އިރު އޭގެ ރަންދޯދިތަކުން މުޅި ދުނިޔެ ދިއްލައިލީ ފަތިހުގެ ވަގުތުގައި ފަޒާގައި ހިފައިފައިވީ ތެތް ފިނިކަން ހޫނު ކަމަށް ބަދަލުކޮށްލަމުންނެވެ. ހަމަހީމޭން ކަންމަތީގައި އޮތް ދުނިޔެމަޑު މަޑުން ދިޔައީ ހަލަބޮލިވަމުންނެވެ. ދޫނި ސޫފާސޫފިތަށްވެސް އޭގެ ރީތި ރާގުން އަޑު ގޮއްވަމުން ދިޔައީ އައު ދުވަހަކަށް މަރްހަބާ ކިޔާފަދައިންނެވެ.
ސޯފާގައި ނިދިފައި އޮތް މިލާންއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު އެލާރމް ވާންފެށުމުންނެވެ. ކަންނެތް ގޮތަކަށް ތެދުވެލަމުން މިލާން އަވަސްވެގަތީ ޑިއުޓީއަށް ދާން ތައްޔާރުވުމަށެވެ. ކޮޓަރި ދޮރު ހުޅުވާލިއިރު އެދުމަތީގައި އަރާމު ނިންޖަކުން ނިދާލާފައި މިލާންގެ އަންހެނުން، ނީނާ އޮތެވެ. ހޭވިފައިވީ އިސްތަށިގަނޑުގައި އަތްހިންގާލަމުން މިލާންގޮސް ނިދިފައި އޮތް ނީނާބޮލުގައި ފިރުމާލިއެވެ.
***
ސައިކަލުގައި އަހިސް ހޮސްޕިޓަލު ކުރިމަތީގައި ސައިކަލު ޕާރކް ކޮއްލަމުން މިލާން އަވަސް ހިނގުމެއްގައި ގޮސް ހޮސްޕިޓަލްތެރެއަށް ވަނެވެ. ކަޅުކުލައިގެ ފަޓުލޫނަކާއިއެކު، މެރޫން ކުލައިގެ ގަމީހަކާއި ފިޔާތޮށިކުލައިގެ ހިމަޓައީއެއް އަޅާލާފައިވުމުން މިލާންފެންނަ ކޮންމެއަންހެން ކުއްޖަކު ދީވާނާވާނެކަންގައިމެވެ.
މިލާންއަކީ އެ ހޮސްޕިޓަލްގައި އެވަގުތު އެންމެމަތިން ކިޔަވައިގެން ހުރި ސާރޖަންއެވެ. އެންމެންގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ސާރޖަން އަހްމަދު މިލާންއަކީ ހުރިހާއެންމެންގެ ހިތްތަށް އަތުލާފައިވާ ސާޖަންއެކެވެ.
[ކޮބާ ބްރޯ. މިއަދު މެންދުރު ބިޒީތަ؟] މިލާންގެ އެންމެ ގާއިތް އެކުވެރިޔާ ކަމަށްވާ އިކާންއަހިސް މިލާން ކޮނޑަށް ވައްޓާލަމުން އެއްސެވެ. އިކާންއަކީވެސް މިލާންއެކޭ އެއްފަދައިން ސާރޖަންއެކެވެ.
[ނޫނޭ. ބިޒީއެއްނޫން ކޮންކަމެއް ލައިގަތީ އަނެއްކާ؟] މިލާން ހިނިތުންވެލަމުން އެއްސެވެ.
[ހެހެ ވަރަށް އުފާވެރި ހަބަރެއް ދޭންވެގެން] އިކާން ބުނެލިއެވެ.
****
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ނިދާފައި އޮތް ލިވިޔާއަށް ހޭލެވުނީ ބަނޑުހައި ވެގެންނެވެ. ކަންނެއްކަމާއި އެކު އެނދުން ތެދުވެ ހޭވިފައި އޮތް ލިވިޔާގެ ކަޅުކަންގަދަ އިސްތަށިގަނޑު ރީތިކޮއްލަމުން ބަދިގެއަށް ނިކުތެވެ.
[ޕިސް ކޮންމެ ދުހާކުވެސް މަ އާދޭސް ކުރީމަ މި މިލާންގަނޑަށްވެސް މަށަށް ކާންދޭން އިނގެނީ. ދެރަކަމެއްނުންމިދެން]
ބަދިގެތެރޭގައި ކާއެއްޗެއްނެތުމުނެ ލިވިޔާ ހިތްހަމަ ނުޖެހި ކުސްތަޅާލިއެވެ. ގުންފައިތަޅަމުން ކުޑަކުއްޖެއްފަދައިން ލިވިޔާ ކޮޓަރިއަށް ގޮސް މިލާންއަށް ގުޅުމަށް ފޯނުނެގިއެވެ.
***
[ހޫމް.. ކޮބާތަ ތިޔަ ނިއުސްއަކީ؟؟] މިލާން ކޮފީތަށިން ކޯވަރެއްބޯލަމުން އެއްސެވެ. މިލާންއާއި އިކާން ތިބީ [އަވާރ ބްލޫސް] ކެފޭގައެވެ.
[ހެހެ ބުނަންވީދޯ؟ ރިޝް އިސް ޕްރެގްނެންޓް] ހިނިތުންވެލަމުން އިކާންއާއި އިކާންގެ އަނބިމީހާ، ރިޝްޔާގެ ހަޔާތަށް އަންނަން އުޅޭ އިތުރު މެހެމާނުގެ ވާހަކަ ބުންޏެވެ.
[އަސްލުތަ؟ މަރުހަބާ. އެހެންވެ ދޯ މިކޮފީ މިލިބުނީ؟ ބުނަން؟ ކޮފީއަކުން ނުފުދޭނެ އިނގޭ. ކާންވެސް ދޭން ޖެހޭނެ] މިލާން ބުނެލިއެވެ.
[ހޫމް އަދި ނެތެއްނުން ތިހެން ނުބުނެވިފައެއް؟ މިރޭ ލިވީ ގޮވައިގެން 9 ޖަހާއިރު އަންނަށްޗޭ ޕިންކް ޓޫލިޕް ރެސްޓޯރެންޓްއަށް. ފުޑްސް އޮންމީ] އިކާން ބުނެލިއެވެ.
މިލާންއަށް އެއަށް ޖަވާބު ނުދެވެނީސް މިލާންގެ ފޯނު ރިންގުވާން ފެށިއެވެ.
[އެހެންމަ އަންނާނަން އިނގޭ. ސޮރީ ބަޓްއައި ހޭވް ޓުގޯ] އިކާން ބޯޖަހާލުމުން މިލާން އަވަސް އަވަހަށް ހިނގައިގަތެވެ.
****
މިލާންއަހިސް ކޮޓަރިއަށް ވައިން އިރު އެނދުމަތީގައި ތުން އޫކޮށްގެން ލިވިޔާއިނެވެ.
[އަންނަން އެނގިއްޖެ ދޯ؟ މަ މިހާރު މިއޮއް ބަނޑަށް މަރުވަނީ] މިލާންއަތުގައި ޕެކްކޮއްފައި އޮތް ޕާސްތާ ތަށި އަތުލަމުން ލިވިޔާބުނެލިއެވެ.
[ދެން ލިވީ ނުޖެހޭދޯ ތިހާ ރުޅިއަންނާކަށް؟ ލިވީ ކީއްތަވާނީ ވަކި އަމިއްލައަށް ކައްކާލިއްޔާ؟ މަވެސް މިއުޅެނީ ހަމަ ބިޒީ ކޮށޭ. މަ ނުދެނަހުރިން އަނބިމީހާ އެނދުގަ ބާއްވާފަ ފިރިމީހާކަމައް ގޭގެ މަސައްކަތްތަށްކޮއް އަނބިމީހާއަށް ކައްކާފަ ކާންދޭން ޖެހޭނީކީ؟] މިލާން ހިތްހަމަ ނުޖެހިފައި ބުންޏެވެ.
[ހޫމް ދެން ހެވޭ] ލިވިޔާ މިލާންއަށް ކަޅި އަޅާލަމުން ބުނެލިއެވެ.
[ރިޝް އިސް ޕްރެގްނެންޓް. އިކާން ބޭނުންވޭ އަހަރުންނަށް ޓްރީޓްދޭން. މިރޭ 9 ޖަހާއިރަށް ރެޑީވާތި] ނިކުންނަމުން ކުއްލިއަކަށް ކަމެއް ހަނދާންވިފަދައިން މިލާން ބުންޏެވެ.
***
ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. އިކާންއާއި އެކު އިކާންގެ އަންހެނުން ރިޝްޔާ [ޕިންކް ޓޫލިޕް] ރެސްޓޯރެންޓްގައި ތިބީ މިލާންއާއި ލިވިޔާގެ އިންތިޒާރުގައެވެ. ކަޅުކުލައިގެ ގަމީހަކާއި އެކު ނޫކުލައިގެ ޖީންސްއެއްލައިގެން އިކާން އިން އިރު ވަރަށްވެސް ސްމާރޓްކަމައް ދައްކައެވެ. އިކާންއެކޭ އެއްފަދައިން ރިޝްޔާވެސް ކަޅުކުލައިގެ ހެދުމަކާއި އެކު އައިސް ބްލޫ ޖީންސްއެއްލާފައިވީއިރު ކަޅުކުލައިގެ ޝޯލްއެއްވަނީ މޭމަތިނިވާވާހެން ރީތި ގޮތަކަށް އަޅާލާވައެވެ.
[ކޮބާ ލިވީ؟] މިލާންއެކަނި މައިއެކަނި އައުމުން ރިޝްޔާއެއްސެވެ.
[ރައްޓެއްސަކު ބަލިވެގެންނޭ ކިޔާފަ ހޮސްޕިޓަލަށް ދިޔައީ ސޮރީ އެބައުޓް ދެޓް] މިލާން ބުނެލިއެވެ.
[އިޓްސް އޯކޭ. ފަހުން ދެން ލިވީއަށް ޓްރީޓް ދޭނީ ދޯ؟ އުޅޭ އޯރޑާރ-] އިކާންގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ފެނިގެން ދިޔަ މަންޒަރަކުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Love you
Jazaakallah darling 🥹❤️🩹
And vrh vrh bodah sorry 2 vana prt las vaathy in sha allah soon upload kolladheynan😭
Neenaa and liviya ge therein aslu name aki kobaa???
OMG sorry abt it , itz liviya
Annora ge hiraas ge tharin dhehtho 🥹hehe
Story cute
Nooney nooney ehn eh noon adhi e story nuvess kiyeyy😭
kim soohyun fenuneema mikee..varah reethi
Ehehe i also lavv him😍❤️
Jazaakallah❤️