- “އަޒް.. އަހަންނަށް އެނގޭ އަހަރުމެން ދިމާވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ކަން.. އެކަމަކުވެސް އިތުބާރު ކުރޭ.. ހަމަ ހަގީގަތުގަވެސް އަހަންނަށް އަޒަލް ފެނުނު ފުރަތަމަ ދުވަހުވެސް އަޒަލް ދެކެ ލޯބި ވެވުނު.. ފުރަތަމަ ނަޒަރުން ލޯބި ވެވޭ ކަމަށް އަހަރެން ޤަބޫލު ކުރީ އެދުވަހު.. ދުވަހަކަށްވުރެ ދުވަހެއް އަހަރެން އަޒް ދެކެ ވާ ލޯބި އިތުރުވޭ.. އަހަންނަށް އަޒް ވަރަށް ވަރަށް ކަމުގޮސްފި.. އަޒް.. އަހަރެންގެ މިލްކަކަށް ވެދީފާނަންތަ..؟” އެއްކަކޫ މަތީގައި އިށީންނަމުން ރިއާން އޭނާގެ އެއް އަތް އަޒަލްއަށް ދިއްކޮށްލަމުން އިއްވައިލި ބަސްކޮޅުން އަޒަލްގެ ހިތް ވަގުތުން ފުރިގެން އައެވެ. ރިއާންގެ ފަރާތުން އެ ބަސްކޮޅު އަޑު އަހައިލުމަށް އޭނާ އިންތިޒާރު ކޮށްގެން ހުންނަތާ ކިހައި ދުވަހެއް ހެއްޔެވެ؟
“ޔެސް ރިއާން.. ޔެސްސް.. އައި ލަވް ޔޫ ޓޫ..” ރިއާން ދިއްކޮށްލި އަތުގައި ހިފައިލަމުން އަޒަލް އެހެން ބުނެލި އިރު އެ ދެލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އަޒަލްގެ ޖަވާބު އިވުމާއެކު ރިއާންގެ ހިނިތުންވުންވެސް އިތުރަށް ފުޅާވިއެވެ. ވަގުތުން ކޮޅަށް ތެދުވެ، އަޒަލްގެ ގައިގައި އަތް ވަށައިލީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. އަޒަލްވެސް އެފަދައިން ކަންތައް ކުރި އިރު މި ފުންމައިލެވެނީ ކިހައި އަނދިރި އަނދަވަޅަކަށް ކަން އިހުސާސް ކުރެވޭނެ ނަމައެވެ. ރީތި ހުވަފެނެއްގެ ސިފައިގައި ފެނުނު ރިއާން ވެގެން ދާނީ ބިލާހަކަށް ކަން އަޒަލްއަށް އެނގޭނެ ނަމައެވެ. ރިއާންގެ ސަބަބުން އަޒަލް އެކުގައި ހަލާކުވެގެންދާނެކަން އަޒަލްއަށް އެވަގުތު ވިސްނޭނެ ނަމައެވެ. މީހަކާ ރައްޓެހި ވުމުގެ ކުރިން ވިސްނަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުންނާނެކަން އަޒަލްއަށް އެނގޭނެ ނަމައެވެ. އިއްޔެ މެންދުރު ފެނުނު މީހެއްގެ ބަހަށް އެހާ އަވަހަށް އިތުބާރު ކުރުމަކީ ކިހައި މޮޔަ ކަމެއްކަން އަޒަލްއަށް ވިސްނޭނެ ނަމައެވެ. ނަމަވެސް އެއިން އެއްވެސް ކަމަމާ ވިސްނޭ ވަރަށްވުރެ ބޮޑަށް އަޒަލްވީ ރިއާންގެ ލޯބީގައި ކަނުބަނދެވިފައެވެ.
އެރޭ ދިހަގަޑި ބައިވަންދެން ރިއާންއާއި އެކު ބޭރުގައި އުޅުމަށްފަހު އަޒަލް ގެއަށް ވަން އިރުވެސް ސޯފާގައި އަފާން އިނެވެ. ބައްޕަ އެ އިނީ އޭނަ ގެއަށް ނާންނަނީސް ނުނިދަން ވެގެންކަން އަޒަލްއަށް އެނގުނެވެ.
“އަނހަ ދަރިފުޅު އައީ ދޯ.. ދެން ދޭ އަވަހަށް ނިދަން.. ބައްޕަވެސް މި ދަނީ ނިދަން ދާން..” އަޒަލްގެ ބޮލުގައި ފިރުމައިލުމަށްފަހު އަފާން ސިޑިން އަރައިގެން ދިޔަ މަންޒަރު ބަލަން އަޒަލް ހުރީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. ބައްޕައަށް ދޮގު ހަދާފައި ކަމެއް ކުރެވުމުން އަޒަލްގެ މުޅި ހިތަށް ގޯނާވަމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ތާޒާވެލައި، އެއްޗެހި ބަދަލުކޮށްލައިގެން އަޒަލް ނިދަން އެރި އިރުވެސް އެ ހިތަށް ދިޔައީ އުނދަގޫ ވަމުންނެވެ. އެހެނަސް ރިއާންވެސް އިހަށް އެ ގުޅުން އޭނާގެ މައިންބަފައިންނަށް ސިއްރު ކުރަން އެދިފައި އޮތުމުން ބައްޕަމެންނަށް އެއްވެސް އެއްޗެއް ކިޔައިދޭކަށް އަޒަލްއަކަށް ނުކެރުނެވެ.
އެކަމާ ފިކުރު ކުރަން އޮއްވައި، އަޒަލްގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑަށް ލުޔެއް ލިބުނީ ރިއާން ގުޅަން ފެށުމުންނެވެ. ރިއާންގެ އަޑު ކަންފަތުގައި ޖެހުމާއެކު ވަގުތުން އަޒަލްގެ ހިތަށް ހަމަޖެހުން ލިބި، ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. އެރޭ އަޒަލްއަށް ނިދުނީ ދޭއްވެސް ޖެހި ފަހުން ރިއާން ފޯނު ކަނޑައިލުމުންނެވެ. ރިއާންއާ ވާހަކަ ދައްކަން އޮތް އިރު މާދަމާ ހަތެއް ޖަހާއިރު ލޯވފަރމަށް ދާން ޖެހޭކަންވެސް އަޒަލްގެ ހަނދާނުގައި ނެތެވެ.
*** ** ***
ދަންވަރު އެކެއް ޖެހި އިރުވެސް ޔައިލް އިނީ ބެލްކަނީގައި މިލާންގެ ގިޓާ ހިފައިގެންނެވެ. ވޭތުވެގެން ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާވެސް މިލާން ކައިރިން ގިޓާ ކުޅެން ދަސްކޮށްފިއެވެ. ކިރިޔާ ހުސް ވަގުތެއް ލިބޭ އިރަށް ޔައިލް އިންނާނީ ގިޓާ ހިފައިގެން ބެލްކަނީގައެވެ. ގިޓާ ކުޅެމުން ލަވަ ކިޔުމަކީ މިހާރު ޔައިލް އެންމެ ކުރާހިތުން ކުރާ އެއް ކަމެވެ.
ގިޓާ ހިފައިގެން އިނދެއިނދެފައި ޔައިލް ފަރުވާތެރިކަމާއެކު ގިޓާގެ ނަރުތަކުގައި ކޮށްޓައިލިއެވެ. އެޔާއެކު މާހައުލުގައި ގުގުމާލައިގެން ދިޔަ ރީތި، ލުއިލުއި ރާގުގެ އަޑުން ޔައިލްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ކިޔާނެ ލަވައަކާ ދޭތެރޭ ވިސްނަމުން ދެލޯ މަރައިލި އިރު، ޔައިލްގެ ލޮލަށް އެންމެ ފުރަތަމަވެސް ސިފަވީ ލަވައެއްގެ ކަޑިއެއް ނޫނެވެ. އެ ހިތުގައި ކުރެހުނީ އަޒަލްގެ ހިތްގައިމު ސޫރައެވެ. ވަގުތުން ޔައިލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލި އިރު، އެ ފިރިހެންވަންތަ، އަސަރުގަދަ އަޑު އެ ތަނުގައި ގުގުމައިލިއެވެ.
ނޭނގި ވެވޭ އިހުސާސެއް މީ
ލޭގައި ހިނގާ ޖަޒުބާތެއް މީ
ހާސިލް ވުމަށް އެދި ހިތް ރޮނީ
ޔާރާ ވިސްނާށޭ އިންސާނެއް މީ
ނޭނގި ވެވޭ އިހުސާސެއް މީ
ލޭގައި ހިނގާ ޖަޒުބާތެއް މީ
ހާސިލްވުމަށް އެދި ހިތް ރޮނީ
ޔާރާ ވިސްނާށޭ އިންސާނެއް މީ
ހްމްމްމްމްމްމްމްމްމް
ނަން އިވޭ ހިނދު ފެނިލަޔޭ
ހިތްވެސް އޮޔާ ބެހިގެން ދެޔޭ
ނަން އިވޭ ހިނދު ފެނިލަޔޭ
ހިތްވެސް އޮޔާ ބެހިގެން ދެޔޭ
ނުނިދޭކަން ވިސްނޭތީ
ނުހަނު ލޯތްބަށް ހިތް އެދޭތީ
ހްމްމްމްމްމްމްމްމް
ލޯތްބަށް އަދާ ޖަހަމޭ ސަލާން
ބޭނުން ޖަވާބެއް ދީ ކަލާ
މިހިތް ވަނީ ބޭޤަރާރޭ
ތީ ނިމުން ނެތް އިންތިޒާރޭ
ހްމްމްމްމްމްމްމްމް
ނޭނގި ވެވޭ އިހުސާސެއް މީ
ލޭގައި ހިނގާ ޖަޒުބާތެއް މީ
ހާސިލް ވުމަށް އެދި ހިތް ރޮނީ
ޔާރާ ވިސްނާށޭ އިންސާނެއް މީ
ހްމްމްމްމްމްމްމްމް
ލަވަ ކިޔައި ނިމުނު އިރު ޔައިލްގެ ހިތުގައި ކުރެހިފައިވީ އަޒަލްގެ ސޫރަޔަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. ލަވަ ކިޔައި ނިމުމާއެކު ގިޓާ މަތީގައި އަތް އަޅާފައި، އެ އަތް މަތީގައި ބޯ އަޅާލައިގެން ޔައިލް އޮތެވެ. އުޑުމަތީގައި ޝާހީކަމާއެކު ރަނިކަން ކުރަމުން ދިޔަ ރީތި ހަނދު ފެނުމާއެކު ޔައިލް ހަނދާންވީ މީގެ ދެމަސްވަރު ކުރިން އޭނައާއި އަޒަލް ހުރާގެ ގޮނޑުދޮށުގައި ހޭދަކުރި ވަގުތުކޮޅުގެ މަތިންނެވެ. ހަނދު ބުރުހަމަވާ ރޭތަކުގައި އަޒަލް ގޮވައިގެން އަތިރިމައްޗަށް ދިޔުމަށް އަޒަލް އެދުނު އެދުން އަދިވެސް ޔައިލްގެ ހަނދާނުން ނުނެތެއެވެ. އެރޭ އަޒަލް ބރުން އޭނާގެ އަތުތެރެޔަށް ވަން މަންޒަރު ސިފަވުމުން ޔައިލްގެ ތުންފަތުގައި ކުޅެލީ ކޮންމެ އަންހެން ކުއްޖަކުވެސް ފިދާވާނޭ ވަރުގެ ރީތި ހިނިތުންވުމެކެވެ. އެފަދައިން އަޒަލް މުޅި ޢުމުރަށް އޭނާގެ އަތުތެރެޔަށް އަންނާނެ ނަމައެވެ. އޭރުން ދުވަހަކު އަޒަލް އެ އަތުގެ ޙިމާޔަތުން މަޙުރޫމު ވިޔަކަ އޭނާ ނުދޭނެއެވެ. ހިތް ފުރޭ ވަރަށް އަޒަލަށް ލޯބި ދޭނެއެވެ. ދުވަހަކު އަޒަލްގެ އެ ރީތި ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނަކަ ނުދޭނެއެވެ.
“އާހް އަޒް.. ކިހިނެއްތަ އަހަންނަށް ތި ހެދީ..؟ މި ހުރިހާ ދުވަހަކު އެއްކޮށް އުޅުނު އިރު އަހަންނަށް އަޒްއާ ދޭތެރޭގައި ނުއުފެދުނު އިހުސާސްތަކެއް ކުއްލިއަކަށް އަހަރެންގެ ހިތުގައި އަޒް ތި އުފަން ކުރުވީ ކިހިނެއް..؟ އަހަންނަށް އަޒް ދެކެ ލޯބި ވެވިއްޖެ.. ވަރަށް ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. ޕްލީޒް އަޒް… އަޒްވެސް އަހަރެން ދެކެ ލޯބިވައްޗޭ.. އެހެން މީހަކަށް އަޒްގެ ހިތުން ޖާގަ ނުދެއްޗޭ.. އެހެން ނޫނީ އަހަރެން މޮޔަވެދާނެ އަޒް…” އެ އޮތް ގޮތަށް އޮވެ އަމިއްލަ ނަފްސާ ޔައިލް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އެތަނުގައި ދެވަނަ ފަރާތެއް ހުރިކަން ޔައިލްއަށް ރޭކައިވެސް ނުލައެވެ.
އަޒަލްއާއި މެދު ޔައިލްގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް ޚުދު ޔައިލްގެ ދުލުން ބޭރުވި އަޑު އަހަން ބެލްކަނީގެ ދޮރާ ނިވާ ވެގެން ހުރި މިލާންގެ ކަންފަތުގައި ނުޖެހި ނުދިޔައެވެ. ޔައިލްގެ ދުލުން ނުކުތް ލަފްޒުތަކާއެކީ މިލާންގެ ހިތް އުފަލުން ފޮޅުނެވެ. އަޒަލް ފަދަ ރަނގަޅު، ހެޔޮ އަންހެން ކުއްޖަކު ޔައިލްގެ ޙަޔާތުގެ ބައިވެރިއަކަށް ވުމަކީ އޭނާގެ އަބަދުގެވެސް ދުޢާއެވެ. އޭނާއާއި އަފާންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ޢާއިލީ ގުޅުމަކަށް ބަދަލުވާން އުޅޭ ކަމުގެ ކޮޅުމަތި ފެނުމުން މިލާން އަދި ވަކިން ބޮޑަށް އުފާވިއެވެ. ވަގުތުން އެ ވާހަކަ އަފާންއާއި ހިއްސާ ކުރަން ބޭނުންވި ނަމަވެސް އޭނާ ނިންމީ އިހަށް އެ ވާހަކަ އެހެން އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. ޔައިލްގެ ވާހަކަ ހުރި ގޮތުން އަޒަލް ޔައިލް ދެކެ ލޯބިވާކަން ޔަގީން ނުވާތީއެވެ. އެހެންނޫނަސް ދަރީންގެ ކަންތައްތަކާ އެމީހުން ބެހޭކަށް ނުޖެހޭ ނޫން ހެއްޔެވެ؟ އެކުދީން އަމިއްލައަށް އެކުދީންގެ ކަންކަން ނިންމަން ދޫކޮށްލުމަކީ މިލާން އަބަދުވެސް ގަބޫލު ކުރާ ގޮތެވެ.
އެހެންކަމުން ޔައިލްއަށް ހިލަމެއްވެސް ނުވާނެހާ މަޑުމަޑުން މިލާން އެތަނުން ދިޔައީ ދެންމެ އިވުނު ވާހަކަތައް ނީވޭ ކަމަށް ހަދަމުންނެވެ. ޔައިލް އަމިއްލައަށް އެ ވާހަކަ ނުބުނަނީސް އެހެން މީހަކަށް އެ ވާހަކަ ނީއްވުމަށް ހިތުއަޅައިގެންނެވެ.
*** ** ***
ދުވަހުގެ އެންމެ ފަހު ކްލާސް ނިންމައިލުމަށްފަހު ޔަލީން ވަގުތުން މިސްރާބު ޖެހީ ސްކޫޕަށެވެ. އެތަނުން އައިސްކޯނެއް ގަނެގެން ނުކުމެ، ޝަޔާމް ނުކުމޭތޯ ޔަލީން ހުއްޓެވެ. ނަވީންގެ ފަރާތުން އޭނާއަށް ވަނީ ޝަޔާމްގެ ޑިޔުޓީ ޝެޑިއުލް ލިބިފައެވެ. ޔަލީން އާދޭސް ކޮށްކޮށް ނަވީން އެންމެ ފަހުން ޝަޔާމްގެ ޑިޔުޓީ ޝެޑިޔުލް ޔަލީނަށް ދިނީ ބޮލަށް އުނދަގޫ ވެގެންނެވެ. އެހެން ނޫނަސް ޝަޔާމް ޔަލީން ދެކެ ފޫހިވާ ވަރު ނަވީނަށް އެނގެއެވެ. ޝަޔާމްގެ އެންމެ ގާތް އެކުވެރިޔާއަށް ވެހުރެ، ޝަޔާމް ރުޅިއަރުވައިލުމަށް ލިބޭ އެއްވެސް ފުރުސަތެއް ދޫކޮށްލަން ނަވީން ބޭނުންވާނެ ހެއްޔެވެ؟
އިރުކޮޅެއް ފަހުން ޝަޔާމް ޑިޔުޓީއަށް ދާން ތައްޔާރު ވެގެން ގެއިން ނުކުތް މަންޒަރު ފެނުމާއެކު ޔަލީންގެ ދެލޯ އުފަލުން ވިދައިގަތެވެ. އަތުގައި އޮތް ކޯންކޮޅު އަނގަޔަށް ކޮއްޕައިލަމުން ޔަލީން ދުވެފައި މިސްރާބު ޖެހީ ޝަޔާމް ކައިރިޔަށް ދިޔުމަށެވެ.
“ހެލޯވވވ..” ޝަޔާމް ސައިކަލަށް އަރަން އުޅެނިކޮށް ކުއްލިއަކަށް ޔަލީންގެ އަޑު އިވުމުން ކުޑަކޮށް ސިހޭ ގޮތް ވިއެވެ. އެނބުރި ބަލައިލި އިރު ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން ހުރި ޔަލީން ފެނުމުން ވަގުތުން ޝަޔާމްގެ މޫޑު ޚަރާބު ވިއެވެ.
“ކީއްވެގެންތަ އަދިވެސް އަހަރެން އަންބްލޮކް ނުކުރަނީ..؟” ހަށަން ބަނދެލަމުން ޔަލީން ކޮށްލި ސުވާލުން ވަގުތުން ޝަޔާމްގެ ބުމަ ގޮށް ޖެހުނެވެ.
“ކީއްވެގެންތަ އަދިވެސް އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތި އުޅެނީ..؟ ތީ އަޅެ ކުރާނެ ކަމެއް ނޭނގިގެން އުޅޭ ކުއްޖެއްތަ..؟” ސައިކަލަށް އަރަމުން ޝަޔާމް ބުނެލިއެވެ.
“ކުރާނެ ކަމެއް ނޭނގިގެންނެއް ނޫން މި އުޅެނީކީ.. ކުރާނެ ކަންތައް ހުސްވެގެންނެއްވެސް ނޫން މި އުޅެނީކީ.. އަހަންނަށް ޝަޔާމް ކަމުދާތީ މި އުޅެނީ.. ސޯޝަލް މީޑިޔާގެ ހުރިހާ އެއްޗަކުން އަހަރެން ބްލޮކް ކުރީމަ ދެން މިހެންނު އުޅެން ޖެހޭނީ.. ގައިމުވެސް މިހާރު ބްލޮކެއް ނުކުރެވޭނެ..” އުނަގަނޑުގައި އަތް ވިއްދައިލަމުން ޔަލީން ބުނެލީ ފަޚުރުވެރިކަމާ އެކީއެވެ.
“ހެޔޮނުވާނެ އަހަރެންގެ ފަހަތުން އުޅުން ހުއްޓާލަބަލަ.. ތީ ދެން މީހުން އުޅޭ ގޮތްތަ..؟ އަހަންނަށް ޔަލީން އެއްގޮތަކަށްވެސް ކަމަކު ނުދޭ.. އެހެން ބުނީމަ ދެން ގަބޫލުކޮށްގެން އަހަރެންގެ ފަހަތުން އުޅުން ހުއްޓާލަބަލަ..” މިފަހަރު ޝަޔާމްގެ އަޑު އިހުނަށްވުރެ މަޑެވެ.
“އަޑެއް ނާހަންތަ..؟ މީހުން ބުނެއެއްނު ނަފްރަތަކީ ލޯބީގެ ފެށުމޭ.. ޔަލްގެ ބެސްޓީގެ މަންމައާ ބައްޕަވެސް ފުރަތަމަ އެކަކު އަނެކަކަށް ވަރަށް ހޭޓް ކުރި.. އެކަމް ފަހުން ލޯބިވެވިގެން މެރީ ކޮށްގެން އަދިވެސް ވަރަށް ވަރަށް ލޯބިން އުޅެނީ..” ޔަލީން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. މިއީ ވަރެއްގެ އަނގައެއް އޮންނަ ކުއްޖެއްތާއޭ ޝަޔާމްގެ ހިތަށް އެރިއެވެ.
“އެހެން އެވީ ދެމީހުންވެސް ދެމީހުންނަށް ހޭޓް ކުރީމަ.. އަހަރުމެން އެހެންނެއް ނޫނެއްނު.. އިން ދިސް ކޭސް، ޔަލީން ތި އުޅެނީ އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން.. އަހަރެން މި އުޅެނީ ޔަލީން ކައިރިން ސަލާމަތް ނުވެވިގެން.. ނޯވ ދަ ޑިފަރެންސް ޑަމްބްހެޑް.. އައިލް ނެވަރ ފޯލް ފޯރ ސަމްވަން ލައިކް ޔޫ..” އެހެން ބުނުމަށްފަހު ޔަލީންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި، ޝަޔާމް ސައިކަލު ދުއްވައިލިއެވެ. ޝަޔާމް ލޮލުކޮޅަށް ގޮސް އޮބައިލި މަންޒަރު ބަލަން ހުރި ޔަލީން ތުންދަމައިލިއެވެ. މިއީ ހާދަހާވާ ބޯހަރު ފިރިހެނެކޭ ޔަލީންގެ ހިތަށް އެރިއެވެ. އެހެނަސް އޭނާ އަދިވެސް ހިތްވަރު އެލުވައިލާކަށް ބޭނުމެއް ނުވެއެވެ. ޝަޔާމް ހާސިލް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އޭނާ ކުރާނެއެވެ.
*** ** ***
މެންދުރު ނަމާދު ކޮށްގެން މިސްކިތުން ފޭބި ގޮތަށް ޒައުލް ދިޔައީ ގެޔަށެވެ. ގެޔަށް ވަން އިރު ބަދިގެއިން ދުވަމުން ދިޔަ މީރު ވަހުން ޒައުލް ވަގުތުން ބަނޑުހައި ވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއަށް މިސްރާބުޖެހި ޒައުލްއަށް ދޮރު ކުރިމަތީގައި ހުއްޓިލެވުނީ ފެނުނު މަންޒަރަކުންނެވެ.
އޭނާގެ މަންމަ އުނދުން މައްޗަށް އެއްޗެއް އުދައިގެން ހުރި އިރު ބައްޕަ ހުރީ ޒިންކު ކައިރި ތަށިތައް ދޮންނާށެވެ. އިރުކޮޅަކުން ބައްޕަ މަންމަގެ މޫނުގައި ސައިބޯނި ފޮނުކޮޅެއް އުނގުޅައިލުމާއެކު މަންމަ ރުޅިއައިސްގެން ބައްޕަގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލި މަންޒަރު ފެނިފައި ޒައުލް ކައިރިޔަށް ހިނި އައެވެ. އެއާއެކު މަންމަގެ ރުޅި މަޑުކުރުމަށް ބައްޕަ މަންމަގެ ކޮލަށް ދޮނެއް ދިނުމުން، މަންމަ ރަކިވެގެން އިސްޖަހައިލި މަންޒަރު ބަލަން ހުރި ޒައުލްގެ ތުންފަތުގައިވީ ހިނިތުންވުން ފުންވެގެން ދިޔައެވެ. މަންމައާއި ބައްޕަ އެކަކު އަނެކަކަށް ބަލައިލާ ގޮތުން އެކަނިވެސް އެދެމެދުގައިވާ ނިމުމެއްނުވާ، ވަރުގަދަ ލޯބި ޒައުލްއަށް ފެންނަމުން ދިޔައެވެ.
މަންމައާއި ބައްޕައަށް ލޯބިން ފުރިގެންވީ ނަޒަރެއް ދޮނުމަށްފަހު ޒައުލް ބަދިގެއަށް ނުވަދެ ގޮސް ސިޓީންރޫމު ސޯފާގައި އިށީނީ މަންމައާއި ބައްޕަގެ ވަގުތުކޮޅު ޚަރާބުކޮށްލަން ބޭނުން ނުވުމުންނެވެ. ސޯފާގައި އިށީނދެފައި ޒައުލް ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އޮތެވެ. އޭނާގެ ހިތާއި ސިކުނޑީގައި އެވަގުތުވެސް އާރާގެ ތަސްވީރު ނޫން އެހެން އެއްޗެއް ނެތެވެ.
ޒައުލްއަށް ވިސްނައިލެވުނެވެ. ކުޑައިރުއްސުރެ އާރާއާއި މެދުގައި އޭނާ ދެކޭ ގޮތާ އަޒަލްއާއި މެދު ދެކޭ ގޮތް ތަފާތެވެ. އޭނާ އަބަދުވެސް އަޒަލް ދުށީ އެއްބަނޑުއެއްބަފާ ދައްތަގެ ގޮތުގައެވެ. އެހެނަސް ދުވަހަކުވެސް އާރާއަށް ދެބެންގެދެދަރި ކުއްޖެއްގެ ނަޒަރުންވެސް ނުދެކެވެއެވެ. އެޔަށްވުރެ ބޮޑަށް ދެކެވުނީ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. އެ މަޤާމު ބަދަލުވެގެން ދިޔައީ ކޮން އިރަކު ކިހިނެއް ކަމެއްވެސް ޒައުލްއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ދުވަހަކު ވަކިވާން ބޭނުން ނުވާ ވަރަށް އޭނާއަށް އާރާ ދެކެ ލޯބިވެވިއްޖެ ކަމެވެ. އެހެނަސް އެދެމެދުގައިވީ އާއިލީ ގުޅުމުން އެކަން ދުވަހަކުވެސް ވެދާނެ ބާވައެވެ؟ މިޒަމާނުގައި ދެބެންގެދެދަރި ދެކުދިން ގުޅުމުން މީހުންގެ މަލާމާތާއި ފުރައްސާރަ ހާދަ ވަރަކަށް ރައްދު ވާނެއެވެ. އެހެނަސް އެއިން އެއްވެސް ކަމަކާއި ދޭތެރޭގައި ވިސްނޭ ވަރަށް ވުރެ ބޮޑަށް ޒައުލްވީ އާރާގެ ލޯބީގައި ކަނުބަނދެވިފައެވެ. އެހެން ނޫނަސް އާރާ މިހާރަކަށް އައިސް އޭނާއާ ދޭތެރޭގައި ބަހައްޓަމުން ދިޔަ ދުރުކަމުން އެކަން ކާމިޔާބުވެދާނެ ބާވައެވެ؟ ޒައުލްއަށް ދުވަހަކުވެސް އާރާގެ އާނބަސް ލިބިދާނެ ބާވައެވެ؟
*** ** ***
މެންދުރުގެ ވަގުތު އަފާންގެ ކުޑަ ޢާއިލާ އެއްކޮށް ޑައިނިންޓޭބަލް ދޮށުގައި ތިބީ ކެއުމަށް އިންސާފު ކުރާށެވެ. އެހެން ދުވަސްދުވަހު ހުނުމާއި ސަކަރާތުގެ އަޑު ނުކެނޑޭ އެ ގޭތެރެއިން މިއަދު ހަމަހިމޭންކަން ފިޔަވައި އެހެން އެއްޗެއް އަޑެއް ނީވެއެވެ. އެންމެންވެސް ހިމޭންކަމާއެކީ ކަމުން ދިޔަ އިރު ހީވަނީ އެކަކުވެސް އެއްޗެކޭ ނުބުނަން ހުވާކޮށްގެން ތިބި ހެންނެވެ.
“ދަރިފުޅާ އަޒް.. ދަރިފުޅު މީހަކާ އިންނާކަށް ނުވިސްނަންތަ..؟” ކުއްލިއަކަށް އަފާން ކޮށްލި ސުވާލުން އަޒަލް ކޮށިއެރިއެވެ. އާރާވެސް ހައިރާންވެފައި އަފާންއަށް ބަލައިލީ މިއީ އަފާން އެކަހަލަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ. ޒާރާވެސް ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަޒަލްއަށް ފެންތަށްޓެއް ދިއްކޮށްލާފައި، އަޒަލްގެ ބުރަކަށީގައި ފިރުމައިލިއެވެ.
“ބައްޕަ އެހެން ބުނާ އިރަށް ދަރިފުޅަށް ހާދަ ވަރެއް ތިވީ..؟” ހިނިއައިސްފައި އިނދެ އަފާން އެހެން ބުނެލީ އަޒަލްއަށް ވީ ގޮތުންނެވެ.
“ބައްޕަ އަދި ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާތީ..” އަޒަލްގެ އަޑު އައީ އަފާންއަށް ކިރިޔާ އިވޭ ވަރަށެވެ. އަާންގެ އެ ސުވާލުން އަޒަލްގެ ޠަބީޢަތަށް އައި ބަދަލު އަފާންއާއި ޒާރާގެ އިތުރުން އާރާއަށްވެސް ފާހަގަ ކުރެވުނެވެ.
“މިހާރު ދައްކަން ވެއްޖޭ.. އަސްލު މާ ލަސްވެސް ވެއްޖެ މިހާރު މި ވާހަކަ ދައްކަން.. ދަރިފުޅަށް ފަންސަވީސް އަހަރު ތިވީ.. ތިހުރީ ކިޔަވާ ނިމިފަ.. ތި އުޅެނީ ނުލާހިކު ސްކޯޕް އޮންނަ ޖޮބެއްގަ.. ދެން ދަރިފުޅަށް މަދުވަނީ ކައިވެންޏެއް އެކަންޏެއްނު މިހާރު.. ދަރިފުޅު ނޫޅެންތަ އެކަހަލަ ކަމަކާ..؟” އަފާން އެ ސުވާލު ކުރުމުން އަޒަލްއަށް ހިންދިރުވައިލެވުނެވެ. ވަގުތުން ރިއާންގެ ނަން ބުނުމަށް އެދި އެ ހިތް ގޮވި ނަމަވެސް އަޒަލްއަށް އެ ހިތްވަރެއް ނުލިބުނެވެ. ބައްޕަ ދެކެ ބިރުންނެއް ނޫނެވެ. އަދި މައިންބަފައިންނާ ހަމައަށް އެ ގުޅުން ގެންދިޔުން ރިއާން އަޒަލްއަށް މަނާކޮށްފައި އޮތީތީއެވެ. އެހެންކަމުން ޖެހިލުންވެ އިނދެވެސް އަޒަލް ހަމައެކަނި ދެފަރާތަށް ބޯހޫރުވައިލީއެވެ.
“ދަރިފުޅަށް ޔައިލް ކަމުދޭތަ..؟” ދެން އަފާން ކޮށްލި ސުވާލުން އަޒަލްގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. ވަގުތުން އަވަސްއަވަހަށް ބޯހޫރުވައިލީ ދުވަހަކުވެސް ޔައިލްއާއި މެދުގައި އެކަހަލަ އިހުސާސެއް ކުރެވިފައި ނެތުމުންނެވެ.
“ނޫން ބައްޕާ.. ޔައިލްއާ އަޒްއާ ދޭތެރޭގަ އެކަހަލަ އެއްވެސް ކަމެއް ދުވަހަކުވެސް ނުހިނގާ.. އިޓްސް ގޮނަ ބީ ސޯ ވިއަރޑް.. އަޒް އަމިއްލައަށް ކުއްޖަކު ހޯދާނަމޭ ބައްޕާ.. ބައްޕަ ނުވިސްނާ އެކަމާ.. ކޮންމެ ކަމެއްވެސް ވަގުތު ޖެހުނީމަ ވާނެ..” އަޒަލް އަވަސްއަވަހަށް ވާހަކަ ހިންދައިލަމުން މޭޒުދޮށުން ތެދުވިއެވެ. ކޭ ތަށި ހިފައިގެން ބަދިގެއަށް ގޮސް، ތަށި ދޮވެލާފައި، އަޒަލް ވަގުތުން ކޮޓަރިއަށް މިސްރާބު ޖެހީ ބައްޕަގެ އިތުރު ސުވާލަކާ ކުރިމަތިލާނެހާ ހިތްވަރެއް ނެތުމުންނެވެ.
އަޒަލް ދިޔުމާއިއެކު އާރާވެސް އަވަސްއަވަހަށް ތަށީގައި ހުރި ކާއެއްޗެހި ހުސްކޮށްލާފައި، ތަށި ދޮވެލާފައި އެރީ މައްޗަށެވެ. މައްޗަށް ގޮސް އަޒަލްގެ ކޮޓަރިއަށް އާރާ ވަން އިރު އަޒަލް އެނދުމަތީގައި ނިޔަފަތި ހަފައިލަ ހަފައިލަ އިނެވެ. ވަގުތުން އާރާއަށް އަޒަލްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ.
“ދޮންތީ.. ދޮންތި ޔައިބެ ދެކެ ލައިކް ވަނީތަ..؟” އާރާ ގޮސް އަޒަލްގެ ކައިރީގައި އިށީނދެފައި އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. ވަގުތުން އަޒަލް ނޫނެކޭ ކިޔާފައި ކުސްތަޅައިލިއެވެ.
“އެހެންވީރު ދޮންތި ލައިކްވާ އެހެން ކުއްޖަކު ހުންނަނީތަ..؟” އާރާ ދެން ކޮށްލި ސުވާލުން އަޒަލްގެ ހަރަކާތްތައް މަޑުޖެހުނެވެ. އިތުރަށް ދޮގު ހަދާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ.
“އާރޫ.. އެއްވެސް މީހަކު ކައިރި މި ވާހަކަ ނުބުނައްޗޭ.. ޕްލީޒް.. ބައްޕަ ކައިރިވެސް މަންމަ ކައިރިވެސް.. އަދި އެއްވެސް މީހަކަށް މި ވާހަކައެއް ނޭނގޭނެ.. އާރޫ ކައިރި އެކަނި ދޮންތި މި ބުނަނީ އިނގޭ..” އާރާގެ އަތްމަތީގައި އަތް ބާއްވައިލަމުން އަޒަލް ބުނެލިއެވެ އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަޒަލް އާރާއަށް ރިއާންގެ ވާހަކަ ކިޔައިދިނެވެ.
“ދެން ދޮންތި ކީއްވެތަ ބައްޕަމެން ކައިރި ނުބުނަން ތި ހުންނަނީ.. ހަމަ ޔަގީނުންވެސް ދޮޮންތި ތިހާ ލޯބިވާ މީހަކު ވިއްޔާ ބައްޕަ ނުގަބޫލެއް ނުވާނެ.. އަނެއްކޮޅުން އާރޫއަށް ޔަގީން ދޮންތިގެ ހޮވުން ގޯހެއް ނުވާނެކަން.. ސޯ ކޮބާތަ މައްސަލަ އަކީ..؟ އަވަހަށް ދެންވެސް ބުނޭ ބައްޕަ ކައިރި..” އާރާ އޭނާއަށް ފެންނަ ގޮތް އަޒަލްއާއި ހިއްސާ ކުރިއެވެ.
“އަދި މަހެއްވެސް ނުވޭ ރައްޓެހިވީ ފަހުން.. އެހެންނޫނަސް ރިއާން ބުނެފަ އޮތީ އިހަށް ބައްޕަމެން ގާތު މި ވާހަކަ ނުދައްކަން.. އޭނަ އަދި ރެޑީއެއް ނޫން ކޮމިޓްވާކަށް..” އަޒަލް އެހެން ބުނުމާއެކު އާރާއަށް މޫނަށް ވައްތަރެއް ޖައްސައިލެވުނެވެ.
“ކޮމިޓްވާން ބޭނުންނުވާ މީހަކާއެކީތަ ދޮންތި ތި އުޅެނީ..؟” އާރާއަށް އަހައިލެވުނީ ގަބޫލު ނުކުރެވޭ ކަހަލަ ގޮތަކަށެވެ.
“ދެން އާރޫ.. އަދި ޑޭޓް ކުުރަން ފެށި ފަހުން އެހާ ގިނަ ދުވަހެއް ނުވޭ.. ވެދާނެއެއްނު އެހެން ވީމަ ކަމަށް..” އަޒަލް ރިއާންގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.
“ހޫމް.. ދެން ހެވޭ.. ތި ރިއާންއެއްގެ ވާހަކަ ކިޔައިދީބަލަ.. އައިމް ސަޕްރައިޒްޑް ދުވަހަކު އާރޫއަށް ނުވެސް ފެންނަ މީހަކާ ދޮންތި ރައްޓެހިވީ ވާހަކަ ބުނީމަ.. އެއީ ކޮން ރަށެއްގެ މީހެއްތަ..؟ ކޮން މަސައްކަތެއް ކުރަނީ..؟ ކިތައް އަހަރުތަ..؟ އޭނަގެ ފެމިލީ ކޮބައިތަ..؟” އާރާގެ ސުވާލުތަކާއެކީ އަޒަލް އާގަމަވިއެވެ. ފުން ވިސްނުމަކަށް ދިޔަ ފަދައިން އަޒަލްއަށް އިސްޖަށަށް ޖެހުނީ އެ ސުވާލުތަކުގެ ޖަވާބު ޚުދު އޭނާއަށްވެސް ނޭނގޭތީއެވެ. ރިއާންގެ ޢުމުރު ފިޔަވައި އެހެން އެއްވެސް ސުވާލެއްގެ ޖަވާބު އޭނާއަކަށް ނޭނގެއެވެ. ރިއާންގެ ފަތިފުށް ރަނގަޅަށް ނޭނގެނީސް ލޯބީގެ ގޮތުން ރިއާންއާއި ގުޅެވުމުން އަޒަލްގެ ހިތުގައި ފުރަތަމަ ފަހަރަށް ގޮތްނޭގޭ އުނދަގޫކަމެއް އުފެދުނެވެ. ކަންތައް ކުރެވެމުން މި ދަނީ އެންމެ ރަނގަޅަށް ކަމާއި މެދުގައި އަޒަލްގެ ހިތުގައި ޝައްކު އުފެދުނެވެ.
“ބަލަ ދޮންތީ.. ދޮންތިއާއޭ އާރޫ މި ވާހަކަ ދައްކަނީ.. އާންސަރ މީ..” އަޒަލްގެ ނިތުގައި މަޑުމަޑުން ޖަހައިލަމުން އާރާ ބުނެލުމާއެކު އަޒަލްއަށް ހަމަބިމަށް އާދެވުނެވެ. ހިތުގައި އޮތް ގޮތަށް ބުނެފި ނަމަ ވަގުތުން އެ ގުޅުމަށް އާރާގެ ނުރުހުން އަމާޒުވާނެކަން އަޒަލްއަށް އެނގއެވެ. އެހެންކަމަށް ވެއްޖެ ނަމަ އާރާ ވަގުތުން ގޮސް އަފާން ގާތުވެސް އެ ވާހަކަ ބުނެފާނެއެވެ. ވަގުތުން ރިއާންއާއި ދުރުވުމަށްވެސް އަޒަލް ގާތު ބުނާނެއެވެ. އެހެން ވާކަށް އަޒަލްއަކަށް ނޭދެވޭނެއެވެ. ކައިވެނީގެ ކުރިން ރިއާން ދަސްކުރުމަށް އަދި ވާ ވަރަށް ދުވަސް އެބަ އޮތެއް ނޫންހެއްޔެވެ؟ ރިއާން ބުނާހެން އެހައި އަވަަސް އަރުވާލައިގެން އުޅެނީ ކީއްކުރަން ހެއްޔެވެ؟
“ދެން ދޮންތި އާރޫއަށް ފަހުން ތި ހުރިހާ ވާހަކައެއް ކިޔައިދޭނަން.. އިހަށް ދޭ ނިދަން.. ދޮންތިވެސް ވަރަށް ޓަޔަރޑް..” އަޒަލް އެހެން ބުނެލުމާއެކު މޫނަށް ވައްތަރެއް ޖައްސައިލާފައިވެސް، އާރާ ތެދުވިއެވެ.
“އާރޫ ބޭނުން ތި ރިއާންއަކާ މީޓް ކުރަން..” ދޮރުން ނުކުންނަމުން އާރާގެ ދުލުން އެންމެ ފަހުން ނުކުތް ޖުމުލައަކީ އެއީއެވެ. އާރާ ނުކުތުމާއިއެކު އަޒަލްއަށް އެނދުމައްޗށް ވެއްޓިގަނެވުނެވެ. އާރާ ކުރި ސުވާލުތަކާ ގުޅިގެން ހިތަށް ވެރިވެފައިވީ އުނދަގޫކަމުގައި ގެނބިގެން ދިޔަ އަޒަލްއަށް ހަމަބިމަށް އާދެވުނީ ގާތުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ޑިސްޕްލޭއަށް އަރާފައިވި ރިއާންގެ ނަން ފެނިފައި، އަޒަލްގެ މޫނުމައްޗަށް ފުރަތަމަ ފަހަރަށް ނުތަނަވަސްކަން ވެރިވިއެވެ. ދެފިކުރެއްގައި ހުރެފައި އޭނާ ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.






Mi part vx v Reethi masha allah
Laura and azaan ge love story v Reethi
Azal andyYail gulhuvachey
Shayaam and yaleen ves
Zaul and aara ves
They all are made for each other
Yail eulheni azal dheke loabi vevigen
E kudhin gulhuvachey
E kudhin ah vaa gothun v dheravey
V interesting story eh
V kiyaala hithun kiyani
You’re my fav author
Curiously waiting for next part
Love you ❤️
Vrh vrh reethi….Vrh kiyaalaa hithun Mii story kiyaane Mii…vrh vrh reethi…♥️
Vrh vrh reethi….Vrh kiyaalaa hithun Mii story kiyaane Mii…vrh vrh reethi…♥️
Whenn is the nextt part..
Vaahk upload kuraane dhuvasthah angaaladhinun vrh edhen…..
Next part konirakunn…. 😊maashaa allah varah vx reethi…. 😊😊😊
nxt prt kn irakun kiyaalan libeyny
mi prt vx vvv reethi masha allah
u r one of my fav author
keep it up nayaa
nxt prt vrh avahah kiyaalan libeyne kamah heekuran
love u darl
kon irakun next part
next part kon irakun kiyaalan libeynee
Omg…… Alhe Nayaa kihineh tha mivany….. Yaleen ge life ge vaahk mi vaahk ga miothy😊…..
Aslu bunan tha vaahk eh Yaleen ekaku kaari vx nubunaa….. I’m having a crush on someone who hates me… ekam eyna fall veythoa undhagoo fasheh kohlamey… eyna akah dhen mi Yaleen ge faraathakun salaamatheh nuveveyne…. hehe..
Neyge dhw dhen vaane gotheh… Mihaaru migothah ulhey thaa vrh dhuvas vejje…
like…. 7 vrkh months vedhaane… ekam dhen keehkuraany🥱… naseebeh dhen eyna ehen meehaku kaari nubunaa kan.. ehen noon nama Yaleen mihaaru nolhaa kaane..
eyna mihaar maa dhurudhurun ulhey hen vx heeve….. mihaarakah ais vrh madhun fennanee… vedhaane Yaleen aa meet vaan beynun nuvany kamah vx😭…. i feel hopeless.😭😭….
ekam dhen mihaar Yaleen evarah eyna fahathun ulhefa kullli akah huttaaleema faharehga eyna ah ehcheh visnidhaane kanneyge….. faharehgaa hama eyna Yaleen ah fall vedhaane dhw🥰.. ekam emme birugannanee eyna ehen kujjakaa rahtehi vedhaanethee… mihaar vx shakku😔… eii kamah vedhaane eyna Yaleen ah fall nuvegen ulhey reason akee…. ekam Yaleen akee ehaa hadi kujjeh vx noon… mihaaru vx madhu madhun proposal thah libey… baeh faharu heevey eyna hama Yaleen thalhuvan kuraa kamehhen vx eii… ughh… I don’t know what to do😫…
ohhhh….Yaleen ge comment maa dhigu vejje dhw…. dhen mi balanee dhw Nayaa ge mi vaahk in Yaleen ge life kuriah gendhan idea eh libeyne kamah😀….
Haadha reecchey vaahk😍.. neh hama bunaane ehcheh… hama speechless..
curiously waiting for the next part… I really appreciate your work darl🥰🥰🥰…
When next part