ކުށަކީ ކޮބާ – 36
” އަހަރެން ކީއްކުރީ ފަޔާޒް އަހަރެންދެކެ ތިހާ ރުޅި އަންނަން.. އާދޭސް ކުރަން މި ކޮމްޕެނީ އަހަރެންގެ އަތުން އަތުނުލާ.. މީ ޒާހިރްގެ ފަހުގެ ހަނދާން.. އަހަރެންނާއި އަހަރެންގެ ދަރިފުޅަށް ރަހުމު ކުރޭ.. މި ކޮމްޕެނީ ނަގައިފިނަމަ އަހަރެމެން ތިބެންޖެހޭނީ ބަނޑަށް.. ފަޔާޒް އަހަރެންނަށް ރަހުމް ކުރޭ.. ” އަޔާނާ ގިސްލަމުން އާދޭސް ކުރަން ފެށިއެވެ. އަޔާނާގެ އާދޭސްތަކުން ފަޔާޒް ކަހާތަން ހިރުވާވެސް ނުލިެވެ. އޭނަ ހިނިގަނޑެއް ޖަހައިލިއެވެ.
*** ޕާޓް 36***
” ކަލެމެން އުފަލުގައި އާސްމާނުގައި އުދުހުން އިރު މަ ޖެހުނީ ދަރަނިން ސަލާމަތް ނުވެވިގެން އޭގައި ފަތަން.. މަގޭ އެއްވެސް ބިސްނަޒް އެއް ކުރިއަށް ދިޔައީކީ ނޫން.. މަގޭ މަންމަމެންގެ ދުލު ކުރީގަ ބޭބެގެ ރަނގަޅު ވާހަކަ ނޫން އެހެން ވާހަކައެއް ނޯވޭ.. ބޭންކުން ލޯން ދެނީކީއެއްނޫން.. މަ ކަލޭ ފިރިމީހާ ކައިރީން ލާރިއަށް އެދުނީމަ އެންމެ ދިހަ ހާސް ރުފިޔާގަނޑު ދިނީ.. މަގޭ ލޯނަށްށޭ ކިޔާފަ.. މަށަށް އެއިން ކީއްކުރެވޭނީ.. މިހާރުވެސް ދަރަނިތައް ދައްކަނީ.. މަގޭ ރޭވުމުން ކަލޭ ފިރިމީހަ ކަށްވަޅަށް ދިޔައިރު އިރު ކަލޭ އޭނައާއެކީ ނުދިޔައީ ކީއްވެ؟ އޭގެ ފަހުންވެސް ކޮމްޕެނީ ކަލެޔަށް މަށަށް ތަން ފުކެއްވެސް ނުލިބޭ.. އެކަމަކު ދެން.. ދެން އެހެނެއް ނުވާނެ.. ކަލޭ ދެދަރިންގެ މުސްތަގުބަލާ މެދު ވިސްނަންޏާ ކޯޓުގައި އެއްބަސްވޭ ކަލޭ ކޮމްޕެނީ މަށަށް ދިންކަމަށް.. އެހެން ނޫނީ ކަލެއާ ދެކުދިން މުޅިމާލެއަށް ފަލީހަތްވޭ.. ދެ ކުދިންވެސް ކޮޓަރީގަ އެތިބީ.. މަގޭ އެންމެ އިޝާރާތަކަށް މިމީހުން ގޮސް އެކުދިން ރޭޕް ކޮށްލަފާނެ.. ޔުއާރ ޗޮއިސް.. ސޫން ޓު ބީ އެކްޗް މެޑަމް އަޔާނާ.. ” ފަޔާޒް ނުލަފާ ވައްތަރަކަށް ހީލަމުން ބުންޏެވެ.
އަޔާނާ އޭރު ރޮއެ ރޮއެ މުޅި ހަށިގަނޑު ރޫރޫ އަޅައެވެ. ” ކަލޭ… ޒާހިރް މަރާލީ ؟؟ ” ގަބޫލު ނުކުރެވި ހުރެ އަޔާނާ އަހައިލިއެވެ. އޭނާގެ އަޑުގައި ތުރުތުރެއްވިއެވެ. ފިރިމީހާގެ ގާތިލަކީ ފިރިމީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އެނގުމުން އޭނާގެ ހިތުގައި ރިއްސާލިއެވެ. ” އާނ… ކަލޭ ހީކުރީ އަހަރެންނަށް ނުވާނެ ކަމަށްތަ؟ ކަލޭ ކުރިމަތީ އޭނަ މަރައިލީ.. އޭނަ ކަލޭ ކޮށްޕައި ނުލިނަމަ ކަލޭވެސް ވާނީ އޭނައާއެކު ކަށްވަޅުގަ.. ކަލޭ ގަބޫލު ނުކުރަންޏާ ކަލޭގެ ދެކުދިން ތެރެއިން ކުއްޖަކު ކަލޭ ކުރިމަތީ ރޭޕް ކޮށްފަ މަރައިލަފާނަން.. އޭރުން ދޯ ގަބޫލު ކުރާނީ؟؟ ކަލޭ ހީކުރަނީ މަށަކީ ފިނޑިއެއް ކަމަށްތަ؟؟ މަށަށް ކެރޭނެ.. ދައްކަން ވީތަ؟ ” ޒާހިރުގެ ވާހަކައިން އަޔާނާގެ ހަށިގަނޑުން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ދެކުދިންނާމެދު ކަންބޮނޑުވިއެވެ. ފަޔާޒް ހީވަނީ މޮޔަވެފައި ހުރި މީހެއް ހެންނެވެ. ” ކަލޭ މީހަކު ކައިރީ މިވާހަކަ ބުންޏަސް ގަބޫލެއް ނުކުރާނެ އެކަމަކު ބުނެފިއްޔާ.. ” ފަޔާޒް އެ ޖުމުލަ ފުރިހަމަ ކޮށްލީ އަތުގެ ހަރަކާތުން އޭނާގެ އަމިއްލަ ކަރުގައި އިނގިލި އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކޮށްލާފައެވެ.
” ނޫން އެހެން ނަހަދާ އަހަރެން ނުބުނާނަން އެކަކު ކައިރީވެސް.. އަހަރެންގެ ދަރިންނަށް އަނިޔާ ނުކުރާތި އާދޭސްކުރަން.. އަހަރެން ކަލޭ ބުނި ގޮތަށް ކަންތައް ކުރާނަން.. ” ރޮމުން އަޔާނާ ބުންޏެވެ. ފަޔާޒް އެއްމިޔަކަނިން ނުލަފާ ގޮތަކަށް ހީލީ އޭނާގެ ރޭވުން ކާމިޔާބުވުމުންނެވެ. ” އެންމެ ރަނގަޅު އަހަރެން ދަނީ.. ހަނދާން ކުރާތި އަހަރެމެން ދެއްކި ވާހަކަ ކަލޭގެ ދުލުން ބޭރު ކުރާ ދުވަހަކީ ކަލެޔާއި ކަލޭގެ ކުދިންގެ އެންމެ ފަހު ދުވަސް! ” ފަޔާޒް ދަމުން އިންޒާރުގެ ރާނގަކަށް ބުންޏެވެ. އަޔާނާ އަވަސް އަވަހަށް ބޯޖަހައިލިއެވެ. ފަޔާޒް އާއި އޭނާގެ މީހުން ދިޔަކަން ކަށަވަރު ވުމުން ދަރިންގެ ކޮޓަރިއަށް ވަދެ ކުދިންގެ ހާލު ބެލިއެވެ.
އައިނާއާއި ޒީނާ ދެންމެ ހިނގިކަމުގެ ހިލަމެއް ނުވާ ހިނދު ނިދީގެ ފުން ކަނޑުގައި ފަތަމުން ދިޔައެވެ. އެކުދިންގެ މޫނުމަތިން ފެނިގެން ދަނީ މައުސޫމުކަމެވެ. އަޔާނާއަށް އޭނާގެ މޭ ފެތެމުން ދިޔަ އިހްސާސެއް ކުރެވުނެވެ.. ދަރިންގެ ރައްކާތެރިކަމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވާކަށްވެސް އޭނާ ފަހެއް ނުޖެއޭނެއެވެ. ޒީނާއާއި އައިނާގެ ނިއްކުރިއަށް ބޮސްދިނުމަށް ފަހު އެ ކުދިންގެ ކޮޓަރިން އޭނަ ނިކުތީ ބާރަށް ރޮވިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ފާހަނައަށް ވަދެ އިސްކޫރު ދޫކޮށްލަމުން އޭނާ ރޯން ފެށީ އިތުރަށް ކެތްކުރަން އުނދަނގޫވެގެންނެވެ. ގިސްލަގިސްލާފައި ރޮމުން ދިޔައިރު ކޮންމެ ހިތަކަށްވެސް އަސަރު ކުރާހާވެއެވެ. އަޔާނާ ކޮޓަރިން ފާހަނައިން ނިކުމެ އެކޮޓަރި ތެރެއަށް ރަނގަޅަށް ބަލައިލިއެވެ. އޭނައަށް ދެން އެ ގޭގައި އުޅެވެން އޮތް ދުވަސްކޮޅުގެ މަދުކަން އިހްސާސްވިއެވެ. ދަރިންގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި ލާރި ހޯދުމަށްޓަކައި އެހެން ވަޒީފާއެއް ހޯދަން ޖެހޭނެއެވެ. އެކި ވިސްނުމުގައި އޮތް އަޔާނާގެ ދެލޮލަށް ދިދީގެ ބަރުކަން ވެރިވެ ތެމިފައިފާ އެސްފިޔަތައް ލެއްޕިގެން ދިޔައެވެ.
***
ޔާދިން ހުރީ އޭނާގެ މަންމައާއި އެކު ޓްރީޓޮޕް ހޮސްޕިޓަލް ދޮރުމަތީގައެވެ. މައިރީން ދެކެލުމަށް އޭނާގެ ހިތް ތެޅިފޮޅެމުން ދިޔައިރު އޭނާގެ ހިތުގައި މައިރީން ދޫކޮށްލަން މުޖުބޫރުވެފައިވުމުން ގިލަންވެރިކަން އިހްސާސްވިއެވެ. މައިރީން ހޭލިފަހުން އެކަކާއިވެސް ވާހަކަ ދައްކާފައެއް ނުވެއެވެ. އެންމެ ކުޑަވެގެން އެކަކާއި ދިމާލަށް ބަލައިލާފައެއްވެސް ނުވެއެވެ. އޭނައަށް ލިބުނު މައުލޫމާތުގައި ވާގޮތުންނަމަ މައިރީން ވަނީ ޝޮކެއްގެ ތެރޭގައެވެ. ހަމަޖެހުމަށްޓަކައި ފުންނޭވާ ތަކެއް ލުމަށްފަހު ހޮސްޕިޓަލަށްވަނެވެ. އޭރު ޝިޔާމާ ހުރީ ޔާދިންގެ އިންތިޒާރުގައި. މައިރީން އޮތް ކޮޓަރީގެ ދޮރުމަތީގައި އޭނާގެ ބައްޕައާއި ދެ ބޭބެ ތިއްބެވެ. އެމީހުންގެ މޫނުމަތިން ހިތްދަތިކަމުގެ އަސަރުތަށް ދިޔައީ ފެންނަމުންނެވެ.
ރިޔާޒްއަށް ޔާދިން ފެނުމުން ދެބުމަ ގޮށްޖަހާލިއެވެ. ނަމަވެސް މައިރީން މިވަގުތު ހަމައެކަނި ވާހަކަ ދައްކާނީ ޔާދިން ކަމަށް ހީވާތީ ހަމަޖެހުނެވެ. ދެކުދިން ލޯބިވުމުގެ ކުށެއް ނެއްކަމުގައި އޭނާގެ ހިތް ބުންޏެވެ. އަދި ޑޮކްޓަރުގެ ވާހަކަތަކުން އޭނާ ޔާދިންއާ މެދު ދެކެމުން އައި ގޮތް ބަދަލުވިއެވެ. ފުން ނޭވާއެއް ލާފައި މައިރީންގެ ކޮޓަރި ޔާދިންއަށް ހުޅުވައިދިނެވެ.
ހުދުކުލައިން ފަރުމާކުރެވިފައިވާ ކޮޓަރީގައި ސިންގަލް އެނދަކާއި ދެފަރާތުގައި ތަފާތު ވައްތަރުތަކުގެ މެޝިންތައް ހުއްޓެވެ. އެ ކޮޓަރި ފަޅުފިލުވައިދެނީ އެ މެޝިންތަކުން އިވިގެންދާ ބީޕްތަކުގެ އަޑުންނެވެ. ކަނާތް ފަރާތުގައި ކުޑަދޮރެއް ހުއްޓެވެ. އެ ކުޑަދޮރުން އެޅޭ އިރުގެ ރަން އަލިންކޮޓަރިތެރެ ވަނީ އަލިކޮށްލާފައެވެ. ޔާދިން ނަޒަރު ހިންގައިލީ އެނދުގައި އޮށޯވެގެން ކުޑަދޮރާ ދިމާލަށް ބަލަން އޮތް މައިރީން ފެނިފައެވެ.
މިވީ ދުވަސްތަކު ތެރޭގައި މައިރީންގެ ރީތި ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހަށިގަނޑު ހިކި އަނަރޫފަވެފައިވާއިރު އެ މޫނުގެ ކުލަ ވަނީ ފަޑުވެފައެވެ. ތުންފަތް ހިކިގެން ފެޅިފައިވާއިރު ލޯކައިރިވަނީ ކަޅުވެފައެވެ. މައިރީންގެ ލޯބިލޯބި ކޯކޮޅު ވަނީ ވަޅުވަދެފައެވެ. އެއްދިމާއަކަށް ނަޒަރު ހިންގައިގެން އޮތް އިރު ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ. މައިރީންގެ ހާލުފެނި ފިރެހެނެއް ނަމަވެސް ޔާދިންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ލޯބިވާ ކުއްޖާ އެހާލުގައި އޮތްއިރު އަސަރު ނުކުރާނީ ކޮންހިތަކަށް ހެއްޔެވެ.
ޔާދިން މައިރީންގެ އެނދު ކައިރިއަށް ހުއްޓިލަމުން އެއަތުގައި ވަރަށް ބަލައިގެން ހިފައިލިއެވެ. އައިވީ ކެނިޔުލާއާއި ލޭ ގުޅާފައި އޮތުމުން އެ މަޑު އަތްތިލަ ވަނީ ދުޅަވެފައެވެ. މައިރީންއަށް ޔާދިންގެ ބީހުން އިހްސާސްވިފަދައެވެ. މަޑުުމަޑުން ޔާދިން އާއި ދިމާލަށް ބަލައިލިއެވެ. މިއީ ހުވަފެނެކޭ ހިތައި ދެތިން ފަހަރަށް އެސްފިޔަ ޖަހައިލިއެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވިކަން މެޝިނުތަކުން އަންގައިދިނެވެ. ޔާދިންއަށް މެޝިންއަށް ބަލައިލިއެވެ. އެކުޑަބަދަލުގެ އަސްލަކީވެސް އޭނާދެކެ އެކުއްޖާ ވާ ލޯބީގެ ހެއްކެއްކަން އެނގެއެވެ.. ޔާދިން އެހެން މީހަކާ އިންނަން ރަންކީކަން އެނގުމުން އެޅަ ހިތް ޝަކުވާއިން ފުރުނެވެ. ” ޔާދު” މައިރީންގެ ތުންފަތް ހަރަކާތް ކޮށްލިއެވެ. ” އައިމް ސޮރީ… އައިމް ސޮރީ ފޯރ އެވްރީތިން.. އައިމް ސޮރީ ފޯ ހާރޓިން ޔޫ.. އައިމް ސޯ ސޮރީ ދެޓް އޫ އާރ އިން ދިސް ސްޓޭޓް.. މައި އިޓް ހާޓަސް ސޯމަޗް ޓު ސީޔޫ ސަފާ ލައިކް ދިސް.. ނޮވިން އައިމް ދި ރީޒަން ފޯރ ޔުއާރ ޕެއިން.. ” ކިތަންމެ ހިތްވަރެއް ކޮށްގެން ހުރި ނަމަވެސް ޔާދިންއަށް ރޮވުނެވެ.
ޔާދިން ރޯތަން ފެނުމުން މައިރީންގެ ހިތުގައި ތޫނު ވަޅިއަކުން ޅިޔައަޅާ ފަދަ އިހްސާސެއް ވެރިވިއެވެ. މައިރީން ޔާދިންގެ މޫނުގައި މަޑުމަޑުން ފިރުމައިލިއެވެ. ޔާދިން ގާތު ކިތަންމެ ޝަކުވާއެއް ކުރަން ބޭނުންވި ނަމަވެސް ޔާދިންގެ ރުއިމުގެ އަޑުއަހައި އެހެން ކަންތައް ކުރާކަށް އޭނައަކަށް ނުކެރުނެވެ. ޔާދިން މައިރީންގެ މޭގައި ބޯއަޅައިލިއެވެ. މާފަށް އެދެމުން ދިޔައެވެ. އޭނައަށް އިހްސާސް ކުރެވެމުން ދިޔައީ މިއީ މިހެން މައިރީން ފެންނާނެ އެންމެ ފަހު ފަހަރު ކަމުގައެވެ. ޔާދިންގެ ރުއިމުން މައިރީންގެ ހިތް މަޑު ކަފަ ކޮޅަކަށް ބަދަލުވި ފަދައެވެ. އޭނާގެ ކޮންމެ ކަރުނަ ތިއްކެއް މައިރީން ދެކެ ވާ ލޯތްބަށް އިއުތިރާފު ވަމުން ދިޔައެވެ. މައިރީން އެންމެ ލޯބިވާ ޔާދިންގެ ފަން އިސްތަށިކޮޅުގައި ފިރުމަމުން ދިޔައެވެ. ވޭނީ ކަރުނަތައް އޭނާގެ ދެލޮލުން އޮހެމުން ދިޔައީ ވާރޭގެ މިސާލުގައިއެވެ.
ތަޤްދީރު ނިޔާ އާއި މެދު އޭނާއަށް ޝަކުވާ ކުރެވުނެވެ. ދެ ލޯބިވެރިންގެ ރުއިން އެކޮޓަރީގެ ހަތަރު ފާރަށް އިވެމުން ދިޔައެވެ. އެވޭނީ ރުއިންތައް ކޮޓަރި ދޮރު ބުޑުގައި މަޑުކޮށްލައިގެން ތިބި ދެ ޒުވާނުންގެ މައިން ބަފައިންނަށް އިވެމުން ދިޔައެވެ. ޔާދިން ހަމައަކަށް އެޅިލަމުން މައިރީން މަސަލަސް ކުރިއެވެ.
މައިންބަފައިން ގާތުން ހުއްދަ ހޯދުމަށްފަހު މައިރީން ފުރޮޅުލީ ގޮޑިއެއްގައި ގޮވައިގެން ޓެރަހަށް އެރިއެވެ. ” ރީން.. މަންމަމެން ބުނީ ދޮގު ވާހަކައެއްނޫން.. ޔާދު މާފަށްއެދެން ރީންއަށް އެމެސެޖް ކުރެވުނީތީ.. ކައިވެނިކޮށްގެން ފިލަން.. ރީން މަންމަމެން ރީންދެކެ ވަރަށް ލޯބިވޭ.. ރީން ތިހެން ވާހަކަ ނުދައްކާ ހުންނާތީ ހުރީ ވަރަށް ބޮޑަށް ހިތުގަ ޖެހިފައި.. ރީން.. މައިންބަފައިން ދުވަހަކުވެސް ދަރިއަކަށް ދެރަގޮތެއްވާކަށް ބޭނުމެއް ނުވާނެ.. ރީން ތީ ކުޑަކުދިންދެކެ ނުލާހިކު ލޯބިވާ ކުއްޖެއް.. މެރީ ކޮށްގެން ލޭ އަޅާ ކުއްޖެއް ލިބިއްޖެއްޔާ އެކުއްޖާގެ ހިތުގައި ކިހާ ޝަކުވާއެއް އުފެދޭނެ.. ކިހާ ވޭން އަޅާނެ އެހަށިގަނޑުގައި؟ ކުއްޖަކު އެޑަޕްޓް ކުރިޔަސް އެ ނުވާނެ ރީންގެ ކުއްޖަކަށް.. ރީން ބޭނުން ވެއެއްނުން އަމިއްލަ ދަރިން.. ފަހަރެއްގައި މިހެން މިވީ ރީންއަށް ޔާދުއަށްވުރެ ރަނގަޅު ކުއްޖަކު ލިބެން ކަންނޭނގެ.. އައިނާ ބުނާނެ ރީން އަބަދުވެސް ލައިކް ވަނީ ޕޮލިސް ކުދިން ދެކެއޭ ބަޓް ޔާދު ރީން ޗޭންޖް ކޮށްލީއޭ.. ރީންއަށް އަންޑަސްޓޭންޑްވޭ ދޯ ޔާދު ދައްކާ ވާހަކަ.. ޔާދުގެ ހަޔާތަށް އެހެން ކުއްޖެއް އައި ނަމަވެސް ދުވަހަކުވެސް ރީންގެ ހަނދާންތައް މި ހިތުން ފިލައިގެން ނުދާނެ.. ” ހިތް މަތީ ހިލަގަނޑެއް ބާއްވަމުން ޔާދިން ބުންޏެވެ.
” ރީންވެސް… ޔާދުގެ ހަނދާންތަށް މި ހިތަކުން ފޮހެއެއް ނުލެވޭނެ.. ޔާދު ދެއްކީ ރަނގާޅު ވާހަކައެއްކަން ރީންއަށް ވިސްނޭ.. ބަޓް އިޓް ހާޓްސް.. ” މައިރީން ކުދިކުދިކޮށް ފެންނަމުން ދިޔަ އިމާރާތްތަކަށް ނަޒަރު ހިނގާލަމުން ބުންޏެވެ. ” އައި ނޯ ލަވް.. އިޓް ހާޓްސް މީ ޓޫ.. ” ޔާދިން މޭގައި ފިރުމާލަމުން ބުންޏެވެ.
ހިމޭންކަމުގެ ވަގުތުކޮޅުތެރޭ ދެ ޒުވާނުން އޮއްސެމުން ދިޔަ އިރާއި ދިމާލަށް ނަޒަރު ހިންގައިލިއެވެ. އުޑުމަތި ރަތާއި އޮރެންޖެގެ އެކި ޝޭޑްތަކުން ފަވާލެވިފައިވާއިރު ނުހަނު ހިތްގައިމެވެ.. ހޮސްޕިޓަލު ޓެރަހުން އެމަންޒަރު ފެންނަމުން ދިޔައީ ހުވަފެނެއް ފަދައިންނެވެ. އިރު އޭގެ ވާޖިބް އަދާ ކުރުމަށްފަހު އަލްވަދާއުކީ ދެޒުވާނުންގެ ގުޅުމަށް ނިމުން ގެންނަމުންނެވެ.
” ދި ސަންސެޓް އިޒް ބިޔުޓިފުލް، އިޒިންޓް އިޓް؟ ” ޔާދިންގެ އަޑު އިވި މައިރީން ޔާދިންއަށް ބަލައިލީ ކަރުނަވީ ލޮލަކުންނެވެ.”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







Mi part ves v reethi Masha allah
Mi part kiyaafa rovijje 🥺
Mai and yaadh dhuru nukurachey
They are very lovely couple
Love you ❤️
Awwnn thank you so much Cutie girl.. Alheyy dhen hinga vaa goi balan.. Insha allah sundayga next part part kiyaalan libeyne 💜🦋
i am still crying…. hama heevee etehanuga hurevunu hen… varah molhu waiting for next part
Thank you so much Nadhoo.. Insha Allah next part sundayga💜🦋
You’re so talented
Mi part kiyaafa rovijje Mai and yaadhu ah vee gothun
Curiously waiting for next part
Mai and yaadhu dhuru nukurachey
Raakin and aina ves
Thank you so much Cutie girl than means a lot to me.. Vrh happy komme part ehga vx cutie girl he comment eh libeythy.. Let’s see dhw vaa goi dhen.. Lyssm dear💜🦋
Hey butterfly
Maasha allah mi part vx varah varah reethi…
Yaadhu and mai dhurunukurahcheyyyyy… plzzzzzzzzzzzzzzz
Next part kon irakun
Can’t wait
Hey vempire girl
Thank you so much.. Vrh happy vejje mi part reethi v kan enguneema.. Let’s see dhw vaa goi insha allah next part sundayga.. Lyssm dear 💜🦋
Aughhh maaaashhhhhh.. enme fahu sentence kiyaalaafa hama rovijje.. handhaan v ekkala edit mathin.. their relationship started with a “the moon is so beautiful isn’t it” and ended with “the sunset is beautiful isn’t it”.. it really made me cry hama.. Masha Allah Maash haadha haadha molhey.. mee mihaaru mi site in nayaa ah hama enme enme reethi vaahaka.. keep it up dear.. waiting for the next part.. lysm 🩷
Hey Nayaa
Alhey yes e edit hadhaafa eyny story aa gulhuvaalaafa ey.. Yes their relationship started and ended with a phrase dhw,, thank you so much nayaa.. Ur words mean a lot to me darling 🥰 next part insha allah sundayga.. Love you more darling 💜🦋
how many parts are there?
Maybe next part will be the last part.. There will be a season 2 on this story ☺
Wowww ♥️
When next part? Curiously waiting for the next part ♥️♥️
Btw vrh reethi story Masha Allah ♥️🥰
Love you ♥️♥️
Next part insha allah sundayga.. Thank you so much Ika.. That means we lot darling.. Love you more darling 💜🦋
butterfly reply kurany ehbai kudhihnah tha
Nooney, Idk.. Butterfly balany tharutheebun kureveythw but eyye reply kuran indha kuda kameh dhimaav thats why nukurevuny.. sorry dear😔
Curiously waiting for season 2
You’re one of my fav writer
Next part ga Mai and yaadhu dhuru nukurachey ingey
Season 2 insha allah new story akah fahu kiyaalan libeyne.. Awwwn thanks cutie girl.. That made my day… Dhen let’s c dhw mai mennah vaa goi. 💜🦋
I appreciate your hard work
Umeedhu mi story season 2 nimuneema news story eh kiyaalan libeyne kamah
Eyee cutie girl ge comment eh olhigen anonymous jehifa
Sorry
Thank you so much for ur support💜🦋