Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒީޝާ (އެގާރަވަނަ ބައި)

Hannah Level 110 Stories
November 24, 2015 4 Mins Read
12 Comments

އަދި ޒީޝާގެ މޫނުގައި ހިފައި އޭނަގެ މޫނުއާ ކައިރިކޮށްލަމުން ޒީޝާގެ ދެތުންފަތުގައި ބޮސްދިނެވެ. ފާރަށް ތަތްކޮށްލަމުން ކަނދުރާގައި އަތް ހިފަހައްޓައިގެން ހުރެ އެ ތުންފަތުގައި ބޮސްދެމުންދިޔައެވެ. ދެމީހުންވެސް ސިހުނީ ޒީޝާގެ ފޯނު ރިންގްވުމުންނެވެ. ޒީޝާ ލަދުން ހުރެ ޒައިންގެ މޫނަށް ބަލައިލަމުން ފޯނު ނެގިއެވެ.

 

“ދަރިފުޅާ..ކޮންތާކު..ހާދަ ލަސްވަނީ.. ދެން އުޅެ އަވަހަށް އަންނަން..” އެކޮޅުން ވާހަކަ ދެއްކީ ނާހިދާއެވެ. ލައްބައޭ ބުނެފައި ޒީޝާ ފޯނު ބޭއްވިއެވެ. ޒީޝާ ފޯނު ބޭއްވުމުން ގުޅީ ކާކުހޭ ޒައިން އަހާލިއެވެ. “މަންމަ ގުޅީ ލަސްވެގެން..ޒައިން ދެން ހިނގާ ދާން..ބައްޕަ ވަރަށް ހިތްހަަމަ ނުޖެހޭ ބޭރުގަ ގިނަ އިރު އުޅުނީމަ..” ޒީޝާ ހުރީ ކަންތައް ބޮޑުވެފައެވެ. “އަދި އެހެންނެއް ނުދެވޭނެ..ޒީ އަށް އެއްޗެއް ދޭންވެފަ އެބައޮތް..” މިހެން ބުނެފައި ޒައިން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ދެން ފެނުނީ އަލަމާރި ހުޅުވާލާފައި ހަތަރެސްކަން ކުޑަ ފޮއްޓެއް ނެގި ތަނެވެ. އެ ހިފައިގެން އައިސް ޒީޝާ ގާތު ހުޅުވުމަށް ބުންޏެވެ. ޒީޝާ އެފޮށި ހުޅުވާލިއިރު އޮތީ ރިހިިކުލައިގެ ރީތި ފަށެކެވެ. އެފަށުގައި އަދި ވިދުން ހުރި އެސްތަކުން ޖަރީކޮށްފައި ހުރި “ޒެޑް” އަކުރުގެ ފުލެއް އިނެވެ. ޒައިން އެ ފަށް ނެގުމަށްފަހު، ޒީޝާގެ އަތުގައި ހިފައިގެން ގޮސް މަޑުކޮށްލީ ލޯގަނޑު ކުރިމައްޗަށެެވެ. ޒީިޝާގެ އިސްތަށިގަނޑު އެއްފަރާތްކޮަށްލަމުން އެފަށް ޒީޝާގެ އެ ދޮންދޮން އޮމާން ކަރުގައި ވަރަށް ލޯބިން އަޅުވާލަދިނެވެ.

 

“ޒީ..މިއީ އަހަރެން ޒީއަށް ދޭ ކުޑަ ކުޑަ ހަދިޔާއެއް.. މިފަށް އަބަދުވެސް ޒީގެ މި ލޯބި ލޯބި ކަރުގަ ބާވައްޗޭ.. އައި ރިޔަލީ ލަވްޔޫ މައި ބިޔުޓިފުލް ޕްރިންސެސް..” ޒީޝާގެ ކޮނޑުގައި ދަތްދޮޅި ވިއްދާލައިގެން ހުރެ ޒައިން ވާހަކަ ދެއްކިއެވެ، ޒައިންގެ ކޮންމެ ވާހަކައަކުންވެސް ޒީޝާގެ ހިތް ލޯބިން ފުރިގެންދެއެވެ. ވީ އުފަލުން ޒައިންގެ ގައިގައި އޮޅުލައިގަންނަމުން ލަވްޔޫ ޓޫ އޭ ބުނެލިއެވެ. ޒައިން ޒީޝާގެ ނިތްކުރިއަށް ދޮނެއް ދިނުމަށްފަހު ގަޔާ ދުރުކޮށްލީ ޒީޝާ ގެއަށް ލައިދެން ދާންވެގެންނެވެ.

 

ފަހީމާމެންނާ ސަލާމް ކުރުމަށްފަހު އެގެއިން ނިކުތީ އެގާރަ ޖަހާ ބޮޑުވި ފަހުންނެވެ. ޒީޝާ ގެއަށް އައިރު ޓީވީ ބަލަން ސޯފާގައި އައިހަމް އިނެވެ. އައިހަމް ބުމަ މައްޗަށް އަރުވާލަމުން ތިއައީ ކޮންތާކުންހޭ އަހާލިއެވެ. ޒީޝާ ހީލަމުން މިއައީ ފްރެންޑަކާއެކު ބޭރުގައި އުޅެފައޭ ބުނެފައި ގޮސްވަނީ ކޮޓަރިއަށެވެ. އައިހަމް ޒީޝާ ދިޔަތަން ބަލަން އިނދެފައި ޓީވީ ނިއްވާލުމަށްފަހު އޭނަވެސް ކޮޓަރިއަށް ވަނެވެ. އެއީ މާދަމާ ހެނދުނު ސައިދާއެކު އޮފީހަށް ދާންޖެހޭތީއެވެ.

 

ހެނދުނުގެ އިރު އަރައިގެން އައީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. ނާހިދާ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނެވެ. އައިހަމް އޮފީހަށް ދާން ތައްޔާރުވަލެގައިން އައިރު ސައީދު ކޮޓަރިން ނިކުންނަނީއެވެ. އޭރު ސައި ހުރީ ތައްޔާރު ވެފައެވެ. ދެމީހުން އެކުގައި ސައިބޯން ފެށިތާ މާއިރުތަކެއް ނުވަނީސް ކޮލެޖްއަށް ދާން ތައްޔާރުވެލައިގެން ޒީޝާ އައެވެ. މެރޫން ކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދުކުލައިގެ ޖިންސެއްގައި ޒީޝާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އައިހަމްއަށް ހިތުގެ އަޑީން ޒީޝާގެ ރީތިކަމަށް ތައުރީފްކޮށްލެވުނެވެ.

 

“ދަރިފުޅާ..އަވަހަށް ސައިބޯން ފަށާ..ބައްޕަމެން މިހާރު ދެން މިނިމެނީ..ދޯ އައިހަމް..” އައިހަމް އަށް ދޯ ދެމުން ސައީދު ވާހަކަ ދެއްކިއެވެ. ޒީޝާ ހިނިތުންވެލަމުން އަވަަހަށް ސައިބޯން ފެށިއެވެ. “ޒީޝާވެސް ވޯކް ކުރަނީ ސައީދުބެ އޮފީހުގަތަ؟” ޕާންފޮތި ކާލަމުން އައިހަމް ސުވާލުކުރިއެވެ. “ހެހެހެއް..ނޫނެ.. އައި އޭމް ސްޓަޑީން.. އޮފީސް މެނޭޖްމެންޓް މިކިޔަވަނީ..” ޒީޝާ ހެވިލާފައި ޖަވާބު ދިނުމުން އައިހަމްއަށް ހީލެވުނެވެ. ޒީޝާގެ މޫނުމަތިން އެފެންނަ ހިނިތުންވުން ޒީޝާއާ ނުހަނު ގުޅެއެވެ.

 

ސައީދުއާއެކު އޮފީހަށް ވަދެގެން އައި އައިހަމް ފެނި ރިސެޕްޝަންގައި އިން އައިކާ އަށާއި ނުހާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އައިހަމް ލައިގެން ހުރި މަޑު އަޅިކުލައިގެ ގަމީސް ގައިގައި ހިފާފައި ވާއިރު އެ ބާރުގަދަ މުލައްދަނޑީގެ ވަރުގަދަކަން ހާމަވެއެވެ. ދިގު އިސްކޮޅަކާއި އެއްވަރަށް އޭނާގެ ހަށިގަނޑުވެސް ކަސްރަތީވެފައި ޖާނުން ވަރުގަދައެވެ. ތުނިކޮއްލެވިފައިވާ ތުނބުޅީގައި ތެރެއިން ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވާއިރު އެ ރީތި ދެލޮލުން ސިއްރުވެރި ގޮތަކަށް އައިކާއަށާއި ނުހާއަށް ބަލައިލިއެވެ. އެމީހުންނާ އަރާ ހަމަވުމުން ސައީދު އެމީހުންނަށް އައިހަމް ތައާރަފު ކޮށްދިނެވެ. އައިހަމް ހީލަމުން ނައިސް ޓު މީޓް ޔޫ އޭ ބުނެފައި ސައީދުގެ ފަހަތުން ދިޔައެވެ.

“ވާއު..ހޮޓް ބިޓެއް..ދެޓް ސްމައިލް..އާހް..ވަރަށް ސަޅި..” އައިހަމް އެތަނުން ދިޔުމާއެކު އައިކާ ތުއިވެލާފައި ބުންޏެެވެ. “އައިކާ އަށް ހަމަ ސާބަސް..ތާކުން ފިރިހެނެއް ފެންނައިރަަށް ތިހަރަ ވާގޮތެއް ދޯ..ވެދާނުން މީހެއްގެ ފިރިއަކަށްވެސް..” ނުހާ ބުނެލި ޖުމްލައިން އައިކާ ފޫހިގޮތަކަށް ތުންކޮޅު ހަދާލިއެވެ. “ދެން ނޫން.. ނުހާވެސް ދައްކާ ވާހަކަ.. އެކަހަލަ ހޮޓް ބިޓުންނެއް އަވަހަކަށް މެރީއެއް ނުކުރާނެ..ލުކް އެޓް ހިމް.. ހީ ލުކްސް ސޯ ޔަންގް..” އައިކާ ހުރީ އޭނަގެ ގޮތުގައެވެ. “ދެން މަށަކަށް ނޭނގެ.. އައިކާއަށް ރަނގަޅަށް އެއްޗެއް ބުނެގެން ވާކަށްވެސް ނެތެއްނު..” ނުހާ ފަރުވާކުޑަ ގޮތަކަށް ބުނެފައި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އޭރު އައިކާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ.

 

އައިކާ އާއި ނުހާ އެއޮފީހުގައި މަސައްކަތް ކުރަމުން އަންނަތާ ގާތްގަނޑަކަށް އަހަރެއްވަނީއެވެ. ނުހާއަކީ މަޑުމައިތިރި ބަސްމަދު އަންހެން ކުއްޖެކެވެ. މީހުންނާ ރީތި ބަހުން ވާހަކަ ދައްކާ އެހެން މީހުންނަށް އިހްތިރާމް ކުރަން އެނގޭ ރަނގަޅު ކުއްޖެކެވެ. މިއާ ހިލާފަށް އައިކާއަކީ އެއްވެސް ކަހަލަ ހަރުދަނާ ކަމެއް ނެތް ކުއްޖެކެވެ. ފެޝަނަށް ލޯބި ކުރާ އައިކާ އަކީ ފިރިހެން ކުދިންގެ ހިތްތައް އަތުލާ ފަދަ ރީތި ކަމެއް ލިބިފައިވާ ހަމުގެ ކުލަ އަލި ލޫޅާފަތި ކުއްޖެކެވެ. މިކަމާ އައިކާ އަބަދުވެސް ފަހުރުވެރިވެއެވެ. އައިކާގެ މިސިފައާ މެދު ނުހާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އެކަން ނުދައްކާވޭތޯ ބަލަނީ އެއް އޮފީހެއްގައި މަސައްކަތް ކުރަމުން އަންނާތީއެވެ.

 

ކުލާހުން ނިކުމެގެން އައި ޒީޝާގެ ނަޒަރު ހުއްޓުނީ ބެންޗުގައި ހުރި މޭޒެއްމަތީގައި ބޯ އަޅާލައިގެން އޮތް ސަމާއަށެވެ. އެހިސާބަަށް ހިނގާލާފައި ގޮސް ސަމާގެ ކޮނޑުގައި އަތް ބޭއްވުމުންވެސް ހަބަރެއް ނުވީމަ ގޮވާލިއެވެ. ސަމާ މަޑު މަޑުން ބޯހިއްލާލިއެވެ. ސަމާގެ ރަތްވެފައިވާ ދެލޯ ފެނިފައި ޒިޝާ ސިހުނެވެ. “ސަމާ ކިހިނެއްވީ.. ތިހިރަ ދެލޮލެއް ބަލާލަބަލަ.. ބަލީތަ؟ ރޮއެފަ ދޯ ތިހުރީ..ތިވެގެން އުޅޭ ގޮތެއް މަށަށް ކިޔާދީބަލަ..ޕްލީސް..” ސަމާގެ އަތްމަތީ އަތް ބާއްވާލަމުން ޒީޝާ ވާހަކަދެއްކިއެވެ. ނަމަވެސް ސަމާ އެއްޗެކޭ ނުބުނެ އިން ގޮތަށް އިނީއެވެ. ސަމާ ބަލީކަމަށް ހީކޮށް ސަމާގެ ނިތްކުރީގައި ޒީޝާ އަތް ޖައްސާލިއެވެ. “ހުއް..ކޮންމެހެން މާ ހެޔޮ އެދޭ މީހަކަށް ވާނި ކަމެއް ނެތް.. މާ ރަނގަޅު މީހަކަށް ވެގެން އަދި އެބައުޅޭނުން..” ޒީޝާގެ އަތް ފޮޅާލަމުން ރުޅިވެރިކަމާއެކު ސަމާ ބުނެލިއެވެ. ޒީޝާ އިނީ ސަމާގެ އަމަލުތަކުން ހައިރާންވެފައެވެ. ކަޅިވެސް ޖަހާ ނުލައި ސަމާއަށް ބަލަން އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގުމުންނެވެ. “ވަޓް ސަމާ.. މަށަށް ކަމެއް ގޯސްކޮށް ކުރެވުނީތަ..؟ އައި ޑޯންޓް ނޯ ވަޓް އިޒް ރޯންގ ވިތް ޔޫ..” ދެރަވެލާފައި ޒީޝާ އަހާލުމުން ސަމާ މަލާމަތް ކޮށްލިއެވެ. “ވަޓް އަ ޖޯކް.. މިހާރު ދެން ނޭނގޭނެ ކުރެވުނު ކަމެއްވެސް.. ޒީޝާ ހީކުރީ ކަލޭ ރީތި ވީމަ ކީކޭ ކަމަށްތަ..؟ އެހެން މީހުންނަށް ނިކަމެތިކަން ދީފަ އަދި މާ ނޭނގޭ ކަމަށް އެބަ ހަދައޭ.. މަ ލަދު ގަނޭ ތި މަގޭ ބެސްޓިއޭ ބުނަންވެސް…” ސަމާގެ ވާހަކަތަކުން ޒީޝާއަށް ހީވީ އޭނަގެ ބޮލުގައި މީހަކު އެއްޗަކުން ޖެހިހެންނެވެ. ސަމާ އެކިޔާ އެއްޗެއް ޒީޝާއަކަށް ނުވިސްނުނެވެ. “ސަމާ ޕްލީސް ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ.. އަހަރެން ދުވަހަކުވެސް މީހަކަށް ނިކަމެތިކަމެއް ނުދެން..ހަމަ ޔަގީން..ސަމާ ރަނގަޅަށް ބުނީމަ ދޯ އެނގޭނީ ވެގެން ތިއުޅޭ ގޮތެއް… އިހަށް ތި ރުޅި މަޑުކޮށްފަ ކިޔާދީބަލަ..” ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ބުންޏެވެ..”މީނަ ހާދަ މޮޅޭ އެކްޓް ކުރަންވެސް ދޯ..މާ އިނޮސެންޓްވާން އުޅޭނިކަމެއް ނެތް..އިތުރަށް މަށާ ސުވާލު ނުކޮށް މިތަނުން ދޭ… އެހެންނޫނީ މަ ހިނގައިދާނަން..” ސަމާ ހިތުހުރި އެއްޗެއް ކިޔާލުމަށްފަހު ދާން ހިނގައިގަތުނެވެ. ޒީޝާއަށް ބޮލުގައި ދެއަތް ހިފައްޓާލައިގެން ހުރެ ވިސްނެނީ ދެންމެ ސަމާ ދެއްކި ވާހަކަތަކެވެ. ޒީޝާ ކުއްލިއަކަށް ސިހުނީ ސަމާގެ ހަޅޭކުގެ އަޑަށެވެ. އަވަހަށް ގޭޓާ ދިމާލަށް ދުއްވައިގަތުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hannah

Level 110 Stories

Other Articles

Previous

..ހާދައޭ ބޭނުމީ ކަލާ.. (ތިންވަނަ ބައި)

Next

ހަޔާތަށް ދިރުން ގެނެސް ދިނީ ކަލާ (3)

Next
November 25, 2015

ހަޔާތަށް ދިރުން ގެނެސް ދިނީ ކަލާ (3)

Previews
November 24, 2015

..ހާދައޭ ބޭނުމީ ކަލާ.. (ތިންވަނަ ބައި)

12 Comments!

  1. Hannah says:
    November 24, 2015 at 11:48 pm

    hello guys.. i know i am writing story again after a long time.. so sorry for that.. hope you guys are doing well.. it is short tonight.. leave a comment about this part.. good night.. take good care 🙂

  2. sam says:
    November 25, 2015 at 12:02 am

    Hi hannu.. How’s you? Mi part ves v salhi..dhen huri bai thah avahah upload koh dhehchey..

  3. Admin says:
    November 25, 2015 at 1:20 am

    Hannah, welcome to esfiya. i want to explain some stuffs to you. can u please contact me on viber or sms via 7997991. Thanks -admin-

  4. Crazi says:
    November 25, 2015 at 9:56 am

    Long time hama. Inthizaaruga

  5. lai says:
    November 25, 2015 at 10:56 am

    nice

  6. Lovely says:
    November 25, 2015 at 11:07 am

    Kobaa mi story ge first 8 episode… Plx tell me.. Mi story v kiyaa hihvejje.. Plx tell me

  7. sss says:
    November 25, 2015 at 1:42 pm

    http://www.esfiya.com/author/hannah/
    mi link eh fennaane

  8. sss says:
    November 25, 2015 at 1:44 pm

    hannah ge story thakah dhiyaima fennaane

    1. Lovely says:
      November 25, 2015 at 2:36 pm

      Thnkx <3

  9. sss says:
    November 25, 2015 at 1:44 pm

    http://www.esfiya.com/author/hannah/

  10. Lovely says:
    November 25, 2015 at 2:32 pm

    E page ge name bunevidhaane tha

  11. Lovely says:
    November 28, 2015 at 11:56 am

    Plx next part Dhn upkohdheeba.. Plxxxxxxx

Comments are closed.

Next Episodeޒީޝާ (ބާރަވަނަ ބައި)←


All Right Reserved!