ފިނި ހިތް 6
ޖެހިގެން އައި ދުަވަހެވެ.އަހަރެން ދިޔައީ މެރީން ސައިންސް ޓެސްޓު ކުރިޔަށް އޮތުމުން އަހަރެން ޓިއުޝަން ނަގަން ދާ މެރީން ސައިންސް ޓީޗަރ މަރީ މިސްގެ ގެޔަށެވެ.ކަންދިމާކުރިގޮތުން އެ ގެ ހުންނަނީ އަރުޝަމްގެ ގެއާއި ދިމާ ކުރިމަށްޗައް ވާ ގޮތަށެވެ.އަހަރެން އެތެރެއަށް ވަންނަން ދިޔައިރު އަރުޝަމް ބޭރު ބެލްކަނީގައި ހުރެ އަހަންނަށް ހަނާ އެޅިއެވެ.ރަކި ހިނިތުންވުމަކާއެކު އަހަރެންވެސް ހަނާ އެޅީމެވެ.އެޔަށްފަހު ޓިއުޝަން ނިމެންދެން ދެމީހުން ފޯނުން މެސެޖު ކޮށް ކޮށް ތިބީމެވެ.ގަޑިއެއްްހާއިރު ފަހުން އަހަރެން އެގޭ ދޮރާށި މައްޗައް ނުކުތީ އަހަރެން ބަލާ އައުމަށް ދެބެއިންގެ ދެދަރި ޅިޔަނަކަށް ގުޅުމަށްފަހުއެވެ.އެއިރުވެސް އަރުޝަމް ފޯނު އަތައް ލައިގެން ބެލްކަނީގެ ރެއިލިން މައްޗައް އަރައި އިނެވެ.އޭނާ އަތުގެ އިޝާރާތުން އެތެރެއަށް އައުމަށް ބުނުމުން މަގުގެ ދެފަރާތް ބަލާލުމަށްފަހު އަހަރެން ދިޔައީމެވެ.އަރުޝަމް އަހަރެންގެ އަތުގައި ހިފައިގެން ގޮސް ސިޑިން ތަންކޮޅެއް މައްޗައް އެރުމަށްފަހު އަހަރެންގެ ތުންފަތައް ބޮސްދިނެވެ.މިއިން ދުވަހަކުވެސް ފިރިހެން ކުއްޖެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާފައި ނުވާ އަހަރެންނަށް އެވަގުތު ކުރެވުނީ މުޅިން ތަފާތު އިޙުސާސެކެވެ.އިތުރު ވާހަކައެއް ނުދެކެވި އުޅެނިކޮށް އަރުޝަމްގެ މަންމަ ޑިއުޓީ ނިންމާފައި އައިސް ގެޔަށް ވަންނަތަން ފެނުމުން އޭނާ ދުވެފައި ގޮސް ގެޔަށް ވަދެ ދޮރު ލެއްޕިއެވެ.އަހަރެންވެސް ދެފަރާތައް ބޯހޫރާލަމުން އެނބުރި މަގުމައްޗައް ނުކުތީމެވެ.
އެރޭ ދަންވަރު މަންމަމެންނަށް ސިއްރުން އަހަރެން ގެއިން ނުކުތީމެވެ.އެއިރު އަރުޝަމް އަހަރެންގެ އިންތިޒާރުގައި ގެ ކައިރި ކަންމަތީ އޮތް ދަނޑު ކައިރީ ހުއްޓެވެ.އެކަކު އަނެކަކު ކޮއްޕަމުން މަގުމަތިން މީހަކު ދާއިރަށް ފިލަމުން މަޖާ ވާހަކަތައް ދައްކަމުން އަހަރެމެން ދެމީހުން ދެން ދިޔައީ އަރުޝަމްގެ ގެޔަށެވެ.
ސިއްރުސިއްރުން ގޮސް އަހަރުމެން ވަނީ އަރުޝަމްގެ ކޮޓަރިއަށެވެ.ކޮޓަރީގައި ވަނީ ފަނޑު ރަތް އަލިކަމެވެ.މަޑުމަޑުން އޭނާ އަހަންނާއި ގާތްވަމުން ދިޔައެވެ.އެ ދެއަތުން އަހަރެންގެ ބުރުގާ ބާލައި އިސްތަށިގަނޑު ނިއުޅާލަމުން އަހަރެންގެ ހަށިގަނޑުގައި ބޮސްދޭން ފެށިއެވެ.އެރޭ މާ ބޮޑު ކަމެއް ނުވި ނަމަވެސް އެއީ އޭގެ ފެށުމެވެ.
އަހަންނާއި އަރުޝަމްގެ ގުަޅުމެއްގެ ފެށުމެއް ނޫނެވެ.އެފަހުން އަހަރެން އުޅެންޖެހުނު ހިތްދަތި ދިރިއުޅުމުގެ ފެށުމެވެ.އެރޭ ފަތިހު އެނބުރި ގެޔަށް ގޮސް އަހަރެންގެ އޭރު އެންމެ ގާތް ރައްޓެހިން ކަމުގައިވީ ޝަމްރާ އާއި އައިފާ ގާތުގައި އަހަރެން އެ ވާހަކަ ދެއްކީމެވެ.އެއީ އެ ދެމީހުންނަށް އަހަރެން އިންތިހާޔަށް އިތުބާރުކުރާތީއެވެ.އަދި ހަސަނަށް މެސެޖުކޮށްފައި އަހަންނަށް އޭނާއާއި އެކު ނޫޅެވޭނެ ކަމަށް ބުނީމެވެ.އެރޭ ވަރަށް ހަމަޖެހިގެެން ނިދާލެވުނެވެ.ނަމަވެސް އޭގެ އަނެއް ދުވަހު އިރުއެރިއިރު އަރުޝަމް އަހަންނަށް މެސެޖުކޮށްފައި އޮތީ އެ ގުޅުން ނިންމާލުމަށެވެ.ސަބަބަކީ އޭނާގެ ރައްޓެހިން އަހަންނާއި އޭނާގެ ގުޅުމާއި މެދު ނުރުހޭތީއެވެ.އެ މެސެޖު ފެނިފައި އެ ދުވަހު ހިނދުކޮޅަކަށް އަހަރެންގެ ނޭވާ ހުއްޓުނެވެ.އަހަންނަށް އަހަރެންގެ ލޯބިވެރިޔާއާއި އަރުޝަމްވެސް ގެއްލިގެން ދިޔައީއެވެ.ކުރެވުނީ މޮޔަކަމެއްކަން ރޭކާލީއިރު ހިތް ވަނީ ޒަޙަމްވެފައެވެ.އަރުޝަމްއާއި އެކުގައި ވުމަށް ދެކުނު ހުރިހާ ހުވަފެނެެއް ވިއްސިވިހާލިވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.އެންމެ ރެއަކަށް ފަހު އޭނާ އަހަރެން ދޫކޮށްލީއެވެ.ފަހަރެއްގައި އަހަރެންގެ އިތްފަތްތެރިކަން އޭނާއަށް ހަދިޔާކުރަން އަހަރެން ނުރުހުނީތީ ކަމަށްވެސް ވެދާނެއެވެ. އޭރު އަހަންނަކީ ފިރިހެނަކު އަހަރެންގެ ފަހަތުން ދުވެ އާދޭސްކުރާނެ ވަރުގެ ރީތި ކަމެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވީ މީހެއް ވެސް ނޫނެވެ.އަދި ޙުދު އަހަންނަކީ އެއްއިރެއްގައި ވެސް ލޯތްބައް އެދި އާދޭސްކުރަމުން ދުވާނެ މީހެއް ނޫނެވެ.އެހެންކަމުން އަހަރެން އޭނާގެ ނިންމުމަށް އިޙުތިރާމްކުރަމުން ރީތި ގޮތުގައި އެ ހަޔާތުން ނުކުތީމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ އަރުޝަމްގެ ޙިޔާލުތަކުގައެވެ.އޭނާގެ އިންތިޒާރުގައި މުޅި އުމުރު ވޭތުކުރަން ނިންމައިގެން ހުރި އަހަރެންގެ ހަޔާތް އަލިކޮއްދިނުމަށްޓަކައި ޝަމްރާމެން ވަރަށް މަސައްކަތް ކުރިއެވެ.ސޯޝަލް މީޑިއާ މެދުވެރިކޮށް އާ ކުދިން އަހަންނާއި ގުޅުވޭތޯ މަސައްކަތް ކުރިއެވެ.ނަމަވެސް ކާމިޔާބެއް ނުވިއެވެ.އަހަރެން ޤަބޫލުކުރި ގޮތުގައި އެ މީހުނަށް އަހަރެންގެ ހިތުގައި އަޅާ ވޭން އިޙުސާސެއް ނުވާނެއެވެ.އަބަދު ލޯބި ޤުރުބާން ކުރަން ޖެހުމުން ހިތުގައި ޖެހޭނެވަރު އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެއެވެ.ކެތްތެރިވާން ކިތަންމެ މަސައްކަތެއް ކުރިޔަސް އަބަދުވެސް އަހަންނަށް މިހެން ދިމާވާން ޖެހެނީ ކީއްވެތޯ ހިތާ ހިތުން ސުވާލުކުރެވުނު އަދަދެއް އެ މީހުނަކަށް ނުވިސްނޭނެއެވެ.
އެކަން ހިނގާދިޔަފަހުން މަސްދުވަސް ފާއިތުވާން ކައިރިވެފައި ހުއްޓާ އަހަރެންގެ ދަޢުވަތަކަށް އަރުޝަމްއާއި އަހަރެމެންނާއި އެއް އުމުރެއްގެ ދެބެއިންގެ ދެދަރި ކުއްޖެއް ކަމުގައިވާ ލުފްޝާން ކޮފީއަކަށް ދިޔައީމެވެ.އަހަރެން ދޫކޮށްލިތާ 2 ދުވަސްފަހުން އަރުޝަމް މީހަކާ ރައްޓެހިވީކަން އެނގުނީ އެ ދުވަހުއެވެ.އަހަރެންގެ ހިތް އަސްލަށްވެސް ކުދިކުދިވެގެން ދިޔައީ އެ ދުވަހުއެވެ.އަރުޝަމް ސްޓޯރީއަށް އެ އަންހެންކުއްޖާ ޓެގްކޮށްފައި ލާ ޕޯސްޓުަތައް ފެނުމުން އަހަރެން އިތުރަށް ސަކަރާތްވާން ފެށިއެވެ.ކޮންމެ ފަހަރަކު ރޮއެ ރޮއެ ދެލޯ ރަތްވާން ކައިރިވެފައި ހުންނަ އިރު ހިތައް އެކި އެއްޗެހި އަރައެވެ.މީގެ ކުރިންވެސް މީހުން ދެކެ “ލޯބި” ވެވުނެވެ.ނަމަވެސް މިހާވަރެއް ނުވެއެވެ.އެޔަށް ވުރެ ރީތި މީހުން ފެނުމުން އަހަންނަށްވެސް އެ މީހުން މަތިން ހަނދާން ނައްތާލުން ފަސޭހައެވެ.ނަމަވެސް މިފަހަރު ތަފާތެވެ.ފަހަރެއްގައި އެއީ އަހަންނަށް ފިރިހެން ކުއްޖަކާއެކު އެހައި ގާތްކޮށް އުޅެވުނު ފުރަތަމަ ފަހަރަށް ވެފައި މާ ބޮޑަށް “އެޓޭޗް” ވެވުނީ ކަމަށްވެސް ވެދާނެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންގެ ހަޔާތައް އައީ ތާއިފްއެވެ.ތާއިފް އަކީ އަހަރެންގެ ގެ ކައިރީގައި ހުންނަ އަހަރެންގެ ކްލާސް ރާއިފްއާއި ދެބެއިންގެ ދެދަރި ކުއްޖެކެވެ.އަދި އެއީ އަހަންނާއި ދެބެއިންގެ ދެދަރި ކުއްޖެއްގެ އެކްސް އެކެވެ.ތާއިފްގެ މައިންބަފައިން އެހެން ރަށެއްގައި ދިރިއުޅެމުން ދާއިރު ތާއިފް މިރަށުގައި ހުންނަނީ އޭނާގެ ބޮޑުދައިތަ(ރާއިފްގެ މަންމަ)ގެ ގޭގައި ކިޔަވަން ބަހައްޓާފައެވެ.އަހަންނަށްވުރެ އޭނާ ދެ އަހަރު ބޮޑުވާނެއެވެ.އެއީ އޭނާ އޭލެވެލް ކިޔަވަމުން ދިޔަ ދުވަސްކޮޅެވެ.ފުރަތަމަކޮޅު އަހަންނަށް ހީކުރެވުނީ ތާއިފް އަހަރެންދެކެ ލޯބިވާ ކަމަށެވެ.ނަމަވެސް އަހަރެން އެހެން އެހުމުން އޭނާ ހިތްހަމަނުޖެހުނެވެ.އޭނާ އަދި ރިލޭޝަން އަކަށް ރެޑީ ނޫން ކަމަށް ބުންޏެވެ.އަހަރެން ދެރަވީ ނަމަވެސް އެ ދުވަސްކޮޅު އެކަން ނުދައްކަމެވެ.އަހަރެން ތާއިފްއާއެކު ވެސް ރޭގަނޑު ބޭރަށް ގޮސް އުޅުނީމެވެ.ބައެއްފަހަރު އޭނާގެ ކޮޓަރިއަށްވެސް އަހަރެން ގެންދެއެވެ.ނަމަވެސް އަނެއްހެން މާބޮޑު ކަމެއް އަހަރެމެން ދެމީހުންގެ ދޭތެރެއަކު ނުވެއެވެ.
އެ ދުވަސްކޮޅު އަހަރެންގެ ހިތާމަތަކަށް ލުއި ލިބެނީ އަހަރެންގެ ރައްޓެހިންގެ ގުޅުންތައް ދެމެހެއްޓުމަށްޓަކައި އެހީތެރިވެގެންނެވެ.އެ އެންމެންވެގެން އަހަންނަށް “ތެރަޕިސްޓް” ގެ ލަޤަބު ދިނެވެ.އެކުދިން ދެރަވުމުން ނުވަތަ ވާހަކަ ދައްކާނެ މީހަކު ބޭނުންވުމުން އަހަރެން އޮންލައިންގައި އިންހާ ހިނދަކު އެމީހުނަށް މެސެޖު ކުރަމެވެ.ކެތްތެރިކަމާއެކު ވިސްނާދެވޭތޯ މަސައްކަތް ކުރަމެވެ.އެގޮތުން ރާއިފް،ޝަމްރާއާއި އައިފާއަށްވެސް އަހަރެން އެހީތެރިވީމެވެ.
އެއްރެއެވެ.އަހަރެން އިންސްޓަގްރާމަށް ވަދެ އޮތީ ފޫހިވެފައެވެ.އަހަރެން ފޮލޯ ކުރާ މީހުން ލިޔެފައި ތިބި ނޯޓުތައް ބަލަމުން ދިޔައިރު އަހަރެންގެ ލޮލުގަައި އަޅައިގަތީ “ޔޫވިން” މި ނަން ޖަހާފައި އިން އައިޑީއަކުން ލިޔެފަައި އޮތް ނޯޓެކެވެ.އޭގަައި އޭނާ ލިޔެފައި އޮތީ “ޓޯކް” މިހެންނެވެ.އޭނާގެ ޕްރޮފައިލް ފޮޓޯ އިން އަޅައިގަންނަ ގޮތެއް ހުއްޓެވެ.އެހާ ރީތި ކުދިންނާއި ވާހަކަ ދައްކާނެ މީހަކު ނުވަނީ ހެއްޔޭ ހިތައި ދެ ޙިޔާލެއްގައި ހުރެ އަހަރެން އެ ނޯޓައް ރިޕްލައި ކޮއްލީމެވެ.ދައްކަންވީ ކޮން ވާހަކައެއްތޯ އެހުމާައެކު އޭނާ ބުނީ ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް ރަނގަޅު ކަމަށެވެ.އަހަރެން ކުއްލިޔަކަށް މެސެޖުކުރުމުން މަޢާފަށް އެދިފައި އޭނާ ހީކުރާނެ އެއްޗެއް ނޭނގޭތީވެ އެއްވެސް ގޯސް ނިޔަތެއް ނެތް ކަމަށް ބުނީމެވެ.އެޔާއެކު އޭނާ އެއީ މައްސަލައެއް ނޫންކަމަށް ބުނެ އަހަންނަށް ކިތައް އަހަރުތޯ އެއްސެވެ.އަހަރެންގެ ހިތަކީ ވަރަށް ތޫނުފިލި ހިތެކެވެ.ހަވަނަ ޙިއްސު ފައިދާހުރި ގޮތެއްގައި ބޭނުންކުރަން އަހަންނަށް ވަނީ ދަސްވެފައެވެ.މަދު ފަހަރެއްގަައި ނޫނީ އަހަރެންގެ ހިތައް އަރާ އެއްޗެހި އެއީ ހަޤީގަތް ކަމުގައި ސާބިތުވެގެން ދެއެވެ.
އޭނާ ކޮށްފައި ހުރި ޕޯސްޓުތައް ފެނުމުން އެއީ އަހަންނާއި އެއް އުމުރެއްގެ ކުއްޖަކަށް ވުން އެކަށީގެންވާކަމަށް އަހަރެންގެ ހިތް ބުނަން ފެށިއެވެ.”އައި އޭމް 17.ސޭމް އޭޒް ޔޫ އައި ތިންކް”އަހަރެން މިހެން ލިޔުނީމެވެ.އެޔާއެކު އޭނާ އެއީ ތެދެއް ކަމަށް ބުނެ ކިރާ އަހަރެން ދަންނަންދޯއޭ ބުންޏެވެ.އަހަރެން ނޫނެކޭ ބުނެ އެއީ ހަވަނަ ޙިއްސުގެ ބާރުކަމަށް ބުނީމެވެ.އަހަރެން ތި އުަޅެނީ ކަމަކާއި ދެރަވެގެންތޯ ސުވާލުކުރުމުން އޭނާ ބުނީ އޭނާ ދިރިއުޅެމުން އަންނަނީ އަމިއްލަޔަށް ރުހިގެން ކަމާއި އެހެން މީހުނަށް އިތުބާރު ކުރަން ނުވާނެ ކަމަށެވެ.އަހަރެންވެސް އެޔަށް ތާއިދު ކުރީމެވެ.އެއީ އަހަރެންގެ ވިސްނުމާއި އެހާ އެއްގޮތް ވިސްނުން ގެންގުޅޭ މީހަކާއި ދިމާވި ފުރަތަމަ ފަހަރުކަމަށް ވުމުން ވަރަށް ފަސޭހައިން އެކުވެރި ވެވުނެވެ.ކޮން ރަށެއްތޯ އެހުމުން އޭނާ ބުނީ ގދ.ފަރެސްމާތޮޑާ ކަމަށެވެ.އަހަރެންގެ ރަށަކީ އެ އަތޮޅު ތިނަދޫއެވެ.އެހެން ބުނުމާއެކު އޭނާ ވަރަށް ގިނައިން އަހަރެންގެ ރަށަށް އަންނަންކަމަށް ބުންޏެވެ.އަދި ފަހަރެއްގައި ދިމާވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.އެއަށްފަހު އެރޭ ފުދޭވަރަކަށް ދަންވެފައި ވުމުން އޭގެ އަނެއް ދުވަހަކީ އޭނާ ޢީދު ކުޅިވަރު ކުޅެން ތައްޔާރުވާ ދުވަސް ކަމަށް ބުނެ ގުޑް ނައިޓް ކިޔާލުމަށްފަހު އޭނާ ނިދިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part a
Keep it up
Mi part kiyaafa rovijje
Kira and yoovin v gulhey
They both are made for
E kudhin gulhuvachey
Easha and kaisan v gulhey
V interesting story
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih
Love you ❤️😍
V