހާމަޔަށެވެ. އެރީތި ހަށިގަނޑަށް ހިތްތަށް ލަންބާލާނެކަން ގައިމެވެ. ފަން އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައި އޮތްއިރު ދޮން މޫނު ވިދައެވެ. މަސްކާރާއާއި އައިލައިނާރގެ އެހީގައި ކަޅުކުލައިގެ ދެލޮލަށް އިތުރު އާރޯކަމެއް ގެނެސްދީފައި ވެއެވެ.

”ޔޫޝް އާއެކު އަހަރެން ދިޔަޔަސް އޯކޭތަ؟ ޒޫ ބަލިވެގެން މިއަދު ދެވޭކަށް ނެތޯ ބުނީ….” ފަތިސް ވީއްސުރެ ފަލަކް އިޒްތިޒާރުކުރަމުން އައި ވަގުތަށް ނިމުމެއް އައީއެވެ. ޔޫޝައު ބޭރަށް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރެހުރެ އޭނަ ވަރުބަލިވާން ކައިރިވެއްޖެއެވެ. އޭނަ ޔޫޝައުގެ ހަށިގަނޑަށް ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. ޔޫޝައު އޭނަގެ ހިއްސުތަކާ ކުޅެލަނީ ހާދަ ވަރަކަށެވެ. ހުވަފެނުން ވެސް ފެންނަނީ ޔޫޝައު އެވެ.

ޔޫޝައު ގަދަކަމުން ހިނިތުންވެލިއެވެ. ފަލަކް ފެނި އޭނަގެ ބޮލަށް އުނދަގޫވެގެން ދިޔައެވެ. އެކަނިވެރި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވެފައި ހުއްޓާ އެކަން ވެސް ކާމިޔާބެއް ނުވިއެވެ.

****

ދުވެނިންމާލާފައި ގެއަށް އާދެވުނު އިރު ފަލަކް ހުރީ ވަރުބަލިވެ ލޮޑުވެފައެވެ. އޭނައަށް ރަގަޅަށް ނޭވާ ނުލެވެއެވެ. މުޅި މާލެ ވަށާ ތިން ބުރު ޖަހަން ވުމުން އޭނަގެ ހެޔަށް ވެސް ގޮތްތަކަށް ވިއެވެ. އެންމެ ބޮޑަށް ރުޅިއައީ އޭނަގެ މަޤްސަދު ހާސިލު ނުވުމުންނެވެ. ފާއިތުވެގެން ދިޔަ އެއްގަޑިއިރުގެ ތެރޭގި ޔޫޝައު އާ ވާހަކަ ދައްކަން އޭނަ ކުރި މަސައްކަތް ދިޔައީ ފެނުފުލުންނެވެ. ދެރަވިޔަސް އޭނަ ހުރީ ބަލި ޤަބޫލުކުރާ މޫޑެއްގައެއް ނޫނެވެ. އޭނަ ޔޫޝައުގެ ހިތް އޭނަގެ މައްޗަށް ލަންބަވާލާނެއެވެ. އޭނަގެ ދަލުގައި ސަލާމަތްނުވޭ ވަރަށް ބައްދާލާނެއެވެ.

އެއްނޭވާއިން ފެންތަށި ހުސްކޮށްލަމުން ތަށްޓަށް ފުޅީގައި ބާކީ ހުރި ފެން އޮއްސާލިއެވެ.

”ކޮލެޖަށް ނުދަނީތަ؟…” މާހުތާބްގެ އަޑު އިވުނެވެ. ތުންދަމާލަމުން ފަލަކް ތަށި ތުނބުގައި ޖައްސާލިއެވެ. ”މިތާ މިތިބަ ގޮނޑިއާ މޭޒާއެއް ނޫނޭ މަ މިވާހަކަ ދައްކަނީ… ކޮންތަނަކަށް ގޮސްފަ ތިއައީ؟…” މާހުތާބް ޝައްކުން ފުރިގެންވި ރާގަކުން އަހާލިއެވެ. އޭނަގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އޭނައަށް ސިއްރުން ފަލަކް ކުއްޖަކާ ރަށްޓެހިވެގެން އުޅެނީ ހެއްޔެވެ؟ މުއްސަނދި ކުއްޖެއް ހެއްޔެވެ؟

”ނުފެނޭތަ؟ ދުވަން ގޮސްފަ މިއައީ…” ފަލަކް ޖާވަބު ދިނެވެ.

”ކާކާ އެކު؟…” މާހުތާބް ދެލޯހަނިކޮށްލިއެވެ.

”މަންމައާ ބެހޭކަމެއްތަ؟…” ރުންކުރު ރާގަކަށް ފަލަކް ބުންޏެވެ.

”އާނ… މަމީ ފަލަކްގެ މަންމަ، ފަލަކް ދާހާ ތަނެއް މަށަށް އެނގެން ޖެހޭނެ!… ހަމަ މިހާރު ބުނޭ ކާކާ އެކުގަ ދިޔައީ؟….” މާހުތާބް ހަރުކަށިކަމާ އެކު ބުންޏެވެ. ފަލަކް ހިތްހަމަނުޖެހުނެވެ. ފޫހި ވިއެވެ. މަންމަ އޭނަގެ ކަންތަކުގެ ތެރެއަށް ބޯ ބާނަނީ ކީއްކުރަން ހެއްޔެވެ؟

”ކޮލެޖަށް ދާގަޑި ޖެހެނީ…” ފަލަކް އެތަނުން ދާން އުޅެގަތެވެ. ނަމަވެސް މާހުތާބް އާ ހެދި ދެވޭގޮތެއް ނުވިއެވެ.

”ޖަވާބު!…” މާހުތާބް އަމުރުކޮށްލިއެވެ.

”ޔޫޝައުއާއެކު….” ފަލަކް އަޑަށް ބާރުލާފައި ބުންޏެވެ. މާހުތާބް ދެލޯބޮޑުކޮށްލިއެވެ.

”ކީކޭ؟” މާހުތާބްއަށް އިވުނު ޖުމްލަ ޤަބޫލުކުރަން ދަތިވިއެވެ. ”ޕިސް،ޕިސް ކަންފަތުގަ އަޅާ އެއްޗެއް ގަންނަން ވީނު…” ފަލަކް އޭނަގެ ޖުމްލަ ތަކުރާރުކޮށްލިއެވެ. އަދި މަޑުކުރުމެއް ނެތި ދިޔައެވެ. މަންމައާ ހެދި އޭނަގެ ދުވަސް އިތުރަށް ޚަރާބު ވެގެން ދިޔައެވެ. ޔޫޝައުގެ ފަރާތުން ހިތް އެދުނު ފަދަ ސަމާލުކަމެއް ނުލިބި ހުއްޓާ މަންމައާ ޒުވާބުކުރަން ހަދައިގެން އޭނަގެ ތަބީއަތު ގޯހުން ގޯހަށް ދިޔަ އެވެ.

”ނަސީބެއްނު މަގޭ ދަރިޔަށް ރަގަޅު ބުއްދިއެއް ލިބުނުކަން، މިފަހަރު ދޫކުރާނީ ބަލްޤީޝްގެ ދަރިފުޅުގެ ފަރާތުން ބޮޑު ފައިދާގަނޑެއް ނަގާފަ، އެދީމް ފުރޭތަގަނޑު ދިޔަކަން ވެސް އެއީ މަގޭ ނަސީބު…”

މާހުތާބް ހިނިތުންވެލި އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ކަނޑުފެން (ސޯޅަވަނަ ބައި) KanduFen P-16

Next

ލޯބީގާ ވާތީފަނާ… (3ވަނަ ބައި)

Next
December 3, 2015

ލޯބީގާ ވާތީފަނާ… (3ވަނަ ބައި)

Previews
December 3, 2015

ކަނޑުފެން (ސޯޅަވަނަ ބައި) KanduFen P-16

14 Comments!

  1. Kamana says:
    December 3, 2015 at 6:19 pm

    Woww. Muthaa i lov ur stories. ??

  2. mary says:
    December 3, 2015 at 7:17 pm

    ފުރޭތަގަނޑު ސަޅިޔޭ :p :p

  3. Kiyuntheriyaa says:
    December 3, 2015 at 7:43 pm

    Varah reethi. 🙂

  4. reader says:
    December 3, 2015 at 8:15 pm

    very nice. when nxt part 🙂

  5. risha says:
    December 3, 2015 at 11:18 pm

    nice story..avahah up kuraathee varah hinhama jehsy…

  6. shabee says:
    December 4, 2015 at 12:31 am

    salhi but i have a question. 1 hour thereyga male’ vashaa 3 buru jeheytha? 😉

    1. Nukko says:
      December 5, 2015 at 11:07 am

      Of course jeheyne. Shabee kahala kanneh fodarunnah nyvedhaane.

  7. Shaa says:
    December 4, 2015 at 7:48 am

    I luv ths story.. Waiting for the next part.. Avahah up kohla dhehchey.. ??

  8. Stardust says:
    December 4, 2015 at 1:15 pm

    Wow. Varah reethi mi vaahaka

  9. ham says:
    December 4, 2015 at 2:26 pm

    hama reeehcheee…waitingg……

  10. Hmmmm says:
    December 4, 2015 at 3:25 pm

    Alhe v v v bodah ves reethi.. I love it ??

  11. shaz says:
    December 4, 2015 at 5:55 pm

    waiting for the next part

  12. Sanu says:
    December 4, 2015 at 10:07 pm

    Konirakun aneh part kiyaaleveynee….?

  13. saayaa says:
    December 10, 2015 at 4:57 pm

    v vai vaahakaeh v foohi den miden meehun kiyaakakahala ehcheh thar v foohi heyo next part up nukuriyas ahareh noolhen mi kiyaahithun ves hurihaa frndx ves buni v vai v foohi vaahaka eh minun ehn ehcheh liyan vehje eh nun ideas ves v kada sia kurun hama v dah ehves varakah neh sifa kurumuge baeh miah vure ragalhu mikahala vaahaka nuliunas vaahaka kiyaa kudin foohi ves vaaneh mikahala vaahaka liyanyaa unmeedukuran ragalhu badaleh gennaane kamah

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 12←


All Right Reserved!