ބްލަޑް 2 ފަހުބައި
ފުރަތަމަ ކަމަކަށް ދެމަފިރިން އެކުގައި 2 ރަކުއަތް ނަމާދެއްކޮއްލިއެވެ. ﷲ އަށްޓަކައި ދުޢާދެންނެވީ އެކައިވެނީގައި އުފާވެރިކަމާއި ހިތްހަމަ ޖެހުން ލައްވާތޯއެވެ. ނަމާދުކޮށް ނިންމާފައި މުސައްލަ އޮޅާލާފައި ގޮސް ކަބަޑުގައި ޔޫރާ މުސައްލަ ބާއްވާލިއެވެ. އިސްތަށިކޮޅުގައި އަތް ހާކާލާފައި އަނެއްފަރާތަށް އެނބުރުނު އިރު ޖެހޭނުޖޭހިސާބުގައި ހުރި ރުވާންފެނި ޔޫރާގެ މޫނުމައްޗައް ލަދުވެތިކަން ވެރިވިއެވެ. ހިނިތުންވެލާފައި ރުވާން އޭނާގެ ބާރުގަދަ ދެއަތް ޔޫރާގެ ހަށިގަނޑުވަށާލިއެވެ.
“ފައިނަލީ! ޔޫ އާރ އޯލް މައިން!” ރުވާން ބުނެލިއެވެ. ޔޫރާގެ މޫނުމަތީގައިވީ ރަތްކަން އިތުރައް ރަތްވެލިއެވެ. ރުވާންގެ އަތުގެ ބޮޑުވައިން އިނގިލިން ޔޫރާގެ ތުންފަތުގައި ލޯބިގޮތަކަށް ފިރުމާލާފައި ރުވާން ޔޫރާގެ ތުންފަތަށް ބޮސްދިނެވެ. ޔޫރާގެ ހިތުގެ ތެޅުންއަވަސްވެލިއެވެ. ޔޫރާގެ ލޫޅާފަތި ހަށިގަނޑުއަތްދަނޑިމައްޗަށް ނަގައިފައި ޔޫރާ ގެންގޮސް އެނދުމަތީގައި ލޯބިންބާއްވާލިއެވެ. އެރޭގެ ބާކީއޮތްބައި ދެމަފިރިންވެސް ހޭދަކުރަމުން ދިޔައީ އުފާވެރިކަމާއި އެކުއެވެ. ކޮންމެ ބީހިލުމަކުންވެސް ބުނެދެމުން ދިޔައީ ދެމަފިރިންވެސް އެކަކު އަނެކަކު ދެކެ ލޯބިވާވަރެވެ.
***4 އަހަރު ފަސް***
“ކޮބާ އަދިވެސް ނުނިމޭ؟” ކޮޓަރިއަށް ބޯދިއްކޮއްލާފައި އާދިން ގޮވާލިއެވެ.
“ދެން މިނިމުނީއޭ. އަލޫ އިސްތަށިކޮޅު ނިމުނީމަނިމުނީ” އާދިންއާއި އެލީންގެ 2 އަހަރުގެ ދަރިފުޅު އަލާނާގެ ބޮލުގައި ފުނާއަޅަން އިން އެލީން ބުނެލިއެވެ.
“ޕިސްޕިސް.. މިިނިމެނީ އޭބުނިތާ މިހާރު އެހެރަ 15 މިނިޓްވީ” އާދިން ޗުސްތަޅުވާލިއެވެ.
“ހޫމް އާދުއަށް އެނިމުނީތާ ބޮލުގަ ފެންކޮޅެއްލާފަ ފުނާއެޅުމުންވެސް. އަހަރުމެން ދަނީ އިންސާނުންހެން ތިބެގެން ވިއްޔަ ތާކަށް ދިޔަޔަސްވެސް ދޯ ދަރިފުޅޫ؟” އަލާނާ ކޮލުގައި ހިފާލާފައި އެލީން ބުނެލިއެވެ. ކުޑަކުޑަ އަލާނާވެސް ހީލާފައި ބޯޖަހާލިއެވެ.
“ދެން އޯކޭ ހޫމް. ކައިޝަން ވާލަކީ. އަހަރެމެންނަށްވެސް ފިރިހެން ކުއްޖަކުލިބުނު ނަމަ މަގޭ ދަރިފުޅުވެސް މަށާއެއްބައިވީސް ވިއްޔަ” އާދިން އަލާނާ އުރާލަމުން ބުނެލިއެވެ.
“ދެން ތިބުނީ އާދު އަލޫދެކެ ލޯބި ނުވަނީއޭތަ؟” ތުން އޫކޮށްލާފައި އެލީން ބުނެލިއެވެ.
“ނޫނޭ ނޫނޭ އެހެންނެއްނޫނޭ. އެކަމަކު ދެން ފިރިހެން ކުއްޖެއްބޭނުންވީމަ ދޯ..” އާދިން ވެސް ތުންއޫކޮއްލިއެވެ.
“ދެން އަނެއްކަ މަންމި ބައްޕި ތޮޅެނީ” ނިތުގައި އަތްޖަހާލަމުން އަލާނާ ނުފަރިތަގޮތަކަށް ބުނެލިއެވެ. މައުސޫމްކަމުގެ އިންތިހާއެވެ. އާދިންއާއި އެލީންއަށްވެސް ހެވުނެވެ. އެވަގުތު އާދިންގެ ފޯނު ރިންގުވިއެވެ. ގުޅަމުން ދިޔައީ ކައިޝަންއެވެ.
“ކޮބާ އަދިވެސް ތައްޔާރުނުވޭތަ؟؟ އަހަރެމެން މިހާރު ތިގޭ ކައިރީމިތިބީ” ކައިޝަން ބުނެލިއެވެ.
“ނޫނޭ ނޫނޭ މިނިކުންނަނީ” އާދިން ބުނެލިއެވެ. ދެމަފިރިންވެސް އަވަސްވެލީ އަވަހަށް ގެއިން ނިކުންނަންށެވެ. 3 މީހުން ނިކުން އިރު ކައިޝަންއާއި މިލްޔާގެ އިތުރުން އެދެމަފިރިންގެ 3 އަހަރުގެ ދަރިފުޅު މައިޝަންވެސް ބޭރުގައި ހުއްޓެވެ. މައިޝަން ފެނުމާއި އެކު އުފާވެލާފައި އާދިންގެ އުރުގައި އިން އަލާނާ ފައިބައިފައި ދުއްވައިގަތެވެ.
“ކޮބާ އުޅޭ އަވަހަށް ދާން” ކުޑަދެކުދިންކާރަށް އަރުވާފައި ކައިޝަން ބުނެލިއެވެ. 6 މީހުންވެސް ތައްޔާރުވެގެން މިދަނީ ރުވާންއާއި ޔޫރާގެ ދަރިފުޅު ޔޫލީ ގެ 1 އަހަރުގެ އުފަންދުވަސް ފާގަކުރުމަށެވެ. ފާއިތުވި 5 އަހަރުތެރޭގައި 6 މީހުންތެރޭގައިވެސް ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. މާޒީގައި ވެފައިއޮތްގޮތް މާޒީގައި ބާއްވާފައި މިލްޔާއާއި އެލީންގެ ދެމެދުގައިވެސް ވަނީ ވަރުގަދަ ގުޅުމެއްއުފެދިފައެވެ.
ނަބީލް ނިޔާވުމަށްފަހު ނަބީލްގެ ކޮންޕެނީގެ ސީއީއޯކަން މިހާރު ކުރަނީ ރުވާންއެވެ. ރުވާންއާއި އެކު ޔޫރާ، އެލީން އަދި އާދިންވެސް މަސައްކަތް ކުރަމުން ދިޔައީ އެ ބްލަޑް ފެކްޓްރީގައެވެ. ކައިޝަން ލެބޯޓަރީގައި މަސައްކަތް ކުރަމުން ދިޔައިރު، މިލްޔާ އަކީ މިހާރު ރަށުގައި ހުރި އެންމެ މައްޝޫރު ސައިކޮލޮޖިސްްޓްއެވެ.
15 މިނިޓްގެ ދަތުރަަކަށްފަހު “ސަވޭރާ” ގޭ ކުރިމައްޗަށް ކާރުހުއްޓައިލިއެވެ. އޭރުވެސް އެކިމީހުންތަށް ގޭތެރެއަށް ވަދެނިކުމެދާތަން ފެނެއެވެ. 6 މީހުންވެސް އަވަސްވެގަތީ ކުޑަކުޑަ ޔޫލީގާތަށް ދިޔުމަށެވެ. މުޅި ސިޓިންގް ރޫމްގައި ރަތާ ހުދުގެ ފުއްޕާހަން ހުރި އިރު “ބާރތްޑޭ ބެލޫންސް” އިން “ހެޕީ ބާރތްޑޭ ޔޫއްކޮ” ޖަހާފައިއިނެވެ. ޔޫރާގެ އުރުގައި ރަތްކުލައިގެ ހުދުކުލައިގެ ސްވެޓާރއަކާއި އެކު ރަތްކުލައިގެ ލޭސްފޮތިން ހަދާފައިއިން ކުޑަ ސްކާރޓްކޮޅެގައި އިން ޔޫލީ ކިތަންމެހާވެސް ލޯއިތްބެވެ. ސްޓްރޯބެރީކުލައިގައި އިން “ބީނީ” އެއް އަޅާފައިވީއިރު ނިތާދިމާވާހެން “ޔޫލީ” ޖަހާފައި އިނެވެ. ކުޑަކުޑަ ޔޫލީގެ ދެލޮލުގައިވަނީ މައުސޫމްކަމެވެ. ރުވާންގެ ކުޑަކުޑަ ލޮލާއި ދިގު އެސްފިޔަތަށް ޔޫލީއަށް ލިބިފައިވީއިރު، ޔޫރާގެ ރަތްކަން ގަދަ ތުންފަތްވަނީ ޔޫލީއަށްލިބިފައެވެ. ކުޑަކުޑަ ޔޫލީގެ ދޮން ހަންގަޑުދޮންކަމުން މުޅިކުއްޖާވެސް ހުރީ ރަތްވެލާފައެވެ.
“ހެޕީ ބާރތް ޑޭ ޔޫއްކޯ!” ޔޫރާގެ އުނގުގައި އިން ޔޫލީ އުރާލާފައި އެލީން ބުނެލިއެވެ. ފަހަތުން އައި މިލްޔާގެ ސަމާލުކަންވެސް ހުއްޓުނީ ކުޑަކުޑަ ޔޫލީއަށެވެ. އާދިންއާއި ކައިޝަންއަތުގައި ޔޫލީއަށް އޮތް ހަދިޔާ ޔޫރާ ގާތުގައި ހުރި ރުވާންއަތަށް ދިނެވެ.
“އޭ! އޭ! ތިހުރީ ކަމެއްތަ؟” އާދިންގެ ފުރަގަހުގައި އަތުގައި ހިފައިގެން ހުރި އަލާނާއާއި މައިޝަންދައްކާލާފައި ރުވާން ބުނެލިއެވެ.
“ހަހަ ނޭނގެދޯ؟” ބޯކަހާލާފައި ކައިޝަން ބުނެލިއެވެ. އެންމެންގެ ހިނިގަނޑުފަޅައިގެން ދިޔައެވެ.
“ކޮބާ އެންމެން ހަމަވީނުން؟ އުޅޭ އަވަހަށް ކޭކު ފަޅަން؟” ޔޫރާ ބުނެލިއެވެ.
“ކޭކޫ” ޔޫރާ ކޭކޭ ބުނެލިއަޑަށް އެއްފަހަރާކަހަލަ ގޮތަކަށް މައިޝަންއާއި އަލާނާ ބުނެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. އޮފީހުގައި ނިންމަން ހުރި ކުދިކުދި މަސައްކަތްތަށް ނިންމާލުމަށް ފަހު ރުވާން ނުކުތީ ގެޔަށް ދިޔުމަށެވެ. އޭރު އެއޮފީހުގައި ހުރީ ރުވާން އެކަންޏެވެ. ބޭރަށް ނުކުމެފައި ރުވާން އެކޮންޕެނީއަށް ބަލައިލިއެވެ. އެވަގުތު ރުވާންގެ ލޯކުރިމަތީގައި އުދުހެލީ ނަބީލްއެވެ. މިއަދު ނަބީލްހުރި ނަމަ އޭނާ ހާދަ އުފަލެއްވީހެއްޔެވެ؟ ނަބީލްއަބަދުވެސް ބުނާނެއެވެ. ރުވާންގެ ހަޔާތުގައި އަންނަ ކޮންމެ އުފަލެއްގައި އެންމެ ގާތުގައި ހުންނަން އޭނާ ބޭނުންވާވާހަކައެވެ. އެވަގުތު އެމަގުން ލައިފައި ދިޔައި ކައިޝަންގެ ލޮލުގައި ރުވާން އަޅައިގަތެވެ.
“ކިހިނެތްވެފަ ތިހުރީ؟” ރުވާންއާއި ދިމާލަށް މިސްރާބު ބަދަލުކޮއްލާފައި ކައިޝަން ބުނެލިއެވެ.
“ނަބީލް މަތިން ހަނދާންވީ…. މިހާރު އޭގެ ފަހުން 5 އަހަރުވީ. އެކަމަކު އަދިވެސް ބައެއްފަހަރު އެގިލްޓް އާދޭ…” ރުވާން ބުނެލިއެވެ. ކައިޝަންއަށް ބުނާނެއެއްޗެެތް ނޭނގުމުން ދޫކޮށްލެވުނީ ފިނިފިނި ނޭވާއެކެެވެ. ހަގީގަތުގައި ކައިޝަންއަށްވެސް އެއިހުސާސް ކުރެވެއެވެ.
“މިގަޑީ ކޮންތާކަށްތަ ތިދަނީ؟” ރުވާން ވާހަކަ އޮޅުވާލިއެވެ.
“މިއަންނަނީ ފިހާރައަކަށްގޮއްސަ. މައި މިރޭ ޔޯގަޓުކާން ކިޔާވަރުން ޔޯގަޓު ތައްޓެއްގަނެގެން މިއަންނަނީ” ކައިޝަން އަތުގައި އިން ކޮތަޅުދައްކާލަމުން ބުނެލިއެވެ. ރުވާން ހިނިތުންވެލިއެވެ.
ރުވާންގެއަށް އަހިސްވައިން އިރު ގޭތެރެއިން ރުވާންއަށް މަރުހަބާ ކިއީ ހަަމަހިމޭންކަމެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މިއަދުފަތިިހުންސުރެ އެންމެން މަސައްކަތުގައި އުޅުނީ ޔޫލީގެ އުފަންދުވަސް ފާހަގަ ކުރުމުގެ ޕާރޓީ ތައްޔާރު ކުރުމަށެވެ. އެހެންކަމުން އެންމެން ނިދީކަމަށްބަލާ ރުވާންވެސް ގޮސް ކޮޓަރިއަށްވަނެވެ.
“ނުނިދާތަ އަދިވެސް؟” އެނދުގައި ޔޫލީއަށް ގާތުންދޭން އިން ޔޫރާ ފެނި ރުވާންއެއްސެވެ.
“އާން އެލީ މެންގެނެސް ދިން ކާރު ދުއްވަންފެށިފަހުން އޭގެން ނުފައިބަންވެގެން. އެހެންވެ އަސްލު” ޔޫރާ މާދުރުނޫން ހިސާބެއްގައި އިން ފިޔާތޮށިކުލައިގެ ކާރަށް އަތް ދިމާކޮއްލަމުން ބުނެލިއެވެ. ހިނިގަނޑެއް ޖަހާލާފައި ރުވާން އެއްޗެހި ބަދަލުކޮށްގެން އަހިސް އޮށޯއޮތެވެ. އޭރު ރުވާންވެސް ދިޔައީ ނިންޖާ ހަނގުރާމަ ކުރަމުންނެވެ.
“ދެން ތިހެން ނޯވެ ނިދާލަބަލައަޅެ” ރުވާން ނިދެމުން ދިޔައިރުވެސް ދެލޯ ބޮޑު ކުރަމުން ދިޔައީމައި ރުވާން ބުނެލިއެވެ.
“ދެން ބައްޕިގެ ޓާރންވެސް ނިންމާފަ ދޯ؟ ހެހެހެ” އެއްލޯ މަރާލާފައި ރުވާން ބުނެލިއެވެ ޔޫރާ ތުންކޮޅު އޫކޮށްލާފައި ނިދިފައި އޮތް ޔޫލީ ގެންގޮސް މާދުރުނޫން ހިސާބުގައި އިން ޔޫލީ ގެ ހުދުކުލައިގެ ކުޑައެނދުގައި ޔޫލީ ބާއްވާލިއެވެ. މައުސޫމް ކަމާއިއެކު އެތުއްތު ފުރާނަ ނިދާލާފައި އޮތެވެ. ނިދިފައި އޮތް ޔޫލީއަށް ބަލަން ހުރި ޔޫރާ ސިހުނީ ފަހަތުން ރުވާން އަހިސް ބައްދާލުމުންނެވެ.
ފަތިހުގެފިނިފިނި ވަގުތެވެ. ޔޫރާގެ މޭމަތީގައި ލޯބިކޮށް ނިދިފައި އޮތް ރުވާންގެ އިސްތަށިކޮޅާއިކުޅެން އޮތް ޔޫރާގެ ހިތުގައިވީ ބަޔާންކުރަން ނޭނގޭ ފަދަ އިހުސާސްތަކެކެވެ. ދުލަކުން ގަލަމަކުން ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެެ. މިއަދު ޔޫރާގެ ހަޔާތުގައި މިވާ އުފާވެރިކަންމީ ދުވަހަކުވެސް ޔޫރާއަށް ލިބޭނޭ ކަމަށް ޔޫރާ އުންމީދުކުރިފަދަ އުފާވެރިކަމެއްނޫނެވެ. ނަމަވެސް މިއަދު އެތަކެއް އަޑިގަނޑުތަކެއްގައި ހިނގާފައި މިއަދުޔޫރާގެ ހަޔާތަށް މިވަނީ ބަހާރުމޫސުންއަހިސްފައެވެ.
“އަލްހަމްދުލިއްލާހް” ރުވާންގެ ނިތުގައި ބޮސްދެމުން ޔޫރާ ބުނެލިއެވެ.
(ނިމުނީ)
އައްސަލާމުއަލައިކުމް ހުރިހާ ކިޔުންތެރިން..
އަލްހަމްދުލިއްލާހް ބްލަޑް ސީޒަން 1 އެކޭ އެއްފަދައިން މިއަދު ބްލަޑް ސީޒަން 2 ވެސް މިއައީ ނިމުމަކަށެވެ. މިވާހަކަ ލިޔުމުގައި އަޅުގަނޑަށް ހިތްވަރު ދިން ހުރިހާ ކިޔުންތެރިންނަށާއި ކޮމެންޓު ކުރެއްވި ހުރިހާ ކިޔުންތެރިންނަށްވެސް އަޅުގަނޑުފަށްފަށުން ޝުކުރުއަދާކުރަމެވެ. ހާއްސަކޮށް ހުރިހާ އެޕިސޯޑް އެއްގައިހެން ކޮމެންޓްކޮއްދެއްވި gurrrrl@ އަށް ޝުކުރުއަދާކުރަމެވެ.
އިރާދުކުރެއްވިއްޔާއަޅުގަނޑުގެ 4 ވަނަ ދިގުވާހަކަ “ބޭވަފާތެރިޔަކީމޭ” ވަރަށް އަވަސް މުސްތަގްބަލެއްގައި ގެނެސްދޭނަމެވެ. މިހާރު ތިޔަ ހުރިހާ ކިޔުންތެރިންނަށް އެވާހަކައިގެ ޓްރެއިލާރ ކިޔާލެވޭނެއެވެ. އަދިވެސް އެއްފަހަރު މަގޭ މާއިލް، ބީވެދާކަށް ނޭދެން ހުވާ، ބްލަޑް ސީޒަން 1 އަދި 2 ގައި ހިތްވަރުދެއްވި ހުރިހާކިޔުންތެރިންނަށް ޝުކުރުއަދާކުރަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







mashallah vrh reeth mi vhk ves
uhmeedh kuran adhi miah vure ves furihama reethi vhk eh faagathi musthagumalehgaii fenigendhaane kamahh Im always here to support youu ehme dhuvaheh nudhaane vhk p vefa thw nubalaa dhuhaveh inshallah alhugandhah v varakun dhn oii vhk ves gavaidhun kiyaaleveythw mashahkai kuraanan .
thnx again hihvaraaeku thihaa busy koh ulhemun ves vhk up kohladheythi
keep it up
love you
Jazaakallah khairan 🥹🫶🏻
Awwwnnnn soo soo happy to hear that😭❤️
In sha allah i will
LYM dear❤️
Maasha Allah mi vhk vx varah varah reethi….
Thihaa busy kh ulhemun vx bunaa dhuvahah up koh dheythy varah ufaavey….
Mi dhaairaagaa abadhu vx kaamiyaabee ah edhen….
Dhn in vhk miah vure vx furihama vaane kamah ummeedhu kuran…
Jazaakallah kairan❤️
mi part ves v reethi masha allah
curiously waiting for next story
keep it up
finally emmen gulhunee
Hehe yess alhamdhulihllah❤️
Jazaakallah khairan happy you loved it🥰❤️
Haii
Omgg finally blood season 2 ves nimuni..
Kiyunu emme reethi vaahk theren mi vaahk himeyne komme dhuvahaku ves episode eh upload vefa the beleney ehaa ves reethi vaahk 😍 heeves nukoh huree ruvaan and yoora marry aa hisaabah dhaaney also milya and aleen ge friendship strong vaaney ves alhamdhullihlaahi hope you have a good life milya and kaisan yoora and ruvaan aleen and aadhin ah 💖
Livee akee shiher ge hurihaa story’s eh ves nukiyaa dhoonukurevey kujjeh bc shiher liyaa story’s is hama amazing neyngey sifa kodheynkah hehehe
Btw livee comment nukuriyas heenukurahchey vaahk nukiyaathee kamh ingey
Finally a new story from you hope that story also will be very interesting 🤩 keep ur hard work ❤️😊
Heiii Livee
Hehe yess S2 ves nimumakah aiimi dhen..
Hehe awwnnn vrhhhh ufaa vejje ehaa kamudhiyaiima 🥹🫶🏻
It’s okay Livee comment kuraa kudhin ekanyyehnuuney shiherr ge fans kamah shiher balany comment nukuriyas hurihaa vhk eh kiyaakan enguniima vess vrhh vrhh ufaavejje..
In sha allaj i’ll jazaakallah khairan for your support❤️🥰
Heyyy shiherrr
Adhikiriya comment ehkohlevey varu mi v.. Sorry darling mihaa lahun and hurihaa part akah comment nukureveythy..
Blood 2 vs nimuney ey dhw.. What can I say.. This is one of the best stories I read so far.. Masha allah.. I love this story vrh sad vejje nimuneema dhen nulibeynetha vampires ulhey story eh kiyaalan?? This is My fav genre supernatural and fiction v ma😭.. I hope u write these kinda stories more.. And ur other stories are also great but this is just mind blowing.. I hope you’ll achieve ur dreams and build a good future for urself..
Lyssm 💜🦋
Hellooo butterfly🥰
Teehee ya blood has come to an end finally.. hehe ya its okay comment nukollevunass hurihaa parts eh kiyaathyyve vrh vrh vrh happy veyy❤️🩹🥰❤️
Hmmmmmm should i write more vampire stories?👀
Lets see dhw hehe
Vrhhhh ufaa vejje mi vhk ehaa kamudhiyaiima ❤️❤️❤️
Awwwnnn jazaakallah khairan love wishing the best for you too🥹🫶🏻
Lym 🫵🏻❤️