ލޯބިން ބުނެލަން……(5)
” އޯހް ޕްލީޒް! ޓޭކް ޔުއަރ ތިންގ.. ބޭނުން ވެގެނެއް ނޫން ވިއްޔަ މީހުން މީހުންގެ ކުރިމައްޗަށް އެރެނީ” ވީދިފައިވާ އަތް ސަމީރުއާ ދިމާލަށް އެއްލަމުން އާލިޔާ ހިނގައިގަތެވެ. ފަހަތަށް ބަލާލުމެއް ވެސް ނެތި ގޮސް ކާރަށް އަރައި ދުއްވާލިއެވެ. ގޮސް ވެއްޓުނު ގޮތުން، އޭރުވެސް ފައިގައި ވަރަށް ގަދަޔަށް ރިއްސަމުން ދިޔައެވެ. އަތްތިލައިން މެށިފައި އޮތް ހިސާބުންވެސް ލޭހިލި، ދިލަ ނަގަމުން ދިޔައެވެ. އަތުގައި އޮތް ފޯނު ވެއްޓިދާނެތީ، ހަދާލި ގޮތަކުން އަތްތިލަ ޕޭވމަންޓްމަތީގައި ގޭނުނީއެވެ.
އޭނާ ބެލީ އަޅަމުން ދިޔަ ވޭނާއެކު ވެސް އަވަހަށް ގެޔަށް ދެވޭތޯއެވެ. އާލިޔާ ދިޔުމުގެ ކުރިން މާމަ ގެއަށް ގޮސްފިއްޔާ ދުވަސް ދިޔައީއެވެ. ރޭވި ހުރިހާ ރޭވުމެއް ފެނަށްވީއެވެ.
******
އާލިޔާއަށް ގެޔާއި ހިސާބަށް ފޯރިއިރު، ގަޑިން 6 ޖަހަނީއެވެ. ވަގުތުން، އޭނާ ލިލީއަށް ގުޅައި މާމަ ކޮބައިތޯ އަހައިލިއެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ، މާމަ އަދި އަންނަން ހިތަށް ވެސް ނާރުވާކަމަށް ލިލީ ބުނީމައެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު، އާލިޔާ ބެލީ 8 ޖެހުމުގެ ކުރިން ރެޑީ ވެވޭތޯއެވެ. ޕާރޓީގެ އެހެން ހުރިހާ ތައްޔާރީތަކެއް ހުރީ ނިމިފައެވެ. މާމަގެ ވަރަށް ގިނަ ރައްޓެހިންނަށް ދަޢުވަތު ދީފައިވަނީ، މާމައަށް ނޭންގުމަށް އެދި އާދޭސް ކޮށްފައެވެ. އޭނާގެ ޕްލޭންގައި އެންމެ ބޮޑު އެއްބާރުލުމެއް ދިނީ ސައީދާއްތައެވެ. ޕާރޓީގެ އެއްވެސް ކަމެއް ނިމުމުގެ ކުރިން މާމަ އެގެއިން ނުފޮނުވާނެ ކަމަށް ސައީދާއްތަ ބުނީ ވަރަށް ޔަޤީންކަމާއެކީގައެވެ.
ކަޅު ފަޓުލޫނަކާއި، ހުދު ގަމީހެއް ގަޔަށް މަހާލުމަށްފަހު، ޝާވިން އެނާގެ ބޮލުގައި އަތް ފުނާ އަޅާލީ އިސްތަށިތައް އެއްވަރުކޮށްލުމަށެވެ. އެއަށްފަހު ސެންޓުފުޅިން ސެންޓުފޮދެއް ޖަހާލިއެވެ. އެވަގުތުވެސް އޭނާގެ ހިތް އަވަސް ވެފައިވަނީ އާލިޔާގެ މޫނު ދެކިލުމަށެވެ. ހަވީރު ކޭކު ބަލައި ދިޔަ ގޮތަށް އާލިޔާ އޭނާގެ ލޮލުކޮޅަށް ވެސް ފެނިނުލާތީ ޝާވިންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ކޮޓަރިން ނުކުމެ، ޕާރޓީގެ ކަންކަން ކުރިއަށް ދާގޮތް ބަލަމުން ދިޔަ ޝާވިންގެ ލޮލުގައި އާލިޔާ އަޅައިގަތީ ހަމަ އެވަގުތުއެވެ.
މެރޫން ކުލައިގެ އަބާޔާއެއް ލައިގެން ހުރިއިރު ބޮލުގައި އަޅާފައިވާ ހަމައެކުލައިގެ ޝޯލްއިން ހެދުމާއި އެވަރަށް ވިދަމުން ދިޔައެވެ. އަތުގައި އަޅާފައިވާ ރަން ކެވެލިކޮޅުން އެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މޫނުގައި މޭކްއަޕް ކުރެވިފައިވަނީ އާލިޔާގެ މޫނަށް އިތުރު ވިދުމެއް ގެނެސްދޭފަދަގޮތަކަށެވެ. އައިލައިނަރއާއި މަސްކަރާއިން އެބޮޑު ދެލޮލާއި އެސްފިޔަތައް އިތުރަށް ފާޅުވަމުން ދިޔަފަދައެވެ. އަރާފައިވާ، ކަޅުކުލައިގެ ހީލްސްގެ ސަބަބުން އިސްކޮޅުން ދިގުކަމަށް ދައްކަމުން ދިޔައެވެ. ހީވަނީ، އުޑުން ބިމަށް ފައިބާފައިވާ ހޫރުޕަރީއެއް ހެނެވެ. ނޫނެކެވެ. ހޫރު ޕަރީއަކަށްވުރެ ވެސް އާލިޔާ މާ ފުރިހަމައެވެ. ދެން ފަހެ، އޭނާއަށް އާލިޔާދެކެ އިހުނަށްވުރެ އިތުރަށް ލޯބި ނުވެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
“އަހްމް.. އަހްމްމްމްމް.. އަނެއްކާ އޮޅުނީތަ މިއަދު މި ކާކުގެ އުފަން ދުވަހެއްކަން؟” ޝާވިން އެހެން ބުނެލީ އާލިޔާއަށް ދިމާކޮށްލުމުގެ ގޮތުންނެވެ. “ކިހިނެތްވި؟” އާލިޔާ އަހާލިއެވެ. “ކަމެއް ނުވޭ. މިހެން މިބުނީ މީހަކު މާ ރީތިވެގެން ހުރީމަ.” ޝާވިން ތަޢުރީފުކޮށްލިއެވެ. ” އޯހް. އެކަމަކު ތިބުނާހާ ރީއްޗެއް ނުވަން. ދެން ޕާރޓީއެއް ވީމަ އައި ހޭވް ޓު ލުކް ނައިސް ރައިޓް” އާލިޔާ ބުނެލިއެވެ. ” ނައިސް އޭ؟ ވަރަށް ވަރަށް ނައިސް.” ނިއް އަރުވާލަމުން ޝާވިން ބުނި ބަސްތަކުގެ ސަބަބުން އާލިޔާ ގަތް ލަދާއެކު އޭނާގެ މޫނު އަނެއް ފަރާތައް އަނބުރާލީ، މޫނު މައްޗަށް ވެރިވި ރަކި ހިނިތުންވުން ފޮރުވާލުމަށެވެ.
އަތުގައި އޮތް ފޯނު ރިންގުވާން ފެށުމާއިއެކު، އާލިޔާ އޭނާގެ ފޯނު ކަންފަތުގައި ޖައްސާލީ އެގުޅަނީ ލިލީކަން އެނގޭތީއެވެ. ގެއަށް މިއާދެވެނީ ކަމަށް ލިލީ ބުނުމާއިއެކު އާލިޔާ އަވަސްވެގަތީ، ޕާރޓީއަށް އައިސް ތިބި އެންމެން ތަންތަނަށް ވައްދައި ފިލަން ރެޑީވުމަށެވެ. ގޭގެ ހުރިހާ ބޮތްކެއްހެން ނިއްވާލުމަށްފަހު މާމަ އަންނާނެ އިރެއްގެ އިންތިޒާރުގައި އެންމެވެސް ތިބީ، ގޭގެ އެކި ކަންކަނަށް ވަދެ ފިލައެވެ. ޝާވިންއާއި އާލިޔާ ތިބީ އެތަނުން ސޯފާއެއްގެ ފަހަތަށް ވަދެއެވެ. “ހާދަ ލަހެ-” “ޝްޝްޝް” ވާހަކަ ދައްކަން ފެށި ޝާވިންގެ އަނގަމަތީގައި އަތް ހުރަސްކުރަމުން، ވާހަކަނުދެއްކުމަށް އާލިޔާ އަމުރު ކޮށްލިއެވެ. އެކަން ވެގެން ދިޔައީ، ޝާވިންއަށް ވަރަށް މަޖާ ކަމަކަށެވެ. ” ސޮރީ” މަޑުމަޑުން ޝާވިން އެހެން ބުނެލުމާއެކު، އާލިޔާ އަނެއްކާވެސް އޭނާއާއި ދިމާލަށް ދެލޮ އަޅާލިއެވެ. ހަމަ މިހާރު އަނގަ މަޑުން ލައިގެން އިންނާށޭ ބުނާފަދައަކުންނެވެ. ގޭތެރެއަށް ބަޔަކު ދަވެގެން އަންނަ އަޑު އިވުމާއެކު، އާލިޔާ މާމަ ސިއްސުވާލަން ރެޑީވިއެވެ. ” އެ އައީ. ރެޑީ ދޯ؟” ޝާވިން ބޯ ޖަހާލިއެވެ.
” ހާދަ އަނދިރިއޭ. ކާކުތަ ބޮކިތައް ނިއްވާލާފަ؟” ސައީދާއާއެކު އެތެރެއަށް ވަދެގެން އައި އައިމިނަ ސިއްސައިގެން ދިޔައީ، އެއްފަހަރާ ހުރިހައި ފަރާތަކުން ބާރުބާރަށް އިވިގެން ދިޔަ އުފަން ދުވަހުގެ ތަހުނިޔާތަކުގެ ސަބަބުންނެވެ. ބޮކިތައް ދިއްލުމާއިއެކު، ކުލަ ކުލައިން ރިވެތިކުރެވިފައިވާ ގެގެ ފާރުތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަވަސްއަވަހަށް އައިސް އޭނާގެ ގައިގައި އާލިޔާ ބައްދާލިއެވެ. ” ހެޕީ ބާރތްޑޭ މާމާ! އައި ލަވް ޔޫ” އާލިޔާ މާމައަށް ތަހުނިޔާ ކިޔާލިއެވެ. ” މީތަ ދަރިފުޅު މިއަދު އެއްކޮން ކުރިކަމަކީ. މާމަ ކައިރި ނުވެސް ބުނެ؟” އައިމިނަ ސުވާލުކޮށްލިއެވެ. ” އަޅެ މާމަ ގާތުގަ ބުނީމަ އަޅުގަނޑުގެ ހުރިހާ ޕްލޭންއެން ފެއިލްވާނެ އެންނު. އަޅުގަނޑު ބޭނުންވި ސަޕްރައިސްއެއް ދޭންށޭ! ރީތިތަ؟ ” އާލިޔާ މާމަގެ ސުވާލަށް ޖަވާބުދިނެވެ. “ވަރަށް ރީތި. ދަރިފުޅުވެސް ހަމަ އެހާ ރީތި” އާލިޔާގެ ކޮލަށް ބޮހެއް ދެމުން އައިމިނަ ބުނެލިއެވެ.
“އާދޭ ކޭކު ފަޅަން.” އާލިޔާ މާމަގެ އަތުގައި ހިފާ ދަމާލިއެވެ. “އެހައްމަޑުކުރޭ.. ސައީދާއައްވެސް އެނގޭތަ މިހުރިހާ ކަމެއް. އެހެންވެ ދޯ އަހަރެން މިހާ ރީތިކޮށްދީގެން އެ ގެނައި” ސައީދާއަށް ދިމާލަށް ބަލާލަމުން އައިމިނަ ނިއް އަރުވާލިއެވެ. ” ޔެސް ސައީދާއްތަ ވޯސް އަ ޕާރޓް އޮފް މައި ޕްލޭން.” އުނަގަނޑުގައި އަތް ވިއްދާލަމުން އާލިޔާ ސައީދާއަށް ދޯއެއް އެއްލާލިއެވެ. އޭނާގެ ވާހަކައަށް ބޯޖަހާލި، ސައީދާގެ ގާތުގައި ތިބި އަހާންއާއި ސަމީރު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އޭރު ސަމީރު ހުރީ، ފޫހިވެފައިވާ ގޮތަކަށް ދުރަށް ބަލަހައްޓައިގެންނެވެ. އާލިޔާ އަހާންއަށް ބަލާލުމާއެކު އަހާން އޭނާއަށް ހަނާ އަޅާލިއެވެ. އާލިޔާވެސް ބަދަލުގައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“އަވަސް ހިނގާ ކޭކު ފަޅަން” އަނެއްކާވެސް އައިމިނަގެ އަތަށް ދަމަމުން އާލިޔާ، އޭނާ ކޭކުއިން މޭޒާ ދިމާއަށް ގެންދިޔައެވެ. ކޭކު ފެޅުމާއެކު، އެންމެންގެ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. އެހާ ހިސާބުން އެންމެންވެސް އެކި ތަންތަނަށް ބައިވެ، ކެއުމުގެ ކަންކަމައިގެން މަސްޢޫލުވާން ފެށިއެވެ. އާލިޔާ ގޮސް ކާން އިށީނީ އަފީފާއި އައިމިނަ ތިބި މޭޒުގެ ކައިރީގައެވެ. އޭރު ޝާވިންވެސް އައިމިނަގެ ގާތުގައި އިނށީދެގެން އިނެވެ. ” މިސޮރު ކައިރީގަ މިކިޔަނީއޭ ރަނގަޅަށް ކާށޭ.. އޭރުންނޭ ފަލަވާނީ. އެކަމަކުވެސް ހުންނާނެ އަހަރެން ކުރާކަމެއް ބަލަން ނުވެސް ކައިދޯ؟” އައިމިނަ އަފީފުގެ ގާތުގައި ޝަކުވާކުރަމުން ދިޔައެވެ.
“އާލިޔާ” މާމަ ގޮވާލިއަޑަށް އާލިޔާ ބަލައިލިއެވެ.”ޔެސް؟” ” ކައިގެން ހިނގާބަލަ. އެބައުޅޭ ސައީދާ ގޯތި ދެ ކުދިން ވެސް އައިސް. ވާނެ އެންނު އެމީހުނާ ބައްދަލުކުރަން ދޯ؟ އައިމިނަ ބުނެލިއެވެ. ” ކީއްވެ؟” އާލިޔާ ފޫހި ރާގަކަށް އަހާލިއެވެ. ” ހުމް.. ސުވާލުނުކޮށް އަވަސް ކުރޭ.” އާލިޔާ ކައި ނިންމާލުމާއެކު، ބާރުބާރަށް އޭނާގެ އަތުގައި ހިފައިގެން ގޮސް އައިމިނަ އޭނާއަށް ދެއްކީ ސަމީރުއެވެ.
” އެއީ ސަމީރު. ރީތި ދޯ؟ އެއީ އޯ އެ ކުންފުނީގެ ސީ. ބީ. އޯ..” އައިމިނަ އާލިޔާއަށް ސަމީރުގެ ތަޢާރަފު ކޮށްދިނެވެ. ” ސީ. އީ. އޯ އެއް ނޫން؟”. އާލިޔާ ބުނެލިއެވެ. “ހުމް އެޔޭ. ވަރަށް ރަނގަޅުވާނެ އޭނަ. އަދި މީހަކާ ވެސް ނީނދެ” އާލިޔާއަށް މާމަގެ މިސްރާބު އެހުރީ ކޮން ދިމާލަކަށް ކަން ރޭކާލީ އެހިސާބުންނެވެ. ” އާރ ޔޫ ސީރިއަސް. މާމަ ތިއުޅެނީ އަޅުގަނޑަށް އޭނާ ރީތިވޭތޯ ބަލަން؟” އާލިޔާ ދެފަޅިއަށް ބޯ ހަލުވާލަމުން، ދެލޯ ބޮޑުކޮށްލިއެވެ. ” އާނ. ކޮބާ މައްސަލައަކީ؟” މާ ނުވާގޮތަކަށް އައިމިނަ ބުނެލިއެވެ. ” މައްސަލައަކީ، އަޅުގަނޑަށް އޭނާ އެއްވެސް ގޮތަކަށް ކަމު ނުދިޔުން.” އާލިޔާ އޭނާގެ ހިތް އޮތްގޮތް ވަރަށް ސާފުކޮން ބަޔާން ކޮށްދިނެވެ.
“ދެން އަޅެ. ދެން އާލިޔާ މިހާރު މީހަކާ އިންނަން ވެއްޖެ އެއްނު. ތިހެން ހުއްޓަ ތިރީހުން މައްޗައް ގޮސްދާނެ.” އައިމިނަ ޝަކުވާ ކުރަން ފެށިއެވެ. “ތިރީހުން މައްޗަށް ދިޔަސް އަޅުގަނޑު އިންނާނީ އަޅުގަނޑު ބޭނުން މީހަކާ!” އެހެން ބުނަމުން އާލިޔާ ދުރަށް ދިޔުމަށް ހިނގައިގަތެވެ. ކައިވެނި ކުރާނީ ކޮން އިރަކުންތޯ އަހާ އެންމެންގެ ސަބަބުން އޭނާގެ ބޯ ހަލާކު ވާވަރުވެއެވެ. އެންމެން ވެސް ދައްކަނީ އެއް ވާހަކައެކެވެ. އުމުރު ގެއްލޭ ވާހަކައެވެ. ކައިވެންޏެއް ކުރަން މިހާރު މާ ލަސްވާ ވާހަކައެވެ. އެމީހުންގެ އެވާހަކަތަކުން އޭނާއަށް މާބޮޑު އަސަރެއް ނުކުރިޔަސް، އަބަދުވެސް އެއްވާހަކައެއް ދައްކާތީ، އޭނާއަށް ހުރެވެނީ އެކަމުން ރެކެވޭނެ ގޮތެއް ނެތިފައެވެ. ހައްލަކީ، ކައިވެނި ކުރުމެވެ. ނަމަވެސް، އޭނާ ކައިވެނިކުރާނީ އޭނާ ބޭނުން މީހަކާއެވެ. ކޮންމެ ކޮންމެ މީހަކާއި އިނދެގެން ދިރިއުޅުން ޚަރާބު ވާތަން ދެކޭކަށް އާލިޔާ ބޭނުމެއް ނޫނެވެ.
ފޯނު ރިންގުވާން ފެށި އަޑާއިއެކު، އާލިޔާ ފޯނަށް ބަލައިލިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ” އައްސަލާމް އަލައިކުމް” އާލިޔާ ސަލާމް ގޮވާލިއެވެ. “ވައަލައިކުމް ސަލާމް. އާލިޔާ ދެއްތޯ؟ އަޅުގަނޑުމެން އާލިޔާއަށް މިގުޅާލީ، އަޅުގަނޑުމެނަށްޓަކައި ވަކާލާތުކޮށްދިނުމަށް އެދެން. މި ކޭސް އިން އިދިކޮޅު ބަލިކުރެވޭނީ އާލިޔާފަދަ ޤާބިލު ޤާނޫނީ ވަކީލަކަށް ކަމުގައިވާތީ.” ފޯނުން ވާހަކަ ދެއްކި މީހާ ވާހަކަދައްކަމުން ދިޔައެވެ. ” ލައްބަ. އަޅުގަނޑަށް އެހީވެވޭނީ ކޭސްގެ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްލަ ދިނީމަ. ކިހިނެއްތޯ ވާނީ މާދަމާ ނަމަވެސް އެކަމާ އުޅެލަން ދެއްތޯ؟” އާލިޔާ ޖަވާބުދިނެވެ. “ލައްބަ އެންމެ ރަނގަޅު” އެމީހާ އެއްބަސްވެލިއެވެ. ” ތި ފަރާތުގެ ނަމާއި، ކޭސް އެމީހަކާއި ދެކޮޅަށް އޮތް ފަރާތުގެ ނަންވެސް ހިއްސާކޮށްލެވިދާނެތޯ؟ ބައްދަލުވާނެ ގަޑިއާއި ތަންވެސް.”
އާލިޔާގެ ސުވާލުތަކަށް އެމީހާ ދިން ޖަވާބުތަކުގެ ސަބަބުން އޭނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އެމީހާ ފޯނު ބޭއްވުމާއެކު އާލިޔާއަށް ހިތާ ހިތުން ކިޔާލެވުނެވެ. “ސަމީރު ޝިފާޒްގެ މައްޗަށް ވައްކަމުގެ ދަޢުވާ… ދެޓް އިޒް ކްރޭޒީ” އާޝޯހުވެ އަނގަމަތީ އަތް އަޅާލަމުން އާލިޔާ ފުން ނޭވާ އެއް ދޫކޮށްލިއެވެ. ނަމަވެސް، އާޝޯހު ވާންވީ ސަބަބެއް ނެތްތާއެވެ. ސަމީރުއަށް ބަލާލާފައި އެފަދަ ކަމެއް ކޮށްފާނެކަމަށް ލަފާކުރެއެވެ. 20 ލައްކައިގެ ވައްކަމެއް ކުރެވޭނީވެސް، ގައިގަ ކޮންމެވެސް ނުލަފާކަމެއް ހުރެގެންތާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Mi part vx v Reethi masha alla
Curiously waiting for next part
Keep it up
Aaliyaa and Shaavin v gulhey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih
Alhugandu ge support Abadhuves libeyne insha Allah
thank you for the support love. it always keeps me going.<3