Skip to content
އެސްފިޔަ

ހިނިތުންވެލާށޭ ކަލާ 7

އެވަގުތު ކައިރީގައި ހުރި މީހާ ފެނުމުން އައިލީންގެ ހައިރާންކަން އިތުރުވިއެވެ.”ނަޒާލްތަ….މިތާ ކީއްތިކުރަނީ.”އައިލީން ހައިރާންވެ ހުރެ ބުނެލި އެވެ.”ނޭގޭތަ…އަހަންނަށް ވެސް ސްކޯލާޝިޕެއް ލިބުނޭ.”ނަޒާލް ހިނިތުން ވުމެއް ދެމުން ބުނެލި އެވެ.އެވަގުތު ކައިރީ އައިސް ހުއްޓުނު  ކަޅު ކުލައިގެ ކާރު ފެނުމުން އައިލީން ނަޒާލް އަށް ހިނިތުންވުމެއް ދެމުން ފަހުން ދިމާވާނެކަމުގައި ބުނެ ކާރައް އެރިއެވެ.އައިލީން ކާރައް އެރުމުން ކާރު އޭގެ މަންޒިލާ ހަމައަށް ވާސިލުވުމައް ދުއްވާލިއެވެ.ކާރު އައިސް ބޮޑު ގެއެއްގެ ކުރިމަތީ މަޑުކޮށްލުމުން އައިލީން އެ ބޮޑު ގެއައް ނަޒަރު ހިންގާ ލިއެވެ.ރިހި ކުލައިގެ ބޮޑު ގޭޓެއް ލާފައިވާ އެ ގެއަކީ އައިލީންގެ ބައްޕަ ޒާހިރުގެ ބައްޕަ ދުނިޔޭގައި އެޅިގެއެކެވެ.މިހާރު އެގެވަނީ ޒަމާނީ ފެންވަރަށް ހަދައި ނިންމާފައެވެ.އައިލީން އެގެއާ ދިމާލަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އެތެރެއަށް ވަންނަން ދިޔަ އެވެ.ގޭތެރެއިން އޭނާއަށް މަރުހަބާކީ ކަނު އަނދިރިކަމެވެ.އައިލީން ގޭގެ ބޮކިތައް ޖައްސާލުމަށްފަހު މައްޗައް ދެވެން އިން ސިޑިއާދިމާލަށް ހިނގައި ގަތްތަނާ ޖިނާހު ގޮވާލި އަޑު އިވުމުން ބަލާލިއެވެ.”އައިލީން…ބައްޕަ ބުނުއްވީ މާދަން އައިލީއާ އެއްކޮށް އުޅެން ކުއްޖެއް އަންނަ ވާހާކަ.ދެން މިރޭ ކެއުމަށް އައިލީ ދާނީ ބޭބޭ މެން ބަޔައް ބޭބޭ އަންނާނަން ބަލާ.މިގަޑީ އިހައް ބޭބޭ މިދަނީ.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up

  2. kai

    mi part vx v reethi next part thankolheh avas kohlahchey

  3. brownbear

    Insha Allah Mi month nimumuge kurin genesdheveythoa Balaanan…. And thank you for your support 😊

  4. Saithashi

    Im actually addicted to your stories.Hope you release the next part soon❣️

Comments are closed.