ފިނި ހިތް 2
ޖެހިގެން އައި ދުވަހެވެ.9:00 ޖެހުމާއެކު ކިރާ ހޭލައިގެން ތިރިއަށް ދިޔައީ އާދައިގެ މަތިން ކޮފީއެއް ބޯށެވެ.ސިޑިން ފައިބައިގެން ގޮސް ބަދިގެޔަށް ވަތް އިރު ކާމޭޒުދޮށުގައި ކައިޝާން ކައިރީ ލެޕްޓޮޕެއް ހިފައިގެން އިން ޔޫވިން ފެނުމުން ސިހުނު ނަމަވެސް އެކަން ނުދައްކައި ކުރަޔަށް ފެންއަޅައި ފެންކައްކަން ޖެއްސިއެވެ.”ކިޓީ.ކުޑަބެއަށްވެސް އަޅައިދީބަލަ”ކައިޝާން މިހެން ބުނުމާއެކު ލެޕަށް ނަޒަރު ހުއްޓާލައިގެން އިން ޔޫވިން ވަށްކަޅިން ކިރާއަށް ބަލައިލިއެވެ.ހިމަތޮޅި ހަށިގަނޑެކެވެ.ލައިގެން ހުރި ފިޔާތޮށި ކުލައިގެ ހަރުވާޅައާއި ކަޅުކުލައިގެ ޓޮޕްކޮޅު ކިރާއާއި ނުހަނު ގުޅެއެވެ.އަޅައިގެން ހުރި ކަޅުކުލައިގެ ކުޑަ ބުރުގާގެ ތެރެއިން ފެންނަން ހުރި އޮމާން މޫނުމަތީގައި ވަނީ ތާޒާކަމެވެ.
މާ ގިނަ އިރުތަކެއް ނުވެ ކިރާ ކައިޝާންއަށް ކޮފީތަށި އަޅައިދިނެވެ.އެއަށްފަހު އޭނާގެ ކޮފީތަށި ހިފައިގެން އެނބުރި ކޮޓަރިއަށް އައެވެ.އެތާހުރި ބެލްކަންޏަށް ނުކުމެ ސްނެޕަށްވަދެ ރައްޓެހިން ކޮށްފައި ތިބި ސްނެޕްތައް ބަލަމުން ކޮފީތަށިން ކޯވަރުތައް ބޮމުން ދިޔަ ކިރާގެ ލޮލުގައި އެއްލި ކަޅިއަކުން އަޅައިގަތީ ގޯތިތެރޭ ޖޯއްޔަށް ނުކުތް ޔޫވިންއެވެ.ފިރިހެންވަންތަ ހަށިގަނޑަކާއި އޮޅަލި ކުލައިގެ ހަންގަނޑެކެވެ.ކަނދުރާއާއި ހަމަޔަށް އަރާ އިސްތަށިގަނޑުން އެއްބައި ނިތްމަށްޗައް ވެއްޓިފައި އޮތް އިރު ބަލައިލަން ނުހަނު ރީއްޗެވެ.6 ފޫޓުގެ ދިގު އިސްކޮޅެކެވެ.ލައިގެން ހުރި ކަޅުކުލައިގެ ހޫޑީ އާއި ނޫކުލައިގެ ސްވެޓްޕޭންޓްސްއެކެވެ.
ފޯނުން މީހަކާ ވާހަކަ ދައްކަމުން ދިޔަ ޔޫވިންއަށް މަތިން މީހެއްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާކަން ހީވެގެން ބަލައިލިއިރު ހުއްޓުން އެރީ ބެލްކަނީގައި ކޮފީތަށި ހިފައިގެން ހުރި ކިރާ ފެނުމުންނެވެ.އޭނާ ބަލައިލުމާއެކު ކިރާ ވަގުތުން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ.އޭރު ކިރާ ހުރީ އެކަންޏެއް ނޫނެވެ.ކިރާގެ ގާތުގައި އިރުކޮޅެއްކުރިން އެގެޔަށް އައި އީޝާވެސް ހުއްޓެވެ.ދެމީހުން ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު ޔޫވިންގެ ނަޒަރު ހުރީ ކިރާގެ ހިނިތުންވެފައިވާ މޫނަށެވެ.ކިރާގެ އެ ހިނިތުންވުން ފެނި އޭނާއަށްވެސް ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ.އެއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއްކަން ދެނެގަނެ ފޯނު ކަނޑާލުމަށްފަހު އޭނާ ސިއްރުން އެ މަންޒަރު ކެމެރާގައި ރައްކާ ކުރިއެވެ.
އިރުކޮޅަކުން އަމްނާއާއި ކައިޔަން،އެ މީހުންގެ ތިމާގެ މީހުން އަދި އީޝާގެ މައިންބަފައިން ކަމުގައިވާ ނާއިލާ އަދި ނަފާއު އައިސް ގެޔަށް ވަނެެވެ.ކައިވެންޏަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމުމާއެކު އެވަގުތުން ފެށިގެން ހަވީރާއި ޖެހެންދެން އޮތީ އެންމެން އެއްތަންވެ އީޝާއާއި ކައިޝާންއާއި ދިމާކުރުމެވެ.މިކަމުގައި އެންމެ ކުރީގައި އުޅުނީ ކިރާ އާއި ޔޫވިންއެެވެ.އެ ދެމީހުންގެ ގުޅުން ރަނގަޅު ނޫންކަމަށްވިޔަސް އެހެން މީހަކަށް އެކަން ފަހުމް ވާވަރަށްވުރެ އެ ދެމީހުން މާ ހުޝިޔާރެވެ.އެ އުފާވެރި މާހައުލުވެފައިވަނީ އެތަކެއް ހިތްތަކުން އެ ހިތްތަކުގައި އަޅާ ވޭން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ފިއްލަވައިދޭނެފަދަ މާހައުލަކަށެވެ.
ހަވީރުގެ ވަގުތެވެ.ކިރާ އަދި އޭނާގެ ދެބެންގެ ދެދަރި ކުދިން އުޅުނީ އީޝާ ރީތިކުރުމުގައެެވެ.ހުދު ކުލައިގެ ބޮޑު ވެޑިންގް ޑްރެސްއަކީ ނާއިލާގެ ކުޅަދާނަ ފެހުންތެރިކަމުގެ ނިޝާނެކެވެ.މާ ގޮތް ބޮޑުކޮށްފައި ނެތްނަމަވެސް ޝާހީގޮތެއް ހުރި އެ ހެދުމުގައި އީޝާއެކޭ ޕަރީއެކޭ އެއްވެސް ތަފާތެެއް ނެތެވެ.ހުދު ހެދުމާއެކު ހުދު ޝޯލްއެއް އަޅާފައި ވާއިރު މޫނުގައި ވަނީ ލުއި މޭކަޕެއް ކޮށްފައެވެ.ބޮލުގައި ރިހި ކުލައިގެ ތާޖެއް އެޅުވިފައިވާއިރު އަތުގައި ވަނީ ރަތްކުލައިގެ އާޓިފިޝަލް ފިނިފެންމަލުން ޖަރީކޮށްފައިވާ ބޮކޭއެކެވެ.އީޝާ ތައްޔާރުކޮށް ނިމުމާއެކު ނާއިލާ އޭނާ ގޮވައިގެން ތިރިއަށް ފޭބިއެވެ.
އެއިރު އޯޝަން ޕެލެސް ގޭގެ ގޯތިތެރެ ވަނީ ރަންކުލައިގެ ފެއަރީ ލައިޓްސްތަކުން ދިއްލައި އަޅާފައެވެ.ބޭރުގައި ކައިވެނިކުރެވޭ މަޖިލީހުގައި މީހުނަށް ތިބެވޭނެ ގޮތް އިންތިޒާމްކޮށްފައިވާ އިރު އާއިލާއާއި ގާތް ތިމާގެ މީހުންނަށް ވަގުތުން ދެވޭ ސައިވެސް އޮތީ ބޭރުގައެވެ.ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހަކަށްވުމުން ގޯތިތެރެއަށް ކޮންމެވެސް ވަރަކަށް އަވި ދީފައި ވީ ނަމަވެސް އެހާ ހޫނެއްނޫނެވެ.އެހެންކަމުން ހަމައެކަނި އަވިއައިނު އަޅައިގެން ކެތްވާވަރުވެއެވެ.
“ބްރޯ އައި އޭމް ސޯ ނާވަސް”ލޯގަނޑު ކުރިމަތީ ހުރި ކައިޝާން އެއްަފަރާތެއްގައި ހުރި ޔޫވިންއަށް ބުންޏެވެ.ކަޅުކުލައިގެ ވެޑިންގް ސޫޓުގައި ކައިޝާން ފެންނަލެއް ރީއްޗެވެ.ކިރާ ފަދައިން އިސްކޮޅުން ދިގުވެފައި ކަސްރަތީ ހަށިގަނޑެކެވެ.މަޑުމުށިކުލައިގެ ފަން އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި އޮތް އިރު އަތުގައި އަޅާފައިވަނީ ރޮލެކްސްއެކެވެ.”ޑޯންޓް ބީ.ކައި ތިއުޅެނީ ކައި އެންމެ ލޯބިވާ ފަރާތާއި އިންނަން.ޔޫ ޝުޑް ބީ ހެޕީ.ޔޫ އަރ ރިއަލީ ލަކީ”ޔޫވިން ހިނިތުންވެލަމުން އެ ދެމީހުން އަރާގޮތައް މިރަރ ސެލްފީއެއް ނަގަމުން ބުންޏެވެ.
ޔޫވިން އެހެން ބުނުމާއެކު ކައިޝާން ޔޫވިންއަށް ބަލައިލިއެވެ.ނޭވީ ބްލޫ ކުަލައިގެ އަރްމާނީ ސޫޓެއްގައި ހުރި އިރު ޔޫވިންއާއި ނުހަނު ގުޅެއެވެ.އަތުގައި ވަނީ ހަމަ ކައިޝާންގެ އަތުގައި އޮތް ކަހަލަ ރޮލެކްސްއެކެވެ.އިސްތަށިގަނޑުވަނީ ރީތި ގޮތަކަށް ސްޓައިލްކޮށްފައެވެ.
“ޔޫން.ތި ރީތި ހިނިތުންވުން ގެއްލުވާނުލާނެ މަތިން ކެން އައި ސޭ ސަމްތިންގް؟”ކައިޝާން ސަކަ ގޮތަކަށް ބުނި ކަމުގައި ވިޔަސް އެ ބުނަން އުޅެނީ އާދައިގެ ވާހަކައެއް ނޫންކަން ޔޫވިންއަށް ފަހުމްވިއެވެ.”ހޫމް.ބުނެބަލަ”ޔޫވިން ފޮޓޯތައް ސްނެޕް ކޮށްލަމުން ބުންޏެވެ.”ޔޫން.ޔޫ ނޯ ދެޓް ޔޫ އަރ މައި ބެސްޓް ފްރެންޑް.އެކަމްވެސް ޔޫންއާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް އަހަންނަކަށް ނޭނގެ.ލައިކް ޔޫން މީހަކާ ރައްޓެހިނުވާން މީހަކާ ނީންނަންވެގެން ތި އުޅެނީ ކޮން ސަބަބަކާ ހުރެކަމެއް.އިނގޭ ވަރަށް ބޮޑު ކަމެއް ލައިފްގަ ދިމާވެފަ ހުރީމަ ކަން ބަޓް އަހަރެންވެސް ބޭނުން ޔޫން މިއަދު ތިހުރި މަގާމުގަ ކޮންމެވެސް ދުވަހަކުން ހުންނަން.ޔޫން މެރީ ކުރާއިރު ޔޫންގެ ބެސްޓް މޭންގެ ގޮތުގަ ހުންނަން”ކައިޝާން ސީރިއަސް ރާގަކަށް ބުނުމާއެކު ޔޫވިންގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ.
“އަހަރެންގެ މާޒީ އެއްކޮށް އިނގޭ ކަމަށް ވަންޏާމުން ކައި ދުވަހަކުވެސް އަހަންނަށް ރުހުމުގެ ލޮލަކުން ބަލައެއް ނުލާނެ.ނޭނގި ނަމަވެސް އަހަންނަށް ހުރީ ކައިއަށް ވަރަށް ބޮޑު ގެއްލުމެއް ދެވިފަ.ކައިއަށް އެކަން އިނގޭނަމަ ކައިގެ ގާތުގައި މިހެން ހުރުމުގެ ފުރުސަތެއް އަހަންނަކަށް ނުލިބޭނެ.އައި ނޯ އިޓްސް ނޮޓް ފެއަރ ބަޓް އަހަރެން ގަޔަކު ނެތް ކައިއަށް އެވާހަކަތައް ކިޔައިދިނުމުގެ ހިތްވަރެއް”އެ ޖުމްލަތައް ވީ ޔޫވިންގެ ހިތު ތެރޭގައެވެ.
“ޔޫން.ކޮން ޙިޔާލެއްގަ؟ހަމަ ހިނިތުންވުން ގެއްލުވާނުލާށޭ ބުނީމަ އެ ގެއްލުވާލީ”ކައިޝާން ތުން އޫކޮށްލަމުން ބުނުމާއެކު ޔޫވިންއަށް ހެވުނެވެ.”އެހެންވީއިރު ކައި ޔޫންއަށް ޕްރޮމިސްއެއް ކޮއްބަލަ”ޔޫވިން ބުނުމާއެކު ކައިޝާން ވަގުތުން އެއީ ކޮންކަމެއްހޭ އަހާލިއެވެ.”ކައިއަށް އަހަރެންގެ ޕާސްޓް ކިޔައިދީފިއްޔާމުން ނުވަތަ މީހެއްގެ ފަރާތުން އެނގިއްޖެއްޔާމުން އަހަންނަށް ނަފްރަތުކުރާނެކަމަށް ވަޢުދު ވެފާނަންތަ؟”ޔޫވިން ކައިޝާންގެ ކުރިމައްޗަށް ހުއްޓެމުން އޭނާގެ ކޮނޑުގައި ހިފަހައްޓާލަމުން ބުނުމާއެކު ކައިޝާން ބަސްހުއްޓުނެވެ.ޔޫވިންގެ ލޮލުގައި ވީ އާދޭހުގެ ކުލަވަރުން އެއީ ކިހާ ވަރެއްގެ ކަމެއްކަން އޭނާއަށް ނަގައިގަނެވުމާއެކު ޔޫވިންގެ މާޒީއާއި ބެހޭގޮތުން ސުވާލުކުރެވުނީތީ އޭނާ ދެރަވިއެވެ.މީގެ ކުރިންވެސް އެކިފަހަރުމަތިން އޭނާ އެ ސުވާލުކުރުމުން ޔޫވިންގެ ހަރަކާތްތައް ހުންނަ ގޮތުން އެއީ އޭނާއަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫންކަން ކައިޝާން ދެނެގަތެވެ.ނަމަވެސް އޭނާއަކީ ކަންކަމާމެދު ފުދޭވަރަކަށް “ކިޔުރިއަސް” ވާ މީހެއްކަމުން އެނގެން ބޭނުންވާވަރުން ޔޫވިންގެ އިހުސާސްތަކާމެދު ވިސްނާނުލެވުނީއެވެ.
“އޮފްކޯސް.ޔޫ ނޯ އައި ޑޯންޓް ޖަޖް.ޔޫންގެ ލައިފްގަ ކޮންމެ ފަދަ ކަމެއް ވިޔަސް މި ކައި މިހުރީނު ޔޫން ކައިރީ”ކައިޝާން މިހެން ބުނެ ޔޫވިންގެ ގައިގައި ބައްދާލިއެވެ.”އައި ވިލް އޯލްވޭސް ބީ ދެއަރ ފޯ ޔޫ”ކައިޝާންގެ ދުލުން އެ ޖުމްލަ އިވުމާއެކު ޔޫވިންއަށް ދެލޯ މަރާ ލެވުނެވެ.”ކައި.ޔޫ ސައުންޑް ޖަސްޓް ލައިކް ހަރ”މިހެން ޔޫވިންގެ ހިތައް އެރުމުން އޭނާ ހިނިތުންވެލިއެވެ.”މީ ޓޫ ކައި.އައި ވިލް އޯލްވޭސް ބީ ދެއަރ ފޯ ޔޫ ޓޫ”ޔޫވިންވެސް މިހެން ބުނެ ކައިޝާންގެ ޓައީ ރީތި ކޮށްލުމަށްފަހު އޭނާ ގޮވައިގެން ތިރިއަށް ދިއުމަށް ހިނގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next
Yoon and keera gulhuvachey
They both are made for each
Kai and easha v gulhey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you ❤️😍
Thanx for the comment and Kira and Yoovin have a past that will be revealed in future chapters of the story 🫶🏻
Good though need updates faster your stories are the best always thanks ❤️❤️😂🐤