Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (2)

Mysterious Woman Level 310 Stories100 Comments
November 14, 2024 3 Mins Read
8 Comments

ފޯރ ޒެޑް ކުންފުނީގެ ކުރިމައްޗަށް ހުއްޓާލި ކަޅު ކުލައިގެ ކާރުން ފޭބި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. ރޭބަން އައިނަކުން އެ ހިތްގައިމު ލޯ ފޮރުވާލައިގެން ހުރި އެ ޒުވާނާ ލައިގެން ހުރީ ކަޅު ކުލައިގެ ހުދު ގަމީހަކާއި ކަޅު ޓައީއެކެވެ. އަދި ތިރިން ކަޅު ފަޓުލޫނެއްލާފައިވާއިރު ގަމީސްމަތިން ކަޅު ސޫޓެއް ލާފައިވެއެވެ. ވާއަތުގައި އެންމެފަހުގެ ގަޑިއެއް އަޅައިފައިވާއިރު އަރާފައިވަނީ އޮފުކަންގަދަ ކަޅު ބޫޓަކަށެވެ. އަދި އެއް ޖީބަށް އަތް ޖަހައިލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އެ ކުންފުނީގެ މައި ދޮރުން ވަދެގެންދިޔައެވެ.

ދެވަނަ ބައި

އެ ކުންފުނީގެ ކޮންމެ މުވައްޒަފެއް ވެސް ބޮލުން ވިޔަސް ނުވަތަ އަނގަބަހުން ވިޔަސް ސަލާމް ގޮވާލަނީ ތަނުގެ ވެރިޔާއަށް އިޚްތިރާމްކުރުމުގެ ގޮތުންނެވެ. ޒިވިއަންދެކެ އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ޖެހިލުންވެއެވެ. ގައިމު ވެސް ސަބަބެއް ނެތިއެއްނޫނެވެ. ޒިވިއަންގެ ކިބައިގައި ޖެހިލުންވާފަދަ ގޮތެއް ހުންނަނީއެވެ. އެހެރަ ބަލައިލާ އަސަރެއްނެތް ބެލުންތަކުން ޖެހިލުންނުވާނީ ކާކު ހެއްޔެވެ. އެ ރީތި މޫނުމަތީގައި އަބަދުމެވަނީ ސީރިއަސްކަމެވެ. ޒިވިއަން އާއި އެއް ހަމަ ކުރަން މަސައްކަތްކުރަމުންދިޔަ ޒިވިއަންގެ ޕީއޭ ލިބާއަށް ވެސްވަނީ ޒިވިއަންގެ އެ ސީރިއަސްކަން ދެނެގަންނަން ނުކުޅެދިފައެވެ. ލިބާ އަކީ ޒިވިއަންގެ ދިހަވަނަ ޕީއޭކަމުގައި ހުރި ކުއްޖާއެވެ. މުޅިން ވެސް ޒިވިއަންގެ ޕީއޭގެ ގޮތުގައި އެ އޮފިހަށް އަންނަނީ ހުސް އަންހެން ކުދިންނެވެ. ނަމަވެސް އެ ހުރިހާ ކުދިން ވެސް ޒިވިއަން ދެކެ ޖެހިލުންވެއެވެ. ކިތައްމެ ކުޑަކަމެއްގައި ވެސް ރުޅި އިސްކޮށްފާނެއެވެ. ޒިވިއަން ރުޅި އައިސްފިއްޔާ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް އެކަމުގެ ހާސަރު ބާލާނެއެވެ. ޒިވިއަންގެ ޕީއޭގެ ގޮތުގައި މަސައްކަތްކުރެވޭނީ ވަރަށް ވެސް ކެތް ގަދަ ކުއްޖަކަށެވެ. މިކަމުގެ ހެއްކަކީ ލިބާއެވެ. މިހާތަނަށް ޒިވިއަންގެ ޕީއޭގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތްކުރެވުނު ޕީއޭގެ ލަޤަބު ޔަޤީނުން ވެސް ލިބާއަށް ހައްގެވެ.

ސާދަވަނަ ފްލޯއަށް ލިފުޓު ހުއްޓުމާއިއެކު ޒިވިއަން އާއި ލިބާ ނިކުމެގެން ޒިވިއަންގެ ނަން ބޮޑު އަކުރުން ޖަހާފައިވާ ކެބިއަން އަށް ގޮސްވަނެވެ. ކެބިންއެކޭ ބުންޏަސް އެއީ ބޮޑު ކޮޓަރިއެއްވަރުގެ ތަނެކެވެ. ކެބިންގައި ބޮޑު އޮފީސް މޭޒެއް ހުރި އިރު މޭޒުގެ ކުރިމައްޗަށްވާ ގޮތަށް ބޮޑު ދެ ގޮނޑި ބެހެއްޓިފައިވެއެވެ. އަދި އެ ދެ ގޮނޑީގެ ކުރި މައްޗަށްވާ ގޮތަށް ތަނުގެ ވެރިޔާގެ ބޮޑު ލެދާ ގޮނޑި ބެހެއްޓިފައިވެއެވެ. މެހެމާނުންނަށް ޙާއްސަ ސޯފާ ސެޓަކާއި ސޯފާ ސެޓުގެ ކުރި މަތީ ކޮފީ މޭޒެއް ވެސް ވަނީ ބެހެއްޓިފައެވެ. ޒިވިއަންއަށް ޚާއްސަ ތަނުގައި ގޮސް އިށީނެވެ. “ޒިވް، މިއަދުގެ ފުރަތަމަ ބައްދަލުވުން އޮތީ ނުވަގަޑި ބައިގައި….މި ބައްދަލުވުން ނިމޭނެ އިރެއް ބުނާކަށް ނޭނގޭ…ބައްދަލުވުން އޮތީ ބޯޑު މެމްބަރުންނާއިއެކު…..ލަންޗަށްފަހު ޒެޑްސް ސެންޓްރަލް ކޮލެޖުގެ މެމްބަރުންނާއިއެކު ޚާއްސަ ބައްދަލުވުމެއް އޮންނާނެ…މި ބައްދަލުވުމުގައި ޒާން ވެސް ބައިވެރިވާނެ” ވަރަށް ފަރިތަކަމާއިއެކު ޒިވިއަންގެ ދުވަހުގެ ތާވަލު ލިބާ ކިޔާލަދިންއިރު މިއީ ކޮށްފަރިތަ ކަމެއްކަން ދޭހަވެއެވެ. “އޯކޭ…މީޓިން ފެށެން ފަނަރަ މިނަޓު އެބައޮތް… ބައްދަލުވުމަށް ރެޑީވެލައިގެން ބައްދަލުވުން ބާއްވާ ޚާއްސަ ކޮޓަރިއަށް ކުރިއަށް އޮތް ދިހަ މިނަޓު ތެރޭ ދޭ” އަތުކުރީ އޮތް އެންމެ ފަހުގެ ގަޑިއަށް ބަލަމުން ކަންކުރަންވީ ގޮތް ލިބާއަށް ޒިވިއަން ކިޔައިދިނުމަށްފަހު ކޮމްޕިއުޓަރު ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ކުރިމައްޗަށް ބަލާލުމެއްނެތިއެވެ. މިކަމާ ލިބާ ކުޑަކޮށް މާޔޫސްވިއެވެ. ޒިވިއަން އިތުރު އެއްޗެއް ބުނޭތޯ ނުވަތަ އެއް ފަހަރު ނަމަވެސް ލިބާއަށް ބަލައިލާތޯ ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ދަނީއޭ ބުނެ ކެބިން އިން ނިކުމެ ލިބާގެ ކެބިންއަށް ގޮސްވަނެވެ.

ލިބާއަކީ ފޯރ ޒެޑް ކުންފުނީގެ ފައިނޭންސް ސެކްޝަންގެ ހެޑް މަންސޫރުގެ ދަރިއެވެ. މަންސޫރަކީ ޒާލިމް ޒާކިރުގެ ވެސް ދުވަސްވީ ރަޙްމަތްތެރިއެކެވެ. ޒާލިމުގެ ކުންފުނީގައި މަސައްކަތްކުރިއަސް އެ ގުޅުމަކަށް ބަދަލެއްނާދެއެވެ. އެ ދެމީހުންގެ ދަރީން ވެސް ހަމައެފަދައެވެ. ލިބާއަކީ ވެސް ފިރިހެން ކުދިންގެ ހިތް ކިޔާފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ދޮން ހަންގަނޑެއް ލިބިފައިވާއިރު ރޫފަ ރަނގަޅު ހަށިގަނޑެއް ލިބިފައިވެއެވެ. އައިބެއްނެތް މޫނަކާ އެންމެ ގުޅޭ ބުޅި އެހެނަސް އެހާ ބުޅި ނޫން އިސްތަށިގަނޑެއް ގުދުރަތީ ގޮތުން ލިބާއަށް ލިބިފައިވުމަކީ ލިބާގެ ރީތިކަން ދައްކުވައިދޭ މިސާލެކެވެ. ނަމަވެސް މި ރީތިކަމުން އަސަރުނުކުރާނީ އެންމެ މީހަކަށެވެ. އާދެ، ޒިވިއަންއަށެވެ.

ޒެޑްސް ސެންޓްރަލް ކޮލެޖަކީ ގިނަ ބައެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ކޮލެޖެކެވެ. އެ ކޮލެޖުގައި މިހާރު ވެސް އެތައް ހާސް ކުދިންނެއް އެކިއެކި ދާއިރާތަކުން ކިޔަވަމުންދެއެވެ. ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ތަޢުލީމު އުނގެނުމުގެ ފަހި ފުރުސަތު ހުޅުވާލަދިން މޭސްތިރިއަށް ހާސްފަށުން ޝުކުރެވެ. ޒެޑްސް ސެންޓްރަލް ކޮލެޖުގެ ކުރިމައްޗަށް ހުއްޓާލި ސްޕޯސްޓް ކާރުން ފޭބި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. ބޮލުގެ ކުލަ މަޑު ނުލާއި ދަނބުކުލަޖައްސާފައިވާއިރު ބަލާލަން ހިތްގައިމު ގޮތެއް ހުރެއެވެ. ކަޅު ސޫޓެއްލާ ރަސްމީ ސްޓައިލެއްގައި އެ ކާރުން ފޭބި އެ ޒުވާނާގެ ޕީއޭއާއިއެކު ކޮލެޖަށް ވަންނަން ހިނގައިގަތީ އަންހެން ކުދިންގެ ހިތްތަށް ކަތިލާހާ ސްޓައިލިޝް ހިނގުމެއްގައެވެ. ކޮލެޖުގެ އެކި ހިސާބުތަކުގައި އަންހެން ކުދިންގެ ބައިގަނޑުގަނޑު އެތުރިލާފައި ތިބީ މި ރީތި ޒުވާނާގެ ޖާދުލުގައި ޖެހިފަކަމާމެދަކު ޝައްކެއްވެސްނެތެވެ. އެވަރަކުން މި ޒުވާނާއަށް އެބަލަނީ ހަމައެކަނި އޭނާގެ ރީތިކަމަކުންނެއްނޫނެވެ. އެހެނަސް މެހެފިލް ވިލާގެ ވާރިސަކަށް ވެސްވާތީއެވެ. އަދިހަމައެހެންމެ ފޯރ ޒެޑް ކުންފުނީގެ ސީއީއޯ ޒިވިއަން ޒާލިމްގެ ދެބެންގެދެދަރި ކޮއްކޮ އަދި ޒެޑް ފޯރ މެޑިކަލް ހޮސްޕިޓަލުގެ ސީއީއޯ ޒާން ސަލީމަށް ވެސްވާތީއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އިންސާފް (އޮނަތިރީސްވަނަ ބައި)

Next

ތިނެސްކަން ލޯބި (3)

Next
November 15, 2024

ތިނެސްކަން ލޯބި (3)

Previews
November 14, 2024

އިންސާފް (އޮނަތިރީސްވަނަ ބައި)

8 Comments!

  1. Repunzil says:
    November 14, 2024 at 9:10 pm

    Alhe ehaa kury keehvetha…
    I want read this whole story at once
    Anyway story vv reethi
    Curiously waiting for the next part

    1. Mysterious Woman says:
      November 15, 2024 at 10:08 pm

      dhn huri chapter thah dhigu kohlevey tho balamun ,midhanii..thanks for the lovely comment… 🙂

  2. gurrrrl says:
    November 14, 2024 at 10:38 pm

    mashallah vrh reethi when next part
    curiously waitingggkeep it up
    love you 😍

    1. Mysterious Woman says:
      November 15, 2024 at 10:09 pm

      hehe thanks 🙂

  3. White rose White rose says:
    November 15, 2024 at 11:32 am

    Varah salhi.
    Curiously waiting for the next.

    1. Mysterious Woman says:
      November 15, 2024 at 10:09 pm

      thanks hehe insha allah soon 🙂

  4. Zivian's PA says:
    November 17, 2024 at 4:15 pm

    ekamakuvaa dho…. kihineh kalhu kulaige hudhu gameeheh lany

    1. Mysterious Woman says:
      November 17, 2024 at 4:53 pm

      heheh..ebunaa hn…typing mistake eh eii nufenifa….thanks for finding the mistake… 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (3)←


All Right Reserved!