Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދަތުރު (ފަހު ބައި)

Ara
Ara Level 210 Stories100 Comments
August 2, 2024 6 Mins Read
1 Comment

“ތީ ކޮން ކުދިބައެއް؟ ކޮންއިރަކު ކީއްކުރަން އައިސް ތި އުޅެނީ؟” ހުރިހާ އެންމެން ސިހުނީ ދުވަސްވީ ފިރިހެނެއްގެ އަޑުންނެވެ.
***************************

“އަޅުގަނޑުމެން މިއީ މިރަށަށް ދަތުރު އައިސް އުޅޭ ބައެއް. ބޭބެ ތީ ކާކު؟” ޖަވާބު ދިނީ ނިހާދެވެ. “އަހަރެންމީ މިރަށް ބަލަހައްޓާ މީހާ. ހުސެއިންފުޅު. ވީ އެންމެ އަވަހަކަށް މިރަށުން ފުރާ. އަދި ބުނަނަން، ބާރައިގެ ފަހުން ރަށުތެރެއަށް ނުކުމެ ނޫޅޭތި. ހުސެއިންފުޅު ދިނީ ވަރުގަދަ އިންޒާރެކެވެ. ނިހާ އަދި ނީލަމް ހުރީ ވަރަށް ބިރުންނެވެ. “އެއީ ކީއްވެގެންތޯ؟” ނިހާދު ހުރީ އެހެން ބުނި ސަބަބު އޮޅުންފިލުވަން ބޭނުންވެފައެވެ. “ބުނަން! އަހަރެންގެ ހުއްދަ ނެތި މިރަށަށް އެރުމަކީ ވެސް ގޯހެއް. ސަލާމަތުން އެނބުރި ދާން ބޭނުންވަންޏާ އަހަރެންގެ ބަސްއަހާ. ކައިގެން ދެން އަވަހަށް ދޭ. މި އޮތީ ލައިޓަރެއް.” ހުސެއިންފުޅު ދިއްކޮށްލި ލައިޓަރުގައި ނިހާދު ހިފިއެވެ. ނަމަވެސް ހުސެއިންފުޅުގެ ރާގު ހުރިގޮތް ނިހާދުއަކަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔައެވެ.

މަސްފިހެގެން ކާން ތިބިއިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެންމެ ބިރުން އިނީ ނިހާއެވެ. އޭނާ އިނީ ކާހިތް ވެސް ކެނޑިފައެވެ. “ދެން ހިނގާ އަވަސްކޮށްގެން ދަމާ” ނިހާ މަޑުމަޑުން ބުންޏެވެ. “ބިރުގަތީ ދޯ؟ އެ ހުސެއިންފުޅެއް އެ އުޅެނީ އަހަރުމެނަށް ބިރުދައްކައިގެން އަވަހަށް މިރަށުން ފޮނުވާލަށް. ޔަޤީން މިރަށަކީ ނާމާން ރަށެކޭ ކިޔައިގެން ވެސް ހަމަ އެ އުޅެނީ އޭނާ. އަހަރެމެނަށް އެހާ ހެޔޮއެދޭ ނަމަ ދުވާލު އޭނަ ކިހިނެއް ވެގެން އެހެން އައިސް ނުބުނީ؟ ރޭގަނޑު ވީ އިރަށް އޭނަ އެ އައީ އެއްނު” ނިހާދު ހުރީ ހިތްހަމަނުޖެހިފައެވެ. “އެކަމު ހުސެއިންފުޅުބެ އެ ބުނީ އެއްނު ބާރައިގެ ފަހުން..” ނީލަމް ބުނަން އުޅުނު ޖުމުލަ މެދު ކަނޑާލީ ނިހާދެވެ. “އަހަންނަށް ނޯންނާނެ ހުސެއިންފުޅެއް ކާސިންފުޅެއް، އަހަންނަށް ބިރުދެއްކޭވަރުގެ މީހެއް އިރާދަކުރެއްވީތީ އަދި ނޫޅޭ މި ދުނިޔެއަކު އެއް” ހަމަ ހަޤީޤަތުގައި ވެސް ނިހާދު ރުޅިއަތުވެއްޖެއެވެ. “އޭ ދެން އެހާ ރުޅިއަންނަ އެއްޗެއް ނޫނޭ. އެ ވާނީ ސައިކޯ ގޮލައަކަށް” އަޔާޒް ބެލީ ނިހާދުގެ ރުޅި މައިތިރި ކުރެވޭތޯއެވެ. “އެއީ ތެދެއް ރުޅި އައީމަ ނިހާދު އަކާ ނުގުޅޭ” ނިހާ ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ.

ނުނިދިގެން ދެކޮޅަށް ފުރޮޅި ފުރޮޅި ނިހާއޮތެވެ. ހިތުގައިވާ ބިރުވެރިކަމާއި މާޔޫސްކަން އޭނާގެ ނިދި ނަގައިލައިފިއެވެ. ނަމަވެސް އޭނާގެ ކައިރީގައި އޮތް ނީލަމް އޮތީ ގަދަ ނިދީގައެވެ. އޭނާ ނީލަމް އަށް ދެތިން ފަހަރު ގޮވާވެސްލިއެވެ. ނަމަވެސް އޭނާ އޮތީ ނިދާ މަރުވެފައެވެ. ނިހާގެ ހިތުގެ ހާލު ބަޔާންކޮށް ވާހަކަދައްކާލާނޭ މީހެއް އެތަނަކުނެތެވެ. ހިތުގައިވާ މާޔޫސްކަމާއި އެކު އޭނާ ނުކުތީ ކޮޓަރިން ބޭރަށެވެ. ސިޓިންރޫމުގައި އިން ހަމައެކަނި ބޮކި ނިވާލާފައިވުމުން އެތަން އޮތީ ވަރަށް އަނދިރިކޮށެވެ. ބޮކި ދިއްލުމަށް ސްވިޗްބޯޑު ގައި އަތްލިތަނާ އޭނާގެ އަތުގައި ހޭކުނީ ދިޔާ އެއްޗެކެވެ.

ނިދާފައި ތިބި އަޔާޒް ނީލަމް އަދި ނިހާދަށް ހޭލެވުނީ
ނިހާގެ ބާރު ހަޅޭކުގެ އަޑަށެވެ.ތިން މީހުން އެކީގައިހެން ބޭރަށްނުކުތެވެ. އޭރު ނިހާ ހުރީ ބިރުން ދެލޯ ބޮޑުވެފައެވެ. “ކިހިނެއް ވީ ނިހާ؟” ނީލަމް ޖެހިލުންވެ ހުރެ އެއްސެވެ. ނިހާ އިނގިލި ދިއްކޮށްލީ ސްވިޗްބޯޑާއި ދިމާލަށެވެ. އެންމެން އެކީގައި އެދިމާލަށް ބަލާލެވުނެވެ.ސްވިޗްބޯޑުގައި ހުރި ލޭތައް ފެނުނީދެނެވެ. ނީލަމް ބިރުން އަނބުރައި ނުގަތީ ކިރިޔައެވެ. އަޔާޒް އަދި ނިހާދަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “މީ ކޮންހާ ލެއެއް؟” އަޔާޒް އެއްސެވެ. އަހަރެންނަށް.. އަހަރެންނަކަށް ނޭނގެ.. ބޮކިޖައްސަން ވެގެން ސްވިޗްބޯޑުގަ.. އަތްލިތަނާ އަހަރެންގެ އަތުގަ ހޭކުނީ..”
ގަނެފައި ހުރި ބިރުގެ ސަބަބުން ނިހާ އަށް އޭނާ ބުނި ޖުމުލަ ފުރިހަމަ ކުރެވުނީ ވެސް ވަރަށް ހާލުންނެވެ.
ކުއްލިއަކަށް ފަހަތުން އިވުނީ ބިރުވެރި ހުނުމެއްގެ އަޑެވެ. ސިހިފައި އެންމެން އެކުގައި އެދިމާލަށް ބަލައިލެވުނެވެ. ކުރިމަތީ ހުރީ ބިރުވެރި ސިފައެއްގައި ހުރި އަންހެނެކެވެ.
ނިހާ އާއި ނީލަމް އަށް ބިރުން ހަޅޭތްލަވައިގަނެވުނެވެ.
“ދެން ކަލޭމެންނަކަށް ސަލާމަތެއް ނުވެވޭނެ” އޭތި ހެމުން ހެމުން ބުންޏެވެ. އެއެތި ހުރީ ލެއިން ކަޅިވެފައިވާ ރަތް ލިބާހެއްގައެވެ. “ތީ ކާކު އަހަރެމެންގެ ފަރާތުން ބޭނުން ވަނީ ކޮންކަމެއް؟” ނިހާދު ހިތްވަރު ކޮށްފައި ސުވާލުކުރިއެވެ. “ކަލޭމެންގެ މަރު އަހަރެން ބޭނުންވަނީ، އެކަމަކު އެގޭ ކުރިން އާދޭ އަހަންނާ އެކު ސަބަބު އިނގެން ބޭނުންވަންޏާ” އެ ޖިންނި އެމީހުން ގެންދިޔައީ ބޯ ޖަންގަލީގެ މެދުގައި އިން ކުޑަގެ އަކަށެވެ. “ވަދޭ އެތެރެއަށް” ޖިންނި ބުންޏެވެ. އެމީހުންނަށް ވަދެވުނީ އެގޭގައި ހުރި ހަމައެކަނި ކޮޓަރިއަށެވެ. ކޮޓަރި އެކޭ ބުންޏަސް އެތަން ބޮޑަށް ވައްތަރީ ކުޑަވަރެއްގެ ޖަލަކާއެވެ. ބާވެ ދުވަސް ވެފައި ހުރުމުގެ ސަބަބުން ފާރުތަކުގެ ކުލަ އެއްނެތެވެ. ފަންކާއެއް ނެތެވެ. ހުރީ ހަމައެކަނި ނިވި ދިއްލޭ ހޮޅިބުރިއަކާއި ކުޑަ މޭޒެކެވެ. އެވަގުތު އެމީހުންގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި ޗޭނު ޖަހައި ބަންދުކޮށްފައިވާ ދުވަސްވީ ފިރިހެނެކެވެ. އޭނާގެ އިސްތަށިގަނޑާއި ތުނބުޅި ދިގެވެ. ދުވަސްވުމުގެ ސަބަބުން ވަނީ ނުރަޖަހާފައެވެ. އޭނާގެ އިސްތަށިގަނޑު ބައެއް މޫނުމައްޗަށް ވެއްޓިފައިވުމުގެ ސަބަބުން އެއީ ކާކު ކަމެއް ވަކި ކުރާކަށް އެ ހަތަރު އެކުވެރިންނަށް ނޭނގުނެވެ. “ނޭނގުނު ދޯ؟ މީ ކަލޭގެ ބޮޑުބޭބެ ބަކުރު” ނީލަމް އަށް އިޝާރާތް ކުރަމުން ޖިންނި ބުންޏެވެ. ނީލަމް ހުރީ އޭނާގެ ބޮޑުބޭބެ ފަނަރަ އަހަރު ފަހުން ދިރިހުއްޓާ ފެނުމުން އުފަލުންނެވެ. ނަމަވެސް ބޮޑުބޭބެ އިން ހާލަތު ފެނި ހިތުގައި ޖެހުނެވެ. “އަހަރެންގެ ބޮޑުބެ މިއޮތް ހުރިހާ ދުވަހު ބަންދުކޮށްގެން ގެންގުޅުމުގެ ބޭނުމަކީ ކޮބާ؟ މީ ކޮންހާ ކަންތައް ގަނޑެއް؟” ނީލަމް އެއްސެވެ. “ކަލޭގެ ބޮޑުބޭބެ އަކީ ކަލޭތި ހީކުރާހާ ހެޔޮ، މާތް މީހެއް ނޫން. އަހަރެންނަށް މި ހާލު ޖެއްސީ ކަލޭގެ މި ލޯބިވާ ބޮޑުބޭބެ.” ޖިންނި ރުޅި އައިސްގެން ބުންޏެވެ. “އަހަރެން މަރާލީ ކަލޭގެ މި ބޮޑުބޭބެ.” އެހެން ބުނެފައި ޖިންނި ބުރުސޫރަ ރީތި އަންހެނެއްގެ ސިފައަށް ބަދަލުވިއެވެ. “އަހަރެންގެ ނަމަކީ ކަތްދަ. އޭރު އަހަރެން މަސައްކަތްކުރަނީ މިރަށުގެ ދަނޑުތައް ސާފުކޮށް ބަލަހައްޓާ މީހެއްގެ ގޮތުގަ. ބަކުރަކީ މިރަށު މިހިރަ ރުއްތަކުން ރާ އަރާ ރާވެރިއެއް. އެއްދުވަހަކު ބަކުރު އަހަރެންގެ ގާތުގައި އިންނަށް އެހި. އަހަރެން ބަކުރު ދެކެ ލޯބި ނުވާތީ އެކަމަކަށް އިންކާރު ކުރިން. އޭގެ ތިން މަސް ފަހުން މިރަށުގެ ކަންކަމުގައި އެހީވާން އިތުރު މީހަކު އައި. އެއީ ހުސްނީ. އަހަރެންނާއި ހުސްނީ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކުރިން. އަހަރެމެން ދެމަފިރިން އުޅެމުން އައީ ވަރަށް އުފަލުން ހަމަ ޖެހިގެން. ބަކުރު އެކަމާ ހަސަދަވެރިވީ. އެއްރެޔަކު މަސައްކަތްތައް ނިންމާލުމަށް ފަހު އެނބުރި ގެއަށް އައި މަގުމަތީގައި ބަކުރު އަހަރެންގެ ފަސްފަހަތުން އައިސް ބަނޑުގެ ތިން ތަނަކަށް ވަޅި ހަރާ އަހަރެން މަރާލީ. އަދި އަހަރެންގެ ހަޅޭކުގެ އަޑުއިވިގެން އަހަރެން ސަލާމަތް ކުރަން އައި އަހަރެންގެ ފިރި ހުސްނީ ވެސް މަރާލީ. އެ ރޭ ބަކުރު މަރާލީ ހަމައެކަނި އަހަރެންނާ އަހަރެންގެ ފިރިމީހާ އެއް ނޫން އޭރު އަހަރެންގެ ބަނޑުގައި އުފަންނުވާ ތުއްތު ފުރާނަ އެއްވެސް ވި. ކަތްދަ ވާހަކަ އެހިސާބަށް ދިޔަ އިރު ނިހާ އާއި ނީލަމް އަށް ތިބީ ރޮވިފައެވެ. އަޔާޒް އާއި ނިހާދު ތިބީ ބަސްހުއްޓިފައެވެ. ބަހެއް ނުބުނެ އިސްޖަހާލައިގެން ބިންމައްޗަށް ބަލަން ބަކުރުއިނެވެ.”އެރޭ ފަތިހު ބަކުރު އަހަރެމެން ދެމީހުންގެ ހަށިގަނޑު ވަޅުލީ އެހެރަ ދޮންކެޔޮ ގަސްތައް ކައިރީ.” ކުޑަދޮރުން ބޭރުގައި ފެންނަށް ހުރި ދޮންކެޔޮ ގަސްތަކަށް އިޝާރާތް ކުރަމުން ކަތްދަ ބުންޏެވެ.”އަހަރެންގެ ކުށަކީ ކޮބާ؟ އިންސާނަކު އެހާ ރަހުމު ކުޑަވާން ހެޔޮ ވެސް ވާނެތަ؟” ކަތްދަ އަށް ވެސް ހުރީ ރޮވިފައެވެ. “އެންމެ ފުރަތަމަ ވެސް މި ބާރު ލިބުމުން އަހަރެން ހިތަށް އެރި ވަގުތުން ބަކުރު މަރާލަން އެކަމު އޭރުން އަހަރެންނާއި އަހަރެންގެ ފިރިމީހާ އަށް ކުރި އަސަރު، އެޅި ވޭން އޭނަ އަކަށް އިހުސާސެއް ނުވާނެ. އޭނާގެ ކުރިމަތީގަ އޭނަގެ ލޯބިވާ މީހުން ވަކިވެ ދިޔައީމަ އިހުސާސް ވާނެ އެރޭ އަހަރެން އޮތް ހާލު ފެނި އަހަރެންގެ ފިރިމީހާ ހުސްނީ އަށް ކުރި އަސަރު.” “ބަކުރުގެ އަނބެއް ދަރިއެއް ނެތީމަ އެންމެ ގާތްކޮށް އަބަދުވެސް އުޅުނު މީހުންނަކީ ނީލަމް އާއި އޭނަ އާ ގުޅިފައި ތިބި މީހުންކަން އަހަރެންނަށް އިނގޭ. އެހެންވެގެން ކަލޭމެން މިރަށަށް ގެނައީ އަހަރެން. ހަނދާން ވޭ ދޯ ފުރަން އުޅުނު ދުވަހު ކައްޕި ނައިސް ލައިސްވި ހަނދާން. އޭނަގެ ދުވަސް ދުއްވާލަން ވެސް ވަގުތު ނަގާނެ އެއްނު.” ކަތްދަ އޭނާގެ ޖިންނި ސިފަ އަށް ބަދަލުވެ ބިރުވެރި ގޮތަކަށް ހެމުން ބުންޏެވެ. އަދި ކަތިވަޅިއެއް ނަގައި ނީލަމްގެ ގަޔަށް ހަރާލުމުގެ ގޮތުން އަތްހިއްލާލި ތަނާ ނިހާގެ ފޯނުން އިވުނު ފަތިސް ނަމާދު ބަންގީގެ އަޑަށް ޖިންނި ގެއްލުނެވެ. އެއީ އެމީހުންގެ ނަސީބެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެންމެން އެމީހުން ތިބި ގެޔާއި ދިމާލަށް ދުވެފައި ދިޔައެވެ. ނީލަމްގެ ބޮޑުބޭބެ ބަކުރު ވެސް ސަލާމަތް ކޮށްގެން ގެންދިޔައެވެ.

ސަލާމަތުގެ އައްސޭރިއަކަށް ވާޞިލްވުމުން އެންމެ ވެސް ތިބީ ހިތްހަމަޖެހިފައެވެ. ނީލަމް އަށް އަދިވެސް ރޮވެނީއެވެ. ދެންމެ ވީ ކަންތައްތައް އޭނާ ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އެއީ ހަޤީގަތެވެ. އޭނާގެ ބޮޑުބޭބެ އަކީ މައުޞޫމް ތިން ފުރާނަ ޤަތުލުކޮށްފައިވާ ޤާތިލެކެވެ. “ދަރިފުޅާ ނީލަމް ބޮޑުބޭބެ އަށް މާފުކުރޭ، ބޭބެ ކުރި ކުށެއްގެ ޝަޒާ ކޮއްކޮމެނަށް ލިބޭކަށް ބޭބޭ ނޭދެން” ބަކުރު ބުންޏެވެ. އެކަކު ވެސް އެޔަކަށް ޖަވާބެއް ނުދެއެވެ. އެންމެންވެސް ވިސްނަމުން ދިޔައީ ދެން ކަންތައް ކުރަންވީ ގޮތަކާ މެދުގައެވެ. “އަހަރެން ބޭނުން ކަތްދަ އަށް އިންސާފު ހޯދަދޭން” ނީލަމް މަޑުމަޑުން ބުންޏެވެ. “އަހަރެން ވެސް ބޭނުން” ނިހާ ނީލަމް އަށް ތާއިދުކުމުން ބުންޏެވެ. ނިހާދު އޭނާގެ އެކުވެރިންގެ މޫނަށް ވަރަށް ފުންކޮށް ބަލާލިއެވެ. އަދި ފުން ނޭވާ އެއް ދޫކޮށްލަމުން ވާހަކަފެށިއެވެ. “އަހަރެން ވެސް ޤަބޫލު ކުރަން ކަތްދަގެ އާއިލާ އަށް ކުރިމަތި ވީ ވަރަށް ހިތާމަވެރި ގޮތެއް ކަން. އެކަމަކު ކިތަންމެ ބޭނުން ވިޔަސް ކިހިނެއް އިންސާފު ހޯދަ ދޭނީ؟ ފަނަރަ އަހަރަށް ވުރެ ގިނަ ވީ މިހާރު އެކަން ހިނގިތަން. ކޮންތާކުން އަހަރެމެން ހެކި ހޯދާނީ؟” ނަމަވެސް ހަތަރު އެކުވެރިން ތިބީ އެހާ ފަސޭހައިން ހިތްވަރު އެލުވާލާ ގޮތަކަށް ނޫނެވެ.

“އަހަރެން އެއްބަސް ވާނަން އަހަރެން ކުރި ކަންތަކަށް. އަހަރެން ޤަބޫލުކުރަން އަހަރެން ކުރި ކުށުގެ ޝަޒާ އަހަރެންނަށް ލިބެން ޖެހޭކަން.” ބަކުރު އިސްޖަހައިގެން އިނދެ ބުންޏެވެ. އެ ޖުމުލައިން ހަތަރު އެކުވެރިންގެ ލިބުނީ އާ ހިތްވަރެކެވެ.

އެ ޚަބަރު ކަތްދަ އަށް ދޭން އެމީހުން ނިންމިއެވެ. އަދި އެ ދުވަހުގެ ރޭގަނޑު ކަތްދަ އެމީހުންނާއި ގެންދިޔަ ބަކުރު ބަންދު ކޮށްފައި އިން ގެ ކައިރިއަށް ގޮސް ކަތްދަ އަށް ގޮވަން ފެށިއެވެ. ލަސްތަކެއް ނުވެ ކަތްދަ އެތަނަށް އަތުވެއްޖެއެވެ. “އަހަރެމެން ބޭނުން ކަތްދަ އާއި ހުސްނީގެ މަރަށް އިންސާފު ހޯދަ ދޭން އެކަމަށްޓަކައި ކުރެވެނު ހުރިހާ މަސައްކަތެއް އަހަރެމެން ކުރާނަށް. ކަތްދަ އަހަރެމެންނަށް އިތުބާރު ކުރޭ” ބިރުން ހުރެ ނަމަވެސް ވާހަކަ ދެއްކީ ނިހާއެވެ. “އިންސާފޭ؟ މިހާ ދުވަސް ފަހުން އެކަން ކުރާނީ ކިހިނެއް؟ އިރެއްގައި ބަދަލު ހިފުމަށް ފެންބޮވައިގެންފައިވާ ކަތްދަގެ ދެ ލޮލުން ފެނުނީ ޝައުގުވެރިކަމެވެ. “ބަކުރު ހުރީ އޭނާ ކުރި ކުށަށް އެއްބަސްވާން ތައްޔާރަށް އަދި ކަތްދަ އާއި ހުސްނީގެ ހަށިގަނޑު ބައިތައް ވީރާނާ ނުވެ ވާނަމަ އެވެސް ވަރަށް ބޮޑެތި ހެކި.އެ ހެކިތައް ކަމާބެހޭ ފަރާތައް ގެންގޮސްގެން ބަކުރު އިންސާފުގެ ކުރިމައްޗަށް ގެންނާނަން” މިފަހަރު ވާހަކަދެއްކީ އަޔާޒެވެ. “އެންމެ ރަނގަޅު އަހަރެންނާއި ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ބޭނުން ނަމަ ތި އުޅޭ ގޭގައި އަހަރެން ލިޔެފައި އޮތް ޑައިރީ އެއް އޮންނާނެ.” ކަތްދަގެ އާނބަސް ލިބި އެކަމުގައި އެހީވާން ތައްޔާރަށް ހުރުމުން ހަތަރު އެކުވެރިން ތިބީ އުފަލުންނެވެ.

އޭގެ އަނެއްދުވަހު ހެނދުނު ހެކި ހޯދުމުގެ މަސައްކަތައް ހަތަރު އެކުވެރިން ނުކުތެވެ. އެމީހުންގެ އަތުގައި ވަޅު ކޮންނާނެ ސާމާނުތައް ހުއްޓެވެ. އިރުކޮޅެއް ފަހުން އެމީހުން ގޮސް ހުއްޓުނީ ކަތްދަ އާއި ހުސްނީ ވަޅުލާފައި އޮތް ކަމަށް ބުނާ ދޮންކެޔޮ ގަސްތައް ކައިރީގައެވެ. ބަކުރު ދެއްކި ތަން އަޔާޒް ކޮންނަށް ފެށިއެވެ. އޭގެ ފަނަރަ ވަރަކަށް މިނެޓުފަހުން އިންސާނުންގެ ކަށިތަކެއް ފެނުނެވެ. ނީލަމް އަށް އެ މަންޒަރު ފެނި ރޮވެން ފެށުނެވެ. ނިހާ އޭނާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ. އެ ކަށިތަކުގައި ފޮޓޯ އަޔާޒް އާއި ނިހާދު ނެގިއެވެ. އަދި ތަންކޮޅެއް އަޑިން ކަތްދަ އާއި ހުސްނީ މަރާލަން ބޭނުންކުރި ދަގަނޑުބުރި އަކާއި ވަޅި ވެސް ފެނުނެވެ. ބަކުރު އެއްވެސް އެއްޗެއް ނުބުނެ ތަންކޮޅެއް ދުރުގައި އިން ޖޯލިފައްޗެއްގައި އިނެވެ. ނިހާދު އާއި އަޔާޒް ވަށައިގެން ހޯދާލީ ކަތްދަ ފެންނާނެ ކަމުގެ އުއްމީދުގައެވެ.ކަތްދަ އެތަނަށް އެވަގުތު ފާޅުވިއެވެ. “ވަރަށް ބޮޑު ޝުކުރިއްޔާ.” ކަތްދަ އުފަލުން ބުންޏެވެ.

އެދުވަހުގެ ހަވީރު ހަތަރު އެކުވެރިންނާއި ބަކުރު ކަތްދަގެ އެހީގައި ރަށަށް ދިޔައެވެ. ވަގުތުން ބަކުރު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ފެށިއެވެ. އެކަން ކާމިޔާބުވީ ގިނަ ދުވަހުންނެވެ. ނަމަވެސް ކަތްދަ އަށް ވީ ވައުދު ފުއްދަވައި ދެވުނީތީ ނީލަމް ނިހާ އަޔާޒް އަދި ނިހާދު ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ހަވީރު އިރުއޮއްސޭ މަންޒަރު ބަލަން އެ ހަތަރު އެކުވެރިން ތިއްބެވެ. އެމީހުންގެ ހަނދާނުގައި އަދިވެސް ވަނީ ކަތްދައެވެ. އެއީ އެކުދިންގެ ހިތުން ފިލައި ދާނެ ހަނދާނެއް ނޫނެވެ. “ހިނގާ އަލުން ފަޅު ރަށަކަށް ދަމާ. މި ފަހަރު ފަހަރެއްގަ މާވަހަރެއް ވެސް ލައްވާލަފާނެ އެއްނު” ހަމަހިމޭންކަން ވެރިވެފައިވާ އެ މާހައުލަށް ފިނި ކަމެއް ގެނެސްދެމުން އަޔާޒު ވާހަކަދެއްކިއެވެ. “އާނ ދޯ؟” ނިހާދު އަޔާޒްގެ ވާހަކަ އަށް ތާއިދުކުރިއެވެ. ހަތަރު އެކުވެރިންގެ ހުނުން ފަޒާ ތެރޭ ގުގުމާލިއެވެ.

(ނިމުނީ)

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ތެމި ވާރޭގައި ވީމޭ 28

Next

ޙަޤީޤަތް ހޯދުމޭ 2

Next
August 3, 2024

ޙަޤީޤަތް ހޯދުމޭ 2

Previews
August 2, 2024

ތެމި ވާރޭގައި ވީމޭ 28

One Comment

  1. Cutie girl says:
    August 3, 2024 at 12:01 am

    Mi part vx v Reethi masha allah
    Curiously waiting for next story
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard
    Loabeege vaahaka eh beynumee dhen
    Love you ❤️😍

Comments are closed.



All Right Reserved!