Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަތުރު (އެއްވަނަ ބައި)

Ara
Ara Level 210 Stories100 Comments
July 31, 2024 3 Mins Read
4 Comments

ނިހާ އަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އޭރު ގަޑިން އެއްގަޑި ބައިވަނީއެވެ. ފޯނު ބަލާލިއިރު ގުޅަނީ އޭނާގެ އެކުވެރި ނީލަމް، އަޔާޒް އަދި ނިހާދެވެ. އެއީ ގްރޫޕް ވީޑިއޯ ކޯލެކެވެ. “އޭ ނިހާ ގަނޑު ވެސް ނިދަނީތަ؟ ވަރަށް ފޫހިވާތީ މި އުޅެނީ އެންމެން އާދެބަލަ މިގެއަށް ކޮފީއަކަށް” ފޯނުނެގުމުން ފުރަތަމަވެސް ވާހަކަދެއްކީ ނިހާދެވެ. “ސާބަސް ނިހާދު އަށް ބަލާބަލަ ގަޑިން ވީއިރު، އަޅެ ބުޅާތަކެއް ގޮވައިގެންތަ އަހަންނަށް މިއުޅެވެނީ” ނިހާ އާފުރެމުން ބުންޏެވެ. “ބުޅަލެއް ކަމެއް މީދަލެއް ކަމެއް އަހަންނަށް ނޭނގެ، ސީރިއަސްކޮށް ވަރަށް ފޫހިވެގެން މިއުޅެނީ.. ނިންޖެއް ވެސް ނައި މިރޭ” ނިހާދުގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭކަށް ނިހާ އަކަށް ނުކެރުނެވެ. “އެންމެ ރަނގަޅޭ ދެން ނިހާދު ބުނީމަ ނުގޮސް ނުވާނެތާ” އެ ކޯލުގައި އިތުރަށް ތިބި އަޔާޒް އަދި ނީލަމް ވެސް މިދަނީ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. ނިހާ ވެސް އަވަސް އަވަހަށް ފާހާނާއަށް ވަދެ ތައްޔާރު ވެލައިގެން ނުކުތީ ނިހާދުގެ ގެއަށް ދިޔުމަށްޓަކައެވެ.

ނިހާ އެގެއަށް ދިޔައިރު ބޭރު ޖޯލީގައި ފޯނާ ކުޅެން ނިހާދުއޮތެވެ. “މި ރަށު ކުއްޖެއްތަ؟” ނިހާ ޖޯލީގައި އިށީންނަމުން ނިހާދު ގާތު އެއްސެވެ. “ތި ބުނީ؟” ނިހާދު އަށް އެ ބުނި އެއްޗެއްގެ މާނަ ނޭނގިގެން ސުވާލުކޮށްލިއެވެ. “މި ބުނީ މި ރަށު އަންހެން ކުއްޖަކު ފެނިގެންހޭ ނިދި ވެސް ފިލާގޮސްގެން ތި އުޅެނީ؟” “ކާކަށް ކާކު ފެނުނީއޭ؟” އަޔާޒު އަދި ނީލަމް ވެސް އެތަނަށް އައީ އެވަގުތުއެވެ. “މީހަކު ފެނިގެން ނޫޅެން މި ނިހާ ކިޔާފާނެ ކޮންމެ ފަދަ އެއްޗެކޭ ވެސް” އަޔާޒުގެ އެ ސުވާލަށް ޖަވާބު ދިނީ ނިހާދެވެ. ހަތަރު އެކުވެރިން މިސްރާބު ޖެހީ ބަދިގެ އާއި ދިމާލަށެވެ. “ދެން ބުނެބަލަ ކަލޭ މިރޭ ލޮލަށް ނިދިނައިސްގެ ތި އުޅެނީ އަނެއްކާ ކިހިނެއްވީ؟” ކޮފީ ގިރަން ހުރި ނިހާދު އާއި އަޔާޒު ސުވާލުކޮށްލިއެވެ. “ހަމަ ފޫހިވީ.. އަބަދު މިހެން ރަށުގަ ނުތިބެ ކަމެއް ރާވަން ހިނގާބަލަ” ނިހާދުގެ ޙިޔާލަށް އެންމެން ވެސް ތާއީދުކުރިއެވެ. “ހިނގާ ދަތުރުދާން” ނީލަމް ބުންޏެވެ.
“އޯކޭ.. އެކަމް ކޮން ރަށަކަށް ދާނީ” ނިހާ އެއްސެވެ. “ރީތިފުއްޓަށް ދާނީ” ނިހާދުގެ އެ ޖަވާބުން ތިން އެކުވެރިން ހިމޭންވިއެވެ. “ކިހިނެތް ވީ؟ މިހާ އަވަހަށް ބިރުގަތީ؟ މިވަރުން ކިހިނެއް ތަނަކަށް ދާނީ ތިމީހުން ގޮވައިގެން؟” ނިހާދު މަލާމާތުގެ ރާގެއްގައި ބުންޏެވެ. “ބިރެއްނުގަނޭ އެކަމަކު މީހުން އަބަދުވެސް ކިޔާ އެއީ ނާމާން ރަށެކޭ، އަހަރެންގެ މާމަ ވެސް ވަރަށް ދައްކާނެ އެރަށުގެ ވާހަކަ، އެއް ފަހަރަކު އެރަށަށް ގޮސް ކިރިޔަޔޯ ސަލާމަތް ވީ.” އަޔާޒު ހަމަޖެހޭ ގޮތް ދައްކަމުން ބުންޏެވެ.”ތެދެއް އެއީ އަހަރެންގެ ބައްޕަ ފަރާތު ބޮޑުބޭބެ ވެސް އެ ރަށަށް ގޮސް ގެއްލުނު ތަން މިވީ ފަނަރަ އަހަރު އަދިވެސް ނޭނގެ ބޮޑުބެ އަށް ވީގޮތެއް.. އަސްލު ވެސް އެއީ ނާމާން ރަށެއް.” ނީލަމް އަޔާޒުގެ ވާހަކަ އަށް ތާއީދުކުރިއެވެ.
“މީހުން ކިޔާ ކޮންމެ އެއްޗެއްވެސް ޤަބޫލުކޮށްފާނެ ތިމީހުން. އިއްޔެ ވެސް ފޭސްބުކުން އަހަންނަށް ފެނުނު އެރަށަށް ގޮސް ގެސްޓުން ތަކެއް ލާފައިން ވީޑިޔޯ އެއް. ގައިމު އެމީހުންނަށް ކަމެއް ނުވޭ. އެހެން ނޫނަސް ސްކޫލް ނިމުނު ފަހުން އެންމެން އެއްކޮށް މިކަހަލަ ދަތުރެއް ނުދާތަން ވީ ދުވަހެއް ނޭނގެ. މާދަން ނޫން ކަމެއް ނޭނގެ މި އަންހެން ގުރޫޕް މެރީކުރާނީ އޭރުން މިހެން ވެސް ނޫޅެވޭނެ” ނިހާދު، ނިހާ އަދި ނީލަމް އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ނޫނޭ އަހަންނާ އަޔާ މެރީ ކުރަންޏާ އެންމެ ފުރަތަމަ އިނގޭނީ ތި މީހުންނަށް. އެހެންވީމަ އަހަރެމެންގެ ފަރާތްތަކުން ނާންނާނެ ތި ކަހަލަ މައްސަލަ އެއް. ދެން ނިހާ އާ ނިހާދު ވެސް މެރީ ކުރިއްޔާ ތިކަމާ ވިސްނާކަށް ވެސް ނުޖެހޭނެ އެއްނު.” ހެމުން ހެމުން ނީލަމް ބުންޏެވެ. “ޗީ ނޫޅެން” ނިހާދު އާއި ނިހާ އެކުއެކީގައި ބުންޏެވެ.

އިރު އަރަންދެން އެކިއެކި ވާހަކަތަކުގައި ހަތަރު އެކުވެރިން
ތިއްބެވެ. އެންމެ ފަހުން އެންމެން އެއްބަސްވީ ރީތިފުއްޓަށް ދަތުރު ދާށެވެ.

ހުކުރު ދުވަހުގެ އިރުފެނުން ތޮޅެލީ ހަތަރު އެކުވެރިންގެ ހިތަށް އުފާވެރިކަން ގެނުވަމުންނެވެ. ނިހާ ވެސް ފަތިހު ހަތަރު ގަޑި ބައިވި އިރަށް އެލާމުކޮށްގެން ހޭލިއެވެ. ނަމާދު ކޮށްގެން ކުޑަގޮތަކަށް ނާސްތާ ކޮށްލައިގެން އަވަސްވެގަތީ
ފުރަން ވާއިރަށް ފާލަން ދޮށަށް ދިޔުމަށެވެ. ގަޑިއަށް ފަރުވާތެރިވުމަކީ އޭނާގެ ކިބައިގައި ހުންނަ ރީތި ސިފައެކެވެ. ބަރާބަރު ފަސްގަޑި ބައިވިއިރު އޭނާ ހުރީ ފާލަން ދޮށުގައެވެ. ނީލަމް އާއި އަޔާޒް ވެސް ތިއްބެވެ. މަދީ ނިހާދެވެ. “ކޮބާތަ އެ ނިހާދު މިހާރު އެއޮތް ހައެއް ޖަހަނީ އެންމެ ފޯރިއަރުވާފަ ދަތުރުދާ ވާހަކަ ދެއްކި މީހާ އެއީ އަދިވެސް ނާދެއެއްނު. ނިހާ އޭނާ އަށް ގުޅާބަލަ” ނީލަމް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. ނިހާ އޭނާގެ ދަބަހުން ފޯނު ނަގައި ނިހާދުގެ ނަންބަރަށް ގުޅާލިއެވެ. ފޯނު އޮތީ ނިންވާލާފައެވެ. ނިހާ ވެސް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. “އޭނަ ވެސް އަންނާނޭ، ހިނގާބަލަ ލިސްޓުގަ ހުރި ހުރިހާ އެއްޗެއް ގެނެވުނުތޯ ޗެކްކޮށްލަން” ނިހާ އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ފޮރުވަމުން ނީލަމް ގާތު ބުންޏެވެ. އަޔާޒު ހުރީ ކައްޕި ނާންނާތީ ކަންތައް ބޮޑުވެފައެވެ. އެހެންކަމުން އަޔާޒު އުޅުނީ ކައްޕިގެ ފޯނަށް ގުޅޭތޯއެވެ. ތިން ފަހަރު ގުޅުމުން ވެސް ކިޔަނީ ފޯނު އޮތީ ނިވާލާފައިކަމަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 1

Next

ތެމި ވާރޭގައި ވީމޭ 27

Next
July 31, 2024

ތެމި ވާރޭގައި ވީމޭ 27

Previews
July 31, 2024

ޙަޤީޤަތް ހޯދުމޭ 1

4 Comments!

  1. Cutie girl says:
    July 31, 2024 at 6:33 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Love you ❤️😍

    1. Ara Ara says:
      July 31, 2024 at 2:00 pm

      Thank you 😊❤️

  2. Aish says:
    July 31, 2024 at 11:21 am

    Very nice waiting for next part

    1. Ara Ara says:
      July 31, 2024 at 2:00 pm

      Thank you 😊❤️

Comments are closed.

Next Episodeދަތުރު (ދެވަނަ ބައި)←


All Right Reserved!