Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (20 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
November 29, 2015 4 Mins Read
17 Comments

ޝެރިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށި އެވެ. އެއާއިއެކު އޭނާ ސިއްސައިގެން ދިޔައީ ޖޭޑްގެ އަތުތެރޭ އޮތް އޭނާގެ އަތަށް ކުޑަކޮށް ބާރުކޮށްލިހެން ހީވުމުންނެވެ… ނޫނެކެވެ! އެއީ ހީވި ހީވުމެއް ނޫނެވެ! ހަމަ ހަޤީޤަތުގައިވެސް ޖޭޑް އޭނާގެ އަތަށް ބާރުކޮށްލައިފި އެވެ. ޝެރިންގެ ހިތް ބާރުބާރަށް ތެޅެން ފެށި އެވެ.

“ޔާލް ބޭބޭ!!!” ހިތް ތެޅިތެޅި އޮތް ޙާލު ޝެރިން އަޑުގެ ނެތްތަނަށް ގޮވާލި އަޑަށް މިކްޔާލާއި އެހެން އެންމެން އެތަނަށް ޖަމާވެއްޖެ އެވެ.

“ކިހިނެތްވީ ކޮއްކޯ؟؟” މިކްޔާލް ހާސްވެފައި އެހިއެވެ.

ޝެރިނަށް ވާހަކަ ދެއްކެނީ ކިރިޔާ އެވެ. ވެފައި ހުރި އުފަލެއްގެ ބޮޑުކަމުންނެވެ. “އޭނަ… އޭނަ ހޭއަރައިފި… މަށަށް އެނގޭ! އޭނަ ރަނގަޅުވެއްޖެ!”

ޑޮކްޓަރު އަވަސްއަވަހަށް އެންގެވީ އެންމެން ދުރަށް ދިޔުމަށެވެ. އަދި އަވަސް ކޮށްލާފައި ޖޭޑް ބައްލަވަން އުޅުއްވި އެވެ.

ފަސް މިނިޓެއްހާއިރު ޖޭޑް ބެއްލެވުމަށްފަހު ޑޮކްޓަރު އެނބުރި މިކްޔާލްމެންނާއި ދިމާއަށް ބައްލަވާލެއްވި އެވެ. އޭރު އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނު އެއްވެސް ތަފާތެއް… ވެދާނެ އެއީ ކޮއްކޮއަށް ހީވި ގޮތެއް ކަމަށްވެސް… ހޭއެރުމުގެ އެއްވެސް އަލާމާތެއް އަދިއެއް ނުފެނޭ!” ޑޮކްޓަރު ވަރަށް ޔަޤީން ކަމާއިއެކު ބުނުއްވި އެވެ.

ޝެރިން ވަރަށް ހައިރާންވި އެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫންކަން އޭނާއަށް ހަމަ ޔަޤީނެވެ. ޖޭޑް އޭނާގެ އަތަށް ބާރު ކުރިއެވެ. އެހާ ބޮޑަކަށް ނޫނަސް ކުޑަކޮށެވެ. ނަމަވެސް އެއީ ޝެރިނަށް ހީވި ހީވުމެއް ނޫނެވެ.

“އެކަމަކު… އެކަމަކު އަޅުގަނޑަށް އިޙުޞާޞްވެސް ވިއޭ! އެއީ ހަމަ ހީވި ހީވުމެއް ނޫން…! ﷲ ގަންދީ ބުނަން، އޭނަ އަޅުގަނޑު އަތުގައި ހިފި!!” ޝެރިންގެ އަޑު އަނެއްކާވެސް ތުރުތުރު އަޅައިގަތެވެ.

ޝެރިން ހުވާ ކުރުމުން މިކްޔާލްމެން އިތުރަށް ހާސްވި އެވެ. އަނެއްކާ އޭނާގެ ކޮއްކޮ އެހުރީ ހަމަހޭގައި ބާއެވެ؟ މިފަދަ އަނިޔާވެރި ތަނެއްގައި އަހަރަކަށްވުރެން ގިނަ ދުވަސް ހޭދަކުރުމުން މީހެއްގެ ސިކުނޑިވެސް ގޮވާފާނެ އެވެ. ނަމަވެސް ޝެރިން ސީރިއަސްވެފައި ހުރި ވަރުން އޭގައި ކޮންމެވެސް ޙަޤީޤަތެއް ވާނެކަން މިކްޔާލާއި ޔައިން ޤަބޫލު ކުރި އެވެ. ސަބަބަކީ ޝެރިނަކީ ދޮގު ހަދާ ކުއްޖަކަށް ނުވާތީ އެވެ.

ޑޮކްޓަރު އިތުރަށް ޖޭޑް ބައްލަވާފައި އިރުކޮޅަކު ފުން ވިސްނުމަކަށް ގެއްލިފައި ހުއްޓެވެ. ދެން އެއަށްފަހު މިކްޔާލްމެންނާއި ދިމާއަށް ބައްލަވާލެއްވި އެވެ.

“އެވާނީ ރިފްލެކްސް އެކްޝަން އަކަށް… މިއީ ކޯމާގައި އޮންނަ މީހާ އަށް ގެނެވޭ ހަރަކާތެއް… އެކަމަކު މިއީ ހޭއެރުމުގެ އަލާމާތެއް ނޫން.”

ޑޮކްޓަރުގެ މިބަސްތަކުން އެންމެންގެ ހިތްވަރު އެލުނެވެ.

ނަމަވެސް ޝެރިން ހުރީ މިހިތި ހަޤީޤަތް ޤަބޫލު ކުރާގޮތަކަށް ނޫނެވެ. އޭނާ ހިތާހިތުން ޑޮކްޓަރުގެ ބަސް ސީދާ ނުވޭތޯ ދުޢާ ކުރެވުނެވެ. އަދި އެއީ ރިފްލެކްސް އެކްޝަނެއް ކަމަކަށް އޭނާ ޤަބޫލެއް ނުކުރި އެވެ.

މިވީ ގޮތުން މިކްޔާލަށް ޖެހުނީ އޭނާގެ ވާހަކަ ފަސް ކޮށްލާށެވެ. ޝެރިން ގާތު މިވަގުތު ބުނެގެން ކުރިއެރުމެއް ނުލިބޭނެތީ އެވެ. އަދި މިވަގުތު ޝެރިން ބޭނުންވާނީ އެކަނިވެލަން ކަމުގައި އޭނާގެ ސިކުނޑި ވިސްނައިދިނުމުންނެވެ.

ޝެރިން އެކަކަށްވެސް ވާހަކަ ދައްކާކަށް އެއްބަހެއް ނުވި އެވެ. އޭނާ ބުނާގޮތުންނަމަ އޭނާގެ ބަސް ޤަބޫލު ނުކުރާ ހިނދަކު އެހެން މީހެއްގެ ބަހެއްވެސް ޤަބޫލެއް ނުކުރާނެ އެވެ. މިކަމާ އެންމެ ރުޅިއައީ ޔައިނެވެ. އޭނާ ދެކޭގޮތުގައި ހުރިހާ ނުބައެއްގެ އަސްލަކީވެސް ހަމަ ޖޭޑެވެ. ޝެރިން ހަލާކު ކުރީވެސް ޖޭޑެވެ. އެމީހުންނަށް މިހެން ކަންކަން ދިމާވުމަށް މެދުވެރިވި ސަބަބަކީވެސް ހަމަ ޖޭޑެވެ… އެހެންކަމުން ޖޭޑް އެގޮތުގައި އޮވެ ދުވަހަކުވެސް ހޭނާރާތޯ އޭނާހުރީ އެދިއެދި އެވެ.

މިގޮތުގައި މަހެއްހައި ދުވަސް ވެއަތުވެއްޖެ އެވެ. އެއްދުވަހެއްގެ ފަތިހެވެ. މިކްޔާލްމެން ޓީމްގެ ފާރަވެރިއެއް އިމާރާތުގެ ތަންތަން ބެލުމަށްފަހު އައިއިރު ހުރީ މާނޭވާލެވި ގުނބު ހިލިފަ އެވެ. އޭރު ޝެރިނަށް އޮތީ ނިދިފަ އެވެ. އޭނާއަށްވެސް ހޭލެވުނީ ފާރަވެރިޔާ އައިސް ކޮންމެވެސް ވާހަކަ ދައްކަން ފެއްޓުމުންނެވެ.

“ސަރ! ވަރަށް އަވަހަށް ދުރުވާން ޖެހިއްޖެ… އިމާރާތުގެ މަތީ ފަންގިފިލާގަ ވަރަށް ނުރައްކާތެރި ރޭވުންތަކެއް އެބަ ރާވާ… އެމީހުންނަކަށް ނޭނގޭނެ އަޅުގަނޑުމެން ފިލާތިބޭ ތަނެއް… އެކަމަކު ނުރައްކަލުގެ އަމާޒަކަށް ވާނީ އަޅުގަނޑުމެން…! ވަރަށް އަވަހަށް ދުރުވެ ބައްލަވާ!” އެމީހާގެ ރާގު ހުރިގޮތުން ވަރަށް ބޮޑު ކަންތައްގަނޑެއް ލައިގެންފިކަން މިކްޔާލްގެ ހަވަނަ ހިއްސު އޭނާއަށް އަންގާކަށް މާކަށް ގިނައިރެއް ނުނަގަ އެވެ.

“ރާނީ! މިމީހުން ބަލާތި!” މިކްޔާލް ރާނީއަށް އަމުރު ކުރިއެވެ. “ޔައިން… ޝެރިން ތަނަކަށް ދިޔަނުދޭތި! މިއީ ނުރައްކަލުގެ ދަނޑިވަޅެއް… އެހެންވީމާ ކާމިޔާބު ލިބޭނީ އެންމެންވެސް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރީމަ… ނަމަނަމަ ވަކި ނުވާތި! އަދި އަހަންނަށް އެނބުރި އާދެވެން ގިނަ ދުވަސް ނަގާނަމަ އަންގާނަން… އެންގުމުގެ ކުރިން އެކަކުވެސް މިތަނުން ބޭރަށް ނިކުމެގެން ނުވާނެ! ޖޭޑް ހޭއަރައިފިއްޔާ މިވާހަކަތައް ކިޔާދޭތި…” މީހަކަށް އެއްޗެއް ބުނުމުގެ ފުރުޞަތެއް ދިނުމެއްނެތި މިކްޔާލް، ފާރަވެރިޔާއާއިއެކު ދުވެފައި ބޭރަށް ނިކުތެވެ.

‘ކޮންމެހެން މީނައަށް ހުރިހާ ވާހަކައެއް ކިޔާދޭން ޖެހޭތަ؟’ ޖޭޑާއި ދިމާއަށް ބަލަމުން ޔައިން ހިތާހިތުން ކިޔާލި އެވެ. ނަމަވެސް ހަމަ އެސިކުންތުތެރޭގައި ޔައިންގެ ހިތް މަޑު ކަފަކޮޅަކަށްވީ ޝެރިންގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުންނެވެ. ޝެރިން އިނީ އިސްޖަހައިގެން ނަމަވެސް އެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ކިތަންމެހައިވެސް ރަނގަޅަކަށް ޔައިން ދުށްޓެވެ.

ޔައިން އެންމެ ދެރަވަނީ އޭނާ އެންމެ ގާތްކޮށް ދެކޭ މީހާ އެހެން މީހަކަށްޓަކައި ކަރުނަ ބާލާތީ އެވެ. އޭނާ ޝެރިންގެ ސަމާލުކަން ދަމައިގަނެވޭތޯ ކިތަންމެ ކަމެއް ކޮށްފި އެވެ. ނަމަވެސް ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭގެ ރައްދުގައި ޝެރިންގެ ފަރާތުން ލިބެނީ ދާދި މަދު ޖަވާބެކެވެ.

 

ދެދުވަސް ފާއިތުވެ ދިޔައިރުވެސް މިކްޔާލާއި ފާރަވެރިޔާގެ ޚަބަރެއް ނުވި އެވެ. އެހެންކަމުން އެންމެންވެސް ތިބީ ނުލާހިކު ކަންބޮޑުވެފަ އެވެ. ނަމަވެސް މިކްޔާލްގެ ފަރާތުން ސިގުނަލެއް ނުލިބެނީސް މިތަނުން ނުނިކުތުމަށް އަމުރުކޮށްފައިވާތީ ރާނީވެސް ބާރުލަމުން ގެންދިޔައީ މިތަނުގައި ތިބޭށެވެ.

 

………………………………………………….

“ކައިލް…! ކައިލް!! ތެދުވެބަލަ! ކައިލް….”

ނީމްގެ އަޑަށް ކައިލްގެ ނިދިވެސް މުޅިންހެން ފިލައިފި އެވެ. އޭރު ނީމް އިނީ އޭނާގެ ދުވަސް ފުރިފައިވާ ބަނޑުގައި އަތް އަޅައިގެންނެވެ. އަޅާ ވޭނަށް ކެތްކުރެވޭތޯ ނީމް ދިޔައީ ވަރަށް ހިތްވަރު ކުރެވޭތޯ އެވެ. ނަމަވެސް ތަދު ބޮޑުވާހެން ހީވުމުން ކައިލަށް ގޮވަންފެށީ އެވެ.

“ނީމް!! ކިހިނެތްވީ؟؟” ކައިލް ތެދުވެ ނީމް މަސަލަސް ކުރެވޭތޯ ބަލަންފެށި އެވެ. “ބަނޑަށް ތަދުވަނީތަ؟”

“ހޫމްމް….! މަންމަ އަށް ގޮވާބަލަ!!”

ކައިލް އަވަސް އަވަހަށް ތެދުވެ ޓީޝާޓެއް ގަޔަށް މަހާލަމުން އެންބިޔުލަންސަށް ގުޅި އެވެ. އެއަށްފަހު ދިނާޔާމެން ހޭލައްވައިގެން ނީމަށް ހިތްވަރުދޭން ފެށި އެވެ. އެންބިޔުލަންސް އައުމާއިއެކު ނީމް ހޮސްޕިޓަލަށް ގެންދިޔުމަށް އުޅެން ފެށި އެވެ. ނީމް ލޭބަރ ރޫމަށް ވެއްދި އިރު ހޮސްޕިޓަލުގައި ސުޖާޢު އާއި، ދިނާޔާ އާއި، ދާނިޔާ އަދި ކައިލްވެސް އައިސް ތިއްބެވެ.

ނީމް ވިހާ ކޮޓަރިއަށް ވެއްދިތާ ތިންގަޑިއިރު ވީއިރުވެސް ޚަބަރެއް ނުވުމުން ކައިލްމެން ކަންބޮޑުވާން ފަށައިފި އެވެ. ނަމަވެސް އޭގެ ފަހުން ގާތްގަނޑަކަށް ފަސްވަރަކަށް މިނިޓު ފަހުން ނީމް ނެރެފި އެވެ. އޭރު އޭނާގެ ނޭފަތަށާއި އަނގައަށް ހޮޅިތައް ގުޅާފައިވި އެވެ.

“ކޮބާތޯ ކައިލް؟” ނީމް ގެންދިޔަ އެނދުގެ ފަހަތުން ކަހަލަ ގޮތަކަށް އައި ނަރުސް ކުއްޖަކު ސުޖާޢުމެން ގާތު އެއްސެވެ. ހަމަ އެވަގުތު ކައިލް ކުރިއަށް ޖެހިލާ ވީ ކީއްތޯ ސުވާލުކުރީ ނަރުސް ކުއްޖާގެ މޫނުމަތިން ފެނުނު އަސަރު ތަކުންނެވެ.

“އަޅުގަނޑު މީ ކައިލް… ކި-ކިހިނެތްތޯ ވީ؟” ކައިލް ހިތްވަރުކޮށްލާފައި އެހި އެވެ.

“އެއްމާބަނޑު ދެކުދިން ލިބުނީ… އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް… އަންހެން ކުއްޖާ ވިހޭއިރުވެސް އޮތީ ނިޔާވެފައި… އެކަމަކު ފިރިހެންކުއްޖާވެސް ދިރިހުންނާނޭ ކަމުގެ ގެރެންޓީއެއް ނެތް… އެއީ ފިރިހެންކުއްޖާއަށް ލުކީމިޔާ ޖެހިފައި ވާތީ…” ލުކީމިޔާ ޖެހިފައި ވާތީ… ލުކީމިޔާ ޖެހިފައި ވާތީ…

މިބަސްތައް ކައިލްގެ ކަންފަތާއި ހަމައަށް އައީ ހޮނު ގުގުރިއެއް ފަދައިންނެވެ. ކުއްލި ޝޮކެއް ލިބި މެއަށް ފިނިވެގެން ދިޔައެވެ. ދިނާޔާމެންނަށް މިޚަބަރު ލިބުމުން އެންމެނަށްވެސް ލިބުނީ ބުނެދޭން ނޭނގޭ ހިތާމައަކާއި މޮޅިވެރިކަމެކެވެ. ވާނީވެސް އެހެންތާ އެވެ. ދިނާޔާ އާއި ސުޖާޢުގެ ފުރަތަމަ މާމަ ދަރިފުޅުވެސް އެވަނީ މަރުގެ ތުންފަތްމަތީގަ އެވެ.

ކައިލް ހުރީ ހޮސްޕިޓަލުގެ ބޭރުން ވަންނަ ދޮރު ކައިރީގަ އެވެ. ދެކޮޅާދެކޮޅާ ހިނގަމުން ގެންދިޔައިރު އިރުއިރުކޮޅަކާ ފޯނަށް ބަލާލެވެ އެވެ. ނީމް ދެކިލަން ދެވޭނީ އަދި ބައިގަޑިއިރު ފަހުންނޭ ޑޮކްޓަރު ބުނުއްވާފައިވާތީ ކައިލް ހުރީ ކެތްތެރިކަން ކޮޅުންލާން ކައިރި ވެފައެވެ. ފިރިހެނަކަށް ވިޔަސް ހިތްވަރު އޭނާގެ ގައިގައި ނެތްކަމަށްޓަކައި އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވެންވެސް ފަށައިފި އެވެ.

ފަތިހުގެ ފިނިފިނި ވައިރޯޅިތައް ކައިލްގެ ހަށިގަނޑުގައި ބީހެމުން ދިޔައިރުވެސް އޭނާއަކަށް ފިނިކަމުގެ އެއްވެސް އަސަރެއް ނުކުރި އެވެ. އެއާއިޚިލާފަށް އޭނާގެ ހަށިގަނޑުތެރޭ ދަޢުރުވަމުން ގެންދާ ހައިޖާނުގެ އަސަރު މާ ބޮޑީ އެވެ.

ފަހަތުން މަޑުމަޑު އަތެއް ކައިލްގެ ކޮނޑުގައި ޖައްސާލިހެން ހީވެގެން އޭނާ މަޑުމަޑުން ފަހަތަށް އެނބުރިލި އެވެ. އަދި އޭނާ ގާތު ކޮއްކޮ ދާނިޔާ ހުރިތަން ފެނިފައި އިސްޖަހާލީ އޭނާގެ މޫނުމަތީގެ އަސަރުތައް ނުދައްކަން ވެގެނެވެ.

“ދޮންބެ މިތާ ކީއްކުރަނީ؟” ދާނިޔާ އެހި އެވެ. އޭނާއަށް ކައިލްގެ މޫނުމަތީގައިވި ހިތާމައިގެ ސާލު ވަރަށް ރީއްޗަށް ފެނުނެވެ. ރޭގަނޑު ކުއްލިއަކަށް ހޭލައިގެން ހޮސްޕިޓަލުތެރޭ ފަތިސް ފަންދެން ހުރުމުގެ ސަބަބުން އެދެލޯ ދަނީ ނިންޖަށް ގޮވަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

..ހާދައޭ ބޭނުމީ ކަލާ.. ( އަށްވަނަ ބައި )

Next

ހަންހާރަ

Next
November 29, 2015

ހަންހާރަ

Previews
November 29, 2015

..ހާދައޭ ބޭނުމީ ކަލާ.. ( އަށްވަނަ ބައި )

17 Comments!

  1. xxx says:
    November 29, 2015 at 9:17 am

    Yey mee first vaahaka nuves kiyaa comment kohlymi furatha kiyaalaifa comment kohlaanan adhi

  2. Jeesh says:
    November 29, 2015 at 9:24 am

    faxu wat a suprise…haadha dhuvaheh kohfa ey thi up kury…varah interesting adhi reethi ingey vaahaka

  3. xxx says:
    November 29, 2015 at 9:24 am

    V v v reethi waiting for next part

  4. Faxoo says:
    November 29, 2015 at 9:31 am

    hehe thanks 😀

  5. ravoopinky says:
    November 29, 2015 at 9:42 am

    great work…..waiting 4 next part love your stories…

  6. Marie says:
    November 29, 2015 at 9:57 am

    varah reethi maasha Allah 🙂

  7. lillygirl says:
    November 29, 2015 at 10:01 am

    vv rythi faxoo kyp it up

  8. ina says:
    November 29, 2015 at 10:05 am

    Fazoo haadha lahakun thi up Kury.but as usual thiz part is also v v v nice.dhn kn irakun nxt part.waiting waiting waiting

  9. Shabee says:
    November 29, 2015 at 11:11 am

    vrh reethi..nd nxt prt thankolheh avahah upkhdhehchey..all da bst 🙂

  10. Ira says:
    November 29, 2015 at 12:55 pm

    Varah reethi but kail alhe dhen eynayah ehen nuhadhabala….. 🙁 buney that girl baby was not kail and some one else 🙁 dhen hama rovenee
    Bst of lck 😉 🙂

  11. Ann says:
    November 29, 2015 at 1:07 pm

    Knirakun tha next part? V rythi. Esfiyaige writers haadha fake ey dhw. Vaahaka eh fashaafa dhn e vaahaka nuninmma huttalaane. Dhn ehn liyaamyhun mi site ga liyumuge huhdha nudheyn admin ah govaalan . Hatharu undhares ah vex v ehn. Dhn almaash ah vex ehn v. Nulaahiku rythi vaahaka Thah . Btw fazoo ehn nuhadhaathi ingey ? v rythi good luck. Aslu mi story ga mi gothah mi cmnt kury assu Gina myhunnah vex fennnaany enmme fahun liyefa in story ehgga cmnt kuryma kamah alhugadah fennathy. Knmmehen fazoo ah amaaz kohffa eh noon ingey. So don’t take the wrong meaning. ?

  12. Dora says:
    November 29, 2015 at 1:13 pm

    Knirakun tha next part? V rythi. Esfiyaige writers haadha fake ey dhw. Vaahaka eh fashaafa dhn e vaahaka nuninmma huttalaane. Dhn ehn liyaamyhun mi site ga liyumuge huhdha nudheyn admin ah govaalan . Hatharu undhares ah vex v ehn. Dhn almaash ah vex ehn v. Nulaahiku rythi vaahaka Thah . Btw fazoo ehn nuhadhaathi ingey ? v rythi good luck. Aslu mi story ga mi gothah mi cmnt kury assu Gina myhunnah vex fennnaany enmme fahun liyefa in story ehgga cmnt kuryma kamah alhugadah fennathy. Knmmehen fazoo ah amaaz kohffa eh noon ingey. So don’t take the wrong meaning. ?

  13. ravoopinky says:
    November 29, 2015 at 4:22 pm

    its v v v v v v v v beautiful faxoo

  14. faathun says:
    November 30, 2015 at 8:18 am

    Haada varaka inthizaaru kuruvan thi jassani n part tankoLheh Ava’s koladeythi ingey….

  15. Faxoo says:
    November 30, 2015 at 9:06 am

    thanks all! next part tomorrow In Sha Allah! 🙂

  16. kokky says:
    December 22, 2015 at 11:31 am

    vvvvvvvvvvvvvvvvvvvvvvvvvvarah reethi. Maasha Allah. 🙂

  17. Aishath Limsha queen girl says:
    February 12, 2025 at 7:09 pm

    Masha Allah 😍 vrh reethi

Comments are closed.

Next Episodeޝެރިން (21 ވަނަ ބައި)←


All Right Reserved!