Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 7

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
August 18, 2024 8 Mins Read
2 Comments

ލެޕު ނިވާލައިފައި އެނދާއި ހަމައަށް ދިޔައިރު ލޯމައްޗައް އަނދިރި ވާހެން ވެސް ހީވެއެވެ. ނިދަން އޮށޯވެލީ ސިކުނޑި ހުސްކޮށް ލެވޭ ތޯއެވެ. އެހެނަސް ލޯ މަރާލައިރަށް ސިފަވަނީ ޝާހިދު މަރާލައިފައި  އޮތް މަންޒަރެވެ. ނިމާލެވެ. އެހެން އޮއްވާ އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކުޑަދޮރުގައި ޓަކިޖަހަން ފެށުމުންނެވެ. ބާރަށެވެ. ކުޑަދޮރާއި ދިމާއަށް ނަޒަރު ހިންގާލީ ލަސްލަހުންނެވެ. ކުޑަކޮށް ނަމަވިޔަސް ފޭވެފައިވާ ދޮރުފޮތީގެ ދޭތެރެއިން ފެނުނު މީހާގެ ސަބަބުން ބިރުގަތެވެ. މި ގަޑީގައި ފެނުމުން ތުރުތުރު އަޅައިގަތީ ބިރުގަތް ވަރުންނެވެ. ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. 

ހިންދިރުވާލުމަށް ފަހު އަހަރެން ތެދުވީމެވެ. ނުހުޅުވައިފިނަމަ މަންމަ ނޫނީ އެހެން ގާތް މީހަކަށް ގެއްލުމެއް ދީފައި އޮތް ތަން ފެނިދާނެއެވެ. ލަސް ފިޔަވަޅު ތަކެއް އަޅަމުން އަހަރެން އެ ހިސާބަށް ދިޔައީމެވެ. ދެ ތުންފަތް ކަނޑައިގެން ދާހާ ބާރަށް ތުންފަތުގައި ދަތް އަޅާލަމުން ދޮރު އަންލޮކް ކޮށްލީމެވެ. 

އެތެރެއަށް ވަދެ ދޮރު ލައްޕާ ދޮރުފޮތި ކަހާލީ ނިމާލެވެ. އޭނާ އެ ހުރީ ހަމައިގައި ނޫންކަން އެނގުނީ ދެނެވެ. އަހަރެން ހާސްވީ ވަރުން މަސައްކަތް ކުރީ ކޮޓަރިން ނުކުތުމަށެވެ. ދޮރާއި ދިމާއަށް ދުވެފައި ދިޔައީއެވެ. 

“ކައެ ގަދަ ހަދާފަ ނުކުމެބައެ. ޝާހިދަށް ހެދި ގޮތް ހަދާލާނީ ކައެގެ މަންމަ އާ ބައްޕައަށް!” ނިމާލުގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. މަންމައަށް ނޫނީ ބައްޕައަށް ގެއްލުމެއް ލިބޭކަށް އަހަރެން ނޭދެމެވެ. ކުރިން އެ ގޮތަށް އިންޒާރު ދިނަސް ހަމަ ޙަޤީޤަތަށް ވެސް މަރާލާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ. އެހެނަސް އެކަހަލަ ކަމެއް ކުރަން އޭނާ ފަސް ނުޖެހޭނެކަން ޔަގީންވީ މިއަދުއެވެ. 

އަހަރެންގެ ފިޔަވަޅުތައް ހުއްޓާލުމުން ނިމާލު އަހަރެންގެ ގާތަށް އައީ ވައިސޫރިއެއް ހާ ހަލުވިކޮށެވެ. އައިސް ކުރަން ފެށި ކަމަކުން އަހަރެންގެ ދެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހިގަތެވެ. ނިކުމެވުނު ނަމައޭ ހިތަށް އެރިއެވެ. ނިމާލު އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ފާރާއި ދިމާއަށް ކޮށްޕާލަމުން އަހަރެންގެ ދެ ތުންފަތް ‘ގައިދު’ ކޮށްލީއެވެ. ގަދަހެދީ ދުރަށް ދިއުމަށެވެ. އެހެނަސް މިރޭ އޭނާގެ ގަޔަށް މާ ބޮޑު ބާރެއް އަރައިފައި ހުރި ކަހަލައެވެ. 

އަހަރެންނަށް ގިސްލަގިސްލައިފައި ރޮވެން ފެށުނީ ދަމައިފައި ގޮސް އެނދަށް ވައްޓާލުމުންނެވެ. އޭނާ ލައިގެން ހުރި ޓީޝާޓު ބާލާ އެއްލަމުން އަހަރެންގެ ގައިމައްޗަށް ޖެހިގަތެވެ. “ނޫން ނިމާލް! އަހަރެންނަށް ތިހެން ނުހަދާ. ދޫކޮށްލާ.” އެހެން ނަމަވެސް އޭނާ އަހަރެންގެ އާދޭސްތަކަށް ދީނީ ބީރު ކަންފަތެކެވެ. އަހަރެން ލައިގެން ހުރި ނިދާހެދުން ގައިން ވަކިކޮށްލީ އިރާލަމުންނެވެ. ދުރަށް ދެވޭތޯ މަސައްކަތް ކުރާ އިރަށް ގައިގައި ވަކިއަޅާލަނީ ތޫނު ނިޔަފަތިތަކުންނެވެ. އަހަރެންގެ ގައިގެ އެތަން މިތަނުގައި ބޮސްދެމުން ދިޔަ އިރު ހީވަނީ ދުނިޔެއަށް މޮޔަވެގެން އުޅޭހެންނެވެ. 

ނިމާލުގެ ޙަރަކާތްތައް ހުރީ ވަލު ޖަނަވާރަކަށް ވުރެ ނުލަފާ ކޮށެވެ. އަހަރެންގެ ކެކުޅުމާއި ރުއިމަކަށް ނުބަލައެވެ. ރަޙުމްކުޑަކަން އިންތިހާއެވެ. ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަމުން ދިޔައީ އަހަރެންގެ ހަށިގަނޑު ޒަޚަމުތަކުން ފުރާލަމުންނެވެ. ރޮއި ރޮއި ގޮސް ލޮލުން ކަރުނަ ހުސްވާ ހާލުގައި އަހަރެން އޮތީ ދެކޮޅު ހަދާނެހާ ބާރެއް އަތުގައި ނެތީމައެވެ. ނިމާލުގެ ހޭބަލިވެފައިވާ ހަރަކާތްތަކުން އަހަރެންގެ ހިތް ވެސް ދަނީ ކުދިކުދި ވަމުންނެވެ. އޭނާ އެފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނާން ވެސް ފަސްޖެހޭ ގޮތެއް ނުހުރެއެވެ. 

ނިމާލަކީ ކިހާ ބޮޑު ދެފުށް ކެހެރިއެއްކަން ސާބިތުކުރެވުނީ އަހަރެންގެ ހަޔާތް ބަރުބާދުވުމުންނެވެ. އެންމެ އިތުބާރުކުރި އަދި އެންމެ ލޯބިވި އިންސާނާ އަހަރެންގެ ދުނިޔެ ފުނޑުފުނޑުކޮށްލީއެވެ. ނަރަކައަކަށް ހަދާލީއެވެ. ހިތުގައި ވަޅިއަޅާ އެ ފިސްފިސް ކޮށްލީއެވެ. ދިރިއުޅުން މަތިން އެކަށް ފޫހިކޮށްލީއެވެ. އަނދިރިކަމާއި ނާމާންކަމުން ފުރިފައިވާ އަނދަވަޅަކަށް ވައްޓާލީއެވެ. 

ނިމާލު އަހަރެން ދޫކޮށްލާފައި ދިއުމުން ވެސް އޮވެވުނީ ތެދުވާނެ ހާ ހިތްވަރެއް ނެތީމައެވެ. އަމިއްލަ ފުރާނަ ދުއްވާލާން ވެސް ބޭނުންވިއެވެ. ނަމަވެސް އެއީ ކިހާ ބޮޑު ފާފައެއްކަން އިހުސާސް ކުރެވި ފަސްޖެހުނެވެ. އިތުރަށް ރޯން ބޭނުން ވިޔަސް އެ ކަމުން ވާނެ ފައިދާއެއް ނެތެވެ. ހޭ ހުރީ ހަމަ ކިރިޔާއެވެ. 

ހިތްވަރުކޮށްފައި އަހަރެން ތެދުވެ ބެޑުޝީޓު ގައިގައި އޮޅާލީމެވެ. ފާޚާނާ އަށް ވަނީ ފެންވަރާލާށެވެ. އެ އަނިޔާވެރިޔާ އަތްލި ހާ ތަނެއްގައި ސައިބޯނި ހާކާ ރަނގަޅަށް ދޮވުނީމެވެ. ލޭ ހިލިފައިވާ ތަންތަނުން ނަގާ ތޫނު ދިލައަށް ކެތްވާ ވަރެއް ނޫނެވެ. ފެންވަރައިގެން ނުކުމެ އަހަރެން ހެދުން ލީމެވެ. އިރައިގެން ގޮސްފައިވާ ހެދުން ނަގާ ކޮތަޅަކަށް ލައިފައި ޑަސްބިނަށް ލީމެވެ. ފަތިސް ނަމާދު ކުރަން އެރި ތަނާހެން ވެސް އަހަރެންގެ ލޯ ކަރުނުން ފުރުނެވެ. 

އެދުވަހަށް ފަހު އަހަރެންގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. މީހުންނާއި ވާހަކަ ދައްކަނީ މަދުމަދުންނެވެ. ލަނީ މުޅި ހަށިގަނޑު ނިވާވާ ވަރުގެ އަންނައުނެވެ. އިސްކޫލަށް ދިޔަޔަސް ފިލާވަޅު ތަކަށް ސަމާލުކަމެއް ނުދެވެއެވެ. މާއްދާތަކުން އަހަރެން ފޭލިވަމުން ދިޔައެވެ. މަންމަމެންގެ ޝަކުވާތަކާއި ނަސޭހަތްތައް ދަނީ އިތުރު ވަމުންނެވެ. ވީ ކީއްތޯ ހާސް ފަހަރު ނާހާ ކަމެއް ނޭނގެއެވެ. އެހެނަސް އަހަރެން އަނގައިން ޗުއްޕު ވެސް ނުބުނަމެވެ. ނިމާލުގެ އަނިޔާވެރިކަން އެހެން މީހަކަށް ފޯރާފާނެކަމުގެ ބިރު އޮންނާތީއެވެ. 

ނޭނގި ނަމަވެސް އަހަރެން ދިޔައީ ޑިޕްރެޝަނަށެވެ. ގައިގެ ކިތަންމެ ތަނަކު ލަކުނު ހުއްޓަސް ބޮޑަށް ވޭން އަޅަނީ ހިތުގައެވެ. ނިމާލު ކުޅެން އޮންނަ ބުދަކަށް އަހަރެން ވެފައިވާތީ ރުޅިވެސް އާދެއެވެ. އޭނާއާ ދެކޮޅަށް ކަމެއް ކުރުމުގެ ބާރު ނެތުމުން ދެރަ ވެސް ވެއެވެ. ކުރާނެ އެއް ކަމެއް ވެސް ނެތެވެ. ތަޤުރީރުގައި އަހަންނާ މެދު ނިޔާ ކަނޑައަޅުއްވައިފައިވާ ގޮތަކީ މިއީ ހެއްޔެވެ؟ އަހަރެން މި ޙާލުގައި އުޅެން ޖެހިފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ ނިމާލުގެ ވިހަކަން ގަދަ ތޫނު ވަކިތަކުން އަހަރެން ކޮށާ ކުދިކުދިކޮށްލަައިފިއެވެ. އޭނާގެ އަނދިރި ހިޔަނި މި ޙަޔާތަށް އެޅުމުން ހިތާމައިގައި އެ އަނިޔާވެރިކަމުގައި ހަނާވާން ޖެހިފައި ވަނީ އަހަރެންނަށެވެ. 

ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް އަހަރެންނަށް އިތުރު ހިތްވަރެއް ލިބޭ ހެން ވެސް ހީވެއެވެ. ނިމާލު ބޭޒާރުކޮށްލެވޭ ވަރަށް އަހަރެންގެ އަތުގައި ހެކި އެބަހުއްޓެވެ. ޖަލަށް ލެވިއްޖެނަމަ ނުނިކުމެވޭނެ ވަރަށެވެ. މާލޭގައި ހުރި އެންމެ ސެކިޔުރިޓީ މަތި ޖަލުން ގޮޅިއަކަށް ލައިފިއްޔާ ދެން އަހަރެންނަށް ގޮތެއް ހަދާ ކަށް ނާދެވޭނެއެވެ. އެހެންނަމަވެސް ހުރީ އޭނާ އެކަންޏެއް ނޫނެވެ. ބޮޑު ސިންގާ ގޭންގެކެވެ. އެ މީހުންގެ ނުބައި ރޭވުން ފަޅާއަރުވާލައިފިނަމަ ދެން އަންނާނީ އަހަރެންނާއި ދިމާލަށެވެ. 

ދުވަސްކޮޅެއް ފަހެވެ. އެ ރޭ ކަށިން ހިތްވަރު ނެރެގެން އަހަރެން ނިމާލާއި ބައްދަލުކުރަން ދިޔައީމެވެ. ކެމެރާ ހަލާކޮށްލައިފައިވާ ގޯޅިގަޑަކުންނެވެ. ދަންވަރަސް ދުއްވާ އުޅަނދުތައް މަގުމަތީގައި އުޅެއެވެ. ތަހުޒީބުވެ ކުރިއަރާފައި މިވާ ރާއްޖޭގައި އެންމެ އާބާދީ ބޮޑު ރަށަކީ ހުޅުމާލެއެވެ. އަހަރެން މި އުޅެނީ ފުރަތަމަ ފިޔަވަހީގައެވެ. ވަރަށް ކުރީ ޒަމާނުގައި އެޅި ތަނެކެވެ. މި ފަސް ފިޔަވަހީގައި ހަތަރު ލައްކަ އެއްހާ މީހުން އުޅޭނެ ކަން ގައިމެވެ. 

މާލެއަކީ ފެކްޓަރީތަކުން ފުރިފައިވާ ރަށެކެވެ. އިތުރަށް އެ ތަނުގައި ހުންނާނީ ޖަލެކެވެ. އެޖަލަށް ވަން މީހުންގެ ތެރެއިން އެތަނުން ފިލައިގެން ނުކުމެވުނީ އެންމެ މީހަކަށެވެ. އެ މީހާ ވެސް ހޯދައިފައި އަނބުރާ ޖަލަށް ލާން ނެގީ އެންމެ ދެ ހަފްތާ އެވެ. މިޒަމާނުގައި ފުލުހުންނާއި ސިފައިންނަކީ އިތުބާރު ހިފޭ ބައެކެވެ. 

ނިމާލު އައުމުން އަހަރެން ފޯނު ނަގައި ހުޅުވާލީމެވެ. ދެން އަޅުވާލީ އެންމެ ފުރަތަމަ އަހަރެންނަށް އަޑު އިވުނު ރެކޯޑިން އެވެ. އެއީ އަހަރެންގެ ޢިއްފަތްތެރިކަން ވެއްޔާލާ މޮޑެވުނު ދުވަހު އަޑު އެހި ރެކޯޑިންއެވެ. އެ އަޑު އިވިފައި ނިމާލުގެ މޫނު ހުދުވިއެވެ. ދެވަނަ ސިކުންތުގައި އަހަރެންގެ އަތުން ފޯނު ޖަހައިގަންނަށް މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބުވުމުން އެ ތަޅާލިއެވެ. ދެން އަހަރެންނާއި ދިމާލަށް އައިސް ފާރުގައި ޖައްސާ ކަރުގައި ހިފިއެވެ. 

“މި.. މި ކިހިނެއް ކައެ ހޯދި އެއްޗެއް؟” ނިމާލުގެ އަޑުން އޭނާގެ ހާސްކަން ދެނެގަނެވުނެވެ. “މާ…ލް.. ދޫކޮށް.. ލާ” އަހަރެން ނޭވާ ނުލެވިގެން ތެޅިގަތީމެވެ. މަރު ވެދާނޭހެން ހީވި ވަގުތު ދޫކޮށްލިއެވެ. ކެއްސަ ކެއްސައިފައި ނޭވާ ހަމައަކަށް އެޅުމުން ބުނެލީމެވެ. ގުޅުން ކަނޑާލައިފިނަމަ އެ ޑިލީޓުކޮށް ފޮހެލާނެ ވާހަކައެވެ. 

“މާލް! ދެން އަހަރެން ދޫކޮށްލަބަ. އަހަރެން ކޮން ކުށެއްތަ ކުރީ؟” އަބަދުވެސް އަހަރެންގެ ހިތުގައިވީ ޝަކުވާ ދުލުން ބޭރުކޮށްލީ އާދޭހުގެ ރާގަކަށެވެ. އެހެނަސް ނިމާލު ހުރީ އަޑުއަހާ ކަހަލަ ގޮތަކަށް ނޫނެވެ. ކުރިއަށް ވުރެ ބޮޑަށް އަހަރެންނަށް އުނދަގޫ ކުރާނެކަން ޔަޤީންވީ އޭނާގެ ބަސްމަގު ހުރި ގޮތުންނެވެ. 

“ކައެއަށް ހަމަ ނޭނގެނީތަ؟ ކައެއަށް އެނގެން ނުޖެހޭ މާގިނަ އެއްޗެހި އެނގެނީ” ނިމާލު ވާހަކަ ދެއްކީ ނުހަނު ބާރަށެވެ. އެހެން މީހަކަށް އަޑު އިވުނަސް ހެޔޮ ވަނީ ބާއެވެ؟ އަހަރެންގެ ގާތަށް ދެން އައީ ރުޅިއެވެ. “އެ ވައިރަލް ކޮށްލާނަން. ދެން އެ އަޒާނަކާ އެއްކޮށް ޖަލު ގޮޅީގައި އޮވެވިދާނެންނު؟” ދަތްކުނޑި ވިކައިގަންނަމުން އަހަރެން ބުނެލީމެވެ. 

ނިމާލުގެ ރުޅި ފާލުން ނެއްޓިއެވެ. ޖަލު ގޮޅިއަށް ދާން ބޭނުން ނުވާތީ ކަމަށް ވެދާނެއެވެ. އަހަރެންގެ ގައިގައި ތަޅައިގަތެވެ. ކިތަންމެ ވަރަކަށް އަނިޔާ ވިޔަސް އަހަރެން ބަހެއް ނުބުނަމެވެ. ދެކޮޅަށް ބާރެއް ނުދައްކާ އަޑެއް ވެސް ލައްވާ ނުލާ އޮތީމެވެ. 

އަހަރެންގެ ޚަބަރު ހުސްވީ އިސްތަށިގަނޑުގައި ހިފާ ފާރާއި ދިމާއަށް ކޮށްޕާލުމުންނެވެ. ފާރުގައި ބޯ ޖެހުނުލެއް ބާރު ކަމުން ބޯ ފަޅައިގެން ގޮސް ލޭ އޮހޮރިގަތީއެވެ. އެ ޙާލަށް އަހަރެން ދޫކޮށްލާފައި ނިމާލު ދާނެކަން ވެސް އެނގެއެވެ. މަރުވިޔަސް އެންމެ ރަނގަޅެވެ. މި ނަރަކަ ފަދަ ދުނިޔެމަތީގައި އުޅުމަށް ވުރެ އެތައް ގޮތަކުން ލުއިފަސޭހަ ވާނެއެވެ. ކަށްވަޅުގައި ވާ ގޮތެއް ވާނީ ވެސް ކޮށްފައިވާ ޢަމަލުތަކަށް ރިޢާޔަތް ކޮށްފައެއް ނޫން ހެއްޔެވެ؟

އަހަރެން ހޭ ޖެހުނު އިރު އޮވެވުނީ ހަސްފަތާލުގައެވެ. ގާތުގައި ކަންބޮޑުވެފައި އިނީ މަންމަ އެވެ. އަހަރެންގެ ލޯ ހުޅުވާލުމާއެކު މަންމަ ގޮވީ ޑަކުޓަރަށެވެ. އެމީހާ އައިސް ބަލަބަލައިފައި ދިޔައެވެ. މަންމައާއި ހަތަރުކަޅި ހަމަވީ ދެނެވެ. މަންމަގެ ދެލޮލަށް ވަނީ ލޭ ކުލަ އަރާފައެވެ. “ދަރިފުޅާ!” މަންމަ ރޯން ފެށިއެވެ. އަނެއްކާ ކިހިނެއް ވީ ހެއްޔެވެ؟

މަންމަ ވާހަކަ ދައްކަން ފެށީ މީހުން މަދުވުމުންނެވެ. “ދަރިފުޅާ! މަންމަ އަށް މާފުކުރޭ.. ޔާރާ.. ޔާރާ އުޅުނު ޙާލެއް މަންމަ އަކަށް ނުބެލުނު. ކޮން ނުލަފާ އަނިޔާވެރިއެއްތަ ދަރިފުޅަށް މި ޙާލު ޖެއްސީ. ބުނޭ. މިއަދު ގޮސް އެ ޖަނަވާރު ހަ ފޫޓު އަޑީގައި ވަޅުލާނަން. އެކަން ނުވިއްޔާ ކުޑަގޮޅީގަ ބައްދާލައިފައި ހަފުސް ކުރާނަން.” މަންމަގެ ވާހަކަ މޮޅިވެރި ރާގަކަށް ފެށުނު ނަމަވެސް ނިންމާލީ އަޑަށް ބާރުލައިފައެވެ. 

މަންމަ ކުރި ސުވާލަށް ޖަވާބުދާރީވާން އަހަރެން ނުކުޅެދުނެވެ. އަހަރެން މި ޙާލުގައި އުޅެން ޖެހުނު އަސްލު ސަބަބު އެނގިއްޖެނަމަ އެމީހުންގެ އަމިއްލަ ނަފްސަށް އުމުރުގައި ވެސް މަޢާފެއް ނުކުރާނެއެވެ. ކުށްވެރިކުރާނީ އެ މީހުންނެވެ. ހަމައެކަނި ދަރިފުޅު އެ ޙާލުގައި އުޅުނީ އެ މީހުންނަށް ގޮތެއް ހަދައިފާނެ ކަމުގެ ބިރަށް ޓަކައެވެ. އަހަރެން އޮތީއެވެ. އަނގަ ބަންދުކޮށް ހައްޕު ކިޔައިގެންނެވެ. އެކަކާ ވެސް ވާހަކައެއް ނުދައްކަމެވެ. 

ދެތިން ދުވަހެއް ފަހެވެ. އެރޭ އަހަރެން އޮށޯވެލައިގެން އޮތީ ވިސްނުމަކަށް ގެއްލިފައެވެ. ދިހައެއް އެގާރަ ޖެހިއިރު ވެސް އެހެންނެވެ. އެހެން އޮއްވާ ނަރުސް ޔުނީފޯމްގައި އަހަރެންނާއި ދިމާލަށް މީހަކު އަންނަ މަންޒަރު ފެނުނެވެ. ދެ އަތް މުއްކަވާލެވުނީ އެއީ ނިމާލުކަން އެނގުމުންނެވެ. ގަތީ އަމަށަކު ބިރެއް ނޫނެވެ. އެ ޖަނަވާރެއް ކަހަލަ ޝައިޠާނާ ސަހަލު ކަމެއް ނުކުރާނެއެވެ. ގޮވާލާކަށް ނަރުހެއް ވެސް ފެންނަ ހިސާބަކު ނެތެވެ. ނިމާލަށް ބަލަހައްޓައިގެން އޮވެވުނީއެވެ. “އޭތް! ތި ކީއް ކުރަނީ” ނަރުހެއް އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދިމާލަށް އޭނާ އަންނަން ފިޔަވަޅު އަޅަން ފެށިއެވެ. ނިމާލު ބަލަން ނުހުރެ އަތުގައި އޮތް ތަބަކުން އިންޖެކްޝަނެއް ނަގާ އެ ނަރުސް ކުއްޖާގެ އަތަށް ހަރާލިއެވެ. އެ ކަށި ދަމައިގަނެފައި އެ މީހާ ކޮށްޕާލިއެވެ. ދެން ވެއްޓުނު ގޮތަކަށް ނުތެދުވިއެވެ. 

“ކައެ މަރުވާ ދުވަސް މީ. އެއިން އެންމެ ތަންކޮޅެއް ވެސް އިތުރު ބަޔަކަށް އެނގިއްޖެ ނަމަ ކައެ އާ އެކު ވަޅުލެވޭނީ… ހެހެހެ… އެނގޭދޯ ކޮން ބައެއް ކަން” ނިމާލު ގުދުވެލާފައި އަހަރެންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އޭނާ ތަބަކުން ނެގީ އެހެން ވައްތަރެއްގެ އިންޖެކްޝަނެކެވެ. ހީވާ ގޮތުން އޭގައި ހުރި އެއްޗެއް އަހަރެންގެ ހަށިގަނޑަށް އެތެރެ ވެއްޖެނަމަ މަރުވާނެއެވެ. އަހަރެން ގަދަ ހަދާކަށް ނޫޅެމެވެ. މި އުޅެންޖެހިފައިވާ ނަރަކައަށް ވުރެ ކަށްވަޅު ވެސް އަހަރެންނަށް ރަޙުމުކުރާނެއެވެ. 

އަހަރެން ސިހުނީ ނިމާލުގެ އަނގައިން ހަޑި ހުތުރު ބަސްތަކެއް ބޭރުވުމުންނެވެ. ބަލާލެވުނީ ދޮރާއި ދިމާއަށެވެ. ދެ ބުމަ ގޮށްޖަހާލައިގެން އެ ހުރީ ރިފްޤާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާ އައީ އަހަރެންނާއި ދިމާލަށެވެ. އެ ކުއްޖާ އެއްލި ވަޅިން ސަލާމަތްވީ އަހަރެންގެ ފުރާނަކަން އިހުސާސް ކުރެވުނީ އަތަށް ގުޅައިފައިވާ އައިވީ ކެނިޔުލާގެ ވާކޮޅު ބުރިވެފައި ވުމުންނެވެ. 

އަހަރެންގެ ނޭވާ އަވަސްވީ ރިފްޤާ އައިސް ނިމާލުގެ އަތުގައި ޖަހާ އަހަރެންގެ އަތަށް ޖަހަން ތައްޔާރުކޮށްލި ދެވަނަ އިންޖެކްޝަން ވައްޓާލުމުންނެވެ. އޭނާ ނިމާލުގެ އަތުގައި ހިފާ އަހަރެންގެ އެނދާއި ދުރަށް ގެންދިޔައެވެ. ދެން ފެށުނީ ވަރުގަދަ ތަޅާފޮޅުމެކެވެ. މިއޮއްފަދަ ހަސްފަތާލުގަނޑުގައި ސެކިޔުރިޓީ ބަލަހައްޓާ މީހުން ފަހެ ކުޅެ ސަކަރާތް ޖަހާ ޕާޓީ ކުރަނީ ހެއްޔެވެ؟ އެހެންޏާ ދެން ފަހެ އަންނަ ވަރެއް ނުވަނީ ކީއްވެގެން ހެއްޔެވެ؟

އަހަރެންނަށް ހަމަ އޮވެވުނީއެވެ. އެ ފަކީރު ނިމާލާއި ކުރިމަތިލާން ހިތްވަރުގަދައޭ ހިތަށް އެރިއެވެ. އެންމެ އަޖައިބުވާ ކަމަކަށް ވީ ރިފްޤާގެ ބާރުގެ ދަށަށް އެ ބިޔަ ނިމާލު ގެންނާތީއެވެ. ކުލާހުގެ ‘އަންހެން ފިރިހެން ސޮރަށް’ ވީމާ އަހަރެމެން ކަހަލަ ބަލިކަށި ކުދިންނަށް ވުރެ ވަރުގަދަ ވާނެއޭ ހިތަށް އެރިއެވެ. ފުލުހުން އަންނަން ފަސްވަރަކަށް މިނެޓު ނެގި ނަމަވެސް އަހަރެންނަށް ހީވީ ފަސް ދުވަސް ފާއިތުވީ ހެންނެވެ. އަހަރެންގެ އަނގަމަތީގައި އަތް އަޅާލެވުނީ ރިފްޤާގެ ސަމާލުކަން ދޫވެފައި ވަނިކޮށް އެ ކުއްޖާގެ ކަރަށް ނިމާލު އިންޖެކްޝަނެއް ހަރާލުމުންނެވެ. 

ފުލުހުން އަޔަސް އަހަރެންނަކަށް ނޯވެވުނެވެ. އުޅެގަތީ ތެދުވަންނާށެވެ. އެހެނަސް ނަރުހުން ތަކެއް އައިސް އަހަރެން ހިފެހެއްޓި އެވެ. ދެން ރިއްސައިގަތީ ބޮލުގައެވެ. ވޭނުން ފުރިފައިވީ ރިހުމެކެވެ. އެންމެ ފަހުން ހަނދާނުގައި ހުރި ކަމަކީ ފުލުހުން ނިމާލު ހައްޔަރުކުރަން އުޅުނު ކަމެވެ. 

****

ޚިޔާލުތަކުން އަހަރެންނަށް ބޭރު ވެވުނީ މަންމަ ގޮވާލި އަޑަށެވެ. މިހާރު އަހަރެންނާއި ދުރަށް އެންމެ ފިޔަވަޅެއް ވެސް މަންމަ އަޅާލަނީ މަޖުބޫރު ވީމައެވެ. ދެން، މަރުގެ ތުންފަތް މަތީގައި ވަނިކޮށް ކިރިޔާ ސަލާމަތްވީމާ ވާނީ އެހެންނެއް ނޫން ހެއްޔެވެ؟

ނިމާލުގެ ވާހަކަތައް އެކަކަށް ވެސް ކިޔައި ނުދޭން އަހަރެން ނިންމީމެވެ. އެ އޮށްގާ ގޭންގު މީހުންތައް އައިސް އަހަރެންގެ ވަސް ވެސް މި ބިމުން ފުހެލަފާނެއެވެ.  އެ ނިމާލާއި ނުރަނގަޅު ގުޅުމެއް އުފެއްދުމުގެ ނަތީޖާއެވެ. ކެހިވެރި ލޯތްބެއްގައި އަހަރެން ޖެހުނީ އަހަރެންގެ ވެސް ކުށުންނެވެ. އެ ކަހަލަ ޙަރާމް ގުޅުމަކަށް އަހަރެންނަށް މަރުހަބާ ކިޔުނު ކަމުގެ ޖަޒާއަކީ މިއީ ކަމަށް ވެދާނެއެވެ. އޭނާ ބާރުގަދަ ވުމުން އަހަރެން އެ ގުޅުމަށް ނިމުމެއް ގެނެވޭތޯ އަމިއްލައަށް ކުރި މަސައްކަތް ބޭކާރު ވިޔަސް އެހެން މީހެއްގެ އެހީ ހޯދުނު ނަމަ ކަންކަން ތަފާތު ވާނެ ހެއްޔެވެ؟ އަހަރެންގެ ނަފްސާނީ ބަލިކަށިކަމަށް ވެސް ކުދި ކިޔެއެވެ. އެއްވެސް އިންސާނެއް ގާތުގައި އެކަންކަމުގެ ވާހަކަ ބުނާކަށް ނުކުރެއެވެ. އެހެންކަމުން އަހަރެން މިއަދު ވެސް މަދަދަށް އެދެވެނީ މާތް ﷲގެ ޙަޟްރަތުންނެވެ. އަމިއްލަ އަށް މަރުވާން ހިތަށް އަރާހާ ފަހަރަކު ފަސް ޖެހެވެނީ އެ އިލާހުގެ މަތިން ހަނދާން ވާތީއެވެ.

ރިފްޤާގެ ނަޒަރުން 

ކިޔާރާ އެގޮތަށް ހަޅޭއްލަވައިގަތުމުން އަހަރެން ހަމަ ރަނގަޅަށް ވެސް އަޖައިބުވިއެވެ. ހެޔޮ ކަމުގެ ބަދަލުގައި އެ ދޭން ވިސްނަނީ ރަނގަޅު ކޮލެޓީގެ ތެޔޮ ހަމެކެވެ. ބޯ ހަލާކެވެ. އާނ ދެން ބޯފަޅަލައިގެން ވިޔަސް މަ ފަކީރު އުޅުނީ އެ ކުއްޖާ ސަލާމަތް ކުރެވޭތޯއެވެ. ހެކު ކުރާކަން ބަސްޓު ނުވީ ލެއްވި ނަސީބެއްގެ ރަނގަޅު ހެޔޮ ކަމުންނެވެ. 

“ރިފް! އަހަރެންނަށް ހީވަނީ ޔާރާ ވަރަށް ގިނަ ކަންތައްތަކެއް ވަންހަނާކުރާހެން.” ޝެހެނާޒު އެހެން ބުނެލީ ޓްރީޓޮޕުން ނުކުންނަމުންނެވެ. ދުއިސައްތައަށް ވުރެ ގިނަ އަހަރުވެފައިވާ މި ހަސްފަތާލު އެންމެ ފަހުން މަރާމާތު ކުރީ 2180ގެ އަހަރު ތަކުގެ ތެރޭގައެވެ. އޭގެ ފަސްވަރަކަށް އަހަރު ފަހުން ފެތުރުނު ހިރާނިއާ ވައިރަހަކީ އެތަށް ދިވެހީންނެއްގެ މަރާއި ބައްދަލުކޮށްލަދިން ހުނަރުވެރިއެކެވެ. ކުރީގެ އަހަރުތަކުގައި ފެތުރުނު ކޮވިޑާއި ސެލެން އަށް ވުރެ އޭގެ ނުރައްކާތެރިކަން ބޮޑު ޔޯލަ އެވެ. 

“އާނ. އަޑުގައި ވެސް ތުރުތުރެއް ހުރި. އެ ނިމާލުގަނޑު ވަރުގަދައަށް އެކުއްޖާ ‘ޓްރައުމަޓައިޒް’ ކޮށްލައިފިއެންނު.” ހޫދު ބުނެލިއެވެ. އަހަރެންނަށް ވެސް ވިސްނާލެވުނެވެ. ނިމާލު ކިޔާރާ އަށް ބިރު ދައްކާ ވަރެއް ދޯއެވެ. އެ ކުއްޖާގެ އަނގަބަންދުކޮށްލި ކޮށްލީނުން ހުރިހާ ކަމެއް ސިއްރު ކުރަނީއެވެ. ނިމާލު ޖަލުގައި އޮއްވާ ބުނީމާ ވީނޫން ހެއްޔެވެ. ކިޔާރާގެ ބައްޕައަކީ ލޯޔަރަކަށް ވުމުން އެ ސޮރަށް ފަހުން ލިބުނީ ފަނަރަ އަހަރުގެ ޖަލު ހުކުމެކެވެ. ގައިމު އޭނާއަކަށް އެތަނަކުން ނުނިކުމެވޭނެ ވިއްޔާއެވެ. ފޮރުވަހާ ކަމެއް ފާޅުކޮށްލައިގެން ވާނެ ކަމެއް އެބަ އޮތް ހެއްޔެވެ؟

އެ ޖަލުން ނުނިކުމެވޭނެއޭ ބުނެވެނީ ހަދައިފައި ވާލެއް މޮޅުކަމުންނެވެ. އެތެރެއަށް ވަދެފިނަމަ ނިކުމެވޭނީ ޖަލު ބަލަހައްޓާ އިސް ފުލުހާއި އިތުރު އެހެން މަތީ މަޤާމެއްގެ ފުލުހުންގެ ލޮލާއި އިނގިލީގެ ނިޝާން ސްކޭން ކޮށްގެންނެވެ. އޭރުން އަދި ހުޅުވޭނީ އެންމެ އެތެރޭގައި އިންނަ ދޮރެވެ. ދެން ހުރި ދަގަނޑު ދޮރުން ބޭރު ވެވޭނީ ޕޮލިސް ސެކިޔުރިޓީއިން އަންލޮކް ކޮށްގެންނެވެ. އެއަށްފަހު އެންމެ ފަހު ދޮރެވެ. ހުޅުވަން އެންމެ އުނދަގޫ ދޮރެވެ. ސްމާޓް ޓެކްނޮލޮޖީގެ ފަސް ތަޅު އަޅުވައިފައި ހުރި ދޮރެވެ. ކިތަންމެ ބާރުގަދަ ނުފޫޒުގަދަ މީހަކަސް އެ ހުރިހާ ދޮރަކުން ބޭރެއް ނުވެވޭނެއެވެ.

“ރިފްގެ ހުޑީގައި ކަޅުކުލައިގެ އިސްތަށި މި ހުރީ ކީއްވެ؟” ގެއަށް ދިއުމުގެ ނިޔަތުގައި ބޭރަށް ނުކުތް ތަނާ ހޫދު ބުނެލިއެވެ. “މީހަކަށް ރަނގަޅު ފިލާވަޅެއް ނަގައިދިނީ” އަހަރެން ރައްދުގައި ބުނެލީމެވެ. އެމީހުންނަށް އަދިވެސް ވެގެން އުޅޭގޮތް ނޭނގޭތީ އަހަރެންގެ ޖީބުން ފޯނު ނެގީމެވެ. ގެލެރީއަށް ވަދެލާ ފޮޓޯއެއް ދައްކާލީމެވެ. ދެމީހުންގެ ދެލޯ ބޮޑުވިއެވެ. “އެއީ އެއްކަލަ ފަރުހާނު ދޯ! އަޅޭ ހާދަ ވަރެކޭ ތިކޮށްލީ” ޝެހެނާޒު ބުނެލިއެވެ. “ދެން އައްޓަމަހެއް ހެން ވިއްޔާ އުޅެނީ. ހުވާ މިކުރީ ހާދަ ކެއްލައްވައިގެން އުޅެފީމޭ. މިހާރު ހުންނާނީ ރަނގަޅަށް ރާކަނި މަސް ކެވިފަ.” އަހަރެން ބުނެލީމެވެ. 

“އަނެއްކާ މަށަށް އެ ޙާލު ނުޖައްސައްޗެ” ހޫދު އޭނާގެ އިސްތަށިގަނޑުގައި އަތްހިންގާލަމުން ބުނެލިއެވެ. “ދެން ވައިޓީ!”  އަހަރެންނަށް ބުނެވުނީ ބާރަށެވެ. ބޭރުގައި ތިބި މީހުންގެ ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. ލަދުން ހަލާކު ވާވަރު ވެއްޖެއެވެ. މޫނުގައި އަތް އަޅާލެވުނެވެ. މިހާ ދަން ވަގުތުގައި ވެސް މަގުގައި ފުދޭވަރަކަށް މީހުން އުޅެއެވެ. ހޫދާއި ދިމާލަށް ކުދި ކިޔަމުން އަހަރެން ދިޔައީ ބަސް ސްޓޮޕަށެވެ. 

ބަހަށް އިންތިޒާރު ކުރަމުން ދެއްކީ ދެން ކުރާނެ ކަންތައްތަކުގެ ވާހަކައެވެ. ހޫދާއި އަހަރެން ބޭނުންވީ އެޖެންޓް ޓްރައިނިން ފަށާށެވެ. ޝެހެނާޒު ބޭނުންވަނީ އޭ ލެވެލް ކިޔަވާށެވެ. 

ވާހަކައިގައި އިނދެފައި އަހަރެން ބަސް ސްޓޮޕުގެ ބިއްލޫރިގަނޑުން ބޭރު ބަލައިލީމެވެ. އޭސީގެ ފިނިކަން ހުއްޓަސް އަހަރެން ދާހިއްލައިފިއެވެ. ޝެހެނާޒުމެންނަށް އަހަރެން އިނީ ފާޑަކަށް ކަން އިހުސާސް ކުރެވުނީ ތޯއްޗެ އެވެ. ގޮވާލައިފިއެވެ. އެހެނަސް އަހަރެންނަށް އެ އަޑު ނީވޭ ކަހަލައެވެ. ކުއްލިއަކަށް ޝެހެނާޒު ތޫލި އަޑުން ހަޅޭއްލަވައިގަތެވެ. ރަނގަޅަށް ވިއްޔާ އޭނާއަށް ވެސް އެ މަންޒަރު ފެނުނީއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މަލަކާ

Next

ލޯބިން ބުނެލަން……(5)

Next
August 18, 2024

ލޯބިން ބުނެލަން……(5)

Previews
August 18, 2024

މަލަކާ

2 Comments!

  1. Cutie girl says:
    August 18, 2024 at 12:47 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje
    Kiyaara ah vee gothun
    Nimaal haadha goahey Nimaal ah adabu dhee
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Alhugandu ge support Abadhuves libeyne insha Allah
    Love you ❤️😍

    1. White rose White rose says:
      August 19, 2024 at 1:54 pm

      Thnx for your continuous support!

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 8←


All Right Reserved!