**** ސީދާ ޒޭނާގެ މޫނަށް ބަލަންހުރެ ކިޔާން މަޑުމަޑުން އިވެމުންދިޔަ ލަވަޔާއި އެއްވަރަށް ލަވައިގެ ބަސްތައް ކިޔަމުން ދިޔައެވެ. ޒޭނާ އިތުރަށް ރަކިވިއެވެ. ކިޔާންގެ މޭގައި ބޯއަޅާލަމުން ހިނިތުން ވެލިއެވެ.
އިޒްނާ ރީހާން އަށް ބަލައިލިއެވެ. ރީހާން ހުރީ ސީދާ އިޒްނާއަށް ބަލަހައްޓައިގެންނެވެ. އިޒްނާ އަވަސް އަވަހަށް ޒޭނާމެންނާ ދިމާލަށް ބަލަންފެށިއެވެ. ރީހާން އިސްދަށަށް ޖަހާލިއެވެ.
ޒޭނާގެއަށް އައިއިރު ހަތެއް ޖަހަނީއެވެ. ސިޓިންރޫމަށްއައިސް ވަނުމާއި އެކު ޒޭނާއާއި އިޒްނާއަށް ސިހުންވީ ކުރިމަތީ ހުރި އަޒުރާ ފެނިފައެވެ. ” ކަލޭ މިހާރު މަގޭ ދަރިވެސް ހަލާކުކުރަން ފެށީދޯ .. ކަލޭ ދާތާކަށް ދޭބަލަ ކޮންމެހެން އިޒްނާ ނުގެންދިޔަކަސް .. ބުނަން ފިރިހެނުން ފަހަތުން ދުވެވޭ ވަރަށް ތިހުރީ ދުވެވިފަ އަހަރެން ކަލޭ ބޮޑުބޭބެ ކައިރީ ބުނެފިން ކަލޭ މީހަކާ ދެވާފަ މިގޯތިން ނެރެލާށޭ ވީހާވެސް އަވަހަކަށް އެހެންނޫނީ އެ އަންހެނާ އަހަރުމެންގެ މަޢުސޫމު އިޒްނާ ދުވަަސް ދުއްވާލާނޭ .. ކަލޭ ބޮޑުބެ ދެދުވަސް ފަހުން އަންނާނެ ކަލޭ ކައިވެނި ކުރުވަން .. ތައްޔާރުވެގެން ހުރޭ .. ” ޒޭނާއަށް ރޮވޭން ފެށިއެވެ. އިޒްނާ ރުޅިއައިސްގެން ދެއަތް މުއްކަވާލިއެވެ. އޭނާގެ މަންމަ ޒޭނާއާއި ދޭތެރޭ ކަންތައްކުރާގޮތުން އަޒުރާއަކީ އޭނާގެ އަމިއްލަ މަންމަ ކަމުގައި ވިޔަސް މަންމަދެކެވާންވީ ލޯބި އިޒްނާއަށް އޭނާގެ މަންމަދެކެ ނުވެވެއެެވެ.
” ސިސް ހުއްޓާލަ ހިނގާ ކޮޓަރިއަށް .. ހިނގާ .. ” އަޒްރާ ކޮޓަރިއަށްވަދެ ދޮރު ޖެހުމުން އިޒްނާ ޒޭނާ ގޮވައިގެން ގޮސްވަނީ ޒޭނާގެ ކޮޓަރިއަށްށެވެ. ޒޭނާ ސޯފާގައި ބޭންދުމަށްފަހު ފޯނު ނަގައި ރީމާއަށް ގުޅާލިއެެވެ. ” ހަލޯ .. ރީ . ކަމެއް ގޯސްވެއްޖެ .. ” ފޯނު ކަންފަތުގައި ޖަހާލަމުން ރީމާއާއި ވާހަކަ ދައްކަމުން އިޒްނާ ޒޭނާއާއި ދުރުވެލިއެވެ. އަދި ދެންމެ ވީ ހުރިހާކަމެއް ރީމާއަށް ކިޔައިދިނެވެ. ” ހާސްނުވޭ އިޒީ .. މާދަން ކޯޓުން ފޯމުނަގާފަ ފުރާފަ ލާށޭބުނާނަން ކިޔާންގާތު އޭރުން އެމީހުންނަށް ކުރެވޭނެ ކަމެއް ނޯންނާނެ.. އެކަމަކު ފޯމު ލެވެންދެން އެމީހުނަށް އެނގިގެން ނުވާނެ .. ޒޭންގެ މަންމަ ބައްޕަ ނެތީމަ ނޯންނާނެ އެމީހުންނަށް ހެދޭނެ ގޮތެއް .. އެކަމަކު ބޮޑުބޭބެގެ މައުލޫމާތު ކޮޅެއް ބޭނުންވާނެ.. އެއެއްޗެހި އިޒީ ހޯދާދީ ކޮންމެވެސް ގޮތަކުން.. އޭރުން އެނިމުނީ .. އެންޑް ޒޭން ބަލާތި .. ” ރީމާ ފޯނު ބޭއްވުމުން އިޒްނާއައިސް ޒޭނާ ގާތު އިށީނެވެ. ” ޒޭން .. ރީ ބުނީ މާދަން ފޯމުލާނީއޭ .. އޭރުން ހުރިހާކަމެއް އެ ސެޓްވީ .. މަންމަ ބަހައްޓާ ހުރެދާނެ އެއްނު ފުއްޕަ ފުއްޕާ .. ދޭކެންޑޫ ނަތިން .. ” އިޒްނާ ޒޭނާގެ ލޮލުން އައިސް ހުރި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. ” ބޮޑުބެ ވަލީ ދޭނެތަ .. ؟” ޒޭނާ އިޒްނާގެ މޫނަށްބަލަން އިދެ އަހާލިއެވެ. ” ވަލީ ދޭންޖެހޭނި .. ދޮންބައްޕަ އަށް ކީއްކުރެވޭނި .. ހުއްޓާލަބާ ވީވިލް މެނޭޖް އެވިރިތިން .. ސިސް އެންޖޯއި ޔުރާ ވެޑިން .. ” ޒޭނާ ހިނިތުން ވެލިއެވެ. ” ތެންކިޔު ” އިޒްނާގައިގައި ބައްދާލަމުން ޒޭނާ ބުނެލިއެވެ.
ދަންވަރުގެ ވަގުތެވެ. އިޒްނާ ވިސްނަމުން ދިޔައީ މަންމަ ކޮޓަރިން ދޮންބައްޕަގެ ލިޔެކިޔުންތައް ގެނެވޭނެ ގޮތެކެވެ. އެވަގުތު ބޭރުން ދޮރެއް ހުޅެވުން އަޑު އިވުނެވެ. އިޒްނާ އެނދުން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތެވެ. އިޒްނާގެ ކޮޓަރި ބެލްކަނިން މަގުމަތި ފެނެވެ. އޭނާގެ މަންމަ ގޭޓުހުޅުވާފައި ނިކުތެވެ. ގޭޓުކުރިމަތީގައި ސައިކަލުގައި މެދުއުމުރުގެ ފިރިހެނެއް އިނެވެ. އިޒްނާ ފޯނުން ކެމެރާއަށްވަދެ އެމީހުނާ ދިމާލަށް ކެމެރާ ޒޫމުކޮށްލިއެވެ. މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑިތަކުގެ އަލިފަޑުނަމަވެސް މީހުން ވަކިވާވަރު ވެއެވެ. އަޒުރާގޮސް އެމީހާ ސައިކަލުގެ ފަހަތަށް އެރުމުމަށް ފަހު އެފިރިހެންމީހާގެ މެދުހަށީގައި ދެއަތްވަށާލައި ބައްދާލިއެވެ. އެވަގުތު އެފިރިހެންމީހާ ސައިކަލު ދުއްވާލިއެވެ. އިޒްނާ އެރިކޯޑިން ފޯނުގައި ސޭވް ކޮށްލިއެވެ. އިޒްނާއަށް ދުވަހަކުވެސް އޭނާގެ މަންމަގެ އުޅޭގޮތެއް އޮޅިފައެއް ނެތެވެ. އިޒްނާ އޭނާގެ ކޮޓަރިން ނިކުމެގެން ގޮސް އަޒުރާގެ ކޮޓަރިއަށްވަނެވެ. ލިބުން ރަނުގެ ފުރުސަތުގެ ބޭނުން އިޒްނާ ވަރަށް ރަނގަޅަށް ހިފިއެވެ. ފަހަރަކު ކަބަޑެއް ބަަލަމުން ދަނިކޮށް އިޒްނާއަށް ފައިލްއެއް ފެނުނެވެ. އިޒްނާ އެފައިލް ނެގިއެވެ. އޭގެން އޭނާގެ ދޮންބައްޕަ ލިޔެކިޔުންތައް ލިބުނެވެ. އިޒްނާ ފައިލްއިން ބޭނުންވާނެ ލިޔެކިޔުންތައް ނެގިއެވެ. ފައިލް ވަތްގަނޑަށް ލާން އުޅުން ވަގުތު ފައިލްތެރެއިން ސިޓީއެއް ވެއްޓުނެވެ. އިޒްނާ އެސިޓީ ކިޔާހިތްވީ ކީއްވެކަމެއް ނޭނގުނެވެ. އިޒްނާ ސިޓީ ހުޅުވާލިއެވެ. އަދި ކިޔަން ފެށިއެވެ. އެއީ އެތައް އަހަރެއް ކުރީގެ ސިޓީއެކެވެ. އޭނާގެ މަންމަ ދޮންބައްޕަ އަށް ލިޔެފައި އޮތް ސިޓީއެކެވެ.
ސިޓީ ކިޔަމުން ދިޔަވަރަކަށް އިޒްނާގެ ލޮލުން ކަރުނަ އޮހެރެމުން ފައިބަމުން ދިޔައެވެ. ސިޓީ ކިޔާ ނިމުން އިރު އިޒްނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ފައިލް ވަތްގަނޑަށް ލުމަށްފަހު އެސިޓީއާއި ލިޔެކިޔުންތައް ހިފައިގެން އިޒްނާ އޭނާގެ ކޮޓަރިއަށް ގޮސްވަނެވެ. އަދި ފޯނުނަގާ ރީމާއަށް މެސެޖް ކޮށްލިއެވެ. * ލިޔެކިޔުންތައް ލިބިއްޖެ މާދަން ފަތިހުބަލާއާދޭ .. މަންމަ ހޭލުމުގެ ކުރިން * އިޒްނާ ފޯނު އެދުމަތީ ބޭއްވުމަށް ފަހު ސިޓީ ގެންގޮސް ފޮރުވިއެވެ.
ދެދުވަސް ފަހެވެ.
ކިޔާންއާއި ރީހާންއާއި ދެކުދިންވެގެން ކޯޓުން ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމައިފިއެވެ. މީގެ އެއްވެސް ހަބަރެއް އަޒުރާއަކަށް ނުވެއެެވެ. އިޒްނާއާއި ރީމާވެސް އެކުދިންނަށް ވީވަރަކުން ދިޔައީ އެހީތެރިވެދެމުންނެވެ.
މެންދުރުވަގުތެވެ. އިޒްނާއިނީ ސިޓިންރޫމުގައި ޓީވީބަލަންށެެވެ. ދޮރުހުޅެވުންއަޑަށް އިޒްނާ ދޮރާދިމާލަށް ބަލާލިއެވެ. ދޮރުމަތީ ހުރި އިމްރާނު ފެނުމުން އިޒްނާގެ މޫނުމައްޗަށް ރުޅިވެރިކަން ފާޅުވެގެން ދިޔައެވެ. ” ދަރިފުޅާ އިޒްނާ .. މަންމަ ކޮބާ ؟ ” އިމްރާނު އައިސް ސޯފާގައި އިށީންނަމުން އިޒްނާ ކުރެން އަހާލިއެވެ. އިމްރާނުއާއި އެކު އޭނާގެ އުމުރުގެ އެހެން ފިރިހެނެއްވެސް ހުއްޓެވެ. އެމީހާވެސް ސޯފާގައި އިށީނެެވެ. އިޒްނާއާށް އެމީހާ ބަލާލި ގޮތުން އިޒްނާ ފޫހިވިއެވެ. އެއްޗެއް ނުބުނެ އިންތަނުން ތެދުވެގެން އޭނާ ހިނގައިގަތެވެ. ” އެއީތަ .. ” އެ ނުދަންނަ ފިރިހެން މީހާ އެހިއެވެ. ” ނޫން އެއީ މަގޭ ދަރި .. އެއީ އެކުއްޖާއެއް ނޫން ..” އިމްނާގެ ބަސްތައް އިވިމުން އިޒްނާ އެދިއަގޮތަށް ގޮސް ކޮޓަރިއަށްވަދެ ބާރުބާރަށް ދޮރު ލެއްޕިއެވެ. ސިޓިންރޫމުގައި ތިބި ދެފިރިހެނުންނަށް ސިހުންވެގެން ދިޔައެވެ.
އިމްރާނު ތެދުވެގެން ގޮސް އަޒުރާ ގޮވައިގެން ބޭރަށް ނިކުތެވެ. އަޒުރާ އައިސް ސޯފާގައި އިށީނުމުން އިމްރާނު އެނުދަންނަމީހާ ތައާރަފު ކޮށްދިނެވެ. ” މިއީ ހަލީލް .. މާލޭ މީހެއް .. މިއީ އަހަރެން ޒޭނާ ދެވަންގެނަ މީހާ ..” އަޒުރާ ހީލާފައި އެމީހާ ސަލާންކޮށްލިއެވެ. ” ދޭބަލަ ޒޭނާ ގޮވައިގެން އަންނަށް ” އިމްރާން އާއި ހަލީލް އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު ހަލީލުގެ އެދުމަށް ޒޭނާ ގެނައުމަށް އަޒުރާ ގާތު އެދުނެވެެ. އަޒުރާ ތެދުވެގެން ޒޭނާ ކޮޓަރިއަށް ގޮސްވަނެވެ. ” ދައްތާ ” އަޒުރާ އައިސް ވަނުމުން ސޯފާގައި އިށީދެން އިން ޒޭނާއަށް ބުނެލެވުނެވެ. ” ކަލޭ ދެވަންގެނައި ފިރިހެންމީހާ އެބައިން ބޭރުގަ .. ހިނގާ .” ޒެނާއަށް ދެލޯ ބޮޑުކޮށްލައި ގަބޫލުނުކުރެވިފައި އަޒުރާއާއި ދިމާލަށް ބަލަން ހުރެވުނެވެ. އަޒުރާ ޒޭނާގެ މުލައްދަނޑީގައި ބާރަށް ހިފިއެވެ.” ހިނގާށޭ ބުނީމަ އަޑެއް ނީވޭތަ .. ކަލޭ ޖެހޭނި އޭނައާ އިންނަށް އިވިއްޖެތަ .. ދެންވެސް ހިނގާ ..” އަޒުރާ ބުނެލިއެވެ. ” ނޫން ދައްތާ .. އަހަރެން އެމީހާއަކާ ނީއްނާނަން.” ޒޭނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ” ބަަލަ އަހަރެން މި އެހީއެއް ނޫނޭ .. މީ އަމުރެކޭ ..” ހިނިގަޑެއް ޖަހާލަމުން އަޒުރާ ބުނެލިއެވެ. އަދި ޒޭނާ ގަދަކަމުން އެކޮޓަރިން ނެރުނެވެ. ޒޭނާ ގޮސް ސޯފާގައި ބޭންދުމުން ހަލީލް ދަހި ނަޒަރަކުން ޒޭނާއަށް ބަލަން ފެށިއެވެ.” އަހަރެން މިވަގުތު ވެސް ތައްޔާރު .. ހަހަހަ ” ހަލީލް ނުލަފާގޮތަކަށް ހެމުން ބުނެލިއެވެ. ޒޭނާއަށް ރޮވުނެވެ. ” ކަލޭ ކިތަންމެ ތައްޔާރަސް ޒޭނާ އަހަރެންނާ އިންނަށް ރަންކިޔައިފި .. ބޭބޭ އެހެންވީމަ ކޮންމެވެސް އެހެން ކަމަކާ އުޅެންވީއެއްނު ..” ކިޔާން އަޑު އިވުމުން އެންމެން ބަލާލިއެވެ. ކިޔާން ހެވިލާފައި އައިސް ޒޭނާގެ އަތުގައި ހިފާ ސޯފާއިން ނެގިއެވެ. ރީހާން އާއި ރީމާ ދޮރުމަތީ ތިއްބެވެ. އިޒްނާއާއި ރީމާގެ މޫނުމަތީގައި ވަނީ ކާމިޔާބު ކަމުގެ ހިނިތުން ވުމެކެވެ. އިމްރާންއާއި އަޒްރާގެ މޫނުމަތީގައި ވަނީ ސުވާލު މާކެއް ޖެހިފައެވެ. ” މިހިރަ ކުއްޖާ .. ތި އުޅެނީ އަދި ނޭގިގެން ތި އަންހެން ކުއްޖާ އަހަރެން ގަނެފިން .. ” ހަލީލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
އިޒްނާ އައިސް އަޒްރާ އަތުގައި ހިފިގެން ގޮސް ބަދިގެތެރެއަށް ވަނެވެ. ” މިހުރިހާ ކަމެއް އެނގޭ ދޯ ކަލެއަށް ” އަޒުރާ ރުޅި އައިސްފައި އިޒްނާއާއި ދިމާލަށް ބުނެލިއެވެ. ” އާން އެނގޭ .. އަދި މަންމަ ކިޔާންއާއި ޒޭން ކައިވެނި ނުކޮށްދީފިއްޔާ އިމްރާންއަށްވެސް ވަރަށް އެއްޗެހި އެގިދާނެ .. ” އިޒްނާ ބުނެލިއެވެ.” ކީކޭ ތިކިޔަނީ ” އަޒުރާ ހައިރާންވެ ބުނެލިއެވެ. އިޒްނާ ފޯނުނަގައި މީގެ ދެރޭ ކުރިން އޭނާ ނެގި ވީޑިއޯ ދައްކާލިއެވެ. ” ބުނަން. .ގޮސް އިމްރާން ހުއްޓުވާ .. ބުނޭ ކިޔާންއަކީ ބޮޑުމުއްސަންޖެއްގެ ދަރިއެކޭ އަދި އެ ހަލީލުއަށް އޭނަ ދިން ރުފިޔާތައް އަބުރާ ހަވާލު ކުރޭ އެހެންނޫނީ މި ވީޑިއޯ އަހަރެން އިމްރާނަށް ދައްކާނަން އޭރުން މިގޭން ދާންޖެހޭނި ކަލެއަށް އިވިއްޖެތަ ” އިޒްނާ ބަދިގޭން ނިކުމެގެން ދިޔުމުން އަޒުރާ މޫނުމަތީ ހުރި ދާތިކިތައް ފޮހެލިއެވެ. އަޒުރާ ގޮސް އިމްރާނު ދުރަށް ގެނެސް އިޒްނާ ބުނާށޭ ބުނިގޮތައް ބުނެލިއެވެ. އިމްރާން އަޒުރާގެ އެދުމަށް އެގޮތަށް ކަންތައް ކުރުމަށް އެއްބަސް ވިއެވެ. ހަލީލް ގާތަށް ރުޅިއައެވެ. އަދި އެއްވެސް ރުފިޔާއެއްވެސް ހެވޭ ބުނެ އެގެއިން ނިކުމެގެން ދިޔައެވެ. އިމްރާން ގޮސް ކޮޓަރިއަށް ވަނެވެ. އަޒުރާވެސް ވަނެވެ. ސިޓިން ރޫމުގައި އެވަގުތު ތިބި އެންމެންގެ މޫނުމަތިން ހިނިތުންވުން ފާޅުވަމުން ދިޔައެވެ. ޒޭނާ ސަލާމަތް ކުރެވުނީމައެވެ. “ތެންކިޔޫ އޯލް ..” ޒޭނާ ޝުކުރު އަދާ ކުރިއެވެ.
” ބާއި ޑޯލް .. ކާންޓްު ވެއިޓް ޓު މޭކްޔޫ މައިން ” ޒޭނާގެ ނިތްކުރީގައި ބޮސްދިނުމައްފަހު ދަމުން ކިޔާން ބުނެލިއެވެ. ކިޔާން އާއި ރީހާން ދިއުމުން ރީމާއާއި އިޒްނާއާއި ޒޭނާ ގޮސް ވަނީ އިޒްނާގެ ކޮޓަރިއަށްށެވެ. ” ބާއި ޑޯލް ..” އެނދުމަތީ އިށީނަމުން ރީމާ ކިޔާން ބުނިއެތި މަޖާ ރާގެއްގައި ބުނެލިއެވެ. ޒޭނާ ސޯފާގައި އޮތް ކުޝަން ނަގައި ރީމާއާއި ދިމާލަށް އެެއްލިއެވެ. ރީމާ ހީގަތެވެ. އެވަގުތު ރީމާއަށް އިޒާންގެ ފޯނެއް އައުމުން ބެލްކަންޏާއި ދިމާލަށް ހިނގައި ގަތެެވެ.
” ސިސް .. އައި އެމް ވެރީ ހެޕީ ފޯރ ޔޫ .. ސިސް ވަރަށް ލަކީ ސިސްދެކެ އެހާ ލޯބިވާ މީހެއް ވެސް އެބަހުރި .. ސިސްގެ މަންމައާއި ބައްޕަ ވެސް ސިސްދެކެ ނުލާހިކު ލޯބިވޭ .. ” އިޒްނާ އިސްދަށަށް ޖަހާލައިގެން އިދެ ބުނެލިއެވެ. ” އިޒީ ބައްޕަ އިޒީ ދެކެވެސް ވަރަށް ލޯބިއެވެ. ބައްޕަ އަހަރުމެން ދެމީހުން ކައިރީ ނެތަސް ސިސްއަށް އެގޭ ބައްޕަ އަހަރުމެން ދެމީހުން ދެކެ ވެސް ލޯބިވާކަން .. އެންޑް ސިސް ވެސް މިހުރީއެނު ސިސް ނުލާހިކު ލޯބިވޭ އިޒީ ދެކެ. އިންޝަﷲ ރީހާންވެސް އިޒީ ދެކެ ލައިކް ވާނެ .. ” އިޒްނާ ގައިގައި ބައްދާލަމުން ޒޭނާ މަޑުމަޑުން ބުނެލިއެވެ. ” އޯ އޯ .. ސިސްޓާރސް މަވެސް އެބަ ހުރީމޭ .. ” ރީމާ އައިސް އިޒްނާއާއި ޒޭނާއާއި ދެމީހުން ގައިގައި ބައްދާލަމުން ބުނެލިއެވެ. ތިންކުދިން އެއްކޮން ހޭންފެށިއެވެ. ” އޭތް އިޒާން ބުނީ ކޮންގުރާއޯ .. ޕާޓީ ނުބޭއްވިޔަސް ގުރޫޕް ސެލެބުރޭޝަންއެއް އިންނަން ވާނޫންހޯ .. ” ރީމާ ބުނެލިއެވެ. ” ޔާ.. ހަމަ ތައްޔާރު ކުރަންވީ ..” ޒޭނާ ބުނެލިއެވެ.
” އެއީ ހަަމަ އެހާ މުއްސަނދި ސޮރަކީތަ .. ” އިމްރާން އަޒްރާ ކައިރިން އަހާލިއެވެ. ” އާނ .. އެހެން ނޫނަސް އަހަރުމެއްނަށް ކިއެއް އޭނާ ކޮންމެ މީހަކާ އިނަސް .. މިތަނުން ދިޔައީމަ ވީ .. ” އަޒުރާ ބުނެލިއެވެެ. ” ދެންކިހިނެއް މިމުދާގަނޑު އޭނާ އަތުން އަތުލާނި ..” އިމްރާން އަހާލިއެވެ. ” އިޒްނާ މިހާރު ޒޭނާއާއި ވަރަށް ގާތް އަަހަރެން ޒޭނާ ބޮލުތެރެއަށް ވަދެގެން މިމުދާތައް އިޒްނާ ނަންމައްޗަށް ބަދަލު ކޮށްދެން ބުނާނަން .. އޭނަ އޭރުން އެކަން ފަސޭހައިން ކޮށްދޭނެ .. ޒޭނާ މުއްސަންޖަކާ އިންނައިރު މިމުދާތަކުގެ ބޭނުމެއް ނުވާނެ .. ” އަޒުރާ އޭނާގެ ރޭވުން ކިޔައިދިނެވެ. އިމްރާން އެއްބަސް ވިއެވެ.
ގަޑިން އެކެއް ޖަހަނީ އެވެ. އިޒްނާ އޮތިީ ފުންހިޔާލު ތަކުގެ ދުނިޔެއަކަށް ގޮސް ގެއްލިފައެވެ. އެވަގުތު އޭނާގެ ކޮޓަރީގެ ބެލްކަންޏަށް ހިޔަންޏެއް ވިއެވެ. އިޒްނާ ބިރުން ދެލޯ މަރާލިއެވެ. އެވަގުތު މީހަކު ބެލްކަނީ ދޮރުގައި ޓަކި ޖަހާލިއެވެ. ތިންފަހަރު ޓަކި ދިނުމުން އިޒްނާ އެދުން ތެދުވެ ގޮސް ބެލްކަނީގެ ފަރުދާ ކަހާލިއެވެ. ކުރިމަތީ ހުރި ރީހާން ފެނުމުން ހައިރާން ވިއެވެ. ރީހާންގެ އަތުގެ އިޝާރާތުން ދޮރު ހުޅެވުމަށް ބުނެލިއެވެ. ވެހެމުން ދިޔަ ތުނި ވާރޭގެ ތިކިތަކުން ރީހާ ހުރީ ކުޑަކޮން ތެމިފައެވެ. އެވަގުތު ރީހާންގެ ރީތިކަމުން އިޒްނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ނަމަވެސް އެކަން ނުދައްކާ ވޭތޯ އިޒްނާ މަސައްކަތް ކުރިއެވެ.
އިޒްނާ ދޮރު ހުޅެވުމުން ރިހާން ވަނެވެ. ” ރީހާން މޮޔަވީތަ .. މިހާ ދަންވަރު ކީއްކުރަން މިތަނަށް ތިއައީ ..” އިޒްނާ ރީހާންއަށް ބަލަން ހުރެ ބުނެލިއެވެ. ” އަހަންނާ ރީތި ކޮން ވާހަކަ ދައްކާ އަހަރެންގެ ނަންބަރު ފޯނުން ބޮލޮކް ނުކުރާނަމަ މިހެން އަންނާކަށް ނުޖެހުނިސް ދޯ ..” ކޮޓަރީގެ ރެކެއްގައި އަޅުވާފައި އިން ކުޑަތުވާލި ނަގަާ އިސްތަށިގަނޑުން ފެންހިއްކާލަމުން ރީހާން ބުނެލިއެވެ. ” ދެން އެހެންވީޔާމުން ތިބުނި އެހެން ހަދާ ކޮންމެ މީހެއްގެ ކޮޓަރިއަށްވެސް ރީހާން ދަންވަރު ގޮސް ވަންނާނަމޭތަ .. ” ދެއަތުން ހަށަންބަދެލައިން ބެލްކަނިން ބޭރުބަލަން ހުރެ އިޒްނާ ފޫހިރާގަކަށް ބުނެލިއެވެ. ރީހާން އައިސް އިޒްނާ އޭނާއާއި ދިމާލަށް އަނބުރާލާފައި އިޒްނާގެ މުަލަށްދަޑީގައި ރީހާންގެ ދެއަތުން ހިފަހައްޓައި އިޒްނާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ” އެހެން މީހަކު ތިކުއްޖާ އަހަރެންނަށް ތި ޖައްސާ ޖާދުލެއް ނުޖައްސައޭ .. އަހަރެންގެ ހިތުގެ ހިނގުމަކާ ތިގޮތަކަށް ނުކުޅެއޭ .. އަހަރެންގެ ރޭރޭގެ ނިދުމެއް ނުނަގާލައޭ .. އިނގިއްޖެތަ .. މޮޔައެއްހެން އަހަރެން އިޒީއާ ވާހަކަ ދައްކަން ބޭނުންވާކަން ހަމަ ނޭގެނީތަ .. ” ރީހާން ގެ އަޑުގައި ވަނީ ވޭނެވެ. އިޒްނާ ރީހާންގެ އަތް ފޮޅުވާލުމައްފަހު ގޮސް ބެލްކަނީ ދޮރުކައިރީ މަޑުކޮށްލިއެވެ. ” އަަހަރެންނާހެދި ރީހާންއަށް ތިގޮތައް ވާންވީ ކީއްވެ؟ ރީހާން ބުނީމެއްނު ރީހާން އަހަރެން ދެކެނީ ކޮއްކޮއެއް ގޮތުގައޭ .. އެނޫން އެހެން ގޮތަކަށް އަހަރެންނާ ދޭތެރޭ ނުދެކޭވޭނެއޭ .. އަދި ބުނީމެއްނު .. އަހަރެން ރީހާންއަށްވުރެ ފަސް އަހަރު ހަގޭ .. ރައިޓް .. ދެން ވައި އޮންދަ އާރްތު ޔޫ ވުޑް ފީލް ލައިކް ދެޓް .. އާނނ .. ރީހާން އައި ގޯޓް އޯވަރ ޔޫ .. ” ރީހާން އާއި ދިމާލަށް އެނބުރިލަމުން އިޒްނާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. އެވަގުތު ރީހާން ބާރުބާރަށް އައިސް އިޒްނާގެ އަތުގައި އޭނާގެ ދެއަތުން ހިފައި ބެލްކަނީގެ ދޮރުގައި ތައްކޮށްލިއެވެ. އެވަގުތު ވިދާލި ވިދުވަރާއެކު ރީހާންގެ މޫނު ފެނުމުން އިޒްނާ އަށް ސިހުންވިއެވެ. ރުޅިވެރިކަމާ ހިތާމަ އުމޫނުމަތީގައި ވީއިރު .. ދެލޮލުން ފާހަގަވަމުން ދިޔަ ވޭން އިޒްނާއަށް ފާހަގަ ނުވެއެއް ނުދެއެވެ. ” ޔުއަރ މައިން .. އައި ޑޯޯންޓު ކެއަރ އެބައުޓް އެނީތިން އެނީ މޯރ .. ޔުއަރ މައިން އިޒީ .. ގެޓް ދެޓް .. ” ރީހާން ބަސްތަކުން އިޒްނާއަށް ކަޅިޖަހާނުލާ ރީހާންއަށް ބެލުނެއެވެ. ރީހާންގެ ނަޒަރު ހުއްޓިފައިވަނީ އިޒްނާގެ މަޑު ރަތް ކުލައިގެ ތުންފަތަށްށެވެ. ރީހާން މަޑުމަޑުން އިޒްނާގެ މޫނާ އޭނާގެ މޫނު ގާތް ކޮށްލިއެވެ. އިޒްނާއަށް ބޭއިޙްތިޔާރުގައި ލޯމަރާލެވުނެވެ.
ތިބުނާ ގޮތަކަށް މަހުރީ ހިތުން ރުހިގެނޭ
ނުބުނަންހޭ މަގޭ ހިތަކީ ތީއޭ
ހިތަކަށް ނުވޭ ފިނިކަމެއް ލިބުމެއް މިރޭ
ލޮލަކަށް ނައޭ ނިދިމަގޭ ކަރުނުން ފުރޭ
ލޯބިން އަލުން އެނބުރިލާފާ ބަލާ
އެކުގާ ވާނަމޭ ބޭނުމޭ ބުނެބަލާ
********************
ނުނިމޭ _
2 Comments!
Comments are closed.

mashallah vrh reethi when next part
next part kobaa inthizaaru kohkoh varu bali vejje