Skip to content
އެސްފިޔަ

ތިނެސްކަން ލޯބި (34)

ޒާންގެ ހާލަކީ ތޯއެވެ. މިވަގުތު އޭނާގެ މޫނު މައްޗަށް ރަނގަޅަށް ބަލައިފި މީހަކު ޖެހޭނީ ފަހަތަށްށެވެ. ހީވަނީ ބިރުވެރި ސިންގާއެއް އޭނާގެ ޝިކާރަވެރިޔާ ފަސްދީ ދާން އުޅުމުން ހަމައިން ނެއްޓިހެންނެވެ. އެއައި ގޮތަށް އައިސް ހިފީ މެހެކްގެ ކަރުގައެވެ.

ސައުރަތިރީސްވަނަ ބައި                                      

ޒާންގެ ހާލަކީ ތޯއެވެ. މިވަގުތު އޭނާގެ މޫނު މައްޗަށް ރަނގަޅަށް ބަލައިފި މީހަކު ޖެހޭނީ ފަހަތަށްށެވެ. ހީވަނީ ބިރުވެރި ސިންގާއެއް އޭނާގެ ޝިކާރަވެރިޔާ ފަސްދީ ދާން އުޅުމުން ހަމައިން ނެއްޓިހެންނެވެ. އެއައި ގޮތަށް އައިސް ހިފީ މެހެކްގެ ކަރުގައެވެ. އެއާއިއެކު މަލައިކާ އާއި ޒޫނާ ހަޅޭލަވައިގެން އިރު ޒިވިއަން ކުރިއަށް ޖެހިލިއެވެ. ނަމަވެސް މަޑުކުރީ މެހެކް އަތުން މަޑުކުރަން އިޝާރަތްކުރުމުންނެވެ. ދެން ތިބި މީހުންގެ މޫނުތަކުން ބިރާއި ސިހުން ފެންނަމުންދިޔައިރު މެހެކްގެ މޫނުމަތިން ރުޅިވެރިކަމާއި ޖެހިލުންކުޑަކަން ފެންނަމުންދެއެވެ. “އާ އަހަރެން މެހެކްގެ މާމަ މަރާލީ…….އަހަރެންގެ އަމުރަށް އެކަން ކުރީ……އެންމެން ވެސް ބޭނުންވަނީ މިހިރަ ޒިވިއަން އާއި މެހެކް ގުޅެން…އަހަރެންގެ ހިތް އެދޭ ގޮތް އެނގޭކަށް ބޭނުމެއް ނޫން…..ހަޤީޤަތުގައި ވެސް އަހަރެން ލޯބިވޭ މެހެކް ދެކެ…..އެކަމަކު މަލައިކާ އާންޓީ ވެސް ހޮށްޕިޓަލުގައި ހުރެ ބޮޑުއްތަ ކައިރިން ޒިވިއަން އާއި މެހެކްގެ ކައިވެންޏަށް އެދުނީ…..އަހަރެންގެ ހުށައެޅުން ރިޖެކްޓުކޮށްފައި…….ވައި؟؟؟….ހަމަ އެ ބޭނުމުގައި މާމަ ވެސް އައީ………އެކަމަކު މެހެކް އަހަރެން ވަރަށް މަސައްކަތް ކުރިން އެކަން ނުކުރަން…އެކަމަކު އިސް ޝީ އިޒް ހިއާ……ލައިކް ޔޯ މަދާ…..ޝީ ވިލް ރިޖެކްޓް މީ ޓޫ…….” ޒާންގެ ވާހަކަތަކުން މެހެކް ހައިރާންވިއެވެ. ކިތައްމެ ރުޅި އައިސްގެން ފެށިޔަސް ނިންމާލިއިރު ހީވީ މޮޔަވެފައި ހުރިހެންނެވެ. މެހެކްގެ މޫނުގެ އެތަން މިތަނުގައި ފިރުމަމުން ދިޔައިރު ޒޫނާގެ ލޮލުން ކަރުނަތަކެއް ހުހެއްނުވެއެވެ. އޭނާއަށް އޭނާގެ ދަރިފުޅުގެ ވޭން އިހުސާސުވާކަހަލައެވެ. އަދި ޒާންގެ ޙާލަތު ގޯސްވެފައި ހުރި މިންވަރު ފެނިއްޖެއެވެ. “ދޮންބޭ…..އަހަރެންގެ ދަރިފުޅުއެވަނީ މޮޔަވެފައި…..ނޫން…” ރޮމުން ރޮމުން ޒާލިމް ކައިރީ ޒޫނާއަށް ބުނެވުނެވެ. ޒޫނާގެ ވާހަކަ އެތާ ތިބި އެންމެން ޤަބޫލުކުރަން މަޖުބޫރުވެއްޖެއެވެ. ޒާން އަސްލަށް ވެސް ހީވަނީ ފިލްމުތަކުގައި އުޅޭ ސައިކޯޕެތެޓިކް ވިލައިންއެއް ހެންނެވެ.

“ސޮރީ މެހެކް…….ސޮރީ…އަހަރެން ދެން އެހެނެއް ނުހަދާނަން….ބުނޭ އަހަރެން ދެކެ ލޯބިވެޔޭ……….އަހަންނާއޭ އިންނާނީ…..ޔެސް އައި އެމް މޭޑްލީ އިން ލަވް ވިތް ޔޫ………….ހެއްހެއްހެއް….އެނގޭ ތަ؟…އެއްކަލަ ދުވަހު މެހެކް ވަނީމެއްނުން ސިއްރު ކޮޓަރިއަކަށް….އައި ނޯ އެހުރިހާ ފޮޓޯތަކެއް މެހެކަށް ފެނުނުކަން….އެއީ އަހަރެންގެ އެންމެ ބޮޑު ސިއްރު….މެހެކްގެ އެކި ދުވަސްމަތިން ނަގާފައި ހުރި ފޮޓޯތައް ރައްކާކޮށްފައިވާ މައިޒާން އެއީ……އަހަރެންގެ ލޯބީގެ ރަމްޒެއްގެ ގޮތުގައި އެ މައިޒާން ވެގެންދާނެ……ހައްހައްހައްހައް…….”ޒާންގެ އަސްލު ސޫރަ މިހާރު އެންމެނަށް ވެސް ހާމަވެއްޖެއެވެ. “ދަރިފުޅާ ޒާން…..” ޒޫނާއަށް ކެތްކުރަން ދަތިވެގެން އެންމެ ފަހުން ޒާންއަށް ގޮވާވެސް ލެވިއްޖެއެވެ. ނަމަވެސް މިހާރު ޒާންގެ ޠަބީޢަށް ހުރިގޮތުން މީހަކު ދައްކާ ވާހަކައެއް ނީވޭނެކަން ގައިމެވެ.

“ޒިވް………މައި ބްރަދާ….އަހަންނަށް ދޭންވީނުން މެހެކް….ވަރަށް ލޯބިން ގެންގުޅޭނަން……ބައްޕާ، މަންމާ އާދޭސްކުރަން ބަލަ ކިހާ ގުޅޭ ތަ ދެ މީހުން ދޯ މެހެކް……..ބޮޑުބޭ ބޮޑުބެ ދައްތާ ޕްލީޒް އަހަންނާއި އަހަރެންގެ ލޮތްބާ ވަކި ނުކުރައްޗޭ…..މަލައިކާ އާންޓީ ސޮރިއޭ މެހެރުއްނިސާ މާމަ މަރާލަން ޖެހުނީ ވެސް މާމަ ވެސް ޒިވިއަންއާ އެއްކޮޅަށް ހުރުމުންނޭ……..އެކަމަކު މަލައިކާ އާންޓީ ވެސް ތިއުޅެނި އަނެއްކާ މި ދޭތެރެއަށް ވަންނަން ތަ؟……..” ފަހަރަކު މީހަކު ކައިރިއަށް ގޮސް އެއްފަހަރު ހެމުން އަނެއްފަހަރު ރޫޅިވެރިކަން ދައްކަމުން ޒާން ކިޔަމުންދިޔައެވެ. “ޒާން…….އެނޣެ ތަ އެބަ ތި ކިޔެ އެއްޗެއް؟………ލޮތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫނޭ…ޑޯންޓް ފޯސް ހާ މޭން…….” ޒިވިއަން ބުނެލިއެވެ.

“ޒިވް…….ހީ އިޒް އިންސޭން…ކްރޭޒީ…..ސައިކޯ……” މެހެކްގެ ދުލުން މި ބަސްތައް ބޭރުވުމުން ޒާންއަށް ހިތްދަތި ނަޒަރަކުން މެހެކާ ދިމާލަށް ބެލުނެވެ. ހޫރެމުން ހޫރެމުން މެހެކާ ދިމާލަށް އައިއިރު ރުޅިވެރިކަމުގެ ބަދަލުގައި ޒާންގެ މޫނުމަތިން ހިތްދަތިކަން ފައުޅުވެއެވެ. ލޮލުން ކަރުނަ އާދެއެވެ. “މެހެކް…..ޑޯންޓް ސޭ ދެޓް…….ނޮޓް ޔޫ……އައި ނޯ އޭ……ބަޓް އައި ލަވް ޔޫ މޯ ދޭން ޔޫ ކޭން އިމެޖިން….” މެހެކްގެ އަތުގައި ފިރުމާލަމުން ރޮވިފައިހުރެ މަޑުމައިތިރިކަމާއިއެކު ޒާން ބުނެލިއެވެ. “އައި އެމް ސޮރީ ޒާން……….އައި ކާންޓް އެކްސްސެޕްޓް ޔޫ….ޕްލީޒް…..ލީވް މީ އެލޯން……” މިހެން ބުނެ ޒާންގެ އަތް ދުރުކޮށްލާފައި މެހެކްގެ މިސްރާބު އަނބުރާލީ ގެއިން ބޭރަށްށެވެ. ފަހަތުން ޒާން ވެސް އަދި ޒިވިއަން ވެސް އައެވެ. ޒާން އެއިރު ވެސް މެހެކްއާ އެކިއެކި ވާހަކަދައްކަމުން އާދެއެވެ. މަގަށް ނިކުމެ މެހެކް މަޑުޖެހިލީ ޒާން އަތުގައި ހިފުމުންނެވެ. މެހެކް ފަހަތަށް އެނބުރުނެވެ. އެވަގުތު މެހެކްގެ ފަހަތުން ބާރު ސްޕީޑުގައި އައި ކާރު ޒާންއަށް ފެނުނެވެ. ފެނުނީ ފުދޭ ވަރަކަށް ކައިރީ އޮއްވާ ކަމުން މެހެކްގެ އަތުގައި ހިފައި ލުއްކިއެއް ޖަހާފައި ޒިވިއަންއާއި ދިމާލަށް ފޮނުވާލިއިރު މުޅި ތަނުގައި ގުގުމައިގެން ދިޔައީ ޒާންގެ ހަޅޭކުގެ އަޑާއިއެކު ޒޫނާގެ ވޭނީ ހަޅޭކުގެ އަޑެވެ. ބަލްގިސްމެންގެ ވެސްމެއެވެ. ޒިވިއަން ހުރީ ފެނުނު މަންޒަރުން ގަނޑުވެފައެވެ. މެހެކަށް ހަމަހޭވެރިކަން ވީއިރު މުޅި ތަނަށް ވަށައިގެން ބަލައިލެވުނެވެ. އަދި މަމްދޫހުމެން ބޮޑިވެގެން ތިބުމުން އެތަނާ ކައިރިވީ ތެޅިތެޅި އޮތް ހިތަކާއިއެކުއެވެ. ޒާންގެ ލެއިން ކަޅިވެފައިވާ މޫނު ފެނުނު ހިނދު ލޯ މައްޗަށް އަނދިރިވީހެން ހީވިއެވެ.

ޒާން ބަނޑުން ވެއްޓިފައި އޮތް އިރު ކިރިޔާ ހަރަކާތް ކުރެވޭ ކަމެވެ. ދާޑިދެންމެއަކު މެހެކާ ދިމާއަށް އައި ކާރުގައި ޖެހި ޒާޏް މާ ދުރަށް ވިއްސައިގެން ގޮސް ބޯ ޖެހުނު ގޮތުން މުޅި މީހާގެ ހޭ ހުރީ ކިރިޔާއެވެ. އެހާލުގައި ވެސް މެހެކް ފެނުމުން އަތް ދިއްކުރީ އެއަތުގައި ހިފާށޭ މެހެކް ގާތުގައި ބުނަމުންނެވެ. އެ ނަޒަރުންނާއި އެ ލޮލުން ކުރި އާދޭސް މެހެކަށް ފެނުނު ހިނދު އަތުގައި ހިފީ ކޮންމެ ހާލެއްގައި ވެސް މިވަގުތު ޒާން އެއޮތީ ނާޒުކު ފައްތަރެއްގައިކަން އެނގޭތީއެވެ. “މމމެހެކް……އއއައިއެމް ސޮރި ފޯ ވަޓް ހހހެޕެންޑް…..މމެހެކަށް ދެރައެއް ދދދޭން އއއަހަރެން ދދދުވަހަކު ވވވެސް ނނނޭދެން…….ޒޒޒިވް…..އއަހަންނަށް މަޢާފްކުރޭ…..އަހަންނަށް ވެސް ވެވުނީ ތެދުވެރި ލޮތްބެއް……އެ ލޯބި ބީވެދާނެތި އަހަރެން ޖެހިލުންވީ……އެކަމަކު މިހާރު އެނގިއްޖެ މެހެކަށް ރަނގަޅު ބައިވެރިޔަކަށް ވެވޭނީ ހަމައެކަނި ޒިވް އަށްކަން…..މަލައިކާ އާންޓީގެ ނިންމުން ރަނގަޅު……އަވަހަށް މެހެކާ ކައިވެނިކުރޭ………މެހެކް…..ދެރަ ނުވައްޗޭ…މާމަ ވަކިވިތާ ސައުވީސް ގަޑިއިރު ވެސް ނުވެ ކުޑައިރުގެ ގާތް އެކުވެރިޔާއާ ވަކިވާންޖެހުމުން ދެރަވާނެކަން އެނގޭ…….މެހެކް އަހަންނަށް އެނގޭ މެހެކްގެ ހިތުގައި ކުޑައިރުގެ އެ އެކުވެރިކަން އޮތްކަން….ނަމަވެސް އަހަރެންގެ ސަބަބުން އެކަން ފައުޅުނުކުރެވުނީ…..އައި އެމް ސޮރީ……ޒޒިވް…..ޕްލީޒް ޓޭކް ކެއާ އޮފް މައި މޯމް……ޝީ ވިލް ބީ އިމޯޝަނަލީ ވީކް……އަހަރެން މި ދުނިޔެއާ ވަކިވެ މިދަނީ ތިޔަ ލޯބީގެ ހައްޤުގައި……މެހެކް ރިމެމްބާރ ދިސް…..އަހަރެން ވެސް ވީ ތެދުވެރި ލޮތްބެއް……ނޭނގި ހުއްޓާ އެ ލޯބި ތިނެސްކަން ލޮތްބަކަށް ބަދަލުވީ…..” ޒާންގެ ވާހަކަ ނިންމާލީ ވަރަށް ވެސް ޙާލުންނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Your fav bab

    Awn….
    Heart touching😍😍😍😍😍
    I literally cried varah bodah my heart ah asarukohfi!!!!!
    Xaan e nimunu goith!!!!!😭😭😭😭😭😭
    For his love!!!!
    When next?????

    1. Mysterious Woman
      Your fav bab

      zaan maru veebaa?
      yh very heart touching dhw aslu…insha allah dhn kiyaalan libeyny last part….keep intouch

  2. gurrrrl

    aaaaieeee srsly rovihje why egothah xaan mi nudhiye aa vaki kuranii thiii
    its not fair aslu.. zaan dheke kithanme rulhi eh ayas hamdharudhee vevihje aaaaahhh whn next???
    cant wait for next???? vrh curious

    1. Mysterious Woman
      gurrrrl

      varah dhera dhw zaan ah v goi….but hingaa balamaa dhn ahna part ga zaan ah vaany kihinrh tho….adhi zivian aa zaan ge therein mehek gulehyny kaakaa tho……
      🙂

  3. Twinkle

    Omgggggg
    Zaan maruvanytha?
    SO emotional
    When nxt
    Curiously waiting for the nxt part

    1. Mysterious Woman
      Twinkle

      insha allah dhn oi part kiyaalan libeyne varah avahha…keep in touch……..zaan maruvee kameh adhi neyge ehnun hehehe

Comments are closed.