Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 6

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
October 16, 2025 7 Mins Read
12 Comments

އަރީން އޭނާގެ މަންމަ މެންނަށް ވެސް ސިއްރުން ގެއިން ނުކުތެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އޭނާ އެ ޢިމާރާތުން ބޭރަށް ނުކުތެވެ. ފައި މަގުގައި އޭނާ މިސްރާބު ޖެހީ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ހޮޓެލަށެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔަ އަރީންގެ ޙަރަކާތްތައް ބަލަން އިތުރު މީހަކު ހުއްޓެވެ. ކަޅުކުލައިގެ މާސްކެއް އަޅާ ހުޑީއަކާއި ޖިންސެއް ލައިގެން ހުރި ޒުވާން ކުއްޖާ ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އެ ފިރިހެން ކުއްޖާގެ ތޫނު ނަޒަރު އަރީނަށް އަމާޒުވެފައި ހުރި ގޮތުން ވެސް މީހެއްގެ ހަށިގަނޑުން ހީބިހި ހިލުވާލާނެއެވެ. 

“މިހާރު އެބަ ދޭ އެ ކުއްޖާ. ހަނދާން ކޮށް ކީ ކާޑު ދޭތި.” އެހެން ބުނެފައި އެކީ އެ ގޮތްނޭނގޭ ފިރިހެނާ ފޯނު ކަނޑާލިއެވެ. އަދި ތަފާތު ގޮތަކަށް ހީނލާފައި އަރީންގެ ފަސްފަހަތުން ދިޔައެވެ. މިއިން ކަމެއް ރެއަކާ ލާނެ ވަރަށް ވުރެ އަރީން ހުރީ ހިތުގައި ޖެހި ދެރަވެފައެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް އޭނާ އެ ހޮޓެލަށް ވަނެވެ. 

“ސަރ. ރޫމް 104 ގެ ކީ ކާޑު ލިބިދާނެތަ؟” ރިސެޕްޝަން ކުރިމަތީގައި ހުއްޓިލައިފައި އަރީން ވާހަކަ ދެއްކިއެވެ. އެ ތަނުގައި ހުރި މީހާ އަރީންގެ އަތަށް އެ ކާޑު ދިނުމުން ހައިރާންވީ މިއީ އާންމުކޮށް އެހާ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވާތީ އެވެ. އެހެނަސް އެއީ މާ ބޮޑު ކަމަކަށް ނުހަދާ އޭނާ ގޮސް އެ ހޮޓެލުގެ ޝާހީ ވައްތަރެއް ޖަހާ ލިފްޓަށް އަރައިފިއެވެ. 

ބޭނުންވި ފުލޯއަށް ލިފްޓު ހުއްޓާލުމުން އަރީން އެއިން ފޭބީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔަ ޙާލު ގޮސް އެ ރޫމް ކުރިމަތީގައި ހުއްޓެލިއެވެ. ފުން ނޭވާއެއް ލުމަށްފަހު އަރީން އެ ކީ ކާޑު ޖައްސާލިއެވެ. ފޮނުވި މެސެޖާއި ވީޑިއޯގައިވީ ކަންކަން ދޮގުވޭތޯ ހިތާހިތުން ދުޢާކޮށްލަމުންނެވެ. ތުންފަތުގައި ދަތްއަޅާލަމުން އަރީން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. 

އަނެއް ފަރާތަށް އެނބުރުމާއި އެކު ފެނުނު މަންޒަރަކުން ސިކުނޑީގައި ނުބައި ރަނގަބީލެއް ޖަހާލައިފިއެވެ. އެންމެ ފުރަތަމަ އޭނާގެ ލޮލުގައި އަޅައިގަތީ ބިންމައްޗަށް ވެއްޓިފައިވާ އޭނާގެ ދޮންބެގެ ވޮލެޓެވެ. ވަކި ހިސާބެއްގައި އަންހެނެއްގެ އަންޑާގާރމެންޓްސްތައް އުކާލެވިފައި ހުއްޓެވެ. އަރީނަށް ދެން ފެނުނީ އޭނާގެ ދޮންބެ މިއަދު ލައިގެން ހުރި އަތް ދިގު ޓީޝާޓެވެ. މި ހުރިހާ ކަމަކުން ވެސް ހެކި ދެނީ އެ ވީޑިއޯ ގައި ވަނީ ޙައްޤު ތެދު ވާހަކަތަކެއް ކަމެވެ. އަވަސް ނޭވާތަކެއް ލަމުން ގޮސް އަރީން އެތަނުގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. 

“ޔަޒާން!” ދުވަހަކު ދޮންބެގެ އަސްލު ނަމުން ނުގޮވާ އަރީންގެ އަޑުގައި މިއަދުވީ އިންތިހާ ދަރަޖައިގެ އަސަރާއި ހިތްދަތިކަމެވެ. އެ ލޯމައްޗަށް ފެނުނު މަންޒަރަކުން އޭނާގެ ދުނިޔެ އެނބުރިގެން ދިޔަ ކަހަލައެވެ. އެ ބަދު އަޚުލާޤީ ޒިނޭގެ ޢަމަލު އަމިއްލަ ދޮންބެގެ ފަރާތުން ފެނުމުން އެ ޅަ ހިތަށް ކެތްނުވީއެވެ. ފައިގައި ހުރި ބާރެއް ލައިފައި އެ ތަނުން ނުކުމެގެން ދިޔަ އިރު އެ ދެލޮލުން ތާޒާ ކަރުނައިގެ ތިކިތައް އޮހޮރިގެން ހިނގައްޖެއެވެ. 

ތަފާތު ގޮތަކަށް ނަމަ ވިޔަސް އަރީންގެ އަޑު ކަންފަތުގައި ޖެހިލުމުން ޔަޒާނަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. އަމިއްލަ ޙާލަތު ފެނި ފުރަތަމަ ފަހަރަށް ލަދުން ބޯހަލާކުވިއެވެ. ގައިމަތީގައި އޮރިޔާން ޙާލުގައި އޮތް ލީޒާ ދުރަށް ލަމުން އޭނާ ތެދުވިއެވެ. ލީޒާގެ ގޮވުމަކަށް ބެލުމެއްނެތި ގޮސް އޭނާގެ އަންނައުނު ލިއެވެ. އަވަސް އަވަހަށް ހޮޓެލުން ނުކުމެގެން ދިޔައީ އަރީނާއި މެދު ކަންބޮޑުވެފައިވާ ޙާލުގައެވެ. އެއީ އަދި އެންމެ ސާދަ އަހަރުގެ އަންހެން ކުއްޖެއް ވިއްޔާއެވެ. 

ރޮމުން ހޮޓެލުން ނުކުތް އަރީން ހުއްޓާލީ މަގުގެ އެއްފަރާތުގައި ހުރި ގަހެއްގެ ދޮށުގައެވެ. ތަނާއި ޙާލަތާއި މެދު ވިސްނާލެވޭނެ ވަރަށް ވުރެ އޭނާ ހުރީ ސަކަރާތް ވެފައެވެ. އެ ހިޔަލުގައި އިށީނދެ އަރީން ކަކޫ މޭގައި ޖައްސާ ބޯއަޅާލިއެވެ. ގިސްލަގިސްލައިފައި ރޮމުން ދިޔަ އެ އަންހެން ކުއްޖާގެ ހިތުގައި ވަނީ ޝަކުވާއެވެ. ލޮލުން ދެކި އަތުން ހިފުމުން ދެން އެ ޙަޤީޤަތާއި ދެކޮޅު ހަދާނީ ވަކި ކިހިނެއް ހެއްޔެވެ؟ އޭނާގެ ދޮންބެގެ މި އަނދިރިފަރާތް ކަޝްފުވުމުގެ ކުރިން ލޮލުގެ ފެނުން ގެންދެވިނަމަ ކޮންފަދައޭ ހިތަށް އެރިއެވެ. 

ހޮޓެލުން ނުކުތް ޔަޒާނަށް އަރީން ފެނުމުން އަވަހަށް އެ ދިމާއަށް ދިޔައެވެ. އަމިއްލަ ކޮއްކޮގެ ޙާލަތު ފެނިފައި ޔަޒާނަށް ހިންދިރުވާލެވުނެވެ. ކުށްވެރިކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ގަސްދޮށުގައި ހުއްޓި އަރީނާއި އެއް ހަމައަކަށް ތިރިވެލިއެވެ. “ރީއްކޯ!” ޔަޒާނަށް އެހެން ބުނެވުނީ ވެސް ކިރިޔާއެވެ. އަރީން ބޯހިއްލާލުމުން ފެނުނު ކަރުނަވީ ދެލޮލުގެ ސަބަބުން ހުއްޓުން އެރީއެވެ. 

“ކީ…ކީއްވެ؟” އަރީންގެ އަޑުގައި ވަނީ ހިތްދަތިކަމެވެ. ޔަޒާން އެ ސުވާލަށް ޖަވާބު ދޭން ނުކުޅެދުނު ކަހަލައެވެ. “ރީއްކޮ އަކަށް ނުވިސްނޭނެ.” އިރުގަނޑަކު ހަމަހިމޭނުން ހުރުމަށް ފަހު ޔަޒާން ބުނެލިއެވެ. “ދޮންބޭ! ހަމަ ނުވިސްނެނީތަ؟ ހަމަ ނޭނގެނީތަ ތި ކުރެވެނީ ކިހާ ގޯސް ކަމެއް ކަން. އަހަރެންނަކީ ހެޔޮ ނުބައި ވަކިކުރަން ދަންނަ ދަރިއެކޭ. ދޮންބެ ތި ކުރަނީ ކަނޑައެޅިގެން ޙަރާމް ކަމެއް. ޙައްދުގެ އަދަބު ލިބިގަންނަން ޖެހޭނެ ވަރުގެ ކުށެއް.” އަރީން ތެދުވެ ވާހަކަ ދެއްކި އިރު އެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. 

“ރީއްކޯ! ކުށެކޭ ކިޔާފަ އެއްބަސް ވެވޭތަ؟ ރީއްކޮ ބޭނުމީ މި ޢާއިލާގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލަންތަ؟ އޭރުން މަންމަ ވެސް ބައްޕަ ވެސް އެކަކު ވެސް އަހަރެންނަށް މާފެއް ނުކުރާނެ.” ޔަޒާން ބުނެލިއެވެ. “އަބުރާއި ޢިއްޒަތޭ؟ ބަލަ ދޮންބެ އެފަދަ ކަމަކަށް އުނިކަމެއް އަތުވެދާނެތީ ބިރުގަންނަނަމަ ކީއްވެގެންތަ އެ ލީޒާއަކާއި އެކު އެ ވަރުގެ ގަނޑެއް ގަތީ؟ ދެން ވެސް ނިކަން ﷲ އަށް ބިރުވެތިވެބަލަ. ކުށަށް ތައުބާވެ ޙައްޤު އަދަބު ލިބިގަނޭ. އަދި ލަހެއް ނުވެއެއްނު. އެންމެ ކުޑަ މިނުން މިކަން ކުރެވެން ޖެހޭނެ.” އަރީން ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. 

“ދޮންބެ އަށް މާފު ކުރޭ. ތި ކަން ކުރެވޭކަށް ނެތް. އެއީ ރީއްކޮ ތި ހީކުރާ ކަހަލަ ފަސޭހަ ކަމެއް ނޫން.” ޔަޒާން އިންކާރުކުރިއެވެ. “ތިއީ އިރެއްގަ އަހަރެންގެ ނަމޫނާ ދޮންބެއަށް ވީތީ މިއަދު ފަޟީހަތް ކުރާ ކަށް ނޫޅެން. އެކަމަކު ހަނދާން ކުރާތި. ދޮންބެ ދޮންބެގެ ކުށަށް އެއްބަސްވެ، އަދަބު ލިބިގަނެ، ތައުބާވުމުން ނޫނީ ތިއީ އަހަރެންގެ ދޮންބެ ކަމުގައެއް ނުދެކޭނަން. މިކަން ނުވަންޏާ ދެން ތިއީ އަހަރެންގެ ދޮންބެ އެއް ނޫން.” އަރީން ސާބިތު ކަމާއެކު އެހެން ބުނެލީ ހިތް ކުދިކުދި ވެފައިވާ ޙާލުގައެވެ. ޔަޒާނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އަށް އަރީން ގިސްލަމުން އެ ހުށަހެޅި ޝަރުތަށް ހިލާ އެއްބަހެއް ނުވެވުނެވެ. ލީޒާ އާއި ދުރުވާން ނިންމިއެއް ކަމަކު ފާޅުގައި އެކަމުގެ އަދަބު ލިބިގަންނާކަށް އޭނާ އަކަށް ނުކެރުނެވެ. އެ ދެބޭންގެ މެދުގައި ހިލައިގެ ބޯ ފާރެއް ރޭނިގެން ދިޔައީ އެ ރެއެވެ. 

***

ޖެހިގެން އައި ދުވަހެވެ. އަރީން ގޮވައިގެން ސުކޫލަށް ދިޔައިރު ވެސް އަފްޒަލް އޭނާ އަށް ވަރަށް ނަސޭހަތް ދިނެވެ. އެކަނި ތަންތަނަށް ނުދާށެވެ. އަރީން މި ވާހަކަތައް އަޑުއަހަން ހިމޭނުން އިނެވެ.  

ހުރަވީ ސުކޫލުގެ ގޭޓުން އެތެރެއަށް ވަދެވުމާއި އެކު އަރީނަށް މަރުހަބާ ކީ ޖޫސް ފުޅިއެއްގެ ހަމަލާއެކެވެ. އަޅައިގެން ހުރި ބުރުގަލާއި ޔުނީފޯމު ތެމި ފޯވެގެން ދިޔުމުން އަރީނަށް ދެލޯ މަރާލެވުނެވެ. އިސް ޖަހާލައިފައި އޭނާ އަނެއް ފަރާތަށް އެނބުރުނީ އެއީ ކާކުގެ ޢަމަލެއްތޯ ބަލައިލުމަށެވެ. ޝައުލާ އާއި އޭނާގެ އައުވާނުން ފެނިފައި އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަރީންގެ މޫނަށް ވީ ގޮތުން އެ މީހުންގެ މޫނުމަތީގައި ކުޅެލެވިފައިވާ ވިހަ ހިނިތުންވުން ފުންވިއެވެ. 

“ކިހިނެއް ވީ ތަ؟” އެ ވަރުން ވެސް އަރީންގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ. “މަށަށް ލަނޑު ދޭ މީހުންނަށް ލިބޭ ހަދިޔާ ތިއީ. ކަލެއަށް ކީއް ކުރެވޭނީ؟ އަޅެ މޮޅިއްޔާ ގޮތެއް ހަދާބަލަ. ސައިޒު ކަޓައިގެން އަހަރެންގެ ޒެވް އާ ހިތާވާކަށް ކަލެއަކަށް ނުޖެހޭނެ.” ޝައުލާ އޭނާގެ އަތުގައި އޮތް ޖޫސްފުޅި ފިސްފިސް ކޮށްލައިފައި އަރީންގެ މޫނު މަތީގައި ޖެއްސެވެ. 

އަރީން އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ ޝައުލާ އާއި ޖަދަލުކުރަން ބޭނުން ނުވާތީއެވެ. އެ ވަގުތު ގޭޓުން އެތެރެއަށް ވަދެގެން އައި އަޒާޔާ އަށް މި މަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ. އޭނާ ޝައުލާމެންނަށް ބޮން އަޅާލަން ތައްޔާރުވެފައި އަނގަ ހުޅުވާލިއެވެ. ބުނެވުނީ އެންމެ ލަފްޒެކެވެ. އަރީން ހުޝިޔާރު ކަމާއި އެކު ގޮސް އަޒާޔާގެ އަތުގައި ހިފިއެވެ. “އަޒާ! އިތުރު ތަޅާފޮޅުމަކަށް ދާން އުޅޭނެ ކަމެއް ނެތް. ގަޑި ވެސް ޖެހެން ގާތް ވަނީ. ކޮންމެ ކަމެއް ކުރިޔަސް މިއީ ނުވާ ކަމަކަށް ނުހެދޭނެ. އެންމެ ރަނގަޅު ވާނީ އަޅާނުލިއްޔާ. އެނގެއެއްނު ޝައުލާ އަށް ގޮންޖަހާ މީހުންނަށް ހަދާލާ ގޮތް. ފާޚާނާ އަށް ގޮސް މި ފިލުވޭތޯ ބެލީމަ ވީނުން.” އަރީންގެ ދުލުން ބޭރުވީ ނަސޭހަތުގެ ލަފްޒު ތަކެކެވެ. 

“އެކަމަކު…. ރީންގެ ބުރުގާއާއި ޔުނީފޯމް ވެސް ތެމި މުޅީން ޚަރާބުވީނުން. ފާޚާނާއިން އެކަންޏަކު މި ދޮވެ ސާފެއް ނުކުރެވޭނެ. ޔުނީފޯމު ބަދަލު ކުރަން ގެއަށް ދާން ޖެހޭނެ. އެޓްލީސްޓް މި ކަން ސުޕަވައިޒަރަށް އަންގާ.” އަޒާޔާ ތުންފިއްތާލިއެވެ. އެހެނަސް އަރީން އެކަމާ ވެސް ދެކޮޅު ހެދީއެވެ. އަޒާޔާ އެ އަޑު އިވުނު ކަމަށް ވެސް ހަދާނުލާ އަރީންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ސުޕަވައިޒާސް ރޫމަށް ވަނެވެ.

“ސަރ. ޝަ…” އަޒާޔާ ދައްކަން ފެށި ވާހަކަ މެދުކަނޑާލަން ޖެހުނީ އަރީން ވާހަކަ ދައްކަން ފެށުމުންނެވެ. “އަޅުގަނޑު ޔުނީފޯމު ބަދަލުކޮށްލަން ގެއަށް ދިޔަޔަސް އެންމެ ރަނގަޅުތޯ.” އަރީން ހުއްދަ އަށް އެދުނެވެ. އެލްޓީ ހުއްދަ ދިނުމުން ދެ މީހުން އެ ތަނުން ނުކުމެގެން ދިޔައެވެ.

އަރީނަށް ޔުނީފޯމް ބަދަލު ކޮށްގެން އާދެވުނު އިރު ފުރަތަމަ ގަޑި ނިމިއްޖެއެވެ. ކުލާހަށް އެހާ ލަހުން އައުމުން ސުމައްޔާގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. 

“ޝައުލާގެ އެފެކްޓް” އަޒާޔާ ގޮނޑީގައި އިށީނދެ ސުމައްޔާ އަށް ކުރު ޖަވާބެއް ދިނެވެ. “ކަލޯ އަނެއްކާ އެ ތުއިތެޅުވި ކީއް ކުރީ؟” އަނެއްކާ އަނެއް ސުވާލެވެ. ނުހަނު ބާރަށެވެ. “ސުމައްޔާ! ވާހަކަ ނުދައްކާ ފިލާވަޅަށް ސަމާލުކަން ދީ ބަލަ. އޯ ލެވެލް އިމްތިހާނުތައް އައިސް ޖެހޭއިރު ވެސް މިކުއްޖާ ސީރިއަސް ވާކަށް ނޫޅޭ.” ހިސާބު މުދައްރިސް ނުރުހުމާއި އެކު އެހެން ބުނެލުމުން ސުމައްޔާގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. ވަގުތުން ހަމަހިމޭން ވެއްޖެއެވެ. 

“ޝައުލާ އަރީއަށް ކީއްކުރީތަ؟” މަސައްކަތް ހަވާލު ކުރުމާއި އެކު ނާއިލް އެހިއެވެ. “މާ ބޮޑު ކަމެއް ނުކުރޭ!” އަރީން ޖަވާބެއް ދިނީ ބަނޑަށް އިވޭ ވަރަށެވެ. ކުލާހުގެ ސީޓިން އެރޭންޖްމަންޓް ބަދަލުކުރި ފަހުން އަރީން ވާހަކަ ދައްކަނީ ޙާލަކުން ފަހަރަކުއެވެ. ކުރިން ރޭގެ ހާދިސާ އަށް ފަހު ނާއިލް އާއި މެދު އޭނާ ދެކެމުން އައި ނަޒަރިއްޔާތު މުޅީން ބަދަލު ވީއެވެ. ދެން އޭނާއާއި ޖެހިގެން އިންނަން ޖެހުމުން ވާނީ މި ވަރެއްނޫން ހެއްޔެވެ؟

ކުލާހުގައި ގިނަ ގަޑިތަކުގައި ނާއިލްގެ ސަމާލުކަން ހުއްޓިފައި ހުންނަނީ އަރީނަށެވެ. އެ ތޫނު ނަޒަރުން އަރީނަށް އުނދަގޫވާ މިންވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެކަން ފާޅުނުކޮށް މަސައްކަތް ތަކައިގެން ކުރިއަށް ދާން އެ ފަކީރަށް ވަރުގަދަ ހިތްވަރެއް ލާން ޖެހެއެވެ. އެ ފަދަ ކޫސަނި ކަމަކުން އޭނާގެ ކިޔެވުމަށް ހުރަސް އެޅެން އަރީން ބޭނުމެއް ނުވެއެވެ. ދިހައެއްގެ މި މުހިންމު އަހަރު ހަދާ އިމްތިހާނުތަކުން ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ނަތީޖާއެއް ހޯދުމަކީ އޭނާގެ އަމާޒެވެ. 

އިންޓަވަލް ގަޑިއެވެ. ސުކޫލު ކެންޓީނުން ހުސް މޭޒެއް ހޯދައިފައި ގޮސް އަޒާޔާ މެން އިށީނެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް އަރީން މިއަދު އައީ ގެއިން އިންޓަވަލް ހިފައިގެންނެވެ. އޭނާގެ ބައްޕަ އަންގައިފައި އޮތީ ބޭރުން ނުކާށެވެ. އެހާ ވަރަށް އޯވާ ޕްރޮޓެކްޓިވް ވެއްޖެއެވެ. 

“ކޮން އެއްޗެއް ނަގާނީ؟” މޭޒު ކައިރިއަށް ހުއްޓުނު މީހާ އެހިއެވެ. އަޒާޔާ ޗީޒް ބާގާއަކާއި މައިލޯ ޕެކެޓެއް ނަގަން ބުނެލިއެވެ. ސުމައްޔާ ވެސް ހަމަ އެއަށެވެ. “ކޮއްކޮ އެއްޗެއް ނުނަގަން ތަ؟” ކެތްތެރިކަން ނެތިގެން އުޅޭ މީހެއް ފަދައިން އޭނާ އަރީނަށް ބަލައިލިއެވެ. އެ މީހާގެ ފިނި ބެލުން އަމާޒުވެފައި ހުރި ގޮތުން ވެސް އަރީންގެ ހަށިގަނޑުން ހީބިހި ހިލުވާލިއެވެ. “އެއްޗެއް ނުނަގަން.” އިސްޖަހާލަމުން އަރީން ރައްދެއް ދިނެވެ. އެ ފިރިހެން މީހާ ދިއުމުން އަރީން ގެނައި އިންޓަވަލް ތަށީގެ މަތި ނެގިއެވެ. 

“ބޮސް! އެ ކުއްޖާ އެއްޗެއް ނުނަގައޭ. ދެން ކިހިނެއް ތަ ހަދަންވީ؟” ކެންޓީނުގެ ކައްކާ ބަޔަށް ވަދެފައި އެ ފިރިހެން މީހާ ކަންފަތުގައި ފޯނު ޖެއްސެވެ. “ހެވޭ. މީގެ ކުރިން އެ ކުއްޖާ އެންމެ ގިނައިން އޯޑަރު ކުރާ ބުއިން ވިޔަސް ފޮނިއެއްޗަކަސް ކޮންމެވެސް އެއްޗެއް ދީބަލަ. އޭއްޗަކުގެ **އާއި ހެދި ބޭރުން ވެސް ދިމާކުރެވޭކަށް ނެތް. ކަލެއަށް ލާރި ދީފަ ތި ހުރީ ބޭނުމަކު ދޯ!” އެކޮޅުން ވާހަކަ ދެއްކި މީހެއްގެ އަޑުގަދަކަމުން ހީވަނީ އެ ބޭރު މީހާގެ ހިނދުރި ފަޅާލަން އުޅުނު ހެންނެވެ. 

“އޯކޭ. މައްސަލައެއް ނެތް.” ފޯނު ޖީބަށް ލައިފައި އެމީހާ ގޮސް އަޒާޔާ މެންގެ އޯޑަރު ތައްޔާރު ކޮށްލިއެވެ. އަދި އެހެން މީހަކަށް އެނގުމެއް ނުވާނޭ ކަހަލައަކުން އިތުރު ސްޓްރޯބެރީ މިލްކްޝޭކެއް ނަގާ އެއަށް ކުޑަ ފުޅިއެއްގައި ހުރި ދިޔާ އެއްޗެއް އަޅާ ގިރާލިއެވެ. 

ތަބަކަކަށް ހުރިހާ އެއްޗެއް ލުމަށްފަހު ހިނގައިގަތް ފިރިހެނާގެ މޫނުމަތީގައި ކުޅެލައިފައި ވަނީ ވިހަ ހިނިތުންވުމެކެވެ. އެހެން މީހަކަށް ޝައްކެއް ނުވާނޭ ފަދައިން އޭނާ ގޮސް އަރީންމެން ތިބި މޭޒާއި ދިމާލަށް ދިޔައެވެ. އަޒާޔާ އާއި ސުމައްޔާގެ އޯޑަރު ބެހެއްޓުމުން އެމީހުން އެ އަށް ވާ ފައިސާ ދިނެވެ. އޭގައި ހިފައިފައި އެ ފިރިހެން މީހާ އަރީންގެ ކުރިމަތީގައި ސްޓްރޯބެރީ މިލްކްޝޭކް ތަށި ބެހެއްޓިއެވެ. 

ކެންޓީނަށް ވަދެފައި ޝައުލާ އެތަން ސްކޭން ކޮށްލީ އޭނާގެ ހިތުގައި ރަސްކަން ކުރަމުންދާ ފަރާތުގެ ހިލަމެއް ވޭތޯއެވެ. އެތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިން ޒަވިއަން ފެނުމުން އެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ އަސަރުތައް ވެރިވިއެވެ. އޭނާ އާއި އެކުހެން ނައުރީން އާއި ޔޫލީން ވެސް ހިނގައިގަތީ އެ ދިމާލަށެވެ. ޝައުލާ ގޮސް އެ މޭޒު ކައިރީގައި ހުރި ހުސް ގޮނޑިއެއްގައި އިށީނެވެ. އޭނާގެ ފަހަތުން ދިޔަ ދެ އަންހެން ކުދިން އެ ތަނުގައި ހުއްޓެލިއެވެ. ނައުރީން ފަރިވަމުން ދިޔައީ އިޙުސާނުގެ ސަމާލުކަން ދަމައިގަނެވޭތޯއެވެ. 

“ކަލޭ ކީކޭ ހިތަށް އަރައިގެން ތަ ތި އުޅެނީ؟” ޒަވިއަނަށް ޝައުލާ ފެނުމާއި އެކު ދަތްކުނޑި ވިކިގެން ދިޔައެވެ. “އޯހް ކަމްއޯން. މިހާރު މި ސުކޫލު އެންމެންނަށް އެނގޭނެ އަހަރެމެން ދެމެދުގައި ލޯބީގެ ގުޅުމެއް ވާކަން. ދެން ކީއްތަ ވާނީ އަސްލުގައި ވެސް ޗާންސެއް ދިނިއްޔާ.” ޝައުލާގެ އަޑުގައި ތުއި ގޮތެއް ހުއްޓެވެ. “ޝައުލާ! މަގޭ އަތުން ބޮނޑިއެއް ބޯން ބޭނުން ނޫނިއްޔާ މި ތަނުން ދުރަށް ދޭ!” އަތް މުށްކަވާލައިފައި ޒަވިއަން އަމުރުކޮށްލިއެވެ. އޭނާގެ ގާތުގައި އިން އިޙުސާނު އާއި ލީވާން ވެސް އެދުނީ ޝައުލާ ގާތު އެތަނުން ދިއުމަށެވެ. މި އޮށްފަދަ ބައިބޯ ކެންޓީނު ތެރޭގައި ތަޅާފޮޅުމެއް ހިނގާކަށް އެއިން އެކަކު ވެސް ނޭދެއެވެ. 

ޝައުލާ އެ ގޮނޑިން ތެދުވަން ވިސްނާލީ ޒަވިއަން އޭނާގެ އަތުގައި އޮތް ޕްލާސްޓިކް ފުޅި ބޮނޑިކޮށްލުމަށް ފަހު އެ ދިމާލަށް އެއްލާލުމުންނެވެ. ފާޑަކަށް އަނގަ ހަދާލައިގެން ހުރެ އޭނާ ހިނގައިގަތީ ކެންޓީނުގައި ހުސް މޭޒެއް ހުރި ތޯ ބަލަމުންނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އަރީންމެން ތިބި މޭޒާއި ޖެހިގެން ހުރި މޭޒެކެވެ. އެ ދިމާލަށް ހިނގައިގަތް އިރު އޭނާގެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އޭނާ އަށް ހެވި ދިއްލިފައި އިން އަރީން ފެނުމުން ހީވީ އެ ރުޅިގަނޑަށް ޕެޓްރޯލް އަޅާލިހެންނެވެ. 

“އަޅުގަނޑު އެއްޗެއް ގެންނާކަށް ނުބުނަން.” ގެނައި އިންޓަވަލް ތަށިން ތަރުކާރީ ސެލެޑެއް ކާން އިން އަރީންގެ މޫނު މަތީގައި ވަނީ ވަރުގަދަ ސުވާލު މާކެކެވެ. “މިއީ ބޭބެގެ ފަރާތުން ކޮއްކޮ އަށް ދޭ ކުޑަ ހަދިޔާއެއް. ކޮއްކޮ މިތަނުން އެންމެ ގިނައިން ގަންނަ ބުއިމަކީ މިއެއްނު.” ހިތްހެޔޮކަން އިސްތިހާރު ކުރަމުން އެ ފިރިހެން މީހާ ވާހަކަ ދެއްކިއެވެ. އަރީން އޭގައި ހިފީ މީހަކު އެހާވަރުން އެ ބުއިން ގެނެސްދިނުމުން ބޮލާލާ ޖަހަން ބޭނުން ނުވާތީއެވެ. ސެލެޑު ކައި ނިންމާފައި އަރީން އެ ސްޓްރޯބެރީ މިލްކްޝޭކް ތަށީގައި ތުން ޖަހާލިއެވެ. އެއީ އަރީންގެ މަރާއި ބައްދަލުކޮށްލަދޭނެ މެދުވެރިއެއް ކަން ނޭނގޭ ޙާލުގައެވެ. 

ދުރުގައި އެ މަންޒަރު ބަލަން ހުރި ފިރިހެނާގެ ހިނިތުންވުން ފުޅާވިއެވެ. “ޔެސް ޝީ އިޒް ޑްރިންކިން އިޓް. އެންމެ ކޯވަރެއް ބޯލިޔަސް ފުދޭނެ. އެންމެ ލަސްވެގެން ފަސް މިނެޓް ތެރޭ ހިތް ހުއްޓޭނެ.” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެ މީހާ ބުނެލިއެވެ. ދެން އިވުނީ އެ ކޮޅުން ވާހަކަ ދެއްކި މީހާ ޝައިޠާނީ ގޮތަކަށް ހިނިގަނޑެއް ޖަހާލި އަޑެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މާސްކު (ޕާޓް 23)

Next

ވިހަ ލޯބި 12

Next
October 16, 2025

ވިހަ ލޯބި 12

Previews
October 16, 2025

މާސްކު (ޕާޓް 23)

12 Comments!

  1. Anonymous says:
    October 16, 2025 at 1:09 pm

    Alheyy Areen ah dhera gotheh nahadhahchey when next???

    1. White rose White rose says:
      October 16, 2025 at 1:37 pm

      IA next Monday ga submit kohlaanan
      Shukran Anonymous ✨✨

  2. Riusha💙 says:
    October 16, 2025 at 3:00 pm

    MA mi episode ves vrh reeth.. Oh god.. Aree ah dhera gothey nuhadhachey.. Vrh curious hisaabakun thi ninmaaly.. Curiously waiting for the next episode..
    Kon irakun next episode????
    Take Care.. Luv ya 💙💙

    1. White rose White rose says:
      October 16, 2025 at 4:24 pm

      Hehe, curiousity makes story more interesting.
      IA next Monday ga.
      Shukran Riusha💙 ✨✨
      Tc, lyt darl 💕💕

  3. Ethereal says:
    October 16, 2025 at 7:02 pm

    please don’t kill herr
    BTW mi bai ves vrh reethii inge

    1. White rose White rose says:
      October 16, 2025 at 8:06 pm

      Let’s see areen ah vaa gotheh.
      Shukran Ethereal ✨✨

  4. Anonymous says:
    October 17, 2025 at 1:24 am

    ik shes not going to die since shes mc but damn they infiltrated the school canteen too theyre that desperate and that shaula idk why shes so obsessed with zavian and who even has time to bully others during a levels

    1. White rose White rose says:
      October 17, 2025 at 6:10 am

      Shukran Anonymous ✨✨

  5. Anonymous says:
    October 17, 2025 at 1:35 am

    also it would be nice to see the other characters more and their romance i feel like we get more content on areen and zavian but not enough of other characters even though theyre in the cover and they were in the thaaraf too i hope to see more of their parts too

    1. White rose White rose says:
      October 17, 2025 at 6:10 am

      Adhi e bai thah ves annaane. Main couple ah mi vhk bodah fous vefa innaany
      Shukran Anonymous ✨✨

  6. laana says:
    October 18, 2025 at 5:12 am

    v.interesting❤️

    1. White rose White rose says:
      October 18, 2025 at 7:30 am

      Shukran Iaana ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 7←


All Right Reserved!