ހުވަފެނެއްބާ؟ (2ވަނަ ބައި)
އެއީހީވިގޮތެއް ކަމުގައި ނިންމުމަށްފަހު ހަނާ ފެންވަރަންފެށިއެވެ. ބޮލަށްއަޅާލި ފުރަތަމަ ފެންދާނިން ހަށިގަނޑަށްލިބިގެންދިޔަ ފިނިކަމުން ހަނާއަށް ދެލޯމަރާ ލެވުނެވެ. އެވަގުތު ހަނާގެ ކަނދުރާއަށް ހޫނުނޭވާއެއް އެޅުނުހެންހީވެގެން ވަށައިގެން ހޯދާލުމަށްފަހު އަވަސް އަވަހަށްފެންވަރާނިންމާލީ ބިރުންހުރެއެވެ.
ހަނާ ރީތިވެގެން ނިކުތްއިރު އާބިދާ އާއި އޭނާގެ ރައްޓެހި ރަހީމާ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ދުންގަނޑެއް ބޯށެވެ. ރަހީމާގެ ގެހުންނަނީ މާދުރުނޫން ހިސާބެއްގައިކަމުން އޭނާ ކޮށްމެރެއަކު އާބިދާއާއި އެކު ދުންގަނޑުބޯންއާދެއެވެ. “ހަނާ! މިއަދު ރީމާ ގުޅި. ހަނާއަށް ވަރަށް ސަލާމްބުނި. މިއަންނަމަހު ކޯސްނިމޭތީ އެމަންޖެހުރީ ވަރަށްއުފަލުން. ރަހީމައްތަ އަށް ހީވަނީ މިއަށްނަމަސް ނިމޭހިސާބުގައި އަންނާނެހެން” ގުޑުގުޑާދަމަން އިނދެ ރަހީމާ ހަނާއާއި ވާހަކަދެއްކިއެވެ. ރީމާއަކީ ހަނާގެ އެންމެގާތް އެކުވެރިޔާއެވެ. ރީމާ މާލެއަށް ކިޔަވަންދިޔަތާ މިހާރު އަހަރުވާން އުޅެނީއެވެ. ރީމާދިޔަފަހުން ކޮންމެހެންކުރަންޖެހޭކަމެއްގައި ނޫނީ ހަނާބޭރަށްވެސް ނުނިކުމެއެވެ. ހަނާއަކީ މާގިނަރައްޓެހިންތިބޭކުއްޖެއް ނޫނެވެ. އޭނާއަކީ މަޑުމައިތިރި މިޒާޖެއްގެ ބަސްމަދުކުއްޖެއްކަމުން މީހުންނާ މާގިނައިން ވާހަކަދައްކާ އުޅުމަކީ އޭނާކުރާހިތްވާ ކަމެއް ނޫނެވެ.
މީހަކު ދޮރުމަތީގައި ހުރެ ސަލާމް ގޮވާއަޑު އިވުމުން އާބިދާ ސަލާމް ބަލައިގަނެ ގޯތިތެރެއަށް ވަނުމަށް ބުންޔެވެ. ފިރިހެންވަންތަ މަޑު ހިގުމެއްގައި ވަދެގެންއައީ އިރުޝާދު އެވެ. އޭނާއައިސް އާބިދާއާޖެހިގެން ހުރި ޖޯލީގައި އިށީނެވެ. “އިރުޝާދު! އެކޮއި މަޑުކޮށްލާންވީނު ހަނާކައިރީގަ. އާބިދާއްތަ އެބައަންނަން ފިހާރައަކަށް ވަދެލާފަ” އިރުޝަދަކީ އާބިދާވަރަށް އިތުބާރުކުރާ އޭނާ ދަރިއެއްފަދައިން ދެކޭ ކުއްޖެކެވެ. އާބިދާއާއި ރަހީމާ ނިކުމެގެން ދިޔުމުން އިރުޝާދު އައިސް ހަނާއިން ޖޯއްޔާއިޖެހިގެން އިން ޖޯއްޔަށް ބަދަލުވެލިއެވެ. “ހަނާ. އަހަރެން…ވަރަށް ބޮޑުވާހަކައެއް…. ބުނަން ވެފައި އެބައޮތް.” ޖެހިލުން ވެފައި އިންވަރުން އިރުޝާދުއަށް ވާހަކަދެއްކުނީ އާގަންނަމުންނެވެ. ހަނާހެވިފައި އިންގޮތުން އިރުޝާދުބުނަން އެއުޅޭ ވާހަކައިގެ ހައިބަތު އޭނާއަށް ރޭކާވެސް ނުލާކަން އިރުޝާދުއަށްއެނގެއެވެ. އިރުޝާދު އިނީ ހަނާގެ ރީތި ހުދުކަންގަދަ ބޮޑު ދެލޮލަށް ބަލަހައްޓައިގެންނެވެ. ” ކޮން ވާހަކައެއް” ހަނާ ވާހަކަދެއްކީ ހިނިއައިސްފައި އިނދެއެވެ. “އަހަރެން …ހަނާއާ ކައިވެނި ކުރަން ބޭނުން. ހަނާދެކެ އަހަރެން….. ވަރަށް ލޯބިވޭ.” އިރުޝާދު އިނީ އަދިވެސް ޖެހިލުންވެފައެވެ. ހަނާދޭނެ ޖަވަބެއް ނޭނގޭތީ އޭނާ ވަރަށްބިރުގަނެއެވެ. ހަނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނައަށް އިވުނުވާހަކަ ގަބޫލުކުރަން އުނދަގޫވިއެވެ. އިރުޝާދު މީގެ ކުރިން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ހަނާކައިރީގައި ދައްކާފައި ނުވާތީއެވެ. “މަންމައާ ވާހަކަ ދައްކާލައިފައި މަދަމާރޭ ޖަވާބެއް ދޭނަން” ހަނާ އިސްޖަހާލިއެވެ. މާ ލަސްތަކެއް ނުވެ އާބިދާ އައުމުން އިރުޝާދު ދިޔައީއެވެ. “މަންމާ އެބައޮތް ވަރަށް ބޮޑު ވާހަކަ އެއް ދައްކަންވެފަ. އެކަމަކު މާދަމާ އިނގޭ އެވާހަކަ ދެއްކޭނީ. މިހާރު މިހުރީވަރަށް ނިދިއައިސްފަ.” ހަނާ ބޮޑުކަމެއް ނިންމާނީ އަބަދުވެސް އާބިދާގެ ބަހެއް ހޯދުމަށްފަހުގައެވެ. އިރުޝާދު ދެކެ ހަނާ ލޯބިނުވިއެއްކަމަކު އާބިދާ އެކަމާ ރުހެންޔާ ހަނާއިރުޝާދު އަށް އާބަސްބުނާނެއެވެ.
ހަނާ ކޮޓަރިއަށް ވަތްއިރު ގަޑިން އެގާރަ ޖަހަނީއެވެ. ބޮކިނިއްވާލައި އެނދުގައި ޖައްސާލީ އަވަހަށް ނިދޭތޯއެވެ. ފަންކާއިން އަންނަމުން ދިޔަ ވައިން ތެތްފިނިކަމެއް ހަނާއަށް އިހުސާސް ވަމުންދިޔައެވެ. މިރޭ އޭނާއަށް ބުނެދޭން ނޭނގޭ އާދަޔާޚިލާފު އިހުސާސްތަކެއް އެބަވެއެވެ. ވެފައިވާވަރުބަލިކަމުން މާގިނައިރެއްނުވެ އޭނާގެ އެދިގުއެސްފިޔަތައް ނިދީގެމަސްތުން ބަރުކުރުވިއެވެ.
“ހަނާ..” ޒިލާލް ގެއަޑު އިވިފައި ހަނާއަށް ތެޅިގަނެވުނެވެ. އޭރުކައިރީގައި ޒިލާލް ހިނިތުންވެފައި އޮތެވެ. “ކޮންއިރަކު މިކޮޓަރިއަށްވަނީ.” ހަނާއޮތީ ހައިރާންވެފައި ޒިލާލްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “ވަރަށް މަޑުމަޑުން މިވަނީ ހަނާއަށް ސަޕްރައިޒެއް ދޭންވެގެން” ޒިލާލް ވަރަށްހުށިޔާރެވެ. ހަނާއަށް ހަގީގަތް އަންގާކަށް ޒިލާލްބޭނުމެއް ނުވިއެވެ. ޒިލާލް މަޑުމަޑުން ހަނާއާއި އިތުރަށް ކައިރި ވެލިއެވެ. އެއީހަނާބޭނުންްވާ ގޮތްވެސްމެއެވެ. ހަނާއެވަނީ ހަމަރަނގަޅަށް ވެސް ޒިލާލްގެލޯބީގަޖެހިފައެވެ. “ހަނާ.. އަހަރެން ހަނާދެކެ ވަރަށްލޯބިވޭ. އަދި ހަނާ އަހަރެންގެ މީހަކަށްހެދުމަށް ވާންޖެހުނު ކޮންމެގުރުބާނީ އެއްވެސް ވާނަން.” ޒިލާލް އޭނާގެ ގިތުގެ ޝުއޫރު ފާޅުކުރިއެވެ. ހަނާ ޒިލާލްގެގައިގާ ބާރަށް ބައްދާލި ގޮތުން ހަނާވެސް ޒިލާލްބޭނުން ވެފައިވާވަރު ޒިލާލް އަށް އިހުސާސްކުރެވުނެވެ. ދެމީހުންތިބީ ކުޑަހިންޏަކަށްވެސް އެދެމެދަށް ނުވަދެވެވޭނެހާކައިރީގައެވެ. ހަނާއޭނާގެ ތުންފަތަށް ގެނައިމަޑުހަރަކާތަކާއިއެކު ޒިލާލްގެގައިގާ އޮޅުލައިގަތެވެ. ޒިލާލްގެހަރަކާތްތައް އަވަސްކަމުން ހީވަނީ ފެނަށްޖެހިފައިވާ މީހަކަށް ފެންފޮދެއް ލިބިގެން އުޅޭހެންނެވެ. ވާނީވެސް އެހެންތާއެވެ. ޒިލާލްގެ ހިތުގައި ހަނާރަނިކަން ކުރަމުން އަންނަތާ ކިތަންމެދުވަހެކެވެ. ހައްޓަށް ވީއަރާމެއްގެބޮޑު ކަމުން ހަނާއަށް ދެލޯމަރާލެވުނެވެ. ******************
ހަނާއަށް ހޭލެވުނީ ކޮޓަރީގެ ކުޑަދޮރުން އެނާގެ މޫނަށް އަލިއެޅުމުންނެވެ. އަނެއް ފަރާތަށް ފުރޮޅިލާފައި ކައިރީގައިޒިލާލް އޮތްތޯބަލާލިއެވެ. އެހެނަސް ޒިލާލްއެއް ނެތެވެ. ހަނާގެ ދެލޯފެންކަޅި ވިއެވެ. އެރީތި ހުވަފެނަކީ ހަގީގަތެއްނަމައޭ ހަނާގެހިތަށްއެވެ. އެސޫރަ އަސްލަށްފެންނާނެ ނަމައޭހިތަށް އެރިއެވެ.
މާޔޫސްވެފައިހުރެ ހަނާ ތައްޔާރުވެލައިގެން ގޯތިތެރެއަށް ނިކުތް އިރު އާބިދާ ވަރަށްބާރަށް ވަދެގެން އާދެއެވެ. އޭރު އޭނާގެދެލޯ ވަނީ ކަރުނައިން ފުރިފައެވެ. ހާސްވެ ބިރުގަނެފައި ހުރެ އާބިދާއަށް ހަނާގެ ގައިގާ އޮޅުލައިގަނެވުނެވެ. ވެގެން އުޅޭގޮތެއް ނޭނގުނަސް އާބިދާރޯތީ ހަނާއަށްވެސް ރޮވިއްޖެއެވެ. “ދަރިފުޅާ….. އިރުޝާދު…. ” އާބިދާ އަށް ބާރަށް ރޮވެނީއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.



Masha allah.. v reethi.. keep it up
Thnx athy ?
Wow. Superb ??????
???
Irushaadh maruvee dhw… V nice story
Adhineyge ehnu dhw irushaadh ah veegotheh. Next part ga egeyne ingey fasy . Kiyahchey ?
its very nice when next part?
Thnx dear. Insha allaah next part upload kuraanan tomorrow ?
alhe irushaadh maruvytha..? 🙁 🙁 🙁 vrh ufaa vejje miadhu up khdhinyma.. 😀 baraabarah up kurahchey eyesh 😉 mibaivx vrh habeyss 😛 nd dhn oeh prt vx dhigu kh genedheythi ingey 🙂 all da bst
genesdheythi* 😉
Shabee. Irushaadhu ah veegoi egeyne maadhama ? and yeah eyesh abdhuves trykuraanan kiyuntherin hiyhama jehey gothah genesdheveytho. thanx dear reader’s comments are a big suppoet for me . ?
eyesh loabygaa vaathy fanaa kobaa? vrh kiyaahithun miiny 🙁
Just now Up kohfin my dear ?
?????
Vv reethi ..all the best????Koba aneh vaahaka????
Upload kohfin mirey ?
Superb stroy. You should write a book….?????
vaahaka v v reethi.ekam thankolheh kury
Thnx aisha ? dhen genna part thah dhigukohlaanan ingey ?
nice story.keep it up…
Thanx dear ?
v v v nice story…mi part v v v salhi..irshad maru vany dhw…..my bro name is also irushad…love it
Oh ehentha ? Hehe…. anyway Thanx angel. ? Irushadh ah vaagoiengeyne ingey miadhuge bain.
Koba next part…vvv reethi keep it up dear..and try to upload regularly
Yeah sure mydear .. will upload everyday.. and thanx ?
Ingey dhoa dhen vaane goiy vv saafu hama abadhuves meehun kiyaa ploteh
Zilal maraalaany irushaadh and zilal aky jinni eh kan inguneema hama birun dhurah dhaany and zilal would force hana to Mary…..soo aslu mivaahaka liyumuge beynumeh neiy