Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަގޭ މާއިލް 20

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 2, 2024 5 Mins Read
4 Comments

2 ގަޑިއިރުގެ ދިގު އިންތިޒާރަކަށް ފަހު ޑަކްޓަރު އަހިސް ލާރާ އޮތް ކޮޓަރިއަށް ވަނެވެ. އޭރު ލާރާވެސް އޮތީ ހޭލާއެވެ [ޑަކްޓަރ އަޅުގަނޑުގެ ދަރިފުޅު ކިހިނެތްތަ؟] ޑަކްޓަރ ވަނުމާއި އެކު ޖަޒްލާ އެއްސެވެ. އެންމެންގެ މޫނު މަތިން ހާސްކަން ފެންނަމުންދިޔަ އިރު ލާރާގެ މޫނު މަތީގައި ވީ އިހުސާސް ބުނެލަން ދައްޗެވެ. [ނޫނޭ ދައްތާ.. އެއްވިސް ވަރަކަށް ހާސް ވާނެކަމެއްނެތް.. ލާރާ ބަނޑުބޮޑު.. ބަނޑަށް 12 ހަފްތާ]

*******

[އިތުރު މައްސަލައެއް ނެތުމުން އައިވީ ފުޅި ހުސްވުމުން ދޫކޮއްލެވޭނެ] ޑަކްޓަރާއި ނަރުސް ކުއްޖާ އެހެން ބުނެ ނިކުމެގެން ދިޔައެވެ. އެވަގުތު 4 މީހުނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނީ ލާރާއާއި ދިމާލަށެވެ. ލާރާގެ މޫނު މަތިން އެއްވިސް އިހުސާސެއް ފެންނާކަށް ނެތެވެ. [ލާރާ… ޔޫ ނިއު؟] އީން އެއްސެވެ. މަޑުމަޑުން ލާރާ ތެދުވެ އިށީނެވެ. ފުން ނޭވާއެއް ދޫކޮއްލިއިރު ލާރާގެ ލޮލުގައި ކަރުގައިގެ އަސަރު ހުއްޓެވެ. [ހޫމް.. ލާރާއަށް އެނގޭ ލާރާ ޕްރެގް ކަން.. ލާރާއާއި މާއިލް ޑިވޯރސް ވިތާ ދުވަސް ކޮޅެއްފަހުން އެހެން ހީވެގެން އަހަރެން ޓެސްޓް ކިޓެއް ގަނެގެން ޓެސްޓް ކުރީ..] ލާރާ ބުންޏެވެ. [ދެން ކީއްވެ ލާރާ ބަނޑުބޮޑު ވާހާކަ މަންމަމެން ކައިރީ ނުބުނީ އަޅެ؟ -] ޖަޒްލާއެއްސެވެ. [ޕްލީޒް މަށާ ތިވާހަކަ ނުދައްކަފާނަންތަ؟] ޖަޒްލާގެ ވާހަކަ ހުއްޓުވާ ލާރާ އޮށޯވެ ދެލޯ މަރާލިއެވެ. އެހެންކަމުން ލާރާއަށް ވަގުތުކޮޅެއް ދޭންވެގެން ދެން އެއްވިސް މީހަކު އެއްވިސް އެއްޗެއް ނުބުންޏެވެ.

*******

[އައްސަލާމުއަލައިކުމް] ލާރާމެން ގެޔަށް ވަދެ އީން ސަލާމް ގޮވާލިއެވެ. [ވާލައިކުމްސަލާމް. އަނހާ.. އެކޮއެ ލާރާ ވެއްޖެ ކޮޓަރީގަ. އަޅެ އެ މަންޖެ ވާހަކަ ދައްކާތޯ މަސައްކަތް ކޮއްދީބާ ހެޔޮނުވާނެ] އީން ފެނުމުން ޖަޒްލާ އީންގެ މަޑު އަތްތިލައިގައި ހިފާލަމުން ބުނެލިއެވެ. ލައްބައޭ ބުނެލަމުން އީން ލާރާގެ ކޮޓަރިއަށްވަނެވެ. ސީލިންގާއި ދިމާލަށް ކަޅި ޖަހައިނުލާ ލާރާބަލަހަށްޓައިގެން އޮތް ލާރާ ފެނުމުން އީންގެ ހިތް ކުދި ކުދިވިއެވެ. ލާރާއެކޭ މަރު މައްޔިތެކޭ ހަމަ އެއްވިސް ތަފާތެއް ނެތެވެ. [ލާރާ.. އަޅެ ހެޔޮނުވާނެ.. ވާހަކަ ދައްކަބަ..] އީން ބުނެލިއެވެ. އޭރު އީންގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައެވެ. ލާރާއަށް ކެއްވީ އެހިސާބުންނެވެ. ރޮއިގަންނަމުން ލާރާތެދުވެ އީން ގައިގައި ބައްދާލިއެވެ. [އިއްނޫ… އަޅެ ވަޓް އޭމް އައި ސަޕޯސްޓް ޓު ޑޫ؟؟ އިނގޭތަ؟ މަށާ މާއިލްއާއި ބޭބީ އެއް ހޯދަން ޓްރައި ކުރަނިކޮށޭ މި ކަމެއް މިވީވެސް… އަޅެ.. އަހަރެން ބަނޑުބޮޑުކަން ކުރިން އެނގުނު ނަމަ މާއިލް މަށާ ޗީޓް ނުކުރީސްދޯ..] ރޮމުން ރޮމުން ލާރާގެ ހިތުގައިވީ ހުރިހާ ޝަކުވާއެއް އީން ކުރިމަތީގައި އޮއްސާލިއެވެ. އީންގެ ލޮލުންވެސް ކަރުނައަންނަމުން ދިޔައިރު ކޮޓައިން ބޭރުގައި އެވާހަކަ އަޑު އަހަން ހުރި ޖަޒްލާގެ ހިތްވެސް ދިޔައީ ފޮތި ފޮތި ވަމުންނެވެ.

*****

ހަނދުވަރުދޭ ރީތިރެޔެކެވެ. ފިނި ވައިރޯޅިތަށް ޖެހެމުންދިޔައިރު މީހުންގެ ހިތަށް ފިނިކަން ގެނެސްދޭ ފަދައެވެ. ރެއަކީ ނޫރާއާއި މާއިލްގެ ކައިވެނީގެ ރެޔެވެ. ސްޓޭޖު މަތީގައި ނޫރާއާއި މާއިލް ހުރި އިރު ހުރިހާ އެންމެންގެ ފަރާތުން މިޖޯޑަށް ދިޔައީ މަރްހަބާ ކިޔަމުންނެވެ. ކްރީމް ކުލައިގެ ގަމީހެއްލާފައި ކަޅު ކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ހުރި އިރު މާއިލް، ބަލާބަލާ ފޫހި ނުވާހާ ރީއްޗެވެ. ކައިރީގައި ނޫރާ ހުރި އިރު ނޫރާ ލައިގެން ހުރި ކްރީމް ކުލައިގެ ވެޑިންގް ޑްރެސްވަނީ މުޅި ހިސާބަށް ފެތުރިފައެވެ. ކޮނޑުނެތް އެބޮޑޫ ވެޑިންގް ޑްރެސްއާއި ގުޅުވާލާފައި މޫނުމަތީގައި ކޮއްފައިވާ މޭކަޕުގައި ނޫރާ ކިތަންމެހާވެސް ޗާލެވެ. ކޮނޑާ ހަމައަށް އަންނަ ކުޑަ އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލް ކޮއްލާފައިވީ އިރު ނޫރާ ކިތަންމެހާވެސް ރީއްޗެވެ. ނަމަވެސް ހިނިތުންވެލައިގެން ހުއްޓެއްކަމަކު މާއިލް ހިތުގައިވީ ހިތާމައެވެ. ޝަކުވާއެވެ. މަޖުބޫރީއެވެ.

*****

ކައިވެނި ޕާރޓީ ނިންމާލާފައި ކާރުގައި ގެއަށް އާދެވުމާއި އެކު މާއިލް ކާރުން ފައިބައިގެން ނުކިތެވެ. މާއިލް އާދޭތޯ އިން ނޫރާ އިސްޖަހާލާފައި ކާރުން ފައިބަން ޖެހުނީ މާއިލް ގޮސް ގޭތެރެއަށް ވައިންތަން ފެނުމުންނެވެ. ނޫރާ ކޮޓަރިއަށް ވައިން އިރު މާއިލް ކޯޓު ކޮނޑެއްގައި އަޅުވާފައި އަހިސް އެނދުގައި އޮށޯންނަނީއެވެ. [މާއިލް ގަމީސްވެސް ނުބާލާތަ؟] ބަންޑުން އޮތް މާއިލް ގާތު ނޫރާ އެއްސެވެ. ނަމަވެސް މާއިލް އަނގައިން ނުބުނުމުން ނޫރާ ގޮސް ވަނީ ފާހާނާއަށެވެ.

ލައިގެން ހުރި ބޮޑު ވެޑިން ޑްރެސް ބާލާފައި ގަޔަށް ބާރު އަޅި ކުލައިގެ ޓީޝާޓަކާއި އައިސް ބްލޫ ކުޑަ ކުޑަ ސޯޓު ކޮޅެއް ލައިގެން އަވަސް ކޮއްލައިގެން ނޫރާ ނުކުތީ ކައިވެނީގެ ފުރަތަމަ ރޭގެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށެވެ. ނަމަވެސް ފާހާނާއިން ނުކުން އިރަށް ނޫރާގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާ އެއޮތީ ނިދާފައެވެ. ލަސް ހިނގުމެއްގައި ނޫރާގޮސް މާއިލްގެ މަގަތުގައި އޮށޯވެލިއެވެ. މާއިލްގެދޮން މޫނަށް އިރުކޮޅަކު ބަލަން އޮވެފައި އަތް އުފުލާ މާއިލްގެ ކޮލުގައި ނޫރާ ފިރުމާލިއެވެ. ގޮވަންވެސް ނޫރާގެ ހިތަށް އެރިއެވެ. ނަމަވެސް ޕާރޓީ ނިމުނު އިރު މާ ވަރުބަލި ވެފައި ހުރީ ކަމަށް ނިންމާފައި ނޫރާވެސް ނިދާލިއެވެ.

ނޫރާ ނިދައިފިކަން ޔަގީންވުމުން މާއިލް ތެދުވެ އިށީނެވެ. ނޫރާ އަހިސް މާއިލް ގާތުގައި ހުއްޓި ގޮވަން އުޅުނުކަންވެސް މާއިލްއަށް އެގެއެވެ. ހަގީގަތުގައި ނޫރާއާއި އެކީ އެއްވިސް ގުޅުމެއް ހިންގަން މާއިލް ބޭނުންނުވީއެވެ. މާއިލް ދެކޭ ގޮތުގައި މާއިލްއަކީ އަދިވެސް ލާރާގެ ހައްގެކެވެ. ހަމައެކަނި ލާރާގެ ހައްގެކެވެ.

****

އިރު އަރައި މުޅި ދުނިޔެ ދިއްލާލިއިރު މިއަދުވެސް ލާރާއަށް ހޭލެވުނީ މޭނުބައި ކޮއްގެންނެވެ. މިއީ މިހާރު ލާރާގެ ހާލަތެވެ. ފެންފޮދަކުން ކޯދޮވެލަމުން ލޯގަނޑުން ލާރާގެ މޫނަށް ބަލައިލިއެވެ. އާއެކެވެ. ލާރާގެ ހަށިގަނޑަށްވެސް ދިޔައީ ބަދަލުތަކެއް އަންނަމުންނެވެ. ދެއަށް އުފުލާލާ ދެއަތުން ކޮލުގައި ފިރުމާލިއެވެ. މަސްކޮޅެއް ނެތް ލާރާވަނީ މިހާރު ކޮލެއްވެސް ލާފައެވެ. ދެން ލާރާގެ އަތް ދަތުރު ކޮއްލީ ލާރާގެ ބަނޑާ ދިމާލަށެވެ. ބަނޑުގައި ފިރުމާލަމުން ފަރާތަކަށް އެނބުރި، ލައިގެން ހުރި ގަޔަށް ދޫ އަޅި ކުލައިގެ ޓީޝާޓު މައްޗައް ހިތްލައިލަމުން ލާރާގެ ބަނޑާދިމާލަށް ބަލައިލިއެވެ. އެވަގުތު ލާރާގެ ލޮލުގައި ބަބުޅައިގަތީ އުފާވެރި ކަމުގެ ކަރުނައެވެ. ލާރާ ކުރަމުން ދިޔަ ހިތާމައިގެ ސަބަބުން ކުރިންނެއް ލާރާގެ ހަށިގަނޑާ މާފަރުވާއެއް ނުބެހެއްޓެއެވެ. ލާރާގެ ކުޑަ ކުޑަ ބަނޑުގައި ފިރުމާލި އިރު، ލާރާގެ ލޮލުން ކަރުނައަންނަމުން ދިޔައެވެ.

***

[ހިނގާބަ ދެން އަޅެ ބޭބީ އެއް ހޯދަން.. އަހަރެން ވަރަށް ބޭނުން ކިޑެއް. ހަމަ ލާރާ ކަހަލަ ލޯބި ލޯބި އަންހެން ކުއްޖެއް ހެހެ] ލާރާގެ އުނގުގައި ބޯއަޅައިގެން އޮތް މާއިލް ލާރާގެ މަޑު މަޑު އަތުގައި ފިރުމާލަމުން ބުނެލިއެވެ.

[ހެހެ ލާރާވެސް ބޭނުން ކިޑެއް. އެކަމަކު މާއިލް ކަހަލަ ލޯބި ބޯއި ކުއްޖެއް ހެހެ] ލާރާ މާއިލްގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.

[ހޫމް ތިހެންޔާ އުޅޭ ދޯ ފަށައި ގަންނަމާ. އުޅޭ ދޯ ފަށައިގަންނަމާ] މާއިލް ލާރާގެ އުނގުން ތެދުވެ ފޮނިވެލަމުން ބުނެލިއެވެ.

[އައްޗީޑި ދެން މާ މޮޅު ވިއްޔޯއެ ހަހަ] ހިނިގަނޑެއް ޖަހާލަމުން ލާރާ ބުންޏެވެ.

[ހަހަ އާ މޮޅު މީހެކޭ މިއީ. ދައްކާލަންތަ؟ މައްސަލައެއް ނެތް. އެކަމަކު އައި ވޯންޓް ބީ ރެސްޕޯންސިބަލް އިފް ޔޫ ކާންޓް ވޯރކް ޓޫމޯރޯ އިނގޭ. ހެހެ] ލާރާގެ މޫނާ ކައިރި ވެލަމުން، ލާރާގެ ކުޑަ ނޭފަތުގައި މަޑު މަޑުން ދަތް އަޅައިލަމުން މާއިލް އެއް ލޯ މަރާލަމުން ބުނެލިއެވެ.

ލާރާގެ މޫނު މަތި އެސާހިތަކު ޖަންބު ކުލައެރިއެވެ. [އައްޗީޑި! ދުރުގަ ހުރޭ!!] ލާރާ މާއިލް މޭގައި އަތް ވިއްދާ ކޮއްޕާލަމުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. މާއިލްވެސް ލާރާފަހަތުން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

***

ޙިޔާލުތަކުން ނިކުމެވުނު އިރު ލާރާއަށް ގިސްލަގިސްލާފައި ރޮވެއެވެ. މާއިލްއާއި އެކު ލާރާ ހޭދަ ކުރީ ކިހާ އުފާވެރި ވަގުތު ތަކެއް ހެއްޔެވެ؟ ނަމަވެސް މާއިލްދެކެ ލާރާ ވީ ލޯބީގައި މާއިލް ޖެހީ ކޮޅުފައިންނެވެ.

ލާރާ ދެލޯ ފުހެލަމުން ފާހަނައިން ނުކުތެވެ. އައު އަޒުމަކާއި އެކުއެވެ. މާއިލްދެކެ ލާރާއަބަދަށްވެސް ލޯބިވާނެއެވެ. އަދި ނޫރާގެ އިތުރުން 3 އަނބިން އިތުރަށް ގެނަނަމަވެސްއެވެ. ކޮންމެ ގޮތެއްވިޔަސް ލާރާގެ ބަނޑުގައި އެއޮތީ މާއިލްގެ ލެޔެވެ. އެއީ ލާރާ އާއި މާއިލްގެ ލޯބީގެ ނިޝާނެވެ. ލާރާ ދެކޭ ގޮތުގައި ލާރާގެ ބަނޑުގައި ވިންދު ޖަހަމުން އެދާ ތުއްތު ފުރާނައަކީ މާއިލްގެ ފަރާތުން ލާރާއަށް ލިބުނު އެންމެފަހުގެ، އަދި އެންމެ ބޮޑު އަމާނާތެވެ. ލާރާ މާއިލްއަށް ދިން ލޯއިތްބައް މާއިލް ޙިޔާނާތްތެރި ވިޔަސްވެސް މާއިލްގެ މިއަމާނާތަށް ލާރާ ވަފާތެރި ވާނެއެވެ.

*****

[ޔާދޫ.. ކޭންވީ މީޓްއަޕް.. އިޓްސް ވެރީ އިމްޕޯރޓެންޓް.. އަހަރެން މީނީ އެއްކަލަދުހު އިން ޕާރކްގަ.. މާ ހެނދުނާކަންވެސް އެނގޭ އެކަމް ޕްލީޒް ވަންޔާމުން އާދެބަ.. ވަރަށް ބޮޑު ކަމެއް އެނގިގެން..] ވިޝްކާގެ މެސެޖު ފެނި ދުންޖަހާފައި ޔާއިދު އަވަހަށް [މޭޕަލްލީފް] ޕާރކްއަށް ދިޔައެވެ.

ވިޝްކާ ދެފަރާތަށް ހިނގަމުން ދިޔައިރު ވެސް ވިޝްކާ ހުރީ ކަމަކާއި ހާސްވެފައި ކަން ވަރަށް ބަލާލި ކޮންމެ މީހަކަށްވެސް ދޭހަވާނެއެވެ. [ވިކީ ކިހިނެތްވީ؟] ވިޝްކާ ކައިރީ ހުއްޓިލަމުން އެއްސެވެ.

[ބައްޕަ މިއޮއްހާދުހު ވަންހަނާ ކޮއްގެން އުޅުނު ކަމަކަށް ކޮންފެސް ވެއްޖެ. އެވާހަކަ ކިޔައިދީފައި ފަހުން ކޯރޓްއަށް ގެންދަން ދިޔައިރު ދި ޕޮލިސް ސޯ ހިމް ދަންޖެހި މަރުވެފަ އިންދަ] އެހިސާބަށް ބުނެވުނު އިރު ވިޝްކާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ކޮންމެ ގޮތަކަށް ކަންތަށް ވެފައިވީ ނަމަވެސް އެއީ ހަމަ ވިޝްކާގެ ބައްޕައެވެ. ލޭގެ ގުޅުމެއް ވިޝްކާ ކޮންމެފަދަ ކަމެއްވިޔަސް ކަނޑާ ނުލާނެއެވެ. އެވަރުގެ ބޮޑު ފާފައަށް ވިޝްކާ އަރައެއް ނުގަންނާނެއެވެ.

ޔާއިދު ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ބުނާނެއެއްޗެއް ހަގީގަތުގައި ޔާއިދު އަކަށް ނޭނގުނެވެ. [އިޓްސް އޯކޭ… އިންޝާ ﷲ  ހުރިހާކަމެއްވެސް ﷲ ގެ އިރާދަ ފުޅާއިއެކީ ދާނީ ރަނގަޅަށް] ވިޝްކާގެ ބުރަކަށީގައި ފިރުމާލަމުން ޔާއިދު ބުންޏެވެ. ވިޝްކާ މަޑު މަޑުން ބޯ ޖަހާލަމުން އިންޝާ ﷲ އޭ ބުނެލިއެވެ.

[ދެން ކޮންކަމަކަށްތަ ޑޭޑް ކޮންފެސް ކުރީ؟] ޔާއިދު އެއްސެވެ.

[ޔާދު… މައި މަމް ވޯސް ނޮޓް ދި އޮންލީ ވަން ހީ ކިލްޑް.. އައި… އައި ހޭވް އަ ސްޓެޕް ބްރަދާ.. މައި ޑޭޑް ކިލްޑް އަދި އެހެން ގާރލް އެއްވެސް. އަދި ޔަގީނެއް ނުވޭ އެކަމަކު ކާކުކަމެއް..] ވީޝްކާ ދެލޯ މަރާލަމުން ބުނެލިއެވެ.

[ޔާދޫ.. ހެލްޕް މީ.. އައި ވޯންޓް ޓު ފައިންޑް ހިމް.. މިރަށުގަ އޯ ބޭބެ އުޅެނީވެސް. އައި ހޭވް އަ ޕިކް ޓޫ. ލެޓް މީ ޝޯ ޔޫ] ޔާއިދު ބޯ ޖަހާލުމުން ފޯނު ހުޅުވާލާފައި ވިޝްކާ، އޭނާގެ އެއްބަފާ ބޭބެގެ ފޮޓޯ ދައްކާލިއެވެ.

[ވިޝާމް؟!؟!] ޔާއިދުއަށް ހީވީ އޭނާގެ ބޯމައްޗަށް އުޑު ވެއްޓުނު ހެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަގޭ މާއިލް 19

Next

ކުށަކީ ކޮބާ – 28

Next
June 2, 2024

ކުށަކީ ކޮބާ – 28

Previews
June 1, 2024

މަގޭ މާއިލް 19

4 Comments!

  1. ސްލީޕިން ބިއުޓީ says:
    June 2, 2024 at 12:50 pm

    Mi part ves vrh reethi superb
    Oh my god wishaam akee Vicky ge brother can’t believe plxx dhn laaraa n maail gulhuvahchey ulhey
    Vhk nimeyne mihaaru mi ulheny?
    Lysm dear shihaa😘😘

  2. RIFSHA says:
    June 2, 2024 at 1:51 pm

    Hey shiherrr
    Mi part vx vrh reethi Masha Allah
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you so much darling ❤️

    1. shihaamaa ali shihaamaa ali says:
      June 2, 2024 at 4:44 pm

      Hehe jazaakallah rifoo <3
      Admin approve libunu haa avahakh kiyaalan libeyne mihr submit kollaifin prt 21
      lym darls<<33

  3. flowerr says:
    June 2, 2024 at 11:07 pm

    masha allah vrh salhi mi part es
    rllyy wanna read next part
    waiting… 🙂

Comments are closed.

Next Episodeމަގޭ މާއިލް 21←


All Right Reserved!