Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 9 & 10

Annora Level 610 Stories100 Login100 Comments100 Stories
June 9, 2024 14 Mins Read
21 Comments

އެޕިސޯޑު 9

ގަތްބިރުން ނަޥާރް އަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ހަނދާނަށް ފުރަތަމަވެސް އެރީ އާނާގެ ނަމެވެ. ނޭނގޭ ސަބަބަކާއިހުރެ ނަވާރްގެ ހިތް ބިރުގަންނުވާލައިފިއެވެ. “އާނާ… ޔަޒަން … އާނާ …” ބިރުން ތުރު ތުރު އަޅާ ހާލުގައި ނަވާރް އަށް ދުއްވައިގަނެވުނީ ސިޑިއާއި ދިމާލަށެވެ. އޭރުވެސް މަތީ ފްލޯއިން ހަޅޭކުގެ ނުހަނު ބާރަށް އިވެއެވެ.

***

ފޯނުން އަލިކުރަމުން ޔަޒަން  އާއި ނަވާރް ދުވަމުން މައްޗައް އެރުނު އިރު މާނޭވާ ލެވޭ ވަރު ވިއެވެ. އާނާއާއި މިލީނާ އާއި ތިބި   ކެބިން ކައިރިގައި ތޮއްޖެހިފައިވާ މީހުން ގަނޑު، މީހުންގެ ފޯނުތަކުގެ ފްލެޝްލައިޓުގެ ސަބަބުން  ދެމީހުންގެ ލޮލުގައި އަޅައިގަތެވެ.

މީހުން ގަނޑު އެއްފަރާތް ކުރަމުން ޔަޒަން އަށް އެތެރެއަށް ވަދެވުން ހިނދު ހީވީ މުޅި ދުނިޔެ ހުއްޓުނު ހެންނެވެ. ލެއިން ކަޅިވެފައި އެވަނީ އާނާ އާއި މިލީނާ އެވެ. ޖެހި ބުދެއް ހެން ހުރި އިރު ޔަޒަންގެ ސިކުނޑިވެސް އެވަގުތު މަސައްކަތް ނުކުރާ ކަހަލައެވެ.

“މިކުއްޖާ ފުރާނަ ހުރި ކަމެއް ވެސް ނޭނގޭ.. ” ކައިރިޔަށް އައިސް ހުއްޓުނު ދުވަސްވި އަންހެނަކު ވެސް ރޮވިފައި ހުއްޓެވެ. ޝޮކް ޖެހިފައި ހުރި ނަވާރް އަށް ހޭވެރިކަން ވީ ކުއްލިއަކަށެވެ.  ނަވާރް އަށް ދުއްވައިގަނެވުނީ އާނާއާއި ދިމާލަށެވެ. އޭރު އެހެން ކެބިން އެއްގައި ކާން އައިސް އިން ނަރުހަކަށް މަސައްކަތް ކުރާ އަންހެން ކުއްޖެއް އިނެވެ. އެ ކުއްޖާ  އާއި އިތުރު މީހަކު މިލީނާ ބޮލުގައި ފަޅައިގެން ގޮސްފައިވާ ތަނުގައި ބެންޑޭޖް ކުރަމުން ދިޔައިރު އާނާގެ ކައިރިގައި ވެސް ދެތިން މީހަކު ދިޔައީ ހަރަކާތް ތެރިވަމުންނެވެ.

ނަވާރް ދިޔަ ބާރު މިނުގައި އާނާގެ ކައިރިގައި ތިބިމީހުންތައް ވެސް ދުރަށް ކޮށްޕާލިއެވެ. ލެއިން ކަޅިވެފައިވާ އާނާގެ ކައިރިއަށް ޖެހިގަނެވުނު އިރު ނަވާރްގެ ހޭ ބުއްދި ފިލާފައި ވާފަދައެވެ. “ނާނާ.. އޭތް .. އާނާ ..އަހަރެން ބިރު ނުގަންނަވާ .. ތެދުވޭ.. ތެދުވާށޭ..” ލެއިން ކަޅިވެފައިވާ އާނާގެ ގައިގަ ހިފައިގެން ހުރެ ނަވާރް ރޮއިގަތެވެ. އާނާ ގައިގާ ކޮއްޓާމުން އެތަް ވަރަކަށް ހަޅޭއްލެވިއެވެ.  “އާނާ.. ޢޭ ލޯ ހުޅުވަބަލަ .. އާނާ..” ނަވާރްގެ ރުއިމުގެ އަޑު މުޅިތާގައި ހިފާލައިފާ ވާއިރު އާނާ އަށް ގޮވަމުން ދިއައެވެ.

” އެކްސްކިއުޒް މި ކުއްޖާ ވަރަށް ކްރިޓިކަލް .. މިހާރު އެމްބިއުލޭންސް އެބައާދޭ.. ވަރަށް ބައިވަރު ލޭ އެބަހުރި ލޫޒް ވެފަ….”  މިލީނާގެ ބޮލުގައި ބެންޑޭޖް އަޅާފައި އެ ނަރުސް ކުއްޖާވެސް ދުވެފައި އާނާކައިރިޔަށް އައެވެ . އެކުއްޖާ ވާހަކަ ދެއްކިނަމަވެސް ނަވާރް އަކަށް އެއަޑެއް ވެސް ނިވެއެވެ.

ޔަޒަން އަށް ތަނެއް ދޮރެއް ރެއަކާލާވަރު ވީ އެމްބިއުލޭންސް އައި ހަބަރާއެކު މީހަކު އައުމުންނެވެ. ތެޅިގަނެފައި އާނާގެ ގާތައް ދެވުން އިރު ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ.

ނަވާރް ހިތްވަރު ކޮށްލައިފާ ނޫރާ އަށް ގުޅިއެވެ. ރޮމުން ރޮމުން އާނާ އަށް އަނިޔާވި ވާހަކަ  ބުނެވުނީ ވެސް ކިރިޔާއެވެ. ނަވާރް ދިޔައީ ތުރުތުރު އަޅަމުންނެވެ. އެއްވެސް ހަރަކާތެއް ނެތި އާނާ އޮތް  އިރު ލޭގެ އަސަރު ނެތް އެއްވެސް ތަންކޮޅެއް ނުވެއެވެ. އާނާގެ ބޯ ނަވާރްގެ އުނގަށް ލަމުން އާނާގެ މޫނުގައި ހިފައި ގޮވަމުން ދިޔަ ގޮތުން އެތާތިބި މީހުންގެ ހިތްތަކައް ވެސް އަސަރު ކުރިއެވެ.

މިލީނާ އެނދުގައި ނެރެން ފެށުމުން ޔަޒަން އާނާ އަތްދަނޑިމައްޗަށް ލައިގެން ދުވެފައި ނުކުތެވެ. ކަރަންޓް ވެސް އަޢީ އެވަގުތުއެވެ.

އެމްބިއުލޭންސްއަށް ދެމީހުންނަށް އެރުވުނު އިރު ނަވާރް އާއި ޔަޒަން އަދި އެމީހުން ނަށް އެހީވި ނަރުސް އަންހެންކުއްޖާ ވެސް އެރިއެވެ. އޭރު ހޮސްޕިޓަލުން ފޮނުވި ދެޑޮކްޓަރާއި ދެ ނަރުހުން ތިއްބެވެ.

އެމްބިއުލޭންސް އޭގެ އެންމެ ބާރު ދުވެލީގައި ދިޔަނަމަވެސް ވިއްސާރައިގެ ސަބަބަން ނުހަނު ދުއްވަން އުނދަގުލެވެ.

“ސީޒް ފައިން .. ..” މިލީނާ ރަނގަޅުކަމުގައި ބުނުމުން ވެސް އެކަކަށްވެސް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ޔަޒަން އާނާގެ އަތުގެ ހިފައިލާގެން ހުރި އިރު ހުއްޓުމެއްނެތި ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ނަވާރްގެ ރުއިމުގެ އަޑު މުޅި އެމްބިއުލޭންސްގައި ހިފާލައިފައެވެ. ކުއްލިޔަކަށް ފެނުނީ އާނާގެ ނޭވާ އަވަސް ވާން ފެށިތަނެވެ. ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރަމުން ދިއައެވެ.

“ނާނާ.. ދޮންބެ މިހުރީ އޭ.. ލޯ ހުޅުވާލަބަ..” ރޮވެމުން ދިޔައިރު ޔަޒަން ގެ އަޑުބޭރުވަމުން ދިޔައެވެ. ”ކާކު މިހެން ހެދީ.. އަހަރެން އެމީހެއް ދުވަސް ދުއްވާލާނަން .. އާނާ ..އާނާ..” ފިރިހެނަކަށް ވިޔަސް ކެތްކުރެވޭނީ ވަކިވަރަކަށްތާއެވެ.

އާނާގެ ނޭވާތައް އޭރު ކުރިއަށް ވުރެން އަވަސް ވެފައި ވާ އިރު ދެލޯ ވެސް ދެބަޔަށް ހުޅުވިފައެވެ. އާނާގެ ދެތުންފަތް ހަރަކާތް ކުރަން ފެށިއެވެ. “ދޮން .ދޮން..ބޭ..އަމް ސޮރީ…” އެތަކެއް ވޭނެއް ތަހައްމަލް ކުރަމުންދާކަން އާނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. އާނާގެ އަޑު އިވުމުން ޔަޒަން އާނާއާއި ކުރިޔަށް ވުރެންވެސް ކާރި ވެލިއެވެ.

“ޝޫޝް… ނޫން ދޮންބެ އަށް މާފްކުރޭ ..އާނާ ސްޓްރެންތް ގެއްލުވާ ނުލާ ދޫނީ… ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އިންޝާﷲ… ދޮންބެގެ ސްވީޓްހާޓް..”ޔަޒަން އަށް ރޮވޭވަރުން ވާހަކަ ދެއްކުމަށްވެސް ދަތިވިއެވެ.

“ދޮ..ންބޭ..އާހް..މަންމާ…ބައްޕަ ..ނަވާ ވަރަށް…ލޯ..ބި ވޭ….އަހަރެން ނެ..ނެތަސް …އަކްރަމްބެ..އަށް.. އަނގަޅަށް ކަން..ތައް..ކުރޭ…އެއީ..ރަނ..ގަޅު..މީހެ..އް….ނަވާ އެމީހުން..ނަށް ނުފެންނަ ތާކަށް..ދޭ … ނަ..ވާ..ކެއާ..ކެއާފުލް…ދޮންބޭ..ސޭވް..ނަވާ.. ފޯރް..އެވާ..”ވަރުދެރައަތުން އާނާ ޔަޒަންގެ އަތް މައްޗަށް ރޯން ހުރި ނަވާރްގެ އަތް ލެވޭ ވަރުވީ ކިރިޔާއެވެ. ސަހާދަތުގެ ދެކަހިމަ އާނާ އަށް ކިޔުނު ހިނދު މޭޝިނުގެ ބީޕް އަޑުގަދަވިއެވެ. ޔަޒަން އާއި ނަވާރް އެއްކައިރި ޖައްސުވާ ޑޮކްޓަރު ޑިފިބްރިލޭޓާ އިން ޝޮކް ތައް ދޭން ފަށައިފިއެވެ. އާނާގެ ވިންދު ދަށްވިއެވެ.

އޭރު “ރެޑްވޫޑް” ހޮސްޕިޓަލް އަށް އާދެވިއްޖެއެވެ. އެމްބިއުލޭންސްއިން ފޭބި އިރު ނޫރާ އާއި އަކުރަމް އަދި ޒަޔާން އާއި ރިހާމް ތިއްބެވެ. އެންމެންގެ ލޯތަކުން ކަރުނައިގެ އަސަރު ވިއެވެ. މިލީނާ އާއި އާނާ ގެންދެވުނީ އައިސީޔޫ އަށެވެ. އެންމެން އައިސީޔޫ ގެ ބޭރުގައި ތިބިއިރު ނުރޯ އެކަކުވެސް ނެތެވެ. ޔަޒަން އާއި ނަޥާރް ވަނީ ލެއިން ތަތްތެޅިފައިއެވެ. ނޫރާގެ ގައިގާ ބައްދާލައިގެން އިނދެ ނަވާރްއަށް ގިސްލެވެމުން ދިޔައިރު ނޫރާއަށް ވެސް ރޮވެމުންދިޔައެވެ.

ޔަޒަން މޫނުގައި ދެއަތުން ހިފަހައްޓައިގެން އިން އިރު އިނގިލިތަކުގެ ދޭތެރެއިން ކަރުނަތިކިތައް  ފައިބަމުން ދިޔައެވެ. އަކުރަމް ޔަޒަންގެ ކޮނޑުގައި ހިފައިގެން ހުރިއިރު ރިހާމް އާއި ޒަޔާން ވެސް ދެފަރާތުގައި ތިއްބެވެ.

ގަޑިއިރެއް ވީފަހުން މިލީނާ ނެރުނުއިރު މުޅި ބޮލުގައި ބެންޑޭޖްކޮށްފައިވާ އިރު އައިވީ ގުޅާފައިވެއެވެ. އެވަގުތު ވީ ނަމްރާއާއި މުރުޝިދާއަދި މުނާޒްގެ އަންހެނުން ރަހުމާ އާއި މީޝަމް އަދި މިހުރާން ވެސް އައި ވަގުތެވެ. ނަމްރާއާއި މުރުޝިދާ އަދި ރަހުމާ މިލީނާގެ ފަހަތުން ދިޔުމުން މީޝަމް އާއި މިހުރާން ނަވާރްގެ ގާތައް ދިޔައެވެ.

“އާނާ އިބްރާހީމް ޔާމީން..” އައިސީޔޫ އިން ބޭރަށް ނުކުން ޑޮކްޓަރާއި އެކު ހުރި ނަރުސް ކުއްޖާ ގޮވާލުމުން އަކުރަމް ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ދިޔައެވެ. “ޑޮކްޓާރ.. ކިހިނެތްތޯ އަޅުގަނޑު ދަރިފުޅު ..” އަކުރަމްގެ ސުވާލުން ޑޮކްޓަރުގެ މޫނުމަތީގެ ކުލަވަރު އެއްކޮން ބަދަލްވިއެވެ.

“އަމް ސޮރީ ..”މާޔޫސްވެފައި ހުރި ޑޮކްޓަރުގެ ޖުމްލައާއެކު އެންމެންގެ ރުއިމުގެ އަޑުގަދަވިއެވެ.

“ވަރަށް މަސައްކަތް ކުރިން… ހަށިގަނޑުގެ ފަންސަވީސް ތަނަކަށް އެބަހުރި ތޫނުއެއްޗެއް ހަރާފަ ޒަހަމް ކޮށްފަ.. ހީވާގޮތުން ވަޅި އެއް ނުވަތަ ކަޓަރެއް ޖަހާފަ ހުރީ.. ވަރަށް ފުން ކޮން ހުރީ ޒަހަމްތައް.. ވަރަށް ބޮޑަށް ބްލަޑް ލޫޒް ވެފަ މިކޮޅަށް ގެނައިރުވެސް އޮތީ.. އާނާގެ ރިޕޯޓްތައް އިރޮޅެއްގެ ތެރޭގައި ފެމެލީއާއި ހަވާލްކޮށްދެއްވާނެ.. ޕޮލިހަށް އިންފޯމް ކޮށްލާފައި އިން ކޭސްއެއް ވީމަ އާނާގެ ބޮޑީ ފެމެލީ އާއި ހަވާލް ކުރެވޭނީ އެބޭފުޅުން ތަހްގީގް ކޮށްފަ..” އަކުރަމްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރު އެތެރެއަށް ވަދެގެން ދިޔައިރު އަކުރަމް އަށް ހުރިދިމާލަށް ތިރިވެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ.

“ކޫ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ .. އިންޝާﷲ.. ކެތްކުރޭ .. މަރުވެފައި އޮތް މައްޔިތާގެ ފުރާނައަށް ގެއްލުން ވާނެ ކަރުނަ އޮއްސަންޔާ…އިންސާނުންނަށް އިމްތިހާނުތަކާއިވެސް ކުރިމަތިވާނީ.. މިވެސް އިމްތިހާނެއް.. ހިތްވަރު ކުޜޭ..”ޒަޔާން އޭނާގެ ކޮންޑުގައި ބޯ އަޅާއިގެން އޮތް ޔަޒަންގެ ބުރަކަށީގައި ފިރުމާލިއެވެ. ރިހާމް ވެސް އޭރު އާއިލާގެ ފަރާތުން ސޮއި ކުރަން ޖެހޭ ލިޔުންތަކެއްގައި ސޮއި  ކުރަންހުއްޓެވެ. ޔަޒަންގެ ހާލަތު ހުރިގޮތުން މިވަގުތު އެފަދަ ކަމެއް ނުވާނެ ކަން އެނގޭތީ ރިހާމް އެކަމާ ހަވާލް ވިއެވެ.

އޭރު މިލީނާވެސް ހޭ އަރާފިއެވެ. މިލީނާ ހުންނަނީ ގަބުވެފައި އެވެ. އާނާ މަރުވިއްޔާ ނަމްރާ ބުނުމުން ވެސް ހުރީ ހުއްޓިފައެވެ. އެއްވެސް ބުއްދިއެއް ނުވާ މީހަކު ފަދައެވެ. ދެން ފެނުނީ އަބުރައިގަންތަނެވެ.

ޕޮލިހުން ތަހުގީގު ނިމުނީ ހެނދުނު ވީފަހުންނެވެ. އާއިލާއިން ބޭނުން ވި ގޮތައް އަވަސް ވެގަތީ ވީހާ ވެސް އަވަހަކަށް  އާނާގެ ޖަނާޒާގެ ކަންތައްކުރުމަށެވެ. ހިނަވައި ނިމުނު ހިނދު މީހުންތައް މޫނު ބަލަން އެއްވިއެވެ.

ރިހާމްއާއި ޒަޔާންގެ އެތައް ނަސޭހަތަކަށްފަހުން ހިތްވަރުކޮށްފައި ޔަޒަންގެ ރުއިން ހުއްޓުމަކަށްއައި ނަމަވެސް  އާނާގެ މޫނު އެންމެ ފަހުފަހަރަށް ބަލަން ކައިރިވި ވަގުތުން އެ ހިތްވަރު ގެއްލިއްޖެއެވެ. ދެލޮލުން ފެންތައް ފައިބާ ހާލު އާނާގެ ނިތުގައި ބޮސްދީ އެންމެ ފަހުގެ ވަދާއީ ސަލާމް ކުރިއެވެ. އޭރު މިލީނާ ހޭވެރިކަންވެ ރުއިމުގެ އަޑު މުޅި ތާގައި ހިފާލައިފާވިއެވެ.

ސަޙުރޫޒް މިލީނާގެ ގައިގާ ހިފަހައްޓައިގެން ހުރި އިރު އޭނާގެ ލޮލުގައިވެސް ވަނީ ކަރުނައެވެ. ހުރިހަމައެކަނި އަންހެން ކާފަ ދަރިފުޅު އެފަދަގޮތަކަށް ވަކިވެގެން ދިޔުމުން އަސަރުކުރާނެތާއެވެ. އާނާގެ މަރުގެ ހަބަރު ލިބުނުއިރު އޭނާ ހުރީ ރައްޓެއްސަކާއި ބައްދަލް ކުރުމަށް ގޮސް ހުޅުމާލޭގައެވެ.

އާނާގެ މޫނު ދެއްކުމަށްޓަކައި ޔާމީންވެސް ފޮލިހުންގެ ހާޒިރުގައި އާސަހަރާއަށް ގެނެވުނެވެ. މީހާ ހިކި އަނަރޫފަ ވާއިރު ފެންނަނީ ނުހަނު ނިކަމެތިކޮންނެވެ. އޭނާގެ ލޮލުންވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައްފައިބަމުން ދިޔައެވެ.

އާނާގެ ވަޅުލުމުގެ ކަންތައް ނިމުމުން ފަހަރަކު ބައެއް ނުކުމުގެން ދިޔައިރު މަހާނަ ގެ ކައިރީ ޔަޒަން އެތަކެއް އިރެއް ވަން ދެން އިށީންދެގެން އިނެވެ. އޭރު ވެހެމުންދިޔަ ހިމަފޮދުވާރޭ ވެސް ބޯކޮށްލީ ކުއްލިއަކަށެވެ. ވިއްސާރަ ތޫފާނަކަށް ބަދަލުވެ ވިދާ ގުގުރާ ގަދައަށް ވައި ޖެހެމުން ދިޔައެވެ.

ޔަޒަން ރޮމުން ދިޔައިރު އެ ފިރިހެންވަންތަ މޫނުމަތީގައި ވަނީ ހިތްކުދިކުދިވާ ފަދަ އަސަރުތަކެކެވެ. ހިތައް ކެތް ނުވާވަރަށް މެޔަށް އުނދަގުވާން ފެށުމުން މޭގައި އަތް ޖައްސައިލާގެން އިނދެމުން ރޮމުން ދިޔައިރު ދުރުގައި ތިބި ރިހާމް އާއި ޒަޔާން އާއި މިހުރާން ވެސް ތިބީ ރޮވިފައެވެ.

މިހުރާން އެމީހުންނާއި ފުރަގަސްދީގެން ދިޔައިރު އެމޫނުމަތިގައިވީ ހިތްދަތިކަމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި އޭނާއަށް ގެއްލިއްޖެއެވެ. އޭނާގެ ސީރިއަސްކަމެއް ނެތް މިޒާޖަށް ސީރިޔަސް ކަން ވަދެ ހަރުދަނާ ވީ އާނާގެ ސަބަބުންނެވެ. އާނާއާއި ލޯބީގެ ގޮތުން ގުޅުނުތާ މިވީ އެންމެ ދުވަހެކެވެ. ދެއަހަރުވަންދެން މިހުރާން އާނާ އަށް އާދޭސް ކުރިފަހު އާނާ މިހުރާން އަށް އާބަސް ބުނީ ރޭގައި ނަޥާރްއާއި އެކު ރެސްޓޯރެންޓަށް ދިޔަ މަގުމަތީގައި މިހުރާން އަށް މެސެޖްކޮށްފައެވެ.  ދެވަނަ ދުވަހު މި ދެކެންޖެހުނީ އެންމެ ލޯބިވާ  އަންހެންކުއްޖާގެ ފުރާނެނެތް މަސްގަނޑެވެ. ދުނިޔެއަކީ މިފަދަ ކެހިވެރިތަނެކެވެ.

***

ވަޔާ ކެރިޔާ އެއްވަރަށް އަންނަމުންދިޔައިރު ނަވާރް ، ކޮޓަރީގެ ބެލްކޮނީގެ ރެއިލިން ގައި ލަތްވެލައިގެން އިށީންދެ އިންއިރު ގިސްލެވެއެވެ.

ނަވާރްގެ ދެލޯ ދުޅަވާން ކައިރިވެފައިވީއިރު އެދެލޮލުން ކަރުނަ ހުސްނުވާ ކަހަލައެވެ. މުޅިކުއްޖާގެ މޫނު ވަނީ ދުޅަވެ ރަތްއަރާފައެވެ. “ދަރިފުޅާ ނަވާ.. ދެންހިނގާ ދަމާ.. ބަލިވެދާނެ….ނާނާއެއް ދެން ނާންނާނެ.. މިކެހިވެރި ދުނިޔެއާއި ނާނާ ވަކިވެއްޖެ..”ނޫރާ، ނަވާރް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ނަވާރްއަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް ނޫރާއަށްވެސް ދިޔައީ ރޮވެމުންނެވެ.

“މަންމާ.. އަހަންނަށް އެ..އެންމެ ފަހު..ވަގުތު ވެސް އެ..އެތާ ނުހުރެވުން…އާނާ އަހަރެން ކުރިމަތީގަ އޮތީ..ލެ..ލެއިން ކަޅިވެފަ..”ނަވާރްގެ ހިތައް އަސަރު ކޯށްފައިވަނީ ނުހަނު ބޮޑަށެވެ. އޭރު ނަވާރްގެ ގާތައް މީޝަމް އައިސް ހުރި އިރު ނަވާރްގެ ހާލަތު ފެނުމުން އޭނާގެ ހިތްފަޅައިގެން ދާވަރުވިއެވެ.

އެންމެގާތް އެކުވެރިޔަކައަށް އާނާ ފަދަ ހިތްހެޔޮ ކުއްޖެއް ހުރުމަކީ އޭނާގެ ނަސީބުކަމުގައި ނަވާރް އަބަދުވެސް ދެކެއެވެ. މީޝަމް އާއިއެކު ވެސް އުޅުނަސް އޭނާއާވެސް ނުބޭއްވޭފަދަ ގާތްކަމެއް އާނާއާއި އޮތެވެ. ހިއްސާ ނުކުރާއެއްވެސް ކަމެއް ނޯވެއެވެ. ހިޔަނި ފަދައިން ދާ ކޮންމެ ތަނެއްގައި ވެސް ދެ އެކުވެރިން އަބަދުވެސް ވީ އެކުއެކީގައެވެ. އެކުގައި ކިޔަވާ ފިލްމްބަލާ އެއްޗެއް ކައްކާލާ ކައި ހަދާ މަޖަލާއެކު އުޅުނު ދުވަސްތައް މަތިން ހަނދާންނެތޭނީ ކިހިނެތްހެއްޔެވެ. އާނާގެ ހިތުގައި ވާރޭ އަށް އޮތް ލޯބި އެކަކަށް ވެސް ނުއޮޅޭނެއެވެ. ނަވާރް އާއި އާނާ އެކު އެކީގައި ތެމި ސަކަރާތުގައި އުޅުނު ދުވަސްތައް މަތިން ހަނދާން ނަވާރްގެ ހިތައް ދިއައީ އިންތިހާއަށް ތަދުކުރަމުންނެވެ.

“ޔަޒަން ކިހިނެތްތޯ  ގުޅާލަބަލަ… ދޮންތަ ބުނީ މިލީނާ ދައްތަ ރޯވަރުން ގެޔަށް ދާން ވެސް ނުކެރިފައޭ.. ވަރަށް  ސަކަރާތޯ.. އަނބުރައިގަނެގެން ދެބުރަށްއުޅޭފީމޭ ބުނި.. މިހާރު އޮތީ ނިދާ އިންޖެކްޝަންގެ އެހީގަ..” މުރުސިދާ ގުޅާފައި ދެއްކި ވާހަކަ އަލާނާ ޒަހުރާން އަށްކިޔައިދެމުންދިއައެވެ. ޒަހުރާން ވެސް އަވަސްވެގަތީ ޒަޔާންގެ ފޯނަށް ގުޅުމަށެވެ. ޒަޔާން އަށް ގުޅުމާއެކު ހެން ނިކަން އަވަހަށްފޯނު ނެގިއެވެ.

”ޔަޒަން ވެސް މިހާރު ކުރިއަށް ވުރެން ހަމައަކަށް ފަޔޯ..އެ ގޭގަ އެމީހުން ވެސް ތިބީ މިހާރު..އިރުކޮޅާކުން ޕޮލިސް ސްޓޭޝަން އަށް ދާން ވެގެންނޯ މިއުޅެނީ .. ސައްކު ކުރެވޭ ދެމީހަކު ހައްޔަރު ކުރި ވާހަކަ ބުނި… ޒަޔާންމެން ދެން މަޑުކުރާނީ އޭ ބުނީ އެކޮޅުގަ..” ޒަޔާން ބުނެލިވާހަކަ ތައް އަޅާނާ ގާތު ޒަހުރާން ބުނެލިއެވެ. އަލާނާ ވެސް ބޯޖަހަލަމުން ލޮލުގެ އިޝާރާތުން ދައްކައިލީ  ބެލްކޮނީގައި ހުރި ނަވާރްއެވެ.

ޒަހުރާން ބެލްކޮނީގެ ދޮރުހުޅުވާލައިފާ ގޮސް ނޫރާގެ ގައިގާ ބައްދާލައިގެން އިން ނަވާރްގެ އަތް ނައްޓުވާ އަތްދަނޑިމައްޗަށް ލައިގެން އެތަނުން ނުކުތެވެ. އޭރުވެސް ނަވާރް ދިޔައީ ރޮމުންނެވެ. ނަވާރް ފިނިކަމުން ޙިވަނީ ގަނޑުފެންކޮޅެއްހެންނެވެ. ޒަހުރާންވެސް ހުރީ ހީކަރުވާ ގަންނަގޮތް ވެފައެވެ. އޭނާ ނަވާރްގޮވައިގެން ގޮސް ވަނީ އޭނަގެ ކޮތަރިއަށެވެ. އޭރު އަލާނާ އާއި މީޝަމް ވެސް ނަވާރްގެ ހެދުމެއް ހިފައިގެން ފަހަތުން އައެވެ.

“..ނަވާ.. އެނގޭތަ ރުއިމަކީ ވަރަށް ގޯސްކަމެއް .. އެކަމުން އާނާއަށް ގެއްލުން ވާނެ..އާނާ ވެސް ހެޕީ ވާނެ ނަޥާ ހެޕީ ކޮން އުޅޭންޖެހެންޔާ..ޕޮލިސް ސްޓޭޝަންއަށް ދާނަން ދޯ  .. ޗޭންޖް ކޮށްލައިގެން ނުކުމެލާ އެބަހުންނަން ބޭރުގަ..” ކުށްވެރިން ހައްޔަރު ކޮށްފަ އެބަތިކަމަށް ބުނެ ޒަހުރާން ނުކުމަތީ ބޭރަށެވެ.

ޒަހުރާން ނުކުން އިރު ނޫރާ ތެތްއަންނައުނު ބަދަލްކޮށްގެން އައިސް ނަޥާރްގެ ކޮޓަރިން އާނާގެ ސާމާނުތައް ނެރެމުންދިޔައެވެ. ޒަހުރާން ވެސް ނޫރާއާއި ބައިވެރިވިއެވެ.

އަލާނާގެނަ ކަޅުކުލައިގެން ސްވެޓަރާއި  ނޫ ޖިންސް ލައިގެން ނަވާރް ނުކުތެވެ. މީޝަމް އައިސް ނަވާރްގެ ހޭވިފައި ހުރި އިސްޓަށިކޮޅުގައި ކުޑަކޮން ފުނާ އަޅާލާ ވޫލްކޮޅެއް ޖަހައިލުމުން ކުރިޔަށް ވުރެން މޫނުމަތިން އަލިހެން ހީވިއެވެ. ނަމަވެސް މޫނުމަތީގައި ރުއިމުގެ ސަބަބުން ހުރި ރަތްކަމާއި ދުޅަކަން އޭރުވެސް ނުހަނު ބޮޑަށް ހުއްޓެވެ.

ނަވާރް ނުކުން އިރު ގޭގެ ބެލް ޖަހާ އަޑުއިވުނެވެ. ނޫރާގޮސް ދޮރުހުޅުވާލި އިރު ޕޮލިސް ޔުނީފޯމްގައި ތިބި ދެ މީހަކު ތިއްބެވެ.

“އައްސަލާމް އަލައިކުމް … ނޫރާ އުޅުއްވާތޯ ..”އެތަނުން އެކަކު އެހާލިއެވެ.

“ލައްބަ.. އަޅުގަނޑު..” ނޫރާގެ ޖަވާބު ދިނުމުން އެމީހުން ބޯޖައިހައިލިއެވެ. “އާނާގެ މަރުގެ ތަޙްގީގަށް ބޭނުން ވާ ބައެއް މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާ ކޮށްލުމަށް އަޅުގަނޑުމެންނާއި އެކު ދުރުދެއްވާ..” ވަރަށް އަދަބުވެރިކަމާއެކު ކުރިން ވާހަކަ ދެއްކި ޒުވާނާ ބުނުމުން ނޫރާ ބޯ ޖަހައިލުމަށް ފަހު އެމީހުންނާއެކު ނުކުތެވެ. ނޫރާގެ ފަހަތުން އަލާނާ ދިޔުމުން ޒަހުރާން ނަވާރް ގޮވައިގެން ކާރުގައި ފޮލިސް ސްޓޭޝަނަށް ދިޔައެވެ.

***

“ކަލޭ ތަ… އާނާ މަރާލީ ..އޭތް … ހޭ އަރުވާލާނަން ހަނދާން ކުރާތި.. ” އާނާ މަރާލިކަމަށް ޝައްކުކުރެވޭ ދެމީހުން ބަނދުކޮށްފައި ކޮށީގެ ތޭރިތަކުގައި ތަޅައިގެން އިރު ޔަޒަން ރުޅިއައިސް ތުރުތުރު އަޅައެވެ. ބަންދުކޮށްފައިވާ ކޮށީގެ ތޭރިތަކުގައި ތަޅަމުން ދިޔައިރު ކޮށީގެ ތެރޭގައިވާ ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ޖެހިލުންވުމެވެ. ރިހާމްއާއި ޒަޔާން އަށް ވެސް ޔަޒަން ހިފަހައްޓައިނުލެވުނެވެ.

“އަހަރެމެން ކިތައްފަހަރު ބުނާނީ އަހަރެމެން އެތަނަށް ދިޔައީ ކާށޭ.. އެއީ އަހަރެމެން ކުރިކަމެއް ނޫން..ބަޔަކު އަހަރެމެން ބައްދައްވެގެން ކުރިކަމެއް މީ” އެތަނުން އެކަކު ޖަވާބު ދިން އިރު މޫނުމަތިން ވެސް ކަންބޮޑުވެފައިވީވަރު ފެނެއެވެ.

“ދެން ކީއްވެ އެތާގަ އެތައް ބައިވަރު ޕްރައިވެޓް ކެބިންތަކެއް ހުރި އިރު ކަލޭމެން ތިބި މޭޒުދަށުން އާނާ ގަޔަށް ހެރި ވަޅި ފެންނަން ވީ.. ” އެތަނަށް ހުއްޓުނު އިސްޕެކްޓާރ ފަވާދު ބުނެލިއެވެ. ފަވާދު ޔަޒަންގެ ކޮނޑުގައި ހިފާލަމުން އޭނާއާއި އެކު އައުމަށް ބުނެލިއެވެ.

އިންތިހާއަށް ރުޅިގަދަވެފައި ހުރި ނަމަވެސް ފަވާދުއާއި އެކު އޭނާ ވެއްދި ކޮޓަރިއަށް ވަނެވެ. އޭރު ޝަހުރޫޒް އާއި އަކުރަމް އާއި ނޫރާ ވެސް އެތާ ތިއްބެވެ. ފަވާދު ކުރުގޮތަކަށް އެތަނައް ގެނެވުން ބޭނުން ބުނެ ހައްޔަރު ކުރެވުނު މީހުންގެ ވަނަވަރު ކިޔައިދިނެވެ.

“މުޅި އިމާރާތް އަޅުގަނޑުމެން ބަލާފާސްކުރިން.. ރެސްޓޯރެންޓް ހިމެނޭ ދެ ފްލޯ ކަމަށް ވާ އެގާރަ އަދި ބާރާހިމެނޭހެން .. ބެލިބެލުމުގައި މިލީނާއަދި އާނާ ތިއްބެވި ކެބިން އާއި ޖެހިން ހުރި ކެބިންގެ މޭޒު ދޮށުން އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ހަމަލާ ދިން ހަތިޔާރު މި ފެނުނީ.. އެ ވަޅިން ފެނުނު ލޭގެ ސާމްޕަލް ދިމާވޭ އާނާގެ ޑީ އެން އޭ އިން.. ދެން މިލީނާގެ ބޮލަށް އެކަނި އަނިޔާ ވެފައި އިން އިރު ބެލެވެނީ ފާރުގައި ޖައްސާފަ ކަމަށް ..އެ އޭރިޔާ ގައި ވަރަށް ބައިވަރު ލޭ ހުރި.. މިލީނާގެ ފަރާތުން ބަހެއް ހޯދުމަކީ ވަރަށް އުނދަގު ޥާނެ ކަމެއް.. ތިބޭފުޅުންނަށް ވެސް އެކަން އެނގިލައްވާނެ.. ވަރަށް ބޮޑަށް ސިކުނޑިއަށް ވެސް އަސަރުކޮށްފައި ވާތީ  ތިބޭފުޅުންނަށް ދެން އެނގޭނީ ހަދަން ވީ ގޮތެއް ..  އެނގޭނެ ކަންނޭގެ އަނިޔާވެރިން އެއްބަހެއް ނުވާނެ އެހާ އަވަހަކަށް..” ފަވާދު ވާހަކަ ދައްކަމުން ދަނިކޮން އިތުރު ޕޮލިހަކު އައުމުން އޭނާގެ ގާތައް ދިޔައެވެ..

“އެމީހުންގެ އަމަލުތައް ފެނުނު ދެ ފިރިހެނަކު އެބަތިބި ހެކިބަސް ދިނުމަށް އައިސް..ހީކުރިވަރަށް ވުރެން އަވަހަށް ހެކިން މި ލިބުނީ.. ބައްދަލް ކޮށްލަމާ ހެކިންނާ” އޭނާ ވާހަކަ ތަކެއް ދައްކާފައި ދިޔުމުން ފަޥާދު އެނބުރިއައިސް ބުނެލިއެވެ.

“ޔަގީން ދެއްތޯ  އެމީހުންކަން .. އަޅުގަނޑުމެން ބޭނުން ވީހާ ވެސް އަވަހަކަށް ހެކިންނާ ބައްދަލްކުރަން…” އަކުރަމް ޔަޒަންގެ މޫނަށް ބަލައިލަމުން ބުނެލިއިރު ޔަޒަން ވެސް ބޯޖަހައިލިއެވެ.

ހެކިން އައުމުން އެމީހުން ވާހަކަ ތައް ޔަޒަންއާއި އަކުރަމް އަދި އެހެން މީހުން އެހިއެވެ. ވަޅި ހިފައިގެން ދެމީހުން ވަންނަތަން ފެނުން ކަމަށް ހެކިން އެއްބަސް ވިއެވެ. އަނިޔާވެރިންގެ ފަހަތުން ދިޔަކަމަށް ވެސް އެމީހުން ބުންނެވެ. ނަމަވެސް އެވަގުތު ކަރަންޓް ދިޔުމުން އެ ހިސާބަށް ދާން އިރުކޮޅެއް ވިކަމަށާއި އޭރުން އެތެރެއިން ވޭނީ ހަޅޭއްކެއްގެ އަޑު އިވުނުކަމަށް ބުންޏޭވެ. އެމީހުންނަށް ދެވުން އިރު ހުރިހާ ކަމެއް ނިމި އަނިޔާވެރިން ވެސް އެތަނުން ފިލިކަމުގައި ބުންޏެވެ.

**

ކޮޓަރީގައި ދެކެވުނު ވާހަކަ ބޭރުގައި އަހަން ހުރެފައި ނަވާރް، ހައްޔަރު ކޮށްގެން ގެނެސްފައި ތިބި މީހުންގެ ގާތައް ދިއައިރު އެކަކުވެސް ފެންނަން ނެތްކަން ނަސީބެކެވެ. ނަވާރް އަށް އެމީހުންގެ ކުށެއް ނެތް ހެން ހީވާ ވަރުން ބޭނުން ވީ އެމީހުންނާއި ސުވާލްކޮށްލާށެވެ. “އަހަންނަށް ކިއާދެވިދާނެތަ ތި މީހުންގެ ފަޅިން ވީ ގޮތް.. އަހަންނަތް އިތުބާރު ކުރޭ… އާނާގެ އެންމެ ގާތް އެކުވެރިއާ މި..” ނަވާރް ވާހަކަ ދައްކަން ހިނިތުންވެލިއެވެ. ކޮންމެފަދަ އެއްޗެއް ކިޔަސް ނަވާރް ބޭނުން ވީ އެމީހުންގެ ވާހަކަ ވެސް އަހާށެވެ. ނަވާރްގެ ފޮޏުން ރެކޯޑަށް ވެސް ޖެއްސީ ހަގީގަތެއް އެނގިދާނެ ކަމަށް ބަލައިފައެވެ. އެދެމީހުން ދެރަވެފައި ތިބެ ކިއަދޭންފެށި އެއްޗިހިނުން ނަވާރްގެ ބޮލުގައި ރިއްސައިގަތެވެ.

**

ޔަޒަން އެތަނުން ނުކުގެން ދިޔައީ ދެން އިތުރަށް އަހާނެ އެއްޗެއް ނެތްފަދައަކުންނެވެ. ޔަޒަން ނުކުތުމުން ޔަޒަންގެ ފަހަތުން ރިހާމްމެން ވެސް ދުވަމުން ދިޔައެވެ. ކުރިން ކުށްވެރިން ބައިތިއްބާފައި  ތިބި ތަނަށް ދިޔައިރު ކުށްވެރިން ހުޅުމާލޭ ޖަލަށް ގެންދިޔުމަށް ޕޮލިސްޖިޕަށް އަރުވަނީއެވެ.

“ހައްގަކާއި ނުލާ ހައްޔަރު ކުރާ މީހުންނަށް ކޮންމެވެސް ދުވަހަކުން މީގެ ބަދަލް ލިބޭނެ.. ދޮގު ހެކި ބަސް ދޭ މީހުންނަށް ދުނިޔެމަތީގަ ވެސް އޭގެ ކަންތައް ފެންނާނެ.. ސަލާމް..” ދެމީހުން ތެރޭން ވާހަކަ ނުދައްކާ ހުރި މީހާ މިފަހަރު ބުނެލިއެވެ. ދެމީހުންގެ މޫނުމަތީގައި ވި ސުއޫރުން އެފަދަކަމެއް ކޮށްފާނެ ބަޔަކާ އެއްގޮތަކަށް ވެސް ވައްތަރެއް ނޫނެވެ.

“ކުރާނެހާ ކަމެއް ކޮށްފަ ކީކޭ ކިޔާކަށްތަ.. ކަލޭ މެން ކަހަލަ މީހުންނަށް ހައްގު އަބަދު ހަމަ ލިބޭނީ..” ރިހާމް ކައިރިޔަށް އައިސްފައި ހުރި ރުޅީގައި ގޮވާލިއެވެ. އޭރު ޖިޕް ވެސް ނައްޓަލައިފިއެވެ.

“ތި މީހުންނަށް ހީވެތަ… އެއްވެސް އެއްޗެއް..” ޔަޒަން އެހުރިހާ އިރަކު އަނގައިން ނުބުނެ ހުރެ ބުނެލިއެވެ. ޒަޔާން ވަގުތުން ބޯޖަހައިލިއެވެ. އެހެންޔާ އެކަހަލަ ކަންކަމުގައި އެންމެ ނުވިސްނޭނީ ވެސް އޭނާއަށެވެ.

“ޔާ .. އައި ތިންކް ދޭ އާ އިނޮސެންޓް..” ޒަޔާން ހިމޭނުން ހުރެފައި ޔަޒަންގެ މޫނަށްބަލައިލިއެވެ.

***

އާނާގެ މަރަށް ދެހަފްތާއެއް ވީ ދުވަހު އެ މައްސަލައިގެ ސަރީއަތް އޮތެވެ. އެންމެން ހައިރާން ކޮށްލީ ހައްޔަރުކުރެވުނު މީހުން ކުށައް އެއްބަސް ވުމުންނެވެ. އެމީޙުންގެ ވާހަކަތަކަށް ހެކިންގެ ހެކިބަސް ބާރުދިނެވެ. މައްސަލަނިމުނީ ދެމީހުންނަށް އުމުދުވަހުގެ ޖަލު ހުކުމަކާއެކު އެކުއެވެ.

**

އާނާ މަރުވިފަހުން މިލީނާއަށް ނަފްސާނީ ގޮތުން ނުހަނު އަސަރު ކުރިއެވެ. ނެގިމަޑުވެފައި އިންނައިރު އެއްދިމާލަކަށް ބަލަހައްޓައިގެން އިންނައިރު އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. އެހެން އިނދެފައި ފެށިޔަސް ފަށާނީ އާނާގެ ވާހަކައެވެ. އާނާ އޭ ކިޔާފައި ހީހީ ފައި ރޮއި އަމިއްލަ ނަފްސައް ގެއްލުން ވާފަދަ ކަންތައް ކުރެއެވެ.

މިއަދަކީ ވެސް އެފަދަ ދުވަހެކެވެ. ހިފަހައްޓާއި ނުލެވިގެން ނިދާބޭސް ދީފައި ނިންދަވައިލެވުނެވެ. އަކުރަމް ތާއަބަދު ވިސްނާ ވިސްނާ ގޮސް ހަދާނެގޮތް ހުސްވެފައިވާ ކަހަލައެވެ. ނޫރާ ނޫނީ ނޫރާގެ އާއިލާއިން އަކުރަމް ގޭގަ ނެތް ވަގުތު، ކޮންމެ ވެސް އެކަކު އަބަދުވެސް މިލީނާ ގެ ގާތުގައި ހުރެދެއެވެ. އަކުރަމް އަބަދުވެސް އެއާއިލާއަށް ސުކުރު އަދާކުރެއެވެ. އެންމެ ހިތާމަ ވެރި އަދި ދަތި ދުވަސްތަކުގައި އެންމެ އެހީ ލިބުނީ އެމީހުންގެ ފަރާތުންނެވެ. ހާއްސަކޮން ނޫރާގެ ފަރާތުންނެވެ. ނޫޜާ ދެކެނީ މިލީނާއަކީ ގާތް ރަހުމަތްތެރިއަކު ފަދައިންނެވެ. ޝަހުރުޒް ވެސް އެކޮޅަށްދާން ޖެހިގެން ދެދުވަސް ކުރިން ފުރައިފިއެވެ.

މިލީނާއަށް ނިދިފައި އޮތުމުން އަކްރަމް ދިޔައީ ޔަޒަން ކޮބައިތޮއެވެ. ކުރިޔާއި ހިލާފަށް ޔަޒަން އަކުރަމް އާއި މަދުމަދުން މިހާރް ވާހަކަ ދައްކައެވެ. އާނާ މަރުވިދުވަހުން ފެށިގެން ޔަޒަންގެ މުޅި މިޒާޖު ބަދަލު ވެއްޖެއެވެ. ކުރިގައި ނަމަ ސީރިއަސް ކަން ވެރިވެފައި ވި ނަމަވެސް ކޮންމެވެސް ވަރަކަށް އެކުވެރިންނާ އެކު އުޅޭއިރު ލާނެތްކަން ކަން ފެނިލައެވެ. މިހާރު އެބައި އެއްކޮން އޭނާގެ މިޒާޖުން ފިލައިފި އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތާ އަބަދު ސީރިޔަސް ކަމުގައި ހުންނައިރު ހީލާތަން އަމްދުން ނުފެނެއެވެ. އޭނާގެ މިޒާޖުގައި އުފާވެރިކަން އެ ލަފްޒަކީ ވެސް ބީރައްޓެހި ބަހެކެވެ.

ޔަޒަން ކޮފީ އެއްހިފައިގެން ބެލްކޮނީގައި ހުއްޓެވެ. ދުރުދުރަށްދާން ދެން ފެންނަން ހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ފިރިހެންވަންތަ  މޫނުމަތީގައި އެއްވެސް ހިތްހަމަ ޖެހުމެއް ނުވާފަދައެވެ.

 

 

އެޕިސޯޑު 10

….

ޔަޒަން ކޮފީ އެއްހިފައިގެން ބެލްކޮނީގައި ހުއްޓެވެ. ދުރުދުރަށްދާން ދެން ފެންނަން ހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ފިރިހެންވަންތަ  މޫނުމަތީގައި އެއްވެސް ހިތްހަމަ ޖެހުމެއް ނުވާފަދައެވެ.

“ޒޭން…”އަކުރަމް ގޮވާލިއަޑަށް ސިހިފައި ޔަޒަން ބަލައިލިއެވެ.

“ވާހަކަ އެއް ދައްކާލަން މިއައީ… ސައިބޮއިފިންތަ..” އަކުރަމް ސޯފަގައި ހަމަޖެހިލިއެވެ. ޔަޒަން ބޯޖަހައިލަމުން އެނދުގައި އިށިންދެލިއެވެ.

“ބޭބެ..މިވިސްނަނީ މަންމައަށް ބޭސްކުރަން ރާއްޖެއިން ބޭރަށް ދާން .. ޒޭން ވެސް ދެން ނުހުރެ ކޯހުގެ ބާކީ ބައި ފުރިހަމަ ކޮށް މާސްޓާސް ވެސް ހަދާލެވޭނެ ތާ ދޯ މަންމަ ދައްކަން މަޑުކުރާއިރު…ކިހިނެތް ފެންނަނީ..” އަކްރަމް   ޖެހިލުންވެފައި ހުރެއަހައިލިއެވެ.

“ތިއީ އަހަރެންވެސް ބޭނުންވާ ގޮތް މަންމަ ގޮވައިގެން ފަރުވާއަށް ދިޔުން .. އޭރުން ކާކު ބިޒްނަސް އާއި ހަވާލް ވާނީ..  އެކަންތައް ދޫ ކޮށްލާފައި ދިޔާމަ ކިހިނެތް ވާނީ..” ޔަޒަންގެ އަތުގައި އިން ކޮފީ ތަށި ތުމުގައި ޖަހައިލިއެވެ. ހަގީގަތުގައި ޔަޒަން ބޭނުންވީ އަކުރަމް އެކަމުގައި އަކުރަމް ބުނާ އެއްޗެއް ބަލައިލާށެވެ. އާވި އަރަމުން ދިޔަ ކޮފީގެ ވަސް މުޅި ކޮޓަރީގައި ހިފާލާއިފައިވެއެވެ.

“ރޭގަ އަހަރެން ޔާމީން އާ ބައްދަލް ކުރަން ދިޔައީ އެކަމާ.. ޔާމީންގާތު އަހަރެން ބުނިން ހާރިޒްގެ ވާހަކަ .. އެއީ އަހަރެންގެ  ބޭބެ.. އޭނާ އާއި ހަވާލް ކުރުމަށް ކިހިނެތް ވާނެހޭ ބުނީ..ޔާމީން ވެސް އެކަމާ ވަރަށް ރުހުނު” އަކުރަމް ބުނެލިއެވެ. އޭރު ޔަޒަން ސުވާލްގެ ނަޒަރަކުން ބަލަން އިނުމުން އަކުރަމް އިތުރަށް ކިއައިދޭން ފެށިއެވެ.

“އޭނާ އެމެރިކާ މީހަކާ އިނދެގެން ދަރިއަކު ލިބިފަ މާގިނަ ދުވަހެއް ނުވެ މިކޮޅަށް އައީ އެކްސިޑެންޓެއްގައި އަންހެނުން ނިޔާވީމަ.. އޭނާ މިކޮޅުން ވަޒީފާ ހޯދާ ވާހަކަ ބުނީމަ އަހަރެން ބުނިން ޔާމީން ކައިރީގަ ބުނެލާނެ ވާހަކަ..ދެން މަންމަ ގޮވައިގެން ބޭރަށް ދިޔުމަށް ވިސްނާފަ އޮތީމަ އަހަރެން ޔާމީން ގާތަށް ގޮސް އަހަރެމެން އަންނަންދެން ހާރިޒްބޭބެ އާއި ހަވާލް ކުރުމަށް ކިހިނެތް ވާނެ ހޭ އެހީ.. ޔާމީން ވެސް އެކަމަށް ވަރަށް ތާއީދު .. ހަގީގަތުގައި ކޮމްޕެނީ ހިންގަން އަހަންނަށް ލިބިފައި އޮތަސް އަބަދުވެސް ޔާމީންގެ ލަފާ ހޯދަން.. ދެން އަނެއްކާ ހާރިޒްބޭބެ އެއީ ބިޒްނެސް ދާއިރާ އިން ޕީއެޗްޑީ ނަގާފަ ހުރި މީހެއް.. އެމެރިކާގެ ވެސް ބޮޑު ކޮމްޕެނީއެއްގަ ވޯކް ކޮށްފަ އައީ.. އޭނާ އަކީ ވަރަށް ރަނގަޅު މީހެއް.. އަހަރެން އޭނާއަށް އިތުބާރު ކުރަން.. ޒޭން އަށް ކިހިނެތް ފެންނަނީ..ރަނގަޅު ކަމެއްތަ”  އަކުރަމް ވާހަކަ ނިންމާލުމަށްފަހު ޔަޒަން ގެ މޫނަށް ބަލައިލިއެވެ. ޔަޒަން ވިސްނާލާފައި އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އިރުކޮޅަކު އަކުރަމް ވާހަކަ ދައްކަން އިނދެފައި ދިއައީ ފުރުމުގެ ކަންތައް ހަމަޖައްސާނެ ވާހަކަ ބުނެފައެވެ.

ޔަޒަން ވެސް ވީހާ ވެސް އަވަހަކަށް ބޭނުން ވަނީ ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އާނާގެ ހަނދާންތައް ހިތައްދަތުކުރަނީ ވެސް އިންތިހާއަށެވެ. ސިކުނޑިއަށް ލުޔެއް ދޭން ބޭނުންވެއެވެ.

ޔަޒަން އެވަގުތު ނަވާރްގެ މަތިން ހަނދާން ވިއެވެ. އާނާގެ މަރާއި ބެހޭގޮތުން ނަވާރް އާއި ޔަޒަން ކުރަން ބޭނުންވާ ސުވާލް އެބަހުއްޓެވެ. ނަމަވެސް ޒަޔާންގެ ފަރާތުން އެނގިފައިވާ ގޮތުން އާނާ ނިޔާވުމަށް ފަހު ނަވާރް ވަރަށް ބަދަލްވިއެވެ. އެކަކާއި ވާހަކަ ނުދައްކާ  ސަކަރާތް ވީއެވެ. އޭގެ ފަހުން  ޔަޒަން ނަވާރް އަށް އެތައް މެސެޖެއް ކުރިނަމަވެސް ޖަވާބެއް ވެސް ނައެވެ. ޔަޒަން ފޯނު ނަގާ ޒަޔާންއަށް ގުޅާލީ ބޭރުން ދިމާވެލުމަށެވެ.

***

“މި ނުކުންނަނީ.. ކޮބާ ތަ…” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އަތުގައި އޮތް ގަނޑިއަށް ބަލައިލަމުން ޕޮލިސް ޔުނީފޯމްގައި ހުރި ޒެހެކް މަގުމައްޗަށް ނުކުތެވެ. މާގިނައިރެއް ނުވެ އޭނާ އިންތިޒާރު ކުރަމުން ދިޔަ ބައިވެރިޔާ އަންނަ ތަން ފެނުނެވެ.

“ގުޑް މޯރނިންގް ބެސްޓީ..ކުޑަކޮން ލަސްވެއްޖެ ދޯ” އެތަނައް ސައިކަލުގައި މަޑުކޮށްލީ ރިހާމް އެވެ.ރިހާމް ފެނުމުން ޒެހެކް ގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

“ނޫނޭ އެހާ ލަހެއް ނުވޭ.. ގަޑި ޖެހެން ފަސް މިނެޓް..”ޒެހެކް ރިހާމް އަށް ލޯއަޅާލަމުން ސައިކަލްފަހަތައް އެރުމަށްފަހު ބާރަށް ދުއްވުމަށް ބުނެލިއެވެ. ރިހާމްވެސް ސޮރީ  އޭބުނެ ހޭންފަށަމުން ސައިކަލް ދުއްވާލީ ނުހަނު ބާރަށެވެ.

“އެބަ އަންނަން ސައިން އިން ވެލާފައި ..ވެއިޓް.”ޒެހެކް ދުވަމުން ގޮސް އޮފިސް އިމާރާތައް ވަނެވެ. އޭނާ ދިޔަތަން ބަލަން ހިނިތުންވެފައި އިން ރިހާމްގެ ދެލޮލުގައިވަނީ ލޯތްބެވެ. އެންމެ ގާތް އެކުވެރިޔާގެގޮތުގައި އުޅުނަސް ރިހާމްއަށް ޒެހެކް އާއި މެދު އެހެންގޮތަކަށް ވިސްނެން ފެށީއެވެ. އޭނާ ހިތާދެކޮޅަށް އެ އިޙްސާސްތައްފޮރުވަމުން ދިޔައީ ދެމީހުންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން ފަނޑުވެދާނެތީވެއެވެ.

މާގިނައިރެއް ނުވެ ޒެހެކް އައުމުން ރިހާމް ދުއްވައިލީ އެމީހުން އެންމެގިނައިން ބައްދަލް ކުރާ ތަން ކަމަށްވާ ރެޑްބީން ރެސްޓޯރެންޓަށެވެ. ޒެހެކްގެ އޮފީހާވެސް މާދުރު ނޫން ހިސާބެއްގައި ހުރި ތަނެކެވެ. ތިރީގައި ސައިކަލް ޕާކް ކޮށްލުމަށްފަހު ދެމީހުންވެސް އެރީ ރޫފްޓޮފަށެވެ.

” ހަތަރު ގޮޑީގެ މޭޒް ދޯ މިހުރީ ހުސްކޮން …މި އެންމެ ފޫހިވާ ކަންތައް ..ޒެހޫ..މިއަދު އިރު އޮއްސޭއިރަށް ފުރުން ޗޭންޖް ވެއްޖެ.. އަދި ވީކް އެއް އެބައިން ނުފެށި ވެސް.. އެކަމް ބައްޕަ ވެސް ޑޮކްޓަރަށް ދައްކަން ދޭ މަށާ އެއްކޮން އެހެންވެ އަވަސް ވީ..” ރިހާމް މޭޒު ކައިރިގައި އިށިންދަލަމުން ބުނެލިއެވެ.

” ވަޓް…އަޅޭ.. ހާދަ އަވަހަކަށޭ ދޯ..ނުވެސް ބުނެލާ އަވަސްވި ވާހަކައެއް… އައި ވިލް މިސް ޔޫ…” ރިހާމް ބުނެލި ވާހަކައިން ޒެހެކްގެ ހިތައް ތަދުވިއެވެ. މާ އަވަހޭ ބުނެ ޝަކުވާ ކުރަން ވެސް ބޭނުން ވިއެވެ. އެކަމަކު އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.

“މިސްވާނެ ވަރަށް ..ރޭގަ ނިމުނީ  މިގޮތައް ދެނ ދިމާވެފަ ބުނަން ހުރީ .. ސޮރީ  .. މިއަދު އިން ފްލައިޓް އިން ޖާގަ ލިބުނީމަ އެގޮތައް ބައްޕަ ހެދީ.. އަހަރެން ނެތަސް ބަލާގެން އުޅެއްޗޭ ޒެހޫ… އަބަދު ކެއާރލެސް ކަމުން ވެއްޓިފަ ހުންނާނީ.. އަންނާނަން ހަމަ ބަންދުވާ އިރަށް… “ރިހާމް ތުންހަދާލަމުން ޒެހެކްގެ ކޮލުގައި ހިފާލިއެވެ. އެއަމަލުން ޒެހެކްގެ ހިތް ބަންޑުންވިއެވެ. ރިހާމް އާއި ދިމާ ބަލައިލި އިރު އޭނާގެ ނަޒަރް ވެސް ސީދާ ޒެހެކް ގެ މޫނަށް އަމާޒް ވެފައި ހުރުމުން ލަދުގަންނަ ގޮތްވިއެވެ. ވަގުތުން އިސްޖެހުނީ ވެސް އެހެންވެއެވެ.

ޒެހެކްގެ އަމަލުން ރިހާމް ގާތައް ހިނިއައެވެ. އޭރު ކާއެއްޗިސް ގެނެސްފައި ހުރުމުން ދެމީހުން ކާންފެށިއެވެ. ޒެހެކް ކިއާދޭންފެށީ ސަބީނާގެ ކެންސަރުބަލީގެ ހާލަތު ގޯސްވަރެވެ.

“އަސްލު މާމަ ސިއްރު ކުރީއޭ.. ބައްޕައަކަށް ވެސް ނޭނގޭ.. މާމަ އެކަނި ކީމޯއަށްވެސް ދިއައީ ..ބައްޕަ ޗުއްޓި ނަގާ ދުވަސްވަރާ ދިމާކޮށް، ތިންފަހަރު ވެސް ރައްޓެއްސަކު ކައިރިޔަށް ރާއްޖެތެރެ ރަށަކަށް ށޭ ކިޔާފަ ގޮސް އެކަމުގަ އުޅުނީ..މާ ފަހުން އެކަން ވެސް މި އެނގުނީ.. ކުރިން އެނގުނު ނަމަ ރާއްޖެއިން ބޭރަށް ވެސް ދެވުނީސް.. އަހަރެން ކައިރީގައި މީހަކު ނުހުންނާ ނެތީ މާމަ އެވާހަކަ ނުބުނީހެން ހީވަނީ..އެކަމް މިހާރު މާ ލަސްވެއްޖެ ރާއްޖެއިން ބޭރަށް ދާން..ބަލިކަމުން މާމައަށް ނުވެސްތެދުވެވޭ… ބައްޕަ ޗުއްޓި ނަގާގެން ގޭގަހުރީ މިހާރު.. އަދި މިހާރު މިކޮޅުން ހޯޕެއްނެތް.. ޑޮކް ބުނީ ބޭރަށް ދިޔަސް އެ ޖަވާބު ކަމަށް ދޭނީ” ޒެހެކް ނުހަނު ދެރަވެފައި އިނދެ އެވާހަކަ ތައް ކިޔަދެމުން ދިޔައިރު އިނީ ފެންކަޅިވެފައެވެ.

“މާމަ ނެތިއްޔާ ކިހާ އެކަނި ވާނެ.. ބައްޕަ އިރު އަރާފިއްޔާ އިރުއޮއްސޭފަހުން ލޮލަށް ފެންނާނީ.. ދެން އަނެއްކާ ވެސް އެކަހަލަ ގޮތަކަށް ރޭގަނޑުވެސް.. ބައްޕަ ގިނަ ވަގުތު ގެއިން ބޭރުގަ.. އަމް އޯލް އެލޯން.. މެރީ ކުރަން ވީ ކަންނޭނގެ އެންމެ އަވަހަށް އެހި މީހަކާ” އިސްޖަހައިގެން އިރު  ޒެހެކް ގެ އަޑު ނީވުނަސް ރޮނީކަން ރިހާމްއަށް އެނގުނެވެ.

ޒެހެކްއަށް ރޮވިފައި އިނުމުން ރިހާމްގެ ހިތައް ތޫނު ތަދެއް އިހުސާސްވިއެވެ. މޭޒުމަތީގައި އޮތް ޒެހެކްގެ ދެއަތުގައި ހިފަ ފިއްތާލީ އޭނާ މިހުރީ ޒެހެކް އާއެކު އޭ ބުނާފަދައަކުންނެވެ.

“ޑޯންޓް ވޮރީ.. އަމް ހިޔާ.. އަބަދުވެސް ހުންނާނަން ހަމަ މިހެން … މާމަ ޒެހޫ ދެކެ ލޯބިވާތި ނުބުނީ.. މިހާރު ރާއްޖޭން ބޭރު ނޫނަސް ރާއްޖޭގަ ވެސް ކެންސަރަށް ވަރަށް ރަނގަޅު ފަރުވާ ދެވޭ.. އެންމެ މަސްހޫރު ތަންތާ ދޭ ފަރުވާ ހަމަ އެދެނީ.. މާމަ އެކަނި ވިއަސް ގޮސްފަ ދައްކާފަ އެހުރީ އެކަމުގަ ރާއްޖޭގަ އެންމެ މޮޅު ހޮސްޕިޓަލަށް.. ރާއްޖޭން ބޭރު މީހުން ވެސް ހިދުމަތް ރަނގަޅުވީމަ މިކޮޅަށް އެއަންނަނީ މިހާރު.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ އިންޝާﷲ.. ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް އަބަދު ވެސް އަހަރެން ހަމަ ހުންނާނެކަން ހަނދާން ކުރާތި.. ޒެހޫ އެނގެއެންނު ބައްޕަ އަބަދުވެސް އެގޮތައް އެއުޅެނީ ބައްޕަ އުޅޭ ޖޮބްގެ ގޮތުން ކަން.. ސެކިއުރިޓީ އަކަށް އުޅުމަކީ ވެސް ވަކި ކުޑަކަމެއް ނޫން.. ދެން ބައްޕަގެ ފްރެންޑްސް އިންނާވެސް ދިމާކޮށްލަން ދާން ވާނެއެންނު ..ބައްޕަ ވެސް ލޯބި ޥާނެ އޭ.. އަދި ހުރިހަމަ ދަރިފުޅު.. އެހާ ލޯބި ކުއްޖޭ..ކާކު ލޯބި ނުވާނީ..” ވާހަކަ ދައްކަމުން ގޮސް ރިހާމް އެންމެ ފަހުން ނުސީދާކޮން ބުނެލީ އޭނާގެ ހިތުގެ އަޑެވެ. ނަމަވެސް ޒެހެކް ދެރަވެފައި އިނުމުން އެއިން ކަމެއް ރޭކާ ލީހެން ހިޔެއްނުވެއެވެ.

“އެކަމް ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް ހުސްކޮށްލާނަމަ..ކުރިން ޑިޓެކްޓިވްއަކަށް އުޅުން އިރުވެސް މިހާރު ސެކިއުރިޓީއަކަށް އުޅުނަސް އެއްތާކު ޖެހެނީ.. މާމަ ނޫނީ ނޫޅޭ ޒެހެކް އާ ދެތެރޭ ވިސްނާނެ މީހެއް ..މާމަ ނެތް ދުނިޔެއްގަ އުޅޭނެ ގޮތެއް ބުނެބަލަ ” ޒެހެކް އިސްޖަހައިގެން އިނގޮތައް ކަރުނަތައް ފުހެލިއެވެ.

ޒެހްކް ކުރިމައްޗައް ވާހެން އިން ރިހާމް ޖެހިލީ ޒެހްކް އާއި ޖެހިގެން އިން ގޮނޑިއަށެވެ. ރިހާމް ޒެހެކް ގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ.

އިސްޖެހިފައިން ޒެހެކް ސިހުނީ ރިހާމް ގެ އެ ބައްދާލުމުންނެވެ. ދެމީހުން ރައްޓެހިކަމަށް އެތައް އަހަރެއް ވެފައި ވާއިރު އެކަހަލަ ކަމެއް އެފެނުނީ އަލަށެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ޒެހެކް އިސްޖަހައިލީ ރިހާމް ދުރުވެލުމުންނެވެ.

“އަހަހަހަ… ސަމްވަން އިސް ބްލަޝިންގް.. ހެހެހެ.. ޒެހޫ..އަހަރެން ނެތް ތިނޫން އެހެން ކުއްޖެއް މި ގޮތައް ކެއާ ކުރާ .. ކޮންމެ ދުވަހަކު ވެސް ގުޅާނަން ލައިކް ބިފޯރ..ސްޕެޝަލީ ވީޑިއޯ ކޯލް…އައި ޕްރޮމިސް.. އެންޑް ވީ އާރ  ސަޕޯސް ޓް ބީ ނޮޓް ޓް ހައިޑް އެނީތިންތް ޓު އެނީވަން… ރައިޓް… ލެޓްސް ގޯ..” ޒެހެކް ބޯ ޖަހައިލިއެވެ.  އޭރު ކައިނިމިފައި ވާތީ އަދި ޒެހެކް އަށް ފޯނުކޯލްތައް އަންނަން ފެށުމުން ދެމީހުން އަވަސްވެގަތީ ދިޔުމަށެވެ.

“ވިލް މިސް ޔޫ ބޭޑްލީ..”ރިހާމް ޒެހެކް އޮފީސް ދޮރުމައްޗަށް ބާލުވަމުން ސަލާމް ކޮށްލީ ނުހަނު ބާރަށެވެ. ޒެހެކް އަތަށް ތަދުވެގެން އަނެއް އަތުން ޒިހާމް ގެ ގައިގާ ވިކާލިއެވެ.

‘ދެން ތިހާ ވަރަށް ނުވިއަސް އެނގެއޭ މިސްވާނެކަން. މިސް ވާނެ ބާއީ…ބާއީ..” ޒެހކް ފެންކަޅިވަމުން ދިޔަނަމަވެސް ހިނިތުންވެލީ ރޮވިދާނެތިއެވެ.

ރިހާމް ވެސް ދަނީ އޭ ބުނެ ދުއްވާލަމުން އެނބުރި ޒެހެކް އަށް ގޮވާލިއެވެ. “ޒެހެކް .. ސްޓޭ ސިންގަލް..ޑޯންޓް އީވެން ތިންކް އެބައުޓް ގެޓިން އަ ބީއެފް.. ޖަސްޓް ވެއިޓް .. ” ޒެހެކް ގެ ޖަވާބަކަށް  އިންތިޒާރު ކުރުމެއް ނެތި ގުޅަނެ ކަމަށް ބުނެފައި ރިހާމް ދިޔައީ ހިނިތުންވެ ހުރެއެވެ. ޒެހެކްގެ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ރިހާމްގެ އެ އަމުރުން ލިބުނެވެ. އެވަރަށް ހިނިވެސް އައެވެ.

 

**

“ދަރިފުޅާ .. ދެން އެކަމާ އަބަދު ނުވިސްނާ އެހެން ކަމަކާ އުޅެން ވީނު..އާނާ ވެސް ބޭނުމެއް ނުވާނެ ދަރިފުޅު ތި ގޮތަށް އުޅޭކަށް ” ނޫރާ ވާހަކަ ދައްކަމުން ދިއައީ ކޮޓަރިގެ ބެލްކޮނީގައި އިން ނަވާރް އާއިއެވެ. ނަވާރްއާއި ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް އަނގައިންބުނެލާނީ ހާލަކުން ފަހަރަކުއެވެ. އާނާ މަރުވިފަހުން ނަވާރްގެ ސަކަ މިޒާޖު އެއްކޮން ބަދަލް ވިއެވެ. މީހުންނާ ވާހަކަ ދެއްކުން މަދުވެފައި އަބަދުހެން ވިސްނުމެއްގައިއެވެ. ކޮޓަރިން ބޭރަކަށް އެއްގޮތަކަށް ވެސް ނުނިކުމެއެވެ. އަބަދުވެސް އިންނަނީ ބެލްކޮނީގައެވެ. ނަވާރް އާއި އާނާ އެންމެ ގިނައިން ވަގުތު ހޭދަކޮށްފައިވާ ތަނަކީ ވެސްއެއީއެވެ. ނަވާރް ކިރިޔާ ވެސް އަނގަ ހުޅުވާލަނީ މީޝަމް އާއި މިހުރާން އައިސް ވާހަކަ ދައްކަން ފެށުމުންނެވެ.

ނޫރާ އިނދެ އިނދެފައި ދިޔުމުން ނަވާރް އަށް ދެލޯ މަރައިލެވުނެވެ. އަތުގައި އޮތް ފޯނު ނަގާ އާނާ އެކު ނަގާފައި އެތައް ބައިވަރު ފޮޓޯކަށް އެތައް އިރަކު ބަލަން އޮވެ އެތައް އިރަކު ކަރުނަ އޮއްސިއެވެ.  “އަހަންނަށް އެނގޭ ނާނާ މަރާލީ އެމީޙުން ނޫން ކަން .. އާނާ މަރުވި ދުވަހަށްފަހު އަހަންނަށް އިންޒާރުދޭމީހުންގެ ހިލަމެއްވެސް ނުވޭ… އާހް ކާކު އަހަންނަށް އެހީވާނީ…ކޮންމެ ގޮތެއް ވިޔަސް އަހަރެން ހުއްޓާލާނީ އާނާއަށް އިންސާފް ހޯދައިދީފަ.. ޖަސްޓް ވެއިޓް..” އާނާ ގެ ފޮޓޯތަކަށް ބަލަން ނަވާރް ގެ ލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ. ޖެހިލުންކުޑަކަމެވެ. ހަގީގަތް ހޯދާފައި ނޫނީ ނުހުއްޓާލާނަމޭ ބުނެދޭ ފަދަ ސުއޫރުތަކެކެވެ.

***

(7 އަހަރު ފަސް)

***

(ނުނިމޭ..)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ރާނިޔާ 8

Next

ހިނިތުންވެލާށޭ ކަލާ 5

Next
June 12, 2024

ހިނިތުންވެލާށޭ ކަލާ 5

Previews
June 9, 2024

ރާނިޔާ 8

21 Comments!

  1. Cutie girl says:
    June 9, 2024 at 4:14 pm

    Mi part ves v reethi masha Allah
    Can’t wait for next part
    Keep it up.

  2. Maryam says:
    June 9, 2024 at 7:44 pm

    Wooooohoooo
    Haadha bodakah rovihjeyey😭😭
    Mihuran fakeeru haadha dhera vaane ey😭😭💔
    Mivaru reethi kon dhaa vaahaka eh adhi nukiyey
    💝💕
    Cant wait next part avas kohla dheeba😭😭🤍🤍🤍

  3. Amaany says:
    June 9, 2024 at 7:54 pm

    Alheys naanaa maruviyye😭💔💔
    Yazan n nawa haadha dhera vaane ey
    Mihuran ge one day love story💔
    Adhives lolun fen nuhikey
    Reehchey 💕💕
    Annora genesdheeba hiraas ge new season eh
    I was craving for it 😭😭😭
    Fasha fashaagen kiyun adhahdeh ves neyge🥰
    Enme best author and one and only my fav🥰❤️
    Wanna meet you in person 🥺

    1. Kamana says:
      June 10, 2024 at 8:42 am

      Yes she is the best hama dw..ehaa salhikon story gendhany❤️ . Kiyuntherin foohi nukohla gengulhey kuhjeh..🌸💝💕

      I was agree with u amaany. Hiraas ge new season eh fennan beynun v avahah😭😭😭😭

    2. Shaviyani says:
      June 10, 2024 at 10:18 am

      i ves beynun hiraas s2 eh
      haadha reehchey evaahaka..and this ves
      keep it up

  4. Aala says:
    June 9, 2024 at 8:01 pm

    Just woww 🥰
    Ekm haadha dhera vehjeyey

    Nw 7 years fahun vaane gothakah visnany mi
    Hama keh nulavaafi

    Vvvv reeethiiii

  5. Maash Butterflyyyyy says:
    June 9, 2024 at 11:26 pm

    vrh vrh reethi mi part vx maasha allah.. alheyy aana keehvetha maraaly.. vrh dhera vejje mi part kiyaafa.. and curiously waiting for the next part.. love your stories darll..♥♥

  6. himU says:
    June 10, 2024 at 8:11 am

    ޔޫ ނެވާރ ފެއިލް ޓު މޭކް ޔުއާރ ރީޑާސް ހެޕީ…ސޯ ހެޕީ ދިގުކޮން ގެނެސްދިނީމ
    ވަރަށް ރީތި މި ޕާޓުވެސް…ކޭންޓް ވެއިޓް ފޯ ދި ނެކްސްޓް

  7. rooya says:
    June 10, 2024 at 8:14 am

    alheys hiydhathi vehje my ooor lil babay nana ;( . hama rohvaalaifi
    v salhi as always my fav

  8. babish niu says:
    June 10, 2024 at 8:24 am

    wow . alhugadu iyye story kiyaifin. ekm adhi mi comment eh kohelevey varu v.
    mihuraan kobaa tha.. i wanna see his comeback.
    yazan r nawa ge love story dhaane gothakaa dhey thereyga v interesting. cant wait see them in the future. i mean 7 years later . hehehe
    love you best author. next part ves dhigukon genes dhehche. lots of love from me .

  9. your besty says:
    June 10, 2024 at 8:28 am

    vvv reethi my love mi part ves.. kyhve tha shahrooz edhiyaee.. i ah heevany eynage kanthah kanneyge miulheny. v sus egola.
    keep up the goooooood work my fav ..
    amaany buni hen hiraas ge new season eh fennan beynun…. ayeeee puweezz

  10. ibrahim ayan says:
    June 10, 2024 at 8:30 am

    waa saree vaaa. masha allah
    keep up the good work gurl

  11. Lau says:
    June 10, 2024 at 8:34 am

    E shahurooz ulhey gothun kameh hyvey mihaaru
    Hama aana maruvi reyga hukhumale ah ves gosfi eynu😒😒😒 anyway mihuraanu single kon nubahattuvaathi😭 v reethi dhaa goi story
    ❤️

  12. Saha hishaam says:
    June 10, 2024 at 8:37 am

    Furathama ma heekury akuram kamah nulafaa vaany
    Ehaa faadakah furatahama episodw ga eyna ulhuny🤌
    Annora ge sifakurunthah aisfa hunna gothun heevan miulheveny emyhunge thereyga ey. Ehaa ves furihama 🤩
    Unmeedhu kuran v avahaha aneh bai ves kiyaalan libeyne kamah😘💕

  13. Mohamed says:
    June 10, 2024 at 8:50 am

    Ma ves beynun hiraas ge s2 🥹😅
    Enme fahaka eh vaahaka mihaarhanah kiyunu
    Mi vaahaka ves v baraabaru keep it up👍🏽

  14. anony mee says:
    June 10, 2024 at 8:52 am

    mi kudhin hiraas ge vaahaka dhahkaa varun anehka e vaahakakiyaa hiyvehje hehehe
    vvv reethi mi part ves my favourite author

  15. silna says:
    June 10, 2024 at 9:04 am

    im addicted to this awesome story. it was ssoooooooooooooooo nice adhi evarah rovihje 🙁
    mihuraan ge one day love story is such a pain ..heart broke vehje
    v salhi

  16. dhon hiyala says:
    June 10, 2024 at 9:09 am

    this part is aslo very nice. sifa kurumah hama habeys 🙂 varah thafaathu gothakah midhanee dho ..
    maa boDah emotion ves vehje heheh
    canT wait for the next part. mi kithah episode ge vaahka eh tha. ehaa avhahah nuninihmahche 🙁 🙁

    1. alifulhu says:
      June 10, 2024 at 12:27 pm

      aslu ves annora aky sifa kurunthakuge quin ey buneveynyy.. loabi kuhjeh heskiyaafa
      amazing story and best author 🙂

  17. ishu says:
    June 10, 2024 at 9:14 am

    heyonuvaane avahah up kohla dhee 7 years fahun anna byaha evves ketteri kameh neh alhuga ;( ;(
    enme loabi vaahaka
    lots of love from ishu <3 <3

  18. SomeoneYouKnow says:
    June 10, 2024 at 9:46 am

    V furihama bt sad ending for aana😭
    Im too excited for 7 years later🫣
    Thank you so much for bringing such a nuce story sista
    Love you😚😚😚🤍

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 9 & 10←


All Right Reserved!