ނުލިބޭނެހޭ އަލުން އެހީ 1
ދުވަހު ގެ ފުރަތަމަ ހާ ގޮވާލުމާއެކު މޯޅިޔަކަށްދެމިލާފައި ތެދުވެ އެނދުގެ ތަންމަތި އަޅާ ރީތިކޮށްލުމަށްފަހު ލާރާ ގޮސް ފާހާނާޔަށްވެނެވެ. ފަތުސް ނަމާދުކޮށްލައިގެން އައިސް ދުވަން ދާން ލާރާ ތައްޔާރުވަމުން ދިޔައެވެ. ހިމަ ތޮޅި ދޮން ރީތި ހަށިގަނޑަކާއި ހެޔޮވަރެއްގެ އިސްކޮޅެއް ލިބިފައިވާ ލާރާ އަކީ ބަލާލި ކޮންމެ ފިރިހަނެއް ހިތް ކިޔާ ކަހަލަ ރީތި ސިފަތަކެއް ގުދުރަތުން ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. ދުވަމުން ގޮސް ލާރާ ބޭރުމަގުގައި މަޑުކޮށްލައިގެން ހުރެ އެކި ދިމަދިމާލަށް ބަލަމުން ދިޔަ ގޮތުން ހީވަނީ މީހަކަށް އިންތިޒާރު ކުރާހެންނެވެ. ގޯޅިއަކުން ނިކުމެގެން އަންނަ ޒުވާނާ ފެނުމާއެކު ލާރާގެ ރީތި ހިނިތުންވުން ފާޅުވެގެން ދިޔައެވެ. ނަމަވެސް އެ ޒުވާނާގެ މާ ބޮޑު ސަމާލުކަމެއް ލާރާއަކަށް ނުލިބުނެވެ. އެއީ އަބަދުވެސް ކަންތައް ވާގޮތެވެ. ލާރާ ކިތަންމެ ވަރަކަށް އަޔާޒު ފަހަތުން އުޅުނަސް އަޔާޒު އަޅާވެސް ނުލައެވެ. އެކަމަކުވެސް ލާރާ އެހާ އަވަހަށް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ” އަޔާ! ކީއްވެ އަނގައިންވެސް ނުބުނެ ތި ދަނީ ؟ އަޔާ އަންނަން ދެން މިހިރީ ” ލާރާ ސުވާލުކުރުމުން އަޔާޒު އެއްވެސް ޖަވާބެއް ނުދިނެވެ. ލާރާ އަޔާޒު އަތުގައި ހިފާލިއެވެ. އަޔާޒު ރުޅި އައިސްފއި ލާރާގެ އަތް ފޮޅުވާލިއެވެ. ” ލާރާ ކިހިނެތް ވެގެން ތި އުޅެނީ މިހާރު ބުނެފިމެއްނު އަހަރެން ގެ އެއްވެސް ޝައުގުވެރިކަމެއް ލާރާއަކަށް ނެތޭ އަހަރެން ގެ ފަހަތުން ނޫޅޭށޭ ލާރާ ތީ އަހަރެންގެ ބޮސް އަށް ވާތީ ހަމައެކަނި ރެސްޕެކްޓް ކުރަނީ އެވެސް ގެއްލުވާލަންތަ ބޭނުން ވަނީ؟ ” އަޔާޒު ބުނެލީ ހަރުކަށި ކަމާއެކީގައެވެ. ” އެކަމަކު އަޔާ އަހަރެން އަޔާ ދެކެ ވަރަށް ލޯބިވޭ އެންމެ ފުރަތަމަ އަޔާ ފެނުނު ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި ތި ސޫރަ ފެވިއްޖެ އަހަރެން ބޭނުން އެއްޗެއް ހާސިލް ކުރަން މަސައްކަތް ކުރުމަކީ ގޯހެއްކަމުގައެއް ނުދެކެން” ލާރާ އެހެން ބުނެލާފައި ދުވެފައި ދިޔައެވެ. އޮފީހަށް ދާން ތައްޔާރު ވެގެން ލާރާ އައިސް ސާ ބޯން ވަން ވަގުތު ލާރާގެ މަންމަ އާއި ބައްޕަވެސް ބޭރަށް ނިކުންނަނީއެވެ. ” މަންމާ ކޮބާތަ ދޮންބެ؟ މިއަދު އޮފީހަށްވެސް ނުދާ ދުވަހެއްތަ؟ ” އާން ދަރިފުޅާ ދޮންބެ މިއަދު އޮފް އޭ” މަރީނާ ޖަވާބު ދިނެވެ.
ރަޝާދަކީ ރާއްޖޭގެ މުއްސަނދި މީހުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. ރިސޯރޓްތަކާއި ގެސްޓު ހައުސް ހިންގާ މީހެކެވެ. ނަމަވެސް އަބަދުވެސް ނިކަމެތިންނަށް އެހީ ވުމަކީ ރަޝާދު އަދި މަރީނާގެ ވެސް އުފަލެކެވެ. ރަޝާދުގެ ނަޒަރުގައި އޭނާގެ އެންމެ އަގު ބޮޑު މުދަލަކީ އޭނާގެ ދެދަރިންނެވެ. ލާރާ އާއި ލަޔާން އެވެ. ދަރިން ބޮޑެތިވެ ކިޔަވާ ނިމުމުން ދަރިންނާ ހުރިހާކަމެއްވެސް ރަޝާދު ހަވާލުކުރިއެވެ. ގެސްޓް ހައުސް ތައް ބެލެހެއްޓުން ލަޔާން އާއި އަދި ރިސޯޓު ތައް ބެހެލެއްޓުން ލާރާ އާއި ހަވާލުކުރިއެވެ. ނަމަވެސް ދެބެންވެސް އެކަކު އަނެކަކުގެ މަސައްކަތަށް ވަގުތުވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ. ދެބެން އެކަކު އަނެކަކު ދެކެ އެހާ ލޯބިވެއެވެ. އެކަކު އަނެކަކުގެ ސިއްރުތައްވެސް ހިއްސާކޮށްހަދައެވެ. މުއްސަނދި ވިޔަސް ދެކުދިންނަކީވެސް އަހްލާގު ރަގަޅު ދެކުދިންނެވެ. ” ހެއި ލާރޫ ލަޔާން ބަދިގެޔަށް ވަދެގެން އައިސް ގޮވާލުމުން ލާރާ ހީލިއެވެ. ލަޔާން އަކީ އިސްކޮޅުން ދިގު ދޮން ރީތި ކަސްރަތީ ހަށިގނަޑެއް ލބިފައިވާ ކުއްޖެކެވެ. އިސްތަށި ގަނޑު ފަންކޮށް ކަނދުރާއާއި ހަމަޔަށް ދިގު ކޮށްލާފައި އާދައިގެ ވަރަކަށް ދިގު ކޮށްފައިވާ ތުނބުޅި އާއީ ނުހަނު ގުޅެއެވެ. ” މަންމަ ބުނީ ދޮންބެ މިއަދު އޮފްއޭ ދެން ކީއްކުރަން ތި ތެދުވީ” ލާރާ ސުވާލުކޮށްލިއެވެ. ” ލާރޫ އާ އެކީ ސާ ބޯންވެގެން މި އައީ އެބަ އޮތޭ ވާހަކަ އެއްވެސް ބުނަން ވެފަ އައި ތިންކް އައި އެމް އިން ލަވް ” ވަރަށް ސިއްރުން ލަޔާން ބުނެލިއެވެ. ” ރިއަލީ ކާކުތަ އެ ބަދު ނަސީބު ވެރިޔަކީ” ލާރާ މަޖާވެލާފައި އަހާލިއެވެ. ” ލާރޫ ގަނޑާ ދެން މިހާރަކު ނޫން މިރޭ ދޯ ދެން ގޮސިޕް ކުރާނީ ” ލަޔާން ބުނެލިއެވ.
ހުދުކުލައިގެ އަތް ދިގު ގަމިހާއި ކަޅުބެލް ގައި ބެގީކޮށްލާފައި ހުރުމުން ލާރާގެ ރީތިކަން އެތަށް ހާސް ގުނައަކަށް އިތުރުވެފައިވިއެވެ. ލާރާގެ ދެ ލޯ ހޯދަމުން ދިޔައީ އަޔާޒު ފެނޭތޯ އެވެ. ކެބިންއަށް ވަދެ ލާރާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. މަސައްކަތުން ކުޑަބްރޭކެއް ނެގުމަށްފަހު ލާރާ އަޔާޒް އަށް ކެބިން އަށް އައުމަށް އެދި މެސެޖްކޮށްލިއެވެ. އަޔާޒް އައިސް ލާރާގެ ކުރިމަތީ އިން ގޮޑީގައި އިށީނުމުން ލާރާ ތެދުވެގެން އައިސް އަޔާޒްގެ ކުރިމަތީގައި މޭޒުމަތީގައި އިށީނދެ އަޔާޒްގެ މޫނަށް ބަލަށް ފެށިއެވެ. ” ލާރާ އޮފީސް ކަމަކު ނޫންނަމަ އަހަރެން ދަނީ އަޔާޒް ތެދުވެގެން ދާން ފެށުމުން ލާރާ އަޔާޒުގެ އަތުގައި ހިފާ ލާރާ އާއި ދިމާލަށް ދަމާލިއެވެ. ” އަޔާ އައި ލަވްޔޫ ! އަޔާ ލޯބި ނުވިޔަސް އަހަރެންނާ ރައްޓެހިވާންވީ ނު ހަމަ ޔަގީން ލޯބި ވާނެކަން ދުވަސްކޮޅަކު އެކީ އުޅެލީމާ ” ލާރާ ބުނެލިއެވެ. ލާރާގެ އަތް ފޮޅުވާލާފައި އަޔާޒް ދުރަށް ޖެހުނެވެ. ” ލާރާ އަހަރެންގެ އެއްވެސް އިންޓްރެސްޓެއް ނެތް ލާރާއަކަށް ކިތައް ފަހަރު ތަ ބުނަން ވީ ދުރުގަ ހުންނާށޭ ” އަޔާޒް ބުނެލީ ހަރުކަށި ރާގަކަށެވެ. ” އަހަރެންވެސް ކިތައްފަހަރު ބުނަންވީ ދުރުގަ ނުހުރެވޭނެއޭ ބޭނުންވަނީ އަޔާ އަހަރެންގެ މީހަކަ ހަދަންށޭ އަޔާއަކަށް ވެސް އަޑު ނީވެއެއްނު ” ލާރާބުނެލީ ވަރަށް ލޯބިންނެވެ. އެންމެ ފަހުން އަޔާޒު ލާރާ އާއި ދިމާލަށް ލޯ އަޅާލުމަށްފަހު ނިކުމެގެން ދިޔައެވެ.
ގޭގެ ޓެރަސްގައި ލާރާ އާއި ލަޔާން ތިބީ ވަރަށް އޮލަ ވާހަކައެއްގައެވެ. ” ދޮންބޭ ދެން ބުނެބަލަ ކާކު ތަ އެ ނަސީބު ވެރިޔަކީ ؟ މަގޭ ވާން އުޅޭ ފަހަރިޔަކީ ؟ ” ލާރާ އުފަލުން އަހާލިއެވެ. ” ސާބަސް ލާރު އަދި ނުވެސް އަހަމޭ އޭނަ ކާރިޔަކުން އަހަރެން ލޯބިވާ ވާހަކަ މި ބުނީ އަދި ނޭގެޔެއްނު ގަބޫލު ވާނެކަމެއް ވެސް ” ލަޔާން ބުނެލީ ހާސްވެފައެވެ. ” އަހަރެން ދަންނަ ކުއްޖެއްތަ؟” ލާރާ އަހާލުމުން ލަޔާން ބޯޖަހާލިއެވެ. ” އެއީ އެއީ ލާރު ގެ ބެސްޓް ފްރެންޑް ވަރަށް ލަދުން ހުރެވެސް ލަޔާން ބުނެލިއެވެ. ” ހުވާތަ ؟ އަޅެ ދޮންބެ ދުވަހަކުވެސް އެފަކީރާ އަނގައިވެސް ނުބުނޭ އެ ފަކީރު ހާދަ ދެރަވެގެން އުޅެޔޭ” ލާރާ ބުނެލިއެވެ ” ރީން އަހަރެންގެ ވާހަކަ ދައްކާތަ؟ ކެތްމަދުވެފައި ލަޔާން އަށް އަހާލެވުނެވެ. ” ދޮންބޭ ތީ ވަރަށް ލަކީ މީހެއް ރީންވެސް ދޮންބެ ދެކެ ލޯބިވޭ ވާހަކަ ނުދައްކާތީ ވަރަށް ދެރަވެގެން އުޅޭ ދޭ ބަލަ މިރޭ އެގެޔަށް އެކަކުވެސް ނޫޅޭ ރީން އެކަނި އުޅޭނީ ގޮސް ބުނެބަލަ ލޯބިވާ ވާހަކަ ކީއްކުރަން އެހާ ލަސްކުރަނީ އެކަމަކު އަހަރެން ބުނި ވާހަކަ ނުބުނާތީ” ލާރާ ބުނެލިއެވެ. ” ލާރު ގެ ލަވް ކޮބާ އަދިވެސް ނޫޅޭތަ އެއްބަސް ވާކަށް ؟ ލަޔާން އަހާލިއެވެ. ” ބޯ ހަރު ސޮރެއް އެއީ އެކަމަކު އަހަރެންވެސް އެހާ އަވަހަށް ބަލި ގަބޫލެއް ނުކުރާނަން ” ލާރާ ބުނެލީ ދެރަވެލާފައެވެ ” އިރާދަ ކުރެއްވީއްޔާ އަދި ލިބޭނެ ” ލަޔާން ލޯބިން ލާރާގެ ބޮލުގައި ފިރުމާލިއެވެ. ” ލާރު ވިޝް މީ ލަކް މި ދަނީ ރީން މެންގެޔަށް ދާން ” ލަޔާން ދަމުން ބުނެލިއެވެ.
މީހަކު ބެލް ޖަހާތީ ރީނާ ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ލަޔާން ފެނުމުން ރީނާ ހުވަފެނެއް ކަމަށް ހިކޮށްފައި ދެ ލޯ ފޮހެލާފައި ދެވަނަ ފަހަރަށް ބަލާލިއެވެ. ރީނާގެ އެ އަމަލުން ލަޔާން އަށް ހެވުނެވެ. ” އެތެރެޔަކަށް ނުވައްދާނަން ތަ؟ ” ލަޔާން އަހާލުމުން އެތެރެޔަށް ވަންނަން ރީނާ ބުނެލިއެވެ. ލަޔާން އިށީނުމުން ރިނާވެސް ލަޔާންގެ ކުރި މަތީގައި އިށީނެވެ. ލަޔާން ކަޅިވެސް ޖަހާނުލާ ރީނާ އާއި ދިމާލަށް ބަލަން ހުރި ގޮތުން ރީނާ އަށް ވަރަށް އުދަގޫ ވިއެވެ. ” ކަމަކު ތަ ލަޔާން މިގަޑީގަ މި އޮއް ވިއްސާރައިގަ ތި އައީ އަނެއްކާ ލާރާއަށް ކަމެއްވީތަ؟ ” ރީނާ ސުވާލުކުރިއެވެ. ” ރީން ހިތްހަމަ ނުޖެހުނީތަ އަހަރެން އައިމަ އެހެން ވީއްޔާ ހިނގައިދާނަން ” ލަޔާން ބުނެލިއެވެ. ” ނޫން ! އެހެންވެގެނެއް ނޫން ލަޔާން ދުވަހަކުވެސް އަޅުގަނޑާ ވާހަކައެއް ނުދައްކާ ވާހަކަ ކީއްކުރަން ދުވަހަކު އަޅުގަނޑާ ދިމާލަށް ބަލާވެސް ނުލާ ދެން ކުއްލިޔަކަށް މިރޭ އައިމަ ސުވާލުކުރެވުނީ ؟ ” ރީނާ ޖަވާބު ދިނީ މަޑުމަޑުންނެވެ. ” ރީން ކުރީ ދުވަހު ދިނީމެއްނު ކޮފީއެއް އެ ކޮފީ ވަރަށް މީރު އެކަހަލަ މީރު ހޫނު ކޮފީއެއް ނެތް ތަ މިރޭ ދެވޭކަށް ވަރަށް ފިނި ރެޔެއްނު ” ލަޔާން ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ” ލަޔާން އަށް ކިހިނެތް އެނގުނީ އެއީ އަޅުގަނޑު ހެދި ކޮފީއެއްކަން ؟ ” ރީނާއަށް ވެސް ސުވާލުކުރެވުނެވެ. ” ދެން ހަމަ އެނގުނީ ފާހާނާއަކަށް ވަދެލަންތަ ކޮބާ ރީންގެ ރޫމް؟ ” ލަޔާން ސުވާލުކޮށްލުމުން ރީނާ އަތުގެ އިޝާރާތުން ދައްކާލިއެވެ. ރީނާ ބަދިގެޔަށް ގޮސް ކޮފީ ހަދައިގެން ގޮސް ރީނާގެ ރޫމަށް ވަނެވެ. ޑްރެސިން ޓޭބަލް ކުރިމަތީ ކަޅުކުލައިގެ އަތް ދިގު ޓީޝާރޓަކާއި ކަޅު ޖިންސްގައި ބޯ ރީތި ކުރަން އިން ލަޔާން ފެނިފައި ރީނާ ވަރަށް ބައްދާލާހިތް ވިއެވެ. ” ރީނާ ކޮފީ ތަށި ދިއްކޮށްލުމުން ލަޔާން ކޮފިތަށި ހިފައިގެން ގޮސް ސޯފާގައި އިށީނދެ ކޮފީ ބޮމުން ދިޔައެވެ. ” ރީން އަބަދުވެސް އަހަރެންނަށް މިހެން ކޮފީ ހަދާދޭނަންތަ؟ ” ލަޔާން އަހާލިއެވެ. “ލައްބަ ލަޔާން ބޭނުން އިރަކު އާދޭ ދެވިދާނެ” ރީނާ ކުޑަ ދޮރު ކާރީ ހުއްޓިލަމުން އަވަހަށް ޖަވާބު ދިނެވެ. ލަޔާން އުޅޭ ގޮތުން ރީނާ އިނީ އަޖައިބުވެފައެވެ. ” މިބުނީ އެ ގޮތަށް ވާހަކައެއް ނޫނޭ! ” ލަޔާން ބުނުމުން ހައިރާންވެގެން ރީނާ ލަޔާން އާއި ދިމާލަށް ބަލާލިއެވެ. ލަޔާން ތެދުވެގެން ގޮސް ރީނާގެ ކުރިމަތީގައި ހުއްޓުނެވެ. ރީނާ އަކީ ވެސް އިސްކޮޅުން ދިގު ކުއްޖެއް ކަމުން ދެމީހުންގެ އިސްކޮޅު ގާތްގަޑަކަށް ވަނީ އެއްވަރެވެ. ރީނާއަށް ލަޔާން އެހާ ކާއިރީގައި ހުއްޓުމުން ލަޔާންގެ މޫނަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމުން ރިނާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ” ރީން އަހަރެން މިއުޅެނީ މެރީ ކުރާހިތުން ” ލަޔާން ބުނިއެއްޗަކުން ރީނާގެ ދެލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ. ލަޔާން އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން އޭނަޔަށް ކެތްކުރެވޭނީ ކިހިނަކުން ހެއްޔެވެ. ރީނާ އިސް ޖާހާލީ ލަޔާން އަށް ކަރުނަތައް ފޮރުވާލުމަށެވެ. ” އެ ވާހަކަ ބުނަން ތަ ތިޔަ އައީ ؟ އެކަމަކު އަޅުގަނޑު ކާރީ ކީއްވެ ބުނީ ؟ ރީނާ އެހެން ބުނެލާފއި ދާން އުޅުމުން ލަޔާން ރީނާގެ އަތުގައި ހިފާލިއެވެ. ރީނާ ފަސް އެނބުރި ލަޔާން އާއި ދިމާލަށް ބަލާލިއެވެ. ” ރީން އަހަރެންނާ މެރީ ކުރާނަންތަ؟ ” ލަޔާން އަށް އަހާލެވުނީ ވަރަށް މަޑުމަޑުންނެވެ. ” ލަޔާން އަޅުގަނޑު. . . . .. . . ރީނާއަށް ބުނެވުނީ އެހާވަރަށެވެ. ލަޔާން ރީނާގެ އަނގަމަތީގައި އަތް އެޅިއެވެ. ” ހަބަރުދާރު! ނޫނެކޭ ނުބުނާތި އަހަރެން މޮޔަވެދާނެ މިހާރު ކިހާ ދުވަހެއް ތި ކުއްޖާދެކެ ލޯބިވެގެން ދުރުގަ ނުހުރެވިގެން އުޅޭތަން އައި ލަވްޔޫ ރީން އައި ނޯ ރީންވެސް އަހަރެންދެކެ ލޯބި ވާކަން ” ލަޔާން ގެ ވާހަކަތައް އަހާފައި ރީނާއަށް ހެވުނެވެ. ލަޔާން ލޯބިވާކަން އެނގުމުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ރީނާ ލަޔާންގެ އަތް ރީނާގެ އަނގަމަތިން ނަގާލިއެވެ. ” ފުރަތަމަވެސް މެރީ ކުރަންތަ ތި އެހީ ؟ އެހީއެއް ވެސް ނޫން ބިރު ދެއްކީ ރީނާ ބުނި އެއްޗަކުން ލަޔާން ލަދުން އިސްޖަހާލިއެވެ. ” އޯކޭ! އަހަރެންނަކަށް ނޭންގޭ އެހާ ރޮމޭންޓިކް ވާކަށް އަދި އަލަށް އަންހެން ކުއްޖަކު ދެކެ މި ލޯބިވެވުނީވެސް ” ލަޔާން ބުނެލީ ލަދުން ހުރެއެވެ. ” އެކަމަކުވެސް ލަޔާންގެ ތި އެދުމާ ރުހި ގަބޫލު ” ރީނާ ބުނެލުމުން ލަޔާން އަށް ހިނިތުންވެވުނެވެ. “އަސްލުވެސްތަ ތެންކިޔު އޯކޭ ދެން ދަނީ ކޮފީ ވަރަށް މީރު ” ލަޔާން ދާންވެގެން ދޮރާ ދިމާލަށް ހިންގައި ގަތެވެ. ތި ނިމުނީ؟ ” ރީނާ އަހާލިއެވެ. ލަޔާން ސުވާލުގެ ނަޒަރަކުން ރިނާއަށް ބަލާލިއެވެ. ” ހަގް އެއްވެސް ނުކުރާނަން ؟” ރީނާ އަހާލުމުން ލަޔާން އަށް ބަލަން ހުރެވުނީ މި އަންހެން ކުއްޖާގެ ޖެހިލުން ކުޑަކަމުން ހައިރާންވެފައެވެ. ރީނާ ލަޔާންގެ ކާރިޔަށް ގޮސް ހުއްޓުމުން ލަޔާން ރީނާ ގެނެސް ބައްދާލިއެވެ. ރީނާވެސް ލަޔާންގެ ގައިގަ ބާރަށް ބައްދާލިއެވެ. ” އަހަރެން މިރޭ ވަރަށް އުފާވެއްޖެ ދުވަހަކުވެސް އުއްމީދެއްވެސް ނުކުރަން ލަޔާން ލިބިދާނެކަމަށް އަހަރެންނާ ދިމާލަށް ބަލާވެސް ނުލާ މީހަކު އަހަރެންދެކެ ލޯބި ވެދާނެކަން އެނގޭނީ ވެސް ކިހިނެތް ދޯ؟ ” ރީނާ ބުނެލިއެވެ. ” އަހަރެން ފޯނު ހިފައިގެން ގޮސް ރީން ފެންނަ ހިސާބުގައި ހުންނަނީ ކެމެރާ ޖައްސައިގެން އިނގޭ ރީން އަހަރެންނަށް ވަރަށް ބަލާކަން ސީދާ ބަލަން ނުކެރިގެން އަހަރެން އެހެން ހަދަނީ ” ލަޔާންގެ ވާހަކަ ގަބޫލު ނުކުރެވިފައި ރީނާ އިނުމުން ލަޔާން އޭނާގެ ފޯނު ނަގާ އޭގައި ހުރި ރީނާގެ ފޮޓޯ އާއި ވީޑިޔޯތައް ދައްކާލިއެވެ. ” ލަޔާން އަދި ގެޔައް ނުގޮސް މަޑުކޮށްލަންވީއެއް ނު އެތައް ދުވަހެއް ފަހުން ލަޔާން މި ލިބުނީ ނުވޭ އެހާ އަވަހަށް ފޮނުވާ ހިތެއް” ރީނާ ލަޔާންގެ އަތުގެ އިނގިލި ތަކުގެ ތެރެޔަށް ލީނާގެ އިނގިލިތައް މަހާލަމުން ބުނެލިއެވެ.
-ނުނިމޭ-
ވަރަށް ދުވަސްކޮށްލާފަ ވާހަކައެއް މި ލިޔުނީ ކިޔުންތެރިންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން ހަފްތާގެ އާދީއްތަ އަދި އަންގާރަ ދެދުވަހު ވާހަކަ ސަބްމިޓް ކޮށްލާނަން .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Reethi
shukuriyya varah bondah
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
Nadhoo ge stories v Reethi
Long time no see
Haalu khineh
You’re my fav author
awnn cute girl varah ufaavejje fav ey buneema. haalu alhamdhulillahi varah ragalhu vaahaka nimendhen thihen inthizaau kurachey
Layaan and reena v gulhey
They both are made for each other
Laara and ayaaz ves v gulhey
Mi part kiyaafa rovijje
Laara ah vaa gothun
aan dho mi ayaaz mi varah bo haru koh ulhey soreh dho
after smtime nadhoo ge story eh anekka vx kiyaalan milibuny
thankolheh prt thah dhigu kollahchey
anyways overall koh mi prt vrh reethi
cant wait 4 the nxt prt
avahah up kollahchey
n love u
balaanana dhigu koh leveytho adhives. thank you thi dhey tharuheebah hama. tuesday ga submit kohlaanan
D.