Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 11

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
February 14, 2025 8 Mins Read
13 Comments

“އަހަރެން ދުވަސްކޮޅެއް ވެއްޖެ އަޒްއާ މިވާހަކަ ދައްކަން އުޅޭތާ.. އެކަމަކު އަޒް އަހަންނަށް ފުރުސަތެއް ދީގެން ދޯ ވާހަކައެއް ވެސް ދެއްކޭނީ.. ދީސް ޕާސްޓް ފޯރ މަންތްސް ތެރޭ އަޒް ވަރަށް ބޮޑަށް ބަދަލު ވެއްޖެ.. އަޒްގެ މިޒާޖަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިއްސި.. އަޒްގެ ފެމިލީއާ ފްރެންޑްސްއާވެސް އަޒް ވަރަށް ދުރުވެއްޖެ.. އަޒްގެ ވޯރކްއާވެސް ވަރަށް ދުރުވެއްޖެ.. އަދި.. އަދި އަހަންނާވެސް އަޒް ވަރަށް ދުރުވެއްޖެ..” އެންމެ ފަހު ޖުމުލަ ބުނެލި އިރު ޔައިލްގެ އަޑުގައިވީ ޝަކުވާގެ އަސަރުތަކުން އަޒަލްއަށް އިސްއުފުލައިލާ، ޔައިލްއާ ދިމާއަށް ބަލައިލެވުނެވެ. އޭރު ޔައިލްވެސް އިނީ ކަޅިޖަހައިލުމެއް ނެތި އަޒަލްއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހިނދު ޔައިލްގެ ކަޅުކުލައިގެ ފުން ދެލޮލުން ތަފާތު ވިދުވަރެއް ފެނިލިހެން އަޒަލްއަށް ހީވީ ކީއްވެ ކަމެއް ނޭނގުނެވެ.

“ޕްލީޒް އަޒް.. އަހަންނަށް ދޮގު ނުހަދައްޗޭ.. އަޒްއާ ދޭތެރޭ ކަންބޮޑުވެފަ ތިބި މީހުން އެބަ ތިއްބޭ ބައިވަރު.. ކުރިން ދުވަހު އަފާންބެއާ ޒާއްތަވެސް އެހި އަޒްއަށް ކަމެއް ވެގެން ހެއްޔޭ އުޅެނީ.. މަ ވަކި ކީކޭ ބުނާނީ.. އަނެއްކޮޅުން ޔަލްވެސް ބުނި އާރޫ ބުންޏޭ އަޒް އާރޫއާވެސް ދުރުދުރުން އުޅޭ ވާހަކަ.. އަޒް ޕްލީޒް.. ދޮގު ނުހަދާ ހުރިހާ އެއްޗެއް އަހަންނަށް ތެދަށް ކިޔައިދީ.. ކުރިންވެސް ހުރިހާ ވާހަކަތަކެއް އަހަންނާ ހިއްސާ ކުރާ ގޮތަށް.. އަހަންނަށް އިތުބާރު ކުރޭ.. އަޒް ކަމެއް ނުވެޔޭ ބުނެފަ މިކަން ހިންދައިލަން އުޅުނަސް އަހަންނެއް ގަބޫލެއް ނުކުރާނަން.. ސޯ ޕްލީޒް.. ބީ އޮނެސްޓް ވިތް މީ.. ޓެލް މީ.. ވަޓްސް ގޮއިން އޮން..؟” ޔައިލްގެ ވާހަކަ ނިމުނު ހިނދުން އަޒަލްއަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ގިސްލަގިސްލާފައި ރޯން ފެށުނު އިރު، ދެއަތުން މޫނު ފޮރުވަމުން އަޒަލް އިސްދަށަށް ޖަހައިލިއެވެ.

އަޒަލްގެ ވޭނީ ރުއިމުގެ އަޑު އިވުމުން ޔައިލްގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ ފަދައެވެ. ކުރިން ދުވަހަކުވެސް އަޒަލް އެފަދަ ގޮތަކަށް ރޯތީ ފެނިފައި ނުވާތީ ޔައިލްގެ ހިތަށް ކުރީ ތަފާތު އަސަރެކެވެ. ވަގުތުން އަޒަލް ގެނެސް، އެ މޭގެތެރޭގައި ފޮރުވައިލީ އެހިތަށް ކުޅަދާނަ ނުވުމުންނެވެ. ޔައިލްގެ އެ ކުއްލި ޙަރަކާތާއެކު އަޒަލް ތެޅިގަނެފައި ދުރަށް ދާން މަސައްކަތް ކުރި ނަމަވެސް ޔައިލް އެ ފުރުސަތެއް ނުދިނެވެ. އަޒަލްގެ ގައިގައި ވަށައިލެވިފައިވީ ދެއަތް އިތުރަށް ބާރުކޮށްލަމުން ޔައިލް އޭނާގެ ދަތްދޮޅި އަޒަލްގެ ބޮލުގައި ޖައްސައިލީ ބޭނުން ވަރަކަށް ރޯނެ ފުރުސަތު އަޒަލްއަށް ދެމުންނެވެ.

ޔައިލްއާއި ދުރުވާން ބޭނުންވި ނަމަވެސް ޔައިލް އޭނާގެ ގައިގައި ހިފަހައްޓާލައިގެން އިންލެއް ބާރުކަމުން އަޒަލްއަށް އެކަމެއް ނުކުރެވުނެވެ. ހިތުގައިވީ ޒަޚަމްގެ ފުންކަމާއެކު އެންމެ ފަހުން އަޒަލްވެސް ޔައިލްގެ ދެއަތުގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އިނީއެވެ. އެފަދަ އޯގާތެރިކަމަކަށް ނިހާޔަތަށް ބޭނުންވެފައިވީ ހިނދު، އެތައް ދުވަހެއް ފަހުން އެފަދަ އަޅައިލުމަކާއި ރައްކާތެރިކަމެއް ލިބުމުގެ އިހުސާސް ކުރެވުމުން އަޒަލްވެސް އިނީ ޔައިލްއާއި ދުރުވާން ބޭނުން ނުވެފައެވެ. އަަޒަލްގެ ދެލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތިކިތަކުން، ޔައިލް ލައިގެން އިން ޓީޝާޓުގެ މޭމަތި ތެމެމުން ދިޔަ އިރު، ޔައިލްއަށް ހީވަމުން ދިޔައީ އެ ކަރުނަތިކިތަކުން އޭނާގެ މޭވެސް ޒަޚަމް ވަމުން ދިޔަ ހެންނެވެ.

“ޝްޝް.. އަޒް.. ޕްލީޒް ދެން ހުއްޓައިލާ.. މިހާރުވެސް މާ ގިނައިން ރޮވިއްޖެ..” އިރުކޮޅަކަށްފަހު ޔައިލް އަޒަލް އޭނާގެ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ.

“ދެން ނުރޮއްޗޭ އިނގޭ.. އަހަރެން ވަރަށް ދެރަވޭ ތިގޮތަށް އަޒް ރޯތަން ފެނުނީމަ..” އަޒަލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލާފައި، އެ ކޯތާފަތުގައި ނުހިކި ހުރި ކަރުނަތައް އަތުގެ ބޮޑުވައި އިނގިލިން ފުހެލައިދެމުން ޔައިލް ބުނެލިއެވެ. އޭރުވެސް އަޒަލްގެ ދެތުންފަތުގެ ދޭތެރެއިން ގިސްލުމުގެ އަޑު ބޭރުވެއެވެ.

“ދެން ކިޔައިދީބަލަ އަހަންނަށް.. ކިހިނެއްތަ ވީ..؟” އަޒަލް ހަމަޖެހުނުހެން ހީވެ، ޔައިލް އަނެއްކާވެސް އަހައިލިއެވެ. އެޔާއެކު އަޒަލްއަސް އިތުރަށް ކެތެއް ނުކުރެވުނެވެ. ހިތުގައިވީ ޝަކުވާތައް ހިއްސާކުރާނޭ މީހަކު އިންތިހާއަށް ބޭނުންވެފައި ހުއްޓާ، އެ ފުރުސަތު ލިބުމުން އަޒަލްއަކަށް އިންކާރެއް ނުކުރެވުނެވެ. ރިއާން ދީފައިވާ އިންޒާރުތައް މަތިންވެސް އަޒަލް މިވަގުތު ހަނދާން ނެތް ފަދައެވެ. އެހެން މީހަކަށް ރިއާންގެ ވާހަކަ ކިޔައިދީފި ނަމަ ރިއާން ރުޅިއަންނާނެ ވަރާ ދޭތެރޭގައި އަޒަލްއަށް ވިސްނައިވެސް ނުލެވެއެވެ.

ރިއާންގެ ވާހަކަ ފެށިގެން ނިމެން ދެން އަޒަލް ޔައިލްއަށް ކިޔައިދިނީ އަކުރެއް ފިއްޔެއް ވައްޓައިނުލައެވެ. ރިއާން އޭނާއާއި މެދު ކަންތައް ކުރަމުން ދިޔަ ގޮތުގެ ހުރިހާ ތަފްސީލެއް އަޒަލް ޔައިލްއަށް ކިޔައިދިނީ ޔައިލްއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ވާހަކައިގެ ވަކި ހިސާބަކުން އަޒަލްއަށް ގިސްލެވި، ރޮވޭ ނަމަވެސް ނަމަވެސް މަސައްކަތް ކުރަމުން ދިޔައީ ޔައިލްއަށް ހުރިހާ އެއްޗެއް ކިޔައިދެވޭތޯއެވެ.

އަޒަލްގެ ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ޔައިލްގެ ހިތަށް ހީވަނީ އެތައް ހާސް ޚަންޖަރު ތަކަކުން އެއްފަހަރާ ޒަޚަމް ދެމުން ދިޔަހެންނެވެ. އެކުގައި މުޅި ހަޔާތް ވެއަތުކޮށްލަށް ބޭނުންވީ ލޯބި އެހެން މީހެއްގެ ހައްގަކަށް ވެނިމިފައިވާކަށް އެނގުމުން ޔައިލްގެ ހިތް ފޮތިފޮތިވެގެން ދިޔަ ކަހަލައެވެ. އެއަށްވުރެވެސް ބޮޑަށް އެހިތަށް އަސަރުކުރީ ރިއާން އަޒަލްއާއި މެދު ކަންތައް ކުރި ގޮތް އަޑު އިވިފައެވެ. ރުޅިއާއި ހިތާމަވެރިކަމުގެ ދެ އިހުސާސް މައްސުނިވެގެން ޔައިލްއަށް އަތް މުއްކުވައިލެވުނެވެ. ވަގުތުން ރިއާންގެ ވަކިތަކުގެ ދަށުން އަޒަލް ސަލާމަތް ކުރުމަށް އެދި ޔައިލްގެ ހިތް ގޮވައިލިއެވެ. ރިއާންއަށްވުރެ މާ ރަނގަޅަށް އަޒަލްއާއި ދޭތެރޭގައި ކަންތައް ކޮށްދޭނަމޭ ބުނަން ބޭނުންވިއެވެ. ރިއާންއަށް ވުރެ މާ ބޮޑަށް ލޯބި ދީގެން، މާ އުފަލުގައި އަޒަލް ގެންގުޅޭނެކަމަށް ބުނެ، ވަޢުދުވާން ބޭނުންވިއެވެ. ނަމަވެސް ޔައިލް އޭނާގެ އެދުންތައް ފަރުދާކޮށްލީ މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.

“ތިގޮތަށް އަޒްއާ ދޭތެރޭ ޓްރީޓްކުރާ މީހަކާ އެކީ އަޒް ތި އުޅެނީ ކީއްވެ..؟” ހިތް  ކުދިކުދިވަމުން ދިޔަ ހާލުގައިވެސް ޔައިލް އަހައިލިއެވެ.

“ލޯބިވާތީ.. އަހަރެން ރިއާން ދެކެ ވަރަށް ވަރަށް ލޯބިވޭ.. ދުވަހަކުވެސް އެހެން މީހަކާ މެދު މިކަހަލަ ގޮތަކަށް ފީލްއެއް ނުކުރެވޭ.. އަހަރެން.. އަހަންނަކަށް ނޭނގެ ކިޔައިދޭކަށް..” އަޒަލްގެ ދުލުން އެހެން މީހަކު ދެކެ ލޯބިވެޔޭ ބުނާ އަޑު އަހަން ޖެހުމުން ޔައިލްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

“އަޒް އެކަނި ލޯބި ވިޔަކަސް ނުނިމޭނެ.. ގުޅުމެއްގަ ބޭނުން ވާނީ ލޯބި އެކަންޏެއް ނޫން.. ދެފަރާތުން އެކަކު އަނެކަކަށް ކުރާ އިތުބާރާ ދޭ ރެސްޕެކްޓް ވެސް ވަރަށް މުހިއްމުވާނެ.. އެ ނެތިއްޔާ އެއްވެސް ގުޅުމެއް ދެމިއެއް ނޯންނާނެ..” ޔައިލް ބެލީ އަޒަލްއަށް ވިސްނައިދެވޭތޯއެވެ.

“ރިއާން އަހަރެން ދެކެ ލޯބިވެޔޭ.. އިތުބާރު ވެސް ކުރޭ… ރެސްޕެކްޓް ވެސް ކުރޭ.. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫން.. ރިއާން ރުޅި އަންނަ ގަޑީގަ އެފަދަ ގޮތަކަށް ކަންތައް ކުރެވުނަސް ފަހުން ދެރަވެގެން އައިސް މައާފަށް އެދޭނެ..” އަޒަލް ދިޔައީ ހިތާފުރާނައިން ވެސް ރިއާން ދިފާއު ކޮށްދެމުންނެވެ.

“ލޯބިވާ މީހުން އެގޮތަކަށް ކަންތަކެއް ނުކުރާނެ އަޒް.. ލޯބިވާ މީހުން ބޭނުންވީމަ ހިތަށް އެރިހާ އެއްޗެއް ގޮވައިލާފަ، ބޭނުން ވީމަ އައިސް ފިރުމައެއް ނުހަދާނެ.. ލޯބިވާ މީހުން އަނެކްާގެ ނުރުހުމުގަ އޭނަ ގައިގަ އަތެއް ނުލާނެ.. ކުރަން ބޭނުންނުވާ ކަންތައް އެމީހުން ލައްވަ ކުރުވަން ޕްރެޝަރ އެއް ނުކުރާނެ.. ދެޓްސް ޓޮކްސިކް.. ކީއްވެގެންތަ އަޒްއަށް ނުވިސްނިގެން ތި އުޅެނީ..؟” ޔައިލްގެ އަޑު ބާރުވެގެން ދިޔައީ ހިތްހަމަނުޖެހުނު ވަރުންނެވެ.

އަޒަލްއަށް ޖަވާބު ދެވުމުގެ ކުރިން އެކަމަށް ހުރަސް އެޅީ ރިންގުވަމުން ދިޔަ އަޒަލްގެ ފޯނެވެ. ގުޅަނީ ރިއާންކަން އެނގުމުން އަޒަލް ޔައިލްއަށް ވާހަކަ ނުދެއްކުމަށް އިޝާރާތް ކޮށްލާފައި، ފޯނު ނެގިއެވެ.

“ހަލޯ އަޒް.. ބޭބީ.. އައިމް ސޯ ސޮރީ.. ދެންމެ އަހަންނަށް ކަންތައް ކުރެވުނީކީ އެއްގޮތަކަށްވެސް ރަނގަޅަކަށް ނޫން.. އަހަންނަށް މައާފް ކުރޭ އަޒް.. އަޒްގެ ނުރުހުމުގަ އެކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން އަހަންނަށް އެނގޭ.. ޕްލީޒް އަޒް.. އަހަންނަށް މަޢާފު ކުރޭ.. އައިމް ސޯ ސޯ ސޮރީ..” ރިއާންގެ ބަސްތަކުން ދެންމެ ލޭކަރުނަ އަޅަމުން ދިޔަ އަޒަލްގެ ހިތުގައި މަލަން އެޅުނު ފަދައެވެ. ރިއާންގެ ހުރިހާ ޢަމަލެއް އެއްފަހަރާ ހިތުން ފުހެވިގެން ގޮސް، މުޅި ހިތް އަނެއްކާވެސް ރިއާންއަށް އެދެން ފެށިއެވެ.

“އިޓްސް އޯކޭ ލަވް.. ރިއާންއަށް ވިސްނުނީމަ އަހަރެން ވަރަށް އުފާވެއްޖެ.. އައި ލަވް ޔޫ ސޯ މަޗް..” ކޯތާފަތްމަތީގައި ދެމެމުން ދިޔަ ކަރުނަތައް ފުހެލަމުން އަޒަލް ބުނެލި ވާހަކައިން ޔައިލްއަށް އަޒަލްއާއި ދިމާއަށް ބަލައިލެވުނީ ގަބޫލު ނުކުރެވިފައި އިނދެއެވެ. ކުޑަ އިރުއްސުރެ އެކުގައި އުޅެ ބޮޑުވި އަޒަލްގެ ފަރާތުން ދުވަހަކު ނުފެނުނު ކަމެއް މިރޭ ފެނުމުން ޔައިލް ހަމަ ހަގީގަތުގައި ވެސް ހައިރާން ވިއެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް ގޮތްދޫނުކޮށް، އެކަމެއްގައި ހިފާލައިގެން އުޅޭ އަޒަލްއަށް އައިސްފައިވީ ބަދަލު ފެނުމުން ޔައިލްއަށް ގަބޫލުކުރަން ދަތިވިއެވެ. އަޒަލްއާއި ރިއާންގެ ފޯނުކޯލު ނިމެންދެން ވެސް ޔައިލްއަށް އާގަމަވެފައި އިނދެވުނީ އެހެންވެއެވެ.

“އަޒް.. ވަޓް ދަ ހެކް ވޯޒް ދެޓް..؟” ޔައިލްގެ ރާގުން އެކަނިވެސް އޭނާ ހިތްހަމަނުޖެހިފައިވީ ވަރު ހާމަވަމުން ދިޔައެވެ.

“ވަޓް ވޯޒް ވަޓް..؟” އަޒަލްގެ މޫނުމަތިން މިހާރު ފެންނަމުން ދިޔައީ މުޅީން ވެސް ހިތްހަމަޖެހުމުގެ ކުލަވަރު އެކަންޏެވެ.

“އަޒް ތީނީ މޮޔަވެފަތަ؟ ދެންމެއަކު ރިއާން ކަންތައް ކުރި ގޮތުން ރޮއެރޮއެ ބަލިވެފަ އިނދެފަ ކުއްލިއަކަށް އޭނަ ހަމަ ސޮރީއޭ ކިޔާފަ މޮޅު ވާހަކަތަކެއް ދައްކައިލީމަ އެޔަށް ގޮސް ހުސްވެފަ.. ތީ ދެން އަޒްގެ ގޮތެއް ވެސް ނޫނެއްނު.. އަނެއްކާ އޭނަ ކުރީކީ ވެސް ކުޑަ ކަމެއް ނޫނޭ.. ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ؟!” ޔައިލްގެ އަޑު ދިޔައީ ހިނދަކަށްވުރެ ހިނދެއް ބާރުވަމުންނެވެ.

“ލޯބި ވަންޏާ އެކީގަ އުޅެވޭނީ ކޮމްޕްރޮމައިޒްތަކެއް ވެސް ކޮށްގެން.. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ.. އަހަންނަށް ދެންމެ މާ ބޮޑަށް ރިއާން ގޯސްކޮށްފަ ޔައިލް ގާތު ވާހަކަ ދެއްކުނީ މާ ބޮޑަށް ދެރަވެފަ ހުރީމައޭ.. އަހަރެން ބޭނުން ކޮންމެ ގޮތެއް ހަދާފަ ވެސް އަހަންނާ ރިއާންގެ ރިލޭޝަންޝިޕް ސަލާމަތް ކުރަން.. ޔައިލްއަށް ވެސް އެނގޭނީ މީހަކު ދެކެ ލޯބި ވެވުނީމަ..” އަޒަލް އެންމް ފަހުން ބުނެލި ޖުމުލައިން ހަގީގަތުގައިވެސް ޔައިލްގެ ހިތުގައި ކޫރުމެއް އެޅުނެވެ. މީހަކު ދެކެ ހަގީގީ ލޯބި ވެވުމުން ކުރަން ޖެހޭ ހިތާމަ އޭނާއަށް ވުރެ ބޮޑަށް އިހުސާސް ކުރެވޭނޭ މީހަކު ހުންނާނެ ހެއްޔެވެ؟ އަޒަލް ދެކެ އޭނާ ވާ މާތް، މަތިވެރި ލޯތްބަށް ޓަކައި އޭނާ ޤުރުބާންވާ ވަރު އަޒަލްއަށް އެނގޭނެ ނަމައެވެ.

“އެންމެ ރަނގަޅު.. އަޒަލްއަށް ފެންނަ ގޮތަކަށް އަޒަލް ކަންތައް ކުރޭ..” ހަމައެކަނި އެހެން ބުނުމަށް ފަހު ޔައިލް ފަސްއެނބުރިފައިވެސް، މަޑުކޮށްލިއެވެ.

“އަހަރެން ދަަމުން އަޒަލް ގެއަށް ލައިދޭންވީތަ..؟ އެހެންނޫނީ ރިއާންއާ އެކީތަ ގެއަށް ވެސް ދާނީ..؟” ޔައިލްގެ އަޑުގައިވީ އަސަރު ދެނެގަންނާކަށް އަޒަލްއަކަށް ނޭނގުނެވެ. އެހެންނަމަވެސް ޔައިލް ހުރީ ހިތްހަމަނުޖެހިފައިކަން އަޒަލްއަށް ވެސް ހާމަވަމުން ދިޔައެވެ.

“އަހަރެން ރިއާންއަށް ގުޅާނަން..” ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އަޒަލް އެހެން ބުނުމާއެކު، ޔައިލްގެ ހިތް އިތުރަށް ފޮތިފޮތިވެގެން ދިޔަ ފަދައެވެ. އަޒަލް އެކަނި އެތަނުގައި ބަހައްޓާފައި ދާން ހިތް ދެކޮޅު ހެދި ނަމަވެސް، އަމިއްލަ ހިތަށް ވިސްނައިދެމުން ޔައިލް އެތަނުން ދިޔުމަށް ނެގި ކޮންމެ ފިޔަވަޅަކާއެކީ މުޅި ހަށިގަނޑަށް ބަރުކަމެއް އިހުސާސްކުރެވެމުން ދިޔައެވެ.

ރަސްފަންނުން ނުކުމެގެން ޔައިލް ގޮސް، ތަންކޮޅެއް ދުރުގައި ހުރި އޭނާގެ ސައިކަލު މަތީގައި އިށީނީ، އަޒަލް ގެއަށް ދާ ތަން ނުފެންނަނީސް، ގެއަށް ނުދިޔުމަށް ނނިންމައިގެންނެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް، އަދި އެ ހިތަށް ތަދުވިޔަސް، އަޒަލް އެކަނި މިވަގުތު ބަހައްޓާފައި ދާކަށް އޭނާއަކަށް ލާހިކެއް ނޫނެވެ.

އިރުކޮޅަކު ޔައިލް އެގޮތުގައި އިންދާ، އަޒަލް އެދިމާއަށް ނުކުތެވެ. އޭގެ މިނެޓެއް ވަރު ފަހުން އަޒަލްގެ ކުރިމައްޗަށް ހުއްޓުނު ސައިކަލުގައި އިން ޒުވާނާ ހިނނިތުންވެލާފައި، އަޒަލް އޭނާގެ ގަޔާ ކައިރި ކޮށްލާފައި، ނިތަށް ބޮސްދިން މަންޒަރު ފެނުމުން ޔައިލްގެ އަތް މުއްކެވުނީ އިޚްތިޔާރަކައި ނުލައެވެ. ދުވަހަކު ނުފެންނަ ފަދަ ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި، އަޒަލް އެ ޒުވާނާގެ ސައިކަލު ފަހަތަށް އެރުމާއެކު، ސައިކަލު ދުއްވައިލިއެވެ. ސައިކަލު ލޮލުކޮޅަށް ގޮސް އޮބައިލުމާއެކު ޔައިލްއަށް ފުން ނޭވާއެއް ފަޒާގެ ތެރެޔަށް ދޫކޮށްލެވުނެވެ.

އެހެންވީމާ ރިއާންއަކީ އެއީތާއެވެ. ޔައިލްގެ ހިތަށް އެރިއެވެ. ބަލައިލަން ހުތުރެއް ނޫނެވެ. ދިގު އިސްކޮޅަކާ ފިރިހެންވަންތަ ހަށިގަނޑެކެވެ. ބޯކޮށް އޮތް އިސްތަށިގަނޑުގެ ތަންތަންކޮޅުގައި މުށިކުލައިން ހައިލައިޓްކޮށްފައި ހުރުމުންނާއި، ކަރުގަޔާއި އަތުގައި ޗޭނެއް އަޅާފައި އޮތުމުން ޔައިލްއަށް ކަމުނުދިޔަ ނަމަވެސް އަޒަލްއަށް ކަމުދިޔައީތާއޭ ޔައިލްގެ ހިތަށް އެރިއެވެ. ހިތާހިތުން ރިއާންއަށް ކުދިކިޔަމުން ޔައިލް ސައިކަލު ދުއްވައިލި އިރު، އަޒަލް އެ ބެދިފައިވާ މަޅިން ސަލާމަތް ކުރެވޭނޭ ގޮތަކާއި މެދުގައި އޭނާ ދިޔައީ ވިސްނަމުންނެވެ.

*** ** ***

ހަވީރުގެ ހިތްގައިމު ވަގުތު އާރާއާއި އެކުގައި ޔަލީން އިނީ ރަސްފަންނު ސަރަހައްދުގައެވެ. ރާޅުޖަހާ ފަށާއި ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި އިށީނދެލައިގެން ތިބި އިރު، އެ ދެމެދުގައި ދިޔައީ ގިނަ ވާހަކަތަކެއް ދެކެވެމުންނެވެ.

“ދެން އާރޫ ކޮންމެހެން މާ ނުވާ ކަމަށް ހަދައިގެން އިނަސް އަހަންނަށް އެނގެޔޭ.. ބުނެބަލަ.. އާރޫ ޒައުލް ދެކެ ލައިކް ވެއެއްނު..” ޔަލީން މިހާރު އެ މައުޟޫއަށް އާރާ ގާތު ވާހަކަ ދައްކާތާ ދެތިން މަސް ދުވަސް ވެދާނެއެވެ.

“ކިހާ ދެރަ ކަމެއްތަ ޔަލް..؟ އަހަރެން ބުނެފީމެއްނު ނޫނެކޭ.. އަހަންނާ ޒައުލް އަކީ ކަޒިންސް އޭ.. ދެން ޔަލް ތިހެން ކިޔާތީ ވަރަށް ވިއަރޑް..” މޫނުމައްޗަށް އެޅިފައިވީ އިސްތަށިކޮޅެއް އެއްފަރާތް ކޮށްލަމުން އާރާ ޔަލީންއަށް ރައްދު ދިނެވެ.

“ދެން އަހަރެން ކައިރި ބުނެބަލަ.. އަހަރެން ނުބުނާނަމޭ އެއްވެސް މީހެއް ކައިރިޔަކު.. އެެކަން އެނގެ އެއްނު އާރޫއަށް ވެސް..” ޔަލީން ދޫކުރާކަށް ގަސްތެއް ނުކުރިއެވެ. އޭނާ ކޮންމެހެން އާރާ ކުރެން އެ ސުވާލު ތަކުރާރުކޮށް ކުރަނީ، އޭނާއަށް ނޭނގޭތީކީ ނޫނެވެ. ނަމަވެސް ޔަލީން ބޭނުންވަނީ އާރާގެ ދުލުން އެއްބަސް ކުރުވާށެވެ.

“ބަލާބަ އެހެރަ ސްޓޯލްއިން އެޔޮށް އައިސްކްރީމް ވިއްކަނީ.. ޔަލް މަޑުކުރޭ މިތާ އާރޫ އަންނާނަން އައިސްކްރީމް ގަނެގެން..” ޔަލީން ސުވާލުތަކުން ރެކިގަންނަން ވެގެން އާރާ އަވަސްއަވަހަށް އެތަނުން ތެދުވެ، ދުރަށް ހިނގައިގަތުމުން ޔަލީންގެ ގާތަށް ހިނި އައެވެ. އެހެން އިނދެ އިނދެފައި ފަރާތްފަރާތަށް ބަލައިލި ވަގުތު އެތަނާ ނުހަނު ކައިރީގައި ސިފައިންގެ ޔުނީފޯމު ލައިގެން ހުރި ޒުވާނެއް ފެނުމުން ޔަލީންއަށް ދެލޯ ކުޑަކޮށްލެވުނެވެ. އިހުނަށްވުރެ ފަރުވާތެރިކަމާއެކީ އެދިމާއަށް ބަލައިލީ، ފެނުނު ސޫރަ ޔަގީންކޮށްލުމަށެވެ. އެއީ ޝަޔާމްކަން ޔަގީންވުމާއެކު ޔަލީން ވަގުތުން ތެދުވެގެން، އެދިމާއަށް ދުއްވައިގަތެވެ.

“ޝަޔާމް!!” ފަހަތުން އިވުނު އަޑުން ވަގުތުން ޝަޔާމްގެ ދެބުމަ ގޮށްޖެހުނެވެ. ދެލޯ މަރައި ބާރުކޮށް؛ެވުނު އިރު، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށް ފުން ނޭވާއެއް ދޫކޮށްލަން ޖެހުނެވެ.

“ޝަޔާމް.. ހާދަ ދުވަސް ވެއްޖޭ ދިމާ ނުވާތާ.. ކިހިނެއްތަ؟” ޝަޔާމްގެ ކުރިމައްޗަށް އަރަމުން ޔަލީން އޭނާގެ އެންމެ ރީތި ހިިތުންވުން ހަދިޔާކޮށްލިއެވެ.

“ޔަލީން.. މިވަގުތު އަހަންނަށް އުނދަގޫ ނުކުރޭ.. އަހަރެން ކިތައް ފަހަރު ބުނެފިން މިހާރު ޔަލީން ތި ބޭނުންވާ ކަންތަކެއް ނުވާނޭ.. ރީތިކޮށް ބުނީމަ ދެން ޔަލީން ވެއްޖެ އެއްނު އަޑު އަހަން..” ޝަޔާމްގެ އަޑުގައިވީ ހިތްހަމަނުޖެހުމުގެ އަސަރު ޔަލީނަށް ފާހަގަވީހެންނެއް ހިޔެއް ނުވެއެވެ.

“އިންސާނާގެ ވިސްނުމަކީ ބަދަލު ކުރެވޭނެ އެއްޗެއް.. އަހަންނަށް ވެސް މަސައްކަތް ކޮށްލެވިދާނެ އެއްނު ޝަޔާމްގެ ވިސްނުން ބަދަލުވޭތޯ.. އެހާ ވަރަށް އަހަންނަށް ޝަޔާމް ކަމުދެޔޭ..” ޔަލީންގެ ވާހަކަ ހުރި ގޮތުން ޝަޔާމްގެ ލޭ ކެކެން ފެށިއެވެ. ދުވަހަކު އޭނަ ބުނާ އެއްޗެއް އަޑު އެހުމެއް ނެތި، ހަމައެކަނި އަމިއްލަ އެދުންތަކުން ފޯވެފައިވީ، ގޮތްކުޑަ އަންހެން ކުއްޖެއްގެ ގޮތުގައި އޭނާއަށް ޔަލީންއާއި މެދުގައި ދެކެވުނެވެ.

“ޔަލީން ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަންނަށް ތިކަހަލަ ކުދިން އެއްގޮތަކަށް ވެސް ކަމަކު ނުދޭ.. ދެން ވެސް ކަމަކު ނުދާނެ.. އަހަންނަކަށް ނޭނގެ ޔަލީން އަހަރެންގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތި އުޅެނީ ކީއްވެގެން ކަމެއް.. ހަމަ އެހައި ވެސް ޔަލީންގެ ސެލްފް ރެސްޕެކްޓް ދަށީތަ..؟ ނޫނީ ކުރާނެ ކަންތައް ހުސްވެގެންތަ ފިރިހެނުން ފަހަތުން ދުވެ ނަގަނީ ތި..؟ ތިކަހަލަ ލަދުހަޔާތް ކުޑަ، ގޮތް ކުޑަ އަންހެނެއް އެއްވެސް މީހަކު ބޭނުމެއް ނުވާނެ.. އަހަންނަށް ޔަގީން އަހަރެން މީ ޔަލީން ތިގޮތަށް ފަހަތުން މުގޯލި އަޅަމުން ދުވާ ހަމައެކަނި މީހާ ނޫން ކަން.. އެއީ ތިކަހަލަ އަންހެނުންގެ ވައްތަރު.. ޔަލީން ތީ ހަމަ ފައްކާ ރަން-” ޝަޔާމް ބުނަން އުޅުނު ޖުމުލަ މެދުކެނޑުނީ ޔަލީންގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނުމުންނެވެ. ނޭނގޭ ބާރަކާ އެކުގައި ޝަޔާމްގެ ދުލުގައި ގޮށެއް ޖެހުނު ފަދައެވެ. ބުނެވެން އުޅުނު ލަފްޒުގެ ބަރުދަން ޝަޔާމަށް އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ. ޔަލީންގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ޝަޔާމްގެ ހިތުގައި ހައިޖާނުގަނޑެއް އުފައްދައިފިއެވެ. މަޢާފަށް އެދެން އަނގަ ހުޅުވައިލި ނަމަވެސް، ދޫ ޙަރަކާތް ކުރާނެ ފުރުސަތެއް ނުލިބެނީސް، ޝަޔާމްގެ ކުރިމަތިން ޔަލީން ގެއްލުނެވެ. ޔަލީން ލޮލުކޮޅަށް ގޮސް އޮބައިލަން ދެެން ވެސް، ގެންނާނެ ހަރަކާތެއް ނޭނގިފައި، ޝަޔާމަށް ހުރެވުނީއެވެ.

އެއްލި ކަޅިއަކުން އާރާއަށް ޔަލީން އަވަސް ފިޔަވަޅުތަކެއްގައި ރަސްފަންނުން ނުކުންނަ މަންޒަރު ފެނުމުން ދެބުމަ ގޮށްޖެހުނެވެ. އައިސްކްރީމަށް އޯޑަރު ދޭން ހުޅުވައިލި އަނގަ ލެއްޕުމަށްފަހު އާރާ މިސްރާބު ޖެހީ ޔަލީން ކައިރިޔަށް ދިޔުމަށެވެ. އެހެންނަމަވެސް، ޔަލީން ހިނގަމުން ދިޔަލެއް ބާރުކަމުން، އާރާއަށް އެކަންވީ އުނދަގޫ ކަމަކށެވެ.

“ޔަލް! ކިހިނެއްތަ ވީ؟” ވަރަށް މަސައްކަތުން ޔަލީންއާއި އަރާ ހަމަކުރުމަށްފަހު، ޔަލީންގެ ކޮނޑުގައި ހިފައި، އޭނާއާވީ ދިމާއަށް އަނބުރައިލަމުން އާރާ ސުވާލު ކޮށްލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އާރާގެ ދެލޯ ބޮޑުވެގެން ދިޔައީ ޔަލީންގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނުމުންނެވެ. ހާސްވެފައި ހުރެ އާރާ އަނެއްކާވެސް ޔަލީންގެ ހގާތުގައި ވީ ގޮތް އަހައިލީ ކަންބޮޑުވީ ވަރުންނެވެ.

“މިހާރަކު ނޫން.. އިހަށް ހިނގާ ގެޔަށް ދާން.. ފަހުން ކިޔައިދޭނަން..” އެވަގުތު މަގުމަތިީ ހިނގަމުން ދިޔަ ބައެއް މީހުން އެދިމާއަށް ބަލާތީ، ޔަލީން ބުނެލިއެވެ. ޔަލީންގެ ބަހަށް ތާއީދު ކުރަމުން އާރާވެސް ޔަލީންއާއި އެކު ޔަލީންގެ ގެޔަށް ދިޔުމަށް ހިނގައިގަތީ، ޔަލީންއަށް ވީ ގޮތެއް ބެލުމަށް ކެތްމަދު ވެފައި ހުރެއެވެ.

ދެކުދިން އެކުގައި ގޮސް ގެޔަށް ވަން އިރު ސިޓިންރޫމުގައި އެކަކުވެސް ނެތުމުން ޔަލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެޔާއެކު ދެކުދިން ހިނގައިގަތީ ޔަލީންގެ ކޮޓަރިއަށް ދިޔުމަށެވެ.

“ހޫމް،، ދެން ކިޔާބަލަ.. ނުބުނާތި އެއްވެސް ކަމެއް ނުވެޔޭ.. އަހަންނަށް އެނގޭ ޔަލްއަށް ވަރަށް ބޮޑު ކަމެއް ވެގެން ނޫނީ ތިގޮތަށް ނުރޯނެކަން..” ޔަލީންގެ އެނދުގައި އިށީންނަމުން އާރާ ބުނެލީ ހަރުކަށި ގޮތަކަށެވެ. އިތުރަށް އާރާއަށް މިކަން ސިއްރު ކުރުުމުގެ ބޭނުމެއް ނެތްކަން ވިސްނުމުން ޔަލީންވެސް ދެކޮޅޅު ހެދުމެއް ނެތި، ޝަޔާމްގެ ވާހަކަ ފެށިގެން ނިމެންދެން އާރާއަށް ކިޔައިދިނީ އަކުރެއް ފިއްޔެއް ވައްޓައިނުލައެވެ.

ޔަލީން ވާހަކަ ނިމުނު އިރު އާރާއަށް ޕިސްޕިސް ތަޅައިލެވުނީ، އެއީ ޔަލީން ކަންތައް ކޮށްފާނޭ ގޮތްކަން އާރާއަށް މާ ކުރިން ވެސް އެނގޭތީއެވެ. ކުޑައިރުއްސުރެވެސް ޔަލީންގެ ހިތް އެދޭ އެއްޗެއް ނަމަ، ގަދަކަމުން ވިޔަސް އެ އެއްޗެއް ހޯދާފައި ނޫނީ ދޫކޮށްނުލައި އުސޫލަކީ ޔަލީންގެ ކިބައިގައި ހުންނަ އާދައެއްކަން އާރާއަށް ސިއްރުވެފަކައި ނެތެވެ.

“ދެން ޔަލް ވެސް ދޯ.. މީހަކު ދެކެ ލައިކް ވިޔަސް އެވަރު ކުރާކަށް ނުވާނެ އެއްނު.. އެގޮތަށް ފިރިހެނަކު ފަހަތުން ދުވެ އާދޭސް ކުރުމަކީ ރީތި ގޮތެއް ވެސް ނޫނެއްނު.. ދެން އޭނަ ޔަލް ރިޖެކްޓް ކޮށްލީމަ އެހިސާބުން އެ ނިމުނީއޭ.. އަނެއްކާ ޔަލް އަކީ ނުލާހިކު ރީތި ނުލާހިކު ސްމާޓް ކުއްޖެއް.. ޔަލް ކަހަލަ ކުއްޖަކު ބޭނުން ނުވާނީ ކާކުތަ..؟ އަދި އެޔަށްވުރެ މާ ރަނގަޅު ކުއްޖަކު ޔަލްއަށް ލިބޭނޭ.. އެހެންނޫނަސް އެހައި އަވަހަށް ސިނގު ރުޅި އަންނަ މީހުންނާ ރައްޓެހިވާ އެއްޗެއް ނޫން.. އަޅާނުލާބަ.. ޔަލްއަށް އަދި މާ ރަނގަޅު މީހަކުވެސް ލިބޭނެ..” ޔަލީންގެ ކޮނޑުގައި ފިރުމައިލަމުން، އާރާ ބުނެލީ ޔަލީނަށް ވިސްނައިދޭ ރާގެއްގައެވެ. ޔަލީންވެސް އާރާގެ ވާހަޖައާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ނޭފަތް ދަމައިލަމުން، އާރާގެ ކޮނޑުގައި ޔަލީން މޫނު ފޮރުވައިލީ، ދެން އެގޮތަށް ޝަޔާމަށް އެއްވެސް އުނދަގުކެއް ނުކުރަން ނިންމަމުންނެވެ. މިހާތަނަށް އޭނާއަށް ވެސް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަން އާރާ ވިސްނައިދިނީތީ، އަމިއްލަ ކުށް ވެސް ޤަބޫލު ކުރަމުން، ޔަލީން އޭނާގެ މޯޅިވެފައިވާ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. ޝަޔާމްގެ ނަން އެ ހިތުން ފިލުވައިލުމަށް ޔަލީން އެވަގުތު ޢަޒުމް ކަނޑައެޅިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..8

Next

އެދަތުރު – 03

Next
February 14, 2025

އެދަތުރު – 03

Previews
February 14, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..8

13 Comments!

  1. Nayaa Nayaa says:
    February 14, 2025 at 10:48 pm

    hello everyone!!
    after a while, here’s the 11th part. hope you all will like this part!
    let me know your feedbacks in the comment section 🫶🏽

  2. pumpkin says:
    February 15, 2025 at 1:15 am

    mi part vs vrh reethi❤️
    when next?

    1. Nayaa Nayaa says:
      February 15, 2025 at 12:40 pm

      shukuryyaa <3
      tueday ga in sha allah

  3. Ghost girl 👻 says:
    February 15, 2025 at 2:32 am

    Masha Allah 😍 finally up vejje dhw I love this story 😍🔥 this is the best hama vrh Gina dhuvx vejje inthizaaru kuraathaa thanku for uploading love yu nayaa when’s next curiously waiting for the next part keep it up 💪🏻🥳 shayam ah dhen yalyn dheke like veveyni kanne omg I’m waiting and waiting kihinehba dhen vaani …hama aslahvx vrh bodah ufaa vejje up vefa in than fenuneema ves ….😘

    1. Nayaa Nayaa says:
      February 15, 2025 at 12:37 pm

      hehe finally dhooo.. aww tysm darlingg.. next part in sha allah tuesday ga.. keep waiting inge in sha allah disappoint eh nuvaane <3

  4. RIFSHA says:
    February 15, 2025 at 6:04 am

    Woww nayaa.aslu esfiya alhuvaalyky nayaa ge story fenidhaane kamakah vx noon.varah suprise vejje mi story fenunyma.varah dhuvas kohlaa fa.
    Alhey yail ge bai haadha dhera ey.nayaa dhen e soru ehaa dhera kohlan heyo nuvaane.azaa ah adhi visney ne.riaan vx ulhey gotheh dho. ehbai faharu varah foohi vey mi riaan gandu dheke.
    Dhen balahchey fahun shayam ingey yaleen hoadhaany.yal nufennaathy.
    Nayaa kon irakun next
    Hama inthizaaruga avas kohla dhehchey
    Love you nayaa ❤️

    1. Cutie girl says:
      February 15, 2025 at 11:53 am

      Hey naayoo
      How are you
      Long time no see
      Mi part ves v reethi masha Allah
      Aslu azal and yail v gulhey
      Sayam and yaleen ves
      They all are made for each other
      Aara ves heevani zaul dheke loabi vaa hen
      Mi part kiyaafa rovijje
      Yail haadha dhera vaane ey
      I appreciate your hard work
      Your my fav author
      When next
      Love you naayoo ❤️😍

    2. Nayaa Nayaa says:
      February 15, 2025 at 12:39 pm

      hellooo rifooo!! haadha ufaa vejjey dhuvas gandeh kohlaafa anekkaa ves dhimaa veema.. hehe yail dhoo.. adhi yail ah ves rangalhu gotheh vaan othy kanneynge ennu dho
      hahaa shayaam and yaleen dhoo.. hingaa dhen balamaa
      next part tuesday ga in sha allah
      love you too <3

  5. Vampire girl says:
    February 15, 2025 at 6:07 am

    I was surprised….
    Hiyeh vx nukuran upload kohfa indhedhaane kamakah…..
    Mi part vx varah varah reethi….
    Alhey azal ah visneyne nama…
    Yaleen shayaam fahathun ulhun hutaalyma, shayaam ulheyny yaleen fansthun….
    Whn next????

  6. Your big fan says:
    February 15, 2025 at 11:15 am

    After a long time its beautiful as always can’t wait when next part

  7. Nayaa Nayaa says:
    February 15, 2025 at 12:35 pm

    thank you for the sweet comments hurihaa kudhin <3
    konme comment akah vakivakin reply nukurevunas hurihaa coments eh ves kiyan ingey eba hama.. hurihaa kudhinah ves mi part kamudhiyaeema varah ufaa vejje.. next part In Sha Allah monday or tuesday ga.. mi visnany konme week ehge tuesday adhi saturday ga vaahaka upload kuran mihaaru.
    adhives ehfaharu varah bodah shukuriyyaa.. varah loabivey <333

  8. Mansha says:
    February 15, 2025 at 1:33 pm

    Nayaa mihaaru mi vaahaka ehkoh liye nimuny thr????
    whn next ????
    Mi part vx varah varah reethi

  9. Yaiii says:
    February 16, 2025 at 8:40 pm

    My poor baby yail hiy halaaku kohlaakah nuvaane ehnu😔
    Anyways I g shayaam Adhi yal kairiah ahnaane, he shouldn’t have said that
    Aara and zaul ge baeh genes dehchey next part ga
    Can’t wait for Tuesday

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 12←


All Right Reserved!