Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (21 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
December 1, 2015 4 Mins Read
10 Comments

ފަހަތުން މަޑުމަޑު އަތެއް ކައިލްގެ ކޮނޑުގައި ޖައްސާލިހެން ހީވެގެން އޭނާ މަޑުމަޑުން ފަހަތަށް އެނބުރިލި އެވެ. އަދި އޭނާ ގާތު ދާނިޔާ ހުރިތަން ފެނިފައި އިސްޖަހާލީ އޭނާގެ މޫނުމަތީގެ އަސަރުތައް ނުދައްކަން ވެގެނެވެ.

“ދޮންބެ މިތާ ކީއްކުރަނީ؟” ދާނިޔާ އެހި އެވެ. އޭނާއަށް ކައިލްގެ މޫނުމަތީގައިވި ހިތާމައިގެ ސާލު ވަރަށް ރީއްޗަށް ފެނުނެވެ. ރޭގަނޑު ކުއްލިއަކަށް ހޭލައިގެން ހޮސްޕިޓަލުތެރޭ ފަތިސް ފަންދެން ހުރުމުގެ ސަބަބުން އެދެލޯ ދަނީ ނިންޖަށް ގޮވަމުންނެވެ.

“ކަމެއް ނުކުރަން… ފިނިކޮށްލަން ބޭރަށް ނިކުމެލީ… ދޮނާ ދެން ދޭގެއަށް… މިހާރު ކޮން އިރެއް ތިހެން ހޮސްޕިޓަލުގަ ހުންނަތާވެސް… ވަރުބަލިވެސް ވާނެ އެއްނު.” ކައިލް މަޑުމަޑުން ބުނެލި އެވެ.

“ނޫން ދޮންބޭ! އަހަރެން ނުދާނަން… ކުޑޫ ދެކިލާފަ ދާނީ. ދެން އާޅޭ! ދެކޮއްކޮވެސް މަރުވީތަ؟ ނޫން ދޯ… ބޯއީ ކޮއްކޮ ހުންނާނެ ދޯ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް…؟ އޯހް! ކުޑޫވެސް ވަރަށް ދެރަވާނެ ދޯ…!” ދާނިޔާ އޭނާގެ އިސްތަށިތަކަށް އިނގިލިން ކުޅެމުން ބުންޏެވެ.

ކައިލް ދާނިޔާއާއި ދިމާއަށް ބަލާލި އެވެ.

‘އާން! މަށަކީ ބަދުނަސީބުވެރިއެއް، ދޮނާ! އަހަންނަކަށް އެއްވެސް އުފާވެރިކަމެއް ނެތް… އަހަރެމެން މީ ކިތަންމެ މުއްދަނދި ބައެއް ނަމަވެސް، އެންމެ ކުޑަމިނުން މިއާއިލާއެއްގައި އުފާވެރިކަމުގެ ނިޝާނެއް ނެތް… ޝެރީއްކޮވެސް ގެއްލުނީ… ޔާލްބޭބެ ވެސް…! އަނެއްކޮޅުން ސަޢުދިއްޔާއްތަގެ ޔައިން ކޮއްކޮ ވެސް ވީ މިކްޔާލާއިއެކު ގެއްލިފަ! ދެން މީގެން ކޮބާތަ އުފާވެރި އަލިމަގަކީ؟’

ނަމަވެސް މިހުރިހާ ޝަކުވާތަކެއް ހުރީ ކައިލްގެ ހިތުތެރޭ ރައްކާކުރެވިފަ އެވެ. އެބަސްތައް ބޭރުކުރުމުގެ ޚިޔާލެއް ނެތެވެ. އޭނާއަކީ ހިތްވަރުގަދަ ކެރޭ ފިރިހެނެއްކަން އަންގަން ބޭނުމެވެ. އޭނާއަށް ހިތްވަރު ކުރެވޭނެ އެވެ. ނިކަން ބަލަން ހުންނާށެވެ!

 

………………………………………………….

ޖޭޑާއި މެދު ޔައިންގެ ހިތުގައި ރޯވަމުން އަންނަ ހަސަދައިގެ ހުޅުގަނޑު ދުވަހަކު ނިއްވާ ނުލެވޭ ވަރަށް ވަރުގަދަވެއްޖެ އެވެ. އެންމެ ފަހުން އޭނާ ނިންމީ ޝެރިން ކުރިމައްޗަށް އޭނާގެ އިޙުޞާޞްތައް ބަންޑުން ކޮށްލާށެވެ.

“ޝެރިން…. އަހަރެން ވާހަކައެއް އަހާލަންތަ؟” ޔައިންގެ މިސުވާލުން ޝެރިން ކުޑަކޮށް ސިހުނެވެ. އެކަން އެނގުނީ އިސްޖަހައިގެން އިނދެފައި ކުއްލިއަކަށް އިސްއުފުލާލުމުންނެވެ.

“ކޮން ވާހަކައެއް؟” ޝެރިން ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް އެއްސެވެ.

“ޝެރިން… އަހަރެމެންނަކީ ކުޑައިރުއްސުރެން ނުހަނު ގާތް ދެރަޙްމަތްތެރިން… ދުވަހަކުވެސް އަހަރެމެން… ނޫނީ އަހަރެން… ނީންނާނެ އެއްވެސް ކަމެއް ފޮރުވާފައެއް…. ކިތަންމެ ކުޑަ ދުވަސްކޮޅެއް ވެލާފައި ބައްދަލު ވިޔަސް ޝެރިން ހުންނާނީ އުފަލުން ފޮޅިފަ! އެކަމަކު މިހާރު އަހަންނަށް ހީވަނީ އަހަންނަށް ވުރެން ބޮޑަށް ޝެރިންގެ ބޮޑު ދުޝްމަނަކަށް ދޭ ސަމާލުކަން މާބޮޑުހެން…” ޔައިންގެ މި ޖުމުލައިން ޝެރިން ކުޑަކޮށް ސިހުނެވެ.

“ކިހިނެތްވީ ޔައިން؟” ޝެރިން އާދައިގެ ރާގެއްގައި އަހާލި އެވެ.

“ޝެރިން! އަހަރެން ބުނަން މިއުޅޭ އެއްޗެއް ނުލާހިކު ސާފުކޮށް ޝެރިނަށް އެނގޭނެ! ޕްލީޒް! އަހަރެން…” ޔައިންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ޝެރިން އޭނާގެ އަތުގައި ހިފުމުންނެވެ.

“އަހަންނަށް އެނގޭ އަހަންނަށް ޔައިނަށް ވަގުތު ނުދެވޭކަން… އެކަމަކު މިއީ ވަރަށް އެހެންކަހަލަ ދަނޑިވަޅެއް… ޖޭޑް ވެސް އެއޮތީ އޮތް ޙާލު… އޭނާއަށް ބޭނުންވާނެ ސަމާލުކަމާ އެހީތެރިކަން…”

“އެކަމަކު އޭނައަށް އެހީވާން މީހުން އެބަ ތިއްބެއްނު.” ޔައިން ހަމަޖެހިލަން މަސައްކަތް ކުރަމުން ބުންޏެވެ.

“ނޫން… ޖޭޑް އެއީ ވަރަށް ތަފާތު މީހެއް… ޖޭޑް އަހަންނަށް ނުހަނު އޯގާތެރިވި… އެކަނިވެ ބިރުގަތް ވަގުތު އަހަރެން ހިތްހަމަ ޖައްސައިދިނީވެސް ޖޭޑް… އެހެންވެ އަހަންނަށް ޖޭ-”

“ދެން އަހަރެން މީ އެއްވެސް މީހެއް ނޫންދޯ؟؟!!” ޔައިން ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. އަދި ޝެރިންގެ އަތް ފޮޅުވާލާފައި އޭނާގެ ކޮނޑުގައި ހިފާ މޫނާއި މޫނު ކައިރި ކޮށްލި އެވެ. އެވަގުތު ޔައިންގެ ހޫނު ނޭވާތަކުން ޝެރިން ނުފިހުނީ ކިރިޔާ އެވެ. “ޝެރިނަށް މިހާރު އެނަން ނޫން ނަމެއް ކިޔޭކަމަކަށް ނުވޭ! އަބަދުވެސް ޖޭޑް، ޖޭޑް، ޖޭޑް!! އަހަރެން ވަރުބަލިވެއްޖެ ތިޔަ ލޯބީގެ ޑްރާމާއެއް ބަލަބަލާ!! ތިޔަ ނުލަފާ މީހާ ނޫން މީހަކާ ވާހަކަ ދައްކަން ނޭނގުނީތަ؟؟ ދެން ދުވަހަކުވެސް އޭނައާ-” ޔައިން ކުއްލިއަކަށް އޭނާގެ ޖުމުލަ ހުއްޓާލީ ޝެރިންގެ ލޮލުން ކަރުނަ ނީރާލުމުންނެވެ. އޭނާއަށް ޝެރިންގެ ކޮނޑުން އަތް ދޫކޮށްލެވުނެވެ. އަދި ދުރަށް ޖެހިލެވުނެވެ. އޭނާއަށް މިބުނެވުނު އެއްޗަކާއިމެދު މޮޔަ ހީކުރެވުނެވެ. އަދި ހަމަ އެހާމެ ދެރަވެ ލަދުވެސް ގަނެވުނެވެ. އޭނާއަށް މިހެން ޝެރިނާއި ދިމާއަށް އެއްޗެހި ކިޔުމުގެ ޙައްޤެއް ނޯންނާނެ އެވެ.

ޔައިނަށް އިސްޖަހާލެވުނީ ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ. “އަހަރެން… އަހަރެން އެބަ އަންނަން…” ޔައިން ބެލްކަންޏަށް ނިކުތީ އިތުރަށް ޝެރިން ހިތުގައި ޖެއްސިޖާނެތީ އެވެ. ސިމެންތިން ހަދާފައިވާ އެ އުސް ބެލްކަނީގެ އެއްފަރާތެއްގައި އިށީއިނދެ، އެއްފައި ދަމާލައި، އަނެއްކަކޫ ލަންބާލައި، އޭގެ މަތީ އަތްބާވައިފައި ދެން އޮތް އަތް ބިންމަތީ ވިއްދާލި އެވެ. އޭރު ރާނީއާއި ދެން ތިބި އެމީހުންގެ ދެގާޑުންވެސް ބެލްކަނީގެ އެކި ދިމަދިމާގައި ކުރާނެ ކަމެއް ނެތިފައި ތިއްބެވެ.

ޔައިން ވަރަށް ބޮޑަށް ހާސްވެއްޖެ އެވެ. އޭނާ އަމިއްލަ ޤައުމާއި، މަންމަވެސް ދޫކޮށްފައި އެއައީ ހަމައެކަނި ޝެރިނަށްޓަކަ އެވެ. އޭނާ ފޯނު ނަގައި ޝެރިން އެންމެ ފަހުން ކޮށްފައިވާ މެސެޖު ބަލާލި އެވެ. އެއީ ޝެރިން ގެއްލުނު ރޭގައި ޝެރިން އޭނާއަށް ފޮނުވާފައިވާ މެސެޖެކެވެ.

“ހައި ޔައިން! މައި އެލްޑަރ ބްރަދަރ ޖަސްޓް ކޭމް ފްރޮމް ޖަރމަނީ! އެންޑް ހީ ލުކްސް ފޯވާޑް ޓު ސީޔޫ!! J ގްޑް ނައިޓް، މައި ބެސްޓީ ?!”

‘މައި ބެސްޓީ’ އޭ ލިޔެފައި އިނުމުން ޔައިނަށް ވަރަށް އަސަރު ކުރި އެވެ. އަދިވެސް ހަމަ އެގުޅުން އޭނާއާއި މެދު ޝެރިން ބާއްވާނޭ ނަމައޭ ޔައިންގެ ހިތަށް އެރި އެވެ. ޔައިނަށް ޝެރިން އިން ދިމާއަށް ބަލާލެވުނެވެ. ޝެރިން އިނީ އޭނާއަށް ފުރަގަސް ދީގެން ކަމުން ޔައިން ބަލާކަމެއް ޝެރިނަކަށް ނޭނގޭނެ އެވެ.

 

ޝެރިން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލި އެވެ. ޔައިން އޭނާއާއި ދިމާއަށް ދުވަހަކުވެސް އެފަދަ ގޮތަކަށް އެއްޗެކޭ ނުބުނެ އެވެ. އަދި ބުނާނެ ކަމަކަށް އެއް އިރެއްގައިވެސް އޭނާ ހިއެއް ނުކުރެ އެވެ.

ޖޭޑް އޮތް އެނދުގެ މަގަތުގައި ބޯއަޅާލީ ޔައިން ކުރި ކަމަކުން ހިތް ކުދިކުދި ވި ޙާލުގަ އެވެ.

އެގޮތުގައި ފަސްވަރަކަށް މިނިޓް ވެއަތު ވެއްޖެ އެވެ. އިރުކޮޅަކުން ޝެރިނަށް އިހުޞާޞް ވާންފެށީ އޭނާގެ ބޮލުގައި މީހަކު ފިރުމާހެން ހީވުމުންނެވެ. ޔައިން ބާއޭ ހީކޮށް ޝެރިން ބޯ ނުހިއްލަން ވެގެން އޮތެވެ. ނަމަވެސް ދެވަނަ ސިކުންތުގެ ތެރޭ ޔައިން ހުރީ އޭނާ ދެކެ ރުޅިއައިސްފައި ކަމުން، ޔައިންގެ ފަރާތުން އެކަހަލަ ކަމެއް ނުފެންނާނޭކަން އޭނާއަށް ވިސްނުނެވެ. ދެން ފިރުމަނީ ކާކު ހެއްޔެވެ؟ ހަމަ ގައިމުވެސް ޖޭޑެއް ނޫނެވެ. އޭނާ އެއޮތީ ކޯމާއެއްގަ އެވެ…. ނަމަވެސް ހިތަށްއެރި އެއްޗަކުން ޝެރިންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

“ޝެރިން…”

ޝެރިނަށް ކުއްލިއަކަށް އިސް އުފުލާލެވުނެވެ. ފެނުނު މަންޒަރަކުން ޝެރިންގެ ހިތް ފުރިގެން އައެވެ.

“ޖޭޑް!!!” ޝެރިނަށް ބުނެވުނެވެ. ދެން އިތުރަކަށް ބަހެއް ނުބުނެވުނެވެ. ޝެރިންގެ އަޑަށް ދުވެފައި އެންމެން އެތަނަށް އައެވެ. އާއެކެވެ! ޖޭޑް ހޭއަރައިފި އެވެ. އޭނާ އެއެންމެނާއި ދިމާއަށް ބަލަން ފެށި އެވެ.

ހުރިހާ އެންމެންގެ މޫނުމަތިން ދެން ފެނުނީ ހަމަޖެހުމެވެ. ނަމަވެސް އެމީހުންނަށް އަދިވެސް ޖޭޑްގެ ހަޤީޤަތް ނޭނގޭތީ އުފާވާންވެސް ނޭނގިފައި ތިއްބެވެ. އޭރު ޝެރިން ހުރީ ފެންކަޅިވެފަ އެވެ. ނަމަވެސް މިފަހަރު މިއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނަ އެވެ.

“މިސްޓަރ ޖާވިން…! މިހާރު ރަނގަޅުތަ؟” ޑޮކްޓަރު އެއްސެވި އެވެ. އަދި ޖޭޑްގެ ވިންދު ބަލައި، އަޅާފައިވާ އޮކްސިޖަން މާސްކާއި، ހުރިހާ އެއްޗެހި ނަގައި، އޭނާ ދޫކޮށްލި އެވެ.

ޖޭޑް ތެދުވެ އެންމެ ފުރަތަމަވެސް ހުއްޓިލީ ޝެރިން ގާތަށެވެ. އެއަށްފަހު ދެން ބަލާލީ ދެން ތިބި މީހުންނަށެވެ.

އެވަގުތު ޖޭޑްގެ މެސެޖު އެނގުމުން ޝެރިނާއި ޖޭޑަށް ވަގުތު ދިނުމަށް އެމީހުން ނިކުމެލީ ބެލްކަންޏަށެވެ. ޔައިންވެސް ހިތާއި ދެކޮޅަށް އެނބުރިލި ގޮތުން ހީވަނީ އޭނާގެ ހަށިގަނޑުގެ އެއްބައި ދުޝްމަނަކަށް ދީފައި އެނބުރި ދާހެންނެވެ. ދުވަހަކުވެސް އެނބުރި ނުލިބޭނެކަމުގެ ޔަޤީން ކަމާއިއެކުގަ އެވެ.

“ޝެރިން… ތޭންކްސް…!” ޖޭޑް ވާހަކަ ދެއްކީ ޝެރިނާއެވެ.

“ކޮންކަމަކާ…؟” ޝެރިން މަޑުމަޑުން އަހާލި އެވެ.

“އަހަރެން ކޯމާގަ އޮތްއިރު ޝެރިން ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނު… އެވަގުތު އަހަންނަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ހިތަކުން ނުފިލާނެ 44

Next

މީ ތަޤްދީރު ހޭ؟؟؟

Next
December 1, 2015

މީ ތަޤްދީރު ހޭ؟؟؟

Previews
December 1, 2015

ހިތަކުން ނުފިލާނެ 44

10 Comments!

  1. jeesh says:
    December 1, 2015 at 10:07 am

    Faxu nuves buney up kuri vaahaka…jade heyaraifi dhw…varah reethi ingey story mihaaru

  2. Shara says:
    December 1, 2015 at 10:10 am

    nice

  3. Rish says:
    December 1, 2015 at 10:12 am

    Nice

  4. ina says:
    December 1, 2015 at 10:14 am

    Me first.mi part vx v salhi.faxoo kyp it up

  5. Ifthish... says:
    December 1, 2015 at 10:51 am

    V nice but too short …

  6. Lillygirl says:
    December 1, 2015 at 11:40 am

    nice:) habeyxxxxxx 😉 😉 😉 🙂

  7. suha says:
    December 1, 2015 at 12:37 pm

    Dhen dhw v v v v kiyaahithun huhta enimmaale hama.? v salhi mibaivx.

  8. kidy says:
    December 1, 2015 at 2:15 pm

    Faxoo varah reethi egey story…keevetha lahun up kurany…midhuvaskolhu bxy dhw… waiting for the nxt part

  9. m@ Dhy says:
    December 1, 2015 at 10:00 pm

    Fazoo haadha lahun up kureveny. Thankolheh avahah up kohdheeba? Anehkaa maa buzy koh ulhey kuhjakytha? And vaahaka kuriyah dhaagoiy hama salhi. Gudluck <3

  10. Faxoo says:
    December 3, 2015 at 1:28 pm

    thanks huriha readers ah ves!! 🙂

Comments are closed.

Next Episodeޝެރިން (22 ވަނަ ބައި)←


All Right Reserved!