ޝަލީން 22
“އޭރުންނޯ؟؟ އެއީ ކޮންގެއެއް؟ ޝަލީން!… މިހާރު އަހަރެން ބިރުގަނެއްޖެ… އަނެއްކާ އިނގޭ ތަންތަނަށް ވަންނައްޗެ.. ތި ކޮން ގެއެއްތަ؟ އަޅެ އަޅޭ!.. ތީކޮން ގެއެއްހޭ؟” ފާތުން އަހާލީ ހައިރާންވެ ހުރެއެވެ.
“ސާބަސް މަޑުން ހުރެބަލަ… އަހަރެން ކިޔައިދޭނަމޭ.” ދަނބުކުލަ ލާފައިހުރި ގެއަށް ވަނުމުގެ ކުރިން ސިއްރުން އަހަރެން ފަހަތަށް ބަލާލީ ފާތުންނާ ވާހަކަ ދައްކަމުންނެވެ.
“ޝަލީން! މިގަޑީގަ؟.. މިކޮންކުއްޖެއް؟” ފާތުން ދައްކާލަމުން އެގޭ ޞަބީހާ އަހަންނާ ދިމާލަށް ބުންޏެވެ.
“މިއީ ފާތުން. ކްލާސް ކުއްޖެއް.” ކައިރީގައި ހުރި މޭޒުމަތީ އަހަރެންގެ ފޮތް ދަބަސް ބަހައްޓާލަމުން ނުސީދާ ގޮތަކަށް ބޭރަށް ބަލާލީމެވެ.
އޭރު ފަތުހު ﷲ އާއި ލުކާ އަހަންނާ ދިމާލަށް ބަލަމުން ބަލަމުން ކުރިއަށް ގޮސް އޮބާލައިފިއެވެ. ހީވަނީ އަހަރެން އުޅޭގެ އިނގުމުން އެމީހުން އުފަލުން ފޮޅިފައި ވާހެންނެވެ.
“ކިހިނެއްވީ ނިމުނު ގޮތަށް މިގެއަށް ތިއައީ؟” ޞަބީހާ އަހަންނާ ސުވާލުކުރީ މީގެ ކުރިން ދުވަހަކުވެސް އަހަރެން އެހެން ހަދާފައި ނުވާތީއެވެ.
“އަހަރެން ފަހަތުން ފިރިހެން ކުދިންތަކެއް އަޅުވާލައިގެން… އިނގޭތަ؟ އަހަރެން އުޅޭގެ ހޯދަންނޯ…. މަރިއްތަ މެންނަށް ކިހާ އުނދަގޫވާނެ އެމީހުން އައިސް އަހަރުމެން ގޭދޮށުގަ އުޅެންޏާ… އެހެންވެ މިގެއަށް މިވަނީ… މިގެ ހުންނާނީ ގިނައިން ލައްޕާފައެއްނު. އެހެން ނޫނަސް ޞަބީ ނޫން މީހަކަށް އެމީހުން ދިމާވިޔަސް ބުނާނެތާ މިގޭގަ ނޫޅޭނޭ ޝަލީންއެއް.” އަހަރެން ކޮންމެސް ވަރަކަށް ކިޔައިދިނީމެވެ. އެއަށްފަހު އަހަންނާ ފާތުން ނުކުމެގެން ދިޔައީމެވެ.
ހަފްތާތައް ވޭތުވަމުން ދިޔައީ ލާހިކު ބާރުމިނުގައެވެ. ފުރަތަމަ ޓާރމްގެ ކިޔެވުން ނިމި ދެވަނަ ޓާރމްގެ ކިޔެވުން ފެށިގެންވެސް ކުރިޔަށް ދާތާ ދެމަހެއް ވަރު ވީއެވެ. ޒާހިރުގެ ފަރާތުން ލިބެމުން ދިޔަ އުނދަގޫތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔައެވެ. އެކަން އަހަންނަށް އެނގުނު ވަރަކަށް އަހަރެން ދިޔައީ އަހަރެންގެ ރައްކާތެރިކަމަށް އަމިއްލައަށް ބަލަމުންނެވެ. ޒާހިރުގެ ހިލަމެއް ވެއްޖެ ނަމަ އަހަރެން ކޮންމެސް މީހަކު ހުންނަ ހިސާބެއްގައި ގޭތެރޭގައި މަޑުކުރަމެވެ. ނޫނީ އެމީހުންނާ އެކު ޒާހިރު އިންނަ ވަގުތު ތަކުގައި އަހަރެން ގޮސް ކޮޓަރި ތަޅުލައިން އުޅެނީއެވެ.
ޝާނިޒްގެ ފަރާތުން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ދުރުކަމެވެ. އަހަރެން ފެނުމުން ބައެއް ފަހަރަށް ފެންނަކަމަށްވެސް ހަދާނުލާކަން އަހަންނަށް ފާހަގަވިއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ޝަނީޒްއަށް އައި ބަދަލު އަހަންނަށް އެނގުނީވެސް އަހަންނަށް ޝާނީޒް ފެނުމުންނެވެ. ދޭތެރެއަކުން ޝާނީޒް ފެންނާނީ އެހެން އަންހެން ކުއްޖަކާ އެކު ހުއްޓައެވެ. ނޫނީ އެކުއްޖާއާ ޝާނީޒް ގޮސް ޝާނިޒްގެ ގެއަށް ވަންނާތީވެސް އަހަރެން ދެކެމެވެ. ބައެއް ފަހަރު އަތުގަ ހިފާލައިންނެވެ. ނޫނީ ބައެއްފަހަރު ދެމީހުން ހީސަމާސާ ކުރަމުންނެވެ. އެދެމީހުން ފެނި އެއީ ގައިމުވެސް ލޯބިވެރިންކަން އަހަންނަށް ޔަގީންވެއެވެ. އެކަމުން އަހަންނަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފަލެވެ. އެއީ ދެން ޝާނިޒްގެ ހިޔާލުތަކުން އަހަރެން މުޅިން ދުރުވާން ލިބުނު ބޮލަށް ފަސޭހަ ފުރުސަތެކެވެ.
ހަމައެގޮތަށް ބުނާނަމަ މީކާލްއެވެ. މީކާލްއަހަންނަށް ފެންނަނީ ކޮންމެ ދެމަހަކުން އެއް މަހެވެ. އެއީ ކީއްވެގެން ކަމެއް އަހަންނަށް އެނގޭނީވެސް މީކާލްއާ ވާހަކަ ދައްކަން ފުރުސަތު ލިބޭ ނަމައެވެ. އެހެނަސް މީކާލްގެ އެއްވެސް މެސެޖަކަށް ބަދަލެއް ނާދެއެވެ. މީކާލްގެ ކޮންމެ މެސެޖެއްގައި ވަނީ އަހަރެންގެ ހިތަށް ފިނިވާހާާ ފިނިފިނި ބަސްތަކުން ލިޔެލާފައިވާ ހުވަފެނީ ދުނިޔޭގެ ކުލަތަކެވެ. އަހަރެން އެކަމާ އުފާވެއެވެ.
އަހަންނަށް އަދިވެސް ހެޔޮހިތުން މީކާލްދެކެ ލޯބި ނުވެވުނަސް ހެވެ. މީކާލް އަހަންނަށްޓަކާ ވަމުންދާ ގުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުންވެސް އަހަރެން މިގޮތުގައި ހުންނާނީއެވެ. މީކާލްގެ ހުރިހާ ރަނގަޅު ސިފަތަށް ފެނިފެނި ހުއްޓާ މީކާލް ދޫކޮށްލުމަކީ އަހަރެންގެ އުމުރު ދުވަހުގެ ބަދު ނަސީބު ކަމުގައި ވެދާނެއޭ އަހަރެންގެ ހިތަށްއަރައެވެ.
ވޭތުވި ކޮންމެ ދުވަހަކުވެސް އައްޔަ ސަރ އަހަންނަށް މާގިނައިން ފެންނަން ފެށީ ސްކޫލްގެ މަދަހަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވުމާ ގުޅިގެންނެވެ. އެމުބާރާތަށް އަހަރެން ބައިވެރި ނުވިޔަސް ހައުސް ކުދިންނާއެކު އަހަރެން އިތުރު ގަޑިތަށް ސްކޫލުގައި ހޭދަކުރަން ފެށީމެވެ. އެހެން ކުދިންގެ ޕްރެކްޓިސް ކުރިޔަށް ދާގަޑީގައި އަހަރެންވެސް މަޖުބޫރު ނޫނަސް އެކުދިންނާއެކު މަޑުކުރަމެވެ. ބައެއް ކުދިންނަށް މަދަހައިގެ ޅެން ލިޔެދީ ހަދަމެވެ.
“ޝަލީން! މާދަން މިއޮތީ މަދަހަ މުބާރާތް… އެވަރަށް އާދޭސް ކުރީމަވެސް ތިހުންނަނީ ބައިވެރި ނުވާން..” ހައުސް ކުއްޖަކު އަހަންނާދިމާލަށް ބުނެލިއެވެ.
“އަހަރެން ވަރަށް ބިރުގަނޭ… ސްޓޭޖް ހަރަކާތްތަކުގަ ބައިވެރިވާން. އެހެންވެ ބޭނުން ނުވަނީ..” އަހަރެން ރައްދުގައި ބުނެލީމެވެ.
“އަސްލު މަދަހަ ކިޔަން ނޭނގެނީދޯ؟” އަނެއްކާވެސް އެހެން ކުއްޖެއް އަހަންނާ ސުވާލުކުރިއެވެ.
“ނޫން. އިނގޭ… އަހަރެން ވަރަށް ލަވަ އަޑުނާހަން… ގިނައިން ހަމަ މަދަހަ އަޑުއަހަނީ… މިހާރުގެ އެންމެ މަޝްހޫރު ޝިފްނާގެ ހުރިހާ މަދަހައެއް ހުންނާނެ. އެއީ އަހަރެންގެ ފޭވަރިޓް.. އަސްލު ވަރަށް ގިނަ މަދަހަ އަހަންނަށް ހިތުން އިނގޭ.” އަހަރެން ބުނެލީމެވެ.
ޖެހިގެން އައި ދުވަހެވެ. އިންޓާރ ހައުސް ކުދިންގެ މަދަހަ ކިއުމުގެ ފެންވަރު ބަލާލުމަށްޓަކާ އަހަރެން ގޮސް ހޯލްގައި މަޑުކޮށްލީމެވެ. އަތުރާފައިވާ ގޮނޑިތަކުގައި މަދަހަ ކިޔާކުދިންގެ އިތުރުން މުބާރާތް ބަލަން އައިސްތިބި ކުދިންވެސް ވަކި މަދެއް ނޫނެވެ. އަހަރެންވެސް އެތަނުން ގޮނޑިއެއް ދަމާލަމުން ހައުސް ކުދިން ކައިރީގައި އިށީނީމެވެ.
ވަށައިގެންވާ މާހައުލަށް ބަލާލިއިރު، މުޅި ތަނުން ފެންނަނީ ހާޒިރީންގެ ހަމަހިމޭން ކަމެވެ. ސްޓޭޖްގައި ހުރި ކުއްޖަކު މަދަހަ ކިޔަމުން ދިޔަވަރަކަށް އެކުއްޖާގެ މަދަހައަށް ސަމާލުކަން ދީގެން އަޑުއަހަން ތިބި ކުދިން ވަކި މަދެއް ނޫނެވެ. ސްޓޭޖްއާ ދިމާ ތިރިން ޖަޖުންގެ ގޮތުގައި ފެންނަން ތިބީ ދެމީހުންނެވެ. އެމީހުން ބަލަމުން ދިޔައީ ސްޓޭޖްގައި ހުރެ މަދަހަ ކިޔަމުންދާ ކުއްޖާއަށެވެ. އަހަރެމެންނަށް ފެންނަނީ އެމީހުންގެ ފުރަގަހެވެ.
“އޭތް.. ތޫބާ! ކޮންބައެއް ޖަޖުންނަށް އެތިބީ؟” ތޫބާއަކީ ގްރޭޑް 9 ގެ ކުއްޖަކަށް ވިޔަސް އަހަރެން އަހާލީ ތޫބާ އަހަންނާ ދާދި ގާތުގައި އިނުމުންނެވެ
“އެއީ އަހަރުމެން ކްލާސް ދިވެހި މިސްއާ އައްޔަ ސަރ…” ތޫބާ އެހެން ބުނެލުމާއެކު އަހަރެން ވަގުތުން އެދިމާލަށް ބަލައިލީމެވެ.
“ޝަލީން… ހައުސް ޓީޗަރ ހުރީ ޝައިނީ ނާންނާތީ ވަރަށް ދެރަވެފަ.. އެހެންވީމަ އެވީގޮތުން އަހަރުމެން ހައުސްއަށް އެއްކުއްޖެއް މަދުވީނު؟ ޝަލީން ވީނު މިއަދު އަރަން. މިބުނީ ޝައިނީގެ ބަދަލުގަ… ކުރިން ދުވަހުވެސް ބުނީމެއްނު ޝަލީންއަށް އިނގެޔޭ ވަރަށް ގިނަ މަދަހަ ކިޔަން.” ތޫބާ އަހަރެން ކައިރި ބުނެލީ ވަރަށް އާދޭހުގެ ރާގަކަށެވެ.
“ނުކެރޭނެ. ހާދަ ބިރުގަނެއޭ.” ދެފަރާތަށް ބޯ ހޫރާލަމުން އަހަރެން ބުނެލީމެވެ. ހަގީގަތުގައިވެސް ޖެހިލުން ވާތީއެވެ.
“ޕްލީސް… ހަމަ އެންމެ ފަސޭހަ މަދަހަ ކިޔަސް އެންމެ ރަނގަޅުވާނެ. އަހަރެން އެބަ ބުނަން ހައުސް އިންޗާރޖްގާތު.” ތޫބާ ގޮނޑިން ތެދުވެގެން ދިޔައެވެ.
ވަގުތުން އަހަރެން ގަނޑާއި ގަލަމެއް ނެގީމެވެ. ހޯލުން ބޭރަށް ނުކުމެ އަހަރެން ހިތުން ދަސްވެފައިވާ މަދަހައެއް އެއްކޮށް ލިޔެލީމެވެ. ހިތުން ކިޔަން ނޭނގޭތީކީ ނޫނެވެ. އެހެނަސް ސްޓޭޖަށް އަރާ އެހެން މީހުންނަށް ކުރިމަތިލާން ޖެހޭތީ އެކަމުގެ ބިރުން ސަލާމަތެއްގެ ގޮތުންނެވެ.
އަހަރެން މަދަހަ ކިޔާ ނިމުމާއެކު އަހަރެން ހައުސްގެ ހުރިހާ ކުދިންވެސް ވަރަށް ހޫނު ތަރުހީބެއް ދިނެވެ. މަދަހައިގެ ފެށުމުގައި އަހަރެންގެ އަޑުން ތުރުތުރު އެޅުމެއް ފާހަގަ ވިޔަސް މަދަހަ ނިމުނުއިރު އަހަރެން ހުރީ ވަރަށް ހަމަޖެހިފައެވެ.
ޖެހިގެން އައި ފުރަތަ އެސެމްބްލީގައި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރެވުނެވެ. އެމުބާރާތުން އަހަންނަށް ލިބުނީ 2 ވަނައެވެ. އެއީ އަހަރެން އުންމީދު ނުކުރާހާ މަތީ ވަނައެކެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެންމެ މޮޅު 10 ކުދިންގެ ތެރޭގައި ހިމެނިދާނެ ކަމަށްވެސް އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަމެވެ.
އެދުވަހު އަހަރެންގެ ޝަރަފްވެރި ވަނަ އާއިއެކު ސްކޫލް ނިންމާ ގެއަށްދާން ނުކުތީ ވަރަށް ފޮނި އުންމީދުގައެވެ. ސްކޫލްގެ މައި ގޭޓުން ނުނިކުމެވި އުޅެނިކޮށް އަހަންނަށް ދިމާވީ އެހެން ކްލާހެއްގެ ކުދިންކޮޅެކެވެ. އެކުދިން ތިބީ އަހަންނާ ދިމާލަށް ޒާތަކަށް ބަލާށެވެ.
“ހައްގު ނޫން ވަނައެއް އަސްލު ޝަލީން އަތުގަ ތިއޮތީ” އަހަރެންގެ އަތުގައިވާ އިނާމާއި ސެޓްފިކެޓް ފެނުމުން އެކުދިން ތެރެއިން ކުއްޖަކު އަހަންނާދިމާލަށް ބުނެލިއެވެ.
“އާނ ދެން… މުޅި މުބާރާތްވެސް ފަނިވީ ޝަލީން އެރި ހިސާބުން..” އެތަނުން އެހެން ކުއްޖަކު ބުނެލިއެވެ.
“ދެންމީ ކޮން ކުއްޖެއްގެ ހައްގެއް؟ އަހަންނަށް މިވަނަ ލިބުނީ މަދަހަ ކިޔައިގެންނު؟ އަހަންނަށް ޖަޖުންގެ ފަރާތުން މާރކްސް ލިބިގެންދޯ މިލިބުނީ؟” އަހަރެން ބުނެލީމެވެ.
“ހެހެ… ތި ހަމަ ހީވާގޮތް…. އަސްލު ކަލޭ މޮޅު ވެގެން ނޫން… ފިރިހެން ޖަޖު އިނީ ކަލެޔާ ހިތާވެފަ.. ހެހެހެހެ” އެތަނުން ކުއްޖަކު ބުނެލިއެވެ.
“ތެދެއް. އައްޔަސަރ ޝަލީންއަށް އެހާމަތިން މާރކްސް ދިނީ އަޑުގެ ރީތިކަމަކަށް ނޫން. ޝަލީންގެ ރީތިކަމަށް ދިން މާރކްސް އެއީ.. މިތާނގަ އައްޔަ ބޭނުން ގޮތެއް ހެދޭނެ މިއުޒިކްއާ ގުޅުން ހުންނަ ކޮންމެ މުބާރާތެއްގަ.” އަނެއްކާވެސް އެހެން ކުއްޖެއް ބުނެލިއެވެ.
ވަގުތުން އަހަންނަށް ބަލައިލެވުނީ އަތުގައިވާ އިނާމަށެވެ. އަހަރެންގެ އުޖާލާ މޫނުމަތި ކުއްލިޔަކަށް ބަދަލުވެގެން ދިޔައީ ފެންބޯ ވިލާގަނޑެއްހާ ފުސްކޮށެވެ. ހަދަންވީ ގޮތްވެސް އަހަންނަށް އޮޅިއްޖެއެވެ. އެކުދިން އެބުނީ ތެދެއް ހެން އަހަންނަށް ހީވާން ފެށީވެސް އެކަހަލަ ވިސްނުންތަކުން އަހަރެން ވަށާލުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







mi part ves v reethi masha allah
curiously waiting for next part
keep it up
shaleen miykaal gulhuvachey
they both are made for each other
Thanks dear
Next part Hama v avahah up kollaanan ingey
In sha Allah..
Comment kollaatheeve v ufaavey
mi part ves vrh reethi mashallah
cant wait for next alheyy kba tha mustho mhr
btw keep it up
lots of luv
Thanks dear
Mustho gannanvee dho… Hehehe
Next part anekkaaves v avahah in sha Allah
You stupid idiot
Ooops…
I mean you stupid scoundrel
Oooooopss…. Sorry Btw what eve…
It’s very gud
Thanks comment kolleema
Next part ah madukollamaa
Sorry ingey
Like kuda koh samasaa kohlee
Ekam aslu vara gud ingey 👌
It’s okay
Samaasaa dho
Ehenveema v molhu reader eh thee 🤗
And 1 more thing
I like the fact that you reply ingey…
Awwwnnn
Thanks a lot ❤️
Thanks a lot for saying that I’m a “molhu reader”
Hheheheheehehhe..
BTW can we be friends though we don’t really meet.
We can chat and you know…
Welcome..
We are Friends 👊👊👊 ingey
👊👊👊hehehe yessss!!!!!