Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝައިން (ޕާޓް-18)

shaai Level 110 Stories
November 22, 2015 3 Mins Read
6 Comments

ޝިބަން ނިކުމެ ކާރަށް އެރިތަން ބެލްކަނިން ބަލަން ހުރިއިރު އެ ލޮލުން އެތައްހާސް ވާހަކައެއް ބުނެދިނެވެ. ކުރި އަސަރު ބޮޑުނަމވެސް އެ ހިތުން ޝިބާން އަށް ކުރެވެނީ ހެޔޮ ދުޢާއެވެ.

******* 7 މަސް ފަސް *******

“މޫސުން ބަދަލުވެއްޖެއެވެ. ހަޔާތަށް އުފާވެރި ދުވަސްތަށް އިތުވެއްޖެއެވެ. ދެކުނު ފޮނި ހުވަފެން ސީދާވަނީއެވެ.. ދެރަވަނީ މި ހުވަފެން ސީދާ ވާނެ ވަގުތުވެސް ޝިބާން ނުހުރެދާނެތީއެވެ.. ވޭތުވެ ދިޔަ 7 މަސް ދުވަހު ތެރޭ އެއްވެސް ކަމެއް ބަދަލު ނުވާފަދައެވެ.

ތިންމަސް  ވަންދެން ހުރިހާ ދުވަހަކުހެން ޝިބާން ގުޅިޔަސް އޭގެ ފަހުން އެއްވެސް ހަބަރެއް ނުވެ ދަނީ ކީއްވެކަން އެގެން ބޭނުން… އަހަރެން ތި ނޫން އެއްވެސް މީހަކު ދެ ދުނިޔެއިންވެސް ބޭނުމެއް ނުވެ…. ޝިބަން.. ޕްލީޒް ވީ އެންމެ އަވަހަކަށް ހަބަރެއް ވެބަލަ.. އިޒާން ގާތު ބުނެގެން ވާހަކަ ބުނުމަށް ވުރެ އެންމެ ފަހަރަކުވެސްަ ގުޅާލަބަލަ.. އިންތިޒާރު ކުރަން..”

ޝައިން އޭނަގެ ޑައިރީން ގަޑެއްގައި ލިޔަމުން ދިޔައިރު ލޮލުން ފޭދިގެން ދިޔަ ކަރުންތިކި  ލިޔެ ލިޔެ އިން ގަނޑު ތެރަށް އޮބިގެން ދިޔައެވެ. ހިޔާލީ ދުނިޔެއަށް ގެއްލިފައި އިން ޝައިން ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރު ހުޅުވުން އަޑަށެވެ. އަތުގައި އޮތް ޑައިރީ ބާލިސްދަށަށް ކޮއްޕާލުމައްފަހު އަތުގެ ނުފުށުން ކަރުނަ ފޮހެލާފައި  ފަސް އެބުރި ބަލާލިއެވެ. ފެނުނު ސޫރައިން މޫނު އަބުރާލަން ބޭނުންވި ނަމަވެސް ކެތްކޮއްލާގެން ހުރީއެވެ.

“ޝާއިން.. އަދިވެސް ތި ހުންނަނީ ޝިބާން އިންތިޒާރުގައިތަ؟.. ދެން އޭނަ ނާނަނާނެ ކަން ހަމަ ޔަގީން.. ކިހިނެތް އެނގޭނީ އެ ކޮޅުން މީހަކާ ނީނަން ކަމެއްވެސް.. ނޫންނަމަ ކީއްވެ މި ވީ 4 މަސް ދުވަހު ހަބަރެއް ނުވެ އެ އުޅެނީ.. ލޯބިވާނަމަ އަޅެ އެހެން ކަންތައް ކުރާނެތަ.. މިޙާރު ބޮޑުބޭބެވެސް ރަނގަޅު ކަމަށްވަނީ.. ނުހިގިފަ ވާހަކަ ނުދެއްކޭކަން އެކަނި.. ދެން ހަދާނުން ބައެއް ފޮހެވިފަ ވާކަން.. އެކަމަކު ޝިބާން ހަދާން ހުރިނަމަ ކީއްވެ ޝައިންގެ ހާލު ނުބަލަނީ.. މަށަށް ގޫޅާ އެއްވެސް ފަހަރަކު ޝާއިން ވާހަކަ ނާހާ އެހެން ހުރިހާ ވާހަކައެއް ދައްކާ.. ޕްލީސް ބޭބީ ގާރލް މެރީ މީ.. އޭރުން ޝަ…” އިޒާން މޫނުމައްޗަށް އަރައިގެންދިޔަ ދިލަ ހޫނު އެތިފަހަރުން އޭނާގެ އަނގަ ބަންދުވި ކަހަލައެވެ..

“ޖަވާބް ލިބިއްޖެތަ.. ނޫނީ އަދިވެސް ދޭންވީތަ؟ އިޒާން ލަދެއްނުގަނޭތަ އަމިއްލަ ފަހަރި ގާތު ފާޑު ފާޑު ވާހަކަ ދައްކާކަށް.. ޝިބާން އެހެން އެ ކަންތަށް ކުރަނީ ސަބަބެއް އޮވެގެން.. ނޫނީ އޭނަ އެހެން ކަންތަށް ނުކުރާނެ.. އަހަރެން އިންތިޒާރު ކުރާނަން.. އެ ހެޔޮ އުމުރަށް ވިޔަސް… މި ޝައިން ޝިބާން ނޫން މީހަކު ދުވަހަކުވެސް ބޭނުމެއް ނުވާނެ.. ދުވަހަކުވެސް ބޭނުމެއް ނުވާނެ.. މައިންޑް އިޓް ..” ސަހާދަތް އިނގިލި އިޒާން އާއި ދިއްކޮއްލަމުން ޝާއިން ބުނެލިއެވެ.

އިޒާން ބުނި ކޮންމެ ޖުމްލައަކީ ތެދުކަމަށް ގަބޫލު ކުރެވުނަސް ހިތުގެ ކޮންމެވެސް ކަނެއްގައި އަދިވެސް އުންމީދުގެ ހުޅުކޮޅު ރޯވެފައިވެއެވެ. ޝިބާން އަންނާނެއޭ ހިތް ބުނެއެވެ.. އެންދުމަތީގައި އޮތް ފޯނު ރިންގްވާން ފެށި އަޑަށް އެދިމާލަށް މިސްރާބް ޖެހިއިރު އިޒާން ހުރިގޮތަށް ކަޅި އަޅާއިގެން ހުއްޓެވެ.

“ހެލޯ.. ޝައިން ވާހަކަ ދައްކަނީ.. ތި ކާކު” ޝާއިން ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއި އެކު ސުވަލުކޮއްލިއެވެ.. ކުއްލިއަކަށް ޝާއިންގެ އަތުން ފޯނު ދޫވެ ތައިލްސް ތަކުގައި ޖެހުނު އަޑަށް  އިޒާންވެސް އެ ދިމާލަށް ބަލާލިއެވެ.. އޭރު ޝާއިންގެ ގައިން ވާގިދޫވެ ތައިލްތައް މައްޗަށް ވެއްތެން ދަނީއެވެ..

އިޒާން ހުށިޔާރު ކަމާއި އެކު ޝާއިން ނަގައިގަނެގެން ހޮސްޕިތަލަށް ގެންދިޔައެވެ.. އޭރު އޭނާގެ މޫޏުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ  ހާސްކަމާއި ނުތަނަވަސް ކަމެވެ.

“ޝީ އިޒް އޯލްރައިޓް.. އެވްރީތިންގް ސީމްސް ޕާރފެކްޓް.. ނޮތިންގް ޓު ވޮރީ އެބައުޓް.. ޖަސްޓް ޓޭކް ގުޑް ކެއާރ އޮފް ހާރ..” ގޮޑީގައި އިސްޖަހާލައިގެން އިން އިޒާންގެ ކޮޑުގައި އަތް ބާއްވާލަމުން ދޮކްޓާރ ބުނެލިއެވެ.. އިޒާން ކުޑާ ހިނިތުންވުމެއް ވެރިކޮއްލުމަށްފަހު ޝުކުރު އަދާކޮއްލަމުން ޝައިން އޮތް ކޮޓަރިއަށް ވަނެވެ..

އިޒާން ދޮރުހުޅުވާލައިފައި ވަތްއިރު ޝައިން އެދުގައި ލޯމަރައިލައިގެން އޮތެވެ. އޭނާގެ މޫނުމަތިން ހިތާމައާއި ވަރުބަލި ކަން ނޫނީ ނުފެނެއެވެ. އިޒާން މަޑު މަޑުން ޝާއިން އޮތް އެދާ ކައިރިވެލާފައި ބޮލުގައި ފިރުމާލެވުނީ ބޭ އިހްތިޔަރުގައެވެ.

ޝައިން ވަރުބަލިކަމާއި އެކު ދެލޯ ހުޅުވާލުމަށްފަހު އަނެއްފަރާތަށް މޫނުއަބުރާލިއެވެ. ކިތަންމެ ވަރަކަށް ވާހަކަ ނުދައްކަން އުޅުނަސް މިއަދު މި ކޮއްދިން ކަންތަކަށް ޝުކުރު އަދާކޮއްލީ ބޭނުން ވެގެންނެއް ނޫނެވެ.

ގަޑިއިރެއްހާއިރު ތެރޭގައި ޝައިން ދޫކޮއްލެވުނެވެ. ވަރުބަލި ހިގުމެއްގައި ހިގަމުން އޭނާގެ މިސްރާބް ޖެހީ އޮޕަރޭޝަން ޓިއޭޓަރ އާއި ދިމާލައްށެވެ. ޓިއޭޓަރ ބޭޜުގަ ޒުހުރާއާއި އުމޭރު ޓިބިތަންފެނި ހިތް އަވަސްވެލިއެވެ. އެތަކެއްދުވަހަށްފަހު އެމީހުން ފެނުމުން ބުނެދޭން ނޭނގޭފަދަ އިހުސާސެއްކުރެވުނެވެ. އޭނާއަށް ކިތައްމެ އަނިޔާއެއް އެމީހުން ދިން ނަމަވެސް  އެމީހުންނަށް އޭނާގެ ފަރާތުން އެއްވެސް ގެއްލުމެއްލިބެން ބޭނުން ނުވީއެވެ. މައްސަލަ އަނބުރާ ގެނައީ އެހެންވެގެންނެވެ. މިއަދު އެ އެންމެން އެ ތިބީ ކުރެވުނު ފާފައަށް ތައުބާވެ ރަނގަޅު ހަރުދަނާ މީހުންގެ ގޮތުގައެވެ.

“ކޮބާ ބައްޕަ.. ޑޮކްޓަރ ކީކޭ ބުނީ.. މަންމާ ބުނެބަލަ.. ކޮންމެވެސް އެއްޗެކޭ ބުނެބަލަ.. ކިހިނެތްތަ ވީ..” ޝައިން އެއްފައްޗަކަށް ހުރިހާ ސުވާލެއް އަމުނާލިއެވެ.. ” ބައްޕަ ދިޔައީ އޮފީހު ކަމެއްގަ ބާޒާރުމައްޗަށް.. އެހިސާބު ގަނޑުގަ އުޅެމުން ބުނި އެއްވެސް އެއްޗެއް ގެޔަށޤ ބޭނުންވޭހޭ.. މަ ނޫނެކޭ ބުނީމަ އޯކޭ އޭ ކިޔާފަ ކަނޑާލި.. އިރުކޮޅަކުން ގޭގަ މަސް ނެތިގެން އެ ވާހަކަ ބުންނަ ދެފަހަރަކު ގުޅީމަ ފޯނެއް ނުނަގާ.. ދެނަގުޅިމަ ކުއްޖަކު ނަގާފަ ބުނި އެކްސިދެންޓް ވެގެން ހޮސްޕިޓަލްގައޭ.. ” ޒުހުރާ ރޮމުން ކިޔާލަދިނެވެ…

” އެދުވަހު ހަތަރުދަމު ހޮސްޕިޓަލުގައި އުޅުމުގެ ސަބަބުން ޝައިން ހުރީ ވަރުބަލިވެ ބޯ އަނބުރާ ގޮތްވެފައެވެ. ކުޑަކޮއް ކައިގެން ފެންވަރަލަިގެން އެދުގައި އޮށޮއްވެލިއެވެ.. ފޯނުނަގައި މަންމަ އަށް ގުލާފައި ބައްޕަ އާއި ބައްދަލު ކުރެވޭގޮތް ވީހާ އަވަހަކަށް އޭނައަށް އެނަގުމަށްު ބުނެލިއެވެ..

“ޝިބާން.. ހެޔޮނުވާނެ އަޅެ ހަބަރެއްވެބަލަ.. ޝިބާންގެ ހަބަރެއް ނުވެގެން މިހިތް ތެޅެފޮޅޭވަރު އެގެންޔާ ތިހެން ނުހުންނާނެ.. އަޅެ އާދެބަލަ.. އަހަރަމެން ދެކުނު ފޮނި ހުވަފެން ސީދާވާތަން ދެކިލަން ހަމަ ނާން ނާނަންތަ؟ މި ޝާއިން އަބަދުވެސް ޝިބާންގެ އިންތިޒާރުގަ އެބަ ހުރިން އަދި އަބަދުވެސް ހުންނާނަން.. ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް ކޮންމެ ދުވަހު އިރު އޮއްސުމާއި އެކު އަނެއްދުވަހުގެ އިރުގެ އަލިކަން ވާނީ ޝިބާން އައުމުގެ އުންމީދުގައި.. ޝައިން ވަރަށް ލޯބިވޭ..” ޝައިން ގިސްލަ ގިސްލާ ރޮމުން ޑައިރީގައި ލިޔެލިއެވެ. އެހެން އިރުކޮޅަކު އިނުމަސްފަހު ޑައިރީ ބާލިސްދަށަށްލުމަށްފަހު ނިދަން އޮސޮއްވެލިއެވެ..

ވެފަ ހުރިވަރުބައްޔާއެކު މާ ގިނަ އިރެއްނުވެ ޝައިން ފުންނިންޖަކަށް ގެބިގެންދިޔައެވެ. ނިދާފައި އޮތްއިރު އެ މޫނުމަތިން ފެންނަމުން ދިޔަ މައުސޫމުކަމުން މީހުން ބަލާ ފޫޙި ނުވާނެއެވެ. މޫނުގެ އުޖާލާ ކަމާއި ކަޅުކަން ގަދަ އެސްފިޔަތަކަށް އެންމެން ފިދާވާނެކަން ގައިމެވެ. ފުން ނިދީގައި އޮތް ޝައިން ދެފަރާތަށް ފުރޮޅިލިއެވެ. ދެފައި ކުރުކޮއްލުމައްފަހު ކުރުގެޅިލީ ކޮންމެވެސް އުދަނގުލެއްވާތީކަން ގައިމެވެ.. އެހެން އެތަށްފަހަރަކު ފުރޮޅީ ފުރޮޅި އޮތް ނަމަވެސް ނިދި ގަދަކަމުން ލޯހުޅުވޭ ގޮތެއް ނުވެއެވެ.. ތޫލި ހަޅޭކަކާއި އެކު ޝައިން ދެލޯ ހުޅުވާލިއެވެ. ފެނުނު ސޫރައިން ލިބުނު ގަތް ބިރައްވުރެ ލިބުނު ހައިރާންކަން ވީ އިތުރެވެ. އެމީހެއްގެ އަވަސް ހަރަކާތުން ޝާއިންގެ އަނގައާއި ފައި އެމީހާގެ ބާރުގެ ދަށަށްގެނުވިއެވެ.. އެވަގުތު ޝާއިންގެ ލޮލުން އޮހޮރިގެން ދިޔައީ ވޭނީ ކަރުނައެވެ..

****ނުނިމޭ****

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

ހިތުގެވެރިޔާ 4

Next

ރަހުމެތް ނެތް ހިތް [2]

Next
November 22, 2015

ރަހުމެތް ނެތް ހިތް [2]

Previews
November 22, 2015

ހިތުގެވެރިޔާ 4

6 Comments!

  1. shaai says:
    November 22, 2015 at 3:08 pm

    އުނަމީދުކުރަން މިބައިވެސް ކިޔުންތެރިންނަށޤ ކަމުދާނެ ކަމަށް… 🙂

  2. nisha says:
    November 22, 2015 at 3:59 pm

    Reethi

  3. sim says:
    November 22, 2015 at 4:21 pm

    Nice. Nxt part avahah up kohdheythi

  4. shau says:
    November 22, 2015 at 4:22 pm

    Mistakes varah gina next part ga rangalhu kollaathi salhi varah

  5. aisha says:
    November 22, 2015 at 8:07 pm

    nice

  6. Ira says:
    November 22, 2015 at 9:09 pm

    Varah salhi 😉 thanks for uploading the story so fast 🙂

Comments are closed.

Next Episodeޝައިން (ޕާޓް-19)←


All Right Reserved!