ފިނި ހިތް 8
އެއީ އެކަންތައް ހިނގާދިއުމުގެ މަހެއްހާ ދުވަސް ކުރިއެވެ.ރައިފާއަކީ އަހަންނާއި އެއް ކުލާހެއްގައި ކިޔަވަމުން އައި ފަރެސްމާތޮޑާ ކުއްޖެކެވެ.އޭނާ ރައްޓެހިވެގެން އުޅުނީ އަޔާޒުއާއެވެ.އެއީ ތާއިފްގެ ބެސްޓް ފްރެންޑެވެ.އަޔާޒު އަހަރެންވެސް ދަންނަމެވެ.ސްކޫލުން ދިމާވެގެން ބައެްފަހަރު ޖެއްސުން ވެސް ކުރާނެއެވެ.މަޑު މަޑުން އޭނާ އަހަންނާއި ވާހަކަ ދައްކަމުން ގޮސް އެއީ އަހަރެން ވަރަށް އިތުބާރުކުރެވޭ މީހަކަށް ވިއެވެ.ތާއިފްއާއި އަހަރެންގެ ގުޅުމުގެ ވާހަކަ އަހަރެން އަޔާޒު ގާތު ބުނުމުން އަޔާޒު އަހަރެންގެ ދެން ހުރި ހުރިހާ ސިއްރެއް ވެއްޖެއްޔާ އަހަންނަށް ބްލެކްމެއިލްކޮށްގެން ހޯދިއެވެ.އަޔާޒު ކިބައިގައި ހުންނަ ކޮންޓްރޯލްކުރުމުގެ މިޒާޖު އަހަންނަށް ކަމުނުދިޔުމުން އަހަރެން އެ ވާހަކަ އަހަންނާއި ދެބެއިންގެ ދެދަރި ކުއްޖެއް ކަމުގައިވާ ލަޔާންއާއި ދެއްކީމެވެ.އެޔާއެކު ލަޔާން އެދުނީ އޭނާއާއި ރައިފާއާއި ވާހަކަ ދެއްކޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ.އެއީ އަޔާޒުގެ ހަރަކާތްތައް ހުރި ގޮތުން ރައިފާ އެ އުޅެނީ އުފަލުގައި ނޫންކަން އޭނާއަށް ހީވުމުންނެވެ.އަހަރެން ވައިބާ މެދުވެރިކޮށް އެކަން ކުރަން އުޅުމުން އަޔާޒު ހިތްހަމަ ނުޖެހުނެވެ.އަހަންނާއި ދިމާލަށް ތިއީ ބަ* އެކޭ ކިޔައި ވަރަށް އެއްޗެހި ކިޔެވެ.
ރައިފާއަށް ފާޑު ފާޑު މީހުން ލައްްވައި އުނދަގޫ ކުރުވަން ނޫޅެށޭ ބުނެ އިންޒާރު ދިނެވެ.އަދި ދެން ވާ ގޮތް ބަލަން ހުންނާށޭ ވެސް އޭނާ އެ ދުވަހު ބުންޏެވެ.ނަމަވެސް އަހަރެންގެ މާ ބޮޑު ފަރުވާލެއް އެކަމަށް ނެތެވެ.ދުވަސްތައް ފާއިތުވަމުން ދިޔައީ ޔޫވިންގެ އިންތިޒާރުގައެވެ.ޔޫވިން މެސެޖެއްވެސް ކޮށްލާނީ އަހަރެންގެ ފަރާތުން “ކަމެއް” ބޭނުންވީމައެވެ.އެހެން ހުރެ އަހަރެން ފޫހިވާން ފެށިއެވެ.ނަމަވެސް އަހަރެންގެ ހިތުގައި އޭނާއާއި ދޭތެރޭ އުފެދެމުން ދިޔަ ގޮތްނޭނގޭ އިޙުސާސްތައް ދިޔައީ ފުންވަމުންނެެވެ.
އެއްރެއެވެ.އަހަންނަށް ހޭލެވުނީ އަޔާޒުގެ މެސެޖަކަށެވެ.އޭނާ ބުނެފައި އޮތީ އޭނާއާއި ބައްދަލުކުރުމަށެވެ.ދަންވަރު ގަޑީ މަންމަމެނަށް ފިލައިގެން ބޭރަށް ނުކުތުމަކީ އަހަންނަށް މިހާރު އާދަވެފައި ހުރި ކަމެކެވެ.އަހަރެން އިތުރު އެއްޗެއް ބުނުމެއް ނެތި އަޔާޒު އެ ބުނި ތަނަކަށް ދިޔައީމެެވެ.އޭނާ އަހަރެންގެ އަތުގަައި ހިފަައިގެން ގޮސް ވެއްދީ ފަޅުގެއަކަށެވެ.އެއަށްފަހު އަހަންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަހަރެންގެ ތުންފަތުގައި ބޮސް ދިނެވެ.ކަމެއް ނުކުރެވި ދުވަސްތައް ގުނަން ޖެހިފައި ވުމުން އަހަންނަށްވެސް އޭނާގެ އެ އަމަލުގައި ބައިވެރިވެވުނީއެވެ.ކުރެވުނު ކަންތަކާއި މެދު އަހަރެން ފަހުން ދެރަވީނަމަވެސް ކުރާނެ ކަމެއް ނެތެވެ.އެެރެއަށް ފަހު އެތައްް ރެއެއް ވަންދެން އެ ގޮތުގައި ހުރީމެވެ.އަޔާޒު އަހަރެންގެ ބޭނުން ކުރަމުން ދިޔަކަން އަހަންނަކަށް އޭރަކު ނުވިސްނެއެވެ.18 އަހަރުވެފައި ހުއްޓެއް ކަމަކު އެ ދުވަސްކޮޅު އަހަރެންގެ ސިކުނޑި ޅައީއެވެ.އެއިރު ރައިފާއާއި އަޔާޒު އާއި ދެމީހުން ރުޅިވިތާ ވާނީ ހަފްތާއެއްވަރެވެ.އަހަރެން ކަން ވީ ގޮތް އޮޅުން ފިލުވުމަށްޓަކައި އެ ދެމީހުންނާއި ވެސް ސުވާލުކުރީމެވެ.ނަމަވެސް ދެމީހުންވެސް އެ ވާހަކަ ދެއްކީ އެކަކު އަނެކަކު ގޯސްކޮށްފައެވެ.ޤަބޫލުކުރަންވީ ކާކުގެ ވާހަކައެއް ކަމެއް އަހަންނަކަށް ނޭނގުނެވެ.ތާއިފް ހުރީ އެއިރު ޕައިލޮޓްކަން ކިޔެވުމަށްޓަކައި ސްޕެއިން އަށް ގޮހެވެ.އެއިރު އޭނާއަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ.
އޭގެ ހަމަސް ފަހުން ޔޫވިން އަހަރެން ކައިރިއަށް އަންނަން ކިޔަކިޔާ ހުއްޓައި މާލެ ކައިރި ރިސޯޓަކުން އޭނާއަށް ވަޒީފާ ލިބުމުން އޭނާ އަހަރެން ކައިރީ ނުވެސް ބުނެ ފުރަައިގެން ދިޔައެވެ.އަހަރެން އަޅައިވެސް ނުލަމެވެ.ނަމަވެސް ސްނެޕްތަކުން ބަރާބަރަށް އޭނާ އުޅޭ ނޫޅޭ ގޮތް ބަލަމުން ދިޔައީމެވެ.
ޔޫވިން އޭނާގެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައިރު އަހަރެންގެ ދިރިއުޅުން އޮތީ ފާޑަކަށް އަޑި އަޅާލާފައެވެ.އެހެން ހުއްޓާ ޑިސެމްބަރުގައި ލިބުނު މިޑް-ޓަރމް ބްރޭކްގައި މަންމަމެން އަހަންނާއި 11 އަހަރުގެ ކާއިން ގޮވައިގެން މާލެ ދިޔައީ ކާއިން ޑޮކްޓަަރަށް ދެއްކުމަށެވެ.ނަމަވެސް އެއީ ރަޝިއާގައި ދިރިއުޅޭ އަހަރެންގެ މަންމަ ފަރާތު ހުރި ހަމައެކަނި ބޮޑުދައިތަ ކައިރިއަށް ދިޔަ ސަޕްރައިޒް ދަތުރެކެވެ.ކައިޝާން އޭރު ހުރީ ބިޒްނަސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމަށްޓަކައި އެމެރިކާގައެވެ.
އެ ދަތުރު ވެގެން ދިޔައީ އަނދިރިވެފައިވާ އަހަރެންގެ ހަޔާތައް ވަރަށް ބޮޑު އަލިކަމެއް ގެނެސްދިން ދަތުރަކަށެވެ.އެ ދަތުރު ނިންމާލާފައި އެނބުރި ރާއްޖެ އައުމުގެ ކުރިން ތާއިފް އަހަންނަށް ގުޅިއެވެ.އަހަރެން ބްލެކްމެއިލް ގެ ވާހަކަ ތާއިފްއަށް ކިޔައިދިނީ އެ ހިސަާބުންނެވެ.އެޔާއެކު ތާއިފް އަހަރެންގެ ގާތުގައި ބުނީ އަހަރެން އެންމެ އަޑުއަހަން ޖެހިދާނެ ކަމަށް ހީނުކުރާ ބަސްތަކެވެ.އެއީ އެކަމުގެ ފަހަތުގައި ވަނީ އަޔާޒުގެ އަތް ކަމެވެ.ރައިފާއާއި ލަޔާން ވާހަކަ ދައްކަން އުޅުމުން އެދުވަހު އަހަރެން ދެކެ އައި ރުޅީގައި އަހަރެންގެ ސިއްރުތައް ބޭޒާރުކޮށް އެންމެން ކައިރި ކިޔަމުން ދިޔައީ އޭނާ ކަމަށް ބުންޏެވެ.އެހެންކަމުން ހޫރައިން އަށް އަހަންނާއި ބެހޭ ގޮތުން އެނގުނީ އަޔާޒުގެ ސަބަބުންތާއެވެ.ތާއިފްގެ ވާހަކަތަކާއި މެދު އަހަރެން ވިސްނާލީމެވެ.
ތެދެކެވެ.އަހަރެންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔައީ އަޔާޒު އަހަރެންގެ ހަޔާތައް އައި ފަހުންނެވެ.އެ ދުވަހު އޭނާ ދިން އިންޒާރުގެ ބަސްތައް އަހަރެންގެ ކަންފަތުގައި ތަކުރާރުކޮށް ގުގުމަމުން ދިޔައެެވެ.ގައިން ހީބިހި ނަގައިގެން ދިޔައެވެ.މިހާރު އަހަންނަށް އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވެއެވެ.އަޔާޒުއާއި ތާއިފްވެސް ހުރިހާ އެއްޗަކުން ބްލޮކް ކޮއްލީމެވެ.އަހަންނާއި އެފަދަ ގުޅުމެއް އޮތިއްޔާމުން އޮތްހާ އެންމެނެއް ބްލޮކް ކޮށްލީމެވެ.ނަމަވެސް ޔޫވިން ފިޔަވައެވެ.އެއީ އަހަރެން އޭނާ ދެކެ ލޯބިވާތީއެވެ.އަހަރެން އެކަން ޤަބޫލުނުކުރަން ވެގެން ކުރި މަސައްކަތް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.ނަަމަވެސް އަހަރެންގެ ބަސްނާހާ ހިތް ޔޫވިން ނޫން އެހެން މީހަކު އަހަރެންގެ ހަޔާތައް އަންނާކަށް އެއްބަހެއް ނުވެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ގްރޭޑް 12 ނިމެން ކައިރިވެފައި ހުއްޓާ ޔޫވިން އަހަންނާއި ބައްދަލުކުރަން ވެގެން ރަށަށް އައެވެ.އެ ދުވަހު އަހަރެން ވަރަށް އުފާވިއެވެ.އަހަރެއްހާ ދުވަހުގެ ދިގު އިންތިޒާރު ނިމުމަކަށް އައުމުންނެވެ.އަޔާޒުއާއި އަހަރެން އުޅުނު ފަދައިން ޔޫވިން އެ ފަހަރު އައިސް ރަށުން ފުރަންދެން ކޮންމެ ރެއަކު އޭނާއާއި ބައްދަލު ކުރީމެވެ.އޭގެ ސަބަބުން ޔޫވިން ދެކެ ވާ ލޯބި އިތުރުވެ ދެމީހުންގެ ގުޅުމުގެ ގާތްކަން ވެސް އިތުރުވިއެވެ.ޔޫވިންއަށްވެސް އަހަރެން ކަމުދާން ފެށިއެވެ.އެހެންގޮސް އޭނާއަށް އަހަރެން ދޫނުކޮށްލެވޭ ވަރުވުމުން އަހަރެން ގާތުގައި ލޯބިވާ ވާހަކަ ބުންޏެވެ.އެރޭ އަހަރެން އުފަލުން ފޮޅުނެވެ.
ޔޫވިން އެނބުރި ރިސޯޓަށް ދިއުމުން އަހަރެން އޮންލައިންކޮށް އޭނާއަށް ރަޝިއާ ބަސް ދަސްކޮށްދޭން ފެށީމެވެ.އެއިރުން އަހަރުމެން ދެމީހުން ދައްކާ ވާހަކަތައް އެހެން ބަޔަކަށް ނޭނގޭނެ ނޫންހެއްޔެވެ.ފުރަތަމަކޮޅު ދަސްކުރަން އޭނާއަށް ވަރަށް އުދަނގޫވިއެވެ.ނަމަވެސް ޔޫވިންއަކީ ވަރަށް ވިސްނުންތޫނު ކުއްޖެކެވެ.މަޑުމަޑުން އޭނާ ރަޝިއާ ބަހުގައި ހިމެނޭ 33 އަކުރު ދަސްކޮށް ކުދި ކުދި ބަސްތައް ލިޔަންކިޔަން ދަސްކުރަމުން ދިޔައެވެ.
އަމާން ކަމާއެކު ދުވަސްތައް ފާއިތުވަމުންދިޔައެވެ.އަހަންނާއި ޔޫވިންއަށް 19 އަހަރު ފުރިގެންގޮސް އެ އަހަރު ނިމެން ކައިރިވިއެވެ.މާޒީއާއި އެކުވެގެންދިޔަ ދުވަސްތަކުގައި އެކި ފަހަރުމަތިން ޔޫވިން ރަށަށް އައިސް ހުއްޓެވެ.އަދި އެއިން ކޮންމެ ފަހަރަކު އަހަރެން ސިއްރުން އޭނާއާއި ބައްދަލުކުރަމުން ގެންދިޔައީމެވެ.އަނެއްކާވެސް ދިރިއުޅުމުގެ ބޮޑު އިމްތިހާނަކާއި އަހަރެން ކުރިމަތި ލާން ޖެހުނެވެ.މިފަހަރު ހުރިހާ ކަމެއް ބަދަލު ވާން ފެށީ ޔޫވިންގެ ހަޔާތައް ޝިރުވާ އައި ފަހުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next par
Keep it up
Kira and yoovin v gulhey
They both are made for each other
Mi part kiyaafa rovijje
Easha and kaisan v gulhey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih its ok
Alhugandu ge support Abadhuves libeyne insha Allah
Love you ❤️😍