Skip to content
އެސްފިޔަ

ކަނޑުފެން (އެގާރަވަނަ ބައި) KanduFen P-11

މިޝްކާ ސަމާސާ ކުރުމުން ކަޔާން ވެސް އެކަމުގައި ބައިވެރި ވެލިއެވެ. “ޔާ… ހަމަ ތެދެއް ތިބުނީ… އިރު އެރީވެސް މިތާ ހުއްޓާ…”

ކަޔާންގެ އެ ޖުމްލައަށްފަހު އެ ދެމެދުގައި ވާހަކައެއް ނުދެކެވި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެންމެފަހުން ކަޔާން އޭނާ އޮޅުން ފިލުވަން ބޭނުންވާ ވާހަކަ އަހާލިއެވެ. “އޯކޭ ނައު ޓެލްމީ…. އަސްލު ކީއްވެ އަލީނާ އަހަރެންނާ ދުރަށް ދިޔައީ؟… ޑިޑް ޝީ މެޓް ސަމްވަން؟…”

މިޝްކާ ނޫނެކޭ ބުނާ ފަދައަކުން ދެއަތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެއްޓިއެވެ. “ނޫނޭ… ސަމްތިންގް ރިއަލީ ބޭޑް ހެޕަންޑް… އަލީނާ ހުރީ މޮޔަވެފަ….” މިޝްކާ ގެ ޖުމްލަތަކުން ކަޔާނަށް ލިބުނު ހައިރާންކަމުން ލެގިގެންހުރި ގޮނޑިން ކުރިއަށް ޖެހި ދެބުމަ ގޮށް ޖަހާލެވުނެވެ. “ކީކޭ… މޮޔަ ވީއޭ!…؟”

“އާން… މޮޔަވީ…. ވެދިޔަ ހުރިހާކަމެއް އަހަރެން ސިއްރު ކުރީ އަލީނާގެ މަންމަގެ އެދުމަކަށް…. މެލޭޝިޔާއަށް ފުރަންދެން އަލީނާއާއި އެކީ ހުރިހާ ވަގުތަކު އަހަރެން އުޅުނިން….” މިޝްކާގެ ވާހަކަ އެހިސާބުން މެދުކަނޑާލަން ޖެހުނީ މަޒީން ސުވާލު ކުރަން ފެށުމުންނެވެ. “ދެން ކީއްވެ މިހާރު ކިޔައިދޭން ތި އެއްބަސްވީ؟….”

ކަޔާން ކުރި ސުވާލުން މިޝްކާ ހިނދުކޮޅަކަށް ހުއްޓުނެވެ. އަދި އިސްއުފުލާ ކަޔާނާ ހަތަރުކަޅި ހަމަކޮށްލިއެވެ. މިޝްކާ ހީކުރީ ކަޔާން ސަމާސާ ކުރަނީ ކަމަށެވެ. ނަމަވެސް ކަޅިޖަހާނުލާ މިޝްކާއަށް ކާޔާން ބަލަން ހުރީ ވަރަށް ސީރިއަސް ގޮތަކަށެވެ. ހިނިތުންވެހުރެ މިޝްކާ އެ ސުވާލަށް ޖަވާބު ދިނެވެ.

“ހެއި… ކަނޑުފެން ވާހަކަ އެއްކޮށް ނުކިޔަންތަ؟… ގައިމު ވިޝާލް ބުނި ކަޔާން އެ ވާހަކަ ގަނެގެން އެބަ ކިޔަޔޯ… އެހެންވެ މަ ކިޔައިދޭނަމޭވެސް ބުނީ…”

ލުއި ހިނިތުންވުމަކާއި އެކީ ކަޔާން ޖަވާބުދިނެވެ. “އާން އެ ވާހަކަ އެބަ ކިޔަން… ބަޓް އައިމް ކޮންފިއުޒްޑް…. މަށަށްވެސް ނޭނގޭ ކިތަންމެ ކަމެއް އެ ދަތުރުގަ ހިނގީމަ… އެއީވެސް އަހަން ބޭނުންވެފަ އޮތް ސުވާލެއް…”

“ސޯ އަހަރެން ދަތުރަށްފަހު ކަންތައް ވީގޮތް ކިޔައިދޭނަން…. އޭރުން އެނގޭނެ ކީއްވެކަން އަލީނާ ދުރަށް ދިޔައީ…. ޝީ ރިއަލީ ލައިކްޑް ޔޫ…” މިޝްކާގެ ފަރާތުން އެ ވާހަކަ އަޑު އަހަން ކެތްމަދުވެފައިވާ ކަޔާން ޝައުގުވެރިކަމާއި އެކީ މޭޒާ ކައިރިއަށް ގޮނޑި ދަމާލަމުން އަވަހަށް ކިޔައިދިނުމަށް އެދުނެވެ. ފުން ނޭވާއެއް ދޫކުރުމަށްފަހު ކަންތައްވީ ގޮތް މިޝްކާ ކިޔައިދޭން ފެއްޓިއެވެ.

“ޝިފާންބެގެ މަރަށް ފަހު އަލީނާގެ ހާލު ދުވަހެއް ދުވަހެއް ދިޔައީ ސަކަރާތްވަމުން….. ސީމައްތަ އަލީނާ ޑޮކްޓަރަށް ދައްކަން ރަށު ސިއްޙީ މަރުކަޒަށް ގެންދިޔަ…. އެ ތަނުން ދިމާވި ރަށުގެ މުސްކުޅި ފުރައިގެ މީހަކު ބުނި އަލީނާ އެހުރީ ޖިންނި މޮޔަވެފަޔޯ…………

*** *** *** *** *** ***

ރަށުގެ މިސްކިތުގެ މުދިމު ކަމަށްވާ އަލިބެއަށް ސީމާ ފެނުނީ ޖެނެރަލް ވޯޑްގެ ބޭރުގައި މަޑުކޮށްގެން ރޯން ހުއްޓައެވެ. ސީމާއަކީ އުފަން ދަރިއެއް ފަދައިން އަލިބެ ލޯބިވާ ކުއްޖެކެވެ. ވެގެން އުޅޭގޮތެއް ބެލުމަށް އަލިބެ ސީމާއާއި ސަފިއްޔާ ގާތަށް ލެފިގަތެވެ. އޭރު އަލީނާގެ އެންމެ ގާތް އެކުވެރިޔާ މިޝްކާ އޭނާގެ މަންމަ ސަލީމާއާއި އެކު ސީމާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އަލީނާއަކީ ސީމާގެ ހުރިހަމައެކަނި ދަރިއެވެ. އަލީނާގެ ހާލު ފެނި ސީމާގެ މައި ލަގޮނޑިއަށް ކެތްނުވީއެވެ. އޭރު އަލީނާގެ ބައްޕަވީ ޖެހިގެން އޮތް ރަށަށް ކެމްޕޭނު ދަތުރެއްގައި ގޮހެވެ. ކުރިޔަށް އޮތް ބައި ގަޑިއިރު ތެރޭގައި ރިޒާ މާއެނބޫދޫއިން ކުޑަހުވަދޫއަށް އަންނާނެ ވާހަކަ ވަނީ ބުނެފަައެވެ. ސީމާ އިނީ އޭރު ހަދާނެގޮތް ހުސްވެފައެވެ. މިޗުއްޓީގައި އަލީނާ ގޮވައިގެން ރަށަށް ނައިސް މާލޭގައި މަޑުކުރެވުނު ނަމައޭ ހިތަށް އަރަމުން ދިޔައެވެ.

ކަންވެގެން އުޅޭގޮތް ސާފުވުމުން އަލިބެ އެކަމާ ވިސްނަން ހުރުމަށްފަހު ބުނެލި ޖުމުލައިން ސީމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ދަރިފުޅާ ސީމާ… ބޭބެއަށް ހީވަނީ އަލީނާ އެހުރީ ގެމެންދޫއަށް ގޮއްސަ އައި ފަހުން ޖިންނި މޮޔަވެފަ ހެން…. މިރަށުން މީގެ ފަސްވަރަކަށް އަހަރު ކުރިންވެސް އެރަށަށް ދަތުރު ދިޔަ ބަޔަކު އެނބުރި އައިއިރު އޭގެތެރެއިން އެކަކަށް ތިހެންވެފަ ހުރިތަން މިއަލިބެގެ ދެލޮލުން ދުށިން…. ސުނާމީއަށް ފަހު އެރަށް ފަޅުކޮށް އެހެން އޮންނަތާ އަށާރަ އަހަރުވީ…. އެ ކާރިޡާގަ ކިތައް މީހުން އެރަށުން ގެއްލުނު…. މިޝްކާމެންނާ އެކީ ތި ދަތުރުގަ އަހަރެންގެ ކާފަ ދަރިއަކުވެސް ބައިވެރިވާން އުޅުނު… އަހަރެން ބުނިން ދާނެ ކަމެއްނެތޭ….”

ސީމާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން އަލިބެ ގާތަށް ޖެހިލިއެވެ. އަދި އާދޭހުގެ ރާގަކާއެކު އަހާލިއެވެ. “ފަސް އަހަރު ކުރިން މޮޔަވީ ކާކު؟… މިހާރު އޭނަ ކޮބާ؟… ރަނގަޅުތަ؟… އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ… އަލިބޭ… އަލީނާ ސަލާމަތްކޮށްދީ….”

ސީމާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. މިޝްކާއަށް ވެސް ހުރެވުނީ ވެދިޔަ ކަންތައްތަކަށް ވިސްނާށެވެ. ގެމެންދޫއަށް ދަތުރު ދިޔަތާ ސައުވީސް ގަޑިއިރު ނުވަނީސް އަލީނާގެ ފުށުން ފެންނަމުން ދިޔަ އާދަޔާ ޚިލާފް ކަންތައްތައް ހަނދާންވަމުން ދިޔައެވެ. އެވަގުތު މިޝްކާ ވާހަކަ ދައްކަން ފެއްޓިއެވެ. “އަލިބޭ…. އަލީނާއަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަމުން ދިޔަކަން ފާހަގަވި…. ދަތުރުދިޔަ ފުރަތަމަ ދުވަހުގެ ރޭ އޭނާ ހޭވެސް ނެތުނު… އާން… ހޭ ނެތުނު ފަހުން އެ ބަަދަލުތައް އަންނަމުން ދިޔަކަން….. އައްދޯއި މަންމާ…” މިޝްކާގެ ވާހަކަތަކަށް ހުއްޓުމެއް އައީ އޭނާގެ މަންމަ ސަލީމާ މިޝްކާގެ އަތުގައި ވިކައިގަތުމުންނެވެ.

ތުންގަނޑު ދަމައިގެން ހުރެ މިޝްކާ އޭނާގެ އަތުގައި ފިރުމަމުން ދިޔައެވެ. އެވަގުތު އަލިބެ ސީމާއަށް ބަލާލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ. “އޭރު މޮޔަވެގެން އައީ ފިރިހެނެއް… އެއީ ވަރަށް ހަރު އުމުރުގެ މީހެއް… ޝައިބާން ކިޔަނީ…. އަހަރެން އޭރުވެސް ބުނިން އޭނަހުރީ މޮޔަވެފައޭ.. ހުދު އޭނަވެސް އެކަން ޤަބޫލެއް ނުކުރޭ….. އޭނަ ރަނގަޅު ކުރަން މަސައްކަތް ފެށިއިރު އޭނަ ހުރީ ވަރަށް ބޮޑުވަރުވެފަ…. އެއްދުވަހަކު ހެނދުނު އޭނަގެ އާއިލާ އޭނަ ނުފެނިގެން ހޯދަންފެށުމުން އަހަރެންވެސް ނުކުތިން ރަށުތެރެ ބަލަން… ފެނުނީ ރަށުގެ ތުނޑީކޮޅު ރާޅުޖަހާ ހިސާބުގައި މަަރުވެފައި އޮއްވާ…. ބޭބެ ދޭނެ ނަސޭހަތަކީ އެއްގޮތަކަށް ވެސް ލަސް ކުރާނެކަމެއް ނެތް…. އަވަހަށް ފަރުވާ ދޭން ފައްޓާ…. އިރާދަކުރެއްވިޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…. ނަމާދުކޮށް މާތްﷲއަށް ދަންނަވާ….”

އަލިބެގެ ވާހަކަ މެދުކެނޑުނީ ވޯޑާ ދިމާލަށް އޭރު ހިނގާފައި އައި ރިޒާއަށް އެންމެންގެ ލޯތައް ހުއްޓުމުންނެވެ. ރަށުގެ އެންމެން ޤަދަރުކުރާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ރިޒާ ހުރީ ރަސްމީކޮށް ގަމީހާ ފަޓުލޫނު ގައެވެ. ދެލޯ ނިތްކުރި މައްޗަށް ލައިގެން ހުރެ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ސީމާގެ ކުރިމައްޗަށް ހުއްޓުުނެވެ. ސީމާ ރިޒާއަށް ބަލަން ހުރުމަށްފަހު އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފާ ތަޅުވަމުން ވާހަކަ ދެއްކިއެވެ. “ރިޒާ… އަހަރެމެންގެ ދަރިފުޅު.. އޭނަ ސަލާމަތްކޮށްދީ….”

ސީމާގެ ކޮނޑުގައި ހިފާ ރިޒާގެ ހަށިގަނޑާ އޭނަ ގާތް ކޮށްލިއެވެ. އަދި އޭނާގެ އަންހެނުން ގެ ބޮލުގައި ފިރުމާލަމުން ސަފިއްޔާ ގާތު އަހާލިއެވެ. “ކޮބާ އަލީނާ؟..” އަތުގެ އިޝާރާތުން ސަފިއްޔާ ވޯޑް ތެރެއަށް އިޝާރާތް ކޮށްލިއެވެ.

ސީމާ ދުރަށް ޖައްސާލަމުން ރިޒާ ވޯޑް ތެރެއަށް ވަނުމަށް ހިނގައިގަތެވެ. ވޯޑްގެ ހުރިހާ އެނދެއްހެން ހުރީ ހުސްކޮށެވެ. އޭގެތެރެއިން އެއް އެނދުގެ ފަރުދާ ދަމާ އެނދު ވަނީ ނިވާ ކޮށްފައެވެ. ރިޒާ އެ އެނދާ ކައިރިޔަށް ދިޔުމަށް ފިޔަވަޅު އަވަސްކޮށްލިއެވެ. އެ ވަގުތު އެ ފޮތިގަނޑު ކަހާލުމަށް ފަަހު ދެ ޑޮކްޓަރުންނާއި ދެ ނަރުހުން ނުކުތެވެ.

ނަރުސް ކުދިން ބަހެއް ބުނުމުގެ ކުރިން ޑޮކްޓަރ ޕަޓޭލް ކުރިޔަށް ޖެހި ރިޒާއާއި މުޚާތަބުކޮށް ވާހަކަ ދައްކަން ފެއްޓިއެވެ.

“ހެލޯ.. އައިމް ޑޮކްޓަރ ޕަޓޭލް… ޔޫއަރ މިސްޓަރ ރިޒާ ރައިޓް… އަލީނާސް….”

“ފާދަރ…” ޑޮކްޓަރުގެ ޖުމްލަ ރިޒާ ފުރިހަމަ ކޮށްދިނެވެ.

ޑޮކްޓަރުގެ އެދުމަށް ރިޒާ އޭނަޔާއިއެކު ގޮސް ވޯޑުން ބޭރުގައި ހުރި ކޮޓަރިއަކަށް ވަނެވެ. ވެގެން އުޅޭގޮތެއް ބަލަން މިޝްކާމެން ވޯޑުގެ ބޭރުގައި މަޑުކޮށްގެން ތިބީއެވެ. އެވަގުތު ނަރުސް ކުއްޖެއް އައިސް ސީމާއަށް ބަލާލުމަށްފަހު ވާހަަކަ ދައްކަން ފެއްޓިއެވެ. “މިހާރު ޕޭޝަންޓަށް ވަނީ ނިދާ އިންޖެކްޝަން ދެވިފައި… ޑޮކްޓަރ އަންގަވަނީ ވީހާވެސް އަވަހަކަށް މާލެ ފުރަން… މީ ނަފްސާނީ މައްސަލައެއް ކަމަށްވާތީ މިކަމުގެ ފަރުވާ މިކޮޅުން ދެވެން ނެތުމުން… ދެން ތިފަރާތުން ފުރުން ހަމަޖައްސަވަން މި ޑޮކްޓަރގެ ސިޓީއާއި އެކު ކައުންޓަރަށް ދުރުވުމުން އެކޮޅުން ލިޔެކިޔުމުގެ ކަންތަކާއި ހުރިހާ މަޢުލޫމާތެއް ދެއްވާނެ….”

ނަރުސްކުއްޖާ ދިއްކޮށްލި ކަރުދާސްތަކުގައި ހިފުމަށްފަހު މިޝްކާގެ މޫނަށް ސީމާ ބަލާލިއެވެ. މިޝްކާ އެ ލިޔެކިޔުންތައް ސީމާގެ އަތުން ނެގިއެވެ. އަދި ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައިވާ ކައުންޓަރު ދޮށަށް ދިޔުމަށް ހިނގައިގަތެވެ. މިޝްކާގެ ސިކުނޑީގައި އެވަގުތު އެނބުރެމުން ދިޔައީ ގަބޫލުކުރަން ދަތި ކަންތައް ގަނޑެކެވެ. އެކުވެރިޔާއަށް ޖެހިގެން މިއުޅެނީ ކޮންކަހަލަ ކަންތައް ގަނޑެއް ބާވައެވެ. އަލީނާ މި މުސީބާތުން ސަލާމަތްކުރުމަށް ގިރާކުރަން ޖެހޭ ހުރިހާ ހަރުފަތްތަކެއް ކަޑައްތުކުރަން އޭނަ އަޒުމް ކަނޑައެޅިއެވެ.

ރޭގަނޑުގެ ވަގުތެއް ކަމުން ހޮސްޕިޓަލުގައި މީހުން ވަރަށް މަދެވެ. އެހެންކަމުން ނަންބަރެއް ނުނަގާ މިޝްކާގެ އަތުގައި ހުރި ލިޔެކިޔުންތައް ކައުންޓަރުގައި ހުރި އަންހެން ކުއްޖާގެ އަތަށް ދިއްކޮށްލިއެވެ. ލިޔެކިޔުންތަކަށް ބަލާލުމަށްފަހު އެ އަންހެން ކުއްޖާ ސިސްޓަމުން އެއްޗެއް ހޯދުމުގެ މަސައްކަތް ފަށައިތެވެ.

ކުޑަ ވަގުތު ކޮޅަކަށްފަހު އެ އަންހެން ކުއްޖާ މިޝްކާއާއި ވާހަކަ ދައްކަން ފެށިއެވެ. “އަލީނާގެ އެހީތެރިޔަކަށް ހުންނެވި ބޭފުޅަކު ފޯމެއްގައި ސޮއިކޮށްލަން ބޭނުންވޭ… ކޮބާތޯ އަލީނާގެ އެހީތެރިޔާ؟…”

މިޝްކާ ފޯނުން ސީމާއަށް ގުޅޭތޯ މަސައްކަތް ކުރަމުން އެއީ ކޮން ފޯމެއްތޯ އަހާލިއެވެ. ޖަވާބު ދެމުން ކައުންޓަރުގައިވާ އަންހެން ކުއްޖާ މިޝްކާގެ އަތަށް ފޯމެއް ދިއްކޮށްލިއެވެ. “ޓްރާންސްފާރ ކުރާއިރު ހޮސްޕިޓަލުން ނަރުސްކުއްޖެއް ހަމަޖައްސައިދޭން ޑޮކްޓަރ ވިދާޅުވެފައި ވާތީ… އަދި ޓެރެވަލް ހަމަޖައްސަވަން ބޭނުންފުޅުވާ ގޮތަކީ ކޮބައިތޯ ބަލާލަން… އަދި އެއްކަމެއް…. މި ފޯމް ފުރާލަ ދެއްވާ….”

ކައުންޓަރުގައި ހުރި ކުއްޖާ ދިއްކޮށްލި ފޯމްގައި ހިފިއިރު އަނެއް އަތުގައިވާ ފޯނު ކަންފަތުގައި ޖައްސާލީ އެކޮޅުން ފޯނު ނެގިކަން އެނގުމުންނެވެ. “ސީމައްތާ!…. މާލެ ބަދަލުކުރާތީ ޓްރާންސްފާރ ހަމަޖައްސާ ފޯމެއް ހަވާލުކޮށްފި…. އެހީތެރިޔަކަށް ހުރި މީހަކު ފޯމު ފުރަން އަންނާށޯ ބުނީ….” ފޯމުގެ މަތީގައި ލިޔެފައިވާ ލިޔުންކޮޅު ކިޔަމުން ސީމާގެ ފޯނަށް މިޝްކާ ޖަވާބުދިނެވެ. ޖަވާބުގައި ސީމާ ބުނެލީ ކައުންޓަރު ދޮށުގައި މަޑުކުރުމަށެވެ.

ފޯނު ކަނޑާލުމަށްފަހު ކައުންޓަރު ކުރިމަތީ ހުރި ގޮނޑި ބަރިން ގޮނޑިއެއްގައި އިށީނެވެ. އިންތިހާއަށް ދެރަވެހުރެ މިޝްކާ މި ހުރިހާ ކަމަކާ ވިސްނާ ފިކުރު ކުރަން ފެށުމުން ބައެއްްފަހަރު އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވެއެވެ. އެދުވަހު އަލީނާ ހޭނުލާ އެނދުމަތީގައި ބޮޑާހާކަން އޮވެ ދަތުރު ނުދާން ބަހަނާ ދެއްކުމުންވެސް މިޝްކާ އެދި އާދޭސް ކުރުމުން އަލީނާ ދަތުރު ދާން އެއްބަސްވިކަން ހިތަށް އެރުމުން ވަކިން ބޮޑަށް ހިތްދަތިވިއެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެނބިފައި ވަނިކޮށް، އެ ޚިޔާލުތަކުން ދުރަށް ދެވުނީ މިޝްކާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. އިސްއުފުލާ ބަލާލި އިރު މިޝްކާގެ ގާތުގައި މިހުރީ އަލީނާގެ ބައްޕަ ރިޒާއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ރިޒާގެ އަތަށް ފޯމާއި އެހެނިހެން ލިޔެކިޔުންތައް ދިއްކޮށްލިއެވެ. ރިޒާ އެފޯމަށް ބަލާލުމަށްފަހު ކައުންޓަރު ދޮށަށް ހިނގައިގަތެވެ.

ކައުންޓަރު ދޮށުން ދުރަށް ޖެހިލުމަށްފަހު ރިޒާ މިޝްކާއަށް ގޮވާލިއެވެ. ގޮނޑިން ތެދުވެ މިޝްކާ ހަލުވި ފިޔަވަޅުތަކެއްގައި ރިޒާ ގާތަށް ދިޔައެވެ. “މިޝްކާ!… އަހަރެމެން މިހާރު މިއުޅެނީ އަލީނާ ގޮވައިގެން މާލެ ދާން… ސަލީމާއަށް މިދަތުރުގައި އެކޮޅަށް ދާން ވަރަށް އުނދަގޫވާނެ… ސީމާ ވަރަށް އެކަނިވާނެ…. ދަރިފުޅަށް އަހަރެމެންނާ އެކީ މާލެ ދެވޭނެތަ؟… މަންމަމެން ގާތުން ހުއްދަ ލިބިއްޖިއްޔާ އަވަހަށް ތައްޔާރުވޭ.. ލޯންޗު ނައްޓާލާނެ މިރޭ 12 ޖަހާއިރު….”

މިޝްކާ އޭނާގެ ފޯނުން ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ރޭގަނޑު އެގާރަ ޖެހީއެވެ. ބޯ ޖަހާލުމަށްފަހު ވޯޑާ ދިމާލަށް މިސްރާބު ޖެހިއެވެ.

ކޮނޑުގައި ދަބަސް އަޅުވައިގެން ލޯންޗު ދޮށަށް އައިސް މިޝްކާ އިނީ އެމްބިއުލަންސްގެ އިންތިޒާރުގައެވެ. މިޝްކާއާއި އެކީ އޭނާގެ މަންމަ ސަލީމާ އައިސް އިނދެ އެކި ކަހަލަ ނަސޭހަތް ދެމުން ދިޔަ ނަމަވެސް މިވަގުތު މިޝްކާގެ ކަންފަތަށް އެއިން އެއްވެސް ވާހަކައެއް އަޑު ނީވޭ ކަހަލައެވެ. ދެކޮޅަށް ހިނގަމުން ބޮޑު މަގަށް ބަލަބަލާ ހުރެވެނީ ހިތް އަވަސްވެ ހުރެއެވެ. ހޮސްޕިޓަލަށް މިރޭ ގެނެވުނު އިރު އަލީނާ ދައްކަމުން ދިޔަ ހަމަނުޖެހޭ ވާހަކަތައް އެންމެ ގާތުގައި ހުރެގެން އަޑު އަހަމުން ދިޔައީ މިޝްކާއެވެ.

“އެ އަންހެން ކުއްޖާ އެންމެން މަރާލީ…. އަހަރެން ނުކުރަން އެއްވެސް ކަމެއް…. އަހަރެން އޭނަ ދުށިން… ހުދު ހެދުމެއް ލައިގެން ހުރީ… އޭނަ ހުންނަނީ ވަރަށް ދެރަވެފަ… އޭނަ ގައިގެ އެތަން މިތަން ޒަޚަމްވެފަ ހުރީވެސް…. ފުލުހުންވެސް މަދައްކާ ވާހަކަ ޤަބޫލެއް ނުކުރޭ… މިޝްކާ … މިޝްކާ ޤަބޫލުކުރާނަން ދޯ!… ބުނޭ އާއެކޭ… ބުނޭ… ބުނޭ އާއެނކޭ…”

އެހިސާބުން އަލީނާ އޭނާގެ އިސްތަށިގަނޑުގައި ހިފާ މޮޔައެއްހެން ތެޅެން ފެށިއެވެ. ގައިގެ އެތަން މިތަނުގައި ވަކިއަޅާ ހެދިއެވެ. ގަޔަށް ބާރުލާ ޖައްސަމުންދާ ވައްތަރުތަކުން އޭނާ ހުރީ ހަމައިގައި ނޫންކަން އެނގެއެވެ.

އެމްބިއުލަންސްގެ އަޑަށް މިޝްކާއަށް ސިހިފައި ބަލާލެވުނުއިރު މަގުގެ ކޮޅުން އެމްބިއުލަންސް އަންނަ މަންޒަރު ފެނުނެވެ. މަންމައާއި އާއިލާގެ އެހެން މީހުންނާ ސަލާމް ކުރުމަށް ފަހު މިޝްކާ ލޯންޗަށް އެރިއެވެ. އެމްބިއުލަންސް މަޑުކޮށްލުމަށްފަހު ފަހަތު ދޮރު ހުޅުވާލުމުން އޭގެތެރެއިން ރިޒާގެ ދެމަފިރިންނާއި އެކު ނަރުސް ކުއްޖެއްވެސް ނުކުތެވެ. އެއަށްފަހު ގަދަޔަށް ނިދާފައިވާ އަލީނާ އެނދެއްގައި ނެރުނެވެ. އަދި ލޯންޗުގެ ފަޅުވެރިންގެ އެހީގައި އެ އެނދު އަލީނާއާއި އެކު ލޯންޗަށް އެރުވިއެވެ. އެންމެން ލޯންޗަށް އަރާ ހަމަވުމުން ލޯންޗު ހަލުވި ސްޕީޑެއްގައި މާލެއާއި ވީކޮޅަށް މިސްރާބު ޖެހިއެވެ.

ހަތަރު ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ރިޒާގެ އެދުމުގެ މަތިން ލޯންޗު ގާތްކުރީ ހުޅުމާލޭ ބަނދަރަށެވެ. އޭރު އެމީހުން ބަލާއައިސް ހުޅުމާލޭ ހޮސްޕިޓަލުގެ އެމްބިއުލެންސެއް އޮތެވެ. ރިޒާގެ އަމިއްލަ ކާރުގައި މިޝްކާ އެމީހުންގެ ސާމާނާއިއެކު ކާރަށް އެރިއެވެ. އަލީނާ ގެންދިޔަ އެމްބިއުލަންސުން ރިޒާގެ ދެމަފިރިންނާއި އެކު ނަރުސް ކުއްޖާ ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. މިޝްކާ އިން ކާރުވެސް އެމްބިއުލަންސް ފަހަތުން އައިސް ހުޅުމާލޭ ހޮސްޕިޓަލަށް މަޑުކުރިއެވެ. އޭރުވެސް އަލީނާ ވަނީ ފުންނިންޖަކުން ނިދާފައެވެ. ކާރުތެރޭގައި ހުރިހާ ސާމާނެއް ބެހެއްޓުމަށްފަހު މިޝްކާވެސް އަވަސް ވެގަތީ ސީމާއާއި އެކު ހޮސްޕިޓަލް ތެރެއަށް ވަނުމަށެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ގެންދެވުމުން ހުޅުމާލޭގައި ހުރި އެންމެ ރަނގަޅު ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރ އަލީނާގެ ކަންތައްތައް ބެލުމުގައި ހަރަކާތްތެރި ވިއެވެ. ކުޑަހުވަދޫ ހޮސްޕިޓަލުން ދީފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު އެމީހުން ބޭނުންވީ އެމް.އައި.އާރް ސްކޭނެއް ހެދުމަށެވެ.

ރިޒާ ބޭނުންވީ ވީހާވެސް އަވަހަކަށް މިކޮޅުން ދެވެން ހުރި ހިދްމަތް ދޭން ފެއްޓުމަށެވެ. ސީމާއަށް ހިތްވަރު ދެމުން މިޝްކާ ވާހަކަ ދައްކަމުން ދިޔައެވެ. ފަތިސް ނަމާދަށް ގޮވުމުން ދެމީހުން ހޮސްޕިޓަލުގެ ނަމާދުކުރާ ކޮޓަރިއަށް ދިޔުމަށް އަވަސް ވެގަތެވެ. ނަމާދުކޮށް ނިމިގެން އަލީނާއަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރުމަށްފަހު އެ ކޮޓަރިން ނުކުމެ އަވަސް ފަރުވާ ދޭ ކޮޓަރިއަށް މިސްރާބުޖެހިއެވެ. މާ އަޑުގަދަވެ މީހުން ހަލަބޮލިވެ އުޅޭތަން ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން މިޝްކާމެންނަށް އެނގުނެވެ.

އެކޮޓަރީގެ ދޮރާއި އަރާ ހަމަވިއިރު އަލީނާގެ ހަޅޭކުގެ އަޑު އިވެމުން ދިޔައެވެ. “ދޫކޮށްލާ… އޭނާ އައިސް ކަލޭވެސް މަރާލާނެ…. މަ ދޫކޮށްލާށޭ… ފުލުހުން އައިސްދާނެ… އަހަރެން ދޫކޮށްލާ….”

އަލީނާގެ ބަސްތައް އަޑުއަހަން މިޝްކާއަށް ބޭރުގައި މަޑަކުން ނުހުރެވުނެވެ. އަލީނާގެ ދެއަތުގައި ހިފަހައްޓައިގެން ނަރުސް ކުދިން އޭނަ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޑޮކްޓަރުން ކައިރިވިޔަނުދީ ހުރަސްއަޅަން މަސައްކަތް ކުރަމުން އޭރުވެސް އަލީނާ އޭނާއާއި ގާތް ނުވުމަށް އާދޭސް ކުރަމުން ދިޔައެވެ. ގޮތްހުސްވެފައި ރިޒާއަށް ހުރެވުނީ އޭނާގެ ދަރިފުޅުގެ ނިކަމެތި ހާލަށް ބަލާށެވެ. މިޝްކާ އެނދާ ކައިރިވާން މަސައްކަތް ކުރުމުން އެނދާ ދުރުގައި ހުއްޓިގެން ހުރި ނަރުސް ކުއްޖެއް މިޝްކާ ގާތުގައި ބޭރުގައި މަޑު ކުރުމަށް އެދުނެވެ. ނަމަވެސް މިޝްކާ ފަހަތަށް ނުޖެހި ކުރިޔަށް ފިޔަވަޅު އެޅުމުން މިފަހަރު ނަރުސް ކުއްޖާ އޭނާގެ އަތުގާ ހިފެހެއްޓިއެވެ.

މިޝްކާގެ ކަޅި އޭރުވެސް އަމާޒުވެފައިވަނީ އަލީނާއަށެވެ. އެންމެފަހުން ކެތް ނުކުރެވިގެން އަލީނާއާއި މުޚާތަބުކޮށް މިޝްކާ ވާހަކަ ދައްކަން ފެއްޓިއެވެ. “އަލީނާ…. އަހަރެން ޤަބޫލުކުރަން ތި ދައްކާ ހުރިހާ ވާހަކައެއްވެސް…. އޭނަ އެންމެންވެސް މަރާލީ… ދެން ނުރޮއެ ހުއްޓާލާ… އަހަރެންނަށް ހުރިހާ ކަމެއް އެނގިއްޖެ…. އަލީނާ ދައްކާ ހުރިހާ ވާހަކައެއް އަހަރެން ޤަބޫލުކުރަން…”

އަލީނާގެ ކަންފަތުގައި މިބަސްތައް ޖެހުމާއި އެކު ގަޔަށް އަރުވަމުން ދިޔަ ވަރު މަޑުކޮށްލުމަށްފަހު މިޝްކާއާއި ދިމާލަށް ބަލާލިއެވެ. އެ ވަގުތު މިޝްކާގެ ކުރިމަތީ ހުއްޓިގެން ހުރި ނަރުސް ކުއްޖާވެސް ފަހަތަށް ޖެހި މިޝްކާ ކުރިއަށް ދިޔުމަށް ތަން ދެއްކިއެވެ. ކަޅި ޖަހާނުލާ ފެންކަޅިވެފައިވާ ލޮލަކުން ކުޑަކުއްޖަކު ފަދައިން މިޝްކާއާއި ދިމާލަށް ބަލަން އަލީނާ އޮތެވެ. އަލީނާ އެނދުމަތި ކުރެވިފައިވާ އެނދުގެ މަގަތުގައި އިށީނުމަށްފަހު އަލީނާގެ ބޮލުގައި މިޝްކާ ފިރުމާލިއެވެ. މިޝްކާ ހުރި ފަރާތަށް އެނބުރި ދެފައިި ކުރުކޮށްލަމުން މިޝްކާގެ އުނަގަނޑުގައި އަލީނާ ބައްދައިގަތެވެ. މިޝްކާ ހުއްޓުމެއް ނެތި އޯގާތެރިކާމާއި ލޯތްބާއި އެކު އަލީނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

އަލީނާ ގިސްލަމުން ބޯ ހިއްލާލާފައި ވާހަކަ ދެއްކިއެވެ. “އަހަރެން އެއްވެސް މީހަކު ނުމަރަން… އަހަރެން ސަލާމަތް ކުރޭ…. ރަނާ އެހެން ހެދީ… އަހަރެން ނިދާ އިރަށް ރަނާ އާދޭ… އަހަރެންނަށް އޭނަ ފެނޭ…. މިޝްކާ އެމީހުން ކައިރީ ބުނޭ އަހަރެން ނިދާކަށް ބޭނުމެއް ނޫނޭ…. ޕްލީސް… ބުނޭ އަހަރެން ނުނިދާނަމޭ… ރަނާ އަންނާނެ އަހަރެން ނިދީމަ…”

އަލީނާގެ ޖުމްލަތައް އަޑުއަހަން ހުރި ޑޮކްޓަރުގެ އެދުމަށް ހުރިހާ ނަރުސްކުދިން ދުރަށް ދިޔައެވެ. އަދި ފަރުދާ ކަހާލުމަށްފަހު މިޝްކާއާއި އަލީނާއާއި އެކަހެރިވެލަން ވަގުތު ކޮޅެއް ދިނެވެ. އިރުކޮޅެއް ފަހުން މިޝްކާގެ ފޯނަށް މެސެޖެއް އައުމުން ފޯނަށް ބަލާލިއެވެ. އެ މެސެޖް ފޮނުވީ އަލީނާގެ ބައްޕައެވެ. “ނަރުސްކުއްޖާ ތިތާ މޭޒު މަތީ ބަހައްޓާފަ ހުރި ބޭސްކާޑުން އެއްގުޅަ އޭނާއަށް ކާންދެވޭތޯ ބަލާބަލަ… އެއީ ނިދާ ބޭސް… ޖޫސްތައްޓެއް ވެސް އިންނާނެ… ޕްލީސް… އަލީނާ މިޝްކާއަށް އިތުބާރު ކުރާނެ…” މެސެޖް ކިޔާލުމަށްފަހު މިޝްކާ މޭޒުމަތީގައި ފޯނު ބާއްވަމުން އަލީނާއަށް ގޮވާލިއެވެ.

“އަލީނާ… ބޮލުގަ ރިއްސާތަ؟…” ޖަވާބުގައި ބޮލުގައި ފިރުމަމުން އަލީނާ ބޯ ޖަހާލިއެވެ. އެ ވަގުތު މޭޒުމަތީ ހުރި ޖޫސްތަށި އަލީނާއަށް ދިއްކޮށްލަމުން ބޯނަންހޭ އަހާލިއެވެ. އަލީނާ ފުން ނަޒަރަކުން މިޝްކާއަށް ބަަލަން ހުރުމުން މިޝްކާ އެޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. “އިޓްސް ޔޯ ފޭވަރިޓް… އޮރޭންޖް ޖޫސް… ބޭނުންތަ؟..” އަލީނާ ހިނިތުންވެ ހުރެ ބޯ ޖަހާލިއެވެ. އަދި ޖޫސްތަށި ދިއްކޮށްލުމުން މަޑުމަޑުން އެތިފޮދު ބޮމުން ބޮމުން ގޮސް އެ ޖޫސްތަށި މުޅިންހެން ހުސްކޮށްލިއެވެ.

އަލީނާ ހުސްތަށި ދިއްކޮށްލުމުން މިޝްކާ އެކަމާ ވަރަށް އުފާ ވިއެވެ. އަދި ކައިރީގައި އޮތް ބޭސްކާޑު ނަގަމުން އަލީނާ ގާތު އަހާލިއެވެ. “މީ ބޮލުގަ ރިއްސާތީ ކާ ބޭސްދޯ…” އަލީނާއަށް އެ ބޭސްކާޑަށް ބަލަމުން އޭނާގެ ދެލޯ އުނގުޅާލަމުން ބުނެލިއެވެ. “ނޭނގޭ… މަގޭ ލޯ ވަރަށް ފުސް… ޕެރަސެޓަމޯލްތަ؟….”

މިޝްކާއަށް އެ ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށްފަަހު ބޭސް ކާޑަށް ރަނގަޅަށް ބަލާލުމަށްފަހު ބުނެލިއެވެ. “އާން… މީ ޕެރެސެޓަމޯލް…. މީ ތަފާތު ޕެކިން އެއްގަ އިނީމަ މަށަށްވެސް ނޭގުނީ… މަވެސް ބޮލުގަ ރިއްސާތީ މިއުޅެނީ….” އެހެން ބުނުމަށްފަހު އޭގެން ބޭސްގުޅައެއް އަނގަޔަށްލުމަށްފަހު މޭޒުމަތީ ހުރި ކުޑަ ފެން ފުޅިން ކޯވަރެއްހާ ފެންފޮދަކާއި އެކު ބޭސް ގުޅަ ދިރުވާލިއެވެ.

މިޝްކާ އެ ބޭސްގުޅަ ކެއުމުން އަލީނާ ވެސް އެއިން ގުޅައެއް ދީބަލާށޭ ބުނެލިއެވެ. މިޝްކާގެ ޕްލޭން ކާމިޔާބު ވުމުން ވަރަށް އުފާވިއެވެ. އަލީނާއަށް ބޭސްގުޅަ ދިނުމަށްފަހު ރިޒާއަށް މެސެޖަކުން ބޭސް ދިން ވާހަކަ ބުނެލިއެވެ. އަލީނާއާއި ވާހަކަ ދައްކަމުން އެނދުގެ މަގަތުގައި މިޝްކާވެސް ހަމަޖެހިލައި އޮށޯވެލިއެވެ. މިހެން ދެމީހުން ވާހަކަ ދައްކަން ތިބެވުނީ ކިހާ އިރެއް ވަންދެން ކަން އެކަކަށްވެސް ނޭނގުނެވެ.

ފުން ނިންޖަކުން ނިދާފައިވާ މިޝްކާއަށް ލޯހުޅުވާލެވުނީ މީހަކު އޭނާގެ ނަމުން ގޮވާތީއެވެ. މޯޅިއަކަށް ދެމެމުން ލޯހުޅުވާލިއިރު މިޝްކާއަށް މި އޮވެވުނީ ކޮންތާކުކަން ރޭކާލިއެވެ. ފުންމައިގެން ތެދުވެ ވަށައިގެން ހޯދާލެވުނީ ކައިރީގައި އަލީނާ ފެންނަން ނެތުމުންނެވެ. މިޝްކާއަށް ގޮވަން އައިސްހުރި ނަރުސްކުއްޖާ ގާތުގައި އަލީނާ ކޮބާތޯ އަހާލިއެވެ.

ނަރުސް ކުއްޖާ ޖަވާބު ދިނެވެ. “އަލީނާ މެންޓަލް ހޮސްޕިޓަލަށް ޓްރާންސްފަރ ކޮށްފި…”

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (38)

  1. hussen

    Haadha kurey

    1. Shax Lyn
      hussen

      thanks for reading Hussen.. 🙂 its almost same same…. heevanee kuruhen…

  2. loly

    Love it ummwah

  3. shif

    Great. …inthixaaruga next part ge..awsum story e meee

    1. Shax Lyn
      shif

      Thanks Shif…. <3

  4. Shau

    Vvv reethi

    1. Shax Lyn
      Shau

      <3 thanks Shau 🙂

  5. ken?

    aslu kayaan innanvee thaneiga mazeen ge name dhw einee…..2 meehun talk kuran thibi prgrph ga…..

    1. Shax Lyn
      ken?

      Thanks Ken 🙂 yaa that’s a mistake… mihaaruu ethan rangalhu kollaafa innaanee…. <3

  6. ken?

    btw story hama v reethi ???

  7. Faxoo

    varah reethi mivaahaka ves. keep it up Shax Lyn ?

  8. Faxoo

    varah reethi mivaahaka ves. keep it up Shax Lyn ? <3

    1. Shax Lyn
      Faxoo

      Thanks Faxooo….. 🙂 happy to knw u liked it

  9. Aathu

    Patients transfer eh noon kuraany..refer kuraan..Dhn vaahaka v nice..when next part???

  10. SARA

    ? v reethi mibaives.. v salhi..

    1. Shax Lyn
      SARA

      thaannkkkssssss 🙂 <3 🙂 SARA

  11. ryn

    woww vrh salhi… eagerly waitin fr nxt prt.. gd lck 😉 🙂 n i luv this prt..

  12. Ira

    Wow varah salhi and I love the phrase “dheloo niekurimachah laigen” 🙂 eagerly waiting for the nxt part best of luck ……….. ☆★★♡♥♥

    1. Ira
      Ira

      :*)

    2. Shax Lyn
      Ira

      Thanks IRA … hehehe thank u for reading this story….. In-Sha Allah will upload soon…

  13. Someone

    Wowwww varah reethi. ???????waiting for the next part

  14. m@ Dhy

    V interesring. <3 @-}–

  15. m@ Dhy

    V interesting <3

  16. New

    V reethi

  17. Xaa

    V v nice mipart vs..waitin 4 next part..i lurv to read ur story

    1. Shax Lyn
      Xaa

      thanks Xaaaa <3

  18. zee

    Ooohhh habeys…. i love how mishka is treating her…. shes a true friend… reminds.me my bestfriend…

    1. Shax Lyn
      zee

      Really Zee…. am happy it reminds ur besty…. <3 thanks for reading my story 🙂

  19. shaz

    reeethi

  20. gurey

    Varah salhi story kuriyah dhaa goiy…..

  21. erum

    Haada reehchey v interesting….

  22. Rana

    Reethi waahaka eh..
    Ekam Lyn ge stories ga miulheny haadha thedhuveri loabiva firihenunney dho.:O..

    1. Shax Lyn
      Rana

      Thanks Rana….. <3 🙂

  23. Adam

    masha alllah 🙂 <3 u have got talent… good luck

  24. Aish aleena

    Avas aneh bai beynun kiyan

    1. Shax Lyn
      Aish aleena

      Aish anehbbai uploaded….. common!… now read and comment soon…. 😉

  25. Risha

    Vaahaka varah salhi??
    Waiting for next part
    Konirakun dhn innabai uplode vaaniy

    1. Shax Lyn
      Risha

      thanks 🙂 risha…. thanks for reading my story…. and for ur feedback…

Comments are closed.