. ފުން ނިދީގައި އޮތް ޝައިން ދެފަރާތަށް ފުރޮޅިލިއެވެ. ދެފައި ކުރުކޮއްލުމައްފަހު ކުރުގެޅިލީ ކޮންމެވެސް އުދަނގުލެއްވާތީކަން ގައިމެވެ.. އެހެން އެތަށްފަހަރަކު ފުރޮޅީ ފުރޮޅި އޮތް ނަމަވެސް ނިދި ގަދަކަމުން ލޯހުޅުވޭ ގޮތެއް ނުވެއެވެ.. ތޫލި ހަޅޭކަކާއި އެކު ޝައިން ދެލޯ ހުޅުވާލިއެވެ. ފެނުނު ސޫރައިން ލިބުނު ގަތް ބިރައްވުރެ ލިބުނު ހައިރާންކަން ވީ އިތުރެވެ. އެމީހެއްގެ އަވަސް ހަރަކާތުން ޝާއިންގެ އަނގައާއި ފައި އެމީހާގެ ބާރުގެ ދަށަށްގެނުވިއެވެ.. އެވަގުތު ޝާއިންގެ ލޮލުން އޮހޮރިގެން ދިޔައީ ވޭނީ ކަރުނައެވެ..
މިވަނީ ކިޢްކަން ދެނެގަންނަ ވަރށްވުރެ ޝާއިން އިނީ ބިރުގެންފައެވެ.. އެތައް ޒަމާނައްފަހު އެ ބިރުވެރިކަން އަނެއްކާ އޭނާ ވަށާލަނީ ނޫންބާއެ ހިތަށް އެރިއެވެ.. ދުލުން އެއްވެސް ވާހަކައެއް ނުބުނެވުނެސް އެ ދެލޮލުން އެތަކެއް ވާހަކައެއް ބުނެދެމުން ގެނަދިޔައެވެ. އަނގަމަތީގައި އޮތް އަތްނެގުމަށްފަހު އިޒާންގެ ނަމުން ގޮވާލިއިރު އެ އަޑުގައި ވޭން ނޫން އެހެން އެއްޗެއް ނުވެއެވެ.
ޝައިން އެތަކެއް އާދޭހެއް ކުރިޔަސް މިރޭ އިޒާން ނުދާނެކަން ޝާއިން އަށް އެނގެއެވެ. ނަމވެސް ހިތްވަރުކޮއްފައި ވާހަކަދެއްކޭތޯ ޝައިން މަސައްކަތް ކުރިއެވެ. ” ވަރައް ސަޕްރައިޒް ވެއްޖެ ދޯ.. ހެހެހެހެ… އެނގޭ ތިއިނީ ބިރުންކަން.. ދެރަވޭ ގަދަކަމުން ކަންތައްތައް ކުރަން ޖެހޭތީ.. އެކަމަކު ވަރަށް މަސައްކަތް ކުރެވިއްޖެ ރުއްސޭތޯ.. އެކަމެއް ނުވި.. ދެން ވާން އޮތް ގޮތަކަށް މިކަން ކުރަން އަހަރެން ބޭނުން… ” އިޒާން އަމިއްލަ އެއްޗަކަށް ބާރުފޯރުވާ ފަދައިން ޝައިން އާއި ދިމާލަށް ބުނެލިއެވެ..
“އޯކޭ ބޭބީ ގާރލް.. އަދި އެއްޗާންސް ލިބިދާނެ.. ރުހޭ އަހަރެން ބޭނުން ކޮންމެ ކަމެއްކޮށްދޭން.. އޭރުން އަނިޔާއެއްވެސް ނުވާނެ..، މަށައްވެސް ފައިދާ ޝައިން އަށް ވެސް ފައިދާ..” އަނެއްކައިވެސް ވާހަކަދެއްކީ އިޒާންއެވެ.
“އަހަރެން ދުވަހަކުވެސް ޝިބާން ނޫން މީހެއްގެ ހައްގަކަށް ނުވާނެ.. އެ ނޫން މީހަކާ ނުވެސް ރުހޭނަން.. އެހެޔޮ މަރުވިޔަސް.. އިޒާން އަޅެ ވިސްނާލަބަލަ.. އަހަރެން މިއީ އިޒާންގެ ފަހަރި.. ތީ އަހަރެންނަށް މިއަދު އެހީވާން ހުރި މީހާ.. ތިގޮތަށް ކަންތައްނުކުރޭ.. އާދޭސްކޮއްފަ މިބުނި” ޝައިން ވޭނުން ފުރިގެންވާ އަޑާކުން ބުނެލިއެވެ..
ވަލުޖަނަވާރަކު ޝިކާރައަށް ފުންމާލާ ފަދައިން ޝާއިންގެ އާދޭސްތަކަށް ބެލުމެއްނެތި އިޒާން ޝައިން ގައިމައްޗަށް ޖެހިގަތީ އެވެސް ރަހުމެއް ނެތިއެވެ. ޝައިންގެ ވޭނީ އާހްގެ އަޑުން މުޅި ކޮޓަރި ގުގުމައިގެން ދިޔައިރު އިޒާން އޭނައިގެ އެދުން ފުއްދަމުންދިޔައީ އެވެސް ކަމަކަށް ވިސްނާނުލައެވެ.
ބޭނުންވި ބޭނުން ފުދި ހިތް ފުރިގެން އިޒާން ހިތްދެމިލި އިރު އެ ވަގުތުކޮޅުތެރޭގައި ކުޔުނު ހުރިހާއެއްޗެއް ހިޔާލަށް އައީ ދެނެވެ.. އިތުރު ވާހަކައެއް ދެއްކުމެއްނެތި ކޮޓަރީ ދޮރޫ ބާރަށް ލައްޕާފައި ދިޔައިރު ޝާއިން އޮތީ މަރުވެފައިވާ މައްޔިތެއްފަދައިން ހިމޭންވެފައެވެ.. \ހަގީގަތުގައި މިހާރު ޝާއިންގެ ގައިގައި ކަންކަމާ ކުރިމަތިލާނެހާ ހިތްވަރުނެތީއެވެ.. ހުރިހާ އެންމެއްގެ ކިބައިން ސަލާމަތްކޮއްދީ ރައްކާތެރި ކޮއްދޭން ވަޢުދުވި މީހާ ވީ ތަނެއް އެނގެނީ އެއް ނޫނެވެ… އަނެއްކާވެސް މި ދިމނާވި ހާދިސާއިން މާޒީ ހަދާންވުން ނޫން ކަމެއް ނުވިއެވެ.. އެތަކެއް ދުވަހުން ހަދާން ނައްތާލަން އުޅުނު ޒަހަމްތައް އަނެއްކާ ތާޒާވެ އޭގެ މަގާމުން ކުރިހޯދައިފިއެވެ..
ދުނިޔޭގައި އެންމެ ހިދުކޮޅާކުވެސް ހުނަން ބޭނުން ނުވިޔަސް އެކަން މިއަދު ކުރެވޭކަށްނެތެވެ.. މަޑުމަދުނަ އެދުނަ ތެދުވެގެނަގޮސް ކޮޓަރި ތަޅުލުމަށސްފަހު ފާހަނައަށްވަދެ ފެނަވަރައި ތާޒާވެލިއެވެ.. ވުލޫކޮއްލައިގެން ނިކުމެ ޑައިރީ ނަގައި ލިޔަންފެށުނީ އެއްވެސ އިހުތިޔާރަކާނުލައެވެ..
“ޝިބާން.. އަހަރެން ނެތް ދުވަހަކުންވެސް ޝިބާންއަށް ހުރިހާ ހަގީގަތެއް އެނގެން އަހރެން ބޭނުން.. މި ކަރުނަތަށް އަހަރެންނާ ރުޅިވާނީ ކޮންދުވަހުކަމެއް ނޭނގެ.. އެކަމަކު އަބަދުވެސް އިންތިޒާރު ކުރަނީ އެ ދުވަސް އަންނާނެކަމަށް… ލޯބިލިބޭތޯ އަބަދުވެސް އުންމީދުކުރީ.. ކީއްވެ އަހަރެންނަށް މިހެންމިވަނީ.. އހަރެންގެ ކުށަކީ ކޮބާ..
އަހަރެންގެ ހަމައެކަނި ހުރި ރަހުމަތްތެރިޔާވެސް އަހަރެންނާއި މެދު އެ ކަންތަށްކުރީ ކިހިނެތް.. ހިމާޔަތްދޭން ހުރި އެކަކުވެސް ހިމާޔަތެއް ނުދެ.. ހަމަ އެކަކުވެސް އަހަރެންދެކެ ލޯބިނުވާނެތަ؟
އަހަރެންގެ ދިރިއުޅުން ކުޅޭ ކުޅެ އެއްޗަކަށް ވެއްޖެ އެކަމަކު ޝިބާންގެ ހައްގުގައި އަހަރެން ކެތްކުރާނަން.. ޝިބާން އަށް ހަގީގަތް އެނގޭ ދުވަހަކުން ހިތަށް އަރާފާނެ އަހަރެން މާފު ނުކުރާނޭ.. އެކަމަކު އަހަރެންގެ ހިތުގަ ޝިބާން އަށް ލޯބި ނޫން އެހެން އެއްޗެއް ނުވެ.. އަހަރެންނަށް ކަމެއް ކުރެވިފައިވާނަމަ މާފްކުރާތި..” ޝައިންގެ ހިތް ފުޑު ފުޑުވެގެން އެ ހިތުގެ ހާލަތު ގަލަމުން ލިޔެ ބަޔާން ކޮއްލިއެވެ.
ކައިރީގައި އޮތް ފޯނު ރިންގްވި އަޑާއް ދެލޯ ފުހެލުމަށްފަހު ގަޑިބަލާލިއެވެ.. މެންދަމުން އަލިވެ 3 ޖެހީއެވެ.. ފޯނުނަގައި ކަންފަތުގައި ޖަހައިޅި ވާހަކަ ދައްކަން މުހިންމު ކޯލަކަށް ވީތީއެވެ..
” ދަރިފުޅާ… ބަ..އް.. ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ.. މި ދުނިޔެއިން ނިމިގެން ދިޔުމު ކުރިން އެގެންޖެހޭ ހަގީގަތެއް ދަރިފުޅު ގާތު ުނެލަން ބޭނުން.. ބައްޕަ އަށް މާ ގިނަވަގުތެއް ނެތް.. ދަރިފުޅުގެ ކައިވެނި ދުވަހަށް ބައްޕަ ފޮނުވި ފޮށި ހަދާން.. ހަދާން އެބަހުރި ދޯ.. މިއީ އެފޮށި ބަލަންވީ ވަގުތު.. ދަރިފުޅަ.. ބައް.. ބައްޕައަށް މާފް ކުރާތި” އަލިމަނިކުގެ ވޭނުން ފުރިގެންވާ އަޑުން ބުނެލިއެވެ.. ޝައިން އެއްޗެކޭ ބުނަން އަނގް ހުޅުވާލި ނަމަވެސް އެކަމެއް ވާގޮތެއް ނުވިއެވެ..
އެކޮޅުން މެޝިނުގެ ޕީ ޕީ އަޑާއި އެކު އެންމެން ރޮއިގެން އަޑުއިވުނެވެ.. ބައްޕަ މި ދުނިޔެއާ އަލްވަދާއު ކިޔީއެވެ.. ކުރި ކުށައް އަދަބު ލިބުމަށްފަހު ސޯލިހު އަޅެއްގެ ގޮތުގައެވެ..
ދެރަވެގެން ހިތްފަޅާގެން ދާވަރުވިއެވެ.. ނަމަވެސް ހިތްވަރު ކޮއްލާފައިގޮސް ބައްޕަދިން ފޮށި ނެގިއެވެ.. އުނދަގޫ ގޮތަކަށް ހިގަމުން އައިސް އެނދުގެ ހެޑްބޯޑްގައި ލެގިލަމުން ފޮށި ހުޅުވާލިއެވެ.. ރަން ކުލައިން ޖަރީކޮއްފައިވާ ފޮތެއް އޭގެ ތެރޭގައި އޮތެވެ.. ޝާއިން އަވަސް އަވަހަށް ފޮތް ހުޅުވާލިއެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.


އުންމީދު ކުރަން މި ބަޔާ މެދުވެސް ކިޔުން ތެރިން ހިތްހަމަ ޖެހޭނެ ކަމަށް… ހުރިހާ ކިޔުންތެރިން ތިދޭ ހިތްވަރަށް ޝުކުރިއްޔާ.. 🙂
Haadha kurey.v reethi
Next part dhigukohlaanan.. insha allh ?
V reethi. Nxt part dhigu kohlaathi.
Yeah sure #sim n thank u
Varah reethi but story haadha Kurey 🙁 me ixaan mee kihinei ulheymey hithaa Ulen meehaitha…. amila fahari gayah bolah aran 🙁 story is perfect 😉 😉 gd lck 😉 🙂
Next time dhigukohlaanan egey #ira… awahah upkohdheyn wegen thankolheh kuru v… thank u so much…
V kuh hurikan faahaga kohlevun. adhi hama ehaame kuru. Dhen mihaaru mi story ga mivaagotheh hama ehgothakah vess neyngunu.
Shiban beyrah goss shain ah habareh nuwegen ekamaa dhera wefa hutta izan shain beynun wanee… dhn kocheh neyngenee…
Izan kuhliyakah hey debaivegen goss fahari gayah eryma. BTW Thanks for de explanation
Welcome ???
Meehun tag kuraa iru jahaanee # eh noon. Jahaanee @ kekekke
fullSTOP jahairu dhefaharu FULLSTOP jahanee ei ves mizamaanuge fassion ehbaaaaa??? kuhgina vaahakeh.. n vaarah kuru
Vv hadi mi vaahaka, evarah eyna gayah neyriakas hurevidhaane ennu, kurin ves ethah bayaku, chee chee.. real life ga massala jasaafa nuves nagaane ehaa bodu kamegga.
may be mi story hadiwedhaane.. ekmaku mi ee hama real lifege waahakaeh… mihaaruwes higamundhaa kamehgge waahaka.. hama real lifega e ah wure bodethi kankanwes mahsala jahsaafa nagaa.. n mihaaruge mujuthamaun fenna kanthakah balaairu e gothah kanthah kurun ey aamukameh.. anhenkujja ey balikashi kujjehnakma ekanthah ginavaane.. kithamme chee viyas e kusheh neii kujjaage othy kon kusheh.. shahuvathuge edhun fuhdhan aiss e mududhaaru amalu hingaairu chee nuweytha.. btw kuri comment ah thnxx.. 🙂 😉
Mipart ga kuhgina.ekamaku story varah reethi.eh kameh thakuraaru kuruvaanama vaahaka dhaagoi hadivaane.beh meehunah.real life ga massala laafa negiyas adhi nunegiyas story liyaairu reethivaane gothakah genes dhiniyyaa kiyuntherinnah reerhi vaane.mi hama hiyaaleh. Keep it up shaai.
Mi story vx nimunyy thr mihisaabun alhe haadha kadaeyy..myge aneh episode up nukuraanany keyve thr…
Not bad BT vvv kuru
shaai kobaa next part…. up nukurany tha… vrh kiyaa hithun miulhney… plxxx reply kohbbaa
Prag wegenaa ekkoh v bali wegen adhi up nukurewigen miulhenee… insha allah ragalhu wihaa awahakah kiyuntherinah mi story alun genes dheynan
..
Shaai varah reethi mi vaahaka… kuri akah nugen dhaanan…. waiting….plz
varah reethi mi vaahaka……. ekam mi vaahaka up nukuraathy varah dheravey……..
Miadhun feshigen mi waahaka anehkaa upkuramun gendhaanan insha allah