Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 6

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
August 14, 2024 4 Mins Read
6 Comments
  • – މި އެޕިސޯޑުގައި އަޅުގަނޑު ވާހަކައިގެ ނަޒަރު ބަދަލުކޮށްލީ އެންމެ ފުރިހަމައަށް ވީގޮތް ކިޔުންތެރީންނަށް އަންގައިދޭށެވެ. –
  • ****

އަހަރެންގެ ޖީބުން ފޯނު ނެގީ އެ ރިންގު ވާތީއެވެ. ގުޅަނީ ކާކު ތޯ ބަލައިލީމެވެ. ދެން ގަޑި ބަލާލި އިރު އެގާރަ ގަޑި ބައިވެފައި ވާތަން ފެނުނެވެ. މި ކަހަލަ ވަގުތަކު ގުޅާނީ ބޮޑު ކަމަކު ކަން އެނގޭތީ ތެޅިގަނެފައި ފޯނު ނެގީމެވެ. “ރިފް! ޔާރާ ހޭއަރައިފި”

ޝެހެނާޒުގެ އަޑު އައީ ހީކުރި ގޮތަކަށް ނޫނެވެ. މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ކިޔާރާ ހޭ އެރި ޚަބަރު ލިބުމުން އަހަރެން ބޭނުންވީ ވަގުތުން އެތަނަށް ދާށެވެ. ކިޔާރާގެ ޙާލަތު ހުރި ނެތް ގޮތް ދެނެގަތުމަށެވެ.

މަގުމަތީގައި އުޅުނު ޓެކްސީއަކަށް އަރައިގެން އަހަރެން ދިޔައީ ސީދާ ޓްރީޓޮޕަށެވެ. ކިޔާރާގެ ގާތުގައި ޑޮކްޓަރަކާއި ދެތިން ނަރުހެއް އެނބުރި އެނބުރިފައި ދިޔައެވެ. 

ކިޔާރާއާއި ދިމާއަށް ދެވުނީ ވަގުތު ކޮޅެއް ފަހުންނެވެ. އޭނާއަށް އަހަރެން ފެނުމުން ހީވީ ދުޝްމަނަކާއި ބައްދަލުވީ ހެންނެވެ. ފުންމައިގެން ތެދުވިއެވެ. “ކަލޭ! ކަލޭ ދޯ މަ ސަލާމަތް ކުރީ! ކީއް ކުރަން؟ ކޮން ބޭނުމަކު؟” ކިޔާރާގެ ހަށިގަނޑަށް އައިވީ ކެނިޔުލާ ގުޅައިފައި ހުރި އިރު އެ އުފުރާލަފާނެއޭ ވެސް ހިތަށް އެރިއެވެ. އަހަރެން ހައިރާންވެ އަންތަރީސް ވިއެވެ. ފުރާނަ ސަލާމަތް ކުރީމަ ޝުކުރު އަދާކުރާ ގޮތަކީ މިއީ ހެއްޔެވެ؟ އެންމެ ފަހުން އަހަރެމެން ތިން މީހުން އެތަނުން ނުކުތީ ކިޔާރާ ނުހިފެހެއްޓޭތީއެވެ.

ކިޔާރާގެ ނަޒަރުން 

ރިފްޤާ ފެނުމުން އަހަރެން ހާސްވިއެވެ. ނިމާލު އަހަރެން މަރާލަން އުޅުނު ވަގުތު ސަލާމަތް ކުރީ އެ ކުއްޖާ ކަން އެނގުނެވެ. އޭނާ އަހަރެންނަށް އަޅާލާ ވަރު އިހުސާސް ކުރެވުމުން އުފާވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޚިޔާލަށް އައީ އެ ‘ފުރޭތައެވެ.’ ރިފްޤާގެ ދުވަސް ދުއްވާލާ ހަ ފޫޓު އަޑީގައި ވަޅުލާން ވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. ޖެހޭނީ މިކުއްޖާ އަހަރެންނާއި ދުރު ކުރާށެވެ. އެހެން ވިސްނުމަށް ފަހު ހަޅޭއްލަވައިގަނެފައި އަހަރެންގެ އެކްޓު ފެށީމެވެ. 

އަހަރެން ހަމަހިމޭންވެލީ ރިފްޤާމެން ނުކުތުމުންނެވެ. އަހަރެންނާއި ހެދި ކުލާސް ކުދިން ތަކަކަށް ގެއްލުމެއް ލިބޭކަށް ނޭދެމެވެ. އަހަރެން އުޅެން ޖެހިފައި މިވާ ޙާލުގެ ސަބަބުން އަމިއްލަ ނަފްސަށް ކުށްވެރިކުރެވޭ ފަހަރު ވެސް އާދެއެވެ. މި ވެއްޓިފައިވާ ފުން އަނދަވަޅުން ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. ވަށައިގެން ވަނީ އަނދިރިކަމެވެ. ނިމާލުގެ އުނދަގޫ ފެށިގެން އައި ގޮތާއި މެދު އަހަރެންނަށް ވިސްނާލެވުނެވެ. 

***

އެއީ ރޭގަނޑުގެ ވަގުތެވެ. ދުވަހަކީ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހެވެ. މި ތޭވީސް ވަނަ ޤަރުނުގައި އެތަށް ތަރައްޤީއެއް އައިސްފައި ވީނަމަވެސް ޤައުމުން ކުށްވެރިން މަދުވާ ތަނެއް ނުފެނެއެވެ.

ދެ ލޯ ތަރަތަރަ ޖަހައިގެން ދާ ފަދަ ގޮތަކަށް މަގު ދިއްލިފައި ވެއެވެ. އެ ހިސާބުގައި މަދުމަދުން އަނދިރި ގޯޅި ގަނޑު ހުއްޓަސް ބިރުވެރިކަމެއް ނުވެއެވެ. އަހަރެން ދިޔައީ ފިހާރައަކަށް ހެދުމެއް ގަންނާށެވެ. 

ހެދުން ގަނެގެން ފިހާރައިން ނުކުތް ވަގުތު ފިރިހެން ކުއްޖަކު ދިމާކޮށްލިއެވެ. “ހޭ ގާލް!” އެ ފިރިހެން ކުއްޖާ ގޮވާލިއެވެ. އަހަރެން ބަލައިލީމެވެ. 

ރޫފަ ރަނގަޅެވެ. އޮޅަލި ހަންގަނޑެކެވެ. ކޮނޑާއި ހަމައަށް ދިގު ކުރެވިފައިވާ ފަން އިސްތަށިގަނޑެކެވެ. އޭނާގެ ކަތި ނަޒަރު އަހަރެންނާއި ދިމާލަށް ހުއްޓިފައި ވާކަން އެނގުމުން ލަދުގަތެވެ. ނަމަވެސް އަހަރެން މާ ވަރަކަށް އަޅާ ނުލާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. 

އެރެއަށް ފަހު އެ ނުދަންނަ ޒުވާނާ އަހަރެން ދާހާ ތަނަކުން ފެންނަން ފަށައިފިއެވެ. އަހަރެންގެ ‘ޗިޓްޗެޓް’ އައިޑީ ހޯދުމަށް ފަހު އެއިން މެސެޖު ކުރަން ފަށައިފިއެވެ. ޗިޓްޗެޓް އެއީ އެކުވެރިންނާއި އެނޫން ވެސް މީހުންނާއި ވާހަކަ ދެއްކުމަށް މުޅި ދުނިޔޭގައި ވެސް މަޝްހޫރު އެޕެކެވެ. 

ކޮންމެއަކަސް އެ ޒުވާނާ އަހަރެންގެ ހިތް ލަންބުވާލައިފިއެވެ. ކުރިން އަޅާ ނުލާ ދޫކުރާ މެސެޖުތަކަށް މިހާރު ރައްދު ދެވެން ފަށައިފިއެވެ. ސައިތަކާއި ތަންތަނަށް ހިނގާލަން ދިއުން އާންމު ކަމަކަށް ވެއްޖެ އެވެ. އެންމެފަހުން ނިމާލާއި ރައްޓެހިވީ އޮކްޓޫބަރު މަސް ނިމެން އުޅެނިކޮށެވެ. ނަމަވެސް އެ ގުޅުން މުޅި ދުނިޔެއަށް ސިއްރު ކުރީމެވެ. ނިމާލުގެ އެދުމަކަށެވެ. 

ފުރަތަމަ ދުވަސްކޮޅު ނިމާލު ވަރަށް ރަނގަޅެވެ. އޭނާގެ ވަނަވަރު ރަނގަޅަށް ނޭނގުނެއް ކަމަކު އެ ހެދި ސިހުރެއްގައި އަހަރެން ޖެހިއްޖެއެވެ. އާއެކެވެ. ވަރުގަދަ ލަފުޒެކެވެ. ‘ލޯބި’ ވެވުނީއެވެ. މި އުފާވެރިކަން ގެއްލި ދާން ފެށީ ފަހުން ފަހުން އައިސް ނިމާލުގެ ޢަމަލާއި އުޅުމަށް ބަދަލު އަންނަން ފެށުމުންނެވެ. ކުރާ ކަންކަމާއި މެދު ޝައްކު ކުރެވެން ފަށައިފިއެވެ. ލާ އަންނައުނުން މަސްތުވާތަކެތީގެ ވަސް ދުވަން ފަށައިފިއެވެ. އޭނާގެ ފަތިފުށް އަހަރެންނަށް ފެނިގެން ދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. 

އަހަރެން ނިންމީ ނިމާލުގެ ފޯނުގައި ރިކޯޑަރެއް ހަރުކުރުމަށެވެ. އެ ނިޔަތުގައި އަހަރެން ހޭޝްޓެގް ބްރޭންޑުގެ ދެ ރިކޯޑަރު ގަނެގެން އައިމެވެ. އެ ހަރުކޮށް ބޭނުން ކުރާނެ ގޮތް ހޯދީ ރިފްޤާގެ އެހީގައެވެ. އޭނާ އަކީ އެ ކުންފުނީގެ ވެރިޔާގެ ދަރިއެކެވެ. އަދި އަހަރެންގެ ކުލާސް ކުއްޖެކެވެ. އަހަރެން އެއް ރިކޯޑަރު އެނދު ދަށުގައި ހަރުކުރީމެވެ. 

އެ ރޭ ނިމާލާއި ބައްދަލުކުރަން އެދުނީ ގެއިންނެވެ. އަހަރެން ބޭނުންވާ ގޮތަށް ކަން ކުރެވޭނީ މިކަހަލަ ގޮތަކަށެވެ. ނިމާލު އައުމުން އަހަރެން އެންމެ ފުރަތަމަ ވެސް އޭނާއަށް ދިނީ ރެޑްބުލް ދަޅެކެވެ. އޭނާ އެއަށް ފޯރި ހުންނަ ވަރު އެނގޭތީއެވެ. އެ އަށް ހޭނެތޭ ބޭހެއް އަޅައިފައެވެ. ބާރު ހުންނާނީ ތިރީސް މިނެޓަށެވެ. އަހަރެން އިންތިޒާރު ކުރީ އޭނާ އެ ބޮއި ނިމޭނެ އިރަކަށެވެ. 

ނިމާލު ހޭނެތުމާއި އެކުހެން އަހަރެންގެ މަސައްކަތް ފެށީމެވެ. އެ ފޯނުގައި އަހަރެން ގަތް ރިކޯޑަރު ހަރުކޮށްލީމެވެ. އޭރުން އެ ފޯނު ގާތުގައިވާހާ ވަގުތެއްގައި ދެކެވޭ ވާހަކަތަކާއި އިވޭ އަޑުތައް އަހަރެންނަށް އިވޭނެ ގޮތް ހެދޭނެއެވެ. ފޯނު ކުރިން އޮތް ގޮތަށް ހަދައިފައި އަހަރެން އެ އޮތް ޖީބު ތެރެއަށް ލީމެވެ. މި ކުރެވެނީ ނުރަނގަޅު ކަމެކޭ ހިތަށް އެރިއެވެ. އެހެނަސް އަހަރެން ގޮތުގައި ހިފެހެއްޓީ ނިމާލު އެ ސިއްރު ކުރާހާ ކަންކަމެއް އެނގެން ބޭނުން ވެފައި ހުރި ވަރުންނެވެ. 

ނިމާލު ހޭ އެރީ އިރުކޮޅެއް ފަހުންނެވެ. އަހަރެންނާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. އަހަރެން ހިނިތުންވެލީ ހަމަޖެހޭކަން ދައްކަމުންނެވެ. “މާލް ތެދުވީ ދޯ. ކީއްވެގެންތަ މިތާ ނިދީ؟” އަހަރެން  އަހާލީމެވެ. “ނިދުނީތަ؟ ނޭނގޭ. ގަޑިން ކިހާވަރެއް ތަ؟” ނިމާލު އޭނާގެ ޖީބުން ފޯނު ނެގިއެވެ. އެއަށް ބަލާލާ ދެލޯ ބޮޑުކޮށް ލުމަށްފަހު އުޅުނީ ދާށެވެ. އެ ކޮޓަރީގެ ކުޑަދޮރުން ނުކުތުމުން އަހަރެން އެ ދޮރު ލައްޕާލީމެވެ. 

އެކަން ކުރުމަށް ފަހު ވެސް ލެޕަށް އައި އެއްވެސް ރިކޯޑިން އެއް އަހަރެން ނުބަލަމެވެ. ނުކުރެނީއެވެ. ފަސްޖެހެވެނީއެވެ. ނިމާލަކީ ކުށެއް ނެތް މައުސޫމް މީހެއް ކަމަށް އަހަރެން ގަބޫލުކުރާ ގަބޫލުކުރުން އެއީ ތެދެއްނަމަ މި ކުރީ ކިހާ ނުބައި ކަމެއް ހެއްޔެވެ؟ އަދިވެސް ބޭނުމީ އިތުބާރު ކުރާށެވެ. ލޯބީގައި އަހަރެންގެ ދެލޯ ކަނުވީއެވެ. އަހަރެން އެ އަންނަހާ ރިކޯޑިންތަކެއް ދެހާޑަކަށް އަޅަމުން ދިޔައީމެވެ. ފަހުން އޭގެ ބޭނުން ޖެހިދާނެ ކަމަށެވެ. 

އަނެއް އަހަރު ފެށިގެން ދިޔައިރު ވެސް އަހަރެން ކަން ކުރަމުން ދިޔައީ ހަމަ އެ ގޮތަށެވެ. މާކަ ބޮޑު ބަދަލެއް އަހަރެންގެ އުޅުމަކަށް ނާދެއެވެ. ނަމަވެސް މިއީ ދިހައެއްގެ އަހަރު ކަމުން ކިޔެވުމަށް ބޮޑަށް ސަމާލުކަން ދޭން ފެށީމެވެ. ދުވަސްތަކަކަށް ފަހު ދެން އިވުނީ ވަރަށް ވެސް ތަފާތު ޚަބަރެކެވެ. ‘ހީލް’ ކުލިނިކުގެ ހިންގުންތެރިޔާ ޢަލީ ޝާހިދު އަހްމަދު މަރާލައިފައި އޮއްވާ ފެނުނު ޚަބަރެވެ. ފުސްކޮށްފައި ފޮޓޯ އިން ކަމުގައި ވިޔަސް ޚަބަރުތަކުން ތަފްސީލު ކުރަމުން ދިޔަ ގޮތް އިވިފައި ވެސް ބިރުން ހިތް ހުއްޓިދާނެއެވެ. އެހާ ވެސް ލާއިންސާނީ ގޮތަކަށް މީހަކު މަރާލެވިފައި ވިކަމުގެ ޚަބަރެއް އިވުނު ފުރަތަމަ ފަހަރެވެ. 

ރޭގަނޑުގެ ވަގުތެވެ. މި ދަމުގައި ގިނަ މީހުން ތިބޭނީ ނިދައިފައެވެ. އަހަރެން ތެދުވެލީ ނުނިދިގެންނެވެ. ލެޕްޓޮޕް ހުޅުވާލީ މިރޭ އެއިން ރިކޯޑިންއެއް އަޑު އަހާލުމުގެ ނިޔަތުގައެވެ. އަހަރެން އަޅުވާލީ މިދިޔަ އަހަރުގެ އެއްޗެކެވެ. 2220 ވަނަ އަހަރުގެ ފަހު ކޮޅެވެ. އެއީ އެ ހުރިހާ ރިކޯޑިންތަކެއްގެ ތެރެއިން އެންމެ ނުބައި އެތިކަން ކުރިން އެނގުނު ނަމައެވެ. ނަމަވެސް ވެސް މިހާރު މާ ލަސް ވެއްޖެއެވެ. 

“ކޮބާ، އެންޒީގެ ގުރޫޕު ހަމަވީ ދޯ.” ފުރަތަމަ އިވުނީ ފިރިހެނެއްގެ ބަރު އަޑެވެ. “އާނ. ހުރިހާ ގޮލައިންތައް މިތާ އެބަހުރި” ޖަވާބު ދިން މީހާގެ އަޑުން އެއީ އަޒާނުކަން ދެނެގަތުމަށް ނެގީ ސިކުންތުކޮޅެކެެވެ. ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ އެހެން ވެގެންނެވެ. “ސަޅި ޑިލެއް ލިބިއްޖެއޭ. ކައެމެން އެކަން ނިންމައިފިއްޔާ ދެ ލައްކަ.” ދެން ވާހަކަ ދެއްކީ ފުރަތަމަ ވާހަކަ ދެއްކި ފިރިހެން މީހާއެވެ. އަނެއްކާ އެ ބުނަނީ ކޮން ކަހަލަ ޑީލެއްގެ ވާހަކަ ހެއްޔެވެ؟ ޑުރަގު ޑީލެއް ބާ އެވެ. 

“ހީލް ކުލިނިކު ހިންގަން އުޅެއެއްނު ޝާހިދެއް. އެ ޝާހިދު ޝަހީދުކޮށްލާ. ހެހެހެ. މިބުނީ އޭއްޗަކުގެ ކަށްޓާ މަހާ ވަކި ކުރާށޭ.” އެ ވާހަކަ ދެއްކި މީހާގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ލާން އުޅުނު ނޭވާ ލަގޮނޑިވަޅުގައި ތާށިވިކަހަލަ އިހުސާސެއް ކުރެވުނެވެ. އިނގިލީގައި ދައިގަނެވުނެވެ. 

“ކިހިނެއް މަރާލަންވީ؟” ދެން އިވުނީ ނިމާލުގެ އަޑެވެ. އިތުރަށް އެންމެ ތަންފުކެއް ވެސް ބަލާލަން ނުކެރުނެވެ. އަހަރު ފެށުނު ކޮޅު މަރާލައިފައި އޮއްވާ ފެނިގެން އުޅުނު ފަރާތުގެ މަރުގައި ނިމާލުގެ އަތެއް އޮވެދާނެ ކަމަށް ދުވަހަކު ހިޔެއް ނުކުރަމެވެ. އަހަރެންނާއި މެދު ކިތަންމެ އިހާނެތިކޮށް ކަންތައް ކުރިޔަސް އެއީ ޤާތިލަކަށް ވެދާނެ ކަމަކަށް އުންމީދެއް ނުކުރަމެވެ. 

ލެޕު ނިވާލައިފައި އެނދާއި ހަމައަށް ދިޔައިރު ލޯމައްޗައް އަނދިރި ވާހެން ވެސް ހީވެއެވެ. ނިދަން އޮށޯވެލީ ސިކުނޑި ހުސްކޮށް ލެވޭ ތޯއެވެ. އެހެނަސް ލޯ މަރާލައިރަށް ސިފަވަނީ ޝާހިދު މަރާލައިފައި  އޮތް މަންޒަރެވެ. ނިމާލެވެ. އެހެން އޮއްވާ އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކުޑަދޮރުގައި ޓަކިޖަހަން ފެށުމުންނެވެ. ބާރަށެވެ. ކުޑަދޮރާއި ދިމާއަށް ނަޒަރު ހިންގާލީ ލަސްލަހުންނެވެ. ކުޑަކޮށް ނަމަވިޔަސް ފޭވެފައިވާ ދޮރުފޮތީގެ ދޭތެރެއިން ފެނުނު މީހާގެ ސަބަބުން ބިރުގަތެވެ. މި ގަޑީގައި ފެނުމުން ތުރުތުރު އަޅައިގަތީ ބިރުގަތް ވަރުންނެވެ. ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ތެމި ވާރޭގައި ވީމޭ 32

Next

ފިނި ހިތް 9

Next
August 14, 2024

ފިނި ހިތް 9

Previews
August 14, 2024

ތެމި ވާރޭގައި ވީމޭ 32

6 Comments!

  1. Cutie girl says:
    August 14, 2024 at 1:37 pm

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme las viyas eves shakuvaa eh neih
    Alhugandhu ge support abadhu ves libeyne Insha Allah
    Love you ❤️😍

    1. White rose White rose says:
      August 14, 2024 at 5:38 pm

      thankyou for the support!

  2. Sheuwnii says:
    August 14, 2024 at 9:34 pm

    Next part Maadhama upload kohlleveyne Thw? Vrh kiyaalaa hithun mihurii masha Allah ❤️

    1. White rose White rose says:
      August 15, 2024 at 5:40 am

      Sorry dear. Next week ga dhen in bai upload kureveynii. Week aku 2 part leveynii. 😔

  3. Sheuwnii says:
    August 15, 2024 at 3:59 pm

    It’s OK next week ge Kn dhuvaheh ga kiyaalaa hithun kehnuvanii ingey Hama

    1. White rose White rose says:
      August 15, 2024 at 9:08 pm

      IA Sunday ga submit kohlaanan. 🫠

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 7←


All Right Reserved!