Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 23

umny Level 210 Stories
July 13, 2024 5 Mins Read
6 Comments

” ހަޤީޤަތް އެނގި އޮތީ ސާފުވެފައި. ދެން އޮޅުވާލައިގެން ދޮގުތަކެއް ހަދަން ނޫޅޭ! އަހަރެން މަރުވެއްޖެޔާ އެއްވެސް މުދަލެއް ވެސް ސާރާއާއި އަމާނީއަކަށް ނުލިބޭނެ. އެކަމަކު އަހަރެންގެ ދަރިޔެއް ސާރާއަށް ލިބިއްޖެޔާ މުދަލުން އެއްބައި ދަރިފުޅަށް ލިބޭނެ. އެހެން ނޫންނަމަ ކުރިން ވެސް ބުނި ގޮތަށް ޒަރޫރީ ބޭނުންތައް ފުއްދައިދޭނަން. ” އަހަރެން ރުންކުރު ރާގަކަށް ބުނެލަމުން އަހަރެން ކޮޓަރިން ނުކުމެގެން ހިނގައިގަތީ ބޭރަަށެވެ. މިރޭ އަހަރެންގެ ބޭނުމަކަށްވީ އާތިކާ ކުރެ އަހަރެންނާއި އަލުން އިންނާނަންތޯ އެހުމެވެ. އޭނަ ޤަބޫލުވާ ކަމުގައި ވަންޏާ ދެއަންބަށް އޭނައާއި އިންނާށެވެ.

—

އަހަރެން އާތިކާ އުޅޭ އެޕާޓްމެންޓްގެ ދޮރު ކައިރިއަށް ޓަކި ޖަހަން ގާތްވި ތަނާ ރުއިމުުގެ އަޑާއި އެކު އެއްޗެއް ވެއްޓިގެން ދިޔަ އަޑު އިވުނެވެ. ސިހުމެއް ލިބިފައި އަހަރެންނަށް އަވަސް އަވަހަށް ދޮރުގެ ތަޅުގައި ހިފާލި އިރު ދޮރު ހުރީ ތަޅު ނުލައެވެ.

” އާތިކާ! ” ދެކަކޫ މައްޗަށް ތިރިވެ ބިންމަތީގައި އިން އާތިކާ ގިސްލަ ގިސްލާފައި ރޮނީއެވެ. އަހަރެން ގޮސް އޭނަގެ ގާތަށް ތިރިވެ އޭނަގެ ކޮނޑުގައި ހިފަހައްޓާލުމުން ކަރުނައިން ފުރިފައިވާ ދެލޮލުން އޭނަ އަހަރެންނަށް ބަލާލިއެވެ.

” މަންމަ މަރުވެއްޖެ ސަލީމް. ބޮޑުބެ އެގުޅީ… އަހަރެންނަށް މަންމަ ދުނިޔޭގައި ހުރި އިރު ކުރިން ދެވުނުނަމަ. އެކަމަކު އަރީންގެ ގާތުގައި މަޑުކުރަން ބޭނުންވާތީ… ސަލީމް އަހަރެން މަންމަ ވަޅުލުމުގެ ކުރިން ދެކިލަން ބޭނުން.. އަަހަރެން މާލެ ފޮނުވަދީ.. ” އާތިކާ އަހަރެންގެ އަތުގައި ހިފާ އާދޭސްކުރިއެވެ.

” ހަމަޖެހިބަލަ އާތި. އިން ޝާ ﷲ މިރޭގެ ފުލައިޓުން މާލެ ފޮނުވައިދޭނަން.. އަހަރެން ވެސް ދާނަން އެކީ. އަރީން ވެސް ގެންދަންވާނެ ދޯ… ” އަހަރެން ލުއި ހިނިތުންވުމެއް ދެމުން ބުނީމެވެ. ދައްކަން އުޅުނު ވާހަކަ ނުބުނެވުމުން އަހަރެން ހިތް ނުތަވަސް ވިޔަސް މިވަގުތު އެވާހަކަ ދައްކައިގެން އެދެވޭ ޖަވާބެއް ނުލިބޭނެއެވެ. އަނެއްކޮޅުން އާތިކާގެ މަންމައަކީ އަހަރެން ނުހަނު ޤަދަރުކުރާ މީހެކެވެ. އަހަރެންގެ އަމިއްލަ މައިންބަފައިން ދުނިޔޭގައި ތިއްބާ ކުރި އިޙްތިރާމާއި ޤަދަރު އަހަރެން އާތިކާގެ މައިންބަފައިންނަށް އަދިވެސް ކުރަމެވެ.

—

” ސަލީމް ޕުލީޒް. އަހަރެން ވެސް ގޮވައިގެން ދޭބަލަ. އަހަރެން އެކަނިވާނޭ… މާނީ ވެސް ކިހާ ދެރަވާނެ ބައްޕަ ނެތީމައި؟ ސަލީމް އަހަރެންގެ ގާތުގައި ދެއްކީ ތެދު ވާހަކަތަކެއް ނޫނޭ. އެއީ އަހަރެމެން ދެމިހުން ވާވައްދަންވެގެން ބަޔަކު ކީ ވާހަކަތައެއް. ސަލީމް އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟ ” އަހަރެން އަރީން ގޮވައިގެން ރޭގަނޑު ފުރަންވެގެން ކާރަށް އަރަނިކޮށް ސާރާ ދުވެފައި ނިކުތެވެ. ދެލޯ ކަރުނައިން ފުރިފައިވި ހާލު ބުނަމުން ދިޔަ ވާހަކަތަކުން އަހަރެންގެ ހިތުގައި ޝައްކުތައް ވަށާލިއެވެ. އަނެއްކާ އޭނަ އެދައްކަނީ ތެދުވާހަކައެއް ބާވައެވެ؟ އެހެނެއް ނުވާނެއެވެ. އޭނަ އެހަދަނީ ދޮގެވެ. ކުރިން ވެސް ދޮގު ހެދި މީހަކު ކޮންމެ ފަދަ ކަމަކު ވެސް ދޮގު ހަދާނެއެވެ.

” ދަރިފުޅު. މަންމި ބަސައަހައިގެން އުޅެއްޗޭ.. ބައްޕަ އަންނާނަން ދުވަސްކޮޅަކަށް މާލެ ގޮސްލާފައި އިނގޭ. ދޮންބެ ވެސް އަންނާނެ ފަހުން…. ” އަހަރެން އަމާނީގެ ބޮލުގައި ފިރުމާލާފައި ނިތައް ބޮސްދިނީމެވެ. އަދި އަރީން އަމާނީއާއި ސަލާމްކޮށް ހެދުމަށް ފުރުސަތު ދިނީމެވެ. އަމާނީ އަދިވެސް ކުޑަވުމުން އަހަރެން އަދިވެސް އޭނައާއި ދޭތެރޭ ދެކެނީ ކުރިން ވެސް ދެކޭ ގޮތަށެވެ. ހަޤީޤަތް އެނގުނު ނަމަވެސް އެކަމުގެ އަސަރެއް އެކުއްޖާއަކަށް ނުދައްކަމެވެ. އެއީ އާތިކާ ބުނި ވާހަކައިންނެވެ. ‘ އަމާނީއަށް ވާނީ ކިހިނެތް؟ އޭނަ އެހާ ތުއްތު އިރު އަރީންއަށް ވީހެން ވާކަށް އަހަރެން ބޭނުމެއް ނޫން. އަނެއްކާ އޭނަގެ ބައްޕަ އޭނައަށް ނުފެނިއްޖެޔާ؟ އަރީންއަށްވުރެ ވެސް މާނިކަމެތިކޮށް އޭނަ އުޅެން ޖެހިދާނެ.’ އަހަރެން މިއީ އެހާ ހިތްހަރު ފިރިހެނެއް ނޫނެވެ.

ރޭގަނޑުގެ ފުލައިޓުން އަހަރެން އާތިކާއާއި އަރީންއާއި އެކު މާލެ ދާން ފުރީ ސާރާއާއި އަމާނީ އެކަނި ހާލާއި ދޫކޮއްލާފައެވެ. އަމަލް ގާތުގައި އެމިހުންގެ ކަންކަމަށް އެހިވާން ބުނެ އަހަރެން މާލެ ފުރީ އެނބުރި އަންނަ އިރު އާތިކާއާއި ކައިވެނިކޮއްގެން ހަނީމޫނަށް ކޮންމެވެސް އެހެން ޤައުމަކަށްވެސް ގޮސްފައި އަންނާށެވެ.

—

15 އޮކްޓޯބަރ 2008

އަހަރެން މިއިނީ ފުލައިޓުގައެވެ. އަހަރެންނާއި ޖެހިގެން އަރީން އިން އިރު އެމޫނުމަތިން ފެންނަނީ ކަރުނައިގެ އަސަރެވެ. އުއްމީދު ކުރެވުނު ގޮތާއި ހިލާފަށް އަހަރެންނާއި ދެއަންބަށް އިންނަން އާތިކާ ދެކޮޅު ހެދިއެވެ. އަދި އޭނަ އަނބުރާ ލަންކާއަށް ދާކަށް ވެސް ބޭނުމެއް ނުވިއެވެ. މަންމަގެ މަރަށްފަހު ދުނިޔޭގައި ހުރި އޭނަގެ ބަލި ބައްޕަ ބެލުމަށްޓަކައި އޭނަ މާލޭގައި މަޑުކޮށް އަހަރެންގެ ގާތުގައި އެދުނީ އެނބުރި ލަންކާއަށް ދާށެވެ. އަދި އަހަރެންނާއި އަލުން ދެއަންބަށް އިންނާނީ އަނބުރާ ލަންކާއަށް ގޮސް ސާރާއާއި ސުލްހަވެރިވެ އަހަރެން އަމާނީއާއި ސާރާއާއި ގޮވައިގެން މާލެ އައުމުންނެވެ. އަރީން ވެސް ސުކޫލް ނިމެން މާގިނަ ދުވަހެއް ވެސް ނެތުމާއި އެކު އޭނަ ވެސް ގޮވައިގެން ލަންކާއަށް ގޮސް ސުކޫލު ނިމުމުން ހަތަރު މީހުން އެއްކޮށް މާލެ ބަދަލުވާށެވެ. އޭނަގެ އެދުންތަކަށް އިޙްތިރާމްކޮށް އެއެދުންތައް ފުރިހަމަ ކުރުމަށް އަހަރެން އަނބުރާ މިދަނީ ލަންކާއަށެވެ.

—

އެއާރޕޯޓުން ފެށިގެން މެންޝަންއާއި ހަމަޔަށް ދިގު ދަތުރަކަށްފަހު މެންޝަންއަށް ދެވުނު އިރު އިރުއޮއްސެނީއެވެ. ބުރުހަމަ ހަނދުގެ ރީތި އަލިކަމުގައި ވެފައި ހުރި ވަރުބައްޔާއިއެކު ނިރްވެދްއާއި އާދަމްގެ ގާތުގައި ދަބަސްތައް އެތެރެއަށް ލުމަށް ބުނެ އަހަރެން އެތެރެއަށް ވަތް އިރު ތިރީގެ އެއްވެސް ބަޔަކުން ސާރާ ފެންނާކަށް ނެތެވެ. އަކީޝާއާއި މެލެރީގެ ހިލަމެއް ނުވާ އިރު މުޅީ ގޭތެރެ ފެންނަނީ ތަފާތުކޮށެވެ. އެކި ދިމަ ދިމާގައި މަކުނުވާ އަޅާފައިވާ އިރު ހިރަފުސްކަން އެހާ އޮތެވެ. ހައިރާންވެފައި އަހަރެން ގޮސް ކޮޓަރިއަށް ވަތް އިރު ސާރާ އޮތީ އެނދުގައެވެ. ކޮޓަރީގެ އެތައް މިތަނަށް އަންނައުނުތަކާއި އެކިއެކި ސާމާނުތައް އުކާފައިވެއެވެ. ނުލާހިކު ރީތިކޮށް އުޅެން އާދަވެފައިވާ ސާރާ މޫނު އަނބުރައިގެން ފުރަގަހަށް އޮތް އިރު ހީވަނީ އޭނަ އޮތީ ނިދާދައި ހެންނެވެ.

” ސާރާ…؟ ” އަހަރެން ގޮސް އޭނައަށް ގޮވާލީމެވެ. ނިދިފައި އޮވެ ސިހިފައި ތެދުވެވުނު ފަދައިން އޭނަ ކުއްލިއަކަށް ތެދުވެއްޖެއެވެ.

” ކީއްކުރަން ދެން ތިއައީ؟ އަހަރެން އެކަނި ހާލާއި ދޫކޮއްލާފައި ގޮސް..؟ އަހަރެން އެވަރަށް އާދޭސް ކުރީމައި އާތިކާއާއި ދެއަންބަށް ވެސް އިނީނުން…؟ މީހެއް ދެއްކިހާ ވާހަކަތަކެއް އަޑުއަހައިގެން އަހަރެންގެ މައްޗަށް އޮތް އިތުބާރުވެސް ގައްލުވާލާއި. ހަޤީޤަތާއި ދެކޮޅަށް ދެއްކި ވާހަކަތަކޭ ބުނީމައި ވެސް ސަލީމް އަޑެއް ނޭހި.. ” ހިތްހަމަ ނުޖެހިފައިވާ ރާގަކަށް އޭނަ އެހެން ބުނެލަމުން އަހަރެންގެ އަތްފޮޅުވާލިއެވެ. ދެލޯ އެކަށް ވަޅުވަދެފައިވާ ސާރާވަނީ އިންތިހާއަށް ހިކިފައެވެ. މޫނުމަތިވެސް ހިކިފައިވާއިރު މޫނު މައްޗަކު އެހާ ދިރުމެއް ނެތެވެ.

” ކިހިނެތްވީ ސާރާ؟ އަނެއްކާ ބަލީތަ؟ އަހަރެން މިއައީ އާތިކާއާއި އިނދެގެނެއް ނޫން. ދެން.. އެވާހަކަ ދެން ބާއްވަބަލަ.. އަހަރެން ސާރާ އެކަނި ދޫކޮއްލިނަމަ އަނބުރާ ނުވެސް އައީހެއްނު.. އަަހަރެން މިއައީ ސާރާގެ ގާތަށް. މާނީއާއި ދެމިހުންގެ ވެސް ގާތަށް. މާނީމެން ސުކޫލު ނިމުނުހާ އަވަހަކަށް އެންމެން އެކޮޅަށް ބަދަލުވާންވެގެން… ” އާތިކާ ނަސޭހަތްތެރިވި ގޮތަށް ސާރާ އަހަރެންގެ އަންބެއް ގޮތުގައި ހުރިހާ ހިނދަކު އޭނައަށް ހެޔޮކޮށް ކަންތައް ކުރުމަށް ބުނެފައިވެއެވެ. އަލުން އޭނައާއި އެކު ރަނގަޅު ދިރިއުޅުމެއް އުޅެން އާތިކާ އެދިފައިވެއެވެ. ދީނުގައި ވެސް މައާފަށް އެދޭ މީހާއަށްވުރެ މާފު ކުރާ މީހާ މާ މާތްވެގެން ދާތީއެވެ. ހާއްސަކޮށް ދެމަފިރިންނެވެ.

” މިބަލިވެފައި!؟ ސަލީމް ދިޔައީމައި އަހަރެން ހިތާމަ ކުރަން ޖެހުނު ވަރުގެ ހެއްކެއްނު މިއީ. ބުނަން! އަހަރެންނަށް މާހެޔޮ އެދޭނެކަމެއް ނެތް. މިޤައުމަކުން އަހަރެން ނުދާނަން. އަހަރެން ހުންނާނީ މިކޮޅުގައި. އަހަރެންނަށް ވަރަށް ރަނގަޅު ދެން ސަލީމް އަހަރެން ވަރިކޮށް މާނީއާއި ދެމިހުން މިގެއިން ބޭރުކޮއްލިއްޔާ… އޭރުން ސަލީމްއާއި އާތިކާއާއި ދެމިހުންނަށް އަރީން ގޮވައިގެން ހަމަޖެހިގެން އެންމެ ކުރީގައި އުޅުނު ފަދައިން ދިރިއުޅެވޭނެއެއްނު. އެހެންނޫނަސް މާނީ އެއީ ސަލީމްގެ ދަރިއެއްވެސް ނޫން ވިއްޔާ… ” ސާރާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނަ އަހަރެންނަށް ކަމެއް ފޮރުވާހެން ހީވާން ފެށީ ކީއްވެ ކަމެއް ނޭނގެއެވެ. އެކަމަކުވެސް ހިތް ބުނަނީ އަހަރެންނަށް ނޭނގި ވަރަށް ގޯސްކޮށް ކަމެއް ކުރެވިއްޖެކަމެވެ.

” އަހަރެން މިއައީ ސާރާއަށް މައާފްކޮށް ރަނގަޅު ގޮތުގައި އުޅެންށޭ.. އަހަރެން އެއްވެސް ކަމެއް ސާރާއަށް ވެސް އަދި އާތިކާއަށްވެސް އުނިވިޔަކަ ނުދޭނަމޭ… ޤަބޫލުކޮއްބަލަ… ” އަހަރެން އެނދުގައި އިށީނދެ އެމޫނުގައި ހިފަހައްޓާލަމުން ބުނެލީމެވެ. ސާރާ އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު މޫނު އަނބުރާލިއެވެ. އޭނައަށް އަދި ވަގުތު ބޭނުންވާނެކަން ހިތަށް ވިސްނައިދީގެން އަހަރެން ނުކުތީ އަމާނީގެ ގާތަށް ދިއުމަށެވެ.

އަހަރެން މަޑު ހިނގުމެއްގައި ބޮޑު ކޮޓަރިން ނުކުތް އިރު އަރީން ދުވެފައި އައިސް އަހަރެންނާއި ހަމަވަނީއެވެ. އާތިކާއާއި ދުރަށް ދާން ޖެހުމުން ކުރިން ރޮއެ ރޮއެ ރަތްވެފައިވާ ދެލޮލުން އަދިވެސް ކަރުނަތައް ފާޅުވޭވޭ ހުއްޓެވެ. އަމާނީއަށްވުރެ އަރީން އަބަދުވެސް ކަމެއް ދިމާވުމުން ރޮއެ ހަދައެވެ. އަމާނީ ސަމާސާ ކުރުމުގެ ގޮތުން އަރީންއާއި ދިމާއަށް ‘ފީދޮންބެ’އޭ ކިޔާ އަޑު އަހަރެން އަހަނީ އެސަބަބާއި ހުރެއެވެ. އެކަމާއި އަހަރެންނާއި ސާރާއާއި ދެމިހުން ނުހަނު ހެމެވެ.

” ކިހިނެތްވީ ދަރިފުޅާ؟ ” އަހަރެން ކަންބޮޑުވެފައި އޭނައާއި އެއްހަމަޔަށް ތިރިވެލަމުން ކޮނޑުގައި ހިފަހައްޓާލައި ސުވާލުކުރީމެވެ.

” ބައްޕާ… މާނީއެއް ނެތް! މާނީ ނުފެނުނު…! ” އަރީން ބުނި ވާހަކައިން އަހަރެން އިންތިހާ ހައިރާންވިއެވެ.

” ކީއްވެ އެހެން ވާންވީ؟ ދަރިފުޅު ހުރިހާ ތަނެއް ބެލިންތަ އަނެއްކާ؟ އަކީޝާއްތަމެން ކައިރިއަކު ވެސް ނެތް؟ ” އަހަރެން ހާސްވެފައި އަހާލީމެވެ.

” ހުރިހާ ތަނެއް ބަލައިފިން. އަކީޝާއްތަމެން ވެސް ނޫޅޭ. އެތާނގައި މާނީ ހުރިތޯ ބެލި އިރު އެދައްތަމެން ކޮޓަރި ހުރީ ހުސްކޮށް… އާދަމް ބޭބެ ކައިރި އަހާލީމައި ބުނީ މަންމަ ބުންޏޯ އަކީޝާއްތަމެން ގެޔަށް ދާށޭ… އާދަމްބެއާއި ނިރްވެދްބޭ ކައިރީ ވެސް… އެހެންވެ މިގޭގައި މަންމައާއި މާނީ އެކަންޏޯ އުޅުނީ ބައްޕައާއި އަޅުގަނޑު ނެތި. ” އަރީން ކުޑަކޮށް ދެލޯ ފުހެލަމުން ކިޔައިދެމުން ދިޔަ ވާހަކަތަކުން ވަރަށް ބޮޑުކަމެއް ވެއްޖެކަން އަހަރެންނަށް ޔަޤީންވިއެވެ. އާތިކާއާއި ހިލާފަށް އަކީޝާމެން އުޅޭ އިރު ހާލަކުން ފަހަރަކު ނޫނީ ސާރާ ނުކައްކާނެއެވެ. އެހެންވެ އޭނައަށް އެއްވެސް ވަރަކަށް ކައްކާކަށް ނޭނގޭނެއެވެ. އޭނައަށް ކައްކަން ނޭނގޭ އިރު މިދިޔަ މަސްތެރޭގައި މިގޭގައި ކައްކާ ހެދީ ކާކު ހެއްޔެވެ؟ ނޫނީ ކޮންމެ ގަޑިޔަކު ބޭރުން ކާން އޯޑަރު ކުރީ ހެއްޔެވެ؟ އެކަމަކު އެހާ ޙަރަދެއް އަހަރެން އަމަލް ލައްވާ ސާރާއަކަށް ނުދެމެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އިންސާނަކު ވިއްޔާ ކާން ޖެހޭނެތާއެވެ. މިއޮއްހާ ދުވަހު އޭނައާއި އަމާނީ ކޮންމެވެސް ގޮތަކަށް ކައިގެން އުޅުނުތާއެވެ. އަމަލް ހެޔޮ ހިތުން ކާން ގެނެސްދިނީ ކަމަށް ވެސް ވެދާނެއެވެ.

” ދެން މާނީގެ ކޮޓަރި ބެލިންތަ؟ ” އަހަރެން އަހާލީމެވެ.

” ހޫމް. ކޮޓަރި ހުސްކޮށް ހުރީ… ވަރަށް ހިރަފުސްވެސް އެބަ ހުރި ” އަރީން ކުޑަކޮށް މޫނު ހަދާލަމުން ބުނެލިއެވެ. އަރީން ދެން ބުނި އެއްޗަކުން އަހަރެން ކުރިޔަށްވުރެ ހާސްވިއެވެ. އަދި އަނބުރާ އަހަރެން ކޮޓަރިއަށް ވަތް އިރު ސާރާ އިނީ އެނދުގައި ކޮޓަރީގައި އިން ޓީވީ ހުޅުވައިގެންނެވެ.

” މިހާރު ކިހިނެތްވީ؟ ” ދެބުމަ ގޮށް ޖަހާލަމުން ސާރާ އަހާލިއެވެ.

” ކޮބާ މާނީ؟ ” އަހަރެން އަހާލީމެވެ. އަހަރެން ކުރި ސުވާލުން އޭނަ ތުން އަނބުރާލިތަން އަހަރެންނަށް ފެނުނެވެ.

” ވެއްޖެ. އެންމެ މަތީ ބައިގައި. ” ސާރާ ފަރުވާކުޑަކަމާއި އެކު ޖަވާބުދިނެވެ.

” މައްޗަކު ނެތް. އެއްވެސް ތާކު ނެތީމައިތާ މިއަހަނީ އެހެން… ” އަހަރެން ހިތްހަމަ ނުޖެހިފައި ބުނީމެވެ.

” އެންމެ މަތީބައިގައި ސިޑި ކައިރި އިންނަ ގެސްޓް ރޫމް އިން ވަދެވެން އިންނަ ކުޑަ ޕުލޭ ރޫމުގައިވާނެ. އަހަރެންނަށް އުނދަގޫ ނުކޮށް ގޮސް ބަލާ އަމިއްލައަށް! ” ސާރާ ރިމޯޓުން ޗެނެލްތައް ބަދަލު ކުރަމުން ދިޔައެވެ. އަހަރެން ސިކުންތު ކޮޅަކުވެސް މަޑުނުކޮށް ގޮސް އެރީ މައްޗަށެވެ. އަހަރެންގެ ފަސްފަހަތުން އަރީންވެސް އައެވެ. ސާރާ އެބުނި ކޮޓަރިއަކަށް ވަދެ ގޮސް ކޮޓަރީގެ އެތެރެއިން ވަދެވެން އިން ޕުލޭ ރޫމަށް ވަތް އިރު ފެނުނު މަންޒަރުން އަހަރެންނަށް ބަލަން ހުރެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 6

Next

ވައުދޭ ވެވޭ މީ… 34

Next
July 13, 2024

ވައުދޭ ވެވޭ މީ… 34

Previews
July 13, 2024

ތިޔަ ލޯތްބަށް އެދެވޭތީ… 6

6 Comments!

  1. Zeena says:
    July 13, 2024 at 8:14 pm

    Vaahaka mihaaru gos oe hisaabun dhen vaagotheh balan kehtheri kan mihaaru mi hunnanee kolhunlaafa,
    Vaahaka thi gendhiya Goe vv furihama
    Anekkaa thi saaraa akujjaa ge gunavan thah
    beynun kohgen boogal hedheebaa?
    noonee laari hodhan gunavan thah vikkeebaa?
    Hattaa ves hithuga ufedhey suvaalu mihunnanee, dhen kiyaalan oebayah vvv inthizaaru kurevey, MAASHAA ALLAH vvv
    reethi, mivaahaka v avahah kurin part thake key ehgothah mi partves kiyaaln libeyne kamah inshaa ALLAH unmeedhu kuran

    1. umny says:
      July 17, 2024 at 5:11 pm

      Jazakillah hairan dear 🤍

  2. Cutie girl says:
    July 14, 2024 at 3:38 pm

    Mi part vx v Reethi masha allah
    Curiously waiting for next part

    1. umny says:
      July 17, 2024 at 5:11 pm

      Jazakillah hairan dear 🤍

  3. Zeena says:
    July 16, 2024 at 11:03 am

    Dhen kon dhuvahakun 24 vana part kiyaa lan libeynee

    1. umny says:
      July 17, 2024 at 5:12 pm

      Upload kohlaafa ihnaaney. In sha Allah tomorrow kaneyge update vaaney

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 24←


All Right Reserved!