“އަންނާނަން އިނގޭ މޫނު ދޮވެލައިގެން” އެލީޝާގެ ނިތަށް ދޮނެއްދެމުން ޔޫހާން ބުނެލިއެވެ. އުފާވެރިކަންމަތީ ދެމަފިރިން އެކުގައި ސައިބޮއެ ނިންމާލިއެވެ. ސައިބޮއެ ނިމުމާއި އެކު ދެމަފިރިން އަވަސްވެލީ ޕެކް ކުރަން ދިޔުމަށެވެ. މެންދުރުވަގުތު އެއީ ހަނީމޫނަށް ދާން ފުރަން ހަމަ ޖެހިފައިވީ ވަގުތު ކަމުންނެވެ.
މެންދުރުގެ ވަގުތެވެ. ހަމަހިމޭންވެފައިވީ ހޮސްޕިޓަލުތެރެ ހަލަބޮލި ވާން ފެށީ ހޮސްޕިޓަލަށް ވަދެގެންއައި އަންހެން ކުއްޖާފެނުމުންނެވެ. ކަޅާ އޮރެންޖު ކުލަ ހުރި ޓޮޕް ކޮޅަކާއި އެކު ވަނީ ކަޅުކުލައިގެ ޖީންސްއެއް ލާފައެވެ. ވަޔާ ނަށަން އިސްތަށިކޮޅު ދޫކޮށްލާފައިވީ އިރު، އަރާފައިވީ ކަޅު ކުލައިގެ ހީލްސްގެ އަޑުން މުޅިތަނުގެ ހަމަ ހިމޭންކަންވަނީ ނަގާލާފައެވެ. “ކެޓް ވޯކް” ގައި ހިނގާލާފައި ގޮސް ލީޝާ ވަނީ ހޮސްޕިޓަލުގެ ބޮޑު މީހާ ކަމުގައިވާ ލާމިއުގެ ކޮޓަރިއަށެވެ.
“އައްސަލާމުއަލައިކުމް!” ޓަކި ޖަހާލާފައި މަޑު މަޑުން ދޮރުހުޅުވާލަމުން ލީޝާ ބުނެލިއެވެ. “ވާލައިކުމް ސަލާމް. ވަދޭ!”
“މަރިޔަމް ލީޝާ މާޔަން. ދެއްތޮ؟ އާދެ، ލީޝާއަށް މިހާރު ވާނީ ވަޒީފާ ހަމަ ޖެހިފަ އިނގޭ މާދަމާ އިން ފެށިގެން ހަމަ ޑިއުޓީއަށް އަންނަންވީ” ލީޝާއަހިސް ހަމަ ޖެހުމުން ކައިރީގައި ހުރި ގަނޑުތަށް ބަލައިލަމުން ލާމިއު ބުންޏެވެ. ވަގުތުން ލީޝާގެ މޫނު އަލިވިއެވެ.
“އަސްލުތަ؟ ޔޭ! ވަރަށް އުފާވެއްޖެެ. އައި ވޯންޓް ލެޓް ޔޫ ޑައުން” ލީޝާ އުފާވެލާފައި ބުނެލިއެވެ. ވަޒީފާއާއި ބެހޭގޮތުން އިތުރު ވާހަކަތަށް ދައްކަން އިނުމަށްފަހު، ލީޝާ ނިކުތެވެ. ފުރަތަމަ ކަމަކަށްވެސް ލީޝާގެ ގުރޫޕް ޗެޓުގައި އެވާހަކަ “އަޕްޑޭޓް” ކޮއްލިއެވެ. އަދި އެންމެން ކޮފީއަކުން ދިމާވުމަށް ނިންމިއެވެ.
“ކޮބާތަ ޔަލްވީ؟” ޔަލްވީ ފެންނަން ނެތުމުން ލީޝާ އެއްސެވެ. “މިއަދު ހަވީރު ރިލްވާންއާއި އެކު ސައިކު ދުއްވަން ދާން އުޅޭތީ ނާދެވޭނޯ ކިޔާފަނައި” ޝާހާ ބުނެލިއެވެ.
“ބިޓު ދަށު ހަހަ” އެވަގުތު ޝާހާގެ ވާއަތުގައި އިން ރިހި އަނގޮއްޓި ލީޝާގެ ލޮލުގައި އަޅައިގަތެވެ. “މިޔޯ؟” ލީޝާއަށް އަހާލެވުނެވެ. ޝާހާއަށް މައިކަލް ޕްރޮޕޯޒް ކުރިކަން ލީޝާގާތުގައި ޝާހާ ބުނެލިއެވެ.
“އެންމެން ބިޓުން ނަގަނީ. ލޯންލީ މީ.. ހޫމް” ވޭޓަރަކަށް ގޮވާލަމުން ލީޝާ ބުންޏެވެ.
“ކަލޭނޭ ކަލޭނޭ އެކުއްޖާއަށް ލާފިންގ ގޭސް ދެނީތަތި؟” ކުޑަކުޑަ ނައިލްގޮވައިގެން އިން ނާއިލްގާތުގައި ގާތުގައި މައުނާ އެއްސެވެ.
“ހަހަ ނޫނޭ. މިގަޑި ހަމަ މަޖާވެފަ އޮތް ގަޑިއަކީ. އޭ މަބުނީ. އުޅިބަލަ މިއަދު އަހަރެމެން 3 މީހުން ބޭރަށް ނިކުމެލަން” ނާއިލް ޙިޔާލު ފާޅު ކުރިއެވެ.
“ތިވަރު އިރު ނުވާނެ ބުރުޖަހަން ގެންދާކަށް އެސްފީނާ ޖެހިދާނެ” މައުނާއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. “ހެހެ އޯކޭ އޯކޭ. އެހެން ވިއްޔާ އަހަރެމެން 2 މީހުން އުޅިބަލަ ދާން؟” މައުނާގެ ބަނޑުގައި ކޮއްޓާލަމުން ނާއިލް ބުންޏެވެ.
“ދެން އޭރުން ނައިލްއޯ؟ ނައިލް އެކަނި-” “މަންމަ ކައިރީ ބުނާނީއޭ. ނޫނީ ނިންދަވާލާނީ. އަހަރެމެން ދެމީހުން ލޯބިކޮއްނުލާތާވެސް މިހާރު ކޮންދުވަހެއް” މައުނާގެ ވާހަކަ ހުއްޓުވާ، މައުނާގެ ދޮންކަރުގައި ވަސްގަންނަމުން ނާއިލް ބުނެލިއެވެ.
“އޭ ދެން އަޅެ ނައިލް ބަލަންށޭ އެއޮތީ” ބިރެއް ފެނުން ހެން މައުނާ ނާއިލްކޮއްޕާލިއެވެ.
“ތިޔެއްނޫނޭ އޮބޯތޭ ވާހަކައެއް” ނާއިލް ބުނެލިއެވެ. މައުނާ ކުރިޔަށް ދިޔުމަށް އިޝާރާތްކޮއްލުމުން ނާއިލް ވާހަކަފެށިއެވެ.
“އިނގެއެއްނުންދޯ މަގޭ ސެކެޓްރީ ޖައިޝް؟ އޭނަ ހީވަނީ ނަވްދެކެ ލޯބިވާހެން” ނާއިލްގެ ވާހަކައިން މައުނާގެ ދެލޯ ބޮޑުވިއެވެ. ނާއިލްއަށް ފެނުނު ކުރެހުމުގެ ވާހަކަ މައުނާއަށް ހިއްސާކުރިއެވެ.
“ޖައިޝް ހަމަ ވަރަށް ބެސްޓް އިނގެ. މިހާތަނަށް ސެކެޓްރީކަމަށް ނެގި ކުދިން ތެރެއިން އެންމެ ލޯޔަލްއީވެސް ހަމަ ޖައިޝް” ނާއިލް އޭނާގެ ޙިޔާލު ފައުޅުކޮއްލިއެވެ.
“ޝާހާއަށް މައިކަލް އެންގޭޖް ކުރިކަން އެނގޭތަ؟” ރިލްވާން ވާހަކަ ދައްކަމުން ދިޔައީ ކުރިމަތީގައި އިން ޔަލްވީއަށެވެ. ޔަލްވީ ބޯޖަހާލިއެވެ.
“ދެން ކޮން އިރަކުންތަ އަހަރެމެން މެރީކުރާނީ؟ މިހާރު ޔޫހާންމެންވެސް މެރީ ކުރީ. އެމީހުންވެސް އެކިޔަނީ ކޯސް ނިންމާފަ މެރީ ކުރަން” ރިލްވާން ބުންޏެވެ.
“ބްރޯ ވަޓް؟ އަހަރެމެން އަދި ރައްޓެހިވީ ފަހުންވެސް މިވީ އެންމެ 2 މަންތްސް. އަހަރެންނަކަށް އަދި ރިލްވާންއެއްނުވެސް އިނގޭ މާރަގަނޅަކަށް. އެހެންނޫނަސް މެރީކުރަން އަދި އަހަރެން މާ ޔަންގް. އޭރުން ދެން ޖެހޭނީ ފިރިމީހާގެ ތައްޕާހުގަ އުޅެން. ނޯ ހެލް ނޯ” ފަކުުރުގަނެފައި އިންހެން ޔަލްވީ ބުންޏެވެ.
“ދެން ޔަލޫ ގަބޫލު ކުރަންތަ ޓްރޫ ލަވް؟” ރިލްވާން އަހާލީ “ޑީޕް” ސުވާލެކެވެ. “ޔާ” ޔަލްވީގެ ޖަވާބު ކުރެވެ.
“ކިހިނެތް އެނގެނީ؟ އައި މައިޓް ބީ ދި ވަންއެއްނުން؟ ހެހެ” ރިލްވާން ބުނެލިއެވެ.
“ދި ވަން މައި ފުޓް” ކިތަންމެ މަޑުން ބުނި ނަމަވެސް އެއަޑު ވަރަށް ސާފުކޮށް ރިލްވާންއަށް އިވުނެވެ. އެހެންވާނޭ ކަމަށް ހީނުކުރިނަމަވެސް ރިލްވާންގެ ހިތުގެ ކަނަކަށް ވަރަށް ތަދުވިއެވެ. އަސަރު ކުރިއެވެ. ހިތް ރޯލިއެވެ. ކީއްވެކަމެއް ރިލްވާންއަކަށް ނޭނގުނެވެ. މަޖާވެފައި ވާހަކަދައްކަމުން ދިޔަ ރިލްވާންގެ އަނގަ “ޝަޓްޑައުން” ވީ ހިނދުކޮޅެއްގެ ތެރޭގައެވެ.
2 ހަފްތާ ފަހެވެ. އުފާވެރި ދުވަސްތަކަކަށްފަހު ޔޫހާންއަދި އެލީޝާ އެނބުރި ރާއްޖެއައެވެ. އެންމެ ކުޑައިރުންސުރެވެސް ދުބާއިއަށް ދާން އެލީޝާ ބޭނުން ވާޙަކަ އަބަދުވެސް ކިޔާތީވެ، ހަނީމޫންވެސް ޔޫހާން ހަމަ ޖެއްސީ ދުބާއީއަށެވެ. އުފާވެރި، މަޖާ، ވަގުތުތަކަކަށް ފަހު އެނބުރި ދެމަފިރިން ރާއްޖެއައެވެ. އެލީޝާގެ ތުންފަތްމަތީގައިވީ ހިނިތުންވުން ޖައްވުގައި އިން އިރަށްވުރެވެސްގަދަ ކަމަށް ދައްކައެވެ. މެންދުރުގެ ވަގުތު ކަމުން އަވިން އަލިގަދަ ކޮއްލާފައިވީ މަގުތަށް އަނދިރިވާން ފެށީ ޔޫހާންއާއި އެލީޝާ ބަނދަރުގައި ހުއްޓައެވެ. ކަޅު ވިލާގަނޑެއް އަހިސް ދޮން އިރު ނިވާކޮއްލިއެވެ. މަގުތަށް އަނދިރިވެ ވައިގަދަވާން ފެށިއެވެ. އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދޭންފެށިއެވެ. އެއީ އެލީޝާގެ ދިރިއުޅުމަށްވެސް އަންނަންއުޅޭ ތޫފާނެއްގެ ފެށުންބާއެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







When I checked it was 57 sec ago
I was soo happyy
Vrh vrh reethi vhk masha allah
Keep it up
When is next ep?
hehe niceee
jazaakallah khairan
in sha allah tmrw
Very nice and interesting
Please rilvan and yalvee gulhuvacheyyyyy!!!!!!!!!!
When next??????
jazaakallah khairan
hehe let’s see dhw
in sha allah tmrw
whn next?? n shiherrr haalu kihineh
keep it up
lots of love
in sha allah tmrw
alhamdhulihllah hbu?
lots of love from me too
Mi part v v reethi …….👏👏👏👏👏👏
Nice and interesting…….
Keep it up…..
When next????
Lots of love 💜💜💜💜
jazaakallah khairan
in sha allah tmrw
lots of love from mee too
Maashaa Allah mi part vx varah varah reethi…
Mihaaru marry kohfihyaa firimeehaage thahpaaga oa…
Kithanme iraku marry kuriyas jeheyne firimeehaage amurah kiyaman vaan…
Yoohaan and elaa dhuru nukurahcheyy…
Navyaa and jaish vx gulhuvahcheyy…
Can’t wait for next part❤️😊
jazaakallah khairan
heeveyeynun aanheyyo
let’s see dhw hehe
in sha allah maadhamaa
Masha Allah Varah reethi story😍
When is the next??
Can’t wait for it!!
jazaakallah khairan
it’s already out