Skip to content
އެސްފިޔަ

ހިތުގަ މިވާ ސޫރަ ތެދޭ!! (ފަހުބައި)

ނިއުޝާ ހެމުން ހެމުން ވާހަކަ ދެއްކިއިރު ޖައުޝަން އޮތީ އެ ރީތި މޫނަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެއްވެސް އެއްޗެއްނުބުނި ކަމުގައި ވިޔަސް އޭނާވެސް އަމިއްލަ ނަފްސާއި ދިމާލަށް ހާދަ މޮޔައޭ ބުނެލިއެވެ. ނިއުޝާ ހީހީ ވަރުބަލިވާން ހެދުމުން ފުންނާވޭތަކެއް ލާން ފެށިއެވެ. “އަދިވެސް ހީ..” ޖައުޝަން އެހެން ބުނެލުމާއިއެކު ނިއުޝާ ތުން ދަމާލިއެވެ. އެއާއި އެކު ޖައުޝަން ހޭން ފެށިއެވެ. “ޝަން!!!” ނިއުޝާ ގޮވާލިއެވެ. ޖައުޝަން ހުމްމް ލައްވާލިއެވެ. “އެއްބައި ފިލްމް ގަ ދައްކަނީ ވައިފް ޕްރެގް ވީ ވާހަކަ ބުނީމަ އުރާލާފަ އަނބުރާލަނިކޮށް އެކަމު ޝަން.!… ހަހް!!” ނިއުޝާ ތަންކޮޅެއް ބޮޑަށް ތުން ދަމާލިއެވެ. ޖައުޝަން ތުންފަތުގައި ދަތް އަޅާލުމަށްފަހު އެނދުން ތެދުވިއެވެ. އަދި އަވަސް ހަރަކާތަކާއި އެކު ނިއުޝާއާއި ދިމާލަށް ގޮސް އަތްދަނޑިމައްޗަށް ލިއެވެ. އެއަށް ފަހު އަނބުރާލިއެވެ. “އައި އެމް ސޯ ހެޕީ.. ލަވް ޔޫ” ޖައުޝަން އެހެން ބުނެލަމުން ނިއުޝާ އެނދުމަތީ ބޭންދިއެވެ. “ހެޕީ؟” ޖައުޝަން އެހެން އަހާލުމާއި އެކު ނިއުޝާ ބޯ ޖަހާލީ އާއެކޭ ބުނާފަދަ ގޮތަކަށެވެ.

“ކޮންކަހަލަ ބޭބީއެއް ބޭނުމީ؟” އުނގުމަތީ އޮތް ޖައުޝަންގެ އިސްތަށިގަނޑާ ކުޅެލަމުން ނިއުޝާ އަހާލިއެވެ. “ތިކަހަލަ ލޯބި ލޯބި އަންހެން ކުއްޖެއް..” ނިއުޝާގެ މޫނުމަތީ ފިރުމާލަމުން ޖައުޝަން ބުނެލިއެވެ. “ދެން ބޯއީ އަކަށް ވެއްޖެއްޔާ؟” ނިއުޝާ އަހާލިއެވެ. “ބޯއީ އަކަށް ވިޔަސް ގާލް އަކަށް ވިޔަސް އޯކޭ.. ހަމަ ލޯބިވާނަން ވަރަށް ބޮޑަށް.. އެކަމު އެންމެ އެންމެ ބޭނުމީ ގާލް އެއް.. ތި ގޮތަށް ބޭބީ ކޮށް އުޅޭ ގާލްއެއް. އޭރުންނު ކިޔާނީ މައި ކުއީން އެންޑް މައި ޕްރިންސަސް..” ޖައުޝަން އެހެން ބުނެލުމަށްފަހު ހޭންފެއްޓީ ނިއުޝާ ތުން ދަމާފައި އިންތަން ފެނިފައެވެ. “މާ ގިނައިން ތުންދަމަންޔާ ނައްޓައިލައިގެން ވެއްޓިދާނެ. ހަހަ” ޖައުޝަން އެހެން ބުނުމާއި އެކު ދެމީހުންވެސް ހޭން ފެށިއެވެ.

ދުވަސްތައް ހަލުވިކަމާއިއެކު ނިމެމުން ދިޔައެވެ. އަދި ގެއަށް އަންނަ ކުޑަ ކުޑަ މެހެމާނަށް އެތަކެއް ތައްޔާރީތަށްވެސް ކުރަމުން ދެއެވެ. ކުޑަ އެނދަކާއި އަންނައުނާއި ކުޅޭ އެއްޗެހި ގަންނަމުން ދެއެވެ. ނިއުޝާގެ ހަށިގަނޑަށްވެސް ބަދަލު ތަކެއް އަންނަން ފެށިއެވެ. ބޮޑު ބަނޑަކާއި ފަލަވެފައި ހުރި ހަށިގަނޑުން ވެސް ނިއުޝާ ގެ މައުސޫމުކަމާއި ރީތިކަން ފާޅުވާން ހުއްޓެވެ. ނިއުޝާއަށް ވަގުތު ދިނުމުގެ ގޮތުން އޮފީހުން ޖައުޝަން 3 މަހުގެ ޗުއްޓީއެއްނަގާ ނިއުޝާއާއި އެކު ހޭދަކުރަމުން ދިޔައެވެ. އުފާވެރިކަމާއި މަޖާކުރަމުގައި ދުވަސްތައް ގުނަމުން ދިޔަ ދެމަފިރިން އިންތިޒާރު ކުރަމުން އައި ދުވަސް އައީއެވެ. ނިއުޝާއަށް ހޭލެވުނީ ބަނޑުގައި ރިއްސައިގަނެގެންނެވެ. ކައިރީގައި އޮތް ޖައުޝަން އަށް ގޮވީ ކެތް ނުވެގެންނެވެ. ޖައުޝަން އަށް ހޭލެވުމާއި އެކު ނިއުޝާ މަސަލަސް ކުރުމުގައި އުޅުނެވެ. އަދި ސަކީލާއަށް ބާރު ބާރަށް ގޮވަންފެށިއެވެ. ސަކީލާ ބުނިބުނުމަށް ސަކީލާމެންގެ ބައިގާ ނިދަން އާދެވުނުކަން އެއީ ނަސީބެވެ.

ސަކީލާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށް ވަނެވެ. އަދި ނިއުޝާ ގައިގާ ހިފަހައްޓައިގެން ކޮޓަރިން ނިކުންނަން އުޅުނެވެ. “ދަރިފުޅާ ދޭ އަވަހަށް ކާރު ނެރެން.. ” ޖައުޝަން ނިއުޝާގެ ގައިގާ ހިފަހައްޓައިލައިގެން ހުރުމުން ސަކީލާ އެހެން ބުނެލިއެވެ. ޖައުޝަން ދުވެފައި ގެއިން ބޭރަށް ނިކުތެވެ. “ދަރިފުޅާ.. ބަލައިގެން..” ނިއުޝާ ގެ ގައިގައި ހިފަހައްޓައިގެން ހުރެ ސަކިލާ ބުނަމުން ދިޔައެވެ. ވަގުތަކީ ފާރިޝްވެސް މާލޭގައި އުޅޭ ވަގުތެއް ނޫނެވެ. އެހެންކަމުން ސަކީލާ ހުންނަން ޖެހުނީ އެކަނިންނެވެ. އޭނާ ހުރީ ހާސްވެފައެވެ. ކާރު ދޮރުމައްޗަށް ގެނެސް ޖައުޝަން ސަކީލާ ކައިރިއަށް އައީ ނިއުޝާ ގެންދިޔުމަށް އެހީ ވެދިނުމަށެވެ. އޭރުވެސް ނިއުޝާ އޭނާގެ ބަނޑުގައި ހިފަހައްޓައިލައިގެން ހުއްޓެވެ. ކިތަންމެ މަޑުން ހުއްޓަސް ވޭން އަޅާނެކަން ސަކީލާއަށްވެސް އިނގެއެވެ. ކާރަށް އެރުމާއި އެކު ޖައުޝަން މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. ބާރު ދުވެލީގައި ދުއްވަމުން ދިޔަ ކާރު ހުއްޓުނީ ހޮސްޕިޓަލް ކުރިމައްޗަށެވެ. ވީލް ޗެއަރ އަކަށް ނިއުޝާ ލައިގެން ސަކީލާއާއި ޖައުޝަން އެތެރެއަށް ދިޔައެވެ. ނަރުހުން އައިސް ނިއުޝާ ގޮވައިގެން ލޭބާރ ރޫމްއަށްވަނެވެ.

ފުރަން ޖެހޭ ހުރިހާ ފޯރމެއް ޖައުޝަން ފުރަން ހުރިއިރު ތުރު ތުރު އަޅައެވެ. ނިތްކުރިމަތިން ދާ ތިކިތައް ފާޅުވާން ހުއްޓެވެ. ދެމައިން ސަލާތުން ބެހެއްޓުމަށް މާތް ﷲ އަށް ދުޢާ ކުރެވުނީ ކިތަށް ފަހަރު ކަމެއްވެސް ނޭނގުނެވެ. ހާސްވެފައި ހުރިވަރުން ސޮއި ވެސް ކޮށްލެވުނީ ނުބައި ތާކުއެވެ.

ޖައުޝަން ހާސްވެފައި ހުރުމުގެ ސަބަބުން ސަކީލާ އޭނާ ކައިރިއަށް އައިސް ހިތްހަމަ ޖައްސައިދެމުން ދިޔައެވެ. ފޯރމް ފުރާލުމަށްފަހު ރެޝެޕްޝަން އިން ދުރަށް ދިޔަ ޖައުޝަން ހުއްޓުނީ ލޭބަރ ރޫމް ކުރިމައްޗަށެވެ. ނިއުޝާގެ އަޑު ކޮންމެސް ވަރަކަށް ބޭރަށް އިވެއެވެ. ޖައުޝަން ލޭބަރ ރޫމް ކުރިމަތީ ހުރި ގޮނޑިބަށްރީގައި އިށީނދް އިނީ މޫނު ފޮރުވާލައިގެންނެވެ. ދެންވެސް ސަކީލާ އައިސް އެތަކެއް ވާހަކަތަކެެއް ދައްކަން ފެށިއެވެ. “މަމް. ޕްލީސް.. އިހަކަށް މަޑުން އިނދެބެ. އަހަރެންނަށް އިނގޭ އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަން.. އެކަމު މަމް ޕްލީސް ރީއްޗަށް އިނދެބަލަ ދެން.” ޖައުޝަން ހާސް ވެފައި ހުރިވަރުން ކިޔޭ ނުކިޔޭ ނޭނގެއެވެ. ސަކީލާ އަށްވެސް ޖައުޝަން ހާސްވާވަރު ވިސްނުނެވެ. ހިތާ ހިތުން އަމިއްލަ އަނގަ ގަދަ ކަމާ މެދު ޝަކުވާ ކޮށްލެވުނެވެ. ދެން އެދެމީހުންގެ ދޭތެރެއަށް ވެރިވެގެން ދިޔައީ މަރުފަދަ ހަމަ ހިމޭން ވަގުތެކެވެ. ނަމަވެސް ހޮސްޕިޓަލުގަައި ހިނގާ ބިނގާވެ އުޅޭ ނަރުހުންނާއި މީހުންގެ އަޑު އިވެމުން ދިޔައެވެ.

އެގޮތުގައި 30 މިނެޓް ހޭދަވެގެން ދިޔައެވެ. ނިއުޝާގެ ހަބަރެއް ނުވެއެވެ.

ކުއްލިއަކަށް ލޭަބަރ ރޫމްގެ ދޮރު ހުޅުވުނެވެ. ކައްޓެއް ޖެހިހެން ޖައުޝަން ކުއްލިއަކަށް ގޮނޑިން ތެދުވެ އެދިމާލަށް ދިޔައެވެ. ނަރުހަކު ހުދު ފޮތިގަނޑަކުން ފޮރުވާލެވިފައިވާ ކުޑަ ކުޑަ ދޮން ދޮން ކުއްޖެއް ނެރުނެވެ. “ޖައުޝަން..؟” ނަރުސް ކުއްޖާ އެހެން ބުނުމާއި އެކު ޖައުޝަން ބޯ ޖަހާލިއެވެ. “ކޮންގްރޭޓްސް..އިޓްސް އަ ގާލް.. އިރުކޮޅެއްފަހުން ނިއުޝާ ނެރޭނެ.” އަތުގައި އޮތް ކުޑަ ކުޑަ ކުއްޖާ ޖައުޝަން އަތަށް ދެމުން ނަރުސް ކުއްޖާ ބުންޏެވެ. ޖައުޝަން އަށް އުރާނެ ގޮތެއް ނޭނގުނެވެ. އެއާއި އެކު ސަކީލާ އައިސް އެ ކުއްޖާ އުރާލިއެވެ. “ކުޑަ ކުޑަ ނިއު އެއް ދޯ ޖައު؟” ސަކީލާ އެކުއްޖާއާއި ދިމާ ބަލަން ހުރެފައި ބުނެލިއެވެ. ޖައުޝަން އުފަލުން ގޮސް ރޮވުނެވެ. ސަކީލާވެސް ހުރި އެފަދަ ހާލެއްގައެވެ. ޖައުޝަން ނިއުޝާ ނެރޭނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ވަގުތަކީ ދަންވަރި ގަޑިކަމުން ފަޒީނާމެންނަށްވެސް ގުޅަން ނެހެދީއެވެ. އެހެން ކަމުން އެވަގުތު ތިބީވެސް ސަކީލާއާއި ޖައުޝަން އެވެ.

ސަކީލާ އަތުގައި އޮތް ކުޑަ ކުޑަ ކުއްޖާއާއި ދިމާ ޖައުޝަން އިރު އިރު ކޮޅާ ބަލާލައެވެ. އަދި މަޑު މަޑުން ކޮލުގައި ހިފާލައެވެ. އެއާއި އެކު އެ ކުއްޖާ ތެޅިލައެވެ. އެ ވަގުތު ސަކީލާ އިނީ ފެންކަޅިވެފައެވެ. ޖައުޝަން އުފާވާނެ ވަރު ވިސްނާލާފައެވެ. ނިއުޝާ ނެރުވުނު ވާހަކަ ބުނުމުން ޖައުޝަން އާއި ސަކީލާ ވާރޑް އާއި ދިމާލަށް މިޝްރާބު ޖެހިއެވެ. ލޯ މަރާލައިގެން އޮތް ނިއުޝާ ފެނި ޖައުޝަން އަށް ކުޑަކޮށް ހުއްޓުން އެރިއެވެ. އެ މޫނުމަތިން ވަރުބަލިކަން ފާޅުވެއެވެ. ހޭވިފައިވާ އިސްތަށިގަނޑު ފެނުމުން ޖައުޝަން އަށް ކުޑަކޮށް އުނދަގޫވިއެވެ. ނިއުޝާ އާއި ދިމާލަށް ބާރު ބާރަށް ހިނގާފައި ދިޔައެވެ. ސަކީލާ މަޑުމަޑުން އެދިމާލަށް އާދެއެވެ. އަތުގައި އޮތް ކުޑަ ކުޑަ ފުރާނަ ގަޔާ ލައި ބޮޑުކޮށްލައިގެން އަންނަމުން ދިޔައިރު ހީވީ އެއީ ވަރަށްވެސް އަގު ބޮޑު އެއްޗެއް ހިފައިގެން އުޅޭ ހެންނެވެ. އެހެން މީހުންގެ ނަޒަރުން ސަލާމަތް ކުރަން އުޅުނުހެންނެވެ. ވާނީވެެސް އެހެންތާއެވެ. ފުރަތަމަ ފަހަރަށް މާމައަކަށް ވާނެ އިހްސާސް ވަޒަން ނުކުރެވޭހާވެސް ބޮޑުވާނެއެވެ.

ޖައުޝަން ގޮސް ނިއުޝާގެ އަތުގައި ހިފަހައްޓާލިއެވެ. އެ ފިނި ފިނި އަތުގައި އަތް ލެވުމާއި އެކު ޖައުޝަން އަށް ހަމަ ނޭވާ ލެވުނު ކަހަލައެވެ. ނަމަވެސް ހަމަ އެވަގުތު އެތަނުން ނިކުމެގެން ދިޔައީ ރެޝިޕްޝަނާއި ދިމާލަށެވެ. ނިއުޝާ ލޯ ހުޅުވާލިއިރު ޖައުޝަން ދަނީއެވެ. ކުޑަކޮށް ހިތުގައި ޖެހުނަސް ދެން ފެނުނު މަންޒަރުން ހިތް ނަށާލިއެވެ. ސަކީލާ ގެ އަތުގައި އޮތް ކުޑަކުޑަ ކުއްޖާ ފެނި ލޮލުން ފެން އަންނަން ފެށިއެވެ. ނިއުޝާ އެނދުގައި އިށީންނަމުން ލަށްގަނެލިއެވެ.  “އަންހެން ކުއްޖެއް…” ސަކީލާ ނިއުޝާ އަތަށް ކުއްޖާ ދެމުން ބުނެލިއެވެ.  ނިއުޝާ އެ ކުއްޖާ އުރާލަމުން ނިތުގައި ބޮސް ދިނެވެ.

 

އިރުކޮޅެއް ފަހުން ޖައުޝަންވެސް އައެވެ. އަދި ނިއުޝާ ކައިރީ އިށީނދެލިއެވެ. އެއާއި އެކު ނިއުޝާގެ ބޮލުގައި ސަކީލާ ފިރުމާލަމުން ނިކުމެގެން ދިޔައީ އޭނާއަށް އަނެއްކާވެސް އަނގަ ގަދަ ކޮށްލެވިދާނެއަތީއެވެ. އިތުރަށް އޭނާވެސް އެއްޗެސް ބުނަމުން ބޭނުން ނުވަނީއެވެ. ދެމަފިރިންނަށް ވަގުތު ދިނުމަށެވެ. ޖައުޝަން އިސްޖަހާލިއެވެ. އޭނާގެ ހިތުގައި މިވަގުތު ބައިވަރު ކަންތަށް ކުރަން ބޭނުންވެފައި ހުއްޓަސް މަޑުން އިނީ ވާރޑްގައި އެދެމީހުންގެ އިތުރަށް ބައިވަރު މީހުން ތިބީމައެވެ. ޖައުޝަން އިސް އުފުލާ ނިއުޝާއާއި ދިމާލަށް ބަލާލިއެވެ. އެ ލޮލުން ނިއުޝާއަށް ހުރިހާ އެއްޗެއްވެސް ބުނެދިން ކަހަލައެވެ. ނިއުޝާ ހިނިތުން ވެލިއެވެ. އިރުކޮޅެއްފަހުން ނަރުހުން އައިސް ނިއުޝާ ޕްރައިވެޓް ރޫމްއަކަށް ޝިފްޓް ކުރުމުގައި އުޅުނެވެ. ޖައުޝަން ލާނެއް ހިނިގަނޑެއް ޖަހާލަމުން ވާރޑް އިން ނިކުމެގެން އައެވެ. ފަސް އެނބުރި ބަލާލީ ވަރަށް ވެސް ފޮނިވެފައި ހުރެއެވެ. ސަކީލާ ގާތު ނިއުޝާ ރޫމްއަށް ޝިފްޓް ކުރާ ވާހަކަ ބުނުމުން އުފާވިއެވެ. އޭނާވެސް ހުރީ އެންމެންގެ ތެރޭ ނިއުޝާ އޮތުމުން ކުޑަކޮށް ހިތް ހަމަ ނުޖެހިފައެވެ.

ކުޑަ އެނދުގައި ނިދާފައި އޮތް ކުޑަ ކުއްޖާއާއި ދިމާލަށް ބަލާލުމަށް ފަހު ނިއުޝާ އާއި ދިމާލަށް ޖައުޝަން ބަލާލިއެވެ. ނިއުޝާ ހިނިތުން ވެފައި ޖައުޝަންގެ މޫނަށް ބަލަން އޮތެވެ. “ކިހިނެއްވެ މާ ވަރަކަށް ތިބަލަނީ؟” ޖައުޝަން އެ ސުވާލު ކުރުމުން ނިއުޝާ ލޯހަނިކޮށްލިއެވެ. “ޝަން އެއްނު ތިބަލަނީ އެއްފަހަރު ބޭބީއަށް އަނެއްފަހަރު އަހަންނަށް. ހުންންހު” ނިއުޝާ އިނީ ކުޑަކޮށް ފޫހިވެފައެވެ. ޖައުޝަންގެ އެ ކަސްރަތީ ރީތި ހަށިގަނޑުގައި ބައްދާލަން ބޭނުންވެފައެވެ. އެ އަތުގެ ތެރެއިން ރައްކާތެރިކަން ހޯދާލާށެވެ. ނަމަވެސް ޖައުޝަން ކޮޅަށް ހުރުމުން އޭނާ އެކަމާ ކުޑަކޮށް ރުޅިއައީއެވެ. ޖައުޝަން އަށް ވީގޮތް އިނގުނީ ކަންނޭނގެއެވެ. ލުއި ހިނިތުން ވުމަކާއި އެކު ނިއުޝާ ކައިރިއަށް އައިއެވެ. ނިއުޝާ ދެއަތް އެނދުގެ ދެފަރާތުގައި ވިއްދާލަމުން އިށީންނަށް އުޅުނެވެ. ޖައުޝަން އައިސް އެކަމަށް އެހީވެދިނެވެ. ނިއުޝާ ތުން ދަމާލިއެވެ. އަދި ޖައުޝަންގެ އަތް ފޮޅާލިއެވެ. “ޕިސް ޕިސް.. މީ ވާ ކުއްޖެއް… އަދިވެސް ބޭބީކަން ނުފިލައޭ.. މިހާރު ދެން ކުޑަކޮށް މެޗުއަރ ވާން ވެއްޖެނު.. މިހާރު ތިއޮތީ ވިހައިގެން..” ޖައުޝަން ދޫނެރެލަމުން ކައިރީގައި އިތް ގޮނޑީގައި އިށީނދެލިއެވެ. އަދިވެސް ނިއުޝާ ތަޅުވާލަން ބޭނުންވަނީއެވެ. ނިއުޝާ އަނގައިން ކައިރިއަށް އައިސްބަލާށޭ ބުނުއްވަން ބޭނުންވީއެވެ. އެގޮތުގައި 5 މިނެޓް ހޭދަވެގެން ދިޔައެވެ. ނިއުޝާ އިސްޖަހާލައިގެން އަތުގައި އިން ފެންފުޅިއާއި ކުޅެމުން ދިޔައެވެ. ޖައުޝަން އަކަށް މަޑަކުން ނީނދެވުނެވެ. “ގޮތް ވެސް ދޫނުކުރާތި” ޖައުޝަން ލުއި ހިނިތުން ވުމަކާއި އެކު އެހެން ހިތާހިތުން ބުނެލިއެވެ.

އެއަށްފަހު ތެދުވެ ނިއުޝާ އާއި ކުޑަކޮށް ކައިރި ވެލިއެވެ. ނިއުޝާ ސިއްސައިގެން ގޮސް ޖައުޝަން އާއި ދިމާ ބަލާލިއެވެ. ޖައުޝަން ކުށްލިހަރަކާތަކާއި އެކު ނިއުޝާ ޖައުޝަން ގެ ކައިރިއަށް ގެނައެވެ. ޖައުޝަން ހުރީ ކޮށްޅަށް ކަމުން ނިއުޝާގެ ބޯ އެރީ ޖައުޝަން ގެ މެއާއި ހަމާލަށެވެ. ނަމަވެސް މަޑުމަޑުން ލޯ މަރާލައިގެން އޮތީ އެ އަތުގެ ހިމާޔަތްކަން ހޯދުމަށެވެ. ޖައުޝަން ނިއުޝާގެ އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ. “ތެންކިޔު ޝާ.. ފޯރ މޭކިން މައި ޑްރީމް ކަމް ޓުރޫ.. ފޯރ ކޮމްޕްލީޓިންގް  އަވަރ ފެމިލީ..” ޖައުޝަން އެ ހުރިގޮތަށް ހުރެ ބުނެލިއެވެ. ނިއުޝަ ހިނިތުން ވެލިއެވެ. ޖައުޝަން ނިއުޝާ އާއި ދުރަށް ޖެހިލަމުން ނިއުޝާގެ ނިތުގައި ބޮސް ދިނެވެ.. އަދި ގޮނޑީގައި އިށީނދެލިއެވެ. ނިއުޝާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ބޯ ޖަހާލީ ތެންކިޔު އޭ ބުނާފަދަ ގޮތަކަށެވެ. “ކާކާތަ ވައްތަރީ؟” ނިއުޝާ އަހާލިއެވެ. ޖައުޝަން އެ ދެމީހުންގެ ލޯބީގެ ކުޑަ ކުޑަ ނިޝާނާއި ދިމާ ބަލާލިއެވެ. “ޝާ އާއި އެންމެ ވައްތަރީ.. ބަލާބަ އޭނީނު ބޮޑު ދެލޯވެސް.. އެން ތުންފަތްވެސް ދޯ… ކުޑަ ކުޑަ ޝާގެ ނޯސްވެސް.. ހަމަ ޝާ ހެން ހީވަނީ..” ޖައުޝަން ހިނިތުން ވެލަމުން ނިއުޝާގެ އަތުގައި ހިފާލިއެވެ. “ސޯ ކޮން ނަމެއް ކިޔާނީ؟” ނިއުޝާ އަހާލިއެވެ. ” ކުރިންވެސް ޑިސައިޑް ކުރީމެއްނު.. ޖައިޝާ ޖައުޝަން…” ޖައުޝަން ނިއުޝާގެ ކޮލުގައި ފިރުމާލަުމުން ލުއި ހިނިތުން ވުމަކާއި އެކު އެހެން ބުނެލިއެވެ. ކުއްލިއަކަށް ޖައުޝަން ނިއުޝަގެ އަތުގައި ހިފާ ބާރު ކޮށްލިއެވެ. މިއަތުން ދުވަހަކުވެސް ދޫނުކޮށްލަންޗޭ ބުނާފަދަ ގޮތަކަށެވެ. އޭނާ މިއަދު ހުރީ ވަރަށް ހާސްވެފައެވެ. ހިނދުކޮޅަކަށް އޭނާއަށް ހީވީ ނިއުޝާއާއި ވަކިވާން އުޅުނުހެންނެވެ.

ހެނދުނު ވުމާއި އެކު ފަޒީނާ ގެ އާއިލާ އާއި ޝަހުނާ އަދި ފާރިޝް އާއި ސަކީލާވެސް ހޮސްޕިޓަލަށް އައެވެ. އެ ދެމީހުންގެ އުފަލުގައި ބައިވެރިވުމަށެވެ. ކޮންމެ މީހަކުވެސް ބުނަނީ އެ ކުއްޖާ ވައްތަރީ ހަމަ ނިއުޝާ އާއި އެވެ. އެހެން ބުނާވަގުތު ނިއުޝާ ޖައުޝަން އާއި ދިމާ ބަލައިލާފާ ނިތް އަރުވާލާގޮތުން އެކަމާ އޭނާ ފޮނި ވާވަރު ޖައުޝަން އަށް އަންދާޒާ ކޮށްލެވުނެވެ. ޖައުޝަން އުފާވެފައި އިން ނިއުޝާއާއި ދިމާލަށް ބަލައިލީ އެ ހިނިތުންވުން ދުވަހަކުވެސް ފަނޑުވިޔަކަ ނުދޭނެ ކަމަށް ވައުދުވަމުންނެވެ. އަދި ލޯބިވާ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގައި ނިއުޝާއާއި އެކު އަބަދުވެސް ހުންނާނެ ކަމުގައި ވައުދުވަމުންނެވެ.

 

-ނިމުނީ- (:

Comments (39)

  1. Ryn

    hey guyss here is the lst prt of this stry.. 😉 i hope this stry is nyc.. n mi prt vx rythi vaane kamah.. thnks fr reading.. enjoy 😉 😉

  2. nukko

    Varaaaah salhi nd varaaaah majaaa
    lol hyhy halaaak
    Hahaha… new stry eh adhi kiyaalan v beynun.. gud lukk.. miss yeww

    1. Ryn
      nukko

      hehehe ehntha..? happy to hear tht u enjoyd it.. heheh.. thnks fr readin.. n enjoy.. in sha allah new stry eh vx up kuraanan.. nw eba liyan.. 😉

  3. sim

    Hey ryn v reethi mi story.. Love it.<3

    1. Ryn
      sim

      hey.. thnks fr lykin this stry. 😉 enjoy… 🙂 thnks fr readin too 😉

  4. yaania

    Hey ryn…. This was the first story i could read from the biginig till the end.. Maasha.allah….. A beautiful story…. Hope that u will uplode a new beautiful story… Is this ur first story? I love it…. Thnx 4 uploding.it till end.. 🙂

    1. Ryn
      yaania

      hey yaania… aslutha..? wow m so happy tht u lyk it. 😉 n in sha allah new stry eh liyamun midhany.. liyevey vrh up kuramun dhaanan.. n this is my frst lng stry.. bfr i wrote 3 prt ge shrt stry eh.. n once again thnkyou.. 😉 n it ws my plsr.. enjoy 😉

  5. misty

    Varah varah salhi.

    1. Ryn
      misty

      thnks misty 😉 enjoy

  6. aathu

    Story is very nice..hehe..name ah in song vx..;)… im waitin for the story u r writing..

    1. Ryn
      aathu

      hehehe thnks… 😉 enjoy,

  7. Faxoo

    hey Ryyn this story is awesome!!!! ? i just love it! too bad dhen mi reethi vaahaka nimunyma ;( but i look forward to read new storys from you Ryyn!!!! ?

    1. Ryn
      Faxoo

      hey faxu.. awww thnks.. 🙂 n thnks fr readin.. enjoy 😉 miss u…

  8. Kia

    This story is awsm….vrh vrh vrh rythi…lookng frwrd 2 read a story of urs agn.. i nvr cmmnt stories ah..by mi story rythi kmn cmmnt kohlaa hihvi…vrh rythi… <3 lvd it..

    1. Ryn
      Kia

      aww so swyt of u.. thnks 😉 n enjoy…. 😉 thnks fr readin n lykin this stry 😉

  9. Luvna❤

    Hei ryn. This part is awwsome. As nukko said its pretty funny.. ???hehe.. Hope to see another story of yours. ?❤❤

    1. Ryn
      Luvna❤

      hey.. PRETTY funny?? hehehe happy to hear tht u enjoyd.. thnks fr readin 😉

  10. Luvna❤

    Really you are writing another story. When are u gonna upload it. Please make it a lil bit fast. ??❤❤… Miss this look huh????????

    1. Ryn
      Luvna❤

      heheheh labba in sha allah vrh avahah up kurn fashaanan.. n i miss it too… heheh 😉 enjoy

  11. aasii

    Vr vr salhi

    1. Ryn
      aasii

      thnks 😉

  12. Ira

    Varah salhi mi story….. hope to see another story of urs soon 🙂
    Hehehe this part is quiet funny that I can’t stop laughing now also mihaaru bandhah ves thadhuvaan fashaifi…. Hehehe 😉

    1. Ryn
      Ira

      hehehe ehntha..? m so happy tht u enjoyd.. 😉 n thnks fr readin.. enjoy 😉

  13. Kitty

    Story v v v nice love the name of this story hope to read a new story soon gud luck

    1. Ryn
      Kitty

      thnks 😉 in sha allah vrh avahah new stry eh up kuran fashaanan.. 😉 enjoy 😉

  14. sarah._.saraa

    Awwwwn.
    Varah Salhi ❤

    1. Ryn
      sarah._.saraa

      hehe thnks 😉 enjoy

  15. jum

    vvvv haďi nimun

    1. Ryn
      jum

      aw alheyy.. if so sry n in sha allah dhn liyaa stryga rythi khleveythw balaanan.. thnks fr readin.. enjoy 😉

  16. smurf

    haasaru nudhamaa story ninmaalyma varah salhi

    1. Ryn
      smurf

      hehhe thnks 😉

  17. Shabee

    woooooooww ryn….wooooooow HG…..asluvx vrh habeys ingey….vrh salhi mi story….ending vx hama ehvana 😉 all da bst..luv u 😛 ummmwah eh story ah 😀

    1. Ryn
      Shabee

      thnks shaby thnks SG 😛 heheh thnks.. luv u mre n ummwahxx. 😉 thnks fr readin enjoy 😉

  18. Ainthu

    Varah furihama vaahaka eh . Migotha reethi ufaaveri dheriulumuge hehuthaufeegu dhevaashi . A ameen

  19. ABC

    masha kah nufeney dhn ryn story liyaaakah….. plxx nuliyahchey

  20. New reader

    Nice story….. Just love it

  21. xxx

    Wow..beautiful???

  22. ?Aish?

    Varah salhi ingey story. Yh n story name hama habeys .. one of my fav songs?.

  23. Oreo gurll

    nice story.. nimmun ves reethi. overall pretty nice.
    and this is not ur problem its mine, (i like long stories). ekam vx varah reethi.
    and u knw, hama mi kahala lovestory eh complete vegen dhiya i ge family ga. they had hama this kinda happy ending so it is reminding me of them.
    either way, nice work ingey Ryn

Comments are closed.