ފިނި ހިތް 7
ދުވަސްތައް އޭގެ ހަލުވި މިނުގަައި ފާއިތުވަމުން ދިޔައެވެ.ޗުއްޓީ ނިމި އޭލެވެލް ހަދަން ފެށި ދުވަސްކޮޅެވެ.އަހަރެންގެ އިޙުސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވުމުން ކަމެއް ނުކޮށް ހުންނަން އަހަންނަށް އުނދަގޫ ވިއެވެ.ފޯނުން އަހަރެން އެތައް ކުދިންނަކާއި ވާހަކަ ދައްކަމެވެ.އެއިން ކޮންމެ މީހަކާއި އަހަންނާއި އެކަހަލަ ގުޅުމެއް އޮތެވެ.އެންމެންވެސް ބުނީ އަހަރެންގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ނުބުނާނެ ކަމަށެވެ.ނަަމަވެސް އަހަރެން އެ މީހުނަށް އިތުބާރު ނުކުރިނަމަ ކޮންފަދަ ހެއްޔެވެ.ކޮންމެވެސް މީހަކަށް އަހަރެން މިއީ ކާކުކަމާއި އަހަރެން ކުރާ ކަންތައް އެނގުމުން ފޭކް އައިޑީ އަކުން އަހަންނާއި ވާހަކަ ދައްކައިގެން އަހަންނަށް ބްލެކްމެއިލް ކުރިއެވެ.އިންސްޓަގްރާމް އަދި ސްނެޕުން އަހަރެން ފޮނުވި އެއްޗެހި އަހަންނަށް ނޭނގި ސްކްރީން ރިކޯޑް ކޮށްގެން އަހަރެންގެ އެއްޗެހިތައް ލީކް ކޮށްލާނެ ކަމަށް ބުންޏެވެ.މަންމައަށްވެސް ފޮނުވާނެ ކަމަށް ބުންޏެވެ.އެ ދުވަސްކޮޅަކީ އަހަރެން ހަދާނެގޮތް ހުސްވެ ވަރަށް ބޮޑަށް ޑިޕްރެޝަނަށް ދިޔަ ދުވަސްކޮޅެކެވެ.ނަމަވެސް އަހަންނަކީ ހެކް ކުރަން ދަންނަ ކުއްޖެކެވެ.ފަހަރެއްގައި އެކަން ދަސްކުރެވުނީވެސް މި ކަމުން އަރައިގަނެވެން ކަމަށް ވެސް ވެދާނެއެވެ.ލީކް ކޮށްފިނަމަ ފުލުހަށް ރިޕޯޓް ކުރާނެ ކަމަށާއި އަދި އަހަރެން މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދީފިން ކަމަށް ބުނީމެވެ.އަދި އަހަރެންގެ އަތުގައި އޭނާ ބްލެކްމެއިލްކޮށްފައި ހުރި ސްކްރީންޝޮޓުތައް ވެސް ހުރި ކަމަށް ބުނެ ބިރު ދެއްކީމެެވެ..އެއަށްފަހު އެ އައިޑީ ހެކްކޮށް އެއީ ކާކުތޯ ބެލީމެވެ.
އެއާއެކު އަހަރެންގެ ހީ ޔަޤީނަށް ބަދަލުވިއެވެ.އެއީ ހަމަ ރަށު މީހެކެވެ.އައްޑޫ މީހެކޭ ބުނެ އޭނާ އޮޅުވާލީއެވެ.ނަމަވެސް އައްޑޫގައި ހުންނަ މީހަކަށް އަހަރެންގެ އެކަހަލަ ވާހަކައެއް ނޭނގޭނެކަން ޔަޤީނެވެ.އެއީ އަހަރެންގެ ސްކޫލުގެ ގްރޭޑް 9 އެއްގައި ކިޔަވަމުންދާ 15 އަހަރުގެ ކުއްޖެކެވެ.އަހަރެން އިތުރަށް އެކަން ބެލުމުން އެނގުނު ގޮތުގައި އެއީ މި ރަށު ވަރަށް ގިނަ މީހުންގެ އަބުރު ކަތިލަމުން ދާ ކުއްޖެއްކެވެ.އަހަރެން ދުވަހަކުވެސް އޭނާއަކަށް މަޢާފެއް ނުކުރާނަމެވެ.ޤިޔާމަތް ދުވަހުން ވެސް ނުކުރާނަމެވެ.އޭނާގެ ސަބަބުން 5 މަސް ވަންދެން އަހަރެން އުޅުނު ހިތްދަތި ހާލު ދެނެވޮޑިގެންވާނީ ހެއްްދެވިފަރާތެެވެ.އެއީ އަހަންނަށް އެހައި ބޮޑު ގެއްލުމެއް ދޭން މީހަކު އުޅުނު ފުރަތަމަ ފަހަރެވެ.އަދި އެއީވެސް ބަޔަކު އަހަރެންގެ އިތުބާރު ގެއްލުވާލުމުންނެވެ.
އެއިރު ޔޫވިންއާއި ދެ މީހުންގެ ވެސް ހަމަ އެކަހަލަ ގުޅުމެއް އޮތެވެ.ނަމަވެސް އެކަމުގައި ޔޫވިންއާއި މެދުގައި ޝައްކުކުރެވޭނެ ޖާގައެއް ނެތެވެ.ސަބަބަކީ ޔޫވިންގެ އެއްޗެހިތަކެއްވެސް އަހަރެންގެ އަތުގައި ހުރުމުންނެވެ.އެހެންކަމުން އޭނާ އެފަދަ ކަމެއް ނުކުރާނެ ކަން އަހަންނަށް ޔަޤީނެވެ.އަދި އަމްދުން އެ ދުވަސްކޮޅަކީ އޭނާ ޗުއްޓީ ނިންމުމަށްފަހު މަހަށް ގޮސް ހުރިއިރެވެ.އޭނާގެ ސްނެޕް އައިޑީ އޮތީ ކަނޑުމަތީގައި އުޅެން ހަދައިގެން ސްޓްރީކް ގެއްލިދާނެތީ ރައްޓެއްސެއްްގެ އަތައް ދީފައެވެ.
ޔޫވިންއަށް ނޭނގުނަސް އަހަރެން އޭނާއާއި ދުރުވާން ވަރަށް މަސައްކަތް ކުރީމެެވެ.ކޮންމެ ފަހަރަކު ކަމެއް ކުރަން ތައްޔާރުވެފައި އަހަރެން އިންކާރުކުރަނީ ޔޫވިން ދެކެ ލޯބިވެވިދާނެތީ ބިރުންނެވެ.ފުރަތަމަވެސް ޔޫވިން ބުނި ވާހަކައަކީ އޭނާ ދެކެ ލޯބިނުވުމަށެވެ.އަހަރެން އެ ގޮތާއި ޤަބޫލުވާންވެގެން ވަރަށް މަސައްކަތް ކުރީމެވެ.ދެ ފަހަރު މަތިން އިންކާރުކުރީމެވެ.ނަމަވެސް އަހަންނަށް ކިރިޔާ ކެތްކުރެވޭ ކަމެވެ.ތިން ވަނަ ފަހަރު އަހަރެން ލޯބިނުވާ މީހަކާއި ރައްޓެހިވެގެންވެސް އުޅުނީމެވެ.ހަމަ ޔޫވިންއަށް ދަޅަ ދެއްކުމަށްޓަކައެވެ.މީހެއްގެ ހައްޤެއްގެ ގޮތުގައި ހުއްޓާ ޔޫވިން އަހަންނާއި ގާތްވާން ނޫޅޭނެކަން އިނގޭތީއެވެ.އެއިރު ރައްޓެހި ވެވުނީ އިރުފާން އާއެވެ.އިރުފާން އަކީ ގްރޭޑް ދޭކުން ފެށިގެން އަހަރެންގެ ކްލާސްމޭޓެކެވެ.ނަމަވެސް އެހާ ރަނގަޅު ކުއްޖެއް ނޫނެވެ.ޑްރަގް ބޭނުންކުރުމާއި މަސްތުވާތަކެތި ބޭނުންކޮށް އޭގެއިން ވިޔަފާރި ކުރުމަކީ އޭނާއަށް ފެންފަދަ ކަމެކެވެ.އަހަރެން އޭނާއާއި ރައްޓެހިވެގެން އުޅުނީ ސިއްރުންނެވެ.
އެއްދުވަހު އަހަރުމެން ދެމީހުން ހަވީރުގަޑީ މަގުމަތިން ހިނގާފައި އަހަރެންގެ ގެޔާއި ދިމާލަށް ދިޔައިރު އަހަރެންގެ ތިމާގެ ބޮޑުދަައިތައަކަށް ފެނުނެވެ.އޭނާ ދިޔައީ އޭނާގެ ސައިކަލުން އަހަންނާއި އިރުފާންގެ ފަސްކޮޅު ބަލަމުންނެވެ.އަދި އެ ވާހަކަ އަހަރެންގެ މަންމައަށް ގުޅާފައި ބުނުމުން ގެޔަށް ނުވަދެވިގެން އުޅެނިކޮށް މަންމަ ގުޅިއެވެ.އެވަގުތު އަހަރެން ހާސްވީ އެޔެެއް މިޔެއް ބަލާފައެއް ނޫނެވެ.ނަމަވެސް ފުންނޭވައެއް ދޫކޮށްލާފައި ގޮސް ގެޔަށް ވަނީމެެވެ.އެވަގުތު އޭނާއާއި މަންމަ އަހަންނާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލަހައްްޓައިގެން ތިއްބެވެ.އޭނާ ފެނުމާއެކު އަހަރެންގެ ލޭ ކެކިގަތެވެ.ކޮންމެހެން އަހަރެންގެ ފަސްކޮޅު ބަލަމުން ދާކަށް ޖެހޭހެއްޔެވެ.އޭނާގެ ނިޔަތަކީ އިރުފާންއަކީ ކާކުކަން އެނގިހުރެ އާއިލާ މީހަކަށްވީތީ އަހަންނަށް ގެއްލުމެއް ލިބިދާނެތީ އެކަމުން ސަލާމަތް ކޮށްދޭކަށް ނޫނެވެ.އަހަންނޭ ކިޔައިގެން ރަށުތެރޭ ކޮންމެވެސް ކަހަލަ ނޭދެވޭ ވާހަކައެއް ފެތުރުމެވެ.މަންމަ އެކަން ނޭނގޭކަމަށް ހަދައިގެން ހުއްޓަސް މަންމައަށްވެސް އެ މީހާގެ ގޮތް އިނގޭނެއެވެ.އެހެންކަމުން މިފަހަރު ވަރަށް ފަސޭހައިން މަންމަގެ ބޯކާލެވުނެވެ.
އެ ދުވަހު މަންމަ ސުވާލުކުރުމުން އަހަރެން ބުނީ އިރުފާންއަކީ ކުޑައިރުގެ ކްލާސްމޭޓެއް ކަމަށާއި އެހެން ދަމުން މަގުމަތިން ފެނިގެން ގޮވާލީ ކަމަށެވެ.އަދި މަންމައަށްވެސް އެނގޭނެ ފަދައިން އިރުފާންވެސް ދިރިއުޅެނީ އަހަރެމެންގެ އަވަށުގައި ކަމުން އެހެން ވާހަކަދައްކަމުން ގޮސް އެއްކޮށް ގެޔާއި ހަމަޔަށް އާދެވުނީކަމަށެވެ.އަހަރެންގެ ފޯނުގައި އިރުފާންގެ ނަންބަރާއި އެއްވެސް މެސެޖެއް އެއްޗެއްވެސް ފެންނާކަށް ނުހުންނާނެއެވެ.އަހަންނާއި އޭނާއާއި އެކަހަލަ އެއްވެސް ގުޅުމެއް ނެތްކަމަށް ސާބިތުކޮށްދިނީމެވެ.އަހަރެން ހީކުރި ގޮތައް މަންމަ އަހަރެންގެ ވާހަކަ ޤަބޫލުކުރިއެވެ.އަދި އެ އަންހެންމީހާއަކީ އަބަދުވެސް މިހުންގެ ނޭދެވޭ ވާހަކަތައް ދައްކަމުން ދާ “ކަންމަތީ އާންޓީ” އަކަށްވުމުން އޭނާ ދައްކާ ވާހަކަ އަޑު އަހަން ނުވާނެ ކަމަށް މަންމަ ބުންޏެވެ.
ނަމަވެސް އަހަރެން އޭނާ ދެކެ ރުޅި އަންނަނީ އެހެން ސަބަބަކާ ހުރެއެވެ.އެއީ އަހަންނަށް ބްލެކްމެއިލް ކުރި ކުއްޖާ ބްލެކްމެއިލް ކުރީ އެ އަންހެންމީހާގެ ދަރިފުޅު ހޫރައިންގެ އެދުމުގެ މަތިންކަން އަހަންނަށް އެނގުމުންނެވެ.އެކަން ހިނގާދިޔަތާ ހަފްތާއެއް ފަހުން ސްކޫލުން ދިމާވެގެން ހޫރައިން އަމިއްލައަށް އަހަންނާއި ބައްދަލުކޮށް ޢިއުތިރާފު ވިއެވެ.ޤަބޫލުކުރަން ދަތިވިޔަސް އެ ދުވަހު އަހަރެން އެ ވާހަކަ ޤަބޫލުކުރީމެެވެ.އެއީ އަހަރުމެން އޯލެވެލް ހެދި އަހަރު އަހަންނާއި އަދި ހޫރައިންއާއި ވެސް ދެބެއިންގެ ދެދަރި އަދި ތާއިފްގެ އެކްސް ކަމުގައިވާ އިޝްޔާގެ އެއްޗެހިތަކެއްވެސް ހޫރައިން ލީކް ކުރިކަމަށް އަޑު އަރާފައި އޮތުމުންނެވެ.އާއިލާ އެންމެނަށް އެކަން އެނގި މުޅި ރަށާއި ސްކޫލަށް އިޝްޔާއާއި އަހަރުމެންގެ އާއިލާ ބަދުނާމުވީ ވެސް ހަމަ އެ ހޫރައިންގެ ސަބަބުންނެވެ.އަހަންނަށްވުރެ އާއިލީ ގޮތުން ހޫރައިންއާއި ގާތް ވާނީވެސް އިޝްޔާއާއެވެ.ނަމަވެސް އިޝްޔާއަށް އެވަރުގެ ބޮޑު ގެއްލުމެއް ދޭން ކެރުނު މީހަކު ވަކި އަހަންނަށް ގެއްލުން ދޭން ފަސްޖެހޭނެ ހެއްޔެވެ؟އިޝްޔާގެ ފޯނު ނަގައިގެން އޭނާގެ ލޯބިވެރިޔާ ރަޒާންއަށް ފޮނުވާފައި ހުރި އެއްޗެހި ލީކް ކުރީ ހޫރައިންއެވެ.އެކަމުގެ ސަބަބުން އިޝްޔާއާއި ރަޒާންގެ ދެމެދުގަައި ވެސް ވަރަށް ބޮޑަށް މައްސަލަ ޖެހިގެން އުޅުނު ހަނދާން އަހަރެން ވެއެވެ.
ކޮންމެއަކަސް ހިނގާދިޔަ ކަންތަކާއި ގުޅިގެން އަހަރެންގެ ފޭސްބުކް އަދި އިންސްޓަގްރާމް އައިޑީތައް ދާއިމީކޮށް ޑިލީޓް ކުރީމެވެ.ޔޫވިން ހީކުރީ އަހަރެން އޭނާ ބްލޮކް ކުރީ ކަމަށެވެ.އެހެންކަމުން އޭނާ ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ.ފަހުން އަހަރެން އޭނާއަށް ވީ ގޮތް ކިޔައިދިނީމެވެ.އެހެން މީހަކަށް ނުކުރާ އިތުބާރު ޔޫވިންއަށް ކުރެވޭތީއެވެ.ޔޫވިން އެކަހަލަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އޮތީމައެވެ.
ނަމަވެސް ހޫރައިންމެނަށް އެކަން އެނގޭނީ ކޮންމެވެސް މީހަކު އަހަރެންގެ އިތުބާރު ގެއްލުވާލީމައެއް ނޫން ހެއްޔެވެ.އަހަރެން ވިސްނަން ފެށީމެވެ.އެ މީހަކީ ތާއިފްއަކަށް ވެސް ނުވާނެއެވެ.ޝަމްރާމެންނާއި މިހާރު އަހަރެން ވަރަށް ދުރެވެ.ނޭނގޭ ސަބަބަކާ ހުރެ އެއީ ހަޤީގީ ރައްޓެހިންނެއް ނޫނޭ އަހަރެންގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައީތީ އަހަރެން އެ މީހުންނާއި އެއްކޮށް ދުރުވީމެވެ.ހަޤީގަތުގައި އެކަން ކުރި މީހާ އަހަންނަށް އެނގުނީ މާ ފަހުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kira and yoovin v gulhey
They both are made for each other
E kudhin gulhuvachey
Easha and kaisan v gulhey
Kithamme lahun kiyaalan libunas Shakuvaa eh neih
Love you ❤️😍
aslhu vhk v reethi please ,make little longer