Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ……1

ނޯޓް:މިއީ މިގޮތަށް އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ބާރު ހިނގުމުގައި “ސީސައިޑް” ކޮމްޕެނީއަށް ވަދެގެން ދިޔަ ޒުވާނާއަށް އެތާތިބި އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އިސްކޮޅުން ދިގުވެފައި އަލި ހަންގަޑެއްގެ ވެރިއެކެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓާއި ކަޅު ޖެކެޓުގެ އިތުރަށް ހަމަ ކަޅުކުލައިގެ ޖީންސްގައި އޭނާ ހީވަނީ ބޭރު ޤައުމުގެ މޮޑެލްއެއް ހެނެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑުން އެއްބައި ނިތް މައްޗަށް ވެއްޓިފައި އޮތް އިރު އެ ތޫނު ދެލޯ ވަނީ ރޭބޭން ބްރޭންޑުގެ އަވިއައިނަކުން ފޮރުވާލެވިފައެވެ. ލައިގެން ހުރި ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ހިނގާފައި ގޮސް އޭނާ ވަނީ ސީއީއޯގެ ކޮޓަރިއަށެވެ.

“އޭ ބްރޯ. ޝައިމް އެބައިން ކައޭގެ އިންތިޒާރުގަ!” ކޮޓަރިއަށް ވަތްގޮތަށް ޒައިން ބުނެލިއެވެ. ” ހޫން. ހިނގާ ދާން. މަ އޭރުވެސް ކައޭމެން ކައިރީ ބުނިން ހެނދުނު މަ ބަލާ ނާންނައްޗޭ!” ބޯ ހޫރާލަމުން މާއިޝް ބުނެލިއެވެ. ” ދެން ހެވެއްނު؟” ޒައިން ޖަވާބު ދިނެވެ.

“ނައިޓްވިއު” ރެސްޓޯރެންޓްގެ މޭޒުގައި އިން ޒުވާނާ އިރުއިރުކޮޅާ ވަންނަ ދޮރާ ދިމާލަށް ބަލާލައެވެ. ހީވަނީ އެޒުވާނާ އިނީ މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. އިރުކޮޅަކުން އޭނާ ފުންނޭވާއެއް ދޫކޮއްލީ އެތެރެއަށް ވަދެގެން އައި ދެޒުވާނުން ފެނިފައެވެ. “އާދެވިއްޖެ ދޯ؟” އޭނާ ބުނެލިއެވެ.” ކިހިނެއްވީ؟ލަސްތަ؟” ޒައިން އަހާލިއެވެ. “ނޫނޭ ލަހެއް ނޫން!” ޝައިމް ޖަވާބު ދިނެވެ. ” ހޫން ދެން ކިޔާބަލަ ތި ނުކިޔިގެން އުޅޭ އެއްޗެއް” މާއިޝް ބުނެލިއެވެ. ” އާނ. މަ ބުނީ ހިނގާށޭ އެންމެން ޗުއްޓީއަށް ރާއްޖެ ތެރޭ ރަށަކަށް ޖައްސާލަން.” ޝައިމް ބުނެލިއެވެ. “ސަޅި ވާނެ. މަ ބައްޕަ ބުނެގެންނޭ މިއަދު ކޮމްޕެނީއަށް ދާން މިޖެހުނީ. އޭރުންނޯ ކިޔަވާ ނިމެން ވާއިރަށް ދަސްވާނީ.” މާއިޝް ބުނެލިއެވެ.

“އޯ. އެހެންމަ ކޮން ރަށަކަށް ދާނީ؟” ޒައިން އަހާލިއެވެ. ” އެ ޔަަޢީޝް އުޅެނީ ކޮން ރަށެއްގަތަ؟އާނ! ރަސްދޫއަށް ދާން ހިނގާ” ޝައިމް ބުނެލިއެވެ.”ސަޅި! އޭނާ ނުފެންނަތާ ވެސް އެހާ ދުވަސްވެއްޖެ އެއްނު؟” ޝައިމްގެ ބަހަށް އެއްބަސް ވުމުގެ ގޮތުން ޔަޢީޝް ބުނެލިއެވެ.”އެހެންމަ ފައިނަލް ދޯ؟” ޒައިން އަހާލިއެވެ. “ހްމްމްމްމް” ޝައިމް ޖަވާބު ދިނެވެ.

ކޮފީ ނިންމާލުމަށްފަހު ޒައިން ދިޔައީ ގެއަށެވެ. ނަމަވެސް ގޭ ދުރު ހުޅުވާފައި ވަތް ޒައިންގެ ދެލޯ ބޮޑުވީ ސޯފާގައި އިށީންދެގެން އިން މީހާ ފެނުމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. ކިޔުންތެރިޔާ

    ފުރަތަމަ ފަހަރަށް ބަލާފަ ވާހަކަ ވަރަށް ހަބޭސް އިންޓްރެސްޓިންގް ގޮތެއް އެބަހުރި ވާހަކަ ތަންކޮޅެއް ދިގުކޮށްލާނަމަ ސަޅިވާނެ

  2. DevilQueen

    Thankyou so much kiyuntheriyaa! Insha Allah next part dhigu kohlaanan

  3. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Next part miyah vureh dhigu vaane kamah umeedhu kuran

    1. DevilQueen
      Cutie girl

      Thankyou Cutie girl. And yes insha Allah nxt part dhigu kohlaanan

  4. Repunzil

    Vv reethi……
    When is next part
    Waiting for it

    1. DevilQueen
      Repunzil

      Thankyou Repunzil . Next part submit kohfin. Insha Allah varah avahah kiyaalan libeyne.

  5. Princess

    Mi part varah salhi
    Keep up the good work gurrrl

    1. DevilQueen
      Princess

      Thankyou Princess

  6. DevilKing

    Mi part vess varah salhi Masha allah..Curiously waiting for the next part

Comments are closed.