Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި އަހަރެން ވާނަމޭ…

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
November 29, 2015 5 Mins Read
35 Comments

އިރު އޭގަ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ފަހު އޮއްސިގެން ދަނީއެވެ. ޖެހޭ މަޑު މަޑު ރޯޅިން ހިތަށް އަރާމުގެނުވައެވެ. އޮއްސޭ އިރުގެ އަލިން މުޅި ޖައްވު ވަނީ އޮރެންޖް ކުލައަކަށް ގޮށްސައެވެ. އުޑުމަތީގައި ވަނީ ކުދި ކުދި ރަތް ވިލާކޯކޮޅެވެ. ކަނޑުގައި ހީވަނީ ތަރަފާލެއް އަޅާފާއި އޮތްހެންނެވެ. އެހާވެސް މަޑެވެ. އެ ގުދުރަތީ ރީތި ކަމަށް ބަލަން ގަހެއްގެ ބުޑުގައި އާނާ އިށީނދެ އިނީ ހައިރާންވެފައެވެ. އެހާވެސް ރީއްޗެވެ. ދުނިޔެމައްޗަށް އަނދިރިކަން ވެރިވެގަތް އިރުވެސް އެތަނުން ދާކަށް އާނާ ބޭނުމެއް ނުވެއެވެ. ބިރުވެސް ކުޑަ އަންހެންކުއްޖެއްތާއެވެ. ހިތިފަތު ބުމައަކާއި މުށިކުލައަކަށް ދާ ބޮޑު ދެލޮލަކީ އާނާއަށް ގުދުރަތުން ދެއްވާފައިވާ ރީތި ހަދިޔާއެކެވެ. އެ ދެލޮލަށް ފިދާވަމުންދާ އެތަކެއް ޒުވާނުން ތިބޭނެކަން ޔަގީނެވެ. ކުޑަކުޑަ ވައް މޫނަކާއި އެކު ކަޅުކަން ގަދަ އެ ރީތި ދިގު އިސްތަށިގަނޑު އެހާވެސް ގުޅެއެވެ. ހިނިތުން ވެލާއިރު ކޮލަށް އެޅޭ އަޑި ކޮޅަކުން އެ ހިނިތުންވުން ފުރިހަމަ ކޮށްދެއެވެ.

ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލިހެން ހީވެގެންނެވެ. ނަމަވެސް އެކަކުވެސް ފަހަތަކު ނެތެވެ. ހީވި ހީވުމެއް ކަމަށް ހިތާ އަނެއްކާވެސް އިންގޮތަށް އިނީ ދާންވެސް ބޭނުން ނުވެފައެވެ. އާނާއަށް ވާނަމަ މިތާ މިރޭ ނިދިސް ކަން ޔަގީނެވެ. އަނެއްކާވެސް އާނާ ފަހަތް ބަލާލީ މީހަކު ގޮވިހެން ހީވެގެންނެވެ. ދެ ބުމަ ގޮށް ޖަހާލަމުން މިފަހަރުވެސް ކުރިމަތި ބަލާލީ އޭނާއަށް އެކަކުވެސް ފަހަތުން ނުފެނިގެންނެވެ. ނަމަވެސް އާނާއަށް ނޭނގޭ ކަމަކީ އޭނާގެ ކޮންމެ ހަރަކާތެއްވެސް ބަލަން އޭނާގެ ފަހަތުގައި ދާދި ކައިރީގާ މަހްލޫޤެއް ހުރިކަމެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ތޫލި އަޑެއް ލައްވާލަމުން އިށީނދެ އިން ގަސް ބުޑުން ތެދުވީ ބޮލަށް އެއްޗެއް ވެރިގެންނެވެ. ބޮލަށް ފިނިވެގެން ދިޔައެވެ. އެއާއި އެކު އިވުނީ މީހަކު ހޭން ފެށިއަޑެވެ. އާނާ އިސް އުފުލާ ބަލާލިއިރު ދާދި ގާތުގައި ޒަޔާލް ހުއްޓެވެ. ހިނދުކޮޅަކަށް ނަމަވެސް އާނާއަށް އެ ރީތި މޫނާ ދިމާލަށް ބަލަން ހުރެވުނީ އެވެ. ނަމަވެސް އެކަން ދެމިގެން ދިޔައީ އިރުކޮޅަކަށެވެ. ދެވަނަ ސިކުންތު ދެބުމަ ގޮށް ޖަހާލާ ހަށަން ބަނދެލިއެވެ. “ދެރަ ކަމެއްނު. ޒަޔާލް އާއި ހެދި މީހަކަށް މަޑުން ތަނަކު ނީނދެވޭނެ. އެއައީނު އަހަރެންގެ ފަހަތުން.. ކީކޭ ހިތަށް އަރައިގެން ކުރި ކަމެއް މީ؟” އާނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒަޔާލް ތޫލި އަޑަކުން ހަޅޭ ލަވަން ފެށިއެވެ. އެއީ އާނާއަށް ކުރާ މަލާމާތެއްކަން އާނާއަށް އިނގުނެވެ. “އަހަރެންނަށް އިނގޭ ފަހަތުގައި ހުރެގެން ގޮވީވެސް ޒަޔާލްކަން.. ދެން ބަލާބަލަ އަހަރެންގެ އިސްތަށިގަނޑު.. ނައު އިޓްސް އަ މެސް” އާނާ އިސްތަށިގަނޑުގައި އަތް ހާކާލަމުން ބުނެލިއެވެ. “އަހަރެން ކީއްކުރަން އެނީއަށް ގޮވައިގެން ޕްލޭން ފްލޮޕް ކުރަންވީ.. އެން ޑޯން ވޮރީ އެނީ.. ފެނޭ މީ” ޒަޔާލް އެހެން ބުނެލުމަށް ފަހު ލައިފް ފިނި ފެންފުޅިއެއް ދައްކާލިއެވެ. އާނާ ރުޅިވެރި ނަޒަރަކުން ޒަޔާލްއާއި ދިމާލަށް ބަލާލުމަށްފަހު އިތުރު އެއްޗެއް ނުބުނެ އެތަނުން ދާން ހިނގައިގަތެވެ.

ޒަޔާލް ހުނުން ހުއްޓާލުމަށްފަހު އަތުގައި އިން ފެންފުޅިން ކޯވަރެއް ބޯލިއެވެ. އެއަށްފަހު ދާން ހިނގައިގަތެވެ. ކުއްލިއަކަށް ޒަޔާލް އަނގަވަތައްލާ ވެއްޓުނެވެ. ހީވީ ފަހަތުން މީހަކު ކޮށްޕާލިހެންނެވެ. ބިންމަތީ ޖެހުނު ހެނެއް ހިއެއްނުވެ އޭނާ ތެދުވިއެވެ. އަދި ފަހަތް ބަލާލީ މީހަކު ހުރި ކަމަށް ހީކޮށެވެ. ނަމަވެސް އެތާކު އެކަކުވެސް ނެތެވެ. ޒަޔާލް ގައިން ވެލި ފޮޅާލުމަށް ފަހު ވެއްޓިފައި އޮތް ފެންފުޅިއަށް ބަލާލިއެވެ. އިތުރަށް އެ ނަގަން ނަހަދާ އޭނާ ދާން ހިނގައިގަތެވެ.

………………………………………………………………………………………..

“އާނާ!! އާނާ!!” ރައުނާ މަޑުމަޑުން އާނާގެ ކޮޓަރީގައި ޓަކި ޖަހަމުން ދިޔައެވެ. އާނާ ނުފެންނަތާ އިރުކޮޅެއް ވުމުން އާނާގެ ހަބަރު ބަލާލަން ބޭނުންވީއެވެ. ނަމަވެސް އާނާ ދޮރެއް ނުހުޅުވިއެވެ. “އާނާ! މަންމައޭ މީ..ދަރިފުޅާ..!އާ…. އަނހަ! މަންމައަކަށް ނޭނގޭ ދަރިފުޅު ނަމާދު ކުރަން ހުރި ކަމެއް. ނުފެންނަތާ އިރުކޮޅެއް ވީމަ މަންމަ މިއައި ދަރިފުޅު ކޮބައިތޯ ބަލައިލަން..” ދޮޅި އަޅައިގެން ކުޑަކޮށް ދޮރު ހުޅުވާލައިގެން ހުރި އާނާއާއި ރައުނާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އާނާ އަކީ ރައުނާ އާއި އާލިމްގެ ހުރި ހަމައެކަނި ކުއްޖާއެވެ. އެދެމީހުންގެ ލޮލުގެ ކޮއެއެވެ. ހިނިތުންވުމުގެ ސަބަބެވެ. އުމުރުން 19 އަހަރު ވެފައި ހުރިކަމުގައި ވިޔަސް އާނާ އުޅެނީ 10 އަހަރު ކުއްޖެއް ހެންނެވެ. ކޮށްލާ ކުދި ކުދި މަޖާ ހަރަކާތްތަކުން އާލިމްއާއި ރައުނާ ތިބެނީ އަބަދުވެސް ހިނިތުންވެފައެވެ. މަޖާވެފައެވެ.

އަނެއްދުވަހުގެ އިރު އެރުމާއިއެކު އާނާގެ ދޮރުގައި މީހަކު ޓަކި ދޭ އަޑު އިވުނެވެ. ގަދަކަމުން ދެލޯ ހުޅުވާލަމުން ފޯން ހުޅުވާ ގަޑި ބަލާލިއެވެ. މިހާ ހެނދުނާ ކާކުހޭ ހިތާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރި ޝައުނާ ފެނި މިއަދު ރާވާފައި އޮތް ދަތުރުގެ މަތިން ހަނދާންވިއެވެ. އޯ ޝިޓް އޭ ބުނެލުމަށްފަހު އަވަސް އަވަހަށް ފާހަނައަށް ވަނެވެ. ޝައުނާ ޕިސްޕިސް ޖަހާލީ އޭނާ ހީކުރި ގޮތަށް އާނާ އެކަންތައް ހަނދާން ނައްތާލާފައިވުމުންނެވެ. ހެނދުނު ހެނދުނާއި އާދެވުނުކަންވެސް އެއީ ނަސީބެވެ.

އަވަސް ހަރަކާތަކާއި އެކު ތައްޔާރު ވަމުން ދިޔަ އާނާއާއި ދިމާލަށް ޝައުނާ ބަލަން ހުއްޓެވެ. އާނާ ހާ ރީތި ނުވިޔަސް ޝައުނާ އަކީވެސް ރީތި ކުއްޖެކެވެ. އޭނާ އެކަމާ ހަސަދަވެރިއެއް ނުވެއެވެ. އެއާ ހިލާފަށް އޭނާވެސް އާނާގެ ރީތިކަމާއި މެދު ތައުރީފް ކުރެއެވެ.  “ދެން އާނޫ އަވަސް ކޮށްބަލާ..” ފާރުގައި ހަރުކޮށްފައި އިން ގަޑިއާއި ދިމާ ބަލާލަން ޝައުނާ އެހެން ބުނެލިއެވެ. ” މި ނިމުނީއޭ.. މަންމަމެން ރެޑީތަ؟ ދެން ފަހުން ގެންދަން ނިންމީކޮންބައެއް؟” ބޮލުގައި ފުނާއަޅަން ހުރެ އާނާ ސުވާލުކޮށްލިއެވެ. “އެންމެންވެސް ރެޑީ.. އިތުރު ބަޔަކަށް ދެން ދަނީ އެއްކަލަ އަނޫފްއާއި ޒަޔާލްމެން ގްރޫޕް” ޝައުނާ ޖަވާބު ދިނެވެ. އަނޫފުގެ ނަން ބުނެލުމުން އާނާ ލޯ ހަނިކޮށްލަމުން ލޯގަނޑުން ފެންނަމުން ދިޔަ ޝައުނާގެ މޫނަށް ބަލާލިއެވެ. “ވަޓް!!” ޝައުނާ ބުނެލިއެވެ. “ވަރަށް ފޮނިވެފަ އިނީމަ އަނޫފު ދާތީ. އައި ތިންކް ޔޫ ހޭވް ޓް ސޭ ދެޓް ޔޫ ލައިކް ހިމް… އިވެން ހީ ޑޫ.. ދެން ކީއްވެ ނުބުނެ ތި ތިބެނީ..” އާނާ އެ ސުވާލުކޮށްލުމުން ޝައުނާ ކުޑަކޮށް ރަކިވިއެވެ. “އޭނާ އަހަންދެން މިހުންނަނީ.. އަހަރެން އިސް ނަގައިގެން ބުނަން ހާދަ ނުކެރޭ.. ދޮންތިވެސް ބުނަނީ ތިހެން.. ބަޓް އައި ފީލް ޝައި”.. “އާނ!! ޓީޗަރ އަކާވެސް އިސްނަގައިގެން ވާހަކަ ދައްކަން ނުކެރޭ ވިއްޔަ ވާނީވެސް އެހެންނެނު..” އާނާ މަލާމާތް ކޮށްލިއެވެ. ޝައުނާ އިސްޖަހާލީ އެއީ ދޮގު ވާހަކަ ތަކެއް ނޫންކަން އިނގޭތީއާއި މޫނުމައްޗަށް ވެރިވަމުން ދިޔަ ކުލަތަށް އާނާއަށް ފޮރުވުމަށެވެ. ދެވަނަ ސިކުންތުގައި ބޯ ހިއްލާލާ އާނާއާއި ދިމާ ބަލައިލީ އެއްޗެއް ހަނދާންވީފަދަ ގޮތަކަށެވެ. “އިވެން ޔޫ ލަވް ޒަޔާލް.. ބަޓް ނުބުނަމެއްނު.. ދެން އަހަރެންނަށް އެބަ ކިޔައެއްނު..” ޝައުނާ އެހެން ބުނެލުމުން އާނާ ރަކިވިއެއް ކަމަކު އެކަމެއް މޫނުމަތިން ނުދައްކައެވެ. ނަމަވެސް އެކަން ޝައުނާއަކަށް ނުފޮރުވުނެވެ. ލާނެއް ގޮތަކަށް ހީލީ ޖަވާބު ލިބިއްޖޭ ބުނަމުންނެވެ.

ދަތުރު ދާން ނިންމައިގެން ތިބީ ރަށާ ދުރުގައި ނަމަވެސް އޮތް ކުޑަ ފަޅުރަށަކަށެވެ. ޝައުނާ މެންގެ އާއިލާއާއި އާނާގެ އާއިލާގެ މިދަތުރުގައި ޒަޔާލްމެން ދާން ނިންމީ ޝައުނާގެ ދައްތަ ޝާހާގެ ފިރިމީހާ އާސިފްގެ އެދުމަކަށެވެ. ތައްޔާރު ކުރެވިފައި އޮތީ ކުޑަ ދޯންޏެއް ކަމުން އެއަށް އެރުނީ އެއްބައި މީހުންނަށެވެ. ޝައުނާ އަދި އާނާގެ އިތުރުން ޝައުނާގެ ދައްތަ ޝާހާއާއި އާސިފް އަދި ޒަޔާލްމެންގެ ގުރޫޕް ޖެހުނީ ވަކިން އެހެން ދޯންޏެއްގައިއަންނާށެވެ. ރައުނާ އެހާ ފަސޭހައިން އާނާ އެހެން ދޯންޏެއްގައި އައުމަށް ޤަބޫލުވީ ޒަޔާލް ހުރުމުންނެވެ. ރައުނާއަށް ޒަޔާލް އާއި އާނާގެ ދެމެދުގައި އެއްވެސް ކަމެއް ނެތް ކަން އެނގެއެވެ. ކިތަންމެ ރުޅި އަންނަ ކަމުގައި ދެމީހުން ހެދިޔަސް އެކަކު އަނެކަކާމެދު ބަހައްޓާ އަޅާލުން އަބަދުވެސް ރައުނާއަށް ފާހަގަކުރެވެއެވެ. ދެމީހުން އެކަކު އަނެކަކަށް ދެމުންދާ ރުޅިވެރި ނަޒަރުގެ ފަހަތުގައި ވާ ގޮތް ނޭނގޭ ހާމަކުރަން ބޭނުންނުވާ ލޯބިވެސް ވަނީ ރައުނާއަށް ފެނިފައެވެ. ޒަޔާލްއަށް ވުރެ ރަނގަޅު ބައިވެރިޔަކު އާނާއަކަށް ލިބޭނެހެނެއް ރައުނާއަކަށް ހިއެއް ނުވެއެވެ. ނަފުރަތަކީ ލޯބީގެ ފެށުމޭ ބުނާއަޑުވެސް އޭނާ ވަނީ އަހާފައެވެ. އެހެންކަމުން އެދެމީހުން މެދުގައި ވެސް ލޯބި އުފެދިދާނެއެވެ. އެކަމަށް ބޭނުންވާނީ ވަގުތެވެ.

ޒަޔާލްއާއި އެއްކޮށް އެއް ދޯންޏަކަށް އަރަން ޖެހުމުން އޭނާގެ ހިތް އުފަލުން ނަށަން ފެށިއެވެ. ނަމަވެސް މޫނުމަތިން ދައްކަމުން ދިޔައީ އެކަމާ އޭނާ ފޫހިވާކަމެވެ. ޒަޔާލް ގެވެސް ހާލަކީ އެއެވެ. ކިތަންމެ އުފާވެފައި ހުއްޓަސް އެ މޫނުމަތިން ފޫހިކަން ދައްކަމުން ދިޔައެވެ. އަނޫފް ކަތި ނަޒަރަކުން ޝައުނާއަށް ބަލަމުން ދިޔައެވެ. ޝައުނާ އިސް ޖަހާލީ އެ ބެލުން ތަކުން ސަލާމަށް ވާށެވެ. ދެމީހުންގެ ހިތުގައި އެއް ވިންދެއް ޖަހަމުން ދިޔަޔަސް އެކަން ބުނެދެން އެކަކުވެސް ބޭނުން ނުވެއެވެ. ކުދި ކުދި ހަރަކާތްތަކުން އެކަކު އަނެކަކަށް ލޯބި ދިޔައީ ހާމަވަމުންނެވެ. އަނޫފް ޝައުނާ އާއި ދިމާލަށް އަތް ދިއްކޮށްލީ ދޯންޏަށް އެރުވުމުގެ ބޭނުމުގައެވެ. ޝައުނާ އިސްޖަހާލައިގެން އަނޫފްގެ އަތުގައި ހިފާލިއެވެ. ދެމީހުންނަށްވެސް ހީވީ ކަރަންޓެއް ޖެހުނު ހެންނެވެ. ހަތަރު ކަޅު ބައްދަލުވީ ދެމީހުންވެސް ކުއްލިއަކަށް އިސްއުފުލާ ބަލާލުމުންނެވެ. ޝައުނާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. އެދެމީހުންގެ ހަރަކާތްތަށް ބަލަން ދާދި ކައިރީގައި އާސިފް އާއި ޝާހާ ހިނިތުންވެފައި ތިއްބެވެ. ޝައުނާ ދޯންޏަށް އެރުވުމަށްފަހު އަނޫފު ގޮސް ދުރުގައި ޝައުނާއާއި ކުރިމައްޗަށް ވާގޮތަށް އިނެވެ.

އާސިފް އާއި ޝާހާވެސް ގޮސް އެރިއެވެ. ދެން ތިބި ދެތިން ފިރިހެން ކުދިން އެރި އިރުވެސް އާނާއާއި ޒަޔާލް ހުރީއެވެ. ފޯނާއި ދިމާލަށް ބަލަން ހުރެ އެއްޗެއް ޓައިޕް ކުރަމުން ދިޔަ އާނާއާއި ދިމާލަށް ޒަޔާލް ބަލާލިއެވެ. އެ އޮމާން މޫނުމަތިން ދާ ތިކި ވިދަ ވިދާ ހުއްޓެވެ. ޒަޔާލްއަށް ވާނަމަ އާނާގެ މޫނަށް އެޅި އެޅި ހުރި އިރުގެ އަވި އެހެން ދިމާލަކަށް އަނބުރާލީހެވެ. އިރުގެ އަވިން އެ މޫނުމަތީގެ ވިދުން އިތުރު ކޮށްލާފައިވެއެވެ. އަބަދުވެސް އެ ރީތިކަމަށް ތައުރީފު ކުރަމުން ދިޔަ ހިތް މިއަދުވެސް މަޑަކުން ނޯތެވެ. އެ ރީތި މޫނުގައި ބީހިލަން ބޭނުންވިއެވެ. އާނާއަށް އެންމެން އެރިކަންވެސް ނޭނގޭ ފަދައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާ ހުރީ ފޯނަށް ގޮސް ގެއްލިފައެވެ. ސިއްސައިގެން ގޮސް ހަމަ ބިމަށް ފޭބުނީ ޒަޔާލް ބާރަަކަށް ގޮވާލުމުންނެވެ. އޭރު އޭނާ ހުރީ އެއްފައި ވާޓަރ މަތީ އަދި އަނެއްފައި ދޯނި މައްޗަށް ލައިގެން އެއް އަތް އާނާއާއި ދިމާލަށް ދިއްކޮށްގެންނެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ދޯނީގައި އޭނާ އަންނަންދެން މަޑުކޮށްގެން ތިބި މީހުންނާއި ދިމާލަށެވެ. އާނާ ލަދުން އިސްޖަހާލީ އެހެން ކަމަކަށް މާ ބޮޑަށް ފަރުވާތެރިކުރެވުނު ވަރު އަންދާޒާކުރެވުމުންނެވެ. “އާނޫ!! ބާރަށް އާދެބަލަ ދެންވެސް ތި ފޯނު ދަބަހަށް ލާފާ!” ޝައުނާ ބުނި ޖުމްލަ ނުނިމެނިސް އަވަސް އަވަހަށް ފޯނު ދަބަހަށް ލާ ޒަޔާލްގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. މޫނަށް ފޫހި ގޮތެއް ވެރިކުރަމުންނެވެ.

-ނުނިމޭ (:-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

.. ޔަނާ ..

Next

އެހަނދާންތައް………

Next
November 29, 2015

އެހަނދާންތައް………

Previews
November 28, 2015

.. ޔަނާ ..

35 Comments!

  1. Ryn says:
    November 29, 2015 at 12:50 am

    hey guys. here is my scnd lng stry. hope u all will lyk it… missd u all. 🙂 enjoy.. n thnks fr readin..

  2. nukko says:
    November 29, 2015 at 1:01 am

    Wowww..Varaaaah thithi… lovin it… cant wait aneh bayah.. heheh tc miss yeww.. 🙂 🙂 🙂 🙂

    1. Ryn says:
      November 29, 2015 at 1:04 am

      hehe thnks nuko… 😉 miss u mr.. enjoy.. 🙂

  3. Queen says:
    November 29, 2015 at 1:01 am

    Owh varah reethi.???
    Ohh my. Kaakubaa zayal vahttaly????.
    Hehehe.. Next part avahah up kohdhehchey waiting curiously.?❤❤❤❤❤

    1. Ryn says:
      November 29, 2015 at 1:05 am

      aan dhw kaakubaa vahtaaly egn.. 😛 hehe.. labba in sha allah up kh dheynan thnks fr readin.. miss u 😉

  4. shiru says:
    November 29, 2015 at 1:10 am

    Wow.. varah reethi mi story vx..

    1. Ryn says:
      November 29, 2015 at 9:01 am

      thnks shiru 😉 enjoy… 🙂

  5. jboat says:
    November 29, 2015 at 1:19 am

    jxt wooowwwwww….pretty u have improved a lot dear….well done. this story ix much bettr dan ur previous one. keep it up!! i liked it very much. nd I MISS YOU 🙂

    1. Ryn says:
      November 29, 2015 at 9:06 am

      awww thnks j. .. its cx of thi enmnge supprt 😉 n i miss u mre.. 😉 n once again thnk u

  6. yaania says:
    November 29, 2015 at 4:59 am

    Hey ryn… V.nice maasha allah! Plx ryn zayaal and ana gilhuvahchey!;-)

    1. Ryn says:
      November 29, 2015 at 9:08 am

      hey yaania… n thnks… n in sha allah….. once again thnk u so much 😉 😉

  7. Naani says:
    November 29, 2015 at 10:52 am

    Masha’Allah!! Great Ryn…Keep up the same spirit!! 🙂

    1. Ryn says:
      November 29, 2015 at 10:58 am

      thnks naani.. 😉 thns fr readin enjoy 😉 n once again thnk u.. 😉

  8. Mal says:
    November 29, 2015 at 11:13 am

    Wowww..♥♥♥♥♥♥

    1. Ryn says:
      November 29, 2015 at 11:17 am

      aw thnks 😉 enjoy

  9. afu says:
    November 29, 2015 at 11:57 am

    Wowhh

    1. Ryn says:
      November 29, 2015 at 12:26 pm

      thhnks.. 🙂

  10. Muthaa says:
    November 29, 2015 at 1:34 pm

    Plx story nimen dhen up kurahchey…
    Esfiya in mihaaru gina story ge feshun ekani kiyaalan libeny….nice story…

    1. Ryn says:
      November 29, 2015 at 2:03 pm

      in sha allah i will 😉 n thnks. 😉 enjoy

  11. Kiyuntheriyaa says:
    November 29, 2015 at 4:13 pm

    Varah reethi mi vaahaka ves…kon dhuvas thakehga vaahaka upload kuraany???? By the way vaahakaigai beynun kohfai vaa baeh basthah varah reethi……

    1. Ryn says:
      November 29, 2015 at 6:31 pm

      hi.. thnks… n ryn vaki day thakeh adhi selct eh nukurn bt in sha allah vaahaka liyevemun dhaa varakah i will upld.. n dhuvas vx slct khlaanan… 🙂 n im so happy tht u lykd it.. thnks fr readin … enjoy 😉

  12. mishy says:
    November 29, 2015 at 4:38 pm

    just wowww .. v reethi feshun .. hehe anhkaa kon mahloogeh tha? jinni eh dhw .. ? oooh v intersting v thafaathu story eh .. n ryn u have improved alot kury story ah vurevess reethi mi story hehe i just loved it .. dhen oiy bai varh avahah kiyaalan libeyne kamh unmeedhu kuran waiting .. v salhi hehe .. i missed u so much ryn love u uhun ryb dhw hehe .. hope to see u soon .. n tell my regards to evryone ingey .. bye

    1. Ryn says:
      November 29, 2015 at 6:34 pm

      aww aslutha.. thnkyou… 😉 i am so happy… 😀 n in sha allah vrh avahah aneh prt up khla dheynan…n i miss u sooo much n mr thn u do 😛 luv ya mish no no mosh.. 😛 labba bunedheynan enmn ah.. once again thnks 😉

  13. sharu says:
    November 29, 2015 at 7:06 pm

    Wow Vvv salhi.. kokky:)

    1. ryn says:
      November 30, 2015 at 9:37 am

      hey sissy.. aww thnks 😉 miss u

  14. lillygirl says:
    November 29, 2015 at 9:05 pm

    aslu VvVvVvVvVvVvVvVvVv rythi i must say u hv improved a lot miss u ryn

    1. ryn says:
      November 30, 2015 at 9:38 am

      thnks lilly… 🙂 miss u too………… 😉

  15. thuthy says:
    November 30, 2015 at 7:00 pm

    Nice story ryn….can’t waite……plxx avax kohdhybala anehbai….my 1st comment…ryn ge story ah but ryn ge story tah v v v v v reethi…keep it up dear….

    1. ryn says:
      November 30, 2015 at 8:39 pm

      awww thts so swyt m so happy cmmnt eh fenunyma… n happy tht u lyk my stries… n in sha allah vrh avahah up kh dheynan.. 😉 n once again thnks.. enjoy 😉 kyp readin my stries 😉

  16. elsa says:
    December 2, 2015 at 2:14 pm

    omg , story vr rythi vaane hen hyvey , bodah sifa kurun thah add koh laafa aanaa n zayaal ge bai genes dhiniyya adhi maa rythi vaane , n boys ge sifa ves hunnan jeheyne eh nun , i mean xayal n anoof , dw , so i hope dhen in prt miah vuren ves rythi koh laane kamah , thnk u so so much , good luck mom 🙂 n kuryge 2 story ah vure mi story rythi , cant wait to read nxt prt , plx plx zayaal n any gulhuvahchey igea 😉

    1. Ryn says:
      December 3, 2015 at 1:00 pm

      owh.. okay ely.. dhn liyaa prts thakuga in sha allah boysge vx sifa kurun ithuru khlaanan.. thnks fr readin.. 😉

  17. misty says:
    December 3, 2015 at 2:07 pm

    Wow varah reethi ☺ when next part?

    1. Ryn says:
      December 3, 2015 at 3:12 pm

      thnks n nxt prt up khfin 😉

  18. Maree says:
    December 20, 2015 at 6:42 pm

    I’m reading your story 🙂

  19. HARLEY quinn says:
    June 20, 2017 at 11:30 pm

    you are a great writer, keep up the hard work. i really enjoy it…

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ.. (2)←


All Right Reserved!