Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 24

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories
October 22, 2024 7 Mins Read
10 Comments

ލައިލާގެ ހައިރާންކަން ދިހަ ގުނަ އިތުރުވެގެން ދިޔަކަން ހާމަ ވަނީ ކަފިހިހުރަސް މަތީގައި ހުއްޓިގެން ހުރުމުންނެވެ. އަހަރެން ހިނގައިފައި ދަމުން އަންނާށޭ ބުނެލީމެވެ. އެހެނަސް ލައިލާ އެ ހުރީ ތަނުން ގުޑާވެސް ނުލިއެވެ. ދެން އެއްލި ކަޅިއަކުން ފެނުނީ އެ ދިމާލަށް ބާރު ސްޕީޑުގައި ދުއްވައިފައި އައި އުޅަނދެކެވެ. އެ ދުއްވަން އިން މީހާއަށް އަށް ވެސް އެ ކޮންޓްރޯލް ކުރެވޭ ކަމަކަށް ނުވިއެވެ. އަހަރެންގެ ދެލޯ މުދުނަށް އެރިއެވެ. އެވަގުތު ލޯ މައްޗަށް ސިފަވީ ކިޔާރާ ނިޔާވުމުގެ ސަބަބަކަށް ވި ނުރައްކާތެރި އެކްސިޑެންޓެވެ. ކޮންޓުރޯލުން ނައްޓައިގެން އައި ސައިކަލެއްގަ ޖެހިފައި ކިޔާރާ ވިއްސައިގެން ދިޔަ ގޮތެވެ. ތާރުގަނޑު މައްޗަށް ޖެހި ބޯ ފަޅައިގެން ގޮސް ދެ އަތް ބިނދި ބުރިވެގެން އެލުނު ބިރުވެރި ގޮތެވެ. އޭނާގެ ލޭ ބަސް ސްޓޮޕުގެ ބިއްލޫރިގަނޑާއި ހަމައަށް ބުރައިގެން ދިޔަ ގޮތެވެ. މިފަހަރު އެ ކަހަލަ ޙާލަތަކާއި ގާތް ވެފައި އެ ވަނީ ލައިލާ އެވެ. ތެޅިގަނެފައި ދާން އުޅުނަސް އެކަމަށް މިހާރު މާ ލަސްވެއްޖެއެވެ. 

“ލައިލާ!” ކަރުބުޑުން ބާރު ބާރަށް އަހަރެން އެ ނަމުން ގޮވާލީމެވެ. އެ އުޅަނދުގެ ޝިކާރައަކަށް ލައިލާ ވާން ދެން ނަގާނީ ސިކުންތުކޮޅެކެވެ. އަހަރެންނަށް ހުރެވުނީ ވެސް ލައިލާ އާއި ވަރަށް ދުރުގައެވެ. ކުއްލިއަކަށް ލައިލާގެ އަތުގައި ހިފާ ދަމައިފައި އެއްފަރާތަކަށް ގެންދިޔައީ ނައިލް އެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ލައިލާގެ ގާތަށް އަވަސް ފިޔަވަޅު ތަކެއް އަޅަމުން ދިޔައީމެވެ. 

“ތެންކްސް ނޭލް.” އަހަރެން ނައިލަށް ޝުކުރު އަދާކޮށްލައިފައި ލައިލާގެ އަތުގައި ހިފައިގެން ހިނގައިގަތީމެވެ. “ސޮރީ. އަސްލު މާ ބޮޑަށް ޝޮކްވީ ސަތާރަ އަހަރޭ ބުނީމަ. އަހަރެމެންގެ ދެމެދުގަ ހަ އަހަރުގެ ތަފާތު އެބަ އޮތް ދޯ!” ލައިލާ އަށް ވީގޮތް ރަނގަޅަށް ރެއަކާލުމުން ބުނެލިއެވެ. 

ލައިލާ އުޅޭ އެޕާޓްމެންޓާއި ހަމައަށް ގޮސް ބެލް ޖަހާލިއެވެ. އެތެރެއިން ދޮރު ހުޅުވީ މުސްކުޅި ފުރައިގެ އަންހެނެކެވެ. މި ވާނީ ލައިލާގެ މާމަ ހައިނާއަށެވެ. “ލައިލީ. މާމަގެ ދޮންދޫނި އައީ ދޯ! މިއީ ކޮން ފަތްމިންޏެއް ތަ ދަރިފުޅާ.” އެތެރެއަށް ވަދެ ދޮރު ތަޅުލަމުން ހައިނާ ބުނެލިއެވެ. 

“އަޅުގަނޑުގެ ނަމަކީ ރިފްޤާ. ތިއީ ލައިލީގެ މާމަ ދޯ!” އަހަރެން ރައްދުގައި ހިނިތުންވެލަމުން ބުނެލީމެވެ. “މާމާ! މިއީ އަޅުގަނޑުގެ ދަށަށް މަސައްކަތް ކުރާ ކުއްޖާ. ވަރަށް ހިތްހެޔޮ ވެފައި މަޑުމައިތިރި ވާނެ.” ލައިލާ ބުނި އެއްޗަކުން އަހަރެންނަށް ނުހެވުނީ ކިރިޔާއެވެ. މި ފަކީރަށް އަހަރެންގެ ގޮތް ނޭނގޭތީ އެހެން ބުނެފާނެއެވެ. އަހަރެންގެ އަސްލު ކުލަ މީނާއަށް ފެނިއްޖެއްޔާ ވާނެ ގޮތަކާ މެދު ވިސްނާލަން ރަނގަޅެވެ. އެހެނަސް އެ ދުވަސް ފެންނާނެ ހާ ގިނަ ދުވަހަކު އަހަރެން މިތާކު ނުހުންނާނަމެވެ. އެހެން ކުއްލިއަކަށް ގޮސްފިނަމަ ލައިލާގެ ހިތަށް އަރާނެ އެއްޗަކާއި މެދު ވިސްނަން އަހަރެންނަކަށް ވަގުތެއް ނެތެވެ. 

“އެހެންތަ ދޫނީ! ރިފްޤާ. ވަރަށް ރީތި ނަމެއް. އަހަރެން މިއީ ހައިނާ. ލައިލީގެ މާމަ” ހައިނާ އަހަރެންނަށް ތަޢާރަފު ވެލި ނަމަވެސް އަހަރެންނަށް އެއީ އާ ނަމެއް ނޫނެވެ. ދެން އަޅާނުލީ އެއީ ކާކުކަން އަހަރެންނަށް އެނގުނު ގޮތް ބުނަން ބޭނުން ނުވާތީއެވެ. “އަސްލު ކީއްކުރަން މިގެއަށް އައީ. އަހަރެން ދެން މިއުޅެނީ ކައްކަން ވިއްޔާ. އަހަރެންނާއި މާމައާ ދެމީހުން އެކަނި ވިޔަސް ހުކުރު ދުވަހަށް ރަނގަޅަށް ކައްކާލަމޭ!” ލައިލާ ކޮޓަރިއަށް ވަންނަން ދަމުން ބުނެލިއެވެ. “ހަމަ އަންނަ ހިތްވީ. ލައިލީ ވަރަށް މޮޅަށް ކައްކަމޭ ބުނީމެއްނު. އަޅެ އަހަންނަށް ވެސް ދަސްކޮށްދީބަަ ބައެއް އެއްޗެހި ހަދާލަން.”  އެގޭގައި ހުރެގެން ކޮށްލަން ޖެހޭ ބައެއް ކަންކަން ހުރުމުން އަހަރެން ބުނީމެވެ. 

“އަހަރެންގެ މައްސަލައެއް ނެތް. އެކަމު ތި އެއްޗެހިނުގައި ތަ. ކައްކަންޏާ ވަސް ދުވާނެ. ދެންތަ ލާނެ އެއްޗެއް.” އޭނާ ބުނެލިއެވެ. އަހަރެން ބޯ ޖަހާލުމުން އޭނާ ގެނެސްދިނީ ދޫ ހަރުވާޅަކާއި އަތްދިގު ޓީޝާޓެކެވެ. 

އަހަރެންގެ ދަބަހުން އައިނު ނަގާ އަޅާލީމެވެ. އައިނުން ގޭގެ އެކި ހިސާބުތަކަށް ނަޒަރު ހިންގާލީމެވެ. މީގެ ކުރިން ރަހީނުކުރާ ގުރޫޕު މީހުން ހަރުކުރި ކަހަލަ ކެމެރާއެއް މިތަނުގައި ވޭތޯ ބަލާލުމަށެވެ. ބަލާ ބަލާ ވެސް އޭގެ އެއްޗެއް ނުފެނުމުން އެ އައިނު އަނބުރާ ދަބަހަށް ލީމެވެ. އަދި މިހާތަނަށް ލައިލާ އަށް އެއްވެސް ނުރައްކަލެއް ނެތެވެ. އެހެނަސް އެ ފިރުޝާނަކީ ‘ނޯމަލް’ މީހެއް ކަން އަދި ޔަޤީން ކުރަން ޖެހޭނެއެވެ. 

ލައިލާ އުޅުނީ ކުކުޅު ބިރިޔާނީ ހަދާށެވެ. އަހަންނަކަށް އަދި އެ ހަދާކަށް ނޭނގެއެވެ. މަންމަ ކިތަންމެ ފަހަރަކު ގޭގައި ކެއްކިޔަސް އަހަރެން އެ މަސައްކަތުގައި ނޫޅެންޏާ އެނގޭނެ ހެއްޔެވެ؟ ލަދު ނުގަނެ ވޭތޯ އަހަރެން ލައިލާ ދިން ޕްލީޓެޑް ކަޅު ބުރުގާ އަޅައިގެން ބަދިގެއަށް ވަނީމެވެ. އެއީ އަހަރެންގެ ބޮލުން އިސްތަށި ފައިބަފާނެތީ އެޅި އެއްޗެކެވެ. “ވާވާ. އުޑުން ހޫރު ޕަރީއެއް ފައިބައިގެންތަ މިއުޅެނީ. ރިފް ބުރުގާ އެޅީމަ ހާދަ ރީއްޗޭ.” ލައިލާ އެހެން ބުނެލުމުން ހިނިތުންވުމެއް އަހަރެން ހަދިޔާކޮށްލީމެވެ. 

ލައިލާ އާއި އެކު އަހަރެން ބިރިޔާނީ ކައްކަން ދަސްކުރީމެވެ. އަހަރެން އެދިގެން އޭނާ އާއި އެކު ޗީޒް ކޭކު އަޅާ ކުޑަ ބަޓަރ ޗިކަން ކޮޅެއް ހެދީމެވެ. ޙަޤީޤަތުގައި ކެއްކުމަކީ ހާދަ ފަސޭހަ ކަމެކެވެ. އަދި މަޖާ ވެސް ކަމެކެވެ. އަހަރެން މިރަށުން ފައިބާނީ ލައިލާ ގާތުން ތަފާތު އެއްޗެހި ކައްކަން ދަސްކޮށްފައެވެ. އަނބުރާ ހުޅުމާލެއަށް ގޮސް މަންމައަށް ފޮނި ކަނޑާލެވޭ ވަރު ކޮށްލާނަމެވެ. 

އަހަރެން އެގެއިން ފެންވަރާލާ ގަތް ހަތަރު ހެދުމުގެ ތެރެއިން މަޑު ފެހި ކުލައިގެ ކުރުތާ ލީމެވެ. ތިރިން ލީ އައި އިރު ވެސް ލައިގެން ހުރި ހުދު ކުލައިގެ ޓްރައުޒާއެވެ. ފުނާ އަޅާލައިގެން އަހަރެން ލައިލާގެ ކޮޓަރީގައި އިނީ އޭނާ ވެސް ފެންވަރައިގެން ނުކުންނަން ދެނެވެ. އާދައިގެ ގޮތަކަށް ހުރި ނަމަވެސް ޖާގަ ތަނަވަސް ކޮޓަރިއެކެވެ. ފާރުގައި ލެވިފައި ވަނީ އަސުރުމާ ކުލައެވެ. ފަރުނީޗަރަކަށް ހުރީ ހުދު އަލަމާރިއަކާއި ކުއީން ސައިޒުގެ އެނދަކާއި ޑްރެސިން ޓޭބަލެއްގެ އިތުރުން މަސައްކަތް ކުރާ މޭޒެކެވެ. 

ކޮޓަރީގެ އެކި ދިމަ ދިމާލަށް ލޯކޮށްޕަމުން ދިޔައީ އަހަރެންނަށް އާދަޔާޚިލާފު އެއްޗެއް ފެނޭތޯއެވެ. އެހެން އުޅެނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކަޅުކުލައިގެ ބޯޅައެކެވެ. އޭގެ ކައިރިއަށް ގޮސް އެ ނެގުމާއި އެކު އެއީ މެމޮރީ ބޯލް އެއް ކަން އެނގިއްޖެއެވެ. ލައިލާ ވެސް މިކަހަލަ އެއްޗެހި ގެންގުޅެނީ ތާއެވެ. އެ ތަޅުވާލުމާއި އެކު ފޮޓޯތަކެއް އެއަށް އެރިއެވެ. އޭގައި ވަނީ މުޅިން ވެސް ލައިލާ ކުޑައިރުގެ ފޮޓޯ ތަކެވެ. އޭނާގެ މަންމައާއި ބައްޕަ ދުނިޔޭގައި ހުރި އިރުގެ ފޮޓޯ ތަކެވެ. 

“އޯހް މައި މެމޮރީ ބޯލް.” ލައިލާ އަށް އަހަރެންގެ އަތުގައި އެ އޮތްތަން ފެނުމުން އަހަރެންގެ ގާތަށް އައެވެ. އަދި އެ ނަގާ ތިރީގައިވާ ފިތަށް އޮބާލައިފައި ބިންމަތީގައި ބޭއްވިއެވެ. އެއާއި އެކު އެ ކޮޓަރި ތެރެއަށް އޭގެ އަލިން ފޮޓޯތަކަށް އިތުރު ދިރުމެއް ދިނެވެ. ހީވަނީ އަސްލު ހެންނެވެ. ތްރީޑީ ވީމައެވެ. “މިއީ އަހަރެންގެ އުމުރުން ހަތަރު އަހަރުގަ. މަންމަމެން… އޭރު ދުނިޔޭގައި ހުރި.” ލައިލާ ބުންޏެވެ. 

އަހަރެން އޭނާގެ ބުރަކަށިމަތީ ފިރުމާލީމެވެ. އެމީހުން ނިޔާވީ ގޮތެއް ހޯދުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުގައި އުފެދުނެވެ. ލައިލާ ގާތު ނާހަ ވިޔަސް އަހަރެންނަށް އެކަން ހޯދި ދާނެއެވެ. ހައިނާ ގާތުގައި ލައިލާ އަށް ނޭނގޭ ގޮތަށް އަހާލަންވީއެވެ. އެ މާމަ ވަރަށް ‘ކޫލް’ ވައްތަރު ޖަހައެވެ. 

“ދެން ހިނގާ ދޯ ކާން. އެ ބިރިޔާނީ ގަނޑު ވަރަށް މީރު ވާނެހެން ހީވޭ.” އަހަރެން އެ ބޯޅަ ނަގާ އޮފް ކޮށްލީމެވެ. “ޔޫ. މަ މި އިނީ ބުރުގާ ވެސް ނާޅައޭ.” ލައިލާ އަލަމާރި ކައިރިއަށް ދިޔައެވެ. “އެޔޯ. މީހަކު ކާން ގެންނަނީ ތަ؟” އަހަރެން އެހީމެވެ.” މަ އިންނަ ސޮރު އާދެޔޭ ކާން.” ބުރުގާ އަޅާލަމުން އޭނާ ބުނެލިއެވެ. 

ކޮޓަރިން ފުރަތަމަ ނުކުތީ އަހަރެންނެވެ. އެވަގުތު ސޯފާގައި އިށީނދެގެން ފިރުޝާނު ހުއްޓެވެ. ދެ ތުންފަތުގައި ދަތް އަޅާލެވުނީ ރޭގައި ވީ ގޮތް ހަނދާން ވުމުންނެވެ. ލައިލާ ވެސް އަހަރެންގެ ފަހަތުން ނުކުތެވެ. އޭނާ އާއި އެކު ދެން ދިޔައީ ކާ ކޮޓަރިއަށެވެ. ހައިނާ މޭޒުމަތީގައި ކާތަކެތި އަތުރައިފައި ހުއްޓެވެ. ޗީޒް ކޭކު އޮތީ ކޫލް ބޮކްސެއްގެ ތެރޭގައެވެ. އެއީ އެތެރެ ފެންނަ ފިނި ފޮށްޓެކެވެ. އޭގެ ފިނިހޫނުމިން ބޭނުން ވަރެއްގައި ބެހެއްޓިދާނެއެވެ. އެންމެ ދަށް ވެގެން މައިނަސް ވިހި ޑިގުރީ ސެލްޝިއަސް އަށް އޭގެ ފިނިމިން ބެހެއްޓޭނެއެވެ. 

“މްމްމް… މަށަށް ލިބެން މިއުޅެނީ ޖަވާހިރެއް ފަދަ އަނތްބެކެއްނު.” ނޭފަތް އެތެރެއަށް ދަމާލައިފައި ފިރުޝާނު ލައިލާ އަށް ބަލައިލިއެވެ. “އޭތް. ޝާންގެ ލައިލީ އެކަންޏެއް ނޫނޭ މިއަދު ކާން ހެދީ. އަހަރެން ވެސް ގުނަން ޖެހޭނެ ދޯ!” ފިރުޝާނު ލައިލާ އަށް އެކަނި ތަޢުރީފު ކުރާތީ އަހަރެން އެހެން ބުނެލީ މަޖަލަކަށް ހަދައިފައެވެ. “ވެއިޓް. އަހަރެން ކޮންއިރަކު ޝާންގެ ނަން ރިފް ގާތު ބުނީ؟”  ލައިލާ ގޮނޑީގައި އިށީންނަމުން އަހަރެންގެ ބޮލަށް ސުވާލެއް އެއްލިއެވެ. 

އަހަންނަށް ވިސްނާލެވުނެވެ. އެބުނީ ތެދު ވާހަކަ އަކަށް ވާތީ ބުނާނެ އެއްޗެއް ނޭނގުނެވެ. އެއްލި ކަޅިއަކުން ފެނުނީ ފިރުޝާނުގެ ވަޒީފާ އައިޑީ ކާޑެވެ. ކޮންމެވެސް އިރަކުން ވަޒީފާއަށް ދާން ޖެހޭތީ ކަމަށް ވެދާނެއެވެ. އެއީ ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟ ދައްކާނެ ރަނގަޅު ކޮލެޓީގެ ބަހަނާއެއް ލިބުނީއެވެ. “ލައިލީ ރަނގަޅަށް ދެލޯ އުނގުޅާލާފަ ބަލާބަލަ. އޭނީ އެއް ނޫންތަ އެ ކާޑުގައި މުޙައްމަދު ފިރުޝާނު ޖަހައިފަ. އަހަރެން ދެން ކުރު ކޮށްލާފަ ޝާން ކީއޭ.” އަހަރެންގެ ބަހަނާއަށް ފަށުވިގޮތަކަށް ލަފުޒުތައް އަތުރާލާފައި ބުނީމެވެ. 

“އޯހް.” ލައިލާ ތަށްޓަށް ބިރިޔާނީ އަޅަމުން ބުނެލިއެވެ. އަހަރެން ވެސް ބިރިޔާނީ އާއި އެކު ތަށްޓަށް ބަޓަރ ޗިކަން ކޮޅެއް އަޅައިފައި ކާން ފެށީމެވެ. ފުރަތަމަ ކައްކަން މަސައްކަތް ކުރުމުގެ ނަތީޖާ މިހާ ފޮނިވީ ލައިލާ އަހަރެންގެ ގާތުގައި ހުރުމުންނެވެ. މި ކުއްޖާއާއި ދިމާ ނުވިނަމަ ދުވަހަކު ވެސް މި ކަހަލަ ކަމެއް ކުރާކަށް ނޭނގުނީހެވެ. އަނެއް ދެ ސޮރު ބަހައްޓާފައި މި ކޮއި ނެގުނުކަން ރަނގަޅެވެ. އާ ކަމެއް ދަސްކުރެވެނީ ވިއްޔާއެވެ. 

ކެއުމަށް ފަހު ދެން ޖައްސާލީ ސޯފާގައެވެ. “ރީތި އަނގަގަދަ ކުއްޖެއް ދޯ ލައިލީގެ ދަށަށް މި ވަނީ. މަ ނެތް ވަގުތު ފޫހި ފިލުވައިދޭނެ މިތުރެއް ލިބުނީނުން.” ފިރުޝާނު ލައިލާގެ ކޮނޑުގައި އަތް އަޅުވާލައިފައި އަތަށް ދޮނެއް ދިނެވެ. “ވެއިޓް. ވެއިޓް ބްރޯ. އަދި އެންމެ މަހެއް. ކެތްކޮށްލާ.” އަހަރެން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލީމެވެ. ދެން ވެސް އިތުރު ވާހަކަތައް ދައްކަ ދައްކާފައި ހޮޓެލަށް ދާން ހިތަށް އަރުވާލީވެސް ތިނެއް ޖެހި ފަހުންނެވެ.

އަހަރެމެން ހިފި ތަނަށް ވަތް އިރު ނައިލް އިނީ ކާށެވެ. “އަނިލް ބްރޯގެ ކަންތައް ކިހިނެއް އޮތީ؟” އަހަރެން ކޮތަޅު ސޯފާއަށް އެއްލާލާފައި މޭޒު ކައިރީ ގޮނޑީގައި އިށީނީމެވެ. “އަދި ނުފެނޭ ކަމެއް. އެ ސޮރަށް ނޭނގި ފިލަފިލައިގެން އުޅެން އުނދަގުލޭ.” ނޫޑުލިސް ސަމްސަލެއް އަނގަޔަށް ލަމުން އޭނާ ބުނެލިއެވެ. “ހޫން. ކާކު ތަ ބުނީ އޭނާއަށް ފިލައިގެން އުޅޭށޭ. ބަލަ ކަލޭއެއްނު ލަދު މަލަކަށް ވެގެން ފަސްޖެހިފަ ތިހުރީ. އެނޮއިން ކެޓް ވެސް ޝަފަޤާއި ދިމާ ކުރޭ ވިއްޔާ. އެކަމަކު މީނައަކީ އަހަރެމެންނަށް ވުރެ މާ ތަޖުރިބާ ހުރި މީހެކޯ.” ބޯ ހޫރާލަމުން އަހަރެން އޭނާ އަށް ބަވާލީމެވެ. 

“ދެން ހެވޭ. އަދި އެކަން ނުވެފައެއް ނެތެއްނު. މަ ހަމަ އެއްޗެކޭ ބުނެލާއިރަށް މި ރިފް އެއާ ވިއްދާފަ ދެތިން ހަތަރު އެތި ބުނާނެ.” އެ ސޮރު އަތުން ހަރަކާތް ކޮށްލަމުން ބުނެލިއެވެ. ދެން އިވުނީ ދޮރު ހުޅުވާލި އަޑެވެ. “އޯހް. ކެޓު ބްރޯ އައީ ދޯ!” ނައިލް އަނގަ ފުރާ ނޫޑުލިސް އަޅައިގެން އިނދެ ވެސް ގޮވާލިއެވެ. “ކެޓު ބުރޯއޭ” އަހަރެންނާއި އާހިލް އަކުރުތަކަށް ދަމާލަމުން އެހެން ބުނެލީ އެކު އެކީގައެވެ. އެ ސޮރު އެ ނަން ދިނީ ކޮން އިރަކު ހެއްޔެވެ؟

“މަގޭ ކިހިނެއް ތަ ބުޅަލަކާ ވައްތަރު ވަނީ؟” ސުވާލުގެ ރާގަކަށް އާހިލް އެހިއެވެ. “އަހާބަލަ ރިފް ގާތު. އޭނާ ދިން ނަމެކޭ އެއީ.” ނައިލް އެކަން އަހަރެންގެ ބޮލަށް ކަނޑާލިއެވެ. “މަ ދުވަހަކުވެސް އޭނާއަށް ކެޓު ބުރޯ އެކޭ ނުކިޔަން އިނގޭ.” އަހަރެން އަމިއްލަ ނަފްސު ދިފާއު ކުރަމުން ނައިލަށް ތޫނު ނަޒަރެއް ދިނީމެވެ. “އޭތް މަށާ ދިމާލަށް މާވައްތަރު ވައްތަރަށް ނުބަލަބަލަ. ކަލޭ އޭ ފެށީ އެނޮއިން ކެޓެކޭ ކިޔަން. ދެން އަހަރެމެން ފަށުވި ކޮށްލާފައޭ ކެޓު ބްރޯ ކިޔަނީ.” ނައިލް ތަފްސީލު ކޮއްލަދިނެވެ. 

“އޯހް. މިހާރު ގެޓުވަނިގްސް” އަހަރެން ހިނިގަނޑެއް ޖަހާލަމުން ކޮޓަރިއަށް ދިޔައީ ހެދުން ކޮތަޅު ހިފައިގެންނެވެ. އެނދުމަތީގައި ދަބަސް ބާއްވާފައި ކޮތަޅު ހެދުންތައް ނަގާ އަޅުވާލީ އެޖެސްޓެބަލް އަލަމާރީގައެވެ. އެއަށްފަހު ފޯނު ނެގީ އެއަށް މެސެޖެއް އައި އަޑު އިވުމުންނެވެ. މެސެޖު ލިބުނީ ސުކޫލު މެނޭޖްމެންޓުގެ ފަރާތުންނެވެ. އިހަވަންދޫ ސްކޫލަށް ދުއިސައްތަ އަހަރު ފުރޭތީ އެކަން ފާހަގަކުރާ ވާހަކައެވެ. އަންނަ ހަފްތާ ދޫކޮށް ދެން އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެކަމަށް މީޓިން އެއް ބާއްވަނީ ޔޯލަ އެެވެ. އަދި ތަންކޮޅެއް އަވަސް ކޮށްލާފަ ބުނަން ވީނުން ހެއްޔެވެ؟ އާނ އެހެންޏާ އެހާ ކުރިން އަންގަން ޖެހޭ ހެއްޔެވެ؟

އިހަވަންދޫ ސުކޫލަކީ ވަރަށް ދުވަސްވީ ތަނެކެވެ. އެހެނަސް އެތަނުގެ އިމާރާތް ދެ ފަހަރަކު މަތިން ވަނީ އައު ކުރެވިފައެވެ. އެންމެ ފަހުން މުޅި މަދަރުސާ އެއްކޮށް ތަޅާލާ އަލުން އިމާރާތް ކޮށްނިންމީ މީގެ ފަންސަވީސް އަހަރު ކުރިންނެވެ. ފަސްބުރީގެ ކިޔަވާ އިމާރާތަކާއި އޮފީސް ޢިމާރާތާއި ބޮޑު މަލްޓި ޕާޕޯސް ހޯލެއް އެ ފަހަރު އެޅިއެވެ. ކެފެޓީރިއާ އާއި ލައިބުރަރީއާއި ލެބުތައް ހުންނާނީ ކިޔަވާ އިމާރާތުގެ އެންމެ ތިރީ ގައެވެ.

އެގްޒެމިނޭޝަން ހޯލެއްގެ ގޮތުގައި ބޭނުން ކުރާނީ މަލްޓި ޕާޕޯސް ހޯލުގެ މަތީ ބުރިއެވެ. އެއީ ހުރިހާ ދަރިވަރުން ވެސް ޓާރމް އިމްތިހާނުތަކާއި އެހެނިހެން އިމްތިހާނުތައް ހަދާ ތަނެވެ. ވަރަށް ޖާގަ ތަނަވަސް ސެކިޔުރިޓީ މަތި ތަނެކެވެ. އެތަނުގައި އިނދެގެން އިމްތިހާނެއްގައި މަކަރެއް ނެހެދޭނެއެވެ. ބިއްލޫރި ބޮޑެތި ކުޑަދޮރުން ބޭރު ފެންނަން ހުންނާނެއެވެ. ކުލާސް ރޫމު ތަކާއި ޚިލާފަށް އެތަން ހުންނާނީ އެއާކޮންޑިޝަން ކޮށްފައެވެ. އަރާމު ގޮނޑީގައި ހަމަޖެހިލައިގެން ކުދިންނަށް އިމްތިހާނު ހެދޭނެ ގޮތަށެވެ. 

އަސުރު ވެގެން ހަތަރެއް ޖަހައިފިއެވެ. އަހަރެން އަނެއްކާވެސް ދަބަސް ނަގާ ކޮނޑުގައި އަޅުވާލީ މިފަހަރު އަނިލްގެ ފަހަތުން ދާށެވެ. މި އުޅޭ ލަދު މަލަކާއި ހެދި މި ރަށުގައި މަސް ދުވަހު ތާށިވެފައި ތިބެން ޖެހިދާނެއެވެ. ނައިލަކީ ފިރިހެނެއް ކަމާއި މެދު ވެސް ޝައްކުވާ ހިސާބަށް މިވަނީ ގޮހެވެ. އަހަރެން އިސްތަށިގަނޑު އަތުން އެއްވަރު ކޮށްލަމުން ކޮޓަރިން ނުކުތީމެވެ. އަހަރެންނަށް ނުކުމެވުނީ އާހިލްގެ ކުރިމައްޗަށެވެ. “ބްލޫ އައި ސްޓޯކާއަށް ހެދުން އަޅާނެ އާ ގޮތެއް ދަސްވީދޯ. ބަލާބަލަ. ހީވަނީ ފަތް ބޮނޑިއެއް ހެން ވިއްޔާ!”  އާހިލްގެ މިޒާޖަކީ ހަމަ ބަދަލު ނުވާނެ އެއްޗެކެވެ. ރޭގަ ރޮއިރޮއިފައި މިހާރު އެހާ އަވަހަށް އަހަންނާ ބެހެން ފެށީއެވެ. 

“ނާހަމެއްނު.” އާހިލްގެ މޭގައި އަޅާ ކޮށްޕާލަން އަހަރެން މަސައްކަތް ކުރީމެވެ. އެހެނަސް އޭނާ އެ ހުރި ތަނުން ގުޑާވެސް ނުލިއެވެ. އެހާ ވެސް ބާރު ގަދަ ފިރިހެނެކެވެ. “ހެހެހެ… ތިކަހަލަ ނިކަމެތި ކުދީންނަކަށް މަށަކާ ނުތޮޅެވޭނެ. ކޮން ބާރެއް ދައްކާނަމޭ ހިތާތަ ތި އުޅެނީ.” އާހިލް ކުއްލިއަކަށް އަހަރެންގެ އަތް ނައްޓުވާލާ މީހާ އަނެއްފަރާތަށް އަނބުރާލާ ބަނޑުމަތީގައި އެއް އަތް ވަށާލަމުން އަހަރެން ހައްޔަރު ކޮށްލީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކިތަންމެ ވަރަކަށް އަހަރެންގެ ރުޅިގަނޑު ކެކި އަރާނެހެން ހީވިޔަސް އަހަރެންނަށް ވީ މާ އާދަޔާ ޚިލާފު ގޮތެކެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އެ ދަތުރު

Next

އިންސާފް (ސައްބީސްވަނަ ބައި)

Next
October 23, 2024

އިންސާފް (ސައްބީސްވަނަ ބައި)

Previews
October 21, 2024

އެ ދަތުރު

10 Comments!

  1. Jennie says:
    October 22, 2024 at 10:32 pm

    V reethi mi part ves. when next?? curiously waiting for the next?

    1. White rose White rose says:
      October 23, 2024 at 2:56 pm

      Thnx Jennie.
      Next Week IA!

  2. Aish says:
    October 23, 2024 at 10:49 am

    Vrh salhi

    1. White rose White rose says:
      October 23, 2024 at 2:57 pm

      Thnx Aish

  3. Cutie girl says:
    October 23, 2024 at 11:52 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Rifga ah gotheh nuhadhachey
    Rigfaa and aahil gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. White rose White rose says:
      October 23, 2024 at 2:58 pm

      Thnx Cutie girl!

  4. Koko says:
    October 24, 2024 at 5:04 am

    My dream exam hall.
    Vhk varah habeys. 👌🏼👌🏼👌🏼

    1. White rose White rose says:
      October 24, 2024 at 4:09 pm

      Thnx Koko!

  5. kai says:
    October 28, 2024 at 12:47 pm

    mi part vx vr reethi when next

    1. White rose White rose says:
      October 29, 2024 at 1:45 pm

      Thnx kai. You can check as its uploaded now.

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 25←


All Right Reserved!