Skip to content
އެސްފިޔަ

ހިނިތުންވެލާށޭ ކަލާ 8

ޖިނާހު އަކީ ޒާހިރުގެ ޒަމާންވީ ވަރަށް ގާތް ރަހުމަތްތެރިއެއްގެ އިތުރުން އޭނާގެ ޕްރައިވެޓް ޓެކްސީ ޑްރައިވަރެވެ.އައިލީން އޭނާގެ ކޮޓަރިއަށް ވަދެ ފާހާނައަށް ވަނީ ވެފައިހުރި ވަރުބަލި ކަމެއްގެ ސަބަބުން ތާޒާ ވެލުމަށެވެ.”ދަރިފުޅާ ޝަލީ…..ދަތުރަށް ތައްޔާރު ވެވިއްޖެތަ މިހާރު.”އާމިނަތު އޭނާގެ ދޮށީ ދަރިފުޅު ޝަޔަމް ކައިރީ އަހާލިއެވެ.އޭރު އޭނާގެ ހަގަށް ހުންނަ ފިރިހެން ދަރިފުޅު ކަމަށްވާ ޝާއން އައިސް ކާމޭޒު ދޮށުގައި އިށީންނަނީއެވެ.”ނޫން އަދި ޕެކް ކޮށް ނުނިމޭ…ކައިނިމިގެން ދެން އެކަމާ އުޅޭނީ.”ޝަޔަމް އަނގަ ފުރައިގެން އިނދެ ބުނެލި އެވެ.”ދޮންތަ ދެން ހަމަ ދަނީތަ ހާދަ ފޫއްސެއް ވާނެއޭ ދޮންތަ ދިޔައީމަ.”ޝާއިން ތުން އޫކޮށްލަމުން ބުނެލިއެވެ.”ކީއްވެ ފޫހި ވާންވީ އެހުރީނު އިންނު މެން ވެސް.”ޝަޔަމް ޝާއިން އަށް ބަލާލަމުން ބުނެލި އެވެ.ޝަޔަމް އެހެން ބުނުމާއެކު ވަގުތުން ޝާއިން މޫނު ކުނިކޮށްލިއެވެ.އެއާއިއެކު އެތަނުގައި ގުގުމައިގެން ދިޔައީ އެންމެންގެ ހުނުމުގެ އަޑެވެ. މަޖާ މާހައުލެއްގައި އެންމެން ސައިބޮއި ނިންމާލި އެވެ.ވަގުތުތައް ފާއިތުވަމުން ގޮސް ޝަޔަމް ފުރާ ގަޑިވެސް އައިސް ޖެހުނެވެ.”ދޮންތާ.ހާދަލަހޭ އަވަސް ކޮށްބަލަ މަންމަ މެން އެބަތިބި ދޮންތަ ލަސްވެގެން.”ޝާއިން ޝަޔަމްގެ ކޮޓަރީ ތަޅަމުން ގޮވާލިއެވެ.ހަމަ އެވަގުތު ޝަޔަމް ކޮޓަރިން ނިކުތެވެ.ޝަޔަމް ޝާއިން އަށް ކުދި ކިޔަމުން ހިނގައިގަތެވެ.ޝަޔަމް ހުރީ ރަތްލައިގެ އަތްދިގު ޓޮޕްކޮޅަކާއި އެކުހުދު ކުލައިގެ ޖިންސެއް ލައިގެނެވެ.އެ ރާޅު ބާނީ އިސްތަށިގަނޑު ވަނީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ.ޝަޔަމް މެނައް އެއާޕޯޓަށް ވަދެވުނު ވަގުތުވީ ބޯޑިން އަށް ގޮވި ވަގުތު ކަމުން މަންމަ މެނާއި ސަލާމް ކޮށްލުމަށްފަހު ހިގައިގަތެވެ.ފަސްގަޑޖއިރުގެ ދިގު ދަތުރަކަށް ފަހު ޗައިނާގެ ފަސްގަނޑުގައި ފައި ޖެހުނެވެ.ޝަޔަމް އޭނާގެ ފޮށި ދަމަމުން ބޭރުގައި މަޑުކޮށްލީ އޭނާ ބަލައި އަންނާނެ ކަމައް ބުނުމުންނެވެ.އޭގެ ދެމިނެޓު ފަހުން ކަޅު ކުލައިގެ ކާރެއް އައިސް ކުރިމައްޗަށް މަޑުކޮށްލިއެވެ.ޝަޔަމް އަވަސް އަވަހަށް ކާރަށް އެރީ ފަތުރުގެ ސަބަބުން ވަރުބަލި ވެފައި ހުރިލެއް ބޮޑުވަމުންނެވެ.އެއްގަޑިއިރުގެ ދިގު ދަތުރަކަށްފަހު ކާރު އައިސް ހުއްޓުނީ ބޮޑު ގަނޑުވަރެއް ފަދަ ގެއެއްގެ ކުރިމައްޗަށެވެ.ޑްރައިވަރު އޭނާގެ ފޮށިތައް ބާލައިދިނުމުން ޝަޔަމް ގެއަށް ވަންނަން ދިޔަ އެވެ.ނަމަވެސް ގެއަށް ވަނުމާއި އެކު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފެނުނު މީހެއްގެ ސަބަބުންނެވެ.އެވަގުތު ވެފައިހުރި ވަރުބަލިކަން ވެސް ދިޔަތަނެއް ނޭނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. kai

    mi part vx v reethi next part thankolheh avas kohlachey please

    1. brownbear
      kai

      @kai Insha Allah Balaanan avahah up kohdheveythoa alhugadu ge school kanthakaa mifaharu maa busy vumuge sababun vhk up nukoh Las v. And thank you for ur support ☺️

  2. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    kaaku fehnunee anehkaa

  3. brownbear

    @cutie girl thank you for ur support. Let’s see dhw Kaaku thoa eii 😊

Comments are closed.