Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (5)

Mysterious Woman Level 310 Stories100 Comments
November 17, 2024 2 Mins Read
8 Comments

މެހެފިލް ވިލާ ގަނޑުވަރު ލިވިންގް ރޫމްގައި އެ ގަނޑުވަރުގެ ބޮޑެތި އެންމެން ވެސް ތިބި ވަގުތެކެވެ.

ފަސްވަނަ ބައި     

މެހެފިލް ވިލާ ގަނޑުވަރު ލިވިންގް ރޫމްގައި އެ ގަނޑުވަރުގެ ބޮޑެތި އެންމެން ވެސް ތިބި ވަގުތެކެވެ. ހީވާ ގޮތުގައި އިންތިޒާރުކުރަމުންދަނީ އެ ގަނޑުވަރުގެ ވާރިސުންނަށްކަންގައިމެވެ. އިރުކޮޅެއްނުވެ ޒިވިއަން އާއި ޒާންއާ ދެމީހުން ވަރަށް ފޯރީގައި ވާހަކަދައްކަމުން އަންނަތަން ލިވިންގް ރޫމުގައި ތިބި އެންމެނަށް ވެސް ފެނުނެވެ. އެ މޫނުތަކުން ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ވާނިޥެސް އެހެންތާއެވެ. އެ ދެމީހުންގެ ގުޅުން ނޭނގޭނެ މީހަކު އެވަގުތު އެތާ އިންހެން ހިޔެއްނުވެއެވެ. ޒިވިއަން ކިތައްމެ ސީރިއަސްވެ އަބަދު އެވަރުގަދަ ބުމަ ގޮށްޖަހައިގެން އުޅުނަސް ޒާންއާ ދެމީހުން އެއްތަން ވެއްޖެއްޔާ ހީވާނީ އެހެން މީހެއްހެންނެވެ. އެ ސީރިއަސްކަމެއް ނުދައްކާނެއެވެ. އެއި ޒިވިއަންގެ ގާތް މީހުންނަން އެކަނިދައްކާލާ ހިނިތުންވުމެއްކަންނޭނގެއެވެ.

“ބައްޕާ…ކިހިނެއްތޯވީ؟…އަވަހަށް ގެއަށް އަންނާށޭ ބުނީމަ ހީވީ ވަރަށް ބޮޑު ކަމެއްވީހެން” ޒިވިއަން ވަރަށް އިޚްތިރާމާއެކު ޒާލިމްއާ މުޚާތަބުކުރިއެވެ. “ތެދެއް..ބޮޑުބޭ..އަޅުގަނޑާއި ޒޭވް ތިބީ ޒެޑްސްގައި ބޭއްވުނު ބައްދަލުވުން ނިންމާލި ގޮތަށް ކެފޭއެއްގައި ކަމަކާ މަޝްވަރާކޮށްލަން…..އެހެންތިއްބާ ބޮޑުބެ ގުޅީ” ޒާން ވެސް އެއްޗެކޭ ބުންޏެވެ. ޒާންއަށްވުރެ ޒިވިއަން 2 އަހަރު ބޮޑުވިޔަސް “ޒޭވް” އޭ ނުނީ ނުކިޔާނެއެވެ. އެއީ އެދެމީހުންގެ ގުޅުމުގެ ސަބަބެއްކަމަށް ވެސް ވެދާނެއެވެ. “ދެކުދިން ވެސް މިތާ އިށީނދެބަލަ” ޒާލިމްގެ އަޑު އިވިގެން ހިނގައްޖެއެވެ. “ބައްޕަ އެދައްކާ ވާހަކަ ދަރިފުޅުމެން ދެކުދިން ވެސް ވަރަށް ރަނގަޅަށް އަޑުއަހާތި…ބައްޕަގެ ވާހަކަ ނިމުމުން ނޫނީ އެއްޗެކޭ ބުނަން ބޭނުންވިޔަސް ނުވަތަ ލަފައެއް ވިޔަސް ދޭނީ” އިވުނީ އެތާ އެވަގުތު އިން އެ ގަނޑުވަރުގެ ބާނީކަމުގައިވާ ޒާކިރުގެ އަޑެވެ. “ލައްބަ ކާފާ” ދެ ޒުވާނުން އެއްފަހަރާ ޖަވާބުދިނެވެ. ކާފައަށްކުރާ އިޚްތިރާމެއްގެ ބޮޑުކަމުން ކަންނޭނގެއެވެ.

“ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ވިޔަފާރި މާލަން މިއަހަރު ވެސް އޮންނަކަން ދެކުދިންނަށް ވެސް އިނގޭނުން ދޯ” ޒާލިމް ފެށި ވާހަކައަކުން ދެ ޒުވާނުން ވެސް އިސް އުފުލާލާ ޒާލިމްއާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް ކާފަ ވިދާޅުވިހެން އެއްޗެކޭ ނުބުނެއެވެ. އޭގެ ބަދަލުގައި ބޮލުން އާއެކޭ ބުންޏެވެ. “އެއީ ރާއްޖޭގައި ތިބި ވިޔަފާރިވެރިން އެއްވާ އެއްވުމެއް…..އެކަކު އަނެކަކު ފެނިދެނިވެ ވާހަކަދެއްކުމަށާއި އެކި ވިޔަފާރިތަކުގެ ވާހަކަދައްކާލާ އެކެއް އަނެކެއްގެ ކިބައިން ލަފާ ހޯދާލުމަށް ބާއްވާ ބޮޑު އިވެންޓެއް…..މިފަހަރު ވެސް އެ ބޮޑު އިވެންޓު އެ ބާއްވަނީ މި މަޤްސަދުގައި…..ބައްޕަމެންގެ މުޅި މި ގަނޑުވަރުގެ ތިބި އެންމެން ވެސް ބައިވެރިވާނެ..ހަމައެކަނި ވިޔަފާރިވެރިން އެކަންޏެއް ނޫން..އެ ވިޔަފާރިވެރިންގެ އާއިލާތައް ވެސް ބައިވެރިވާނެ…..ދަރިފުޅުމެންފަދަ އެތައް ޒުވާނުންނަކާ ދިމާވާނެ… ދަރިފުޅުމެންނަކީ ވެސް މީޑިޔާތަކުގައި އާ މޫނުތަކެއް ނޫން..އެހެނަސް މި އާއިލާގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓަން ތިބީ ތި ދެކުދިން…ދަރިފުޅުމެންގެ ކޮއްކޮމެން ވެސް މިވަގުތު މި ގަނޑުވަރުގައިނެތަސް އެ އިވެންޓުގައި ބައިވެރިވާން އަންނާނެ……ކޮއްކޮމެން އަދި ވިޔަފާރީގެ ދުނިޔެއަށް އާވާނެކަން ދަންނާތި…މީހުންގެ ތެރޭގައި އުޅެންވީ ގޮތާއި ދައްކަންވީ ވާހަކައެއް ނޭނގޭނެ….އެއީ ތިކުދިންގެ ޒިންމާއެއް އެކަންތައްތައް ހަނދާންކޮށްދިނުން…..ބައްޕަމެންގެ އެކުވެރިންނާއި ވެސް ދިމާވެ ވާހަކަތައްދެކެވޭނެ…..އަދި އެ އެކުވެރިންގެ ދަރިންނާއި ވެސް ދަރިފުޅުމެން ގުޅުން ބަދަހިކޮށް ވާހަކަދައްކާ ހަދަންވާނެ….ހަމައެކަނި ތަނުގެ އެންމެ މަތީ ފަންތީގެ މީހުން އެކަންޏެއް ނޫން މި އިވެންޓުގައި ބައިވެރިވާނީ…ބޯޑު މެމްބަރުންނާއި..ސެކްޝަންތަކުގެ ހެޑުންނާއި އެމީހުންގެ އާއިލާތައް ވެސް….ވީމާ މިކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވާން ބައްޕަ ވެސް އަދި ދަރިފުޅުމެންގެ ކާފަ ވެސް އެދެނީ…” ބޮޑު ބަޔާނެއްވަރުގެ ވާހަކަތަކެއް ދެއްކުމަށްފަހު ޒާލިމްގެ ވާހަކަ ނިންމާލިއެވެ. އެހުރިހާ އިރު ޒިވިއަންމެން ތިބީ އެއްވެސް ވާހަކައެއްނުދައްކާ ކަނުލާ އަޑުއަހާށެވެ. ޒާލިމްގެ ވާހަކަ ނިމުމުން ތިބުނާ ބޮޑު އިވެންޓު އޮތީ މި އަހަރުގެ ކިހާތާކުތޯ ޒާން އަހާލައިފިއެވެ. “މީގެ ދުދުވަސްފަހުން..އޭރަށްވާއިރަށް ދަރިފުޅުމެންގެ ކޮއްކޮމެން ވެސް އަންނާނެ…” ޖަވާބުއައީ ޒިވިއަންގެ މަންމަ އަދި ޒާންގެ ބޮޑުއްތަ ބަލްގިސްގެ ފަރާތުންނެވެ.

“ކޮން މާލަމެކޭ؟……”

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 31

Next

ކައްވަޅަށް ދިޔުމުގެ ކުރިން

Next
November 17, 2024

ކައްވަޅަށް ދިޔުމުގެ ކުރިން

Previews
November 17, 2024

ޙަޤީޤަތް ހޯދުމޭ 31

8 Comments!

  1. Maakana kalo says:
    November 17, 2024 at 2:57 pm

    Eyy mi haadha salhi story ekey, koneirakun next chapter release vanii? So cool. My sis ves like ve

    1. Mysterious Woman says:
      November 17, 2024 at 4:57 pm

      thanks..v.ufaavehjje insha allah v.avahah kiyaalan libeyne… 🙂

  2. kai says:
    November 17, 2024 at 4:37 pm

    nice story

    1. Mysterious Woman says:
      November 17, 2024 at 4:58 pm

      thanks.. 🙂

  3. Repunzil says:
    November 17, 2024 at 5:44 pm

    Wow this is getting interested….
    Now waiting for the moment that those 3 will meet each other
    Vv curiously waiting for the next part
    When is it ???

    1. Mysterious Woman says:
      November 17, 2024 at 8:48 pm

      v.happy to know that this is interesting….soon insha allah will release the next chapter…keep waiting 🙂

  4. Kaloabe says:
    November 17, 2024 at 8:28 pm

    Ey v salhi mivaahaka

    1. Mysterious Woman says:
      November 17, 2024 at 8:48 pm

      thanks..hehhehe 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (6)←


All Right Reserved!