ހިނިތުންވެލާށޭ ކަލާ 6
މައުސޫމް ގޮތަކަށް ނިދާލާފައި އޮތް އައިލީން އޮތީ ފިނިކަމުން ތެދުވާހިތް ނުވެފައެވެ. އަދިވެސް ރޭ ވެހުނު ވާރޭގެ އަސަރު ދުނިޔެ މަތިން ނުފިލަނީ ކަންނޭގެއެވެ. ޖައްވުގައި މަޑު ތެއް ފިނިކަމެއް ހިފާފައި ވީއިރު މަގުތައް މަތީގައި ވަނީ ފެން ބޮޑު ވެފައެވެ. ބައެއް ގޭގޭ ގަސްތަކާއި ރުއްތަށްވެސް ވަނީ ވެއްޓިފައެވެ. އޭނާ އަށް ތެދުވާން މަޖުބޫރުވީ އަލާނިޔާ ކޮޓަރީ ދޮރުގައި ޓަކި ޖެހުމުންނެވެ. “ދަރިފުޅާ….. އަދިވެސް ތެދުވާކަށް ނުވޭތަ. މިހާރު އެއޮއްގެން ހަތެއް ޖެހީވިއްޔަ. ތާޒާ ވެލައިގެން އާދޭ ސައިބޯން އަވަހަށް.” އަލާނިޔާ އެހެން ބުނުމުން އައިލީން ފުންމައިގެން ތެދުވިއެވެ. އޭނާ އަށް މިއަދު ފަތިސް ނަމާދު ވެސް ނުކުރެވުނީއެވެ. ނަމަވެސް ކުއްލިއަކަށް ހަނދާނަށް އައީ މިއީ އޭނާގެ ޗުއްޓީ ދުވަސްވަރު ކަމެވެ.އެހެން ކަމުން ނިތުގައި މަޑުމަޑުން ޖަހާލާފައި ވިއްސައް ލާފައި ހުރި އޭސީގެ ފިނި ފަންސަވީހައް މަޑު ކޮށްލިއެވެ. އެވަގުތު ފޯނައް މެސެޖެއް އައުމުން ބަލާލި އިރު އީޔާންގެ ނަން ފެނިފައި އެ ކުޑަ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހެނދުނުގެ ތަހުނިޔާ ކިޔާފައި އޮތް މެސެޖައް އޭނާ ޖަވާބު ދިނެވެ. ޖަވާބު ދިން ކަމެއް ނޭނގި އިޔާން ގުޅަން ފެށި އެވެ. “މޯނިން އައިލީ.”ވަރުބަލިކަން އެކުލެވިފައިވާ އަޑަކުން އިޔާން ބުނެލި އެވެ. އެ އަޑުން އެކަނި ވެސް އޭނާ އެ އައީ ކަސްރަތުކޮށްގެން ކަން ހާމަ ވެއެވެ. “މޯނިން ޔާން.ޖިމަށް ގޮއްސަތަ ތިއައީ.” އައިލީން އަހާލިއެވެ. “ޔާ… އައިލީ އަދިވެސް ނުތެދުވަނީތަ.” އެ ގޮތުގައި އެ ދެ ލޯބިވެރިން އެތަކެއް ވައުދާއި އަހުދެއް ކުރި އެވެ.ނަމަވެސް އެދެމީހުންނަށް ނެެނގުނީ ބޯމަތިވަމުން އަންނަ ކަޅު ވިލާ ގަނޑެވެ. “ކޮބާ ކަލޭ މަ ބުނާގޮތަށް ހަނދާނަންތަ. ކަލޭ އެއްބަސް ވެއްޖެނަމަ ހަމަ ކަލެއަށް ފައިދާ ކުރާނީ ވެސް. އޭރުން ކަލެއަށް އައިލީން މަށަށް އިޔާން.އަދި ބުނަން އޭރުން މަ ކަލޭ ބުނި އެއްޗެއް ބުނި ކަމެއް ކޮށްދޭނަން. އެ ހެޔޮ ލާރި އަށް ވިޔަސް. ” މަންޝާ އޭނާ ކައިރީގައި ހުރި މޫނު ފޮރުވައިގެން ހުރި މީހާއަށް ބުނެލި އެވެ. އެއާއެކު އެމީހާ ނުލަފާ ފާޑަކަށް ހީލިއެވެ.” ނޫނޭ….. އަހަރެން ކަލޭގެ އަތުން ލާރި އެއް ބޭނުމެއްނޫން.މަ ކަލެއާ އެއްބަސް.ސޯ ވަޓްސް ދަ ޕްލޭން.” ކައިޒިލް ބުނެލި އެވެ.” ގުޑް ބޯއީ… މިހާރު ވާންޖެހޭ ގޮތަކީ އެ އައިލީން އާ އިޔާން ވީ ދުރުކުރަން.އެ އައިލީން އަކަށް މަގޭ އިޔާން އެއް ޖަހައެއް ނުގަނެވޭނެ. އަދި އެ އިޔާން އަކަށް ވެސް އެ އަންހެނާ އެކު އުފަލުގައެއް ނޫޅެވޭނެ މަގޭ ލޯބި ގަބޫލު ނުކޮށެއް. އެކަމުގެ ބުނަން ސްޓެޕް ބައީ ސްޓެޕް. ފުރަތަމަ އަހަރުމެން ވީ އެ އައިލީން ކިޔަވަން ދިޔައީމަ ކުޅި ފަށާން. ގެޓު.”މަންޝާ ނުލަފާ ގޮތަކަށް ހީލަމުން ބުނެލި އެވެ.” މްމްމްމް……. އެކަމު ކިހިނެށް. ކާކު ފުރަތަމަ. އިޔާން އޯ އައިލީން. “އައިލީން ފުރަތަމަ………………………………………………………..ހައްހައްހާ…އިޔާން އައިލީން ކަލޭމެން ރޯން ތައްޔާރަށް ތިބޭ ތި. “މަންޝާ އާ ކައިޒިލް އެ ފަޅު ގޭތެރޭ ތިބެ ރާވަމުން ދިޔައީ މީހަކަށް އެއްވެސް ހިލަމެއްނުވާހެންނެވެ. ރަހުމުގެ ކަންފުޅެއްވެސް ނެތީ ތޯއްޗެކެވެ.ކަލަކު ވޮޑިގެންވާކަން ވެސް ނޭނގެ ނީ ކަންނޭގެއެވެ. ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ. އައިލީން އާ އީޔާންގެ ގުޅުން ވެސް ދިޔައީ ކުރިލާ ހެދެމުންނެވެ. އަދި އަނެއް ބަޔަކު ދިޔައީ އެ ގުޅުމަށް ވިހަ ލާން ތައްޔާރު ވަމުން ނެވެ.”ދަރިފުޅާ އަދިވެސް ނުނިމޭތަ.. މިހާރު ކާރު ވެސް އެބައާދޭ.” އަލާނިޔާ އައިލީން ނައިސް ލަސްވެގެން ގޮވާލިއެވެ. “މަންމާ މި ނިމުނީ އޭ.” އެތެރެއިން އައިލީން ގޮވާލި އަޑު އިވުމުން އަދިވެސް އެއްފަހަރު އަވަސް ކުރުމަށް ބުނެފައި އަލާނިޔާ ދިޔައެވެ. އައިލީން ގަޔަށް ސެންޓު ބުރުވާލުމަށްފަހު އޭނާގެ އަތް ދަބަސް ހިފައިގެން ނިކުތެވެ. އަދި ފަހު ފަހަރަށް އެ ކޮޓަރި އާ ދިމާއަށް ބަލާ ލުމަށް ފަހު ހިނިތުން ވެލި އެވެ. އައިލީން މެން އެއާޕޯޓައް ދިޔައިރު އެތާނގައި އިޔާންގެ އާއިލާ ވެސް ތިއްބެވެ. އައިލީން ވަނީ ފިޔާތޮށި ކުލައިގެ އަތް ދިގު ގަމީސް ކޮޅު ހުދު ކުލައިގެ ފުޅާ ޖިންސްގެ ކުރިމަތިން ބެގީ ކޮށް ފަހަތަށް ދޫކޮށް ލާފައެވެ. އަދި އެ އިސްތަށިގަނޑު ގަތާލައި އެއް ފަރާތުން ގެނެސް ކޮނޑު މައްޗަށް ވައްޓާލާފައެވެ. އަދި މޫނުގައި ލުއި މޭކަޕެއް ކޮއްލާފައި ވީއިރު އެ ރީތި ކަމުން ފިރިހެނުންގެ ހިތްތައް ކަތިލާނެކަން ގައިމެވެ. އައުލް ވެސް އައިލީން އާއި ދޫނުކުރެއެވެ. އައުލް ވަނީ ހުދު ކުލައިގެ ޓީޝާޓެއްގެ އިތުރުން ނޫކުލައިގެ ޖިންސެއް ލައިފައެވެ. އަދި އިސްތަށިގަނޑު ސްޓައިލް ކޮށްފައިވާ ގޮތުން އަންހެން ކުދިންގެ ހިތްތައް ކަތިލާނެކަން ގައިމެވެ. “ކޮބާ ދަރިފުޅާ….. ބަސް އަހައިގެން ކިޔަވާތި. ގޯސް ގޮތަކަށް ނަމަ ނަމަ ނޫޅޭތި. ބަރާބަރައް ނަމާދު ކުރަން ވާނެ އަދި ދިމާވާ ކަންތައްތަކުގައި ކެތްތެރި ވާތީ ބައްޕަމެން ދަރިފުޅަށް ވަރަށް އިތުބާރު ކުރަން. އުންމީދު ކުރަން ދަރިފުޅު މި ނަސޭހަތް ހަނދާން ބަހައްޓާނެ ކަމަށް.”ޒާހިދު އައިލީން ގެ ބޮލުގައި ފިރުމާލަމުން ބުނެލި އެވެ. އޭރު ބޯޑިން އަށް ގޮވަނީ އެވެ. އައިލީން އޭނާގެ މަންމަ އަށް ބަލާލި އެވެ. އަދި ގޮސް ފެން ކަޅި ވެފައި ހުރި އަލާނިޔާ ގައިގައި ބައްދާލައި ނުރޮއުމައް ބުނެލި އެވެ. އަދި ޒާހިދު ގައިވެސް ބައްދާ ލިއެވެ. އެއަށްފަހު އައިލީން ގޮސް ހުއްޓުނީ އައުލް ކައިރީ އެވެ. “ގޮނަ މިސް ޔޫ މައި ޕްރިންސެސް… އެންޑް މޭކް އަސް ޕްރައުޑް ޑާލިން. ލަވްޔޫ މައި ލިޓްލް ޕްރިންސެސް.”އައުލް އައިލީން ގައި ބައްދާލަމުން ބުނެލި އެވެ. އައިލީން ވެސް ރައްދު ގައި ” ސޭމް ޓު ޔޫ އެންޑް ލަވްޔޫ ޓޫ ދޮންބޭ” އޭ ބުނެލި އެވެ. އޭގެފަހުން އޭނާގެ ނަޒަރު ހުއްޓުނީ އިޔާން އަށެވެ. ރީމާ އާއި އައިކަލް އައިސް އައިލީން އާއި ސަލާމް ކުރުމަށް ފަހު ރަގަޅަށް ކިޔެވުމަށް ބުނެލި އެވެ. އަދި އިޔާން އަށް އިޝާރާތް ކޮށްލިއެވެ.އައިލީން ގޮސް އިޔާން ކައިރީ ހުއްޓެލިއެވެ.” ޔާން” އައިލީން ފެންކަޅިވެފައި ހުރެ ގޮވާލިއެވެ. އެވަގުތު އިޔާން އައިލީން ގައި ވަރަށ ބާރަށް ބައްދާލަމުން އައިލީން އަންނަން ދެން އިންތިޒާރު ކުރާނެ ކަމައް ބުނެ ދެވުނީމާ ގުޅުމަށް ބުންޏެވެ. އެވަގުތު އަނެއްކާވެސް ބޯޑިން އަށް ގޮވުމުން އެ ދެ ލޯބިވެރިން ދުރުވާންޖެހުނެވެ. އައިލީން އޭނާގެ މަންމަ މެނައް ހަނާ އަޅާލުމައްފަހު ރީމާ މެނައް ވެސް ހަނާ އަޅާ ލިއެވެ. އޭނާ ގޮސް އޭނާގެ ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ބޯޓު ނައްޓާލުމުން ފަހު ފަހަރަށް އެ ފަސްގަނޑައް ބަލާލި އެވެ. ހަތަރު ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ޗައިނާގެ ފަސް ގަނޑުގައި ފައިޖެހުނެވެ. އެވަގުތު އޭނާގެ ނަމުން ގޮވާލިހެން ހީވުމުން ފަހަތް ބަލާލި އެވެ. އެވަގުތު ކައިރީގައި ހުރި މީހާ ފެނުމުން ހައިރާން ކަން އިތުރު ވިއެވެ.
އައްސަލާމް އަލައިކުމް❤️
އަޅުގަނޑު ގެ ޓެސްޓު ފެށިގެން އުޅުމުގެ ސަބަބުން ވާހަކަ އަޕް ނުކުރެވުނީތީ ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށ މާފައް އެދެން. ދެން ވާނީ ކިހިނެއްބާ….. އައިލީން އަށް ގޮވީ ކާކުބާ…. އަދި ކިޔުންތެރިންގެ ހިޔަާލު ފާޅުކޮށް ދެއްވުން އެދެމެވެ. 🎀
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Aileen and iyaan gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard
Long time no see
How are you
Love you
Long time no see too.. im fine insha allah i will….. And thankyou
Love you too darling☺️
It’s ok
Kithamme lahun kiyaalan libunas Shakuvaa eh neih