Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 16

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 14, 2024 3 Mins Read
8 Comments

އެދުވަހަށް ފަހު ކިތަންމެ ދުވަހަކު ޝާހާއާއި ޔޫހާން ބައްދަލު ކުރެއެވެ. ދަންވަރު ޝާހާމެން ގެޔަށް ދާލެއްވެސް މަދެއްނޫނެވެ. އެގުޅުން ހީނަރުވެ، ދިމާވެވޭލެއް މަދުވީ ޔޫހާންގެ ހަޔާތަށް އެލީޝާއައުމުންނެވެ. އެއީ މީގެ 2 އަހަރު ކުރިއެވެ. 2022 ވަނަ އަހަރެވެ. ޔޫހާންއާއި އެލީޝާގެ ގުޅުމަށް 2 އަހަރުވީ އިރުވެސް އެގުޅުން ދިޔައީ ކުރިޔަށް ދަމުންނެވެ. ނަމަވެސް ޝާހާ ބޭނުންވާވަރަކަށް ވަގުތެއްނުދެވެއެވެ. ޝާހާ މައިކަލްއާއި ގުޅުނު ސަބަބަކީއެއީއެވެ.

އެޙިޔާލުގައި ހުރި ޝާހާގެ ލޮލުން ނިރާލީ ކަރުނަތިއްކެކެވެ. އާއެކެވެ. އަމިއްލަ ނަފްސު ޝާހާއަށް އޮޅުނީއެވެ. އިހުސާސްތަށް ދެނެގަންނަން ޝާހާއަށް ނޭނގުނީއެވެ. ޔޫހާންދެކެ ޝާހާއަށް ވެވުނީ ލޯބިކަން މިއެނގުނީއަދި ކިރިޔާއެވެ. ޔޫހާންގެ މަގަތުގައި އެހެން އަންހެން ކުއްޖަކު ހުރުމުންނެވެ. ޔޫހާންގެ ހަޔާތުގެ ފޮތުން ޝާހާގެ ބާބު މިހާރު މިނިމުނީއެވެ. ޝާހާވެސް ދެން އާބާބެއް ފަށާނީއެވެ. ކަރުނަ ފުހެލާފައި ޝާހާ ހިނިތުންވެލިއެވެ.

“ކޮބާ ކިހިނެއްތަ ކަންތަށް ދިޔައީ؟؟؟” މައިކަލް އަހިސް ހުއްޓުމުން ޖައިޝްއާއި ރިލްވާން އެއްފަހަރާ ކަހަލަ ގޮތަކަށް އެހުނެވެ.

“އަލްހަމްދުލިއްލާހް ޝީ ސެއިޑް ޔޭސް!!!!!!” އުފާވެލާފައި މައިކަލް ބުނެލިއެވެ. ދެމީހުންވެސް މައިކަލްގެ އުފަލުގައި ބައިވެރިވިއެވެ. އެ މަންޒަރު ފެނި ފުރަތަމަ ފަހަރަށް ނަވްޔާއަށް ލޯބި ހުށައެޅުމަށް ޖައިޝް ހިތަށް އެރިއެވެ. އެވަގުތު ޖައިޝްގެ ދެލޯ ދަތުރުކޮއްލީ މާދުރުނޫން ހިސާބެއްގައި ކުޑަކުޑަ ނައިލް ގޮވައިގެން އިން ނަވްޔާއެވެ. ކުޑަކުޑަ ނައިލްއަށް މިހާރު ތިންމަސް ފުރިފައިވީ އިރު ލޯބިކަމުން ބައިވަރު މީހުން އަހިސް ނައިލްގެ ކޮލުގައި ކޮއްޓާލައެވެ. ކަނދުރާ ހަރުލާފައިވީ އިރު ސަކަރާތް ޖަހާ މަޖާ ނެގުމުގަ އެހާވަރު އިރުވެސް ނައިލް އެހާ ފޯރިހުރެއެވެ. ހީލާ ގޮތުންވެސް މީހަކު ލޯބިން ހޭބަލި ވާވަރެވެ. ކުޑަކުޑަ ނައިލް އުރައިގެން ހުރި ނައިލް ހެއްވުމަށް ނަވްޔާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ލޯބި ވައްތަރުތަށް ޖައްސަމުން ދިޔަ އިރު ޖައިޝްގެ ހިތް ދިޔައީ ވިރެމުންނެވެ. ކޮންފަދަ ލޯބިކަމެއްހެއްޔެވެ؟ ނަވްޔާގެ ދޮން މޫނަށް ގެއްލިފައި ހުރި ޖައިޝްއަށް ނޭނގުނު ނަމަވެސް މިހުރިހާ މަންޒަރެއް ނާއިލް ދިޔައީ ބަލަމުންނެވެ. އެ ފޮޓޯ ގަނޑުއެދުވަހު ފެނުމުން ނާއިލްގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބަކީ މިއީތާއެވެ. ނާއިލް އުފާވިއެވެ. ޖައިޝްކަހަލަ ރަނގަޅުކުއްޖެއްގެ ލޯބި ނަވްޔާއަށް ލިބުމުންނެވެ.

“ދަރިފުޅާ ލީޝްކޮން އިރަކުންތަ މީހަކާ އިންނަނީ؟” ކޯކުތައްޓެއް  ބޯން އިން ލީޝާފެނި ލީޝާގެ ބޮޑުދައިތަކަމަށްވާ އައިންތު އަހިސް ބުނެލިއެވެ. ލީޝާ ގާތުގައި އަނާޝާވެސް އިނެވެ.

“އެހެންނޭ މަވެސް މިކިޔަނީ މީހަކާ އިންނާށޭ އަވަހަށް. މާ ޔަންގް އޯ އެކަމަކު އަދިވެސް. ޕިސް ޕިސް” އަނާޝާވެސް އައިންތުއާއި ބައިވެރިވެލިއެވެ.

“އަޅެ ހެޔޮނުވާނެ މަ މެރީ ކުރަންވީމަ ކުއްޖަކު ހޯދަންވީމަ ހޯދާނަމޭ!” ލީޝާ ޗުސް ތަޅުވާލިއެވެ.

އެގޮތުގައި ކައިވެނި ޕާރޓީ ނިމުނެވެ. އުފާވެރިވަގުތުތަކަށް ފަހުއެވެ. ޔޫހާންއާއި އެލީޝާ ބަލައި ކަޅުކުލައިގެ “ބީ.އެމް.ޑަބްލިއު” އެއްއައެވެ. ކާރަށް އަރަމުން އަނާޝާގައިގައި ވަރަށް ވަރަށް ލޯބިން އެލީޝާ ބައްދާލިއެވެ. އެލީޝާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. ހުތްފޮނި ކަރުނައެކެވެ. އެއްކޮޅުން ލޯބިވާ ޔޫހާންގެ އަންބަކަށް ވެވުނީއެވެ. އަނެއްކޮޅުން ލޯބިވާ މަންމަ ދޫކޮށްލާފައި ދާންވީއެވެ. އެލީޝާއަށް ވަގުތު ދީގެން ޔޫހާން ހުއްޓެވެ. “މަގޭ ދަރިފުޅު ރަނގަޅަށް ބަލައްޗޭ!” ޔޫހާންގެ ކޮނޑުގައި ފިރުމާލަމުން އަނާޝާ ބުނެލިއެވެ. ޔޫހާން ހިނިތުންވެލާ ބޯޖަހާލަމުން އެލީޝާއަށް ކާރު ދޮރު ހުޅުވާލަދިނެވެ. އެލީޝާއާއި ޔޫހާން ކާރަށް އެރުމުން ކާރު ނައްޓާލިއެވެ. މަންޒިލަކަށް ވިއީ “ބްލަޑް މޫން” ގެއެވެ.

އަމާން އޮމާން ދަތުރަކަށް ފަހު “ބްލަޑް މޫން” ގޭގުރިމަތީގައި ކާރު ޕާރކް ކޮއްލިއެވެ. “ފައިނަލީ ޔޫއާރ އޯލް މައިން!” ގެޔަށް ވަދެ އެލީޝާގެ ހަށިގަނޑުގައި ބައްދާލަމުން ޔޫހާން ބުނެލިއެވެ. “އަލްހަމްދުލިއްލާހް” ދެލޯމަރާލަމުން އެލީޝާބުނެލިއެވެ.

“ނޯ ނޯ ފަސްޓު ހިނގާ މެރިޖްގެ ފުރަތަމަ ރޭ ކުރުން ސުންނަތް ނަމާދުކުރަން” ޔޫހާން އެލީޝާއާއި ބޮޑަށް ގާތްވާން ފެށުމުން އެލީޝާ ބުނެލިއެވެ. ތުންކޮޅު އޮޅާލާފައި “އޯކޭ ބޮސް” އޭ ޔޫހާން ބުނެލިއެވެ. 2 ރަކްޢަތް ގެ ނަމާދެއްކޮއްލުމަށް ފަހު ދެމަފިރިންގެ ލޯބީގެ ދާނާއި ދިމާލަށް ދިޔައެވެ. އެލީޝާ ހިތާހިތުން ﷲ އަށް ހަމްދުކުރިއެވެ. އުފާވިއެވެ. އެލީޝާ ބޭނުންވިފަދައިން އިތްފަތްތެރިކަން ހަލާލު ފިރިމީހާއަށް ހަދިޔާކުރެވުމުންނެވެ. ޔޫހާންގެ ކޮންމެ ހަރަކާތަކަށް އެލީޝާ ދިޔައީ މަރްހަބާ ކިޔަމުންނެވެ. އުފަލުން ހުރެއެވެ. ނަމަވެސް މިއީ ޔޫހާންގެ ކުރީގެ “ހޮބީ” އެއްކަން އެލީޝާއަށް އެނގުމުން ވާނީ ކިހިނެތްބާއެވެ؟

ހަނދުއޭގެ ވާޖިބުއަދާކޮށް ނިންމުމަށް ފަހު އިރަށް ޑިއުޓީ ހަވާލުކޮއްފައި ފިލާ ދިޔައެވެ. ދޮރުފޮތިގަނޑުން ކޮޓަރިއަށް އަންނަ އިރުގެ އަލިން ޔޫހާންގެ ދެލޮލަށް ދިޔައީ އުނދަގޫ ކުރަމުންނެވެ. ދެލޯ ކަހާލާފައި ޔޫހާން ދެލޯ ހުޅުވާލިއެވެ. ގާތުގައި އެލީޝާ ނެތުމުން ޔޫހާން ތެދުވެ ބޭރަށް ނުކުތެވެ.

ބަދިގެ ތެރޭގައި ހަލުވި ކަންމަތީގައި އެލީޝާ އުޅުނީ ޔޫހާން ހޭލަން ވާރިއަށް ސޮސެޖުކޮޅެއް ހަނާ ކުރަންށެވެ. ހެނދުނު ސަޔަށް މިއީ ޔޫހާންގެ އެންމެ “ފޭވަރިޓް” ކެއުންކަން އެއީ އެލީޝާއަށް އޮޅިފައިވީ ކަމެއްނޫނެވެ. އެހެން ކަމުން ޔޫހާންގެ އަންބެއްގެ ގޮތުގައި އެގޭގައި ކައްކާ ފުރަތަމަ ފަހަރު އެލީޝާ ބޭނުންވީ ޔޫހާންއަށް އެންމެ މީރު އެއްޗެހި ހަދައިދޭށެވެ.

“މްމްމް ހާދަ ވަސްގަނޑު ރަނގަޅޭ” ޔޫހާންއަށް ބަދިގެއަށް ވަދެވުނީ އެލީޝާ އުނދުން ނިއްވާލެވުނު އިރަށެވެ. “ހޭލީދޯ؟ އާދޭ އަވަހަށް މިނިމުނީ ހަމަ. އެލާ ހަމަ ޔޫހާންގެ ފޭވް މިއަދު މިހަދައިދިނީވެސް”

އެލީޝާ ފެނުމާއި އެކު ޔޫހާންއަށް ކުރެވުނީ ތަފާތު އިޙްސާސްއެކެވެ. އެކުގައި އުޅޭތާ 2 އަހަރުވީ އިރު މިނޫނީ އެލީޝާ ބޮޑު ހެދުން ނޫންއެއްޗެއް ލާފައި ހުއްޓާ ޔޫހާންއަކަށް ނުފެނެއެވެ. އަބަދުވެސް ހުންނާނީ ގަޔަށް ދޫ އަބާޔާއާއި އެކު ބޮޑުކޮށް ބުރުގާ އަޅައިގެންނެވެ. ނަމަވެސް މިއަދު އެހުރީ އަތް ދިގު ޓީ ޝާޓަކާއި އެކު ދޫހަރުވާޅެއްލައިގެންނެވެ. އަޅައިފައިވީ ކަޅުކުލައިގެ ވަށް ބުރުގަލުން އެލީޝާގެ މޫނު ފެންނަނީވަރަށް ލޯބިކޮށެވެ.

“އަންނާނަން އިނގޭ މޫނު ދޮވެލައިގެން” އެލީޝާގެ ނިތަށް ދޮނެއްދެމުން ޔޫހާން ބުނެލިއެވެ. އުފާވެރިކަންމަތީ ދެމަފިރިން އެކުގައި ސައިބޮއެ ނިންމާލިއެވެ. ސައިބޮއެ ނިމުމާއި އެކު ދެމަފިރިން އަވަސްވެލީ ޕެކް ކުރަން ދިޔުމަށެވެ. މެންދުރުވަގުތު އެއީ ހަނީމޫނަށް ދާން ފުރަން ހަމަ ޖެހިފައިވީ ވަގުތު ކަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިޔަނި 1

Next

ސަހަރާގެ ހުނުން 3

Next
December 14, 2024

ސަހަރާގެ ހުނުން 3

Previews
December 13, 2024

ހިޔަނި 1

8 Comments!

  1. Anonymous says:
    December 14, 2024 at 11:16 am

    Mi part v reethi👏👏👏👏
    When next?????

    1. shihaamaa ali shihaamaa ali says:
      December 14, 2024 at 7:17 pm

      jazaakallah khairan
      in sha allah maadhamaa

  2. Your fav bab says:
    December 14, 2024 at 12:29 pm

    Very nice and intresting!!!!!!!!
    Navya and jaish gulhuvacheyyy!!!!!
    When nextt????

    1. shihaamaa ali shihaamaa ali says:
      December 14, 2024 at 7:18 pm

      jazaakallah khairan
      haha let’s see dhw
      in sha allah tmrw

  3. gurrrrl says:
    December 14, 2024 at 4:11 pm

    when next part vrh reethi mashallah

    1. shihaamaa ali shihaamaa ali says:
      December 14, 2024 at 7:18 pm

      jazaakallah khairan
      in sha allah tmrw

  4. mikomiko._.11 says:
    December 14, 2024 at 6:27 pm

    Vrh reethi vhk Masha Allah ❤️

    1. shihaamaa ali shihaamaa ali says:
      December 14, 2024 at 7:18 pm

      jazaakallah khairan

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 17←


All Right Reserved!