ވަޢުދޭ ވެވޭމީ 3
ރޮމުން ގިސްލަމުން ނައިނާ، ރިހާނާއަށް ހަގީގަތް ކިޔައިދިނެވެ. އެއިރު ނައިނާއަށް ގިސްލެވެއެވެ. “ދަރިފުޅާ…. ދެން ހުއްޓާލާ… މަންމައާ ހައިޒަލް އަބަދުވެސް ދަރިފުޅާ އެކީ ވާނަން…” ރިހާނާ ބުނެލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ.
“މިސް ނައިނާ… މޭ އައި ކަމް އިން…” ޑޮކްޓަރ ތާރާ އާ އެކީ ވައިން ތިން ވަރަކަށް ފުލުހުން ފެނި ނައިނާ ލާން އުޅުނު ނޭވާ ތާށިވި ކަހަލައެވެ. ހުއްޓުން އަރާފައި އޮތް ނައިނާ ކައިރިއަށް އެތަނުން އަންހެން ފުލުހެއް ކައިރި ވެލިއެވެ. އަދި ނައިނާގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއެކީ ވާހަކަ ދެއްކިއެވެ. “ނައިނާ… އަޅުގަނޑު މީ މަރިޔަމް ޝިއުޒާ… ރޭޕްގެ ކޭސް ތަކާ ހަވާލުވެގެން ހުންނަ މީހެއް… މި ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ތާރާ ކުރި ރިޕޯޓުގައި ވަނީ އައިޝަތް ނައިނާ ނާޒިހް ގެ ބައްޕަ އޭނާ ރޭޕް ކުރި ކަމަށް ތުހުމަތު ކޮށްފައި… އަދި މީގެ އިތުރުން މި ކޭސްއަށް ހައިޒަލް ހިޔާން ވަނީ ހެކިވެފައި… އެހެންވީމައި އަޅުގަނޑުމެން ބޭނުންވަނީ ޚުދު ނައިނާގެ ދުލުން މީ ތެދެއްތޯ ޔަގީން ކުރަން… އޭރު އަޅުގަނޑުމެންނަށް މުހަންމަދު ނާޒިހް ހައްޔަރު ކޮށް ނައިނާއަށް އިންސާފް ހޯދައިދެވޭނީ…” ޝިއުޒާ ބުނެލިއެވެ. “ނެއިން… ކިޔައިދީ… އެހެންނޫނީ ނެއިން ޖެހޭނީ ނުކުރާ ކަމެއްގެ އަދަބު ލިބިގަންނަން…” ފުލުހުން ތަކުގެ ފަހަތުން ހައިޒަލްގެ އަޑު އަޔެވެ. ހުއްޓުން އަރާފައި އިން ނައިނާއަށް ހޭވެރިކަންވީ ދެނެވެ. ނައިނާ ލަސްލަހުން ރިހާނާއަށް ބަލައިލީ، އޭނާގެ ރުހުން ހޯދަން ފަދަ ގޮތަކަށެވެ. ރިހާނާ ބޯ ޖަހާލުމާއެކީ ނައިނާ މަޑުމަޑުން ކިޔައިދޭން ފެށިއެވެ. ފުލުހުންނަށް އެ ވާހަކަތައް އަލުން ކިޔައިދީ ނިމުނުއިރު، ކުރިން ފަހަރެކޭވެސް އެއްފަދައިން ނައިނާ އިނީ ރޯންށެވެ. “ނައިނާ… ހިއްވަރު ކުރޭ… މާގިނައިން ހިތާމަ ކުރުމަކީ ބަނޑުގައިވާ ދަރިފުޅަށްވެސް އަސަރު ކުރާނޭ ކަމެއް…” ޝިއުޒާ ބުނެލިއެވެ.
“ދަރިފުޅާ ނައިނާ… މަންމަ ފަޚުރުވެރިވަން ދަރިފުޅާ މެދު…. ދަރިފުޅު މިއަދު އެ ވާހަކަތައް ނުކިޔާދިން ނަަމަ ދަރިފުޅަށް ވާނެ ގޮތް ބުނާކަށްވެސް ނޭންގެ….” ހައިޒަލްއާ ރިހާނާގެ އިތުރުން ނައިނާ އެކަނި ވުމާއެކީ ބުނެލިއެވެ. އަދި ހައިޒަލް ކައިރީ، ނައިނާ ދޫކޮށްލާނީ ކޮން އިރަކުން ތޯ ބެލުމަށް ބުނެލިއެވެ.
– 2 އަހަރު ފަސް –
- “މަންމީ….” ކުޑަކުޑަ ޒާން ގެ ލޯބިއަޑުން މުޅި ގެޔަށް ދިރުން އައި ފަދައެވެ. “ދަރިފުޅޫ…. ނުދުވެބަ… ވެއްޓިދާނެ…” ބަދިގޭގައި ހަރަކާތްތެރި ވަމުންދިޔަ ނައިނާ ބޭރަށް ބޯދިއްކޮށްލިއެވެ. އެއިރު ހައިޒަލްގެ އަތުގައި ނުޖެހެން ވެގެން ޒާން ދުވަމުން ދިޔައެވެ. “އަތުލިއްޔޯ…” ހައިޒަލްގެ އަތުތެރޭގައި އޮތް ޒާންގެ ހީލުމުގެ އަޑުން މުޅި ގެ ވަނީ ގުގުމާލާފައެވެ. “ކޮބާތަ މާމަގެ ދޮންދޫނި…” ކޮޓަރިން ނުކުންނަމުން ރިހާނާ ގޮވާލިއެވެ. އެއާއެކު ހައިޒަލްގެ އަތުތެރެއިން ވީއްލިގެން ޒާން ދުއްވާގަތެވެ. އަދި ގޮސް ރިހާނާގެ އުނގަށް އެރިއެވެ. މި މަންޒަރު ބަލަން ހުރި ނައިނާގެ ދެލޯ ފެންކަޅި ވީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. “ނެއިން…. ޒާން އެއައީ އައިސްކްރީމް ބޯގެން އިނގޭ…. ހަނދާންކޮށް ޒާންގެ ދަތް އުނގުޅުވާތި…” ހައިޒަލް ބުނެލީ ބަދިގޭ ދޮރު ކައިރި ހުރި ނައިނާއަށެވެ. ނައިނާ އަވަސް އަވަހަށް ދެލޯ ފޮހެލަމުން ބޯ ޖަހާލީ ހައިޒަލްއަށް ނާންގާށެވެ. ނައިނާގެ ނަސީބު ރަނގަޅު ކަމުން ހައިޒަލްގެ ލޮލުގައި އެކަމެއް އަޅައެއްވެސް ނުގަތެވެ.
- ހައިޒަލް އަނެއްކާވެސް ގެއިން ނުކުތީ އޮފީހަށް ދާށެވެ. އޭނާ އަކީ އަމިއްލަ ކޮމްޕެނީއެއްގެ ޕީއޭ އެއްގެ ގޮތުގައި މަސައްކަތް ކުރާ ހީވާގި މުވައްޒަފެކެވެ. އޭނާ އެ އޮފީހަށް ވައިންތާ އަދި މިވީ ދޮޅުއަހަރެވެ. އެ ކުޑަ އާއިލާ ވެސް މާލެ ބަދަލުވިތާ 2 އަހަރު ވަނީއެވެ. ނައިނާގެ ހަޔާތުގައި ހިނގައިދިޔަ ހަނދާނުން ފިލުވާލަން ދަތި ބޮޑު ހާދިސާއަށްފަހު ހައިޒަލް ބޭނުންވީ ނައިނާ ގޮވައިން މާލެ ބަދަލުވާށެވެ.
- “ސަރ…” ހައިޒަލް، އޮފީހަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ފަހަތުން އަޑު އައެވެ. “އެ ޖެހުނީ ކަންތަކާ… އަވަހަކަށް ސަލާމަތެއްވެސް ނުވާނެ..” މަޑުމަޑުން ހައިޒަލް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



salaam reader….mi ep ga alhugandah hedhifa in kuda mistake eh e paragraph thakuga points jehun….. mikamah takai hurihaa kiuntheringe kibain nihaayathah maafah edhen….
Vrh reethi mi part maasha allah.. When is next??
thankiu butterflyyyyy….IA eid ge kurin kiyaalan libeyne
Mi part vx vrh reethi Masha Allah
thankiu insaaneh..
Mi part vx v Reethi masha allah
Can’t wait for next part
Keep it up