Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 26

umny Level 210 Stories
July 22, 2024 5 Mins Read
10 Comments
  1. ” ދޫކޮއްލާ އަހަރެންގެ ދަރިފުޅުގެ ގައިން… ”  ސާރާގެ އަޑަށް އެއަންހެންމީހާ އޭނައާއި ދިމާއަށް އެނބުރުނެވެ. ބޯހާވާއިގެން އިން އެމީހާގެ މޫނުން ފެންނަމުން ދިޔަ ކުޑަ ތަންކޮޅު އަލިފާނުގެ އަލީގައި ވަރަށް ރަނގަޅަށް ސާރާއަށް ފެނުނެވެ.

” އާތިކާ! ” ސާރާއަށް ދެލޯ ބޮޑުކޮއްލެވުނެވެ.

” ކީއްވެ އާތިކާ؟ ކޮންކަމެއް ކުރަން މިހާރު ތިއުޅެނީ؟ އަހަރެންނޭ ކިޔައިގެން ދެއްކި ދޮގު ވާހަކަތަކުން އަހަރެންނާއި ސަލީމްއާއި ދެމެދު ޖެހުނު މައްސަލަ އަދިވެސް ކުޑައީތަ؟ ވީކަމެއް ވިއްޔާ ވަމުން ދަނީ އަހަރެމެން ތިން މީހުން ތެރޭގައި. މިކަމުގެ ތެރެއަށް ކުދިން ވައްދަން ނަހަދާ… މާނީ ދޫކޮއްލާ… ކުރާކަމެއް އަހަރެންނަށް ކުރޭ.. ” ސާރާ އާދޭސްކުރިއެވެ.

” ހިހި… ނޫން ނޫން ނޫން…. ދެމަފިރިއެއްގެ ހަޔާތް އެއްކޮށް ބަރުބާދުކޮއްފައި އައިސް މުދާގަނޑުގެ ފަހަތުން ތިހެނެއް ނޫޅެވޭނެ އިނގޭ… ” އާތިކާ ހިނިގަނޑެއް ޖަހާލިއެވެ.

” އަހަރެންނަށް ފުރަތަމަ އެކަން ކުރެވުނީ ނުވިސްނާ ހުރެ. ފަހުން ވިސްނިގެން ރަނގަޅު ގޮތުގައި ސަލީމްއާއި ދުރަށް ދިޔައިން… ލިބުނު އެއްއަހަރު ދުވަހު އަހަރެން ހީކުރީ އާތިކާއާއި ސަލީމް އަލުން އުފަލުގައި އުޅޭނެ ކަމަށް. އަހަރެން އެނބުރި އައީ އާތިކާ ސަލީމްގެ ގާތުގައި ހުންނަން ބޭނުންނުވެގެން ދިޔަތާ އެތައް މަހެއް ފަހުން… އަހަރެންނެއް ނޫން ދޯ މިދޭތެރެއަށް ފަހުން ވަނީކީ… ޕުލީޒް… މާނީ ދޫކޮއްލަބަލަ…! ” ސާރާ ރޮއެގަތެވެ.

” ނޯ… އަހަރެން ދިރި ހުއްޓާ މިރޭ މިކުއްޖާ މަރާލާފައި ނޫނީ ދުލެއް ނުކުރާނަން… ހީނުކުރާތި ހުރިހާ އެއްޗެއް ކަލެޔަށް ލިބިދާނެހެން… ” އާތިކާ އަމުރުކުރީ ސާރާ ވެސް ބަނުމަށެވެ. އަދި އަނގައިގައި ފޮތިގަނޑު އަޅާ ގެންގޮސް ގަހަކާއި ލައި ބަނުމަށް ފިރިހެންމީހާގެ ގާތުގައި ބުނަމުން އޭނަ ބެލީ އޭނަ ކުރަން އުޅުނު މަސައްކަތް ފުރިހަމަ ކުރުމަށެވެ. ސާރާއަށް ވަގުތުން އެކަން އެނގިގެން ސަލީމްއަށް ގޮވުމަށް ގެޔާއި ދިމާއަށް އަނބުރައި ދުއްވައިގަންނަން އުޅެނިކޮށް އެފިރިހެންމީހާގެ ބާރުގަދަ ދެއަތުގައި ސާރާ ހައްޔަރުވެގެން ދިޔައެވެ. އަދި އޭނަ ގެންގޮސް ގަހަކާއި ލައި ބަނދެ އަނގައިގައި ވެސް ފޮތިގަނޑެއް އެޅިއެވެ. ހަމަހޭގައި ހޭލައި ހުރެ އާތިކާ ކުރަމުން ދިޔަ ކަންތައްތައް އޭނައަށް ފެންނަމުން ދިޔައިރު އޭނައަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބަނދެފައިވާ ލޯބިވާ ދަރިފުޅު އޭނައަށް ބަލަހައްޓައިގެން ރޯލަ ރޯލާ އިތް އިރު މަޔަކަށް އެމަންޒަރު ބަލަން ކުޅަދާނައެއް ނުވާނެއެވެ.

އާތިކާ އަލިފާންގަނޑު ކައިރީގައި އިނދެގެން ކިޔެވުންތަކެއް ކިޔަވަމުން ދިޔައެވެ. އޭނައާއި މާދުރުނޫން ހިސާބުގައި އޭނަގެ އެހީތެރިޔާ ވެސް އޭނަގެ ހަރަކާތްތައް ބަލަމުން ދިޔައެވެ.

” ޖާވިދު! އާދެބަލަ! ” ކުއްލިއަކަށް އާތިކާ އިންތަނުން ތެދުވެ އޭނަގެ އެހީތެރިޔާއަށް ގޮވިއެވެ. އެމީހާ އާތިކާއާއި އަރާ ހަމަވުމުން އާތިކާ އިޝާރާތްކުރީ އަމާނީއަށެވެ. އެމީހާ ވަގުތުން ބިންމަތީގައި އޮތް ފިޔޮހި ނަގައި އަތަށް ހެޔޮވަރު ކޮއްލިއެވެ. ސާރާއަށް ރޮއެގަނެވުނެވެ. އޭނައަށް ދެން ކަންތައްވަނީ ކިހިނެތްކަން އެނގޭ ކަހަލައެވެ. ލޯބިވާ ދަރިފުޅުގެ ފަހު ވަގުތު އަމާނީގެ ކަރުނައިން ފުރިފައިވާ ދެލޮލާ ހަތަރުކަޅި ހަމަވެ ސާރާ ހަޅޭލަވައިގަތް ނަމަވެސް އަޑު އެހާ ވަރަކަށް ނުނިކުތެވެ. ފުންނޭވާތަކެއް ލަމުން ދިޔަ ސާރާ ބަލަބަލާ ހުއްޓާ އަވަސް ހަރަކާތާއި އެކު އެމީހާ އަމާނީގެ ކަރުގައި ފިޔޮހި އަޅުވާލިއެވެ. މުޅިހާ ތަނަށް ލޭތިކިތައް ބުރައިގެން ދިޔަ ވަގުތު ސާރާގެ ހޭހުސްވެގެން ދިޔައެވެ. އާތިކާއާއި ޖާވިދުއަށް އެއްވެސް ކަމެއް ވީހެން ވެސް ނުވާ ކަހަލައެވެ. ކަރު ބުރިވެފައިވާ އަމާނީގެ ހަށިގަނޑުން ފޭބި ލޭތައް ޖާވިދު ތިރީގައި ހުރި ބާލިދިއަށް ލޭތައް އަޅަން ރެޑީކޮއްލިއެވެ. އަދި އާތިކާގެ އަމުރަށް ލޭތައް ހުރި ބާލީދި ގެނެސް އާތިކާގެ ކައިރީގައި ބެހެއްޓުމުން އާތިކާ ކުރިން އިން ތަނުގައި އިށީނެވެ. ދެން ކުޑަ ތައްޓަކުން އަލިފާންގަނޑު ނުނިވޭނެހެން އޭގެ ވަށައިގެން ލޭތައް އަޅަން ފެށިއެވެ. ދެން ކުއްލިއަކަށް ހީވީ ބޮޑު ވައިރޯޅިގަނޑެއް އައިސް އެންމެން އެއްކޮށް ވަޔާ ގެންދަން އުޅުނު ހެންނެވެ. އެތައް މިތާނގައިވި ހިކިފަތްތަކާއި ކުނި ފަދަ ތަކެތި އެނބުރެން ފެށީ ނަގޫރޯޅިއެއްގެ އުސޫލުންނެވެ. އާތިކާގެ އަޑު އިހުނަށްވުރެ ގަދަވެގެން ދިޔަ ވަގުތު ވައިރޯޅިގަނޑު މައިތިރިވެ ދެން ފެނުނީ ގަސްތަކުގެ ތެރެއިން އައި ބިޔަ އެއްޗެކެވެ. ބިމުގައި ފައެއް ނުޖެހޭ ހުތުރު ސިފައެއްގެ އެއްޗެކެވެ. ޖާވިދު ބިރުގަނެފައި އާތިކާއަށް ބަލާލުމުން އޭނަ ބުނީ ނުގޮސް ޖާވިދު ގާތުގައި އެތާނގައި މަޑުކުރުމަށެވެ. ނަމަވެސް ޖާވިދު ގަސްތަކުން ނިކުންނަން ދުއްވައިގަތެވެ. ނަމަވެސް އަނގަވަތަށް އޭނަ ގަހެއްގެ މުލެއްގައި އަޅައިގަނެގެން ވެއްޓުނެވެ.

” ކީއްކުރަން އަހަރެން ތިގެނުވީ؟ ” ކަންފަތް ފަޅައިގެންދާހާ ވަރުގެ ބަރުއަޑެއްގެވެރި އެއެއްޗެއް ސުވާލުކުރިއެވެ.

” ދަރިޔެއްގެ ބޭނުމުގައި. މިގޭގެ ވެރިޔާ ސަލީމްގެ ދަރިޔަކަށް! ” އާތިކާގެ އަޑުގައި އެއްވެސް ޖެހިލުމެއް ނެތެވެ.

” ކުރެވިދާނެ.. އެކަމަކު އުޖޫރައެއް އޮންނާނެ… ” އެޖިންނި ބުނެލިއެވެ.

” އެއޮތީ ހަށިގަނޑެއް. އޭގެ ލޭ މިހަދިޔާ ކުރީ… ދެން އިތުރަށް ދޭނެ އުޖޫރައެއް ނޯންނާނެ! ” އާތިކާ ދެލޯ ހަނިކޮއްލަމުން އަހާލި އިރު މޫނުމަތީން ރުޅީވެރިކަން ފާޅުވާން ހުއްޓެވެ.

” ހިހި. ނޫން! އަހަރެން ބޭނުމީ މަރުވެފައި އޮތް ކުއްޖެއްގެ ބޭކާރު ހަށިގަނޑެއް ނޫން. ދިރިހުރި ފުރާނައެއް. ތުއްތު ފުރާނައެއް! ކަލެއަށް އެންމެ ފުރަތަމަ ސަލީމްގެ ފަރާތުން ލިބޭ ދަރި. އެކުއްޖާ މަބޭނުން! ” ޖިންނި ހިނިގަނޑެއް ޖަހާލިއެވެ.

” ނޫން! ” އާތިކާ ހަޅޭލަވައިގަތެވެ.

” ތިހެންވިއްޔާ މިއެއްބަސްވުން މިނިމުނީ! އަހަރެންނަށް އުނދަގޫކުރަން ނަހަދާތި!!! ” ޖިންނި ހަޅޭލަވައިގަތުމަށްފަހު ގެއްލިގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ.

” ނޫން! އަހަރެން ބޭނުން! ” އާތިކާ އެކަމަށް އެއްބަސްވިއެވެ. ނަމަވެސް ދެން އެޖިންނީގެ ހިލަމެއް ނުވިއެވެ. ދެން އެއާއިއެކު އުޑުމަތީގައި ހެދިފައި ހުރި ވިލާތަކުން ބޯވާރޭ އޮއްސާލީ އާތިކާގެ އަލިފާންގަނޑު ނިވި އޭނަ ކުރި އެންމެހާ ކަމެއް ބޭކާރު ވަމުންނެވެ. ގެނައި އެއްޗެއް ވިއްޔާ އަވަސް އަވަހަށް ހިފައިގެން އޭނަ ގަސްތަކުގެ ތެރެއިން ނުކުތް އިރު ސާރާއާއި އަމާނީގެ ހަށިގަނޑު ހުރި ގޮތަށް ބެހެއްޓީއެވެ. ޖާވިދުވެސް އޭނަ އެކަނި ހާލާއި ދޫކޮއްލީއެވެ. އޭނަ ދިރި ހުރިތޯ ވެސް އާތިކާ ނުބަލައެވެ. މީހަކަށް އަވަހަށް ފެނިދާނެތީ ތެޅެމުން ފޮޅެމުން އޭނަ ގޮސް މޫދަށް ބާލީދީ އެއްލާލާއި އޭނަ މެންޝަން އިން ނުކުތެވެ. ބިންމައްޗަށް ވެއްޓުނު ޖާވިދު ވެސް ހުރިހާ ކަމެއް ނިމުމުން ތެދުވެ އަވަސް އަވަހަށް ގޮސް ސާރާ މޮހާލުމަށްފަހު އޭނަ ވެސް މެންޝަން އިން ނުކުތެވެ.

—

މާނޭވާ ލެވިލެވި ހުރި އާތިކާ ހަޑި ހޮޓަލެއްގެ ރޫމްއަކަށް ވަދެ ދޮރު ލައްޕާލި އިރު މުޅި މީހާވަނީ ދަލުން ފެންވެރިފައެެވެ. ގެނައި ސާމާނުތައް ބިންމައްޗަށް ޖެހުމަށްފަހު ގޮސް ސިންގަލް އެނދުގައި އިށީނދެލިއެވެ. އަދި ދެއަތް ދެއަތާ މޮޑެމުން އޭނަ ވިސްނަން ފެށިއެވެ. އޭނަ އެއައީ ކުރަން އުޅުނު ކަންތައް އެއްކޮށް ނިންމާ ނުލައެވެ. އެހެންވެއްޖެނަމަ އެޖިންނި އެގޭގައި ވަޒަންވެރި ވެސް ވެދާނެއެވެ. އަދި އޭއްޗަށް އޭނަ އެއްބަސްވީކަން އަޑު ނީވުނު ނަމަ މިރޭ ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވެގެން ދާނެއެވެ. މީހެއްގެ ބަހަށް ހެއްލިގެން އަލަށް ހެދި ސިހުރުން އެއްވެސް ފައިދާއެއް ނުކޮއްފިއްޔާ ކުރެވުނީ މުޅިން ވެސް ބޭކާރު ކަމެކެވެ. ނަމަވެސް އެއްކަމެއް އޭނައަށް ކާމިޔާބު ވެއްޖެއެވެ. އަމާނީގެ ދުނިޔެއިން ފުހެލެވިއްޖެއެވެ. ދެން އިތުރަށް ބައި އަޅާކަށް އޭނައެއް ނުހުންނާނެއެވެ.

” ސާރާ..؟ ” ސާރާގެ މަތިން އާތިކާއަށް ހަނދާންވެގެން ބޮލުގެ އިސްތަށިގަނޑަށް ދަމާލެވުނެވެ. ސާރާ ހުރިހާ ކަމެއް ފަޅާ އަރުވާލައިފިއްޔާ ހުރިހާ ކަމެއް ނިމުނީއެވެ. އަވަސް އަވަހަށް ދަބަހުން ފޯނު ނަގައި ޖާވިދުއަށް ގުޅާލި އިރު ނަންބަރު އޮތީ ނުގުޅޭ ގޮތަށް ހަދާފައެވެ. އޭނަ ޖާވިދު ވެސް އެކަނި ހާލާއި ދޫކޮއްލާފައި އައުމުން ޖާވިދު ދެން އަނބުރާ އާތިކާގެ ކައިރިއަކަށް ނާންނާނެތާއެވެ. ހުރިހާ ކަމެއް ފަނިވީއެވެ.

އާތިކާއަށް އެނދުގައި އޮށޯވެލެވުނެވެ. މިހުރިހާ ކަމެއް ވެސް ދިމާވީ އަމިއްލަ ކުށުންނެވެ. މިއީ އަމިއްލައަށް ހޯދައިގަތް ކަންކަމެވެ. ސަލީމް ގާތުން ވަރިއަށް ނޭދެވުނު ނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ.

މެންޝަންއަށް ސަލީމްގެ އާއިލާ ބަދަލުވި ފަހުން ކުރީގެ ހަނދާންތައް އާވެ ސަލީމްއާއި ސާރާގެ ކިބައިން އޭނަ ބަދަލު ހިފަން ބޭނުންވީ ބޭކާރު މީހަކަށްވެފައި ހުރުމުންނެވެ. އެމިހުން މެންޝަންއަށް ބަދަލުވި ދުވަހުން ފެށިގެން ކުރާ ކަންކަމަށް ފާރަލީ ނަމަވެސް އޭރު އެމިހުންގެ ހަޔާތް ފަނިކޮއްލަން ބޭނުން ނުވީއެވެ. ކުއްލިއަކަށް މިދިޔަ މަހު އަމަލް އޭނަގެ ހަރަދު ފޮނުވި ފަހުން ހުރިހާ މުދަލެއް އަލުން ބަހަންވެގެން އުޅޭކަން އެނގުނު ހިސާބުން އެމިހުންގެ ހަޔާތް ބަރުބާދުކޮއްލަން ބޭނުންވީއެވެ. އަމާނީ މަރާލައި ސާރާއަށް އެކަމުގެ ތުހުމަތު އަޅުވައި ސަލީމް ސާރާ ވަރިކުރުމުން އެނބުރި ސަލީމްއާއި އިންނަން ޕުލޭން ކުރީއެވެ. ނަމަވެސް މައްސަލައަކީ ދެވަނަ ކުއްޖާ ބައިގެން ދިޔަ ފަހުންނާއި އިތުރު ސިއްހަތާއި ބެހޭ މައްސަލަތައް ހުރުމުން ސަލީމްގެ ދަރިޔަކަށް ބަނޑުބޮޑުވެވެން ނެތްކަމެވެ. ސަލީމްއަށް ސިއްރުން ކުރީގެ ލޯބިވެރިޔާ ޖާވިދުއާއި ގުޅުން ބާއްވައި ލިބުނު އަރީން ދުނިޔޭގައި އެބަ ހުއްޓެވެ. އަދި އަދަށް ދާންދެން ވެސް ސަލީމްއަށް އަރީންގެ ހަޤީޤަތެއް ނޭނގެއެވެ. އެހެނަސް އެނގޭ ދުވަހަކުން އޭނަވެސް ގެއިން ބޭރުކޮއްލާނެއެވެ. އަދި ބޭއިޙްތިޔާރުގައި ސަލީމްދެކެ ލޯބިވެ ލިބުނު ދެވަނަ ދަރިފުޅުގެ ބައްޕައަކީ ސަލީމްއެވެ. އޭނައަށް ބޭވަފާތެރިވުމުން އޭނަގެ ބޭނުމަކަށްވީ އެކަމަށް ބަދަލު ހިފުމެވެ. އަރީން ގެއިން ބޭރު ކުރުމުގެ ކުރިން ސަލީމްގެ ދަރިޔަަކަށް އޭނަ ބަލިވެ އިނދެ އެކުއްޖާ ލިބި ހުރިހާ މުދަލެއްގެ ވާރިސްކަން ލިބުމުން އޭނަގެ ކިބައިން ބަދަލު ހާސިލް ކުރެވުނީއެވެ. ކުރިން އަމާނީއަކީ ސަލީމްގެ ދަރިޔެއް ނޫންކަމަށް ޖެއްސި މަޅި ވެސް ކާމިޔާބުވިއެވެ. ނަމަވެސް އެކަން ވެސް ވީ މަދު ދުވަސްކޮޅަކަށެވެ.

—

ދަންވަރުގެ ފުލައިޓުން ފުރައިގެން އާތިކާ އެނބުރި މާލެ ގޮސް ސަލީމްއަށް ހެނދުނު ގުޅީ އެއްވެސް ކަހަލަ ކަމެއް ވެގެން އުޅޭކަން ނޭންގުމަށެވެ. ކުރިޔެކޭ ވެސް އެއްފަދައިން އެއްވެސް ކަމެއް ނުވާކަމަށް ހަދައި އަދި ފަހުން އޭނަގެ ޕުލޭން ހާސިލްވާނެކަމުގެ އުއްމީދެއް އޮތީމައެވެ.

—

19 ޖެނުއަރީ 2009

ދުވަމުން ތެޅި ފޮޅެމުން ސަލީމް ގޮސް ހޮސްޕިޓަލަށް ވަނެވެ. މީހުން ގިނަ އެތަނުގައި ފަރާތް ފަރާތަށް ކަޅި ހިންގަމުން ދިޔައީ ހޯދަމުން ދިޔަ މީހަކު ފެނޭތޯއެވެ. މުޅި ހޮސްޕިޓަލުގެ ހޯލުގައި ދުވެފައި ދަނިކޮށް ކުޑަދޮރުން ފެނުނު މަންޒަރުން އޭނަ ދުވެފައި ބޭރަށް ނުކުތެވެ. ހޮސްޕިޓަލުގެ ބަގީޗާގައި އިން ބެންޗުގައި ސާރާ ދެކަކޫ ނަގައި ކަކޫ މަތީގައި ދެއަތް އަޅައިގެން އިން އިރު މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ވަރުބަލިކަމެވެ. ދެލޯ އެކަށް ވަޅުވަދެ އިސްތަށިގަނޑުވެސް އައްސާފައިވާއިރު އައްސާފައިވަނީ ރީއްޗަކަށް ނޫނެވެ.

” ސާރާ! ” ސަލީމް އުފަލުން ގޮސް ސާރާގެ ގައިގައި ބައްދާލިއެވެ. ނަމަވެސް އަނބުރާ އުފަލާއިއެކު ބައްދާލުމުގެ ބަދަލުގައި ސާރާ އޭނައާއި ދިމާއަށް ބަލާލީ ބީރައްޓެހި ނަޒަރަކުންނެވެ.

” ކާކު؟ ދުރަށް ދޭ! ” ސާރާގެ މޫނުމަތީގައިވަނީ ބިރުވެރިކަމެވެ. ސަލީމްއަށް ދެލޯ މަރާލެވުނެވެ. ލޯބިވާ ދަރިފުޅު ދުނިޔެއާއި ވަކިވެގެން ދިޔަ ހިނދު ސާރާއަށް ޝޮކެއް ޖެހި އޭނަ މިހާރު އެވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮއްފައެވެ. އަމާނީ މަރުވި ރޭ އޭނަ ގެއްލިގެން އުޅުނީ އޭނަ ހޭއެރި ފަހުން އެއްވެސް ކަމެއް ހަނދާނުގައި ނެތުމުންނެވެ. އެކަން އެނގުނީ އިރުގަނޑެއް ކުރިން މިހޮސްޕިޓަލުގައި ސާރާ އިންކަން ވާހަކަ ބުނަން ޕޮލިހުން ކުރި ކޯލަކުންނެވެ.

ސަލީމް ސާރާ ފެންނާނެހެން ދުރުގައި ހުރި ބެންޗުގައި އިށީނދެލިއެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް ބަޔެއްގެ ބަހަށް ހެއްލެވުނީތީ އޭނަ މިއަދު އެކަމާއި އިންތިހާއަށް ހިތާމަ ކުރެއެވެ. ޖާވިދުއޭ ކިޔާ މީހަކު އައިސް އޭނައަށް ހުރިހާ ހަޤީޤަތެއް ކިޔައި ދިނުމުން ސާރާއަށް ދެވުނު އަނިޔާ ހިތަށް އެރުމުން އަމިއްލައަށް މަރުވާން އޭނައަށް އުޅެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ލޯބިވާ ދަރިފުޅު އަމާނީ އެއީ އޭނަގެ ދަރިޔެއް ނޫންކަމަށް ޤަބޫލުކުރީ ބަޔަކު ރާވައިގެން ހެދި އެންމެ ލިޔުމަކުންނެވެ. ސާރާ ނަތީޖާ ފެނުނު ދުވަހު ބިރުން އުޅުނީ އޭނަ ކުރީގައި އެހެން މީހަކާއިއެކު ގުޅުމެއް ހިންގިފައި ވުމުންނެވެ. ލޯބިވާ އަނބިމީހާއަށް އެއްވެސް ވަރަކަށް އިތުބާރުނުކޮށް ދެވުނު އަނިޔާގެ ނަތީޖާ ނުހަނު ރަނގަޅަށް އޭނަގެ އަރުތެރޭގައި ލައިފިއެވެ. އަސްތަޤުފިރުﷲ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ހިތް ނުރުހެނީއޭ…

Next

ތިޔަ ލޯތްބަށް އެދެވޭތީ… 8

Next
July 22, 2024

ތިޔަ ލޯތްބަށް އެދެވޭތީ… 8

Previews
July 22, 2024

ހިތް ނުރުހެނީއޭ…

10 Comments!

  1. Zeena says:
    July 23, 2024 at 2:14 am

    Vaahaka vv reethi asluga hurihaa hadi eh
    4t

    1. umny says:
      July 27, 2024 at 11:01 am

      Jazakillah hairan 🤍
      Ekm fahun thibuni ehcheh adhi get eh nuvi..?

  2. NEE says:
    July 23, 2024 at 7:57 pm

    ހާދަ ރީތި ވާހަކައެކޭ މީ. މާޝާالله ވަރަށް ރީތި. .. ތިކުރާ މަސައްކަތުގައި މާތްالله ބަރަކާތް ލައްވާށި އާމީން❤️🥰 އަދި ދުވަހަކުބެސް މިހާ ރީތި ވާހަކައެއް ކިހެނެއް ހީވެސް ނުވޭ ވަރަށް ފުރިހަމަ. ދެން އިން ބަޔަށް އިންތިޒާރުކޮށްލަން.😍

    1. umny says:
      July 27, 2024 at 11:02 am

      Awww alhamdhulillah mivaahaka kamudhaatheeve
      Aslu expect v nukuran horror vaahaka akah veema gina kudhinah kamudhaane kamakah
      Jazakillah hairan dear 🤍

  3. Cutie girl says:
    July 24, 2024 at 12:26 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up

    1. umny says:
      July 27, 2024 at 11:03 am

      Jazakillah hairan 🤍

  4. LIM🖤 says:
    July 26, 2024 at 6:53 pm

    Aahchaa maasha Allah vrh furihama
    Dhn oii bayah inthizaaru Kiran..

    1. umny says:
      July 27, 2024 at 11:04 am

      Aww jazakillah hairan dear 🤍
      Upload kohlaafa vaaney. Page adhi update nuvaathey adhi nufehnaney

  5. ash says:
    July 29, 2024 at 6:13 am

    very good story, when do u normally upload the story?

    1. umny says:
      July 29, 2024 at 11:30 pm

      Jazakillah hairan 🤍 Normally within every 2 to 3 days. Aneh bai upload kohlaafa ihnathaa 4 varakah days vehje. Page ge admin eythi adhives check kohfa update nukohlaatheeve aneh bai nufehnaney

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 27←


All Right Reserved!