Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (6)

Mysterious Woman Level 310 Stories100 Comments
November 17, 2024 3 Mins Read
4 Comments

“ކޮން މާލަމެކޭ؟……”

ހަވަނަ ބައި

“ކޮން މާލަމެކޭ؟……” ރޯޒް ގާޑަން ގޭތެރޭގައި ވެސް ދެކެވެމުންދަނީ އެއްވަހަކައެއް ކަންނޭނގެއެވެ. އިވުނީ މެހެކްގެ އަޑެވެ. “ދަރިފުޅާ….އައިސް މިތާ އިށީނދެބަލަ…..ބައްޕަމެން މި ވާހަކަ ދަރިފުޅު އެކޮޅުގައި ހުއްޓާ ވެސް ދައްކަން އުޅުނިން…އެކަމާ ނޫޅެވި އުޅެނިކޮށް ދަރިފުޅު ތިއައީ ވެސް” ދަތުރު ވަރުބަލިކަން ފިލުވާލާ ތާޒާވެލައިގެން މަތިން ތިރިއަށް ފޭބި މެހެކްގެ އަޑުއިވިގެން އެވަގުތު ލިވިންގް ރޫމުގައި ތިބި އެންމެންގެ ސަމާލުކަން އައިވަގުތު މަމްދޫހު ބުންޏެވެ. “ކޮން މާލަމެއްގެ ވާހަކަތަ ބައްޕަމެން ތި ދައްކަނީ؟” އަނެއްކާ ވެސް މެހެކް ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. “ދަރިފުޅާ ބައްޕަގެ ވާހަކަ އިހަށް އަޑު އަހާ..މިއީ ވަރަށް މުހިއްމު ވާހަކައެއް…. ތި ތިން ކުދިން ވެސް ބައްޕަގެ ވާހަކަ ނިމެންދެން އަޑު އެހުން އެދެނީ….މާއިޒް، މާއިޝަށް ބައްޕަގެ ވާހަކަ އިނގުނަސް ކޮއްކޮއަށް ނޭނގޭނެ….އެހެންވީމަ ދަރިފުޅުމެންގެ އެއްބާރުލުން ބައްޕައަށް މިވަގުތު ބޭނުންވާނެ” މަލައިކާ މެހެކަށް ޖަވާބުދިނުމަށްފަހު މާއިޒާއި މާއިޝަށް ވެސް ނަޞޭހަތްތެރިވިއެވެ.

“ބައްޕަމެން މިދައްކަނީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އެއްފަހަރު ބާއްވާ ބޮޑު އިވެންޓެއްގެ ވާހަކަ..އެއީ ވިޔަފާރިވެރިންގެ މާލަން…. އެއީ ރާއްޖޭގައި ތިބި ވިޔަފާރިވެރިން އެއްވާ އެއްވުމެއް…..އެކަކު އަނެކަކު ފެނިދެނިވެ ވާހަކަދެއްކުމަށާއި އެކި ވިޔަފާރިތަކުގެ ވާހަކަދައްކާލާ އެކެއް އަނެކެއްގެ ކިބައިން ލަފާ ހޯދާލުމަށް ބާއްވާ ބޮޑު އިވެންޓެއް…..މި އިވެންޓުގައި އެކިއެކި ކުންފުނިތަކުގެ އިސްވެރިންނާއި..ތަންތަނުގެ ހެޑުންނާއި ބޯޑު މެމްބަރުން ވެސް އެމީހުންގެ އާއިލާތައް ގޮވައިގެން އެ އެއްވުމަށް އެއްވާނެ…..ބައްޕަމެންގެ މި އާއިލާ ވެސް މި އިވެންޓުގައި ބައިވެރިވާނެ….އަދި ލަންޑަނުގައި ތިބި މަންމަމެންގެ އާއިލާ ވެސް އެ ދުވަހަށް މިކޮޅަށް އަންނާނެ…..ދަރިފުޅަށް ވެސް އިނގޭނެ ބައްޕަގެ ކުންފުނިތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާކަން…އަދި މިއީ މުޅި މި ޚާންދާނުގެ ވިޔަފާރިއަކަށްވިޔަސް މި ވިޔަފާރި މިއަދު މިހުރި ފެންވަރުގައި ބިލްޑްކޮށްފައިމިވަނީ ބައްޕަގެ މަސައްކަތުން….ބައްޕައަކީ ވެސް މީޑިޔާތަކަށް އާ މޫނެއް ނޫން އަދި ދަރިފުޅުގެ މި ތިބަ ދެ ބޭބެމެންނަކީ ވެސް ޒުވާން ވިޔަފާރިވެރިން…މީޑިޔާތަކުގައި ދަރިފުޅުގެ ބޭބެމެންގެ ނަންތައް ވެސް އިވިފައި ހުންނާނީ..އަދި މި އާއިލާގެ ގިނަ މެމްބަރުން ނުދަންނަ މީހަކު މި ބޮޑު މާލޭގައި ވެސް އަދި ވިޔަފާރީގެ ދުނިޔޭގައި ވެސް ނޫޅޭނެ….ދަރިފުޅު އަދި މިކަންކަމަށް އާ ވާނެކަން ބައްޕަމެންނަށް އިނގޭ……މި ޚާންދާނުން މީޑިޔާތަކުން ނުފެންނާނީ ޚަބަރުތަކުގެ ފަލަ ސުރުޚީތަކަށްނާރާނީ ހަމައެކަނި ދަރިފުޅު…ދަރިފުޅަކީ ވިޔަފާރީގެ ދުނިޔެއަށް މުޅިން އާ ކުއްޖެއް…..އެހެންނަމަވެސް ބައްޕަގެ މިލްކިއްޔާތުގެ 90 އިންސައްތައަކީ ދަރިފުޅުގެ ހައްޤެއް….މި ޙާންދާނުން ވެސް އެންމެ ގިނަ ހިއްސާއެއް އޮތީ ވެސް ދަރިފުޅުގެ…އެއީ މެހެކްގެ ދެ ބޭބެމެން ވެސް އެދިފައިވާ ގޮތަކީ….އެހެންވިމާ މިކަން އަދި މީޑިޔާތަކާހަމަޔަށްދާއިރު ދަރިފުޅުގެ ނަން ވެސްދާނީ ވިޔަފާރީގެ ދުނިޔޭގައި މަޑުމަޑުން ފެވެމުން….ދަރިފުޅުގެ ޢިއްޒަތާއި ޤަދަރު އުފުލެމުންދާނެ..އެތައް ޒުވާނުންގެ ބެލުންތައް ގިނަވާނެ…ހުށަހެޅުންތައް އިތުރުވާނެ…..ތިއީ ހަމައެކަނީ މަރިޔަމް މެހެކް މަމްދޫހެއްނޫންކަން ހަނދާންބަހައްޓަންވާނެ….ތިއީ މުޅި މި ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު އަދި ކުރިމަގުގައި ޒުވާން އަންހެން ވިޔަފާރިވެރިޔާ މިސް މެހެކް” ބައްޕަގެ ވާހަކަ އަތަކަށްގުޑާ ވެސްނުލާ އިނދެގެން އަޑުއަހަން އިން މެހެކް ބައްޕަ އެންމެފަހުން އެ ބުނި ވާހަކައަކުން އިނީ ބަސްހުއްޓި އެސްފިޔަޖަހާލަން ވެސް ހަނދާންނެތިފައެވެ. މިތަން ފެނިގެން މާއިޒް އާއި މާއިޝް އިނީ ވަރަށް ބޮޑަށް ވެސް މަޖާވެފައެވެ. އެކަމަކު ބައްޕަ އިންނެވީމަ އެކަން ހާމަކުރަންނުކެރިފައެވެ.

“ދަރިފުޅުމެން ވެސް ކޮއްކޮއަށް ނިކަން ވިޔަފާރީގެ ދުނިޔެ ދައްކާލަން މި ޙާންދާނުގެ ކުންފުނިތަކަށް ގެންދަންވާނެ…ތިހެން އަދި ތިއްބަސް ކަމަކު ނުދާނެ އިނގޭ” މަލައިކާގެ ވާހަކައިން މާއިޝްމެން ދެބެއިން ތިބީ އަނގަޔަށް ކުނި ބިހެއްޖެހީމަ އިންނަހެންނެވެ. އޭރު ވެސް މެހެކް އިން ގޮތަށް އިނެވެ. “މީޑިޔާއޭ…..ޒުވާން އަންހެން ވިޔަފާރިވެރިޔާއޭ…މިސް މެހެކް” މަމްދޫހު އެންމެފަހުން ދެއްކި ވާހަކައިގެން ތަންތަންކޮޅު ބުރިބުރިކޮށްގެން މެހެކްގެ ދުލުން އެބަސްތައް ނިކުތެވެ. އަދިވެސް އެއިނީ ބުނާނެ އެއްޗެއް ނޭނގިފަކަން އެތާތިބި އެންމެނަށް ވެސް އިނގުނެވެ. މަމްދޫހު ވެސް އިނީ ހަގު ދަރިފުޅުގެ މި ޢަމަލުން ނިކަން ހިނިއައިސްފައެވެ. “ދެން ދަރިފުޅުމެން ހުރިހާ ކުދިން ވެސް އަވަހަށް ދޭ ނިދަން” މަލައިކާ މިހެން ބުނުމާއެކު ހުރިހާ އެންމެން ވެސް ނިދަން ކޮޓަރިތަކަށްދިޔައެވެ. މަމްދޫހުމެން ދެމަފިރިން ވެސް ދިޔައީ ނިދަންށެވެ. މާދަމާއަކީ ނިކަން ބުރަ ދުވަހަކަށްވާނެތީއާއި ވެސްއެކު ތޯއްޗެކެވެ.

އާދުވަހަކަށް އިރުފެނުންތޮޅެލިއިރު ޒިވިއަން ހުރީ ފޯރ ޒެޑް ކުންފުނީގެ އިމާރާތުގެ އޭނާގެ ކެބިންގައެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. “ކަމިން..” ޒިވިއަން މިހެން ބުނުމުން ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އިރުކޮޅަކުން އާވިއަރައަރާހުރި ކޮފީ ތަބަށް ހިފައިގެންވަނީ އޭނާގެ ޕީއޭ ލިބާއެވެ. ޒިވިއަން ކުރިމައްޗަށް ކަޅިއެއް އެއްލާފައި ނިކަން އަވަހަށް ކުރަން ހުރި މަސައްކަތަށް ރުޖޫޢަވެއްޖެއެވެ. މިތަންފެނި ލިބާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ހިތަށް އެރިއެވެ. ޒިވިއަންއަށް އަހަރެންގެ ހިތުގައި މިވާ އެއްޗެއް ނޭނގެނީ ހެއްޔެވެ؟ ކުޑައިރުއްސުރެން އަހަރެންގެ ހިތުގެ ލަޤަންދޫވެފައިވަނީ ތިބާއަށްކަމެއް ކުޑަކޮށް ވެސް ނޭނގޭ ހެއްޔެވެ؟ އެއްފަހަރު ހަމަ އެންމެފަހަރަކު ވެސް ރުހުމުގެ ލޮލަކުން އަހަރެންގެ މި ދެ ލޮލަށް ބަލާނުލާނީ ހެއްޔެވެ؟ ތިހާ ފަރުވާ ކުޑައީ ކީއްވެ ހެއްޔެވެ؟ ނަމަވެސް މި ވާހަކަތައް ހިތުތެރޭގައި އެނބުރުނަސް ޒިވިއަންގެ ކަންފަތާއި ހަމައަށްދާނެ ހެއްޔެވެ؟ ފުން ނޭވާއެއްލުމަށްފަހު ލިބާ ގެނައި ތަބަށް ކޮފީ މޭޒުމަތީ ބަހައްޓަމުން ޒިވިއަންއާއި ވާހަކަދައްކަން ފެށިއެވެ. “ޒޭވް..މިއަދުގެ މެންދުރުފަހު އެއްގަޑި ބައިގައި އެމްސް ކުންފުނީގެ އިސްވެރީންނާއިއެކު ވަރަށް މުހިއްމު ބައްދަލުވުމެއް އެބައޮތް….އެމްސް ކުންފުންޏަކީ އަހަރެމެންނާ ޖެހިގެން ރާއްޖޭގައި މިވަގުތު އެންމެ އުހުގައިވާ ކުންފުނި….އެންމެ ފަހުގެ ބްރޭންޑުތަކުގެ ކާރުތަކާއި…އަންހެން ބްރޭންޑުގެ އެކިވައްތަރުގެ ފަހުގެ ވާޝަންގެ ކޮސްމެޓިކްސްއާއި މި ނޫން ވެސް ތަކެތި އެތެރެކުރާ ބަޔަކީ އެއީ….ޒެޑްސް އާއި އެމްސް ގުޅިގެން ޕްރޮޖެކްޓެއްފަށައި ވާހަކަ އަންކަލް ވިދާޅުވިއެއްނުން….އެވާހަކަ ދައްކަން ކަންނޭނގެ މި ބައްދަލުވުމުގެ ބޭނުމަކީ” ލިބާ އެހުރިހާ ވާހަކައެއް ދެއްކި އިރު ވެސް ޒިވިއަންއަށް އިނދެވުނީ ސްޓެޗޫއެއްހެން ހަރަކާތެއްކުރަން ނޭނގިފައެވެ. ކުއްލިއަކަށް ލިބާއަށް ބަލާލި ގޮތަށް ބަސްހުއްޓިފައެވެ. “އެމްސް ކުންފުނި….” ޒިވިއަންގެ އަނގައިން ހަމައެކަނި ނިކުތް ލަފުޒަކީ މިއީއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ކައްވަޅަށް ދިޔުމުގެ ކުރިން

Next

ބްލަޑް 2 (13)

Next
November 17, 2024

ބްލަޑް 2 (13)

Previews
November 17, 2024

ކައްވަޅަށް ދިޔުމުގެ ކުރިން

4 Comments!

  1. kai says:
    November 18, 2024 at 5:49 am

    mi bai vx varah reethi

    1. Mysterious Woman says:
      November 18, 2024 at 9:52 am

      thanks…:)

  2. Buffalobageecha384856 says:
    November 18, 2024 at 7:04 pm

    Ooh sounds intriguing

  3. Buffalobageecha384856 says:
    November 18, 2024 at 7:05 pm

    Haadha interesting..what will happen..I wonder 🤔

Comments are closed.

Next Episodeތިނެސްކަން ލޯބި (7)←


All Right Reserved!