ލޯބިވާ މަންމާއެވެ. މިއީ، ތިޔަ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެއް ނޫންހެއްޔެވެ؟ މަންމާއެވެ. އަޅުގަނޑު މަންމަ ދެކެ އިންތިހާއަށް ލޯބިވަމެވެ. އެހެންނެއް އަބަދަކު ނުބުނާނަމެވެ. ނަމަވެސް، އޭ ލޮބުވެތި މަންމާއެވެ. މި ދެފައިން އަޅާ ކޮންމެ ފިޔަވަޅެއް، މި ސިކުނޑިން ވިސްނާ ކޮންމެ ވިސްނުމެއް ގޮސް ހުއްޓެނީ، ތިޔަ މަންމަގެ އަރިހުގައެވެ. މަންމަގެ ރުހުން ނުލިބޭނެފަދަ ކަމެއްކުރުމަކީ، މިހިތަށް ދުވަހަކުވެސް ކުޅަދާނަ ވާނޭ ކަމެއްނޫނެވެ. މަންމާއެވެ. ނިކަންބުނެބަލާށެވެ. އަޅުގަނޑާ ދިމާލަށް ނިކަން ރަނގަޅަށް ބަލައިލާފައި ބުނެބަލާށެވެ. […]
“ބުނަން ނުކެރެންޏާ އަޅާނުލާ.. ” ޝާވިންގެ އަތުން އަތް ދަމައިގަންނަމުން އާލިޔާ އަނެއްކާވެސް އެނބުރިލިއެވެ. މިފަހަރުވެސް، ޝާވިން އޭނާގެ އަތުގައި ހިފާލިއެވެ. ނަމަވެސް، މާ ބާރަށެވެ. މާ ސާބިތުކަމާއިއެކުއެވެ. އާލިޔާގެ އަތަށް ދަމާލުމަށްފަހު، އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭގައި އާލިޔާ ޤައިދުކޮށް ހައްޔަރުކޮށްލިއެވެ. ” އައި-…. އައި ލަވް ޔޫ..” ކަޅި ވަކިކޮށްލުމެއްނެތި، ޝާވިން އޭނާގެ ހިތުގެ ތެޅުން އާލިޔާއަށް ބަޔާންކޮށްދިނެވެ. ނަމަވެސް، އޭނާއަށް ކުއްލި ސިހުމެއް ލިބުނީ އާލިޔާ ކަންތައްކުރި ގޮތުންނެވެ. *** ކަޅި ހަމަކޮށްގެން […]
“ސަމީރު ޝިފާޒްގެ މައްޗަށް ވައްކަމުގެ ދަޢުވާ.. ދެޓް އިޒް ކްރޭޒީ” އާޝޯހުވެ އަނގަމަތީ އަތް އަޅާލަމުން އާލިޔާ ފުން ނޭވާ އެއް ދޫކޮށްލިއެވެ. ނަމަވެސް، އާޝޯހު ވާންވީ ސަބަބެއް ނެތްތާއެވެ. ސަމީރުއަށް ބަލާލާފައި އެފަދަ ކަމެއް ކޮށްފާނެކަމަށް ލަފާކުރެއެވެ. 20 ލައްކައިގެ ވައްކަމެއް ކުރެވޭނީވެސް، ގައިގަ ކޮންމެވެސް ނުލަފާކަމެއް ހުރެގެންތާއެވެ. *** ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އާލިޔާ ގެއިން ނުކުތީ، އޭނާއަށް ފޯނުކުރި ފަރާތާއި ބައްދަލުކުރާށެވެ. ކޭހާ ގުޅޭ، އެކި މަޢުލޫމާތުތައް ދެނެގަނެ، މިއީ […]
” އޯހް ޕްލީޒް! ޓޭކް ޔުއަރ ތިންގ.. ބޭނުން ވެގެނެއް ނޫން ވިއްޔަ މީހުން މީހުންގެ ކުރިމައްޗަށް އެރެނީ” ވީދިފައިވާ އަތް ސަމީރުއާ ދިމާލަށް އެއްލަމުން އާލިޔާ ހިނގައިގަތެވެ. ފަހަތަށް ބަލާލުމެއް ވެސް ނެތި ގޮސް ކާރަށް އަރައި ދުއްވާލިއެވެ. ގޮސް ވެއްޓުނު ގޮތުން، އޭރުވެސް ފައިގައި ވަރަށް ގަދަޔަށް ރިއްސަމުން ދިޔައެވެ. އަތްތިލައިން މެށިފައި އޮތް ހިސާބުންވެސް ލޭހިލި، ދިލަ ނަގަމުން ދިޔައެވެ. އަތުގައި އޮތް ފޯނު ވެއްޓިދާނެތީ، ހަދާލި ގޮތަކުން އަތްތިލަ ޕޭވމަންޓްމަތީގައި ގޭނުނީއެވެ. […]
” އޯކޭ!” ބޯޖަހާލަމުން އޭނާ އެއްބަސްވިއެވެ. އެހިނދު، އާލިޔާގެ ބޮޑު ދެލޯ ދިއްލިގެން ދިޔަ މަންޒަރުން އޭނާގެ ހިތް ފުރި ބަންޑުންވި ފަދައެވެ. ” އާލިޔާ ބުނީމަ ދެން..” ކޮނޑު އަރުވާލަމުން، ވަރަށް މަޑުމަޑުން އޭނާ ބުނެލިއެވެ. އެވަގުތު، އާލިޔާ އޭނާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. ދެމީހުންގެ ކަޅި ހަމަވެގެން ދިޔަ ވަގުތު އެދެމެދުގައި ތަފާތު އިހުސާސުތަކެއް އުފެދިފައިވާކަން ހަމަ ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެއެވެ. **** ސަމީރުއަށް ނިދިން ހޭލެވުނީ، އިރުގެ ރަން ދޯދިތަކުން […]
“ކޮބާ؟ ހިނގާ ދާން!” ކޮޓަރިން ނިކުމެގެން އައިސް މާމަ ބުނެލިއެވެ. އާލިޔާ އަވަހަށް ސޯފާއިން ތެދުވެ ބޭރަށް ނިކުންނަން މިސްރާބު ޖެހީ ނަސީބެކޭ ހިތަށް އަރުވާލަމުންނެވެ. އެމީހުންގެ ފަހަތުން ނިކުންނަން ދިޔަ ޝާވިންގެ ނަޒަރު ހުއްޓުނީ، އެތެރެއަށް ވަދެގެން އައި މީހާއަށެވެ. އެއީ ކާކުކަން ނަގައިގަނެވުމާއެކު އޭނާގެ ލޭ ކެކިގެން ދިޔައެވެ. އެކަން ފޮރުވުމަށް އޭނާ ބާރު ބާރަށް ގޮސް ގެއިން ނިކުތެވެ. އެ މޫނު އޭނާއަށް ހަނދާން ނެތޭނީ ކިހިނެތް ހެއްޔެވެ؟ ************************************************************************** ފާއިތުވެގެން ދިޔަ […]
ކާރުގައި ދުރު ދަތުރެއްކޮށް ހުޅުމާލެއަށް އާދެވުނުއިރުވެސް ޝާވިންއަށް އިނދެވުނީ ފްރަންޓް މިރަރއިން އާލިޔާއާ ދިމާއަށް ބަލާށެވެ. މާމައާ ވާހަކަދެއްކުމުގައްޔާއި ކުޑަދޮރުން ބޭރުބެލުމުގައި އުޅުނު އާލިޔާއަށް އެކަން ރޭކާނުލިކަން އެއީ އޭނާގެ ނަޞީބެވެ. ފެނުނު ފުރަތަމަ ހިނދުކޮޅުގައިވެސް މިއަންހެން ކުއްޖާ އޭނާ ޖާދުލެއްގައި ޖައްސައިފިއެވެ. އިތުރަށް އޭނާއާއި މެދު އެނގެން ޝާވިން ބޭނުންވިއެވެ. އެ އަންހެން ކުއްޖާއާ ވާހަކަ ދައްކާލަން އެދެވުނެވެ. އެ އަންހެން ކުއްޖާގެ އަޑު އަހާލަން އިންތިހާއަށް ކެތްމަދުވިއެވެ. ސައީދާއްތަމެންގެއަށް ކާރު މަޑުކުރުމާއެކު އާލިޔާ ކާރުން […]
އަބަދުވެސް އޭނާގެ ހިތަށް އަރާ ސުވާލެއް އޮވެއެވެ. ރަށުގެ ހަމަހިމޭން މާހައުލާ ދުރަށް، މިފަދަ ކާރޫބާރު ބޮޑު ތަނަކަށް މީހުން އަންނަނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އެއީ ކިހާ މޮޔަކަމެއް ހެއްޔެވެ؟ ނަމަވެސް މިއަދު މިފަދަ ދުނިޔެއަކަށް ނަޒަރު ހިންގާލާ ހިނދު އޭނާއަށް އެތައް ކަމެއް އެބަ އިހުސާސް ވެއެވެ. އާނ އެކެވެ. އަޑުތައް ގަދައެވެ. ތޮއްޖެހުން ބޮޑެވެ. ނަމަވެސް، ވަޞީލަތްތަކާއި ފުރުޞަތުތައް އެހާމެ ފުޅައެވެ. އޭނާފަދަ ކުޑަ ކުޑަ ރަށެއްގައި އުޅެފައި އަންނަ މީހަކާއި […]
(ވާހަކައިގެ ކުޑަ ތަޢާރަފެއް….) ޢާލިޔާ- ޢާލިޔާއަކީ ގޮތްދޫނުކުރާ ބުނާބަހުގައި ހިފަހައްޓާލާ، ޢަޒުމުވަރުގަދަ އަންހެނެކެވެ. އެހާމެ ކާމިޔާބު ޤާނޫނީ ވަކީލެއްވެސް މެއެވެ. އުމުރުގައި ފާއިތުވި 27 އަހަރު ތެރޭގައި، އޭނާއަށް ޙާޞިލުކުރެވުނު ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ އޭނާގެ ބައްޕަކަމުގައްޔާއި ތަނަވަސް މީހެއްގެ ދަރިއަކަށް ވީތީ އޭނާއަށް ދިރިއުޅުމުގައި މާ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ނުޖެހޭކަންވެސް އޭނާ ޤަބޫލުކުރެއެވެ. އެހެންނަމަވެސް، ހަޔާތުގެ މި ހަމަހިމޭން އުސްލޫބު ކަޑަތު ކުރުމަށްފަހު ކުރިޔަށް އޮތް ކޮޅިގަނޑާއި ބައްދަލުކުރާނެހާ ހިތްވަރު އޭނާގެ ކިބައިގައި […]